Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(10)

ސިއާ ވަގުވަގައް ކޮނޑުގައި އަޅުފާވައި އޮތް ދަބަހުން ޗިލީ ސްޕްރޭ ފުޅި ނަގާ ލާމިންގެ މޫނައް ޖެހިއެވެ. މިކަހަލަ ކަމަކައް ތައްޔާރުނުވެ ހުރި ލާމީގެ އަތުން ސިއާ ދޫވިއެވެ. އެންމެ ސިކުންތެއްވެސްވެސް ބޭކާރު ނުކޮއް ސިއާ ދިޔަގޮތައް ގޮސް ކުރިމީގައި ހުރި ކޮޓަރިއަށް ވަނެވެ. ބާރު ސްޕީޑެއްގައި ދުވެފައި ދިޔަ ސިއާ އަށް ކޮންޓްރޯލް ނުކުރެވިގެން ކުރިމަތީގައި ހުރި ޕްލާސްޓިކް ސްތޭޗޫއެއްގައި ޖެހިފައި ބިންމައްޗައް ވެއްޓުނެވެ. ސިއާ ތެދުވެފައި އެ ސެޓޭޗޫ ނެގިވަގުތު ލިބުނީ ބޮޑު ޝޮކެކެވެ. އެއީ ސިއާގެ ސްޓެޗޫއެކެވެ.. ސްޓެޗޫ ސިއާގެ މޫނަށް ދެތިން ތީރުވެސް ޖަހާފައި އިނެވެ. ފާހަނައިން ނިކުތް ކިއާން އަށް..ސިއާ އެ ސްޓޭޗޫ އަށް ބަލަން އިން ތަން ފެނުމުން ދެލޯ ބޮޑުވިއެވެ………

ސިއާ ކިއާންއާ ދިމަލަށް ބަލާލާފައި އެއްބުމަ ހިއްލާލިއެވެ. އަނގަ ބަންދުވެފައި އިން ކިޔާން އިނީ ގުޑިލަންވެސް ނޭނގިފައެވެ. ސިއާ ކައިރީ ކިހިނެއްތޯ ބުނާނީ އެއީ ކިއާން ސިއާދެކެ ރުޅިއަންނަ ކަމުގެ ހެއްކެއްކަމެވެ. “ތީ އަހަރެން ސިއާ މަތިން މާ ބޮޑައް މިސްވާތީ ހެދި އެއްޗެއް”. ކިއާން ބުނެލިއެވެ. “ދެން އަހަރެންގެ ދެލޮލައް ދެ ތީރު ޖަހާފަ އޭނީ ކީއްވެ؟؟ އަހަރެންގެ ލޯ ހަޑީތަ؟؟”. “އަހަ އަހަ ނޫނޭ ސިއާގެ ލޮލަށް މާގިނައިން ބަލަންޏާ އަހަރެން ސިއާގެލޯބީގަ މޮޔަވެދާނެތީ ލޯނުފެންނަ ގޮތް ހަދާފައޭ”. ކިއާން ސިއާ އަށް އެއްލޯ މަރާލިއެވެ. “ހޫން ފްލާޓް ކުރާނެ ކަމެއްނެތް ބައްޕަ ބުނި ކާންއަންނާށޯ އަވަހަށް”. ސިއާ ކިއާންގެ ކޮލުގައި ތުންފަތް ޖައްސާލުމައްފަހު ކޮޓަރިން ނިކުތެވެ. ކިއާން އަނެއްކާ ފާހަނަ އަށް ވަދެ ތިން ވަރަކަށް ފަހަރު ސިއާ ބޮސް ދިން ކޯ ދޮވެލިއެވެ. ކޮޓަރިން ނިކުންނަމުން ސްޓެޗޫ ސިއާގެ ލޮލަށް އިނގިލި ކޮއްޕާލިއެވެ.

ސިއާ އައިސް ހަމްދީ ކައިރީ އިށީންދެލިއެވެ. “ކޮބާ ދަރިފުޅާ ކިއާން ފެނިއްޖެތަ؟؟”. ޒަކީ ބުނެލިއެވެ. “ލައްބަ ބައްޕާ ކިއާން ބުނީ މިއަންނަނީއޭ”.  ” މާގިނަ އިރެއް ނުވެ ކިއާން އައެވެ. ޒަކީގެ އަމުރަށް ކާމޭޒުމަތި އެކި ވައްތަރުގެ ކާނާއިން ފުރާލިއެވެ. އެންމެން ކާން އެރިއެވެ. ސިއާ އަވަހަށް ގޮސް ކިއާން ކައިރީ އިށީންދެލިއެވެ. “މިހާރު ބައްޕަ މަތިން ހަނދާން ނެތުނީދޯ”. ހަމްދީ އަށް މިމަންޒަރު ފެނުމުން ހެމުން ހެމުން ބުނެލިއެވެ. “ނޫނޭ އެހެނެއްނުވާނެ އެންނު ދޯ މަންމާ”. “ލާމިން އާދެބަލަ ތީވެސް މިއާއިލާއަށް ހިއްސާވާ މީހެއް.. ކަންކަން ނިންމާއިރު ހުންނަންޖެހޭ މީހެއް”. ގޭބޮޑު ދޮރުން ނިކުންނަން ދިޔަ ލާމިން ފެނުމުން ޒަކީ ބުނެލިއެވެ. ލާމިން ސިއާ އިށީންދެގެން އިން ގޮނޑީގެ ކުރިމައްޗައްވާ ގޮނޑީގައި އިށީނދެލިއެވެ. ސިއާ ލާމިން އާ ދިމަލަށް ބަލާލުމުން އެއްލޯ މަރާލިއެވެ. ސިއާ ކިއާން ތައްޓައް ބަތް އަޅާދޭ މަންޒަރު ފެނުމުން ލާމިންގެ އަތް މުއްކަވައިގަތެވެ. “މިހާރު އެންމެން ވެސް ހަމަވީދޯ.. ބައްޕަ ބުނަން ބޭނުންވަނީ ދުވަސްކޮޅަކުން މިއާއިލާއަށް އެހެން މެންބަރަކު އިތުރު ވާނެ ވާހަކަ.. ދުވަސްކޮޅަކުން ކިއާން އާއި ސިއާގެ ކައިވެނި ކުރެވޭނެ”. ޒަކީ އެހެން ބުނުމުން ލާމިން ކޮށިއަރައިގަތެވެ. ލާމިންގެ ހުރިހާ ހަރަކާތަކަށް ފަރުވާތެރިކަމާއެކު ބަލަން އިން ކިއާންގެ ތުންފަތް މަތީގައި ދުވެލީ ކަމިޔާބީ ހިނިތުންވުމެކެވެ. ލާމިން ސިއާ އަށް ދެމުން ދިޔަ ބެލުންތަކާއި ކައިވެނީގެ ވާހަކަ ބުނުމުން ލާމިންގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރުތަކުގެ ސަބަބުން ކިއާން އަށް އެކަން ނަގައިގަނެވުނެވެ. ލާމިން އިތުރަށް ރުޅިއަރުވާލުމަށްޓަކައި ކިއާން ސިއާގެ ކޮލަށް ބޮސް ދިނެވެ. އެހެން މީހަކަށް ނުފެނުނެއްކަމަކު ލާމިން އަށް އެތަން ރަނގަޅަށް ފެނުނެވެ. އިތުރަށް ކެއްނުކުރެވިގެން ކެއުން ހުއްޓާލާފައި ލާމިން ތެދުވެގެން ދިޔައެވެ.

“އެއީ ކާކު؟؟” ލާމިން އަށް އިޝާރަތް ކުރަމުން ސިއާ އަހާލިއެވެ. “އެއީ މީނދަ ސަމީމާގެ އެންމެ ބޮޑު ފިރިހެން ދަރިއެންނު” ކިއާން ވަނީ ސަމީމާގެ ވާހަކަ މަތިމަތިން ސިއާ އަށް ކިޔާދީފައެވެ. ލާމިން ސިއާ އަށް އުނދަގޫކުރާ ވާހަކަ ކިއާން ގާތުގައި ބުނަން އުޅެފަވެސް ނުބުނެ މަޑުކޮއްލީ އިތުރަށް ލާމިން އާ ކިއާންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެތީއެވެ. ކައިނިމުމުން ތަށިހިފައިގެން ބަދިގެއަށް ދިޔަ ސިއާ ކުއްލިއަކަށް ސިހުނީ އެތާ ހަށަން ބަނދެގެން ހުރި ލާމިން ފެނުމުންނެވެ. ސިއާ ހަޅޭލަވަން ފެއްޓިއެވެ. ނަމަވެސް އަޑުނުނިކުތީ ލާމިން ސިއާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. ދެއަތަށް ދެތަށި ލައިގެން ހުރި ސިއާ އަށް ދުއްވައިގަންނަން ވެސް ނުކެރުނީ ތަށި ވެއްޓި ތަޅައިގެން ގޮސްދާނެތީއެވެ. ލާމިން މަޑުމަޑުން ސިއާ އާ ކައިރިވަމުން ދިޔައެވެ. ސިއާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގައި ތަތްވިއެވެ. “ބޭބީގާލް ކިއާންއާ މެރީކުރިޔަކަ ނުދޭނަން ތީ ހަމަ އެކަނި އަހަރެންގެ ހައްގެއް” ލާމިން ސިއާގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ. ކުއްލިއަކަށް ކިއާން ލާމިން ކޮއްޕާލިއެވެ. “ތީއޭ ކަލެއާ ކަލޭގެ މަންމަގެ ވައްތަރަކީ އަބަދުވެސް އެހެންމީހުންގެ ހައްގަށް އަރައިގަންނާނީ”. “ހައްގޭ؟ ބޭބީގާލް އަދި ނުވެއެންނު ކަލޭގެ ހައްގަކަށް އަހަރެން ވިޔަފާރިއެއް ބޭނުމެއްނޫން އަދި އެހެން އެއްޗެއްވެސް ބޭނުމެއްނޫން.. ހުސް ކަލެއަށް އެކަމަކު ސިއާ އެއީ ހަމައެކަނި އަހަރެންގެ މީހެއް.. އަހަރެން ދުނިޔޭގައި ހުރި ހިނދަކު ތިދެމީހުންގެ ކައިވެނިވިޔަކަ ނުދޭނަން”. ލާމިން ވަރުގަދަ އިންޒާރެއް ދިނުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ. ސިއާ ހުރީ ވަރަށް ބިރުގަނެފައެވެ. ކައިވެނި ނުވެދާނެ ކަމަކަށް ނޫނެވެ. ލާމިން ކިއާން އަށް ދެރަގޮތެއް ހަދާފާނެތީއެވެ.

އެދުވަހުގެ ފަހުން ސިއާއަށް ހަމަޖެހިލައިގެން ނޭވާއެއްވެސް ލެވޭކަމަކަށް ނުވެއެވެ. ކޮންމެ ދުވަހަކުވެސް ތިން ހަތަރު ފަހަރު ކިއާން އަށް ގުޅާހަދައެވެ. ރޭގަނޑުގެ ވަގުތެވެ. ކިއާން ގުޅުމުން ސިއާ ފޯނު ނެގިއެވެ. “ހަލޯ”. ކިއާންގެ އަޑު ކަންފަތުގައި ޖެހުމުން ސިއާ އަށް ހިނިތުންވެވުނީ އިހުތިޔާރަކާ ނުލައެވެ. “ކުރިއަށް އެއްފިޔަވަޅު އަޅާފަ ކަނާތްފަރާތަށް ފަސްފިޔަވަޅު އަޅާާބަލަ”. ކިއާން ބުނި ފަދައިން ސިއާ އަމަލުކުރިއެވެ. “ކުރިމަތީގައި ހުރި ކަބަޑުގެ ތިންވަނަ ވަތްގަނޑު ހުޅުވާލަބަލަ”. ކަބަޑުގެ ތިންވަނަ ވަތްގަނޑުގައި އޮތީ ބޮޑު ޕާރްސަލްއެކެވެ. “ދެން ކަބަޑުގެ ފުރަތަމަ ވަތްގަނޑު ހުޅުވާލަބަލަަ”. ފުރަތަމަ ވަތްގަނޑުގަ އޮތީ ސިޓީއަކާ ރަތްފިނިފެންމަލެކެވެ. ކިއާން އިތުރު އެއްޗެކޭ ބުނުމެއްނެތި ފޯނުބޭއްވިއެވެ. ހައިރާންވެފަ ހުރެ ސިއާ އެ ބޮޑު ޕާރްސަލް ހުޅުވާލިއެވެ. އޭގައި އޮތީ ރޯޔަލް ބްލޫ ކުލައިގެ ހެދުމަކާއި އެޔާ ގުޅޭ ގަހަނާގެ އިތުރުން ރޯޔަލްބްލޫ ކުލައިގެ ހައިހީލްސް އެކެވެ. ދެން ސިއާ އެ ސިޓީ ހުޅުވާލިއެވެ. “މިރޭ 9 ޖަހާއިރު އަހަރެން ސިއާ އަށް އިންތިޒާރު ކުރާނަން “ރެޑް ވެލްވެޓް ރެސްޓޯރެންޓް”.

ސިއާ ގަޑިއަށް ބަލާލިއެވެ. 8 ޖަހަނީއެވެ. ސިއާ އަވަހަށް ތައްޔާރުވާން ފެށިއެވެ. އެހެދުން ހީވަނީ ހަމަ ސިއާއަށް ހާއްސަކޮށް ފަހާފައިއޮތް ހެދުމެއްހެނެވެ. ސިއާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގެ ފުރިހަމަކަން އެހެދުމުން ދައްކާދެއެވެ. ރީތިވެ ނިމުމުން ސިއާ ލޯގަނޑުން އަމިއްލަ ސޫރަބަލާލިއެވެ. ސިއާ ބޭރަށް ނިކުތްއިރު ގޭދޮރުމަތީގައި ބްލެކީ އޮތެވެ. ސިއާ ދުވެފައި ގޮސް ކާރަށް އެރިއެވެ. ނަމަވެސް ކާރު ދުއްވަން އިނީ ކިއާންއެއް ނޫނެވެ. ކިއާން ނެތުމުން ސިއާގެ ހިނިތުންވުން ފަނޑުވި މަންޒަރު ރާކިން އަށް ހަމަ ރީއްޗަށްވެސް ފެނުނެވެ.”ހައި އައިއޭމް ރާކިން ކިއާންގެ އެސިސްޓެންޓް އަދި ވަރަށް ގާތް ރަހުމެއްތްތެރިއެއް”. ރާކިން އަމިއްލައަށް ތައާރަފް ވުމުން ސިއާވެސް ތައާރަފް ވެލިއެވެ. މާގިނަ އިރެއްނުވެ ރާކިން އާއި ސިއާގެ މެދުގައި އެކުވެރިކަން އުފެދުނެވެ. 30 ހަކަށް މިނެޓުގެ ދިގު ދަތުރަކަށް ފަހު މަންޒިލަށް އާދެވުނެވެ. ރާކިން އަވަހަށް ކާރުން ނިކުމެ ސިއާ ނިކުންނަށް ދޮރު ހުޅުވާދިނެވެ. ކުރިމަތީގައި އޮތް ފިނިފެންމާފިޔައިގެ ދޫލައިން ސިއާ ހިނގަމުންދިޔައެވެ. ރެސްޓޯރެންޓް ވަނީ ވަރަށްވެސް ފުރިހަމައަށް ތައްޔާރުކޮއްފައެވެ. ރެސްޓޯރެންޓެއް ކަމަކު އެތާހުރީ އެންމެ މޭޒެކެވެ. މިއުޒިކް ބޭންޑެއް މިއުޒިކް ކުޅެމުންދިޔައިރު ޑާންސްގްރޫޕެއް ނަށަމުން ދިޔައެވެ. ދެން ފެނުނީ ކިއާން އަންނަ ތަނެވެ. ކިއާން ސިއާގެ އަތުގައި ހިފައިގެން ގޮސް މޭޒުކައިރީ ބޭންދިއެވެ. އެތާހުރީ ހުސްސިއާ އަށް ކަމުދާ ކާއެއްޗިސް އެވެ. ކާން ހުރި ސިއާ ކުއްލިއަކަށް ކަނާތްފަރާތަށް އެނބުރުނީ ޕިއާނޯއެއްގެ އަޑުއިވުމުންނެވެ. ކިއާން ޕިއާނޯ ކުޅެމުން ސިއާއަށް އެންމެ ކަމުދާލަވަ ކިޔެވެ. ކުއްލިއަކަށް ވެއިޓަރެއް އައިސް ސިއާ އަތަށް މާސްކެއް ދިނެވެ. ސިއާ އަވަހަށް މާސްކް އެޅިއެވެ. ކިއާން މަޑުމަޑުން އައިސް ސިއާގެ އަތުގައި ހިފައިގެން ނަށަންފެށިއެވެ. ކުއްލިއަކަށް ހުރިހާ ބޮކިތަކެއް ނިވުނެވެ. ހަމައެކަނި ހުރީ މޭޒުމަތީގައި ހުރި އުއްބައްތިތަކުގެ ފަނޑުއަލިކަމެވެ. ކިއާން އެއްފައި މައްޗައް ތިރިވިއެވެ. “ޔޫވިލްބީ ދަ އޮންލީ ވުމެން އިން މައި ލައިފް އައި ލަވް ޔޫ ބޭބީ”. ކިއާން ބުނެލިއެވެ. “ދެން މީގެ 10 އަހަރު ފަހުނެނޯ؟؟؟” ސިއާ ބުނެލިއެވެ. “ދެއާވިލް ބީ އަނަދާ ވުމެން އިންމައިލަފް އެންޑް އައިވިލް ލަވް ހާ މޯދޭން ޔޫ.. އެންޑް ޝީ ވިލްބީ އަވާ ޑޯޓާ”. ސިއާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. “ސޯ ވިލްޔޫ މެރީ މީ ސިއާ މުހަންމަދު ހަމްދީ؟” މަތިން ފިނިފެންމާފިޔަ ވެރެމުން ދިޔެއްކަމަކު ސިއާގެ ލޮލުން ވެރެމުންދިޔަ ކަރުނަ މާގިނައެވެ. ސިއާ ޔެސް އޭ ބުނުމުން ކިއާން އުފަލުން ސިއާ އުރާލިއެވެ. ސިއާއާއި ކިއާން އުފާފާޅު ކުރަމުންދިޔައިރު ދޮރުމަތީގައި ހަށަންބަނދެގެން ހުރި ރާކިން ހުރީ ދެފަރާތައް ބޯ ހޫރާލަ ހޫރަލައޭ. ކިއާންގެ އެކްޓިންގ މޮޅުކަމުންނެވެ.

ކޮންމެ އަކަސް ސިއާ ހުރީ އުފަލުން ފޮޅިފައެވެ. ގެއަށް ދެވުނު ހާ އަވަހަކަށް މަންމަ އާއި ބައްޕައަށް މި ކަން އެންގިއެވެ. ހަމްދީ ހުރީ ވަރަށްވެސް ހިތްހަމަޖެހިފައެވެ. ނަމަވެސް ނޫރާގެ މޫނުގައިވަނީ އުފާވެރިކަމެއްވެސް އަދި ހިތާމަވެރިކަމެއްވެސް ނޫނެވެ. ކަންތައްމިވަނީ ރަނގަޅަށް ތޯ އެތަށް ފަހަރަކު ނޫރާ އަމިއްލަ ނަފްސާސުވާލު ކުރެވުނެވެ. ކިއާން އާއި ސިއާގެ ކަންތައް އެންމެ ރަނގަޅަށް އެނގެނީ ނޫރާއަށެވެ. އެހެންނަމަވެސް މިހާރުވަމުންދާގޮތުން ނޫރާވެސް ހުންނަނީ ހަދާނެގޮތްހުސްވެފައެވެ. ޗުއްޓީހަމަވުމުން ސިއާ ޑިއުޓީއަށް ނިކުތެވެ. ކޮންމެ މުއައްޒަފެއްގެ ނަޒަރުވެސް އަމާޒުވެފައިވަނީ ސިއާގެ އިނގިލީގައި އޮތް ވިދުންގަދަ ޖަވާހިރުލީ އަނގޮއްޓިއަށެވެ.

ދެ ހަފްތާފަސް….

ކޮންމެއަކަސް ސިއާގެ ދިގު އިންތިޒާރަށް ނިމުމެއް އައިސްފިއެވެ. މިއަދަކީ ސިއާ އާއި ކިއާންގެ ކައިވެނި ކުރެވޭދުވަހެވެ. ސިއާ އާއި ކިއާންގެ ކައިވެނި އޮތީ ރިސޯޓެއްގައެވެ. އެތަން ތައްޔާރުކޮއްފައި އޮތް ފުރިހަމަކަމުން ފެންނަ ކޮންމެ މީހެއްވެސް އެ މަސަތްކަތުގެ ވެރިފަރާތައް ތައުރީފުގެ ބަހެއް ބުނެލައެވެ. މި މަސަތްކަތުގައި އެންމެ ބޮޑަށް އުޅެމުންދަނީ ނޫރާއެވެ. ބޮޑު މާޓުކުރި އެއްހިފައިގެން ދިޔަ ނޫރާޖެހުނީ ކުރިމަތިން ހިނގާފައި އައި ރާކިންގެ ގައިގައެވެ. މާޓުކުރި ވެއްޓުނީ ރާކިންގެ ފައިމައްޗަށެވެ. ތަދުވިވަރުން ރާކިން ހަޅޭލަވައިގަތެވެ. ރާކިންގެ މޫނުފެނުމުން ނޫރާއަވަހަށް އަނެއްފަރާތަށް އެނބުރިފައި ދާންއުޅުނެވެ. ނަމަވެސް މާލަސްވެއްޖެވެ. ރާކިން ނޫރާގެ އަތުގައި ހިފައިފައި ހުއްޓުވިއެވެ… “ނޫރާ ސިއާ ބުނި އައިސްބަލާށޯ”.އެތަނުން ދިޔަ މީހެއް ބުނެލިއެވެ. ފުރުސަތުގެ ބޭނުންހިފައި ނޫރާ ރާކިންގެ އަތްދަށުން ސަލާމަތްވިއެވެ. ހުދުކުލައިގެ ބޮޑު ވެޑިންޑްރެސްއެއް އެއްލައިގެން ހުންނައިރު ސިއާ ވަރަށްވެސް ރީއްޗެވެ. އަތާއި ކަރު ވިދުންގަދަ ޖަވާހިރީ ގަހަނާއިން ޖަރީވެފައިވާއިރު ކަންފަތުގައި އެލުވާލާފައި އޮތް ހިތުގެ ބައްޓަމަށް ވާ ޖަވާހިރުގެ ވިދުވަރު މުނި ކޮޓަރިތެރެއަށްވެސް ވަނީ ފެތުރިފައެވެ. “ވާއޮ ޔުއާ ލުކިންގ ސޯ ޕްރިޓީ”. ނޫރާ ބުނެލިއެވެ. މާގިނައިރެއްނުވެ ކިއާންވެސް އައެވެ. މަހުމާފޮތީގެ ކަޅު ކޯޓުފަޓުލޫނެއްލައިފައި ހުންނައިރު ކިއާން ވަރަށްވެސް ފިރިހެންވަންތައެވެ. ކިއާންގެ ފަހަތުން ވަތް ރާކިން ފެނުމުން ނޫރާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ……………..

….ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (61)

  1. ?Ril?

    Wow sis mi part ves varah sali mee first tah

  2. Anaa

    Wowwwww❤️❤️❤️❤️???? Maasha Allah mi part ves varah salhi❤️? mi vaahaka mee hama mihaaru Esfiya ga in enme reethi vaahaka??? asluves varah salhi♥️♥️♥️

  3. Fly

    Me first dho.kiyaalaaf adhi coment kohlaanan.

    1. Lilly
      Fly

      Kaley furathama mi vaahaka kiyas kaley akah e furusatheh neh OKY ????

    2. lilly
      Fly

      ok fly

  4. shaiiii

    vvv rythi mi prt vx……

    1. lilly
      shaiiii

      thank u soo much shaiii

  5. Fly

    Wow nice.lilly wish you all the best.

    1. lilly
      Fly

      thank u fly

  6. Queen

    love it

    1. lilly
      Queen

      thank u queen

  7. Lilly

    Kaley furathama comment kuriyas e furusatheh kaley akah neh OK??????

  8. Lilly

    Furathama kaley comment kuriyas e furusatheh kaley akah neh OK ????mihiri fly Haadha foohivey meena magey vaahaka kiyaathee vess???

    1. Niana???
      Lilly

      Mashah ingey kaley Thiee Aslu lilly Eh noon kan Eyakee Aslu lilly ge innaanee level 3 ekamaku kaleyge thieenee 0 points ehen veema that doesn’t count dumbo

  9. Kylie

    V reethi mi part vx….. Whn is nxt?? Curiously Waiting 4 nxt part….

    1. lilly
      Kylie

      thank u kylie

  10. Nana??

    MI part ves Varah Varah Varah reethi whn nxt
    And today is their wedding day OMG what will happen to Naaim
    Anyway lysm Lilly

    1. lilly
      Nana??

      thank u nana

  11. Unkwn

    Alhe kobaatha Naaim…esoru fakiyru gehluniythrrrr……so sad…stry goaheh noon ekm maa avahiy kankan nimaaleh…hurihaakameh edhani kiyaan beynunvaagothah eythikada kanneyge…?????? hope compliment eh gothah nagaanekamah….try ur bst…

    1. lilly
      Unkwn

      thank u unkwn

  12. Anuahs

    Wowowo. Varah salhi mi part ves.♥️??? Curiously waiting for the next part. Next part avahah up kohdhechey lilly. Be safe lilly. Ly

    1. lilly
      Anuahs

      thank u anunahs LYM

  13. Kairaa

    Varah varah reethi mi bai vx…curiously waiting for the nxt part….lysm

    1. lilly
      Kairaa

      thank u kai LYM

  14. ?Aashko??

    Wowww…. ??? neynge bunaane ithuru ehcheh ves.
    Waiting for the next part sis.
    Love you and the story ❤❤❤

    1. lilly
      ?Aashko??

      thank u sooo much askoooooo

  15. Aminath Moosa

    Very beautiful ?

    1. lilly
      Aminath Moosa

      THANK U

  16. Aisher

    Varah rythi mi vahaka

    1. lilly
      Aisher

      THANK U aisher

  17. Shina

    Its really nice ???????when is next part coming please be fast I’m curiously waiting for next part love you ???????

    1. lilly
      Shina

      thank u shina LAV U MORE

  18. Lamko

    Its finally their wedding dayy?????….naaim ah ekan engihjjeyyaamun kiyaa dhera vaane….btw mi part vv reethi
    Neynge hama bunaane ehcheh vc??☺️whn nxtttt paarrttt….curiously waiting 4 nxt..be safe☺️??ly

    1. lilly
      Lamko

      THANK U LAMKOO u 2 be safe LYM

  19. Afu

    Owwwww vvvvvv salhi hama speechless ???
    Alhe dhn vaani kihinei baa dhww
    Sia dheragotheh nahadhahchey siss
    Waiting for nxt
    Avahah up kohdhehchey
    Whn nxt ??
    Lysm siss❤️❤️❤️??
    Keep it up siss

    1. lilly
      Afu

      thank u afuu LYM DEAR

  20. Nayaa

    As usual mi prt vx vrhh salhi???.. Whn is the nxt prt?.. Hama cmnt eh nukohlaa nuhurevunu… Hehe.. Lilly ge hurihaa vhk ehvs gavaidhunn kiyann.. Hama bxii kamunn cmnt eh nukohlevenii.. Love your stories??♥️

    1. lilly
      Nayaa

      thank u nayaaa …ITS OK DEAR

  21. SHARA??

    OMG what will happen to Naaim if they get married ??? anywayi part ves vvvvvvv reethi whn nxt
    LYSM????

    1. lilly
      SHARA??

      thank u soo much shara lym

  22. Shiya

    When is the next part coming please be fast Lilly???l love this story love you too???

    1. lilly
      Shiya

      thank u shiyaa aww LAV YA MORE DEAR

  23. Ahuu

    Varah varah reeth mi part ves nd waiting 4 nxt part lysm siss ???
    Luv u siss ❤️❤️❤️
    STAY HOME ??STAY SAFE

    1. lilly
      Ahuu

      thank u soo much ahuu LAV YA MORE

  24. ?Aashko??

    Lilly sis alhuga ge comment ah no reply tha???
    I’ve been Waiting for ur reply comment kuri gothah.?
    Anyway whn is next

    1. lilly
      ?Aashko??

      nooooney sorrry ashkooo ehn dhiya iru nufenifa in comment eh sorrry dear.. innaane reply koffa

  25. Girly

    Lilly sis your messenger id name buneybe pls ?❤️❤️❤️??????????????????

  26. Ibilees

    varah salhi mibaa vs

  27. Ahuu

    ❤️❤️❤️❤️❤️❤️woow

  28. Zelll

    Varah interesting mi vaahaaka. Keep it up sis ?

  29. Fly

    Lilly kobaa vhk nxt prt.mihaaru 2 days vanee.

  30. 008gurl_

    Masha’allah…vvvv reethi…when next part??♥️♥️♥️♥️

  31. FLY

    Its been 3 days.where is the next part.lilly

  32. Rai

    Vara reethi mi story
    And are u OK lilly and is everything fine can’t wait to read the next part

  33. Habee Habeeba Hassan

    Lilly when next part ??

  34. No one

    It’s almost a week!!! Whn nxt prt??
    R u feelin ok??
    R u sick??

  35. FLY

    Lilly anehkaa mi vhk mihaahisaabun nimuneetha.
    So sad.vhk varah kiyaahithun mihunnanee.
    And please reply lilly

    1. lilly
      FLY

      im sorrry guysss i wasnt feeling well last few dayss.. but i submitted the next part yesturday.. im sorry for submitting it sooo late

  36. Anonymous

    Ohh.get well soon sis.

  37. Nana??

    It’s alright Lilly we feel sorry ?? for you and get well soon?? dear LYSM❤️❤️❤️

  38. Heart break ?

    Vrh vrh reethi vrh interseting

Comments are closed.