Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(7)

ސަމީމާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލުމުން އެކަން ހުއްޓުވީ ޒަކީއެވެ.. ކޮންމެ އަކަސް މިފަހަރު ޒަކީ ހިފީ ކިއާންގެ ކޮޅުގައެވެ.. “ކިއާން އެބުނަނީ ތެދެއް.. ދުވަސްކޮޅަކުން .. ހަމްދީގެ މަންޖެއާ ކިއާންގެ ކައިވެނި ކުރެވޭނެ.. ކަމެއް ގޯސް ވެއްޖިއްޔާ އަހަރެން އެމީހުނައް ދައްކާނީ ކޮން މޫނެއް”.. ޒަކީ ބުނި ޖުމްލަ ޖޫލީ އަށް އަޑުއިވުނީ ހޮނޮގުގުރީގެ އަޑުހެނެވެ.. ސަމީމާ ޖޫލީ ގޮވައިގެން ދިޔުމުން ޒަކީ ކިއާން ކާރީ މަޑުކޮއްލިއެވެ.. “ދަރިފުޅާ.. ހާސްނުވޭ.. ދަރުފުޅުގެ ކައިވެނި ރޫޅޭކަހަލަ އެއްވެސް ކަމެއް ބައްޕަ ވިޔަކަ ނުދޭނަން..”. ޒަކީ ކިއާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.. ކިއާން ހުރީ އަޖައިބުވެފައެވެ.. ކޮންމެ ފަހަރަކު ވެސް ސަމީމާ ބުނާ ގޮތް ހަދާ ސަމީމާ އާ އެއްކޮޅައް ހުންނަ ޒަކީ މިއަދު އޭނަޔާ އެއްކޮޅައް ހުރީމައެވެ……………..

“ސާނިޔާ.. ސިއާ އެހާ ބުރަކޮއް.. މަސަތްކަތް ކުރާތީ އަހަރެން އެހާ ހިތްހަމަ އެއްނުޖެހޭ.. މިބުނީ ހަތަރު ދަމު އޮފީހުގަ.. މިހާރު އެހެރީ އަމިއްލަ ދިރިއުޅުމެއް ފަށާވަރުވެފަ”…ހަމްދީ ބުނެލިއެވެ.. “އާން.. އަހަރެންވެސް ތިކަމާ އެއްބަސް”… ކުއްލިއަކައް.. ސެކިއުރެޓީ ގާޑެއް އައެވެ.. “ބޭބޭ ޒަކީ ކިޔާ މީހަކު އެބަހުރި ހޯދަން އައިސް.. އެތެރެއަށް ވަނުމައް ހުއްދަ ދޭންވީތޯ”…”ޒަކީ އޭ؟؟ އާން..ދޮރުހުޅުވާ”.. ހަމްދީގެ އިޖާބަ އާއެކު ކަޅުކުލައިގެ ލިމޯއެއް.. ގޭޓުން ވަދެގެން އައެވެ.. ކާރުން ޒަކީ ފޭބިއެވެ.. މާގިނަ ިއިރެއްނުވެ ސަމީމާވެސް ފޭބިއެވެ.. ދެމަފިރިން ގެއަށް ވަދެގެން އައުމުން.. ހަމްދީ އަޖައިބުވި ނަމަވެސް އެކަން މޫނުމަތިން ނުދެއްކޭތޯ ބެލިއެވެ.. ހަމްދީ ފެނުމުން ޒަކީ ސަލާން ކޮއްލިއެވެ.. ސޯފާގެ އެއްކޮޅުގައި ހަމްދީ އާއި ސާނިޔާ ތިބިއިރު އަނެއްކޮޅުގައި ޒަކީ އާއި ސަމީމާ ތިއްބެވެ.. “ހަމްދީ.. ވިޔަފާރީގެ ގޮތުން އަހަރެމެންގެ ދެކޮމްޕެނީ ކިތަންމެ ވާދަވެރި ކޮއް އޮތަސް.. މިދޭތެރޭގައި ދުޝްމަން ކަން އޮތުމަކީ އަހަރެން އެއްގޮތަކައްވެސް އެދޭކަމެއްނޫން..”….”އަހަރެން ޒަކީގެ އާއިލާއަކައް ނަފްރަތެއް ނުކުރަން..”…”ޝުކުރިއްޔާ ހަމްދީ..”….”އެއީ ޝުކުރުއަދާކުރާ ވަރުގެ ކަމެއްނޫން.. ކީއްކުރަން.. މިއަދު ތިއައީ؟؟” ހަމްދީ ސީދާ މައުލޫއައް ދިޔައެވެ… “މިއައީ ހަމަ ތިދެމަފިރިންގެ ހާލުބަލާލަން”….”އަހަ އަހަ..

އަހަރެންނައް ހީވަނީ އޭގަ އިތުރުން އެހެން ކަމެއްވެސް އެބަ އޮތްހެން.. “.. ހަމްދީ ހިނިގަނޑެއްޖަހާލިއެވެ.. މިއީ ހަމްދީއާއި ޒަކީ ވާހަކަ ދައްކާ ފުރަތަމަ ފަހަރެއްކަމަކު.. އެއްވެސް ބީރައްޓެހިކަމެއް… ނުފެނެއެވެ.. “އަހަ އަހަ ހަމްދީ އަކައް އެކަން ފޮރުވާކައް ނެތިން.. އަހަރެން ބޭނުމީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރި ކިއާން.. ހަމްދީގެ މަންޖެއާ ކައިވެނި ކުރަން”..ޒަކީ އެހެން ބުނުމުން ހަމްދީއަށް ލިބުނީ ކުޑަ ޝޮކެކެވެ.. ނަމަވެސް ވިސްނާލާފައި ސާނިޔާ އާ ދިމަލައް ބަލާލިއެވެ.. ސާނިޔާ ބޮލުގެ އިޝާރާތުން އާން އެކޭބުނުމުން ހަމްދީ ހިތްހަމަޖެހުނެވެ.. “ތިއައް ވުރެ އުފާވެރި ހަބަރެއް ނެތް” ހަމްދީ ބުނެލިއެވެ.. ހަމްދީ އެ ކައިވެންޏައް އެއްބަސްވުމުން ޒަކީ އުފާވިއެވެ.. ސަމީމާ އެއޮތް ހުރިހާ އިރު އިނީ ތުންދަމައިގެނެވެ.. ޒަކީ އާއި ސަމީމާ ދިއުމުން ހަމްދީ އާއި ސާނިޔާ އިތުރައް އެ ވާހަކަ ދެެއްކިއެވެ.. “އަހަރެންގެ ސިކުނޑިބުނަނީ މީ ރަނގަޅު ހިޔާލެކެވެ.. ސިއާ އާ އެންމެ އެކަށީގެންވަނީވެސް ކިއާން.. މިދެކޮންޕެނީ ގުޅިއްޖިއްޔާ.. އަހަރެމެންގެ ވިޔަފާރިވެސް އިތުރައް ފުޅާވާނެ”.. ހަމްދީ ބުނެލިއެވެ.. “އެކަމަކު ހީވޭތަ ސިއާ ގަބޫލުވާނެހެން”.. ސާނިޔާ ކަންބޮޑުވެފައި ހުރެ ބުނެލިއެވެ.. “ސިއާ އަހަރެންގެ އެދުމަކައް ދެކޮޅެއް ނަހަދާނެ”.. ހަމްދީ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ.. “ތިކަން އެނގެޔޭ.. އެކަމަކު އަހަރެންނައް ހީވަނީ ސިއާ އަދިވެސް އެ ނާއިމް މަތިން ހަނދާން ނުނެތޭހެން”… ނާއިމްގެ ނަން އިވުމުން ހަމްދީގެ މޫނުމަތީގައިވި އުޖާލާކަން ގެއްލުނެވެ.. “އަހަރެން ބުނަންބޭނުންވަނީ.. ކޮންމެ ކަމެއް ކުރަން ޖެހުނަސް.. މި ކައިވެނި.. ކުރާނަމޭ..”.. ހަމްދީ.. ގޮތް ނިންމަމުން ދިޔައީ.. ސިއާ އެ ވައްޓާލެވުނީ ކިހާ ފުން ވަޅުގަނޑެއް ކަމައް ބެލުމެއްނެތިއެވެ…

އޮފީހުގައި ބުރަކޮއް މަސަތްކަތްކުރަން އުޅެފައި ގެއަށް ވަތް ސިއާ ފެނުމުން ހަމްދީ ގޮވާލިއެވެ.. ދަބަސް ކޮޓަރިއަށް ލާފައި ސިއާ އައިސް ހަމްދީ ކައިރީގައި އިށީންދެލިއެވެ.. “ދަރިފުޅާ ބައްޕަ އަބަދުވެސް ބުނަމެންނު އެހާ ބުރަކޮއް މަސަތްކަތް ނުކުރާށޭ.. ތީ މި ބައްޕަގެ ހުރި ހަމައެކަނި ފުރާނައަކީ.. ދަރިފުޅު އަމިއްލަ ސިއްހަތައް ނުބަލާ ތިހެން އުޅެނިކޮއް ދަރިފުޅައް ކަމެއް ވެއްޖިއްޔާ ބައްޕަ އާ މަންމަ ކިހިނެއް އުޅޭނީ”…ހަމްދީ.. ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.. “ބައްޕަމެން މާ ބޮޑަށޭ ތި ހާސްވަނީ.. “…”ބައްޕަ ދަރިފުޅު ކާރީ އަންނާށޭ ބުނީ މި ވާހަކަ ދައްކާކައްނޫން.. ދަރިފުޅު މިހާރު ތިހިރީ ބޮޑުވެފަ.. އަމިއްލަ ދިރިއުޅުމެއް ފަށާވަރުވެފަ.. ބައްޕަމެން ވެސް މިހާރު މިތިބީ މުސްކުޅިވެފަ..މަންމަ އާއި ބައްޕަގެ ދެން އޮތް ހަމަ އެކަނި.. އެދުމަކީ ދަރިފުޅު އުފަލުގައި އުޅޭތަން ދެކެން…”….”ބައްޕާ.. އަޅުގަނޑު އަދި ތި ކަހަލަ ކަމަކާ ނުވެސްވިސްނަން”….”ބައްޕަ މިހާރު ދަރިފުޅައް ރަނގަޅު ކުއްޖެއްވެސް ހޯދައިފިން”.. ހަމްދީބުނި ޖުމްލަ އަޑުއިވުމުން ސިއާގެ ދެލޯ ބޮޑުވިއެވެ.. “ނޫން ބައްޕާ”…”އެއީ ކޮން ކުއްޖެއްތޯ ބަލާވެސް ނުލާ ދަރިފުޅޫ ނޫނެކޭ ތިބުނީ އެއީ ކާކުކަން އެނގިއްޖިއްޔާ ދަރިފުޅު ނޫނެކޭ ނުބުނާނެކަން ޔަގީން.. އެއީ ބްލޫރޭ ކޮންޕެނީގެ ޗެއާމެންގެ ހުރި ހަމަ އެކަނި ދަރި.. ކިއާން ޒަކީ”….”ކިއާން ޒަކީ.. ކިއާން ޒަކީ…. ކިއާން ޒަކީ”… ސިއާގެ ކަންފަތުގައި ގުގުމައިލިއެވެ.. “ވަޓް؟؟ ބައްޕް ތިއުޅެނީ އެނުލަފާ މީހާގަނޑާ އަހަރެން ކައިވެނި ކުރުވަން.. ނޯ..”.. ސިއާ ދުވެފައި ކޮޓަރިއަށް ގޮސް ބާރައް ދޮރުލެއްޕިއެވެ.. މީ ސިއާ ހަމްދީގެ ކުރިމަތީގައި ބާރައް އެއްޗެކޭ ބުނި އަދި ހަމްދީގެ އެދުމަކައް ކިޔަމަން ނުވި ފުރަތަމަ ފަހަރެވެ.. ސިއާ ކޮޓަރިއަށް ވަދެ އެނދުމައްޗައް ވެއްޓިގަނެގެން ރޯން ފެށިއެވެ.. ވަގުތުން ފޯނު ނަގާ ނާއިމް އަށް މެސެޖް ކޮއްލިއެވެ.. “ނާއިމް… އަދިވެސް ރިޕްލައި އެއްނުކުރާނަންތަ؟؟.. ބައްޕަ އެއުޅެނީ އަހަރެންގެ ކައިވެނި ކުރުވަން”… ރިޕްލައި އެއް ނައެއްކަމަކު.. ސިއާ ހިތުގައި ވާ ހުރިހާ އެއްޗެއް މެސެޖުގެ ޒަރީއްޔާއިން ނާއިމް އަށް ކިޔާދިނެވެ…

ސިއާ ފޮނުވި މެސެޖު ކިޔައިނިމުނު ނާއިމްގެ ދުނިޔެ ހީވީ ހުއްޓުނު ހެނެވެ.. ރިޕްލައި ނުކުރިއެއްކަމަކު ސިއާ ފޮނުވާ.. ކޮންމެ މެސެޖެއްވެސް. ފަރުވާތެރިކަމާއެކު.. ނާއިމް އަބަދުވެސް ކިޔައެވެ.. ރިޕްލައި ކުރަން ކިތަންމެ ފަހަރަކުވެސް.. ޓައިމް ކުރެވުނު ނަމަވެސް.. ފޮނުވާނެ ހާ ހިއްވަރެއް ނެތީއެވެ.. ވޭތުވެދިޔަ 3 އަހަރުތެރޭގައި… ނާއިމްގެ މަންމަ ނިއާޝާ ވަނީ ކުޑަކޮއް ރަނގަޅުވެފައެވެ.. ނަމަވެސް.. ސިއާ މިފަހަރު އެ ފޮނުވި މެސެޖުގެ ސަބަބުން ނާއިމް އަށް ރިޕްލައި ނުކޮށެއް ނުހުރެވުނެވެ.. ވާނެ ކަމެއް ވާން ދޫކޮއްލާފައި ނާއިމް ރިޕްލައި ކޮއްލިއެވެ.. “ޗަބީ؟؟”… ބާލިސް މޫނުމަތީގައި އަޅައިގެން ރޯން އޮތް… ސިއާ ފޯނައް ބަލާލި ގަޑީގައި ނާއިމްގެ މެސެޖެއް އައުމުން އުފަލުން ފޮޅުނެވެ.. “ނާއިމް.. “….”8 ޖަހާއިރައް.. އަތިރިމައްޗައް”.. ނާއިމް އޭގެ ފަހަކުން އިތުރު އެއްޗެއް ނުބުނެއެވެ.. ނަމަވެސް ސިއާ އެތައް މެސެޖެއްކުރިއެވެ..

ގަޑިން 8 ޖެހީއިރު ސިއާ ހުރީ އަތިރިމަތީގައެވެ.. ތަންކޮޅެއް ދުރުގައި ސިއާ ދިމަލައް ބަލަން ހުރި ނާއިމް.. ހުރީ ފިޔަވަޅު އަޅަންވީ ކުރިއަށް ނޫނީ ފަހަތައް ކަމެއް ނޭނގިފައެވެ.. ނަމަވެސް މަޑުހިނގުމެއްގައި ގޮސް ސިއާ ގާތުގައި ހުއްޓުނެވެ.. ނާއިމް ފެނުމުން ސިއާ ނާއިމްގައިގައި ބައްދައިގަތީ ދެން ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ.. ސިއާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ.. 3 އަހަރު ފަހުން އެ ހިތުގެ ރާޖާ ފެނުމުން.. ނުރޮވޭނީ ވަކި ކާކައްތޯ؟؟.. ސިއާ އާ ނާއިމް އެތައް ވާހަކަ އެއްދެއްކިއެވެ.. އޮޅިގެންވެސް ނާއިމް ހަމްދީގެ ވާހަކަ އެއް ސިއާ ގާތަކު ނުބުނެއެވެ.. ނާއިމް ބުނީ މަންމަ ބަލިވެގެން ބޭރައް ދިޔައީ ކަމެވެ… “އަހަރެން ބޭނުމެއްނޫން ނާއިމް ފިޔަވައި އެހެން އެއްވެސް މީހަކާ ކައިވެނި ކުރާކައް.. ހިނގާބަލަ ބައްޕަ ގާތުގައި އަހަރެމެންގެ ވާހަކަ ބުނަން.. އަހަރެންގެ އުފަލައްޓަކައި ބައްޕަ ގަބޫލުވާނެ”.. ސިއާ ބުނި އެއްޗަކުން ނާއިމްގެ މޭގަނޑު އަތައް ނައީ ހަމަ ކިރިޔާއެވެ.. ސިއާ ހުރީ ގޮތް ދޫކުރާ ގޮތަކައްނޫނެވެ.. ކޮންމެ ކަމެއް ވިއަސް ހެޔޮ ކަމައް ބަލާފައި އެންމެ ފަހުން ސިއާގެ މައިންބަފައިން ކައިރިއަށް ދިއުމައް ނާއިމް އެއްބަސްވިއެވެ.. ސިޓިންރޫމްގައި ޓީވީ ބަލަން ތިބި ހަމްދީ އާއި ސާނިޔާގެ ދެލޯ ބޮޑުވީ.. އަތުގުޅުވައިގެން. ގެއަށް ވަތް ސިއާ އާއި ނާއިމް ފެނިފައެވެ..

ހަމްދީ ނާއިމް އަށް ރުޅިވެރި ނަޒަރެއް ދިނެވެ.. ނާއިމް ވަގުތުން އިސްޖަހާލިއެވެ.. “ބައްޕާ އަހަރެން ހަމަ އެކަނި ލޯބިވަނީ ނާއިމްދެކެ.. ކައިވެނި ކުރާނީވެސް ހަމަ އެކަނި ނާއިމް އާ”…ސިއާ ބުނެލިއެވެ.. ހަމްދީ ގަދަކަމުން ހިނިތުންވެލިއެވެ.. “ތީ ދަރިފުޅު ބޭނުންވާ ގޮތް ކަމައްވާނަމަ ބައްޕަ ހަމަ ގަބޫލު”.. ހަމްދީ ތުރުތުރު ލާ ހާލު ބުނެލިއެވެ.. ސިއާ ދުވެފައި ގޮސް ހަމްދީގައިގާ ބައްދައިގެތެވެ.. ހަމްދީ އަތުގެ އިޝާރާތުން ނާއިމް ކައިރީވެސް އައުމައް ބުނެލިއެވެ.. ހަމްދީ ނާއިމްގެ ބޮލުގައި ފިރުމާލި ތަން ފެނި ސިއާގެ ހިތް އުފަލުން ފޮޅުނެވެ.. “ބައްޕާ އަހަރެން ބޭނުމީ ވީހާވެސް އަވަހައް ކައިވެނި ކުރަން”… ސިއާ ބުނެލިއެވެ.. “މައްސަލަ އެއް ނޯންނާނެ ދަރިފުޅާ.. ނާއިމްގެ މަންމަ އާ ވާހަކަ ދައްކައިފިންތަ؟؟”…”ނޫން އަދި މަންމަ ކާރިއަކު ނުބުނަން.. ” .. ނާއިމް ބުނެލިއެވެ.. “ހިނގާ މަންމަ ކައިރީގައި ބުނަންދާން”.. ސިއާ ނާއިމްގެ އަތުގައި ހިފައި ދަމަމުން ގެއިން ނިކުތެވެ.. ހަމްދީ..ބޮލުގައި އަތް އަޅާލިއެވެ..

މިކަން އެނގުމުން ނިއާޝާ ހުރީ ވަރަށް އުފަލުންނެވެ.. ސިއާ ނޫރާގާތުގައި ވެސް މިވާހަކަ ބުނެލިއެވެ.. ހަފްތާއެއްހާ ދުވަން ވަންދެން ސިއާ އުޅުނީ ކައިވެންޏައް ތައްޔާރުވުމުގައެވެ.. ހަމްދީގެ އެދުމައް އޮފީސް ކުދިންނައް ދައުވަތު ނާރުވައެވެ.. ހަމައެކަނި އާއިލާ މީހުންގެ މެދުގައި އޮންނަ ކައިވެންޏެކެވެ.. ނަމަވެސް ސިއާ ބޭނުންވަނީ ބޮޑު ޕާޓީއެކޭ ނަމަވެސް ނާއިމް އާ ކައިވެނިކުރެވޭނަމަ .. ކޮންމެ ގޮތެއް ވަރިހަމައެވެ..

1 ހަފްތާ ފަސް……

ސިއާ އާއި ނާއިމް ކޯޓައް ދިޔައީ.. ވަކިންނެވެ.. ނާއިމް އާއި ނިޔާޝާ ދިއުމައް ހަމަޖެހިފައި އޮތީ ކަޅު ކުލައިގެ ކާރެކެވެ.. ސިއާ ދާން ހަމަޖެހިފަ އޮތީ ހުދު ކުލައިގެ ކާރެއްގައެވެ.. އެންމެ ފުރަތަމަ ދިޔައީ ހަމްދީ އާއި ސާނިޔާއެވެ.. .. ނިއާޝާއާއި ސިއާ އެތާހުރެހުރެވެސް.. ނާއިމް އެއް ނައެވެ.. ގުޅީމަ ބުނީ.. ޓްރެފިކް ގަ ޖެހިފައިކަމަށެވެ..”މަންމާ ހިނގާ އަހަރެންނާއެކު ދާން.. ނާއިމް އަންނާއެންނު ދޯ”.. ކަޅުކުލައިގެ ކާރައް ސިއާ އާއި ނިއާޝާ އެރިއެވެ.. 30ހަކައް މިނެޓް ފަހުން ނާއިމް އައެވެ.. ނިއާޝާ އާއި ސިއާ ނެތުމުން އެމީހުން ދިޔައީކަމައް ނިންމާ.. އެތާ އޮތް ހުދުކުލައިގެ ކާރައް އަރާ ނައްޓާލިއެވެ… ކުއްލިއަކައް.. ކުރިމަތިން އައި ބޮޑު ޕިކަޕެއް ސިއާމެން ތިބި ކާރުގައި ޖެއްސިއެވެ..

ކޯޓު ދޮރުމައްޗައް ކާރު މަޑުކޮއްލާފައި އޭގެން ފޭބި.. ނާއިމް ފެނި.. ހަމްދީގެ ދެބުމަ ގޮތްޖެހުނެވެ.. “ކޮބާ ސިއާ؟؟”…ހަމްދީ އަހާލިއެވެ.. “ސިއާ ނާދޭތަ؟؟ އަހަރެންނައް ދެވުނު އިރު އަހަރެންގެ މަންމަ އާއި ސިއާ ކަޅުކާރައް އަރައިގެން ނައްޓައިލައިފި”…ނާއިމް ބުނެލިއެވެ.. “ވަޓް!!!!!”.. ކުއްލިއަކައް ހަމްދީއަށް ފޯންކޯލެއް އައެވެ.. ހަމްދީ ހުރިތަނައް ތިރިވެވުނީ.. ވީ ދެރައިންނެވެ.. ނާއިމްގާތުގައި އެތާ މަޑުކުރުމައްބުނެ ވީ އެންމެ އަވަހަކައް ހަމްދީ އާއި ސާނިޔާ ހޮސްޕިޓަލައް ދިޔައެވެ.. ހަމްދީގެ އެދުމުގެ މަތިން ނިއާޝާ އެހެން ހޮސްޕިޓަލަކައް ބަދަލުކުރެވުނެވެ.. އަދި ހަމްދީ ނާއިމް އަށް ގުޅާފައި ނިއާޝާ އެކްސިޑެންޓް ވި ވާހަކަ ބުނެލިއެވެ..” ހަމްދީ ނާއިމް ގާތުގައި ސިއާގެ ވާހަކަ ނުބުނީ ހަމަ ގަސްތުގައެވެ…..

ލެއިން ފުރިފައި އޮތް ސިއާފެނި ހަމްދީ އަކައް ކެތެއްނުވިއެވެ.. ސިއާ ވަގުތުން އެމަޖެންސީ ރޫމް އަށް ވައްދައި އޮޕަރޭޝަން ކުރަންފެށިއެވެ.. 4 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކައް ފަހު ސިއާ ނެރުނެވެ.. އެއޮތް ހުރިހާއިރު ހަމްދީ ހުރީ އެތާ ކޮޅަށެވެ.. ކުރެވުނު ކަންތަކާ މޮޔަހިތައް އަރާފައެވެ.. ސިއާ ޕްރައިވެޓް ރޫމް އަކައް.. ބަދަލު ކުރެވުނެވެ… ދެ ދުވަސްފަހުން ސިއާ ހޭއެރިއެވެ.. ޒަކީ އަށް މި ހަބަރު ލިބުމުން އަވަހައް ކިއާން ގާތުގައި ބުނެލިއެވެ…

މަޑުމަޑުން ސިއާ ދެލޯ ހުޅުވާލިއެވެ.. ބޮލައް އަދިވެސް ފާޑަކަށް ތަދުވެއެވެ.. ސިއާގެ އަތުގައި ހިފައިގެން ހުރި ހަމްދީ ފެނުމުން ބައްޕާއޭ ކިޔާފަ ސިއާ ގޮވާލިއެވެ.. “އާން ދަރިފުޅާ..”.. ސާނިޔާ އައިސް ސިއާގެ ބޮލުގައި ފިރުމާލިއެވެ…”ބައްޕާ ކީއްވެ އަހަރެން ހޮސްޕިޓަލުގަ؟؟؟…….

….ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (34)

  1. Kylie

    Maasha allah v reethi mi part vx.. Waiting fr nxt

    1. lilly
      Kylie

      thank u soo much kylie

  2. FLY

    Wow nice.whn nxt lilly

    1. lilly
      FLY

      thank u soo much fly

  3. Nana??

    I really can’t wait to read the nxt part
    And how many parts you need to upload

    1. lilly
      Nana??

      thank u nana.. i dont knw it depends.. i dont count those thingx i just write the story.. im sorry there is probably more than 5 parts

  4. ?Ril?

    Wow sis hama amazing ingey. Varah sali. Masha Allah. When next❤❤❤❤❤

  5. Lamko

    Omg sia ah kihineh e v??vrh vrh dhera e v gothun…..
    Mi part varah varah furihama…. Ur the best❤️❤️
    Whn nxt parrrttttt…can’t even wait to read.. LYSM??
    #STAY HOME #STAY SAFE

    1. lilly
      Lamko

      thank u sooo much lamkooooo next part will be submitted tonight.. LYM u tooo BE SAFE❤❤❤❤

  6. LAZY_QUEENY

    Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. N lilly you are so talented.. Maashaallah.. Lysm.. #stay home #stay safe.. ❤️❤️❤️❤️❤️

    1. lilly
      LAZY_QUEENY

      thank u sooooo much lazy queenyyy … tonight
      LYM u tooo BE SAFE❤❤❤❤

  7. Aminath Moosa

    Very nice ?

    1. lilly
      Aminath Moosa

      thank u aminath moosa❤❤

  8. love_reading

    alheyy… sia huriha ehche handhaan nethuny kanneyge..? btw varah reethi mi part vx.. ur very talented.. and yaa on the 6th part u said dhw who is in team single eyy.. well i am?.. #TEAM SINGLE

  9. ?Ril?

    Wow sis mi part ves varah sali ingey
    Masha Allah
    When next❤❤❤❤❤

  10. Laalu

    Mashaa Allah…❤❤❤ lily kihineh siyaa ah thihedhi..dhn siyà memory dhuhvaanulahchey eyrun laalu v dheravaane…???
    Bst of luck
    Waiting 4 nxt❤❤❤❤❤❤

    1. lilly
      Laalu

      thank u sooo much laaaluu ❤❤❤❤❤❤❤❤❤❤❤❤

  11. ifa

    nice vaahaka avahah ninmaa nulahchey

  12. Ahuu

    What………. ???Kihineh evee Alhey shiaa ah Haadha deragothey e vanee????btw mi part ves vvvvvvvvvvvvvvvvv reethi ❤️❤️❤️❤️❤️❤️❤️can’t wait to read nxt part ?????? lysm
    STAY HOME ?? STAY SAFE ❤️❤️❤️❤️

    1. lilly
      Ahuu

      thank u soo much ahuuu ..LYM u tooo BE SAFE❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  13. Faiherr

    Masha Allah ??
    v reethi ?
    I think sia hunnaany memory loss vefa kanneyge ??

    1. lilly
      Faiherr

      thank u sooo much faiher.. kanneynge eh noon lilly ah hama yageen ehehe?❤❤

  14. Afu

    Alhey sia ah dheragotheh nahadhahchey siss
    Btw mi part ves varah salhi igey….
    When nxt??
    Nxt part ge inthixaaruga mihuree hama
    Avahah up kohlache
    Lysm sis❤️❤️❤️❤️❤️

    1. lilly
      Afu

      thank u sooo much afuuuuu LYM❤❤❤❤❤❤❤❤❤

  15. Mai

    Dhn sia ah dhera gotheh nuhadhahchey… Dhn kiyan ar sia ar gulhehjjiya v salhi vaane hn hyvanii… Curiously waiting nxt part

    1. lilly
      Mai

      thnk u soo much mai..❤❤❤❤❤❤

  16. Reader

    Varah varah gina imlaa kuh ebahuri, shaviyani sukun kuran jehei thanuga alifu sukun, kaariga eh noon- kairiga, balaali eh noon- balaili. Den comma beynun kuran jehei tanuga full-stop beynun kurun, liyaairu ga full-stop nujahaane describing ga hama ekani dialogue ga ehen liyaani, adhi eh kan faahaga kohlaanan. Dialogue tah vaki paragraphs takah nuliyenetha, mihaaru in gothun varah olhey. Mi kantah inslaahukohlaane kamah unmeedu kuran.

    1. lilly
      Reader

      thank u soo much reader u just taught me lot of things tht i didnt knw .. thank u again i will try my best to improve those.. i hope tht u will help me improve alwaysxx ❤❤❤❤

  17. Queen

    question eh ebain….. midnight commenters ah… Alhe thi kudhin thibany full night ga heyla tha?vaahaka up vaairah comment kurey? hope i get a reply frm lilly and those who comment at midnight…LY lilly mi part vrh nice

    1. lilly
      Queen

      lily nidhany vvv lahun like 2 or 3. ehenve vaahaka up vefa inthoa iru kolhaa balaalevey. dhn comment eh iniyyaa reply kollanii..

    2. ?Aashko??
      Queen

      Duty kuran kanneynge ehnun thibeniy vaahaka up veythoa. Anyways alhuga ves baeh reyreyga nidhan 2 or 3 haairu. Nidhumuge kurin check kohlan up vi thoa. . Up vefa inihyaa kiyaalaafa comment eh kohlaafa nidhaniy.

      Sis vaahaka v v furihama waiting for the next part. Ly sis

      Nehtha Laamu Atoll kuhjeh mithaaga……

  18. Kairaa

    Wowwwww….varah reethi mi bai vx….curiously waiting for the nxt part….lysm

    1. lilly
      Kairaa

      thank u sooooooo much kai LYM

  19. Neekko

    Wow mi bai vrh reethi

Comments are closed.