*ނާއިލް ބާރުބާރައް ގޮސް އެތަނުން ނުކުތެވެ. މިންހާ ވެސް ހިތައް އެރީ ބިން ފަޅައިފައި އަޑިއައް ދެވޭނެ ނަމައޭ އެވެ.* “އައިނީ ވެސް ދެން ގެއަށް ދާންވީ އޭ.” އައިޒާ ހުނުން މަތަކުރަމުން ބުންޏެވެ. އަދި އައިނީ އުރައިލައިގެން ނުކުތެވެ. ނާއިލް ހުރީ ރިސެޕްޝަން ޑެސްކް ކައިރީގައެވެ. އައިޒާ ނާއިލް ކައިރި އަށް ދިޔައެވެ. “ދޮންބެދައްތާ ކޮންކަހަލަ ވާހަކަ ތަކެއް ތިދައްކަނީ އައިނީ ކައިރީ. ދެން އެނޫން އެއްޗެކޭ ނުކިޔާނެ.” ނާއިލް ހިތްހަމަނުޖެހިފައި ބުންޏެވެ. އައިޒާ ހީލި […]
*އެއްދުވަހެވެ. މައިހާ އުޅުނީ ބޯއަނބުރާތީ އެވެ. ފަތިހު ރިޝްފާ އާއި ރައުފާ އާއި އެކު ބަދިގޭގައި އުޅުނު އިރު ވެސް އޭނާ ކައްކާ ވަސް ދުވުމުން މޭބޮޑުވާން ފެށި އެވެ.* އިރު ކޮޅަކުން މިންހާ ވެސް އައެވެ. މައިހާ އިންގޮތް ފެނިފައި މިންހާ ހިނިތުން ވެލި އެވެ. “ޓެސްޓް ތައް ހަދާލަންވީނު؟” ލާނެތް ގޮތަކައް ހިނިއައިސްފައި ހުރެ މިންހާ މައިހާ އާއި ދިމާލައް ބުންޏެވެ. “ކޮން ޓެސްޓް ތަކެއް؟” މިންހާ އާއި ދިމާލައް ލޯއަޅައިލަމުން މައިހާ ބުންޏެވެ. […]
*ކުއްލިއަކަށް މިންހާގެ ފޯނު ރިންގުވާން ފެށި އެވެ. ގުޅަނީ ރަނާ އެވެ. ދެމީހުންނަށް ގަޑި ބަލައިލަން ވެސް ހަނދާންވީ ދެނެވެ.* “ލަސްވެގެން ކަންނޭނގެ އެގުޅަނީ.” ނާއިލް ބުނެލި އެވެ. މިންހާ ވަކި އެއްޗެކޭ ނުބުނެ ފޯނައް ޖަވާބުދިނެވެ. “ހަނާ އަށް ފިލާވަޅެއްގަ ހެލްޕް ވާނަމޭ ބުނެފަ އޮތީމަ. ދާން ޖެހިއްޖެ.” މިންހާ ބުންޏެވެ. ދެމީހުން އެކުގައި ހިނގައިގަތެވެ. ސައިކަލުގައި އައި ރީހާން އައް ދެމީހަކު ގެ އާއި ދިމާލަށް ދާތަން ފެނުނެވެ. އޭނާ ގެއާއި ތަންކޮޅެއް ދުރުގައި […]
*މިންހާ ކުއްލިއަކައް އައިޒާ އާއި ދިމާލައް ބަލައިލި އެވެ.* “އަހަރެން ނާއިލްގެ ބޭބެ އަށް މެރީ ކުރީއްސުރެ ވެސް ނާއިލް އަހަރެން ކައިރީ މިންހާގެ ވާހަކަ ވަރަށް ދައްކާނެ. ބައެއް ދުވަސް ދުވަހު ހުންނާނީ ވަރަށް އުފާވެފަ. ބުނާނެ މިންހާ އަންނާނެއޭ ޑޮކްޓަރަކަށް ވެގެން. އަނެއް ދުވަސް ދުވަހު ވަރަށް ދެރަވެފަ ބުނާނެ މިންހާ އެނބުރި އަންނާނެބާއޭ. ނާއިލް މިންހާ ދެކެ ވަރަށް ލޯބިވޭ. މިންހާ ނޫން އިތުރު އެއްވެސް ކުއްޖެއް ބޭނުމެއް ނުވޭ. އެއްވެސް އިރަކު […]
*”ތިއްތަބޭ. ތިހެން ހަދާކަށް ނުވާނެއްނު. ދޮންތި އަށް ކިހާ އުނދަގޫ ވާނެ ނާއިލް ބޭބެ ގެ ވައިފް އާއި އެއްކޮށް ވޯކް ކުރަން.” މިންނަ ބުންޏެވެ.* “އަދި މީނާ ވެސް ވަރަށް ވެފަ ބޭބެ ކިޔައޭ. އޯކޭ. ސޮރީ މިން. އަނެއްކާ އޭނަ ރަނގަޅުތަ؟ ފަހަރެއްގާ މިން އަކީ ނާއިލްގެ އެކްސް އެއްކަން އިނގިގެން ޖެއްސުން ވެސް ކޮއްފާނެ ހަނާ ބަލާ ޑްރާމާތަކުގަ ހަދާހެން.” ރީހާން އަނެއްކާ ވެސް ހޭންފަށި އެވެ. “ނޯ. ވަރަށް ރަނގަޅު. ވަރަށް […]
*ސްކޫލްގައި ބޭއްވުނު ޕްރޮގްރާމް އެއްގައި އަހަރެން ބައިވެރިވީމެވެ. އެކި ގުރޭޓުތަކުގެ ކުދިން އުޅުނެވެ. ކަންދިމާ ކުރި ގޮތުން ގުރޫޕު ތަކަށް ކުދިން ބަލައިލި އިރު އަހަރެންނާއި މައިޝާން އިނީ އެއް ގުރޫޕެއްގައި އެވެ.* “ސޮރީ. މަ އަމިއްލަ އަށް ކުރި ކަމެއް ނޫން.” މައިޝާން ބުންޏެވެ. އަހަރެން ވަކި އެއްޗެކޭ ނުބުނެ ބޯޖަހައިލީމެވެ. ގިނަވަގުތު ސްކޫލްގައި ގުރޫޕް ކުދިންނާއި އެކު ވަގުތު ހޭދަ ކުރެވެން ފެށުނެވެ. މިހެން އުޅުމުގެ ތެރޭގައި އަހަރެންނާއި މައިޝާން އާއި ދެމެދު އެކުވެރި […]
*”ސަރ. އަޅުގަނޑައް ހީވަނީ ޒީވާ އެދައްކަނީ ރަނގަޅު ވާހަކަ އެއްހެން. ޒީވާގެ ވާހަކަ ފުރިހަމަކޮއްލަން ފުރުސަތެއް ދެއްވާ.” މައިޝާން ބުންޏެވެ.* “އެންމެ ރަނގަޅު. ޒީވާ ތިޔަހެން ބުނުމުގެ ފަހަތުގައި ވެސް ކޮންމެ ވެސް ސަބަބެއް ވާނެ. ސަރ މެންނަށް ގޯސް ހެދުނީ ކިހިނަކުންކަން ވެސް އެނގިދާނެ.” “ޝުކުރިއްޔާ ސަރ. އަޅުގަނޑު ބުނަން މިއުޅެނީ އެއްވެސް ފަރާތަކަށް ނޭނގި ބުލީ ގެ ޝިކާރައަކައް ވެފައި ތިބި އެތައް ކުދިންނެއް ވެއޭ. އެހީ އެއް ލިބިފަ އެއް ނެތް. ސަބަބަކަށް […]
*”ސަޅި. މިކޮޅުން ޖޮބް ހަމަޖެހިގެން އައިސް އުޅޭތާ ދުވަސް ކޮޅެއްވެދާނެ.” ނާއިލް ބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާ ވެސް ވާހަކަ ދެއްކި އެވެ. “މިން ކިހިނެއް؟”* “ކީއްކުރަން؟” މަޔާން އަށް އަހައިލެވުނީ ކުއްލިއަކަށެވެ. އެއަޑުގައިވީ ހިތްހަމަނުޖެހުން އެއްވެސް ވަރަކަށް ފޮރުވިފައެއް ނެތެވެ. “ވެޑިންގަ ދެކުނިން. އެހެންވެ އަހައިލި.” މަޑުމަޑުން ނާއިލް ބުންޏެވެ. “މިންހާ ރަނގަޅު. އޭނަ އޭނާގެ ދިރި އުޅުމުގައި.” މަޔާން ހުރީ ސީދާ ނާއިލްއަށް ބަލަހައްޓައިގެންނެވެ. އެދެލޮލުގައި ވަނީ ރުޅިވެރި ކަމެވެ. “އެދުވަހު ފެނުނީރު ވަރަށް […]
*”ނާއިމް ގުޅައިފަ ވަރަށް ގިނައިން އަހާނެ ޒީވާގެ ވާހަކަ. އަބަދުހެން ދައްކަނީ ޒީވާގެ ވާހަކަ. ނާއިމް އަސްލެއް ޒީވާ އަށް ހާދަ އަޅައިލައޭ.” މައިޝާން ބުންޏެވެ. އަހަރެން ގާތައް އައީ ރުޅި އެވެ. ލިޔަން އިން ގަލަން ބާއްވައިފައި މައިޝާން އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލީމެވެ.* “ދެން މާ ކީއްކުރަންވީ. އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅެމުން މަގޭ ވާހަކަ ދައްކަނީ އޭ ބުނީމަ މަ ވީ އުފާ ވަންތަ؟ ހަގީގަތެއް ބުނަންޏާ އެއަންހެންކުއްޖާ އާއި ދޭތެރޭ […]