Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-ފަހުބައި

flower_ Level 110 Stories
July 9, 2026 2 Mins Read
0 Comments

*ސްކޫލްގައި ބޭއްވުނު ޕްރޮގްރާމް އެއްގައި އަހަރެން ބައިވެރިވީމެވެ. އެކި ގުރޭޓުތަކުގެ ކުދިން އުޅުނެވެ. ކަންދިމާ ކުރި ގޮތުން ގުރޫޕު ތަކަށް ކުދިން ބަލައިލި އިރު އަހަރެންނާއި މައިޝާން އިނީ އެއް ގުރޫޕެއްގައި އެވެ.*

“ސޮރީ. މަ އަމިއްލަ އަށް ކުރި ކަމެއް ނޫން.” މައިޝާން ބުންޏެވެ. އަހަރެން ވަކި އެއްޗެކޭ ނުބުނެ ބޯޖަހައިލީމެވެ.

ގިނަވަގުތު ސްކޫލްގައި ގުރޫޕް ކުދިންނާއި އެކު ވަގުތު ހޭދަ ކުރެވެން ފެށުނެވެ. މިހެން އުޅުމުގެ ތެރޭގައި އަހަރެންނާއި މައިޝާން އާއި ދެމެދު އެކުވެރި ކަމެއް އުފެދުނެވެ. ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް އަހަރެންނަށް އަބަދުވެސް ދެއްކެނީ ނާއިމްގެ ވާހަކަ އެވެ. މައިޝާން ކައިރީ އޭނާގެ ވާހަކަ އެހެ އެވެ. މައިޝާން ވެސް ފަސް ޖެހުމެއް ނެތި އަހަރެންނަށް ހުރިހައި ވާހަކައެއް ކިޔައިދެ އެވެ.

ދުވަސްތަކެއް އެގޮތައް ފާއިތުވެދިޔަ އެވެ. ނާއިމްގެ އާއިލާ ކުއްޖެއްގެ ފަރާތުން އަހަރެންނަށް އެނގުނީ މައިޝާން އަހަރެން ކައިރީ ދައްކަނީ ހުސްމެން ދޮގު ވާހަކަ ކަމެވެ.

“އިނގޭތަ؟ މައިޝާން އެކިޔަނީ ހުސް ދޮގު ވާހަކަ. ނާއިމް އާއި އެހާ އެއްކޮށް އުޅިފާ ވެސް ޒީވާ ކައިރީ ގޮދުހެދީމާ އަހަރެން ހައިރާނެއް ނުވޭ. އެއީ މާކުރިންސުރެ ވެސް މައިޝާން އުޅެނީ ޒީވާ އާއި ހެދިގެން. ނާއިމް މާލެ ބަދަލުވީމަ އޭނަ އެއުޅެނީ ޒީވާ އާއި ރައްޓެހިވާން. ޒީވާ އޭނާ ދެކެ ލައިކް ނުވާނެކަން އެނގިހުރެ ވެސް.” އޭނާ ބުންޏެވެ.

“ނާއިމް އޭ ކިޔައިގެން ތިކިޔަނީ ހަމަ ތެދު ވާހަކަ ތަކެއްތަ؟” އެއްދުވަހަކު އަހަރެން މައިޝާން ކައިރީ އަހައިލީމެވެ.

“ނޫން. އަހަރެން ކީއްވެ ޒީވާ އައް ދޮގުހަދަންވީ؟ އަދި އެވެސް ނާއިމް އޭ ކިޔައިފަ. ނާއިމް އަކީ އަހަރެންގެ ބޭބެ އެއް ފަދަ.” މައިޝާން އެއްބަހެއް ނުވި އެވެ.

“އަދި ކިތައް ދޮގު ހަދާނަން؟ ކަލޭ ހީކުރަނީ މަށަށް ނޭނގޭނެ ކަމައްތަ؟ މަށައް އިނގޭ ހުރިހާކަމެއް ވެސް. ނާއިމްގެ ގާތް އެކުވެރިއަކައްވެ ހުރެ އޭނައާއި ބެހޭގޮތުން ދޮގުތައް ހަދާކަށް ލަދެއް ވެސް ނުގަތެއްނު. ކަލޭ މަށާ ބާއްވާ އެކުވެރިކަން ވެސް މަށަށް ވަރަށް ރަނގަޅަށް އެނގޭ. ކަލޭ ދެން ދުވަހަކު ވެސް މަށާ ވާހަކަ ދައްކަން މަސައްކަތް ނުކުރާތި.” އަހަރެން ބުނީމެވެ. އަހަރެން ހުރީ އިންތިހާ އައް ރުޅި އައިސްފަ އެވެ.

ދެން ކަންތައް ވީ އެއްވެސް މީހެއް ހިތައްނާރުވާ ގޮތަށެވެ. މައިޝާން އޭނާ ބޭނުންވާ ގޮތައް ކަންތައް ނުވުމުން ރުޅި އައެވެ. އެހެންކަމުން އޭނާ އަހަރެން ގެ ދޮގު ވާހަކަތައް ސްކޫލް ތެރޭގައި ފަތުރަން ފެށި އެވެ. ނަމަވެސް އެއްވެސް ކުއްޖެއް އޭނާ ދެއްކި ވާހަކަތަކައް ސަމާލުކަނެއް ނުދެ އެވެ. ބަދަލުގައި އޭނާ އަށް މަލާމާތް ކުރި އެވެ.

“ކައޭ އަޅެ ހާދަ އަންހެން ދުޅާ ވެގެންނޭ ތިޔައުޅެނީ. ކައޭ ބޭނުންވާ އަންހެން ކުއްޖާ ނުލިބުނީމަ އަންހެނެއްހެން އޭނަ އޭ ކިޔައިގެން ވާހަކަ ފަތުރަނީ. މީހުނާ ބުނާހެން ކަންމަތީ އާންޓީ އަކައްނުތިވީ.” އެއްދުވަހަކު އަހަރެން ވެސް އަޑުއިވޭ ހިސާބުގައި ހުއްޓައި ފިރިހެން ކުއްޖަކު މައިޝާން އާއި ދިމާލަށް ބުންޏެވެ.

“ކައޭ އަށް އަޅެ ހީވާ ގޮތް ދޯ. ކައޭ އަށް ހީވޭތަ ނާއިމް އެހެން ކުއްޖަކާ ރައްޓެހިވިޔަސް ޒީވާ ކައޭ އަށް ރައްޓެހިވާނެހެން. އަދި އެހެން ކުއްޖަކާ ރައްޓެހި ވިޔަސް ކައޭ އަކަށް ނުވާނެ.” އެހެން ކުއްޖަކު ބުންޏެވެ. މައިޝާން އަށް އޭނާ އަމިއްލަ ނަފްސު ދިފާއުކޮއްފައި ބުނާނެ އެއްވެސް އެއްޗެއް ނެތެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން އޯ ލެވެލް ނިމި ރަނގަޅު ނަތީޖާ އަކާއި އެކު އޭ ލެވެލް ކިޔަވަން އެހެން ރަށަކަށް ދިޔައީމެވެ. އަދި ވެސް ރަނގަޅު ނަތީޖާ އެއް ހޯދުމަށެވެ.

ކިތަންމެ ދުރަކަށް ދެވުނު ކަމުގައި ވީ ނަމަވެސް އަދި އަހަރެންނަށް ނާއިމް ނުފެނުނު ކަމުގައި ވިޔަސް އަހަރެންނަށް އޭނާ މަތިން ހަނދާންނައްތާއެއް ނުލެވެ އެވެ. އޭނާ މަތިން ހަނދާންނައްތައިލުމައް އެހެން ކުއްޖަކާއި ވާހަކަ ދެއްކޭތޯ ވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަށް ހީވަނީ އަހަރެންނަށް ނާއިމް އާއި ދޭތެރޭ ބޭވަފާތެރި ވެވެނީހެންނެވެ. ނާއިމް ދެން އެނބުރި ނާންނާނެކަން އެނގި ހުރެ ވެސް އޭނާ އައް އިންތިޒާރުކުރެވެނީއެވެ. ބަޔާންކުރަން ދަތި އިހުސާސްތަކެއް ހިތުތެރޭގައި އަބަދުވެއެވެ. ބުނެދޭން ނޭނގޭ ވޭނެއް ހިތުގައި ވެއެވެ. މިފަދަ ހާލުގައި ވެސް އަހަރެން އަހަރެންގެ ކިޔެވުން ކުރިއަށްގެންދިޔައީމެވެ. އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށެވެ. އަހަރެންގެ މި ހިތް އެހެން ފަރާތަކަށް ނުދޭން ވެސް އަޒުމު ކަނޑައެޅީމެވެ.

-ނިމުނީ-

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

ނޭދެން ވަކިވާކަށް 22 ވަނަ ބައި

Previews
July 9, 2026

ނޭދެން ވަކިވާކަށް 22 ވަނަ ބައި



All Right Reserved!