*މަޑުމަޑުން މައިހާ ކޮޓަރިތެރެއަށް ނަޒަރު ހިންގައިލި އެވެ. ފެންކަޅިވެފައިވާ އެންމެންގެ ލޯތަށް ފެނިފައި މައިހާގެ ހިތް އަވަސްވި އެވެ. ގުޅައިފައި ހުރި މެޝިން އިން އިވެމުން ދިޔަ ‘ބީޕް ބީޕް’ އަޑު ބާރުވިއެވެ. މިންހާ ވަގުތުން ކައިރި ވެލިއެވެ.* “ފުންކޮށް ނޭވާލާ. ހަމަޖެހެވޭތޯ ބަލާ.” މިންހާ މަޑުމަޑުން އިރުޝާދު ދެމުން ދިޔައެވެ. “މިން. ކޮބާ އަހަރެންގެ ބޭބީ؟” މައިހާގެ އަޑު ތުރުތުރު އަޅައެވެ. މިންހާ ހިނދުކޮޅަކަށް ހުއްޓުން އެރި އެވެ. “ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ. […]
*”ކައޭ އަށް ވެސް ނުހުރެވުނީނު. މަ ކިތައްފަހަރު ކައޭ ކައިރީ ބުނީ އޭނަ އެކަނި ހުއްޓާއޭ ދާނީ. ކަލޭ އަޑުނޭހީނު. ދެން އެމީހުން ވެސް އުޅޭނީ ވިސްނައިގެން.” ޝާމް ކައިރީ ހުރި މީހަކު ބުންޏެވެ.* “އޭތް! ކައޭ މާ ނުފުއްޕައްޗޭ! ކައޭ އަކަށް ނޭނގޭނެ މަ މިންހާ ދެކެ ވާލޯތްބެއް!” ޝާމް ހުރީ ރުޅިގަދަ ވެފައެވެ. “ނޫނޭ. މަށަށް ފެނެއޭ ތިވާލޯތްބެއް. ގަދަކަމުން އެނިކަމެތި އަންހެން ކުއްޖާ ގެންނާކަށްނު ތިއުޅެނީ.” އެމީހާ ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަށެވެ. […]
*”ޝާމް؟ އެއީ ކާކު؟ ކުރިން ވެސް މިންހާ އަށް ކޮންމެވެސް ޝާމް އެއް މާބޮނޑިއެއް ފޮނުވި. ހާދަ ވިއަރޑް ނޯޓް އެކޭ.” އައިޒާ ވެސް ހުރީ ހައިރާން ވެފަ އެވެ.* މިންހާ ހުރީ ނޭވާލާން ވެސް ހަނދާންނެތިފަ އެވެ. މިފަދަ ނޯޓް ތައް އޭނާ އަށް މި ފޮނުވާނީ ކާކުބާއެވެ؟ ޝާމް އަކީ ކާކުބާއެވެ؟ ޝާމް އަށް އޭނާ އެނގުނީ ކިހިނެއްބާއެވެ؟ މިފަދަ އެތައް ސުވާލެއް މިންހާގެ ހިތައް އަރައި ފައިބާމުންދިޔައެވެ. “މިންހާ. ކޮންކަމަކާ ތިވިސްނަނީ؟ އެއީ […]
*”ކިހާ ރީތި. ދާނެ އިތުރު ތަނެއް ހުރީކީ ނޫން. ބައްޕާ ވިއްޔާ. ހިތުގަ ރަހުމެއް ހުންނާނެއްނު. ރައުފާ މިންނަ ކައިރީ ބުނޭ މިގޭގަ އުޅުނަސް އެހެން މީހުންގެ ކުރިމައްޗަށް ނުނުކުމެ އުޅޭށޭ.” ނަދީމް ބުންޏެވެ.* “މަށައް ނޫޅެން އޭނާއާ އަނގައިން ބުނާކަށް. ރަނާ ގޮސް ބުނެ މިންނަ ކައިރީއެހެން.” ރައުފާ ރުޅި އައިސްފައި ބުންޏެވެ. އެކަކުވެސް އިތުރައް އެކަމަކާ އެއްޗެކޭ ނުބުންޏެވެ. “އިއްޔެ ވަރަށް ބޮޑު އިންޕްރޫވްމެންޓް އެއް ފެނުނު. އެގޮތަށް ވީހާވެސް ޕޮޒިޓިވް ކޮއް ބަހައްޓާ. […]
*”މާނަ އަކީ؟ މާޔާ ވެސް ސީދާ ސީދާ ކޮށެއް ވާހަކައެއް ނުދައްކާނެ.” މައިހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުންޏެވެ.* “މިބުނީ. ތިއްތަމެން ރޭގަ ދިން ސަޕްރައިޒް އޭ މިންނަ ވެސް އޭގެ ފަހުން ދިނީ.” މާޔާ ބުންޏެވެ. މައިހާ އާއި ރީހާން އަށް އެކަކު އަނެކަކާއި ދިމާލައް ބަލައިލެވުނެވެ. “މިންނަ އިނީ ބަލިވެ؟” މައިހާ ވައި އަޑަކުން އަހައިލި އެވެ. މާޔާ ބޯޖަހައިލިއެވެ. “ކިހިނެއް އެނގުނީ؟” ރީހާން އަހައިލިއެވެ. “ރޭގަ ދޮންތި ގެއަށް އައިރު މިންނަ ހުރީ […]
*”ކައިވެންޏޭ؟ އެމީހާ ކައިވެނި ކުރާނަމޭ ބުނީމަ ދެންވީ ރަށުމެދައް ބަލިވާންތަ؟ މީ ކުދިންނާ ރައްޓެހި ވެގެން ވެސް އުޅެންވީ އުމުރެއް ނޫން؟”* “މަންމަ އަކަށް ތިހެނެއް ނުބުނެވޭނެ. ދޮންތަމެން ވެސް ކުދިންނާ ރައްޓެހިވެގެން އުޅުނީ މިއުމުރުގަ.” ރަނާ އާއި ދިމާލައް ބަލައިލަމުން މިންނަ ބުންޏެވެ. “ލަދެއް ވެސް ނުގަނެއޭ މީނާއެށް. އަހަރެންގެ ކުރިމަތީ އަދި އެބަ ޒުވާބު ކުރަން އުޅެއޭ. ދޮންތިމެންނޭ ބުނާއިރު ދޮންތިމެން އުޅުނީ މަންމަމެންނަށް ސިއްރުންތަ؟ ދޮންތިމެން ކަލޭ ގޮތަށް ރަށުމެދައް ބަލިވިތަ؟ ކަލޭ […]
*”އަހަރެން ބުނީމެއްނު މިރޭ ވެސް މިންގެ ބައްޕަ އާއި ވާހަކަ ދައްކަން ރެޑީގައޭ މިހުރީ. އެކަން ވެސް ނިމުނީ.” ނާއިލް ބުންޏެވެ. މިންހާ ކުޑަކޮއް ހީލި އެވެ. މިންހާގެ ހީލުން ފެނިފައި ނާއިލްގެ ހިތައް ފިނިކަމެއް ލިބުނެވެ.* “ނާއީ ކީކޭ ބުނީ؟” “އަހަރެން ބުނީ…އަހަރެން ބޭނުމޭ މިން އަހަރެންގެ ގެ އަށް ގެންދަން. އައިނީ އިނީ މިންގެ އިންތިޒާރުގައޭ.” ނާއިލް ސަމާސާ ރާގެއްގައި ބުންޏެވެ. “ނާއީ ނުބުނާނެ ތިހެންނެއް.” މިންހާ ހޭންފެށި އެވެ. “އެހެންނެއް ނޫން ބުނީއެއް. […]
*ފަހަރަކު ގަނޑެއް އުކަމުން ދިޔައިރު މިންހާގެ އަތް ތުރުތުރު އަޅައެވެ. ހަގީގަތް އެނގެން އޭނާ ބިރުގަނެއެވެ. އެހެން ހުއްޓައި މިންހާގެ މެއަށް ތޫނުތަދެއް އެރިއެވެ. އެއާއިއެކު އަނގައިން ކުޑަ އާހެއް ނުކުތެވެ.* “ޔޫ އޯކޭ؟” މިންހާގެ މޫނު މައްޗަށް އެކި ކުލަވަރު ފެނިފައި ނާއިލް އެހިއެވެ. “އައިމް ފައިން.” މިންހާ މަޑުމަޑުން ބުންޏެވެ. ނަމަވެސް އޭރު ވެސް އޭނާގެ މޭގައި ކެތްކުރަން ދަތިވާ ވަރަށް ރިއްސާ އެވެ. ތަދާއި ހަނގުރާމަ ކުރަމުން މިންހާ ފަހަރަކު ގަނޑެއް ރަނގަޅަށް […]
*”ހިނގާ ދާން.” މިންހާ އޭނާގެ ގަޔާއި ކައިރި ކޮއްލަމުން ނާއިލް ބުންޏެވެ.* “ކަލޭ ބުނީ މިންހާ މަށަށް ގެނިސްދޭނަމޭ. ކޮބާ؟ މިންހާ އެހެން ފިރިހެނަކާ އެކީ ކީއްކުރާނީ؟” އެމީހާ ރުޅި އައިސްފައި ބުންޏެވެ. “ޝާމް. ހަމަޖެހިބަލަ. މަ ކުރާނަމޭ ބުނީމަ ކުރާނަމޭ. އަހަރެންނަށް ދެ ދުވަސް ދީ. މިންހާ ހުންނާނީ ކަލޭ ކައިރީގަ” މަޔާން ބުންޏެވެ. “އެންމެ ދުވަހެއްވެސް ނުދެވޭނެ. ކަލޭ މަށަށް ދޮގު ވެސް ހެދީ. މިންހާ އެހެން ފިރިހެނަކާ އެކީ އުޅޭ ވާހަކަ މަ […]