Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-24

flower_ Level 110 Stories
July 7, 2026 4 Mins Read
1 Comment

*”ސަޅި. މިކޮޅުން ޖޮބް ހަމަޖެހިގެން އައިސް އުޅޭތާ ދުވަސް ކޮޅެއްވެދާނެ.” ނާއިލް ބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާ ވެސް ވާހަކަ ދެއްކި އެވެ. “މިން ކިހިނެއް؟”*

“ކީއްކުރަން؟” މަޔާން އަށް އަހައިލެވުނީ ކުއްލިއަކަށެވެ. އެއަޑުގައިވީ ހިތްހަމަނުޖެހުން އެއްވެސް ވަރަކަށް ފޮރުވިފައެއް ނެތެވެ.

“ވެޑިންގަ ދެކުނިން. އެހެންވެ އަހައިލި.” މަޑުމަޑުން ނާއިލް ބުންޏެވެ.

“މިންހާ ރަނގަޅު. އޭނަ އޭނާގެ ދިރި އުޅުމުގައި.” މަޔާން ހުރީ ސީދާ ނާއިލްއަށް ބަލަހައްޓައިގެންނެވެ. އެދެލޮލުގައި ވަނީ ރުޅިވެރި ކަމެވެ.

“އެދުވަހު ފެނުނީރު ވަރަށް ފާޑަކަށް މިން ހުރީ…”

“ނާއިލް ނުޖެހޭނެ މިން އާއި ދޭތެރޭ ވިސްނާކަށް. މީހެއްގެ ފިރިއަކަށް ވެ ހުރެ މިންހާ އާއި ދޭތެރޭ ނާއިލް އެއްވެސް ވަރަކަށް ނުވިސްނުން އެންމެ ރަނގަޅު ވާނީ.” މަޔާންގެ އަޑުގައިވީ ހަރުކަށިކަމެވެ.

“ފިރި އޭ…!؟ ކާކު!؟” ނާއިލްގެ ދެލޯ ބޮޑުވި އެވެ.

“މިބުނަނީ ނާއިލް ވިސްނާނީ ނާއިލްގެ އަނބިމީހާ އާއި ދަރި އާއި ދޭތެރޭގަ އޭ. މިންހާ އަށް ބަލަން އަހަރެމެން އެބަ ތިބި. އޭނާގެ ބައްޕަ ވެސް ގަދަވެ ސަލާމަތުން ދުނިޔޭގަ އެބަހުރި.”

“ކޮން އަންބެއް!؟ ކޮން ދަރިއެއް!؟ ކައޭ ކީކޭ ތިކިޔަނީ؟”

“މަ މިކިޔަނީ މަށައް އިނގޭ އެއްޗެއް. ދެން އިނގޭނީ ނާއިލް އަށް.”

“އެއީ މަގޭ ބޭބެގެ ދަރި އޭ! އެއީ މަގޭ ފަހެރި އޭ!” ނާއިލް އަޑައް ބާރުލައިފައި ބުންޏެވެ.

“ކައޭ ކީކޭ ތިކިޔަނީ؟” މަޔާން ވެސް ހައިރާންވި އެވެ.

“މިން ބުނި ގޮތް ދޯ؟ މަށަށް އެނގެ އޭ މިން އަށް ވިސްނުނީ އެހެންކަން. މަ ބޭނުންވި އޭ މިން ކައިރީ އަށް ގޮއްސަ ބުނަން ތިހީވީ ނުބައިކޮށޭ. ވަގުތުގެ ގޮތުން ނުދެވުނީ.” ނާއިލް ކިޔައިދެމުން ދިޔަ އެވެ. މަޔާން އިނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނާއި ގަތް ލަދެއްގެ ބޮޑުކަމުން ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

“ސޮރީ. މަށަށް ނުބައިކޮށް ހީކުރެވުނީ.” މަޔާން ބުންޏެވެ.

“ދޮންތަބޭ! މާޔާ މިއުޅެނީ ދޮންތި އާއި އެކޮއް ހޮސްޕިޓަލް އަށް ޖޮބައް ދާން.” މަޔާން ގެއެއް ވަނުމާއި އެކު މާޔާ އުފާވެފައި ބުންޏެވެ.

“ހިމް. ކޮންގްރެޖްސް.” މަޔާން ގޮސް ކޮޓަރި އަށް ވަނެވެ.

“އޭނަ އަށް ކިހިނެއް ވެފަ؟” މައިހާ ރަނާގެ ކަންފަތް ދޮށުގައި އަހައިލި އެވެ. ނޭނގޭއޭ ބުނެފައި ރަނާ ވެސް ގޮސް ކޮޓަރިއަށް ވަނެވެ.

“މިކަން ވެސް މިނިމުނީ. ދެން އޮތީ ޖަވާބަކަށް އިންތިޒާރު ކުރުން.” ލެޕް ޓޮޕް ލައްޕާލަމުން މިންހާ ބުންޏެވެ.

“ސެލެބްރޭޓް ކޮއްލަން ހިނގާ ބޭރައް ދާން.” ރީހާން ބުންޏެވެ.

“މިހާ ލަސްވީމަ. އެހެން ރެއަކުން ދާނީ.” މައިހާ ބުންޏެވެ.

“އާނ. އަދި ޖޮބް އަށް އެޕްލައިކުރީ. ޖޮބް ލިބުނީމަ ސެލެބްރޭޓް ކުރާނީ.” މާޔާ ވެސް މައިހާ އާއި އެއްބައި ވެލަމުން ބުންޏެވެ.

“ތިހެނެއް ނުހެދޭނެ. މާޔާ ޑްގްރީ ޕާސް ވީމަ އެކަން ވެސް ޖެހެއެނު ސެލެބްރޭޓް ކުރަން. އަވަހައް ދޭ ރެޑީ ވާން.” ރީހާން ބުންޏެވެ.

“ދެކަން އެއްކޮށް ސެލެބްރޭޓް ކުރާނީ. އެހެން ނޫނަސް މިހާރު ހާދަ ލަސްވެއްޖޭ.” މާޔާ ދެކޮޅުހަދަމުން ބުންޏެވެ.

“އުހުން. މިރޭ ތިހެނެއް ނުހެދޭނެ. މިން އައި ފަހުން އަދި ބޭރަކަށް ނުދެވެ. ލަސްވިޔަސް ކޮބާ މައްސަލައެއް؟ ދެން ވެސް ދޭ ރެޑީ ވާން.” ރީހާން ބުންޏެވެ.

“ރަނާ ކައިރީގައި ބުނެލާފަ މިދަނީ.” މިންހާ ތެދުވަމުން ބުންޏެވެ.

“ބޭރައް ދާން މިއުޅެނީ. ހިނގާ ދާން. އަވަހަށް ރެޑީ ވޭ.” ރަނާ ކޮޓަރި ދޮރު ހުޅުވައިލުމުން މިންހާ ބުންޏެވެ. “މަޔާން ވެސް ދާން ވާނެ.”

“މަ ނުދާނަން މިރެއަކު. ތިމީހުން ގޮސްލާ.” މަޔާން ބުންޏެވެ.

ރަނާ! މަޔާން ނައީކީއްވެތަ؟ މަ އެކަންޏޭ ފިރިހެނަކަށް މިއިނީ މިހާރު.” ރެސްޓޯރެންޓް އައް ވާދެ މޭޒެއްގެ ދޮށުގައި އިށީންނަމުން ރީހާން ވާހަކަ ދެއްކި އެވެ.

“އޭނަ ބުނީ ނާންނާނަމޭ. ނާއިލް ބުނެގެން އޭނަ އާއި އެއްކޮށް ބޭރައް ގޮއްސަ އައިފަހުން ހުންނަނީ ފާޑަކަށް. އެހިމަ ވެސް ނުވެއް ބުނި.” ރަނާ ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ނާއިލްގެ ނަމާއި އެކު މޭޒުދޮށުގައި ތިބި އެންމެންނަށް ބަލައިލެވުނީ މިންހާ އާއި ދިމާލަށެވެ. މިންހާ އިނީ ނޫން ކަމައް ހެދިފަ އެވެ.

“ތިއްތަމެންގެ ވެޑިންގަ ދެކުނިން ނާއިލް ބޭބެ ކުޑަ ކުއްޖެއް ގޮވައިގެން އުޅެނިކޮށް. ނާއިލް ބޭބެ އާއި އެއްކޮއް އަންހެނެއް ވެސް އުޅުނު.” ހަނާ ހަނދާން ކުރަމުން ބުންޏެވެ. މިންނަ މޭޒު ދަށުން މިންހާގެ އަތުގައި ހިފައި ބާރުކޮއްލި އެވެ.

“އާން. އަހަރެން ވެސް ހަނދާންނެތުނީ އޭ. މަޔާން ބުންޏޭ ނާއިލް މެރީ ކޮއްފިއޭ. ކިޑް އެއް ވެސް ހުރެއޭ. ވެޑިންގ އައް ގޮސް އުޅުނީ އޭނާގެ ފަމެލީ ގޮވައިގެންނޭ.” ރަނާ ބުންޏެވެ.

“ނާއިލް ކޮންއިރަކުބާ މެރީ ކުރީ؟ ނުވެސް އެނގޭ. އެދުވަހު ނާއިލްގެ ބޭބެ ވެސް ހުރި. އަނެއްކާ ނާއިލްގެ ބޭބެގެ ވައިފް އެންޑް ކިޑް ނޫންބާ؟ އަހަރެމެންނަށް މިސް އަންޑަސްޓޭންޑް ވީކަމައް ވެސް ވެދާނެއްނު.” މައިހާ ބުންޏެވެ.

“ހަމަ ވެދާނެ. އެއަންހެން މީހާ ހުރީ ނާއިލްގެ ބޭބެ ކައިރީގަ. އެކަމަކު ނާއިލް ހުރީ އެކުއްޖާ އުރައިގެން. ފަހަރެއްގާ މަޔާން އައް އިނގިދާނެ ކަންނޭނގެ. އޭނަ ކައިރީ އަހާލާނީ ދޯ.” ރީހާން ވެސް މައިހާ އާއި އެއްބައި ވެލަމުން ބުންޏެވެ.

“ޕްލީޒް ހުއްޓާލަބަ. ކީކޭތަ ތިކިޔަނީ. ދޮންތި އިންދަ އަދި.” މިންނަ ހިތްހަމަނުޖެހިފައި ބުންޏެވެ.

“ސޮރީ ސޮރީ. މިން އަށް އިނގޭތަ؟” މައިހާ އަހައިލި އެވެ.

“ހިމް. ދެކުނިން.” މިންހާ މަޑުމަޑުން ބުންޏެވެ.

“މިން ދެން އަޅާނުލާ. އެއައް ވުރެ ރަނގަޅު މީހަކު ލިބޭނެ އަދި. އިންޝާ ﷲ.” މިންނ ބުންޏެވެ. އެވަގުތު ވެއިޓަރ އެމީހުންގެ އޯޑަރ ނަގަން އައެވެ. އެމެން އެކަމަށް ސަމާލުކަން ދިނެވެ.

“އެއްވެސް ކަމެއް ކޮއްފިންތަ؟” ނައުޝާން އަހައިލި އެވެ.

“އަދި ނޫޅެން އެކަމަކާ.” ނާއިލް ބުންޏެވެ.

“ލަސް ކުރަން ހަދައިގެން މާ ލަސްވެދާނެ.” ނާއިލްގެ ކޮނޑުގައި ހިފައިލަމުން ނައުޝާން ބުންޏެވެ.

“ލަސް ކުރަނީކީ ނޫން ދޮންބޭ. ބިރުގަންނަނީ. އެދުވަހު ވެސް މަގޭ ހިތް ހީވީ ކުދިކުދި ވެދާނެހެން. އެކަމަކު އަހަރެންނަށް ވުރެ ބޮޑައް ދެރަވާނީ މިން. މިން ފެނިފަ މަ އިނީ ޝޮކެއްގަ. އަނެއްކޮޅުން މިން ވިސްނިގޮތުން އަހަރެން ވަރަށް ދެރަވި. އެހެންވެ އެއްވެސް އެއްޗެކޭ ވެސް ނުބުނެވުނީ.”

“ދެން އެހާ ގިނަ މީހުން ތެރޭ ރަނގަޅެއް ވެސް ނުވާނެ ވާހަކަ ދައްކާކަށް.”

“މިން އަށް މެސެޖު ކޮއްލަން ވީނު.” އައިޒާ އައިސް ނައުޝާން ކައިރިއަށް ހުއްޓިލަމުން ބުންޏެވެ.

“ޕިސް. މިން ވާހަކަ އެއް ނުދައްކާނެ.” ނާއިލް ކަރު އެލުވައިލަމުން ބުންޏެވެ.

“މަޔާން އައާ ފްރެންޑް އެއްނު. އޭނަ ކައިރީ ބުނެގެން މީޓް ކޮއްބަލަ.” އައިޒާ ހިޔާލެއް ދިނެވެ.

“މިން ބޭނުމެއް ނުވާނެ. މިން ބޭނުންނުވަންޏާ މަޔާން ވެސް ނުކޮއްދޭނެ. ދެން މީ މަށަށް އޮތް ގޮތް ކަމައް ބަލަމާ.” މިހެން ބުނެފައި ނާއިލް ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

*އެއް މަސް ފަސް*

“ދޮންތީ! އައިމް ސޯ އެކްސައިޓެޑް.” މާޔާ ބުންޏެވެ. އޭނާ ހުރީ މިންހާ އާއި އެކު ހޮސްޕިޓަލް ކުރިމަތީގަ އެވެ.

“މީ ޓޫ.” މިންހާ ވެސް ހިނިތުން ވުމަކާއި އެކު ބުންޏެވެ. ދެކުދިން އެއްކޮށް ހޮސްޕިޓަލަށް ވަނެވެ.

“މަރުހަބާ ޑރ. މިންހާ. އަދި ނަރސް މާޔާ. މިކޮޅަށް ދުރުވޭ.” އެކުދިންނަށް މަރުހަބާކީ ހޮސްޕިޓަލުގެ ސީނިޔާ ނަރުހެކެވެ.

“ޑރ. މިންހާގެ ރޫމް ހުންނާނީ ރެޓީގައި. އެސިސްޓް ކޮއްދޭނީ ޑރ. އައިޒާ. އަދި މާޔާ އެސިސްޓް ކޮއްދޭނީ އަޅުގަނޑު.” ނަރުސް ކިޔައިދިނެވެ.

“މަރުހަބާ ޑރ. މިންހާ އެންޑް މާޔާ. ގުޑް ލަކް މާޔާ. ޑރ. މިންހާ އަޅުގަނޑާއި އެކު ދުރުވޭ.” ރީތި ހިނިތުންވުމަކާއި އެކު ޑރ. އައިޒާ ބުންޏެވެ.

ޑރ. އައިޒާ އާއި ދިމާލައް ބަލައިލި މައި އެކު މިންހާގެ މޫނުގެ ކުލަވަރު ބަދަލުވި އެވެ. ނަމަވެސް އަނެއް ސިކުންތުގައި މިންހާ ހިނިތުން ވެލި އެވެ.

“ޑރ. މިންހާގެ ރޫމް އަކީމީ. އައި ވިލް އެސިސްޓް ޔޫ ފޯ ދި ފަސްޓް އިއަރ. 9 ގަ ޕޭޝަންޓުން އަންނަން ފަށާނެ. ފުރަތަމަ ދުވަސްވީމާ އައި ވިލް ޑޫ މޯސްޓް އޮފް ދި ވޯކް.” ޑރ. އައިޒާ ބުންޏެވެ.

“ޝުކުރިއްޔާ.” މިންހާ ގަދަކަމުން ހިނިތުން ވެލަމުން ބުންޏެވެ.

ބްރޭކް ގަޑި ކަމުން މިންހާ ދިޔައީ ކެފެޓީރިއާ އަށެވެ. އިރުކޮޅަކުން މާޔާ ވެސް އައެވެ.

“ވަރަށް ސަޅި.” މިންހާ ކައިރީގައި އިށީންނަމުން މާޔާ ބުންޏެވެ. “ދޮންތިގެ ފަސްޓް ޑޭ ކިހިނެއް ދަނީ؟”

“ވަރަށް ކަޑަ.” މިންހާ މޫނައް ގޮތެއް ހަދައިލަމުން ބުންޏެވެ.

“އެއީ. ޑރ. އައިޒާ ކަމަކުނުދޭތަ؟ ނަރުހުން ވެސް ކިޔާ ޑރ. އައިޒާ ވަރަށް މޮޅުވާނޭ. ވަރަށް ކައިޑް ވެސް ވާނޭ. ބުނި ދޮންތި ވަރަށް ލަކީ އޭ ޑރ. އައިޒާ ދޮންތި އެސިސްޓް ކޮއްދޭތީ.”

“އެހެންނެއް ނޫން. އާނ. ވަރަށް ކައިޑް ވަރަށް ސުއީޓް ވަރަށް މޮޅު ޑޮކްޓަރ އެއް އެއީ. އިނގޭތަ. އެއީ ނާއިލްގެ ވައިފް އޭ.” މީހަކައް އަޑު އިވިދާނެތީ މިންހާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“އޯ މައި ގޯޑް. އަސްލުވެސްތަ. ވަރަށް ސަކަރާތްވީތީ. ހަނާ މެން ކައިރީގައި ވެސް ބުނަން ޖެހޭނެ. ކިހާ ދުވަހަކަށް ދޮންތި އާއި އެއްކޮށް ވޯކް ކުރާނީ؟”

“ވަން އިޔަރ.”

“ވަން އިޔަރ؟ ދޮންތީ ޔޫ އާރ ސްޓަކް ވިތް ހަރ ފޯ ވަން ހޯލް އިޔަރ.”

“އައި ނޯ. ދެން އެކަމަކު ކީއްކުރާނީ. ބްރޭކް ގަޑި ވެސް ނިމޭނީ. ފުރަތަމަ ދުވަހު ލަސް ވާކަށް ނުވާނެ. ދެން ދަނީ. މާޔާ ވެސް ދޭ. ބާއި.” މިންހާ ދިޔަ އެވެ.

“މިއޮއް އައީނު ޑަރ. މިންހާ. ކިހިނެއް ފުރަތަމަ ދުވަސް؟” މިންހާ ގެއަށް ވަނުމާއި އެކު ހަނާ އަހައިލި އެވެ. އޭރު އެތާގައި މިންނަ އާއި ރީހާންހެ އިތުރުން މަޔާން ވެސް އިނެވެ.

“ނާއިލްގެ ވައިފް އާ އެއްކޮށް ވޯކް ކުރަން ޖެހެނީ.” މިންނަ ކައިރީގައި އިށީންނަމުން މިންހާ ބުންޏެވެ. ރީހާން ހެން ފެށި އެވެ. މިންހާ ނުރުހިފައި ބަލައިލިއެވެ.

“ތިއްތަބޭ. ތިހެން ހަދާކަށް ނުވާނެއްނު. ދޮންތި އަށް ކިހާ އުނދަގޫ ވާނެ ނާއިލް ބޭބެ ގެ ވައިފް އާއި އެއްކޮށް ވޯކް ކުރަން.” މިންނަ ބުންޏެވެ.

-ނުނިމޭ-

 

 

 

 

 

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

ތިޔަ ނަން މި ހިތުގާ 30

Next

މަލާމާތް ލޯބި – ޓުރެއިލާ

Next
July 7, 2026

މަލާމާތް ލޯބި – ޓުރެއިލާ

Previews
July 7, 2026

ތިޔަ ނަން މި ހިތުގާ 30

One Comment

  1. Aami says:
    July 7, 2026 at 4:28 pm

    Varhreethi

Comments are closed.



All Right Reserved!