ލޯބި-26
*މިންހާ ކުއްލިއަކައް އައިޒާ އާއި ދިމާލައް ބަލައިލި އެވެ.*
“އަހަރެން ނާއިލްގެ ބޭބެ އަށް މެރީ ކުރީއްސުރެ ވެސް ނާއިލް އަހަރެން ކައިރީ މިންހާގެ ވާހަކަ ވަރަށް ދައްކާނެ. ބައެއް ދުވަސް ދުވަހު ހުންނާނީ ވަރަށް އުފާވެފަ. ބުނާނެ މިންހާ އަންނާނެއޭ ޑޮކްޓަރަކަށް ވެގެން. އަނެއް ދުވަސް ދުވަހު ވަރަށް ދެރަވެފަ ބުނާނެ މިންހާ އެނބުރި އަންނާނެބާއޭ. ނާއިލް މިންހާ ދެކެ ވަރަށް ލޯބިވޭ. މިންހާ ނޫން އިތުރު އެއްވެސް ކުއްޖެއް ބޭނުމެއް ނުވޭ. އެއްވެސް އިރަކު ނާއިލް ބޭނުމެއްނުވޭ މިންހާ ދެރަކުރާކަށް.” އައިޒާ ވާހަކަ ދައްކަމުން ދިޔަވަރަކަށް މިންހާގެ ލޮލައް ކަރުނަ ޖަމާވަމުންދިޔައެވެ.
“ނާއިލް އަބަދުވެސް ބުނޭ އޭނަ އަށް ކަންތައް ކުރެވުނީ ގޯސްކޮށޭ. މިންހާ ގުޅީމަ ވެސް އެދުވަހު ފޯނު ނުނަގާ މެސެޖް ތަކަށް ރިޕްލައި ނުދީ ރުޅިއައިސް ހުރެވުނީމަ މިހާރު ވަރަށް ދެރަވެއޭ. މިންހާ ދިޔައިރު މިންހާ ދެކެ ރުޅި އައިސްފައި ހުރީމަ ވަރަށް ދެރަވެއޭ.” އައިޒާ މިންހާގެ ތުރުތުރު އަޅަމުންދިޔަ ދެ އަތުގައި ހިފައިލި އެވެ. “ނާއިލް ވަރަށް ބިރުގަތް މިންހާ އެހެން މީހެއްގެ ހައްގަކައް ވެދާނެތީ. އެދުވަހު މިންހާގެ ދައްތަގެ ވެޑިން އިން ފެނުނީމަ ބުނި އަހަރެންނަށް އިނގެއޭ މިން އަހަރެން މަތިން ހަނދާން ނައްތާނުލާނެކަން.”
ރޭގަނޑެވެ. ހަނދު އޭގެ ހައިބަތު އެންމެ ފުރިހަމައަށް ދައްކަމުން ދިޔައެވެ. ހަނދުވަރުގެ އަލިން މުޅި އަތިރިމަތި އޮތީ ދިއްލައިލާފަ އެވެ. ކަނޑުގެ ލޮނުގަނޑައް ހަނދުގެ އަލި އެޅިފައި ހުރިލެއް ފުރިހަމަކަމުން ބަލާ ފޫހިނުވާހާ އެވެ.
ނާއިލް ދޮންވެލިގަނޑު މަތީ ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު އޭނާގެ ހިޔާލުތައް ގުޅިފައި ވަނީ މިންހާ އާއި އެވެ. އޭނާގެ ތުންފަތް މަތީގައި ކުޑަ ހިނިތުންވުމެއް ކުޅިލަ ކުޅިލާ ހުއްޓެވެ.
ރާޅު ޖަހާ ހިސާބުގައި ހުރި އަންހެން ކުއްޖެއް ނާއިލްގެ ލޮލުގައި އަޅައިގަތެވެ. ދޮންވެލިގަނޑު މައްޗައް ބީއްސާއިލާ ރާޅުތައް އެކުއްޖާގެ ފައިތިލައިގައި ބޮސްނެމުން ދިޔައެވެ. ޖެހޭ މަޑު ވައިރޯޅިއާއި އެއްވަރަށް އެކުއްޖާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. އެކުއްޖާ ހުރީ ހަނދާއި ދިމާލައް ބަލަން ފުން ވިސްނުމަކަށް ގެއްލިފަ އެވެ.
ނާއިލް ގޮސް އެކުއްޖާ ކައިރި އަށް ހުއްޓިލި އެވެ. ނަމަވެސް އެކުއްޖާއަށް އެކަން ރޭކާއެއް ނުލިއެވެ.
“މީގެ ހަތް އަހަރު ކުރިން ވެސް އަހަރެން މިން ހޯދީ ހަމަ މިތަނުން. ތިގޮތައް ހުއްޓާ.” ނާއިލް ވެސް ހަނދާއި ދިމާލައް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކި އެވެ.
މިންހާ ސިހިފައި ނާއިލް އާއި ދިމާލައް ބަލައިލި އެވެ. ނާއިލް ވެސް މިންހާ އާއި ދިމާލައް ބަލައިލީ ހަމަ އެވަގުތު އެވެ. މިންހާ ވަގުތުން މޫނު އަނބުރައިލި އެވެ. ނަމަވެސް ފަސްދީ ދާކަށް ނޫޅެއެވެ.
“ކީއްކުރަން ތިއައީ؟” މިންހާ އަހައިލީ ވައި އަޑަކުންނެވެ.
“މިން މަތިން މާބޮޑައް ހަނދާންވާން ފެށީމަ އަހަރެން އަބަދުވެސް އަންނަނީ ބީޗް އަށް.” މިންހާގެ މޫނުން ކަޅި ވަކިނުކޮށް ހުރެ ނާއިލް ބުންޏެވެ. “މިރޭ ވެސް ވަރަށް ބޮޑައް ހަނދާންވާތީ އައީ. މިން އައީ ކީއްކުރަން؟”
“އަހަރެން އައީ ތާޒާ ވައިހޯދައި ބޯހަމަޖައްސައިލަން. މިހާރު އެކަމު މާގިނާ އިރު ވެސް ހުރެވިއްޖެ.” މިންހާ ދާން ހިނގައިގަތެވެ. ނަމަވެސް ނާއިލް އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ޕްލީޒް. މިރޭ ނުދޭ. އަހަރެން ވަރަށް ދުވަހު އިންތިޒާރު ކޮއްފިން. ޕްލީޒް.” ނާއިލްގެ އަޑުގައި ވަނީ އާދޭހެވެ.
“އަހަރެން ވެސް ވަރަށް އިންތިޒާރު ކުރީމޭ.” މިންހާގެ ދެލޮލުން ކަރުނަ ޖަމާވެފަ އެވެ.
“އައިމް ސޮރީ.” ނާއިލް އިސްޖަހައިލަމުން ބުންޏެވެ. އޭރު ވެސް އޭނާ ހުރީ މިންހާގެ އަތުގައި ހިފައިގެންނެވެ.
“ތީ އޭ ނާއިލް އައް ހަމައެކަނި ބުނެވޭނެ އެއްޗަކީ.” މިންހާ އަތް ދަމައިގަންނަން ބުންޏެވެ.
“ގަބޫލު ކުރަމޭ ބުނާނެ އިތުރު އެއްޗެއް ނެތްކަން. އަހަރެންގެ ސަބަބުން މިން އަށް ވަރަށް ބޮޑައް ހަރޓްވިކަން. އަހަރެން ފަހުން އުޅުނީމޭ މިން އަށް ވާހަކަ ދައްކަން. އެކަމަކު މިން ހުރީ އަހަރެން ހުރިހައި ތަނަކުން ބްލޮކް ކޮއްލާފަ. އެކަމަކު ވެސް އަހަރެން މިން އައް އިންތިޒާރު ކުރީމޭ.”
“ނާއިލް އެހާވަރަށް އަހަރެންނަށް ހޯދި އިރު ކީއްވެތަ އަހަރެން އެނބުރި އައީމަ އަހަރެން ކައިރިއަށް ނައީ؟ އަހަރެންނަށް ނާއިލްގެ ފެމެލީ އެއް ހުންނަހެން ހީވީމަ ވެސް ކީއްވެތަ އެއްޗެކޭ ނުބުނެ ހުރީ؟” މިންހާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމް ދޫކޮށް މިންހާގެ ކޯތާފަތައް ބޮސްދެމުން ދިޔައެވެ.
“އަހަރެން އަޅައިނުލާ ހުރީކީ ނޫނޭ. މިން އަށް އެގޮތައް ހީވީމަ އަހަރެން ވަރަށް ދެރަވި. އެހެންވެ މިން ކައިރި އަށް ނައީ. އެކަމަކު އަހަރެން ބުނީމޭ މަޔާން ކައިރީ. ބުނިން މިން ކައިރީ ބުނައްޗޭ.”
“މަޔާން ކައިރީގަ؟ ކޮން އިރަކު؟” މިންހާ ހައިރާން ވެފައި އަހައިލި އެވެ.
“މައިހާގެ ވެޑިންގެ ދެތިން ރެއެއް ފަހުން.” ނާއިލް ބުންޏެވެ.
“މަޔާން އަށް އެނގޭ؟ ދެން ކީއްވެ އަހަރެން ކައިރީ ނުބުނީ؟ މަޔާން އެކަހަލަ އެއްވެސް ވާހަކަ އެއް ނުދައްކަ. ރަނާ އައް އެނގެންޏާ އޭނަ ވެސް ބުނާނެ. ކީއްވެބާ މަޔާން ނުބުނީ؟” މިންހާ ބުނަމުން ދިޔައެވެ. ނާއިލް ވެސް ހުރީ ހައިރާން ވެފަ އެވެ. މަޔާން އެގޮތައް ކަންތައް ކުރީ ކީއްވެބާއޭ އޭނާ ވެސް ހިތައް އެރި އެވެ.
“މިން. އައި ޑޯންޓް ނޯ. ބަޓް އައިމް ރިއަލީ ސޮރީ. ޕްލީޒް ފޮގިވް މީ.” މިންހާ ކުރިމަތީގައި ދެކަކޫ މައްޗައް ތިރިވަމުން ނާއިލް ބުންޏެވެ. މިންހާގެ ދެލޯ ބޮޑުވި އެވެ.
“މިން އަހަރެންނަށް މަޢާފު ކުރޭތޯ އަހަރެން މިން ކުރިމަތީ އާދޭސް ކުރަން ޖެހުނަސް އެކަން ވެސް ކުރާނަން.” ހިތި ހިނިތުންވުމަކާއި އެކު ނާއިލް ބުންޏެވެ. މިންހާ ގާތައް ކުޑަކޮއް ހިނިއަންނަގޮތްވި އެވެ.
“އަހަރެން ވެސް އެއައް ވުރެ ކުރިން ދާ ވާހަކަ ބުނަން ޖެހޭނެ. އެންޑް އައި މިސްއަންޓަރސުޓްޑް ޔޫ. އައިމް ސޮރީ.” މިންހާ ވެސް ދެކަކޫ މައްޗައް ތިރިވަމުން ބުންޏެވެ.
“އިޓްސް އޯކޭ. އަހަރެން ވެސް އޯވާ ރިއެކްޓް ކުރެވުނީ. ސޯ…ޑޫ ޔޫ ފޮގިވް މީ؟” ނާއިލް މިންހާގެ ދެއަތުގައި ހިފައިލަމުން ބުންޏެވެ.
“ހީމް…މޭބީ.” މިންހާ ހީލި އެވެ. ހެމުން ދެމީހުން ވެލިގަނޑުމަތީ އިށީންދެލި އެވެ.
“މިން ރެޑީވި އިރަކުން އަހަރެންނަށް މަޢާފު ކުރޭ. ދެން ކިޔާދީބަ މެލޭޝިއަރ އަށް ގޮއްސަ ކީއްކުރީ؟” އުފާވެރި ހިނިތުން ވުމަކާއި އެކު ނާއިލް އެހި އެވެ.
“ވަރަށް މަޖާ މެލޭޝިއަރ ގަ. އެކަމަކު ކޮލެޖްގަ ވަރަށް ބިޒީކޮށް އުޅެން ޖެހުނީ. އެންޑް ހޮލިޑޭސް ގަ ފްރެންޑްސް އާއި އެއްކޮށް އެކި ތަންތަނަށް ދިޔައިން.” މިންހާ އުފާވެފައި ހުރެ ކިޔައިދިނެވެ.
“ނާންނަންތަ ފެމެލީ ކައިރިއަކަށް؟” ނާއިލް ޝައުގުވެރި ވެފައި އެހި އެވެ.
“ހީމް. ނާންނަން.” މަޑުމަޑުން މިންހާ ބުންޏެވެ.
“ކީއްވެ؟”
“ނާއިލް ފެނިދާނެތީ.”
ނާއިލް ކުއްލިއަކައް މިންހާ އާއި ދިމާލަށް ބަލައިލި އެވެ.
“އައިމް ސޮރީ.” ނާއިލް ވައި އަޑަކުން ބުންޏެވެ. އެމޫނުމަތީ ވަނީ ހިތާމައެވެ.
“އިޓްސް އޯކޭ.” މިންހާ މޫދާއި ދިމާލައް ބަލައިލަމުން ބުންޏެވެ.
“ދެން ކީއްކުރީ؟” ނާއިލް ވާހަކަ ބަދަލުކޮށްލުމިހެ ގޮތުން އެހި އެވެ.
“ވަރަށް ގިނަ މެލޭޝިއަރ ފިރިހެން ކުދިން ރައްޓެހިވާން ވެސް އެހި.” ލާނެތް ގޮތަކައް ހިނިތުންވެލަމުން މިންހާ ބުންޏެވެ.
“ދެން މިން ބުނީ ކީކޭ؟”
“މިން ހުރިހާ ކުދިން ވެސް ރިޖެކްޓް ކޮއްލީ. މިން ބޭނުމެއް ނޫން އެހެން ފިރިހެން ކުއްޖެއް.” ފުންނޭވާ އެއް ދޫކޮށްލަމުން މިންހާ ބުންޏެވެ. “ނާއިލް ކީއްތަ ކުރީ މި ހަތް އަހަރު؟”
“ސްޓަޑީސް ކޮމްޕްލީޓް ކޮއްފައި ޖޮބް ފެށީ. ދެން މިން އައް އިންތިޒާރު ކުރީ.”
“ވަރަށް މިސް ވި.” ނާއިލްގެ ކޮނޑުގައި ބޯއަޅައިލަމުން މިންހާ ބުންޏެވެ.
“އަހަރެން ވެސް.” މިންހާގެ ބޮލުގައި ބޯޖައްސައިލަމުން ނާއިލް ބުންޏެވެ.
ރައުފާ ބުނެގެން މިންނަ އަށް ހޯދަމުން ނިކުން ހަނާ އަށް މިންނަ ފެނުނީ ގޯތިތެރޭ އިން ގަހެއް ދަށުގައި ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަން އިންތަނެވެ. ހަނާ ދޮރުމަތީގައި މަޑުކޮއްލައިގެން ހުއްޓައި މާޔާ ބޭރައް ނިކުންނަން އައި މާޔާ އަށް ވެސް އެމަންޒަރު ފެނުނެވެ.
“ނޫން. ޕްލީޒް. އަހަރެން އެހެންނެއް ނޫނޭ މަނާކުރީ އެއް.” މިންނަ ފޯނުގައި ހުރެ ތަންކޮޅެއް ބާރަށް ބުނެވުނެވެ. ހަނާ އާއި މާޔާ އަށް ވަރަށް ސާފުކޮށް އަޑު އިވުނެވެ.
“މިންނަ ކާކައް ވާހަކަ ދައްކަނީ؟” މާޔާ އަހައިލީ ހަނާ ގާތުގައި އެވެ.
“ނޭނގެ. މެންދުރު ވެސް ހުރި ކޮންމެވެސް މީހަކާ ގުޅައިގެން. އެހީމަ ހަނާ ދެކެ ރުޅި އައީ.” ހަނާ ބުންޏެވެ.
“ދެމީހުން މިތާ ކީއްކުރަނީ؟” ފަހަތުން ރީހާންގެ އަޑު އިވިފައި ހަނާ އާއި މާޔާ ދިޔައީ ސިއްސައިގެންނެވެ. މިންނަ ވެސް އަވަސް އަވަހައް ފޯނު ތިރިކޮއްލައިފައި ގެއަށް ވަންނަން އައެވެ.
“ކަ…ކަމެއްނުކުރަން. ކޫއްތަ ދާތީ ބައި ބުނެލަނީ.” ހަނާ އަވަސް އަވަހައް ބުންޏެވެ. ހޮސްޕިޓަލް އަށް ދާން ތައްޔާރުވެ ހުރި މާޔާ އައް ރީހާން ބަލައިލި އެވެ.
“އެކަނިތަ ދަނީ؟” ރީހާން އެހީ މާޔާ އައް މުހާތަބުކޮށެވެ.
“އާނ. ބައްޕަ އަށް މިގަޑީ އާދެވޭކަށް ނެތް.” މާޔާ ބުންޏެވެ.
“ހަނާ އާއި މިންނަ ވަދޭ އެތެރެއަށް. މާޔާ ހިނގާ. ތިއްތަބެ ދާނަން ޑްރޮޕް ކޮއްލަން.” ރީހާން ބޭރައް ނުކުތެވެ.
“ދޮންތާ! ދޮންތި އަދި ވެސް ނާދޭތަ؟” ހަނާ އަހައިލި ސޯފާގައި އިން ރަނާ ގާތުގަ އެވެ.
“ދޮންތި ކޮންތާކަށް ދިޔައީ؟ ކޮޓަރިއަކު ނެތްތަ؟” ރަނާ އަހައިލި އެވެ. މަޔާން ވެސް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
“ދޮންތި ބުނި މިދަނީ ބީޗް އަށޭ. އަދި ނާދެ ކަންނޭނގެ. ދޮންތި އަށް ގިޅާބަލަ. ވަރަށް ގިނައިރު ވެއްޖެ ދިޔަފަހުން.” ހަނާ ވަކިން ހުރި ސޯފާ އެއްގައި އިށީންނަމުން ބުންޏެވެ.
މިންހާ އާއި ނާއިލް އެތައް ވާހަކަތަކެއް ދެއްކި އެވެ. ދެމީހުންގެ މޫނު މަތިން ވެސް ފެންނަނީ ނިމުމެއް ނުވާ އުފާވެރިކަމެވެ. ނާއިލް މިންހާގެ އަތުގައި ހިފައިލައުގެން ހުރި އިރު ދުވަހަކު ވެސް އެ އަތުން ދޫކޮށްލަން ބޭނުންނުވާ ފަދައެވެ.
ކުއްލިއަކަށް މިންހާގެ ފޯނު ރިންގުވާން ފެށި އެވެ. ގުޅަނީ ރަނާ އެވެ. ދެމީހުންނަށް ގަޑި ބަލައިލަން ވެސް ހަނދާންވީ ދެނެވެ.
-ނުނިމޭ-
One Comment
Comments are closed.


Varah varah reethi