Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-29

flower_ Level 110 Stories
July 15, 2026 4 Mins Read
1 Comment

*ނާއިލް ބާރުބާރައް ގޮސް އެތަނުން ނުކުތެވެ. މިންހާ ވެސް ހިތައް އެރީ ބިން ފަޅައިފައި އަޑިއައް ދެވޭނެ ނަމައޭ އެވެ.*

“އައިނީ ވެސް ދެން ގެއަށް ދާންވީ އޭ.” އައިޒާ ހުނުން މަތަކުރަމުން ބުންޏެވެ. އަދި އައިނީ އުރައިލައިގެން ނުކުތެވެ.

ނާއިލް ހުރީ ރިސެޕްޝަން ޑެސްކް ކައިރީގައެވެ. އައިޒާ ނާއިލް ކައިރި އަށް ދިޔައެވެ.

“ދޮންބެދައްތާ ކޮންކަހަލަ ވާހަކަ ތަކެއް ތިދައްކަނީ އައިނީ ކައިރީ. ދެން އެނޫން އެއްޗެކޭ ނުކިޔާނެ.” ނާއިލް ހިތްހަމަނުޖެހިފައި ބުންޏެވެ. އައިޒާ ހީލި އެވެ.

“ކޫބެ އަދިވެސް ނުބުނެ އައިނީ ކައިރީގަ މިންހާ ދައްތަ ގެންނާނީ ކޮންއިރަކުން ކަމެއް.” ގެއަށް ވަންނަމުން އައިނީ ބުންޏެވެ.

“ދެން އަހައިފިއްޔާ ޕާކަކަށް ނުގެންދާނަން.” ނާއިލް ނުރުހުންވެފައި ބުންޏެވެ. އެވަގުތު ގޭގައި އުޅޭ މީހާ އައުމުން އެމީހާ އާއި އައިނީ ހަވާލު ކޮއްފައި ނާއިލް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

“އަންގައި ވެސް ނުލާ.” އައިޒާ ނުކުމެގެން ދިޔަ ފަހުން މައިހާ ބުންޏެވެ.

“ކޯއްޗެއް؟” މޭޒުމަތީގައި ހުރި ގަނޑުތަކާއި ކުޅެމުން މިންހާ އެހި އެވެ.

“މިން ދާން އުޅޭ ވާހަކައެއްނު.” ހޭންފަށަމުން މައިހާ ބުންޏެވެ.

“މަ ނޫޅެން އެއްވެސް ތާކަށް ދާކަށް. ސްކޫލެއް ގޮސް ކުދިން ފަހަތުން ނުދުވާތި. ރަނގަޅަށް ކާތި. ދެންދޭ ގެއަށް. ގެއެއް ދަމުން މިބޭސްތަށާ ގަންނާތި. ރެސްޓް ކުރާތި. ހަނދާންކޮއް ބޭސްކާތި. ގަވާއިދުން ޗެކް އަޕް އަށް އަންނާތި.” މިންހާ ވާހަކަ ދެއްކީ ވަރަށް އަވަސްކޮށެވެ. މައިހާ އާއި ރީހާން އިނީ ހިނިއައިސްފަ އެވެ.

“އިތުރު ކަމެއް؟” މައިހާ ހެމުން އެހި އެވެ.

“މަންމަމެން ކައިރީ ބުނާނަން ހަނދާންކުރާތި. ދެން ދޭ.” މިންހާ އެމީހުންނާއި ދިމާލައް ބަލައިލުމެއް ވެސް ނެތި ބުންޏެވެ. އެދެމީހުން ހެމުން ނުކުތެވެ.

މިންހާގެ ފޯނު ވައިބްރޭޓް ވުމުން އޭނާ ފޯނު ނަގައި ބަލައިލި އެވެ. ނާއިލްގެ މެސެޖެކެވެ. މިންހާ ވަގުތުން މެސެޖު ހުޅުވައިލި އެވެ.

“އައިނީ ވަރަށް އަނގަގަދަވާނެ. ސޮރީ އިނގޭ. ދޮންބެދައްތަ މަޖަލަކަށް ކީއެއްޗެއް އެއީ.” ނާއިލް ބުނެފައިވެ އެވެ.

“އިޓްސް އޯކޭ. ކުޑަކުދިން ދައްކާނެ އެކަހަލަ ވާހަކަ. އައި ޑިޑިންޓް މައިޑް އިޓް.” މިންހާ ޖަވާބުގައި ލިޔެލި އެވެ. ސިކުންތެއް ތެރޭގައި ނާއިލް އަނެއް މެސެޖު ފޮނުވައިލި އެވެ.

“މިރޭ ބިޒީ ތަ؟” ނާއިލް އަހައިފައި ވެއެވެ. ނޫނެކޭ ބުނެ މިންހާ ޖަވާބު ފޮނުވައިލި އެވެ. “ބޭރައް ދެވިދާނެތަ؟ ވަރަށް ގިނަ ދުވަސް ވެއްޖެއްނު މީޓް ނުވާތާ.”

އައިޒާ ވަނެވެ. މިންހާ އަވަސް އަވަހައް އާނއެކޭ ބުނެ ޖަވާބު ފޮނުވައިލައިފައި ފޯނު ބޭއްވިއެވެ.

“ހާދަ ހިނިއައިސްފަ” މިންހާގެ ތުންފަތްމަތީވީ ހިނިތުންވުން ފެނިފައި އައިޒާ ބުންޏެވެ.

“ކަމެއް ނުވޭ.” މިންހާ އަވަސް އަވަހައް ބުންޏެވެ.

“ދެން…އަންނާނަންތަ އަހަރެންމެން ގެއަށް؟” އައިޒާ ސަމާސާ ރާގެއްގައި އެހި އެވެ.

“އައިޒާ!” ދެމީހުން އެއްކޮށް ހޭންފެށި އެވެ.

ރޭގަނޑުގެ ކެއުމެއް އެންމެން އިންސާފު ކުރަމުން ގެންދިޔައިރު މައިހާ އާއި ރީހާންގެ މޫނު މަތިން ފެންނަނީ އުފާވެރިކަމެވެ.

“ހާދަ ހިނިއައިސްފައޭ ދެކުދިން. ކަމެއްވީތަ؟” ހަސަން އަހައިލި އެވެ.

“އެންމެން ކައިރީ ވާހަކައެއް ބުނަންވެފަ އެބަ އޮތް.” ރީހާން ފުންނޭވާއެއް ލަމުން ބުންޏެވެ. އެންމެން ކެއުން މަޑުޖައްސައިލި އެވެ.

އެވަގުތު މިންހާ ކާގެއަށް ވަދެގެން އައެވެ. އެތާގައި ދެކެވުނު އެއްވެސް ވާހަކަ އެއް މިންހާ އަކައް އަޑެއްނީވުނެވެ.

“ދެން ތިހެން ހަމަޖެހިފައެށް ނުތިބެވޭނެ އެކަކަށްވެސް.” މިންހާ އައިސް ގޮޑީގައި އިށީންނަމުން ބުންޏެވެ. އޭނާ ހީކުރީ މައިހާ އާއި ރީހާން އެންމެން ކައިރީ ބުނެފިކަމަށެވެ.

“އެއީ ކީއްވެ؟” ހަސަން އަހައިލި އެވެ.

“ގޭތެރޭ ދުވާނެ މީހުން ވާނެއްނު.” މިންހާ ވަރަށް އާދައިގެ ގޮތަކައް ބުންޏެވެ.

“އެއީ؟ ރާމިޒާ އަންނަން އުޅެނީތަ؟ އަހަރެމެން ކައިރިއަކު ނުބުނެ.” ހަސަން ބަލައިލީ ރިޝްފާ އަށެވެ. ރިޝްފާ ވެސް ނޭނގެއޭ ބުނާފާދަ ގޮތަކަށް ބޯހޫރައިލި އެވެ.

މިންހާ އަށް ބަލައިލެވުނީ މައިހާ އާއި ރީހާން އަށެވެ. އޭރު އެދެމީހުން ވެސް ތިބީ މިންހާ އާއި ދިމާލައް ބަލަހައްޓައިގެންނެވެ. މިންހާ އެދެމީހުންނަށް އެނގޭނެހެން “ސޮރީ”އޭ ބުންޏެވެ.

“ރީހާން. ކީކޭ ބުނަން އުޅުނީ؟” ހަސަން އަހައިލި އެވެ.

“ކުޑާމެންމެއް ނޫން އަންނަން އުޅެނީ. އެހެން މީހެއް.” ރީހާން ބުނެލި އެވެ.

“ކާކު؟” ހަސަން ސުވާލުން ފުރިގެންވީ ނަޒަރަކުން ރީހާން އަށް ބަލައިލި އެވެ.

“ބައްޕަ އަށް ކާފަ ކިޔާނޭ ކުއްޖެއް.” މައިހާ އާއި ދިމާލައް ބަލައިލަމުން ހިނިތުންވެ ހުރެ ރީހާން ބުންޏެވެ. މައިހާ އިސްޖަހއިލިއެވެ.

ހަނާ އާއި މާޔާގެ އިތުރުން މިންނަ ވެސް އުފަލުން ހަޅޭލަވައިގަތެވެ. ރަނާ ތެދުވެގެން ގޮސް ކުޑަކޮއް މައިހާ ގައިގައި ބައްދައިލި އެވެ. ރިޝްފާ އާއި ހަސަން އިނީ އުފަލުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެންމެން އެދެމީހުންނަށް މަރުހަބާ ކިޔެވެ.

“މިން އަށް އެނގޭ ދޯ މާ ކުރިން.” ރައުފާ އުފާވެރި ހިނިތުންވުމަކާއި އެކު އަހައިލި އެވެ.

“ހެނދުނު ވެސް ބުނީމެއްނު ޓެސްޓްތަށް ހަދައިލާށޭ. އެންމެ ފަހުން އައޭ.” މިންހާ އުފާވެފައި ހުރެ ބުންޏެވެ.

ހަނދުނާރާތީ އަތިރިމަތި ފެންނަނީ އަނދިރި ކޮށެވެ. ފިނިފިނި ވައިރޯޅި ޖެހެމުން ދިޔަ އެވެ. އުޑުގައި ހާސް ތަރި ފިޔަޖަހަމުން ދިޔައެވެ.

“ހާދަ ހެޕީ ވެފަ.” ނާއިލް މިންހާގެ މޫނައް ބަލަހައްޓައިގެން ހުރެ ބުންޏެވެ. މިންހާގެ މޫނުމަތިން އެންމެ ސިކުތުކޮޅަކައް ވެސް ހިނިތުންވުން ފިލައިގެން ނުދެއެވެެ.

“އައިމް ސޯ ސޯ ސޯ ހެޕީ. އައިމް ފައިނަލީ ގޮއިންޓު ބީ އޭން އަރންޓް.” މިންހާގެ ހިނިތުންވުން ފުޅަވިއެވެ.

“އައި ނޯރ. މިން ތިހިރީ ވަރަށް ހެޕީވެފަ.” ނާއިލް މިންހާގެ ކޮނޑުގައި ހިފައި ގަޔާއި ކައިރި ކޮއްލަމުން ބުންޏެވެ.

“އައިނީ އަންނަން އުޅޭ ކަން އެނގުނީމަ ނާއީ އަށް ވެސް ފީލް ވީ ހަމަ އަހަރެންނަށް މިހާރު ފީލްވާ ގޮތައްތަ؟” ނާއިމްގެ މޫނަށް ބަލައިލަމުން މިންހާ އެހި އެވެ.

“ހީމް. ވަރަށް ހެޕީވި. ވަރަށް އެކްސައިޓެޑް ވެސްވި.” ނާއިލް ހަނދާން ކުރަމުން ބުންޏެވެ.

“ނާއީ ވަރަށް އެޓޭޗްޑް ދޯ އައިނީ އަށް؟” މިންހާ ޝައުގުވެރިވެފައި އަހައިލި އެވެ.

“ހެހެ. އާނ. އައިނީ އެންމެ ކުޑައިރުން ފެށިގެން ވެސް އައިނީ ގޮވައިގެން ވަރަށް ގިނައިން އުޅެން. ދޮންބެ ޝަކުވާ ވެސް ކުރާނެ ދޮންބެ އަށް ވުރެ ގިނައިން އައިނީ އުޅެނީ އަހަރެންނާ އެކީއޭ ކިޔާފަ.” ނާއިލް ވާހަކަ ދައްކަމުން ދިޔައިރު މިންހާ ހުރީ ނާއިލް އާއި ދިމާލައް ހިނިތުންވުމަކާއި އެކު ބަލާށެވެ. “މިން ހުރި ނަމަ އޭރު ވެސް މިން އައް އައިނީ ދައްކާނަން.”

“ސޮރީ މިއަދު ވީކަންތަކަށް.” އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ނާއިލް ބުންޏެވެ. މިއަދު ވީކަންތައް ހަނދާންވެފައި މިންހާ ލަދުން އިސްޖަހައިލި އެވެ.

“އިޓްސް އޯކޭ. އިނގޭ އައިޒާ މަޖަލަކަށް ކީއެއްޗެއްކަން. ދެން އައިނީ ވެސް ކުޑަ ކުއްޖެއްވީމަ ނުވިސްނެނީ.” މިންހާ އިސްޖަހައިގެން ހުރެ ބުންޏެވެ.

“ގެއައް ގޮސްފައި ވެސް އެހިއޭ.” ނާއިލް ބުންޏެވެ. މިންހާ ހޭންފެށި އެވެ.

“އައިނީ ވަރަށް ސުއީޓް.” މިންހާ ބުންޏެވެ.

“އެހެން ހުއްޓަސް ވަރަށް ހިންގާލާފަ އުޅޭނީ.” ނާއިލް ބުނެލި އެވެ.

“ހަނާ އަށް ހިވަނީ ގަރލް އެއްހެން.” މައިހާގެ ވަށައިލައިގެން ހަނާ އާއި މިންނަ އާއި މާޔާ ތިއްބެވެ.

“އަހަރެންނަށް ވެސް ހީވަނީ ގަރލް އެއްހެން. ތިއްތަ ބޭނުން ވަނީ ކޮންކަހަލަ ބޭބީ އެށް؟” މާޔާ އަހައިލި އެވެ.

“ތިއްތަ އަށް އޯކޭ ކޮންމެ ކަހަލަ ބޭބީ އަކަސް.” މައިހާ ހިނިތުންވެލަމުން ބުންޏެވެ.

“ގަރލް އަކައް ވެއްޖެއްޔާ ހަނާ ބޭބީގެ ފުނާ އަޅުވާނަން.” ހަނާ އުފާއެވަފައި ބުންޏެވެ. އެންމެން ހޭންފެށި އެވެ.

އެފަދައިން ސަކަރާތް ޖަހަމުން ދަނިކޮށް މިންނަގެ ފޯނައް މެސެޖެއް އައެވެ. މިންނަ ތެޅިގަނެފައި ފޯނު ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“މިންނަ އަށް އެވީ ކިހިނެއް؟” މައިހާ ހައިރާން ވެފައި އަހައިލި އެވެ.

“ނޭނގެ. މިންނަ މިހާރު އުޅެނީ ވަރަށް ފާޑަކަށް. އަބަދުވެސް ފެންނަނީ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކާތަން. ހުންނަނީ ވެސް ވަރަށް ހާސްވެފަ.” ހަނާ ކިޔައިދިނެވެ.

“ނާއީ. އަހަރެން ބޭނުން އަދި އައިނީއާ މީޓް ކޮއްލަން.” މިންހާ އާދޭހާއި އެކު ބުންޏެވެ.

“އަދި އެއްދުވަހަކުން ގެންނާނަން މިން ކައިރި އަށް.”

“ތޭންކް ޔޫ.” މިންހާ އުފާވެފައި ބުންޏެވެ.

“އެހެންނޫނީ…އައިނީ ބުނާހެން ހިނގާ އައިނީ ކައިރިއައް ގެއައް.” ނާއިލް ލާނެތް ރާގެއްގައި ބުންޏެވެ. މިންހާ ދެލޯ ބޮޑުވެފައި ނާއިލް އާއި ދިމާލައް ބަލައިލި އެވެ. ނާއިލް ހޭންފެށި އެވެ.

“މިން ދާނަންތަ އައިނީ ކައިރިއަށް އަހަރެންގެ ގެއަށް؟” ނާއިލް ސީރިއެސް ވެފައި އެހިއެވެ.

“ނާއީ…؟”

“ވަރަށް ސީރިއަސްކޮށް މިއަހަނީ.” ނާއިލް މިންހާ އާއި ހަތަރުކަޅި ހަމަކޮއްލަމުން ބުންޏެވެ.

“ނާއިލް ގެންދަން ބޭނުންވަންޏާ އަހަރެން ދާނަން.” މިންހާ ވެސް ސީރިއެސް ވެފައި ބުންޏެވެ.

“އަހަރެން މިހުރީ މިރޭ ވެސް މިންގެ ބައްޕަ އާއި ވާހަކަ ދައްކަން ރެޑީގަ.” ނާއިމް ހިނިތުން ވެލި އެވެ.

“އަހަރެންނަށް އޯކޭ.” މިންހާ ބުންޏެވެ.

ނާއިލް އުފާލުން މިންހާ ބިމުން އުފުލައިލައި މިންހާ ގޮވައިގެން އެނބުރިލި އެވެ. އެމަންޒަރު ބަލަން ގަސްތަކުގެ ތެރޭގައި ފިރިހެނެއް ހުއްޓެވެ. އެ މީހާގެ ލޮލުން އަލިފާން ކަނި ބުރައެވެ. އިރުކޮޅަކު ބަލަން ހުރެފައި އެމީހާ ގަސްތަކުގެ ތެރެއިން ނުކުމެގެން ދިޔައެވެ.

ގަސްގަނޑެއް ތެޅިލި އަޑައް މިންހާ އާއި ނާއިލް އެ ދިމާލަށް ބަލައިލި އެވެ. އެވެސް މީހެއް ފެންނާކަށް ނެތެވެ. ނަމަވެސް މިންހާގެ ހިތައް ބިރުވެރިކަން ވަނެވެ.

“ނާއީ. ހިނގާ ދާން.” ނާއިލްގެ އަތުގައި ވަރަށް ބާރަށް ހިފައިލަމުން މިންހާ ބުންޏެވެ.

“ބިރުގަތީ؟ އަހަރެން ވެސް މިހުރީނު.” މިންހާ ހަމަޖައްސައި ލުމައް ނާއިލް ބުންޏެވެ. ނަމަވެސް ކޮންމެވެސް ނުރައްކަލެއް އުޅޭކަމުގެ އިހުސާސް އޭނާއަށް ވެސް ކުރެވުނެވެ.

“ނޯ. ނާއީ. އަހަރެން ބޭނުމީ ދާން.” މިންހާ ނާއިލްގެ އަތައް ބާރުކޮއްލި އެވެ.

ނާއިލް މިންހާގެ މޫނަށް ބަލައިލި އެވެ. އެމުންުގައި ވަނީ މަޢުސޫމުކަމެވެ. މިންހާގެ ދެލޯ ބޮޑުވެފައި ވީއިރު އެކި ދިމަދިމާއަށް ހޯދައެވެ. ކޮންމެ ދިމާލަކުން ވެސް ނުރައްކާ އައިސްފާނެ ފަދައެވެ. މާޒީގައި މިންހާ ކުރިމަތިލާއިފައިވާ ބިރުވެރި ހާދިސާތައް މަތިން ނާއިލް ވެސް ހަނދާންވި އެވެ.

“ހިނގާ ދާން.” މިންހާ އޭނާގެ ގަޔާއި ކައިރި ކޮއްލަމުން ނާއިލް ބުންޏެވެ.

-ނުނިމޭـ

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 72

Next

ހަޔާތުގެ ރަން ސޮފްހާ

Next
July 15, 2026

ހަޔާތުގެ ރަން ސޮފްހާ

Previews
July 15, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 72

One Comment

  1. Amu says:
    July 15, 2026 at 11:24 pm

    Vrhsalhi and rh loabi mi part vx kon irakun next part kiyaalan libenee??
    i miss you soo muchhh dearr😭😭😭

Comments are closed.



All Right Reserved!