ޤާޠިލް… 06 ވަނަ ބައި…
“އަޅުގަނޑު ކަމެއް ނުކުރަން..” ފަހުދު އެހެން ބުނެލުމަށްފަހު ތޮފި ނަގައިގެން އެތަނުން ނިކުތެވެ. “ދެޓްސް ނޮޓް ފެއަރ ސަރ” ނަދީމްވެސް ހިތްހަމަނުޖެހިގެން އެހެން ބުނެލުމަށްފަހު ބޭރަށް ނިކުތެވެ. “ސޭމް… ސީރިއަސްލީ…” މަލާމާތް ކުރާ ފާޑަށް ރާކިން ހީލަމުން ރާއިދު އާއި ދިމާލަށް ބުނެލުމަށްފަހު އޭނަވެސް ބޭރަށް ނިކުތެވެ. ރާއިދު ބަލާލީ އާހިލްއާއި ދިމާލަށެވެ. “ޔޫ ވޯންޓް ސޭ އެނީ ތިން” އާހިލް ބަލަން ހުރުމުން ރާއިދު ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އާހިލް އިސްޖަހާލީ ތި ކުރި ކަމަކީ ގޯސް ކަމެކޭ ބުނެލާ ފަދަ ގޮތަކަށެވެ.
“ފަހުދު އޭ މަޑުކޮށްބަލަ” ނަދީމް ބޭރަށް ނިކުމެ ފަހުދު މަޑުކުރުވިއެވެ. ފަހުދުގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. “ބޭނުމަކީ ކޮބާ.. ފެނުނުތަ އެތަނުގެ މީހުން އަހަރެންނާއި ދިމާލަށް ބެލި ގޮތް.. އަހަރެން ކީއްވެތަ އެކަހަލަ ކަމެއް ކުރަންވީ.. ނަދީމްއަށް ހީވޭތަ އަހަރެން އެކަހަލަ ކަމެއް ކޮށްފާނެހެން” ފަހުދުގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އޭނަގެ ކެރިޔަރުގައި މިކަހަލަ ގޮތަކަށް މީގެ ކުރިން ކަންތައް ވެފައެއް ނެތެވެ. ނުކުރާ ކަމެއްގެ ބޮލުގައި އެޅުމުގެ އިތުރުން ވަޒީފާވެސް ގެއްލުމުގެ ބިރު ކުރިމަތިވީއެވެ. ގެއަށް ގޮސް އަންހެނުން ކައިރީގައި ބުނާނީ ކީކޭ ހެއްޔެވެ. “އަހަރެންނަށް އެނގޭ ފަހުދު އެކަހަލަ ކަމެއް ނުކުރާނެކަން.. އަހަރެން އަދި ރާއިދު ސަރ އާއި ވާހަކަ ދައްކާނަން” ނަދީމްވެސް ހުރީ މާޔޫސްވެފައެވެ. އޭނަގެ އެކުވެރިޔާއަށް ބޮޑު ގެއްލުމެއް ލިބިގެން ދާއިރު އެއްވެސް ކަހަލަ އެހީއެއް ނުވެވޭތީއެވެ. “ނޫން… ރާއިދު ސަރ އާއި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.. އެހެންނޫނަސް ރާއިދު ސަރ އަކީ ގޮތަކަށް ނިންމައިފިނަމަ އެގޮތަށް އަމަލު ކުރާ މީހެއް.. އަޅާނުލާ.. އަހަރެން ގޭގައި މަޑު ކޮށްލާނީ..” އެހެން ބުނެލަމުން ފަހުދު ހިގައިގަތެވެ. ނަދީމް ފަހުދު އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
“ފަހުދު އެކަހަލަ ކަމެއް ކޮށްފާނެތަ” ނަދީމް ހުއްޓުނީ ރާކިންގެ އަޑު އިވުމުންނެވެ. ޕޮލިސް އިސްޓޭޝަން ބޭރުގައި ސިގިނރޭޓްއެއް ހިފައިން ރާކިން ހުރީ ނަދީމްގެ އިންތިޒާރުގައެވެ. “ސަރ އެއްނުން ބުނީ މިއީ އަހަރުމެންގެ ތެރެއިން މީހަކު ކުރާ ކަމެކޭ.. އަޅުގަނޑުމެން ބުނާއެއްޗެއް ގަބޫލެއް ނުކުރާނެ” ނަދީމް ހިތްހަމަނުޖެހިފައި ޖަވާބު ދިނެވެ. “ހެހެ.. އަހަރެންނަށް އެނގޭ ނަދީމް ތިހުރީ އަހަރެން އެގޮތަށް ވާހަކަ ދެއްކީމަ ހިތްހަމަ ނުޖެހިފަކަން.. އެކަމަކު..އެނީވޭ.. ފަހުދުއާއި ބެހޭގޮތުން ވާހަކަ ދައްކަމާ.. އަހަރެންނަށް ރާއިދުގެ ގޮތް ރަނގަޅަށް އެނގޭ.. ފަހުދު އެކުރި ކަމަށް ބުނާ ކަންތައް ކޮށްފިނަމަ އޭނަގެ ވަޒީފާ ގެއްލުނީ ކަމަށް ބަލާ” ރާކިން ޔަގީންކަމާއި އެކު ބުނެލިއެވެ. “އޭނައަކީ ދުވަހަކުވެސް އެހެން ހަދާނެ މީހެއް ނޫން.. އޭނަ އަކީ ވަޒީފާއަށް ވަފާތެރި މީހެއް.. ދުވަހަކުވެސް އޭނަ ނަހަދާނެ.” ނަދީމް ބުނެލިއެވެ. “ނަދީމްއަށް ޔަގީންކަން ދެވޭނެތަ” ރާކިން ބޭނުންވީ ޔަގީން ކުރާށެވެ. “އަހަރެން ޔަގީންކަން ދެން.. ފަހުދު ކުރި ކަމެއް ނޫން މިއީ” ނަދީމް ޔަގީންކަމާއި އެކު ބުނެލިއެވެ. ” އޯކޭ… އެހެންވިއްޔާ ހިގާ ފަހުދު ނުކުރާކަން އަވަހަށް ޕްރޫފްކޮށްދެމާ.. އެހެން ނޫނީ” ރާކިން އަތުގައި އޮތް ސިގިރޭޓް އެއްލާލަމުން އެތެރެއަށް ހިގައިގަންނަމުން ބުނެލިއެވެ. ނަދީމްއަށް ރާކިންގެ ފަހަތުން އެތެރެއަށް ވަނެވެ.
ރާކިންއާއި ނަދީމް އައި އިރު އާހިލް ލެޕް ކައިރީގައި އިށީދެލައިގެން އިނެވެ. ރާއިދު ފެންނާކަށް ނެތެވެ. “ކޮބާ ހިޓްލަރ ނެތްތަ.. ދިޔައީ ކޮންތާކަށް..” ރާކިން ބުނެލިއެވެ. “ހިޓްލަރ” އާހިލްއަށް ނޭނގިގެން އަހާލިއެވެ. ރާކިން ބުމަ އަރުވާލުމާއި އެކު އާހިލްއަށް އެބުނި އެއްޗެއް އެނގުނެވެ. އެހެންކަމުން ހިނިތުންވެލިއެވެ. “އޯކޭ.. އެހެންވީމަ އޭނަ އަންނަން ވާއިރަށް ކުރަންވި ކަމަކީ.. އެ ޗެނަލްއަށް ގުޅައިގެން އެ މައުލޫމާތު ދިން މީހެއްގެ ހަބަރު ހޯދަންވީ.. ” ރާކިން ބުނެލިއެވެ. ނަދީމް ބޯޖަހާލަމުން ކައިރީގައި ހުރި ފޯނު ނެގިއެވެ. އާހިލް ލެޕްއިން މަސައްކަތެއް ކުރަން ފެށިއެވެ.
ރާއިދު ޓަކި ޖަހާލަމުން ޑިރެކްޓަރގެ ރޫމްއަށް ވަނެވެ. “ކިހިނެއް ވެގެންތަ މިއުޅެނީ ރާއިދު.. ބަލަ އަހަރެން ކައިރީގައެއް ނޫންތަ ބުނީ މިކަން ސިއްރު ކުރާށޭ.. އެނގޭތަ… އަދި ހަބަރު ނިމުން ފަހުން ފަނަރަ މިނެޓް ނުވޭ… ކިތައް ފޯނު ކޯލް އައިސްފިކަން އެނގޭތަ.. އަތޮޅުތަކުން.. އެކި ޕޮލިސްޓޭޝަންތަކުން.. މާލޭގެ މަތީ ބޭފުޅުން. އަހަރެން ކީކޭތަ ބުނަންވީ… އެންމެންވެސް ހާސްވެގެން ތެޅެނީ.. ބަލަ އެކަހަލަ ގޮތަކަށް އިންފޮމޭޝަން ބޭރު ކުރުމުގެ ކުރިން ބުނާނެ އެއްޗެއްވެސް ވިސްނަން ޖެހޭ ދޯ..” ޑިރެކްޓަރ ހިންހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. “ސޮރީ” ރާއިދު ޖަވާބު ދެމުން އިސްޖަހާލިއެވެ. “އަހަރެން ރާއިދު މިކަމަށް ހަމަޖެއްސީ މިކަހަލަ ކަންތަކުން ސަލާމަތްވާން.. ރާއިދުއަށް މިކަން ނުވަންޏާ ބުނޭ.. އަހަރެން އެހެންޓީމެއް ހޮވާފާނަން.. ” ޑިރެކްޓަރގެ ރުޅި އިތުރަށް ގަދަވަމުން ދިޔައެވެ. “އަޅުގަނޑުމެން ވީ ގޮތް ބަލަމުން މިގެންދަނީ” ރާއިދު ބުނެލިއެވެ. “އަހަރެން ކީކޭތަ އެހެން މީހުން ކައިރީގައި ބުނަންވީ.. އެ އެމެންނަކީވެސް ސަސްޕެންޓުންނޭތަ” ޑިރެކްޓަރ ރާއިދުގެ މޫނަށް ބަހެއް ޖަހާލިއެވެ. ރާއިދު ޑިރެކްޓަރ އާއި ދިމާލަށް ބަލާލިއެވެ. ޑިރެކްޓަރ ގެ ރުޅީގެ އަސްލު ސަބަބު ރާއިދުއަށް ވިސްނުނެވެ. އެހެންކަމުން ފަޑު ގޮތަކަށް ރާއިދުއަށް ހެވުނެވެ. “އަދިވެސް އެކަމާތޯ ހިތްހަމަނުޖެހިފައި.. އަޅުގަނޑު ހީކުރީ އަސްލަށްވެސް މި ވާހަކަ ލީކްވީމަ އެކަމާއި ހިތްހަމަ ނުޖެހިފަކަމަށް.. ބައްލަވާ ސަރ.. އަދި މިކަމުގައި އަޅުގަނޑު ގަބޫލު ކުރަނީ އެންމެންނަކީވެސް ސަސްޕެންޓުންނޭ.. އެހެންވީމަ ސަރވެސް އެމީހުންގެ ތެރޭގައި ހިމެނޭ.. އަދި އަޅުގަނޑުގެ ގްރޫޕް ކުދިންވެސް.. އެހެންނޫނަސް…” ރާއިދު ހަމަޖެހުމަށް މައިނޭވާއެއް ލިއެވެ. “އެނީވޭ.. އަޅުގަނޑު މިއައީ އަސްލު އެވާހަކަ ލީކްވި ގޮތާއި މެދު ވާހަކަ ދައްކާލަން ކަމަށް.. އެކަމަކު ސަރ ތި އިންނެވީ އެހެންކަމަކާ ‘އޮކިއުޕައި’ ވެފަ.. ފަހުން އަންނާނަން އެހެންވީމަ ވާހަކަ ދައްކާލަން.. އެންޑް ޔަ… ބަޔަކު ގުޅައިފިއްޔާ ބުނޭ އަދި އެކަމާއި ހާސް ނުވާށޭ… އެކަމަކު ޕޮލިހެއްވިޔަސް އަދި އެހެން މީހެއްވެސް މިހާރު ބަލައިގެން އުޅޭށޭ” ރާއިދު ޑިރެކްޓާރއަށް ޖަވާބު ދިނުމަށްފަހު ބޭރަށް ނިކުތެވެ. ޑިރެކްޓަރ ވާހަކަ ދެއްކި ގޮތުން ރާއިދު ރުޅި އިތުރު ވިއެވެ. މީހާ ހަމަޖެހިގެން ވާހަކަ ދައްކާލަން ބޭނުންވާ ގަޑީގައިި އެފުރުސަތު ނުލިބެއްޖެނަމަ ރުޅި އެއީ އެންމެ ކައިރީގައިވާ އެއްޗެކެވެ.
“ކޮބާ ނަދީމް” ރާކިން ނަދީމްއަށް ގޮވާލިއެވެ. “އެތަނުން ބުނަނީ ހަމަ ފަހުދު އޯ ގުޅީ.. އެންޑް އެހުރިހާ މައުލޫމާތެއް ދިނީ” ނަދީމް މާޔޫސްވެފައި ވާހަކަ ދެއްކިއެވެ. “އާހިލް” އާހިލްއާއި ދިމާލަށް ބަލާލަމުން ރާކިން އަހާލިއެވެ. “އަޅުގަނޑު އެތަނުގެ ކޯލް ރިކޯޑްއެއް ހޯދައިފިން.. އެންޑް ޔޭސް.. ފަހުދު ސަރގެ ނަންބަރުން ގުޅާފަ އެބައިން..” އާހިލް ބުނެލިއެވެ. “އެކަމަކު ފަހުދު އެކަހަލަ ކަމެއް ނުކުރާނެ” ނަދީމް ބޮލުގައި ހިފަހައްޓާލަމުން ގޮޑީގައި އިށީދެލިއެވެ. “މޭބީ ސަމްވަން ‘ކްލޯން’ ފަހުދު ސަރ ފޯން” އާހިލް ބުނެލިއެވެ. ރާކިން އާހިލްއާއި ދިމާލަށް ބަލާލިއެވެ. “ކްލޯން” ނަދީމް ނޭނގިފައި އަހާލިއެވެ. “ޔާ.. އެއީ ވެދާނެ ގޮތެއް.. މީހަކު އޭނަގެ ފޯން ކްލޯން ކޮށްފިނަމަ އެހެންފޯނަކުން އެނަންބަރ ބޭނުންކޮށްގެން ކޮންމެ ތަނަކަށް ގުޅިދާނެ.. އެންޑް ފަހުދުއަށް އަންނަ ހުރިހާ ފޯނެއް އެފޯނަށްވެސް އަންނާނެ.. ހުރިހާ ފޯނެއް އަޑު އެހޭނެ” ރާކިން ވިސްނަމުން ކިޔައިދިނެވެ. “ސޯ.. އިޓް އިސް ޕޮޒިބަލް ދޯ” ނަދީމް އަހާލިއެވެ. “ޔާ.. ޕޮޒިބަލް.. ބަޓް ރާއްޖޭގައި ވަރަށް ނުވާނެ.. އައި މީން..” “ސަރ.. ވިކްޓިމްއާއި ބެހޭ މައުލޫމާތު.. މިފަހަރު ނ. އަތޮޅުން… ދެންމެ އެ އަތޮޅު ޕޮލިސް ސްޓޭޝަންއިން އެ އަޕް ކުރީ ގެއްލިގެން އުޅޭ ކުއްޖެއްގެ މައުލޫމާތު… 18 އަހަރުގެ ފިރިހެން ކުއްޖެއް.. އައި ތިންކް ދިސް އިޒް އަވަރ ވިކް” އާހިލް ލެޕް ބަލަމުން އަހާލިއެވެ. “ނަދީމް ލެބް ރިޕޯޓް ނުލިބޭތަ..” ރާކިން ލެޕް އާއި ކައިރިވެލަމުން އަހާލިއެވެ. “ނޫން މިއޮތީ” ރާއިދު އެތެރެއަށް ވަދެގެން އަންނަމުން ބުނެލިއެވެ.
އެންމެން ރާއިދުގެ މޫނަށް ބަލާލިއެވެ. “އަހަރެން އަންނަނިކޮށް މާއިން ގެނެސްދިނީ.. އެއީ 18 އަހަރުގެ ކުއްޖެ.. މަރުވެފައިވަނީ މެޔައް ވަޅި ހަރައިގެން.. އިނގިލި އެންޑް މޫނު އެއީ އޯވާ ކިލް.. އެންޑް ބަނޑުވެސް އެއީ.. އެންޑް ދިސް އިޒް އިންޓްރެސްޓިން.. އޭނަގެ ގޮހުރުގެ އެއްބައި މަދު ކަމަށް ވަނީ” ރިޕޯޓް މޭޒުމަތީގައި ބާއްވަމުން ރާއިދު އެންމެންގެ މޫނަށް ބަލާލިއެވެ. “ވަޓް..” ރާކިން ރިޕޯޓް ނަގަމުން ބުނެލިއެވެ. “އަތުގެ އިނގިލި ތަކުން ނުފުދިގެން ގޮހުރުވެސް ގެންދަން ފެށިތަ.. އައި މީން.. ފޮ ވަޓް..” ނަދީމްވެސް ހައިރާންވެގެން އަހާލިއެވެ. “އޯކޭ އެއްނުން ކެޔަސް” ރާކިން ބުނެލިއެވެ. އެންމެންނަށް ރާކިންގެ މޫނަށް ބަލާލެވުނެވެ. “ވަޓް.. އަސްލުވެސް ނޭނގޭތަ.. ވަރަށް ގިނަ ފިލްމު ތަކުން ދައްކާނެ މީހުންގެ މަސް ކާތައް.. މޭބީ ދިސް ޕާސަން ވޯންޓް އީޓް ހިޒް ވިކްޓީމް” ރާކިން ޖަވާބު ދިނެވެ. “ޔަކް” އާހިލްއަށް ބުނެވުނެވެ. “މިއީ ފިލްމެއް ނޫން.. މިއީ ރިޔަލް ލައިފް.. އާހިލް ފައިންޑް މޯ އެބައުޓް ދިސް ވިކްޓިމް.. ފެމެލީވެސް” ރާއިދު ރާކިންއަށް ލޯ އަޅާލަމުން އާހިލްއާއި ދިމާލަށް ބުނެލިއެވެ. “ފަހުދު ހުރިނަމަ ތަންކޮޅެއް ފަސޭހަވާނެ” ރާކިން ބުނެލިއެވެ. ނަދީމް ރާކިންއަށް ބަލާލުމަށްފަހު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. “ފަހުދު އަމިއްލައަށް ކުރި ކަމެއް އެއީ.. އެހެންވީމަ ދެން އެކަމާއި ވާހަކަ ދައްކާނެ ކަމެއް ނެތް” ރާއިދު ބުނެލިއެވެ.
“މައުލޫމާތު ލިބިއްޖެ” އާހިލް އިރުކޮޅެއްތެރޭގައި ބުނެލިއެވެ. “އޭނަގެ ފެމެލީއަކީ ނ. އަތޮޅު މަނަދޫ ފެމެލީއެއް.. އޭނަގެ ފެމެލީގައި އޭނައަކީ ބޮޑަށް ދެވަނަ މެންބަރު… އެންޑް އޭނަގެ ދައްތަ އަކީ ޕޮލިހެއް” އާހިލް ރާކިންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އެހެންވީމަ މި ވިކްޓިމްތަކަކީ ސެލެކްޓިވް ވިކްޓިމް ތަކެއް ނޫން ދޯ… ދޭއަރ ވިކްޓިމް ބައި ޗޮއިސް ދޯ” ނަދީމް ބުނެލިއެވެ. “އެކަމަކު މި މީހަކަށް ކިހިނެއްތަ އެގެނީ އޭނަގެ ދައްތަ އަކީ ޕޮލިހެއްކަމެއް… މައުލޫމާތު ނުހޯދާނަމަ.. އައި މީން އައި ޑޯންޓް ނޯ” އާހިލް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “އަހަރެންނަށް ހީވާ އެއްޗެއް ބުނަންތަ… އަހަރެންނަށް ހީވަނީ މިކަން ކުރާ މީހަކަށް މި މީހުންނާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް މައުލޫމާތު އެނގޭ.. އައި ޑޯންޓް ނޯ ހައު.. އެންޑް އަހަރެން ބުނާނަން އޭނައަކީ ވަރަށް ކޮންޕިއުޓަރ ކަންތައް ދަންނަ މީހެއް.. އަހަރެންނަށް ހީވަނީ އޭނަ މައުލޫމާތު ހުރި ނެޓްވޯކްއެއް ހެކްކޮށްގެން މައުލޫމާތު ހޯދަނީހެން..” ރާކިން ބުނެލިއެވެ. “މި ފޮޓޯތަކަށް ބަލާބަލަ.. މި ފޮޓޯތަކުން ހީވަނީ ކޮންމެ ވިކްޓިމްއެއް އެމީހަކު ދަންނަހެން.. ދިސް އިޒް ޕާސަނަލް ޓު ހިމް.. އެހެންނޫންނަމަ މިހާ ރުޅި ގަދަކޮށް.. ކީއްވެ” ރާއިދު ފޮޓޯތަކަށް ބަލަމުން ބުނެލިއެވެ. “މޭބީ އެއީ ވިކްޓިމްއަށް އޮންނަ ކަމަކަށް ނުވެދާނެ.. އައި މީން އެމީހެއް ވެދާނެއެއްނުން.. ޕޮލިހުންދެކެ ރުޅި އަންނަ މީހަކަށް..” އާހިލް ބުނެލިއެވެ. “ކޮންމެ ގޮތެއްވިޔަސް ތި އަންހެން މީހާއާއި ވާހަކަ ދައްކަން ޖެހޭނެ.. އެންޑް އާހިލް ޑިޑް ޔޫ ފައިންޑް އެނީ ސިމިލަރިޓީ ރެދާ ދޭން ދިސް” ރާއިދު އަހާލިއެވެ. “ނޫން.. އެއްވެސް ގުޅުމެއް އަދި އެއްގޮތް ކަމެއްވެސް ނެތް.. ހަމައެކަނީ ކޮންމެ ފެލެމީއަކުންވެސް ބުނަނީ ވިކްޓިމްއަކީ ފެމެލީގަ ހުރި އެންމެ ރަނގަޅު ކުއްޖާކަމަށް.. އަދި ޕޮލިހުގައި މީހަކު އުޅުން ފިޔަވާ އެއްވެސް ކަމެއްނެތް..” އާހިލް ބުނެލިއެވެ. “އޯކޭ.. ލެޓްސް ޓޭކް އަ ބްރޭކް.. ރާކިން.. ޓޯކް ޓު ދަ ސިސްޓަރ އެންޑް ފައިންޑް މޯ އެބައުޓް ދަ ވިކްޓިމް.. ނަދީމް ޗެކް ދެއަރ އިޒް އެނީ އެނިމީ.. ހުރިހާ ވިކްޓިމްތަކުގެވެސް… އާހިލް ޑޫ ވަޓް ޔޫ ޑޫ އެންޑް ފައިންޑް ފެމެލީ ބެކްރައުން.. މޯ އެބައުޓް ދެމް” ރާއިދު ބުނެލިއެވެ. އަދި އެތަނުން ނިކުންނަން ހިގައިގަތެވެ.
“ފަހުދު ހުރި ނަމަ ކިހާ ފަސޭހަވާނެ..” ރާކިން ވައްކަޅިން ރާއިދުއަށް ބަލާލަމުން އެތަނުގައި ހުރި ގަނޑުުތަކާއި ދިމާލަށް އެބުރުނެވެ. “ލުކް.. މީގެ ފަހުން މިތަނުގަ ފަހުދު ގެ ވާހަކަ އެއްވެސް މީހެއް ދައްކައިގެން ނުވާނެ.. އަޑު އިވިއްޖެ.. އޭނަ ކުރި ކަމުގެ އަދަބު އޭނައަށް އެލިބުނީ.. އެހެންވީމަ އެކަމާއި އެއްވެސް މަޝްވަރާއެއް އަދި ބަހުސްއެއްވެސް ނުކުރެވޭނެ” ރާއިދުއަށް އެއަޑު އިވުމާއި އެކު އެބުރިލަމުން ރާކިންއާއި ދިމާލަށް ބުނެލިއެވެ. “ހީވޭތަ އޭނަ އެކަހަލަ ކަމެއް ކޮށްފާނެހެން.. އަހަރެން މިބުނީ” “އަހަރެން އިތުރަށް ތިމައުލޫއަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.. ހަނދާން ކުރާތި” ރާކިންގެ ޖުމްލަ ރާއިދު ނިންމާލިއެވެ. ކިތައްމެ ހިތްހަމަނުޖެހުނަސް ރާކިން އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ރާއިދުއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ. ހަމައެކަނި ފެންނަން ހުންނަ އެވިޑެންސްއަށް ބަލަނީ ކީއްވެ ހެއްޔެވެ. ރާކިން ބޮލުގައި އަތްޖައްސާލިއެވެ.
މެންދުރުގެ ވަގުތު…
ނަދީމް ފައިލް ހިފައިގެން އައިސް ކޮންފަރެންސް ރޫމްއަށް ވަނެވެ. ރާއިދު އިށީދެލައިގެން އިންތަން ފެނުމުން ނަދީމްގެ ހިގުމަށް ހުއްޓުން އެރިއެވެ. “ނަދީމް” އެކަން ރާއިދުއަށް ފާހަގަ ވުމުން ނަދީމްއަށް ގޮވާލިއެވެ. ނަދީމް އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “އަހަރެން ދެކެ ހިތްހަމަނުޖެހުމުގެ ހުރިހާ އިހްތިޔާރެއް ނަދީމްއަށް ލިބިގެންވޭ.. އެކަމަކު ނަދީމް ވިސްނާލީމަވެސް އެނގޭނެ.. ފަހުދު އެކުރި ކަމަކީ.. އެކަމަގެ ސަބަބުން އަހަރުމެން އެންމެންނަށް އޭގެ ގެއްލުން ވާނެ ކަމެއް” ރާއިދު ނަދީމްއަށް ވިސްނާދޭ ގޮތައް ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ހިތައްއަރާ ރާއިދުސަރ ކީއްވެ ބާއޭ ލޮޖިކަލީ އެއްވެސް ކަމެއްގައި ނުވިސްނަނީ.. އަބަދު އެވިޑެންސް ބޭސްކޮށް ބަލަނީ.. އެންޑް އަޅުގަނޑު ހީކުރީ އަޅުގަނޑުމެން އެންމެންނަށްވެސް ރާއިދުސަރ އިތުބާރު ކުރައްވާ ކަމަށް” ނަދީމް ހިތްހަމަނުޖެހުނަސް ވާހަކަ ދެއްކީ ރީތިކޮށެވެ. “ކޮންމެ ކަމަކީ ލޮޖިކަލީ ވިސްނަން ޖެހޭނެ ކަމެއްނޫން.. އެހެންނޫނަސް އިތުބާރު ކުރަން އެންމެންނަށްވެސް… އެއިތުބާރު ގެއްލުވާ ނުލާހާ ހިނދު.. އެކަމަކު މިހާރު ފަހުދު އެކުރި ކަމަކުން” “އެންމެ ފަހަރަކުވެސް ބުނެދެއްވާ ފަހުދު އެކަހަލަ ކަމެއް ކޮށްފާނެހެއް ރާއިދުސަރގެ ހިތައް ފެނޭތޯ.. “ނަދީމް ރާއިދުގެ ވާހަކަ މެދު ކަނޑާލަމުން ރާއިދުގެ މޫނަށް ބަލާލަމުން ސުވާލުކޮށްލިއެވެ. ރާއިދު ނަދީމްއާއ ދިމާލަށް ބަލާލިއެވެ. “މިކަހަލަ މަސައްކަތުގައި އުޅޭއިރު އަޅުގަނޑުވެސް ގަބޫލު ކުރަން ސިކުނޑިކަން ބޭނުން ކުރަންޖެހޭނީ.. އެކަމަކު ބައެއްފަހަރު ހިތްބުނާގޮތްވެސް ހަދަންޖެހޭނެ.. ފަހުދުއަކީ ދުވަހަކުވެސް އެކަހަލަ ކަމެއް ކުރާނެ މީހެއްނޫން… އޭނަ އަކީ… އަޅުގަނޑު ހިތައްއަރާ ތިކަހަލަ މައްސަލައެއްބާއޭ ރާކިން އާއި ސަރ އާއި ދެމެދުގައި ޖެހުނީ” ނަދީމް ފައިލް މޭޒުމަތީގައި ބަހައްޓަމުން އަހާލިއެވެ. “ބުނަން ރަނގަޅު ވާހަކައެއް… އަހަރެންގެ ޕާސަނަލް ކަންތައްތަކަށް ބެހުމައްވުރެއް ރަނގަޅުވާނީ ނުބެހުނިއްޔާ.. އަހަރެން ނަދީމްގެ ޕާސަނަލް ކަންތަކާއި ބެހެންތަ.. އެންޑް ހިތްބުނާގޮތް ހަދާވާހަކަ ތި ދައްކަނީ.. މިއީ ލޯބީގެ ވާހަކައެއްނޫނޭ.. ނޫނީ ލޯބީގެ ފިލްމެއްނޫނޭ” ރާއިދު ހިތްހަމަ ނުޖެހުނު ވަރުން ނަދީމްއާއި ދިމާލަށް ފުއްމައިގަނެވުނު އިރުވެސް ނޭނގުނެވެ. ނަދީމް ދުރައްޖެހި ނުލިނަމަ ރާއިދު ޖެހުނިހީ އޭނަގެ ގައިގައެވެ.
“ހަމައެކަނި ލަވް ރިލޭޝަންތަކުގަ އެކަންޏެއްނޫން ހިތުގެ ބޭނުން ކުރަން ޖެހެނީ.. މިކަހަލަ ކަންތައްތަކުގަވެސް.. އެންޑް އަޅުގަނޑު ހީކުރީ މިއީ ފެމެލީއެއްކަމަށް.. ފެމެލީއެއް ތެރޭގައި ލޯބިވެސް އޮންނަން ޖެހޭނެ.. އިހްތިރާމް ކުރުމާއި އިހްތިރާމް ހޯދަންވެސް ޖެހޭނެ… އެހެންނޫނަސް އަޅުގަނޑު ޔަގީންކަން ދެން ފަހުދު އެކަހަލަ ކަމެއް ނުކުރާނެކަން..” ނަދީމް ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. “ޕްލީޒް… ދެން ތި ދެމީހުން ކަރުގަ ނުހިފާތީ.. ނޫނީ މަށާއި ޖެހެނީ ތި ދެމީހުންގެ އަތުގައި ބިޑީ އަޅުވަން” ދެމީހުންވެސް ސިހުނީ ރާކިންގެ އަޑު އިވުމުންނެވެ. “އެންޑް ނަދީމް.. އަޅާނުލާ.. ރާއިދުއަކީ އޭނަގެ ވިސްނުން ދުވަހެއްގެ ކޮޅުންވެސް ބަދަލު ކުރާނެ މީހެއްނޫން.. އެންޑް ރާއިދު.. އަސްލު ބައެއްފަހަރު ހިތުގެ ބޭނުން ކުރުން ގޯހެއްނޫން.. އެންޑް އިޓް ޑަޒަން މީން ޔުއަރ ވީކް..” ރާކިންއަށް ހުރިހާ އެއްޗެއް އަޑު އިވުނުކަން އަންގާލުމުގެ ބޭނުމުގައި ބުނެލިއެވެ. ރާއިދު ރާކިންއާއި ދިމާލަށް ލޯ އަޅާލަމުން ގޮޑިއެއްގައި އިށީދެލިއެވެ. ނަދީމް ފައިލްތައް ބަހައްޓާފައި އެތަނުން ބޭރަށް ނިކުންނަން ހިގައިގަތެވެ. “ނަދީމް..” ރާކިން ނަދީމް މަޑުކުރުވިއެވެ. ނަދީމް ބަލާލުމާއި އެކު ބޮލުން ނޫނެކޭ ބުނާ ގޮތައް ދެފަރާތައް ބޯ ހޫރާލީއެވެ. އެވަގުތު ނަދީމް މޫނު ކުނިކޮށްލުމަށްފަހު އެތަނުގައި އިށީނެވެ. އާހިލް ވަދެގެން އައީ އެވަގުތުއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން އާހިލްއަށް ނަގައިގަނެވުނެވެ.
“އަހަރެންނާއި ހަވާލު ކުރީ ޕޮލިސްމީހާއާއި ވާހަކަ ދައްކާކަށްނުން.. އަހަރެންގެ މަސައްކަތް ނިމިއްޖެ..” ރާކިން އެތަނުގެ ހަމަހިމޭކަން ދުއްވާލުމުގެ ގޮތުން ވާހަކަ ދެއްކިއެވެ. “ކީއްކޯ ބުނީ” ރާއިދުވެސް މީހާ ހަމަޖައްސާލަމުން ރާކިންއާއި ދިމާލަށް ބަލާލިއެވެ. “ސޭމް.. ނަތިން ޑިފަރެންޓް.. ވަރަށް ރަނގަޅު ކުއްޖެއް.. ގޯސް ކުދިންނާއި އެއްވެސް ގުޅުމެއްނޯވޭ.. ބޮޑަށް ހުރި ފިރިހެން ކުއްޖާ.. މާލެގަ އުޅޭތާ ދުވަސްކޮޅެއްވެއްޖެ ކަމަށްވަނީ… ކިޔަވަނީ.. އޭ ލެވެލް” ރާކިން އޭނައަށް ލިބިފަ ހުރި މައުލޫމާތު ހިއްސާ ކުރިއެވެ. “އަޅުގަނޑާއި ހަވާލު ކުރި މަސައްކަތް ބަލައިފިން..” އާހިލްވެސް ރާކިން ނިމުމާއި އެކު ބުނެލިއެވެ. “އަޅުގަނޑު ބެލި ބެލުމުން ފެމެލީ ބެގްރައުންޑް ވަރަށް ނައިސް ކަމަށް ދައްކަނީ.. އައި މީން އެފެލީގެ އެއްވެސް މީހެއްގެ ލީގަލް އިޝޫއެއް އިންކަމަށް ފާހަގައެއް ނުވޭ..” އާހިލް ބުނެލިއެވެ. ރާއިދު ބަލާލީ ނަދީމްއާއި ދިމާލަށެވެ. ކިތައްމެ ހިތްހަމަނުޖެހުނަސް މަސައްކަތް ނިންމަން އެންމެންވެސް ތިބީ ބޭނުންވެފައެވެ. “އަޅުގަނޑާއި ހަވާލު ކުރި ކަމަކީ އެއްވެސް މީހެއްގެ އެނެމީއެއްވޭތޯ ބެލުން.. ފުރަތަމަ ކޭސް އިން ފެށިގެން މި ކޭސް އާއި ހަމައަށް. ހުރިހާ ފެމެލީ ތަކަކީވެސް ރަނގަޅު ކަމަށް ނަން ހިގާލެވޭ ފެމެލީތަކެއް.. އެހެންވީމަ އެނެމީ އެއީ ނެތް އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ.. އެންމެ ފަހު ވިކްޓިމްގެ ފެމެލީއަކީވެސް އެންމެ ރަނގަޅު ކަމަށް ނަން ހިގާ ފެމެލީއެއް” ނަދީމް ވާހަކަ ދެއްކިއެވެ. “އެހެންވީމަ މީނައަކީ ރަނގަޅު ފެމެލީތަކަށް އެޓޭކް ކުރާ މީހެއްދޯ” ރާއިދު ތެދުވެލަމުން ބުނެލިއެވެ. “ރާކިންސަރ ބުނީ އެމީހަކު ބަލާފައެއްނޫނޭ އެ އެޓޭކް ކުރަނީ… ހައު ހީ ނޯ ޓު ޕިކް ނައިސް ފެމެލީ” އާހިލް އަހާލިއެވެ. “ނޭނގެ.. ހަމަނުޖެހޭ ކަމެއް އަދިވެސް އެބަ އުޅޭ މީގެ ތެރޭގައި…” ރާކިން ވިސްނުމަކަށް ގެއްލި އިދެ ވާހަކަ ދެއްކިއެވެ.
“ކިހިނެއް ދެން ހެދޭނީ” އާހިލް އަހާލިއެވެ. “މާބޮޑު ކަމެއް ނުކުރެވޭނެ.. އެކަމަކު ރާއިދު އަހަރެންނަށް ފެނޭ.. ސެކިއުރިޓީ ހައި ކުރަން..ހުރިހާ ޕާކެއް ކައިރީގައި.. އެންމެ ދެމީހެއްނޫން.. އެކަމަކު މަދުވެގެން ހަތަރު ޕޮލިހުން.. މަދުވެގެން.. އެމީހަކީ ޕޮލިހުންގެ ފެމެލީއަށް އެޓޭކް ދޭ މީހެއްވެއްޖެނަމަ ޕޮލިހަކަށްވެސް ދީފާނެ” ރާކިން އޭނަގެ ހިޔާލު ފާޅުކުރިއެވެ. “ތިއީ ރަނގަޅު ހިޔާލެއް… ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް ވިސްނެނީ އޭނަ އަދި ކުރިއަށް ވުރެއް އަވަހަށް އެޓޭކް ކުރާނެއޭ.. އެހެންވީމަ ނޫސް ބަޔާނެއްވެސް ނެރެއްވީހެން ހީވަނީ.. ހުރިހާ ޕޮލިހުންގެ އާއިލާތަކަށާއި ގައުމުގެ އެންމެނަށް ސަމާލުވުމަށް.. އަދި ރޭގަނޑު ދަންވަރު ބޭރުގައި ނޫޅުމަށް” ރާއިދު އޭނައަށް ފެންނަ ގޮތް ބުނެލިއެވެ. އެންމެން އެކަމަށް އެއްބަސް ވިއެވެ. “އަހަރެން މިދަނީ އެހެންވީމަ އެކަމާއި ބެހޭގޮތުން ޑިރެކްޓަރ އާއި ވާހަކަ ދައްކަން..” ރާއިދު ބޭރަށް ހިގައިގަންނަމުން ބުނެލިއެވެ.
“ނަދީމް.. އަހަރެން ވާހަކައެއް ބުނަންތަ” ރާއިދު ބޭރަށް ނިކުންތައް ބަލަން ހުރެފައި މަޑު ހިގުމެއްގައި އައިސް ނަދީމްގެ ކުރިމަތީގައި ހުއްޓެމުން ރާކިން ވާހަކަ ދެއްކިއެވެ. “ފަހުދު ކުރިޔަސް ނުވަތަ ނުކުރިޔަސް އޭނަގެ ބޮލުގައި އެޅިފައި އެވަނީ ވަރަށް ބޮޑު ތުހުމަތެއް.. ބިލީވް މީ.. ރާއިދު އޭނައަށް ފޮގިވްއެއް ނުކުރާނެ އެހާ ފަސޭހައިންއެއް.. އެންޑް ތިގޮތައް ރާއިދުއަށް ރައްދު ދެންޏާމު މިތަނުން ދެން އެންމެ އަވަހަށް ބޭރަށް ދާންޖެހޭނީ ނަދީމްއާއި.. އެންޑް އައި ޑޯންޓް ތިންކް ދެންޓްސް ވަޓް ޔޫ ވޯންޓް ރައިޓް” ރީތި ގޮތުގައި ރާކިން ނަދީމްއަށް އިންޒާރުދެމުން ބުނެލިއެވެ. ނަދީމް ދަތްޕިލަ ފިއްތާ ބާރުކޮށްލިއެވެ. ކިތައްމެ ހިތްހަމަނުޖެހުނަސް އޭނައަށް އެކަން ދެއްކޭކަށް ނެތެވެ. ރާކިން އެހެން ބުނެލުމަށްފަހު އެތަނުން ނިކުތެވެ. އަދި މަޑު ހިގުމެއްގައި ގޮސް ކެބިންއަށް ވަނެވެ.
ނަދީމް އައިސްފައިވާ ރުޅިގަނޑު މޭޒުމައްޗަށް ދުއްވާލިއެވެ. ބާރު އެތިފަހަރެއް މޭޒުމަތީގައި ޖެހިއެވެ. “ކީކޭތަ އެމީހުން ހީކުރަނީ.. އަހަރެންނަށް ބިރު ދެއްކީމަ އެވީތަ.. އަހަރެން ހީކުރީ ކުރިން ރާއިދުސަރ އަކީވެސް ވަރަށް ވިސްނޭ މީހެކޭ.. އެކަމަކު މިހާރު އެގިއްޖެ އެއްވެސް އެއްޗެއް ނުވިސްނޭކަން..” އާދެވުނު ރުޅި އާއި އެކު ނަދީމްއަށް ވާހަކަ ދެއްކުނީ ބާރަށެވެ. “ފަހުދު ސަރ އެކަން ނުކުރާކަން ދެއްކޭނީ އެންމެ ގޮތަކުން.. އެއީ ކްލޯން ފޯން ހޯދިގެން.. އޭރުން އޭގެން ހިސްޓްރީ އެގިއްޖެނަމަ..” އާހިލް ނަދީމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ނަދީމް އާހިލްއާއި ދިމާލަށް ބަލާލިއެވެ. “އެކަމަކު އެއީ ކާކުކަމެއް އަދި ކީއްވެގެން އުޅޭ މީހެއްކަމެއްވެސް ނޭނގެ.” އާހިލް އެހެން ބުނެލިއެވެ. “ތޭކްންސް އާހިލް.. ޔުއަރ ގުޑް ފްރެންޑް.. ލެޓްސް ޓޭކް އަ ބްރޭކް ދޯ. އާހިލްވެސް ގެއަށް ގޮސް ރެސްޓް ކޮށްލާ.. މާދަން ދެން ބައްދަލު ކޮށްލާނީ.. އޭގެ ކުރިން ކަމެއް ދިމާ ވެއްޖެނަމަ އަންގާލައްޗޭ..” ނަދީމް ބޭރަށް ނިކުންނަމުން ބުނެލިއެވެ.
އާހިލް ލެޕް ލައްޕާލަމުން އެތަނުގެ ކަރަންޓު ކަޑާލުމަށްފަހު ބޭރަށް ނިކުތެވެ. “އާހިލް ނިމުނީތަ” އާހިލް ހުއްޓުނީ ރާކިންގެ އަޑު އިވުމާއި އެކުގައެވެ. ” ލައްބަ.. ކަމެއް އޮތީތޯ” އާހިލް ރާކިންގެ މޫނަށް ބަލާލަމުން އަހާލިއެވެ. “ކުޑަކަމެއް.. އަހަރެންނާއި އެކު ލެބާއި ދިމާލަށް ދެވިދާނެތަ” ރާކިން ފައިލްއެއް ހިފައިގެން އައިސް އާހިލް އާއި އެއްވަރު ކުރަމުން ބުނެލިއެވެ. އާހިލް އާއެކޭ ބުނެލާ ގޮތައް ބޯޖަހާލިއެވެ. ދެމީހުން ލިފްޓައް އަރާ ލެބް އިންނަ ފަންގިފިލާއަށް ދިއުމަށްޓަކާއި ފިއްތާލިއެވެ.
ލެބްގެ ދޮރު ހުޅުވާލުމަށްފަހު ރާކިން އެތެރެއަށް ވަނެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އާހިލް ރާކިންގެ ފަރަތުން ދިޔައެވެ. “އައިޝަތު މާއިން” އެތަނުން ދެތިން މީހުން ފެންނަން ހުރުމުން ރާކިން އަޑަށް ބާރުލަމުން ގޮވާލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ކުއްޖަކު އެވަގުތު ބަލާލިއެވެ. “އައިޝަތު މާއިންނާއި ބައްދަލު ވެދާނެތަ” އަނެއްކާވެސް ރާކިން އެފިޔަވަޅުމަތީގައި ހުރެގެން އަހާލިއެވެ. މާއިން އަތުގައިވާ ރަބަރު އަންގި އެއްލާލަމުން ދުވެފައި ކަހަލަ ގޮތައްކަށް އައިސް ރާކިންގެ ކުރިމައްޗައް ހުއްޓެލިއެވެ. “އަޅުގަނޑު މިހުރީ.. ކިހިނެއްތޯވީ” މާއިން މަޑުމައިތިރި ކަމާއި އެކު އަހާލިއެވެ. “ހިނގާބަލަ ބޭރަށް… ކުޑަ ވާހަކައެއް ދައްކާލަން” ރާކިން އެދުނެވެ. އާހިލް ހުރީ ވަމުން ދަނީ ކީއްކަން ނޭނގޭ ހާލުގައެވެ. މާއިން ރާކިން ގޮވައިގެން ބޭރަށް ނިކުތެވެ. އާހިލްވެސް އެމީހުންނާއި އެކު ބޭރަށް ނިކުތެވެ. “އަހަރެން މިގޮތައް ބައްދަލު ކުރަންޖެހުނީމަ މާފަށް އެދެން.. އެކަމަކު މުހިއްމުކަމަކަށްވީމަ.. އަހަރެން ސީދާ ޕޮއިންޓަށް އަންނާނަން… މާއިން ރޭގައި ދަންވަރު 2 ކާއި 4ކާއި ދޭތެރޭގައި އުޅުނީ ކޮންތާކު” ރާކިން އަހާލިއެވެ. މާއިންގެ ދެލޯ ބޮޑުވެގެންދިޔައެވެ. އާހިލްއަށް ބަލާލެވުނީ ރާކިންއާއި ދިމާލަށެވެ. “އާހިލް މާއިން ދައްކާ ވާހަކަ ލިޔެލައްޗޭ އިނގޭ.. ބުނެބަލަ މާއިން ކޮންތާކު އުޅުނީ” އާހިލްގެ އެހަރާކަތައް ރައްދު ދެމުން މާއިންގެ ބޮޑުވެފައިވާ ދެލޮލައް ރާކިން ބަލާލިއެވެ. “އަޅު..ގަނ..ޑު.. ކިހިނެއްތޯ..ވީ” އަޅައިގަންނަމުން ކަހަލަ ގޮތަކަށް މާއިން އަހާލިއެވެ. “ކަމެއްނުވޭ.. އަހަރެން ހަމަ ސުވާލުކޮށްލީ.. ނަދީމް ބުނި ދެމީހުން ކާން ދިޔަ ވާހަކަ.. ކަލޭމެންގެ ޕާސަނަލް ރިލޭޝަންޝިޕް އަހަރެންނަށް މުހިއްމެއްނޫން.. އެކަމަކު އޭގެ ފަހުން ވީ ކަންތައް އަހަރެންނަށް މުހިއްމު” ރާކިން އަޑަށް ބާރު ލަމުން ބުނެލިއެވެ. ކުރިމަތީގައި ހުރި މާއިންއަށް އަންނަމުން ދިޔަ ބަދަލުތައް ރާކިންއަށް ފާހަގަ ކުރެވެމުން ދިޔައެވެ. މީހާ ދާހިއްލާ ފޯވީ އެހާ އަވަހަށެވެ. މުޅިގައިގައި ކުޑަ ތުރުތުރުލުމެއް އުޅޭކަންވެސް ރާކިންއަށް ފާހަގަ ވިއެވެ. މާއިން ހަށަން ބަދެލީ އެކަން ނުދެއްކުމަށްކަށްވެސް ރާކިންއަށް ނަގައިގަނެވުނެވެ. “އަޅުގަނޑު ގޭގަ.. ނިދީ.. އެއްވެސް ތާކަށް ނުދަން” މާއިން ހަމަޖެހިލަމުން މޫނުގައި އަތްޖައްސާލަމުން ބުނެލިއެވެ. “އޫ.. ހް.. މައްސަލައެއްނެތް.. ތިކަން ޕްރޫފްކޮށްދޭނެ މީހަކު އެބަހުރިތަ..” ރާކިން ހަމަޖެހިލަމުން ބުނެލިއެވެ. “ކީއްވެތޯ.. ކުއްލިއަކަށް ތި ސުވާލުތައް ތި ކުރަނީ.. އަޅުގަނޑު ކީއްތޯ ކުރީ” މާއިން މޫނުގެ ދާތައް ފުހެލަމުން އަހާލިއެވެ. “ކަމެއް ނުކުރޭ.. އެކަމަކު މިއަދު 10ގެ ހަބަރު އަޑުއެހިންތަ.. އޭގެން ކިޔެއްނުން ޕޮލިހުންގެ ފެލެމީއަށާއި ޕޮލިހުންނަށޭ މިއުޅޭ ‘ކަވާޑް’ އެޓޭކް ކުރަނީ.. އެހެންވެ މާއިން ތީ މިހާރު އަހަރުމެންގެ ފެމެލީ މީހެއްނުން.. ނަދީމްގެ.. ޔޫ ނޯ.. އެހެންވީމަ ހަމަ ބަލާލީ.. އެނީވޭ.. އެންމެ ރަނގަޅު ދިޔަޔަސް.. އެކަމަކު އަދި ސުވާލުކޮށްލަން އަންނަން ޖެހިދާނެ އިނގޭ” މާއިންއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ރާކިން ބުނެލިއެވެ. މާއިން ރައްދުގައި ހިނިތުންވުމެއް ދީފައި ލެބްއާއި ދިމާލަށް ހިގައިގަތެވެ.
“ބައްލަވާ ސަރ.. އަޅުގަނޑު ހިޔެއް ނުކުރަން އަދިވެސް ތި ސަސްޕެކްޓްތައް ބޮލުގައި ލައިގެންނޭ ތިއުޅެނީ” މާއިން ލެބްއަށް ވަނުމާއި އެކު އަޑު މަޑުކުރަމުން އާހިލް އަހާލިއެވެ. “ނުފެނުނުތަ އަހަރެން ސުވާލު ކުރުމުން މާއިންއަށް އައި ޗޭންޖެސްތަކެއް.. ދާހިއްލާ އޮޅުވާލިތަނެއް.. ކޮންމެވެސް ކަމެއް އޭނަ ސިއްރު އެބަކުރޭ..” ރާކިން ވިސްނުމަކަށް ގެއްލެމުން ބުނެލިއެވެ. “ޔާ.. ފެނިއްޖެ.. އެންޑް އޮބްވިޔަސްލީ އިޓްސް ނޯމަލް.. ކޯޒް.. އެމީހަކަށް ވުރެއް ސީނިއަރ މީހަކު ކުއްލިއަކަށް އައިސް ރޭ ދަންވަރު ކުރީ ކީއްހޭ އަހާއިރު އޮބްވިޔަސްލީ އެމީހަކު ނާވަސްވާނެ ދޯ” އާހިލް ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. އާހިލްގެ އަޑުގައި އެކުލެވިގެންވި ހިތްހަމަނުޖެހުން ރާކިންއަށް ނަގައިގަނެވުނެވެ. “ބައްލަވާ ސަރ.. ކުރިންވެސް ބުނިހެން މި ސަސްޕެކްޓް ލިސްޓް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.. އެންޑް މާއިން.. ލުކް އެޓް ހާ ސަރ.. ޝީ އިޒް ސްލިމް.. އެންޑް ނައިސް.. ވައި ވުޑް ޝީ ޑޫ ދެޓް” އާހިލް ބުނެލިއެވެ. ރާކިން އާހިލްގެ މޫނަށް ބަލާލިއެވެ. “ދެން ސަރގެ އަންހެނުން ކައިރިއައްތޯ ދުރުވަނީ.. ތިގޮތައް ސުވާލު ކުރައްވަން” އާހިލް ރާގެއްގައި އަހާލިއެވެ. އެހެން ބުނެލިގޮތުން ރާކިންއަށް ހެވުނެވެ. އެހެންކަމުން އިސްޖަހާލިއެވެ. އަދި ބޮލުގުގެ އިސްތަށިގަނޑު ރީތިކޮށްލަމުން އާހިލްއާއި ދިމާލަށް ބަލާލިއެވެ. “ފައިން.. ސޮރީ.. އަހަރެން މިތަނަށް އައުމުގެ ކުރިން އަސްލު އާހިލް ކައިރީގައި ބުނަންޖެހޭނެ އަހަރެން ކުރަނީ ކީއްކަން.. ސޮރީ.. އެންޑް މާއިން ސްލިމްވީމަ އަދި ނައިސްވީމަ އޭނަ ކަމެއް ނުކުރެއޭ ނުބުނެވޭނެ.. އަދި އަހަރެންގެ އަންހެނުންނާއި އަހަރެން ސުވާލު ނުކުރިޔަސް ކުރާނެ ކިތައްމެ ބައެއް ތިބޭނެ.. ދެން އަޅާނުލާ.. އާހިލްވެސް ގެއަށް ދޭ ރެސްޓް ކޮށްލަން.. އަހަރެންވެސް ދެންދާނީ އެދިމާލަށް” ރާކިން އާހިލްގެ ކޮޑުގައި ޖަހާލަމުން ބުނެލިއެވެ.
ރޭގަނޑުގެ ވަގުތު..
މުޅިރާއްޖެތެރޭގައި ދައްކަމުން ދިޔައީ މިއަދު އިރު އޮއްސުނު ފަހުން ޕޮލިހުން ބޭއްވި ނިއުސް ކޮންފަރެސްގެ ވާހަކައެވެ. ރާއްޖެތެރޭގައި ތިބި އާއިލާތަކުން އެންމެ ބިރުގަންނަނީ މާލޭގައި ތިބި އާއިލާގެ މެންބަރަކަށް ކަމެއްވެދާނެތީއެވެ. އެކިކަހަލަ ސުވާލު ކުރުމުންވެސް އެއްވެސް މީހަކަށް މިކަންތައް ކުރާމީހާގެ އަސްލު ސަބަބެއް ނުބުނެދެވުނެވެ. “އެމީހަކީ ވަރަށް ފިޑި މީހެއް.. މީހުންނަށް މިގޮތައް ގެއްލުން ދޭނީ ވަރަށް ފިޑި ކަވާޑް މީހުން.. އެހެންވީމަ އެހެންމީހުން އެކަމާއި ވިސްނަން ޖެހޭނީ.. އަދި އަޅުގަނޑު ވަރަށް ބޮޑު އެދުމެއްވޭ.. އެއީ ރޭގަނޑުގެ ލަސްގަޑިތަކުގައި އެއްވެސް ދިވެހި ދަރިއެއް މަގުމަތީގައި ނޫޅުން” ރާއިދު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެލިއެވެ. މިބަސްތަކުގެ ސަބަބުން ބައެއްމީހުންގެ ހިތައް ހަމަޖެހުން ލިބިގެން ދިޔަޔަސް މާލޭގައި އޭގެ ސަބަބުން އަސަރު ކުރި މީހެއްވެއެވެ. ‘ފިޑި ‘ އަދި ‘ކަވާޑް’ އަކީ އެމީހަކަށް އެއްވެސް ގޮތަކަށް ހަޖަމް ކުރެވުނު ބަހެއް ނޫނެކެވެ. އެހެންކަމުން އޭނައަކީ އެކަހަލަ މީހެއްނޫންކަން ރާއިދުއަށް އެންގުމަށް އެމީހަކު ހިތުގެ އަޑިން އަޒުމް ކަނޑައެޅިއެވެ.
އާހިލް އޭނަގެ ލެޕް ހިފައިގެން އެނދުމަތީގައި އިށީދެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށް އާހިލް ބަލާލިއެވެ. “ވަދޭ” އާހިލް ބުނެލިއެވެ. އާހިލްގެ ދޮންތަ އާލާ މަޑުމަޑުން އެތެރެއަށް ވަނެވެ. “އާލް..ކިހިނެއްވީތަ” އާލާ އެނދުމަތީގައި އިށީދެލަމުން އަހާލިއެވެ. އާހިލް ބަލަލީ ކިހިނެއްވީހޭ އަހާލާ ގޮތަކަށެވެ. “އަހަރެނަށް އެނގޭ އާލްއަށް ކަމެއް ވެއްޖެކަން.. ވަޒީފާގެ ކަމެއްތަ.. ނޫނީ ބިޓުގެ ކަމެއްތަ” އާލާ އަހާލިއެވެ. އާހިލް ހިނިތުންވެލިއެވެ. “އާލް.. ނުބުނެވޭ ކަމެއް ވިއްޔާ އޯކޭ.. އެކަމަކު އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ ދެޓް ޔުއަރ ނޮޓް އެލޯން އިނގޭ” އާލާ ތެދުވެގެން އައިސް އާހިލްގެ ބޮލުގައި ލޯތްބާއި އެކު ފިރުމާލިއެވެ. އާހިލް ދޮންތައަށް ބަލާލީ ޝުކުރުން ފުރިގެންވާ ނަޒަރަކުންނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނައަކަށް އެވާހަކަ ތަކެއް ނުބުނެވޭނެއެވެ. ބުނެގެން އާއިލާގެ ތެރޭގައި ބިރެއް އުފައްދާކަށް އާހިލް ބޭނުމެއް ނޫނެކެވެ. އަނެއްކާ ބުނެފިނަމަ އޭނަ މާދަން ވަޒީފާއަށް ދެވޭނެ ކަމެއްވެސް ނޭނގެއެވެ.
ރާއިދު މަޑު ހިގުމެއްގައި ލިފްޓަށް އަރާލިއެވެ. އަދި ފަހަކަށް ފިއްތާލިއެވެ. މީހާ ހަމަޖެހުމައްޓަކައި ދެތިން ނޭވާ ބޭރުކޮށްލިއެވެ. އޭނަ މިކުރަން އުޅޭ ކަންތަކުގެ ސަބަބުން އަނެއްކާވެސް ގުޅުންތަކަށް ބުރޫ އަރާދާނެ ކަމުގެ ބިރު އެބައޮތެވެ. އެކަމަކުވެސް އޭނަ މިކަން ކުރަން ބޭނުންވެއެވެ. މީހަކަށް އެއްޗެއް ދަސްކޮށްދިނުމައްޓަކައެވެ. ފަސްވަނަ ބުރީއަށް މަަޑުކޮށްލުމާއި އެކު ވާތް ފަރާތުގައި ހުރި އެޕާޓްމެންޓްގައި ބެލް އަޅާލިއެވެ. ދެފަހަރު ބެލް ޖެހުމާއި އެކު ދޮރު ހުޅުވާލިއެވެ. “ރާއިދު” ސުނާ ހައިރާންކަމާއި އެކު އަހާލިއެވެ. “ހެލޯ ސުނާ” ލޯތްބާއި އެކު ރާއިދު ގޮވާލިއެވެ. “އަހަރެން އެތެރެއަށް ވަންނާކަށް ނުބުނާނަންތަ” ހައިރާންކަމާއި އެކު ބަލަމުންދިޔަ ސުނާއަށް ޖަވާބު ދިނުމެއްނެތި ރާއިދު އެތެރެއަށް ވަނެވެ. “ރާކިން އެބަ އުޅޭތަ” އެތެރެއަށް ވަދެފައި ސުނާގެ މޫނަށް ބަލާލަމުން ރާއިދު އަހާލިއެވެ. “އާ.. ސިޓިން ރޫމްގައި” ސުނާ ކުޑަކޮށް ހުއްޓުން އަރާފައި ޖަވާބު ދިނެވެ. ތެންކްސް އޭ ބުނެލާ ގޮތަކަށް ހިނިތުންވެލަމުން ރާއިދު ސިޓިންރޫމްއާއި ދިމާލަށް ހިގައިގަތެވެ. ރާކިން އިނީ ޓީވީ ބަލާށެވެ. އެތެރެއަށް ވަދެގެން އައި ރާއިދު ފެނުމާއި އެކު ރާކިންއަށް ތެދުވެލެވުނެވެ. ހައިރާންކަމާއި އެކު އެއްފަހަރު ރާއިދުގެ މޫނަށް އަނެއްފަހަރު ސުނާގެ މޫނަށް ބަލާލިއެވެ. “ހާދަ ހާސްވަނީތި.. އަހަރެން މިއީ މިނިކާ މީހެއްނޫނޭ” ރާކިންގެ މޫނު ފެނުމާއި އެކު ހިނިތުންވެލުމެއް ރައްދު ކޮށްލަމުން ރާއިދު ބުނެލިއެވެ. “އަހަރެންނަށް މާގިނަ އިރު ހުރެވޭކަށް ނެތް.. އެހެންވީމަ ޓޮޕިކްއަށް ދަމާ ދޯ.. އަހަރެން މިއައީ ސުނާއާއި ވާހަކަ ދައްކާލަން” ރާއިދު ސުނާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ސުނާ ރާކިންގެ މޫނަށް ބަލާލަމުން ރާއިދުއަށް އިށީނުމަށް ދައުވަތު ދިނެވެ. “ނޫން.. އަހަރެން އަހާލަން ބޭނުންވަނީ ރޭގައި 2ކާއި 4ކާއި ދޭތެރޭގައި ސުނާ އުޅުނީ ކޮންތާކުހޭ” ރާއިދު އަހާލިއެވެ. “ވަޓް..” ހައިރާންވި ވަރުން ސުނާގެ އަޑު އައީ ބާރަށެވެ. ރާކިން ބޮލުގައި ހިފަހައްޓާލަމުން ސޯފާއަށް ވެއްޓިގަތެވެ. “ޔާ.. ސަސްޕެކްޓެއްވީމަ އަހާލީ.. އައި މީން.. ހޯ ވެއިޓް.. ރާކިން ނުބުނޭތަ ސުނާ ތިއީ ސަސްޕެކްޓްއެކޭ” ސުނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކަށް ޖަވާބު ދިނުމުގެ ގޮތުން ރާއިދު ބުނެލިއެވެ. ސުނާގެ ދެލޯ ބޮޑުވެގެން ދިޔައީ ސަސްޕެކްޓްއެކޭ ބުނެލި ވަގުތުއެވެ. އަދި ރާކިންއާއި ދިމާލަށް ބަލާލިއިރު އެރީތި ބޮޑު ދެލޮލުގެ ތެރޭގައި ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ރާކިން ބޮލުގައި ހިފަހައްޓާލައިގެން އިން އިރު އޭނަގެ މުއްވަނީ މެޅިފައެވެ. ދެލޯ ފިއްތާ ބާރުކޮށްލީ އެތެރެހަށިގައި އުފެދެމުންދިޔަ ރުޅިގަނޑު މައިތިރި ކުރެވޭތޯ ބަލަމުންނެވެ. “އަހަރެން ސަސްޕެކްޓްއެކޭ.. ބަލަ އަހަރެންނަކީ ރާއިދުގެ..” ސުނާ އެހާ ހިސާބަށް ބުނުމާއި އެކު ރާކިން ސުނާގެ އަތުގައި ހިފާލިއެވެ. އެވަގުތު ސުނާގެ ލޮލުން ކަރުނަތައް ކޯތާފަތުގައި ބޮސްދޭންފެށިއެވެ. “ރާކިން ޕްލީޒް.. ބުނެބަލަ އޭނަ މޮޔައޭ.. އަހަރެން ކީއްކުރަން.. ކީއްވެ.. އަހަރެން” ސުނާއަށް އިތުރަށް ވާހަކަ އެއް ނުދެއްކުނެވެ. ރާކިންގެ ކޮޑުމަތީގައި ބޯއަޅާލީ ހިތައް ލިބުނު ތަދު ކުޑަކުރުމުގެ ބޭނުމުގައެވެ. ރާކިން އެވަގުތު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުގައި ވާ ރުޅިވެރިކަމުން ހީވަނީ ރާއިދުވެސް ފިއްސާލަފާނެހެންނެވެ. ރާއިދު ކުޑަ ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުން ނިކުންނަށް ހިގައިގަތެވެ.
ނުނިމޭ….
16 Comments!
Comments are closed.
saspectu aky kobaa?
Vvvvvv.interesting…..i love it…<3
thnks nash v bodah <3
Its awesome fantasy… M waiting for the nxt part… Plx awahah up kohdhehchey…
mee fantasy ge vaahaka ehtho nuves balaa kiyan feshy vaahaka kiyamun dhiya iru v heevi mee fantasy ge vaahaka ekey
hahahhah fahun mi yageen v
vvvvv reethi mivaahakaves ekamaku thankolheh eng. bas beynun kohffa hurileh ginakamah faahaga kurevey dhivehi fuluhun ehaaginain eng. in vaahaka dhahkaathyyy varah dhera vey
fantasy ge aniyaa vaahaka haa reethi vaahaka eh adhives nukiyey
ummeedhu kurany mivaahakaves reethi vaanekamah fahathah dhaa varakah
thnks faaige lobi comment ah 🙂
thnks alka v bodah… v happy vejje alka ah mi vaahaka ves kamudhiya eema… thankolheh gina dhoo english basthah.. kuda kohleveytho v visnaanan igey.. 🙂
mi vaahakaiga vaagoih adhi ves neyge Gaathil akey kaaku???
raakin, raaidh , aahil…mashah meegen e eh miyeh neynge…maa reethi nan thah choose kollafa dho hithun mihiry…ekamaku eh thanegga ulhey characters thakeh mihaa eh goiy nanthah choose kuryma ey kaakukan mee kaaku kan olun filuvan varah undhagoo…if it was a romantic story with different couples it wouldnt be this difficult to keep track…but people in one department…seriously the names are very bad choices..this is the first time i found it difficult to keep track of the characters…
thanks to u too…dhigukoh up koh dhineema……:p
Aslu Adhives meehun vaki kuraakah neyge name eigoi vyma
raaidhu n raakin r dhemyhunge story v intrestng vaanehen hyvey
suspense maa bodu
bt i love this story
Koba vaaahaka mifaharu haadha las vanee… dhogu nanthah ehaa eggotheh nun hama rangalhu..
intresting
wow. this part is amazing too! 😀 dhen ehen nuvaane ehnu suna ah vaahaka dhakkaakah 😉
I know mii ga characters thah vaki kuran 🙂 and the story iis really greatt tooooooo