ކުރިމަތިން މި ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެ ޝައިރާގެ އަތުން ފޯނު ދޫވެގެން ވެއްޓުނުއިރުވެސް ޝައިރާއަށް ރޭކާލީހެނެއްހިޔެއްނުވެއެވެ. ކުޑަ ހިނދުކޮޅަކަށް ޝައިރާ ހުރީ ވާނުވާނޭނގި ގަބުވެފައެވެ. އަމިއްލަ ދެލޮލަށްފެނި ކަންފަތުން އަޑުއިވުންއިރުވެސް ހުރީ ގަބޫލު ނުކުރެވިފައެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޫނީ އަންނާންވީ ރުޅިކަމެއްވެސް ނޭނގިފާ ޝައިރާއަށް ހުރެވުނީ އެތަނަށް ޖެހި ތަނބެއްހެންނެވެ. “ކި….ކިހި…ކިިހިނެއް؟” އަމިއްލަ އިހްސާސްތައް ހަމަޔަކަށް އަޅުވަމުން ޝައިރާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. “ބިރެއްފެނުނީތަ” އަޔާންގެ ބަނޑުތެރަށް ހިންދާލައިގެން ހުރި ހިނިގަނޑު ދެން […]
ގަޑިން 8:30 ވީއިރު ޝައިރާގެ ހިތްހީވަނީ ނެގިނެގިފާ ޖެހޭހެންނެވެ. އެހެންނުވާވަރެއްވެސް ނޫނެވެ. ޝައިރާ އެ ރީތިވަނީ ރާއިލްއަށްފަހު ފުރަތަމަ ފަހަރަށް ޝައިރާގެ ހިތުން ޖާގަހޯދި ކުއްޖާއާއި ބައްދަލުކޮށްލަން ދިޔުމަށެވެ. ކަޅުކުލައިގެ އަބާޔާއަކާއިއެކު މެރޫންކުލައިގެ ޝޯލްއެއް އޮޅާލައިގެން މަޑު މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކްކޮޅެއް އުނގުޅާލުމުން ޝައިރާ ހިތްހަމަޖެހޭވަރުވިއެވެ. ކިތަންމެ ކުޑަގޮތަކަށް ތައްޔާރުވެލިނަމަވެސް ޝައިރާއަކީ ރީތިކުދިންތަކުގެ ތެރެއިން ހޮވާލެވޭވަރުގެ ކުއްޖެކެވެ. “މަންމާ…. ވަރަށް އަވަހަށް ރައްޓެހިކުއްޖަކު ކައިރިޔަށް ގޮސްލާފަ އެބައަންނަން އިނގޭ. މާލަހެއްނުވާނެ.” ޝައިރާއަކީ އެއްއިރަކުވެސް މަންމަކައިރި ބުނެފަނޫނީ އެއްވެސް […]
ޝައިރާ ވަނީ ހަމަ ރަނގަޅަށްވެސް ހަދާނެގޮތް ހުސްވެ ބޯހާސްވެފައެވެ. “ރާއިލްއެއީ އިރެއްގާ ލޯބިވިޔަސް މިހާރު ހަނދާން ކުރަން ބޭނުންނުވާ މާޒީ. ރާއިލްއަށް ވަރަށް ފަސޭހަކަމާއިއެކު ނޫނެކޭ ބުނެވިދާނެ. އެކަމަކު ނޭނގޭ ރާއިލް އެކަމަށް ރިއެކްޓް ކުރާނެގޮތެއްވެސް. އަނެއްކޮޅުން ދުވަހަކު ފެނިފާ ނުވާ އަޔާން. އެކަމަކު ރާއިލް ދިން ހިތާމަތަކުން ސަލާމަތްވެވުނު އެންމެ ބޮޑު އަސްލަކީވެސް ހަމަ އަޔާން. ނުފެނުން ކަމުގައި ވިޔަސް އަލުން ބަލުން މީހަކަށް ހިތް ކިޔާންވެސް ދަސްކޮއްދިނީ އަޔާން. ދެންހުރީ ޔާން. ފެންނަންވެސް ފެނުން […]
ޝައިރާގެ ޖަވާބު އިވި އަޔާން ހީވަނީ އުފަލުންގޮސް މޮޔަވެދާނެހެންނެވެ. އެހެންނުވާންވީ ސަބަބެއްވެސްނެތެވެ. އެއީ ޝައިރާ އެބުނާ ދެމީހަކީވެސް އަޔާންނޫން ދެވަނަ މީހެއްނޫންކަން އަޔާންއަށް ހަމަޔަގީނެވެ. ޝައިރާއަށް ހަގީގަތް ހާމަކުރަންއުޅެފަވެސް އަދި ކުޑަކޮށް ޝައިރާ ތަޅުވާލާފާނޫނީ ހަގީގަތް ހާމަކުރަން އަޔާން ބޭނުމެއްނުވިއެވެ. އެކަމަކު ތެދުހާމަކުރުމުގެ ކުރިން ޝައިރާގެ ހިތުގެހާލަތުވެސް އެނގެންބޭނުންވިއެވެ. އަދި ހަގީގަތް އެނގުމުން ޝައިރާއަށް ވާގޮތްވެސް ދެކިލާހިތުންވެސް އަޔާންވަނީ ކެއްމަދުވެފައެވެ. އަޔާން: މިސާލަކަށް އެދެމީހުންނަކީ އެކަކަށް ވެއްޖެއްޔާޔޯ؟ […]
ޝައިރާއާއި ޖަދަލުކޮއްލަން ފިހާރައިގަ ހުރެފަ ގެޔަށްދިޔަ މަގުމަތީ އަޔާންދިޔައީ ދިރާގު ސޮޕްއަށްވަދެ ސިމްކޮޅެއްވެސް ގަނެގެންނެވެ. އެއީ އަޔާންގެ ނަންބަރުން ޝައިރާއަށް މެސެޖުކޮއްފިނަމަ އެނގިދާނެތީއެވެ. ޝައިރާ ޑިއުޓީނިމޭހާއިރު ކޮއްލާފާ އަޔާން މެސެޖުކުރަންފެށިއެވެ. “އަޔާން: ހައި އިޓްސް މީ ޔާން. މީ ޔާންގެ ނަންބާރ އިނގޭ. ސޭވްކުރައްޗޭ. ޝައިރާ: ނޮޕް ނޫޅެން ކޮންމެހެނެއް. ތި ނަންބަރު ސޭވް ކުރުވާހިތުންތަ އެވަރަކުން މަގޭ ނަންބަރު ތިހޯދީ؟ އަޔާން: ނޫނޭ މާފޮޅުވަން. މައެހެން ބުނާނެކަމަށް ދޯ ހިތުންތި އެސުވާލުކުރީ… ހައްހައްހާ….. ޝައިރާ: ހޫން […]
މިހަފްތާ އެއްކޮއް ޝައިރާއިނީ ހަވީރާއި ރޭގަނޑު ޑިއުޓީއެވެ. ޖެހިގެންއައިރޭގަވެސް ޑިއުޓާއަށް ދިޔައިރު ވަކި ހިސާބަކުން ޝައިރާގެ ފަހަތުން މީހަކު އަންނަކަމުގެ އިހުސާސް ޝައިރާއަށް ކުރެވުނެވެ. ފަހަތްބަލާވެސްނުލާ ޝައިރާ ޔަޤީންކުރީ އެއީ ފިހާރައަށް ޖެއްސުންކުރަން އެއަންނަސޮރު މިރޭވެސް ޝައިރާ ބިރުގަންނަވާލަންއަންނަނީކަމަށެވެ. މިސޮރަށް މިރޭ ވަރުގަދަ ލަނޑެއަދޭނަމޭ ހިތާ އެއެނބުރުނު ގޮތަށް އުޑުފައިން އިށީންދެފާ ތަނެއްދޮރެއްނުބަލާ އަވަސްއަވަހަށް ވެލިއުކަންފެށީއެވެ. ހިތްހަމަޖެހޭވަރު ކޮށްނިމުމުން ކާމިޔާބީގެ ހިނިތުންވުމަކާއިއެކު ޝައިރާ އިންތަނުން ތެދުވެ ހިންދެމިލާފަ ބަލާލިއިރު ކަމަކުދާކައްނެތެވެ. އެނުދަންނަ ސޮރުކަމަށް ހީކޮށް އެމީހެއްގެ ބޮލާ، […]
އަޔާން ހީވަނީ ކޯކުން ފެންވަރާލައިގެން ހުރިހެންނެވެ. ޝައިރާ ގާތަށްއައީ އަމަށަކު ހިންޏެއްނޫނެވެ. ބިނދި ބިނދިފާ ހުނުންނޫންކަމެއް ޝައިރާއަކަށް ނުކުރެވުނެވެ. ޝައިރާ އެކަހަލަ ކަމެއް ކޮއްފާނެއޭ ހިތަށްވެސް ނާރާތީ ސިކުންތުކޮޅަކަށް އަޔާންހުރީ ހަމަބުނާނެ އެއްޗެއްވެސް ނޭނގި އެތަނަށްޖެހި ތަނބެންހެން ގުޑިލާންވެސް ނޭނގިފައެވެ. ދެވަނަސިކުންތުގައި ހީހީހުރި ޝައިރާގެ އަތުގާހިފާ ލަތްކެއްޖަހާލިއިރަށް ޝައިރާހުރީ އަޔާންގެއަތުތެރޭ ގުޑިވެސްނުލެވޭވަރަށް ހައްޔަރުކޮއްލާފައެވެ. ތެޅިގަނެގެންކަމަކުވެސް ދުރުވަންވެސް ނޭނގިފާ ޝައިރާއަށް ބަލަންހުރެވުނީ އަދި ދުވަހަކުވެސް ފިރެހެނަކާ އެހާގާތްވެފާނުވާތީއެވެ. އެހެންކަމުން ޝައިރާގެ ހިތްތެޅިގަތީ އޮބިނޯންނަވަރަށެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް އަޔާންގެ […]
އާދުވަކަށް އިރުއެރީ އެކިމީހުންގެ ހަޔާތުގާ އެކިކުލަޖައްސަމުންނެވެ. ލޯތްބާއި އުފަލުގަ އުޅޭ މީހުންނާއި ހިތަމަޔާއި ވޭނުގައި އުޅޭމީހުންނެވެ. ޝައިރާއަށް ހިތާމަޔާއި ވޭނުގެ ދުވަސް މާޒީވެގޮސްފިއެވެ. ޝައިރާއަށް އެހިތާމަތައްދިން، ޝައިރާގެ ހިތުގައި ރަސްކަންކުރަމުންއައި ރާއިލްގެނަން ދުވަހެއް ދުވަހަކަށްދަނީ ފަނޑުވަމުންނެވެ. ޝައިރާއަށް އެކަން އެނގުމަކާއިވެސްނުލައެވެ. މީހުން ބުނަނީ ތެދެކެވެ. އިންސާނާގެ ހިތަކީ އެނބުރޭ ވަހުތާނެއްކަހަލަ އެއްޗެކެވެ. އެހެންއެކަން ވާކަންވެސް ނަސީބެއްތާއެވެ. އެނޫންނަމަ މިހާރު ޝައިރާގެ ހާލަކީ ކޮބާކަމެއް ހިތަށްވެސް ނުގެނެވޭނެއެވެ. އިންސާނާގެ ހިތްނޭނބުރޭނަމަ އަދިވެސް ޔަގީނުންވެސް ޝައިރާ ހުންނާނީ އެހިތާމަވެރި ދުނިޔޭގާ […]
“ރާއިލް، އިސްދެޓް ޔޫ.” އެމެސެޖްއަށް ރިޕްލައި ކުރުމަށްފަހު ތެޅިތެޅި އޮތް ހިތަކާއިއެކީ ޝައިރާ އިންތިޒާރުކުރަމުން ދިޔައީ ޖަވާބު އަންނާނެ އިރަކަށެވެ. “އައިމް އަޔާން. އަހްމަދު އަޔާން. އެނގޭ މިހެން އަދި ބުންޏަސް ނޭނގޭނެކަން. އަދި ފެނިފަ ހުރިހެނެއްވެސް ހިޔެއްނުވޭ. އަޔާންވެސް މިއީ ހަމަ ތިރަށު ކުއްޖެއް. އެކަމަކު މިވަގުތު ރަށުންބޭރުގަ މިއުޅެނީ.” އަޔާންގެ މެސެޖް ކިޔާލާފާ ޝައިރާ ވަގުތުން މާޔޫސްވީ ރާއިލްގެ މެސެޖްއަކަށް ނުވީމައެވެ. ޝައިރާ ދަންނަވެސް މީހެއްނޫންކަމުން ރިޕްލައި ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް […]