ކޮންމެރެޔެއްގެ 8:00އިން ފެށިގެންގޮސް ދަންވަރު އެކެއް، ދޭތްޖަހަންދެން ޝައިރާއާއި ރާއިލްގެކަމަކީ މާފޮޅުވުމެވެ. އެކަކުއަނެކަކު ދެކެ ލޯބިވާވަރު ބަޔާންކޮއްދީ، ފަހުންވާނޭގޮތެއް އެނގުމަކާއިނުލާ ދުވަހަކު ވަކިނުވާން އެތަކެއް ވައުދާއިހުވާތަކެއް ވުމެވެ. ރާއިލް ބުނިގޮތުން ރާއިލްއަށް އެންމެ ފުރަތަމަ ޝައިރާ ފެނުންދުވަހުވެސް ޝައިރާ ވަރަށް ކަމުދިޔައެވެ. ސިއްރު ސިއްރުން ޝައިރާއަށް ބެލުންއަދަދެއްވެސް ނޭނގެއެވެ. ޝައިރާ މާ މަޑުމަޑުން ހުންނާތީ ވާހަކަދައްކަން ޖެހިލުންވީކަންވެސް ބުންޏެވެ. ރާއިލްވެސް ޝައިރާ އެފްބީ ބޭނުންކުރޭތޯ ބަލާބަލާ ނުފެނުނީ ޝައިރާގެ ޔޫސާރނޭމް އިންގޮތުންކަމަށްވެސް ބުންޏެވެ. ދެމީހުންނަށް ވެސް އެކަކުއަނެކަކު […]
ރ.އުނގޫފާރު އިންޖީނު ހަލާކުވުމުގެ ސަބަބުން ކަރަންޓް ދިޔަތާ ހަތަރުވަނައަށް ވީ ދުވަހު އާއިންޖީނެއްގެ އެހީއާއިއެކު މިއަދު ހެނދުނުގެ ވަގުތެއްގައި އަލުން ކަރަންޓްގެ ޚިދުމަތް ލިބެންފަށާފިއެވެ. ކަރަންޓް ނެތުމުން އޮފީސްތައްވެސް ބަންދުވުމުގެ ސަބަބުން އަޔާންއާއި ލިވްޔާއާއި ދިމާނުވެއޮތުމުން އަދިވެސް ލިވްޔާއަށް ޖަވާބެއް ލިބިފަކާނެތެވެ. 4 ދުވަސް ވީއިރުވެސް ލިވްޔާ އަދިވެސް އިންތިޒާރުކުރަމުން ދިޔައީ އަޔާންގެ ފަރާތުން އާނ ބަސް ލިބޭނެކަމަށެވެ. އަޔާންގެ ފަރާތުން އާނ ބަސް ލިބޭނެކަމަށްވާނަމަ އަޔާން ބޭނުންވާވަރަކަށް ވަގުތުދޭން ލިވްޔާ ހަމަތައްޔާރެވެ. ކަރަންޓު އަނބުރާއައުމުން ހުރިހާ […]
ދުވަސްތައް މާޒީއާއި އެކުވެގޮސް ލިވްޔާއާއި އަޔާންއާއި ދެމެދުއޮތް ބީރައްޓެހިކަންފިލާ ގުޅުން ރަނގަޅުވަމުންދެއެވެ. އޮފީހުގަވެސް ލިބޭ ހުސްވަގުތު އަމިއްލަ ވާހަކަދައްކައި މަޖާކޮށް ހަދައެވެ. އެހެންކަމުން ލިވްޔާގެ ހިތް އަޔާންއަށް އެދޭވަރު ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. ނަމަވެސް އަޔާންދެކެނީ ލިވްޔާއަކީ ހަމައެކަނި ގާތް ރައްޓެއްސެއްކަމުގައެވެ. މިހާރަކަށް އައިސް ލިވްޔާގެ ހިތްއަބަދުމެ އެދެނީވެސް އަޔާންއާއި ގުޅުމަށް ކަމުން ލިވްޔާ ހުންނަނީވެސް އަޔާންއަށް ލޯބިހުށައަޅާން ރަނގަޅު ވަގުތަކަށް ބަލާލަބަލާލައެވެ. އަޔާން އިސްވެއެކަމާ އުޅޭތޯ އިންތިޒާރު ކޮށްކޮށް އަދިވެސް އެކަމުގެ ކުޑަވެސް ނިޝާނެއް ނުފެނެއެވެ. […]
މިއަދު އިރުއެރިއިރު ޝައިރާގެ ބައްޕަ ހުރީ ޝައިރާބަލާ މާލެ އައިހެވެ. ހީވަނީ ހަމަ ޝައިރާ ބަލާ އަންނާށޭ ބުނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރިހެނެވެ. އެހެންނޫނަސް ޝައިރާ މާލެއައިސްސުރެން އަބަދު ކުރާސުވާލަކީ ވެސް ދެން ރަށަށް އަންނާނީ ކޮންދުވަހަކުންހޭ. ޝައިރާއަށް އުމުރުން 18އަހަރު ފުރުން އިރުވެސް ދުވަހަކުވެސް މާލެ އާދެވިފަ ނެތީވެސް ޝައިރާގެ މައިންބަފައިންނަށް ނުފެންނަ ހިސާބަށް ޝައިރާ ދިއުމުން އެދެމީހުން ވާނެދެރައިންނެވެ. ޝައިރާ ބޭނުންވީ ވީހާވެސް އަވަހަށް ރަށަށް ދިޔުމަށް ކަމުުން ހަމަ އެދުވަހު މެންދުރު ވަގުތު […]
މިހާރަކަށް އައިސް ރާއިލް ދުށުމަށް ޝައިރާގެ ހިތް އަބަދުވެސް އެދެއެވެ. ހަމައެކަނި ފެނިލީމަވެސް ހިތްހަމަޖެހެނީއެވެ. “މިއީ ކިހިނެއްވެ ވާގޮތެއްބާ؟ އަހަރެންނަށް ރާއިލްދެކެ ލޯބިވެވެނީބާ؟ މިއީބާ އެބުނާ ލޯތްބަކީ؟” ހައްތަހާވެސް ހިތުތެރޭ އުފެދޭ ޖަވާބުނޭނގޭ ސުވާލުތަކެވެ. ދުވަހަކުވެސް މީހަކުދެކެ ލޯބިވެފައިނުވާ ޝައިރާއަށް މިވަނީ ކިހިނެއްކަން ރޭކާވެސްނުލާކަހަލައެވެ. ކޮންމެ ދުވަހަކުވެސް ފިހާރަޔަށް ދަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ރާއިލް ދުށުމަށެވެ. ސިއްރުސިއްރުން ރާއިލްއަށް ބެލުނީ ކިހާވަރަކަށްކަން ޚުދު ޝައިރާއަށްވެސް ނޭނގެއެވެ. ދުވަސްތައް މާޒީއާއި އެކުވެގޮސް މަސްދުވަސް ފާއިތުވީ ފެންފޮދެއްބޯލާހާ […]
މާދަމައަކީ ޝައިރާ ވަޒީފާއަށް ނިކުންނަން ހަމަޖެހިފައިވާ ފިހާރަ އަލަށް ހުޅުވާދުވަހެވެ. އެކަމަކު ޝައިރާއަށް ހުޒާމް ކިޔައިދީފައިވާގޮތުން މިއަދު ޝައިރާ ފިހާރައަށް ނުކުންނަންޖެހެއެވެ. އެއީ މިއަދު ފިހާރައިގަ ކުރަންޖެހޭ ވަރަށް ބުރަ އެހާމެ މުހިންމު މަސައްކަތްތަކެއް ހުރުމުންނެވެ. އެއީ އެފިހާރައިގެ ހުރި ހުރިހާ މުދަލެއް ގުނާ، ކޮމްޕިއުޓަރަށް އެންޓަރ ކުުރުމެވެ. މާދަމަ ފިހާރަ ހުޅުވާ ދުވަސްކަމުން މިއަދު އެކަން ނިންމާލަން ސަމީރުގެ ދަރިފުޅަށް އެހީވެލާދޭން ސަމީރުވަނީ ޝައިރާ ފޮނުވުމަށް ހުޒާމްގެގާތު ބުނެފައެވެ. ކާކުކަން ނުދަންނަ މީހަކާއެކު މަސައްކަތް ކުރަންޖެހުމުން […]
އާ ދުވަހަކަށް އިރުއެރީ އާ ހަބަރަކާއިގެންނެވެ. އަލަށްވެސް މާލެ ނުދާ ޝައިރާއަށް މާލެ ބަލާލަން ދާން ޝައިރާގެ ތުއްތު ދިން ފުރުސަތުން ޝައިރާއަށް އުފަލުން ނަޝާލެވުނެވެ. އުމުރުން 18އަހަރު ފުރުން އިރުވެސް ޝައިރާއަށް މާލެ ފެނިފަަވަނީ ޓީވީން އެކަންޏެވެ. މިރޭ މާލެފުރުމަށް ޝައިރާ ދިޔައީ ވަަރަށްވެސް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ޝައިރާގެ ތުއްތު ހުޒާމް މާލެއަށް އުފަން އައިނީއާއި ކައިވެނި ކުރުމަށްފަހު މާލެ ބަދަލްވިތާ މިހާރު ފަސްއަހަރު ވެއްޖެއެވެ. މާލެއާދެވުމުން އައިނީގެ އާއިލާއިން ޝައިރާއަށް ވަރަށްވެސް ފުރިހަމަ މަރުހަބާއެއް […]
އަޅުގަނޑު ލިޔަން މި ފަށާ ވާހަކައިގެ ކެރެކްޓާރސް ތަކަށް ނަން ދިނުމުގެ ގޮތުން ކިޔުންތެރިންނަށް އެންމެ ރީތި ނަންތަކެއް ކޮމެންޓްގެ ޒަރީީއާއިން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ