“ޔޫ އޯކޭ؟” އަފާ ޔީޝާގެ އަތުގައި ހިފާލިއެވެ. ޔީޝާ ބޯޖަހާލަމުން ގަދަކަމުން ހީލިއެވެ. ޔީޝާ އެހުރީ ދާނިޝް ކަހަލަ ފިރިހެނަކާ ހުރެ އޭނާގެ ކަރުނަ ބޭކާރު ނުކުރަން އަމިއްލައަށް ވައުދުވެފައެވެ. އޭނާގެ ކަރުނައިގެ އަގު ވަޒަން ނުކުރާ މީހަކާމެދު ރުއިމުގެ ބޭނުމެއް ކޮބާހެއްޔެވެ. އޭނާގެ ހިތުން ދާނިޝް ނެރެލިހެން ކުޑަ ދުވަސްކޮޅެއްތެރޭ ދާނިޝްގެ ލޮލު ކުރިމަތިންވެސް އޭނާ ދާނެއެވެ. އޭނާ އެނބުރި ރަށަށް ދިޔުމަށްފަހު ދާނިޝް އެއީ އޭނާގެ މާޒީގެ އަނދިރި ސަފްހާތަކަކަށް ވެގެން ދާނެއެވެ.

****

ހިނގާލަން ދިޔުމުގެ ކުރިން އަފާއާއި ޔައީޝް އެމަގުގައި ހުރި ފިހާރައަށް ވަނީ ފެންފުޅިއެއް ގަނެލާށެވެ. އެމީހުން ފިހާރައަށް ވަނުމުން ޔީޝާ މަޑުކުރީ ބޭރުގައެވެ.

ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ހިނގަމުން ދިޔަ އަޒާންގެ ނަޒަރު ފިހާރަ ކައިރީ ހުރި ޔީޝާއަށް ހުއްޓުނެވެ. ދުވަސްކޮޅެއް ކޮށްލާފައި ޔީޝާ ފެނުމުން އަޒާންގެ ހިތް ނިޔަށް އެއްކޮށް ހަރާބުވިއެވެ. ރޭގަނޑު ވަގުތެއްގައި ޔީޝާ އެހެން އެކަނި ހުރުމުން މިލިބުނީ ރަނުގެ ފުރުސަތެކޭ އަޒާންގެ ހިތަށް އެރިއެވެ.

އަވަހަށް ޔީޝާ ކައިރިއަށް ދާން އަޒާންގެ ފިޔަވަޅު ހަލުވި ކޮއްލިއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ އަޒާން ސިހުނީ މީހަކު އޭނާގެ ކޮނޑުގައި ހިފެހެއްޓިހެން ހީވެގެނެވެ. ފަސްއެނބުރި ބަލާލިއިރު އެތަނަކު އެކަކުވެސް ނެތެވެ. ދެފަރާތަށް ބޯހޫރާލާފައި އަޒާން އަނެއްކާވެސް ހިނގާގަތެވެ. ނަމަވެސް ދެވަނަފަހަރަށް އޭނާ ސިހުނީ ކުރިމަތިން ބުޅަލެއް ހުރަސްކޮށްލީމައެވެ. އެ ކަޅު ބުޅާ އައި ދިމާލެއްވެސް އޭނާއަކަށް ނޭނގުނެވެ. ޔީޝާ އެތަނުން ދާންވާއިރަށް އަޒާން އަނެއްކާވެސް ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް ދެންވެސް ތަންކޮޅަކަށް ނުދެވެނީސް އެކަޅު ބުޅާ ސީދާ އޭނާގެ ކުރިމަތިން އޭނާއާ ދިމާއަށް ފުންމައިގަތެވެ. ސިހުނު ވަރުން އަޒާން ބިންމައްޗަށް ވެއްޓުނެވެ. އެބުޅަލުން ރެކެންވެގެން އަޒާން އޭނާގެ އަތް އެބުޅަލާ ދިމާއަށް ހޫރާލިއެވެ. ނަމަވެސް އަޒާންގެ އަތެއް އެބުޅަލަކު ނުޖެހުނެވެ. ވަށައިގެން ބަލާލިއިރު އެ ހިސާބުންވެސް ބުޅަލެއްގެ ހިލަމެއް ނުވެއެވެ. އެސޮރު އެހާއަވަހަށް އެދިޔައީ ކޮންތާކަށްބާއޭ އަޒާން ހިތަށް އެރިއެވެ.

ޕިސް ތަޅާލަމުން އަޒާން ބިންމަތިން ތެދުވެ ގައިން ވެލިފޮޅާލިއެވެ. އަދި ފިހާރައާ ދިމާއަށް ބަލާލީ ޔީޝާ ހުރިތޯއެވެ. ނަމަވެސް ފިހާރަކައިރީ އަދި އެމަގުގައިވެސް ޔިޝާއެއް ފެންނާކަށް ނެތެވެ  އަނެއްކާ ޔީޝާ ފިހާރައަށް ވަނީބާއޭ އޭނާ ހިތަށް އެރިއެވެ. އަތުގައި ހުރި ވެލިތައް ފޮޅާލަމުން އަޒާން ފިހާރައާ ދިމާއަށް ދުއްވާގަތެވެ.

ފިހާރައަށް ވަނުމަށް ފިހާރަ ދޮރުގައި ހިފާލި އަޒާންއަށް އެއްލިކަޅިއަކުން އެމަގުގެ ކޮޅުގައި ހުރި ޔީޝާ ފެނުނެވެ. ޔީޝާވެސް ހުރީ އެދިމާއަށް ބަލަހައްޓައިގެނެވެ. އޭނާއާ ދިމާއަށް ބަލާލާފައި ޔިޝާ ހިނިތުންވެލި ގޮތުން އަޒާންގެ ހިތުގެ އެދުން ދެގުނަވިއެވެ. ފިހާރަ ދޮރުން އަތް ދޫކޮށްލާފައި އަވަހަށް އެދިމާއަށް ހިނގާގަތެވެ. އަޒާން އޭނާއާ ކައިރިވާންވާއިރަށް ޔީޝާ މިސްރާބު ޖެހީ ވަލާ ދިމާއަށެވެ. ޔީޝާ އޭނާއަށް ދައުވަތު ދެނީކަން އެނގުމުން އަޒާންގެ ހުރިހާ ހިއްސުތަކެއްގައި ހުޅުހިފިއެވެ.

“ޔީޝް.. ރެޑުބުލްއެއް ދޯ ނަގާނީ” ޔައީޝް އަހާލިއެވެ.

“ހޫމް.. ފެންފުޅިއެއް ގަންނަން ފިހާރައަށް ވަތް ދެމީހުން މިހާރު މީކޮންކަމެއް؟” ޔައީޝް ދިއްކޮއްލި ދަޅުގައި ހިފަމުން ޔީޝާ އެހެން ބުނެލީ އަފާގެ އަތުގައި އޮތް ވަށިގަނޑު ފުރެންދެން ލުއިކާނާ އަޅާފައި ހުރުމުންނެވެ.

“ދެން ހަފާލާނެ އެއްޗެއް ނެތިއްޔާ ކަޑަ ދޯ ހިނގާލަން ދާއިރު” އަފާ އެހެން ބުނުމުން ޔައީޝްވެސް ދޯއޭ ބުނެ އެކަމަށް އެއްބަސްވިއެވެ. ވަށިގަނޑުގައި ހުރި އެއްޗެއްސަށް ފައިސާ ދައްކާފައި ތިންމީހުން ފިހަރައިން ނުކުތެވެ. ތުނޑިއާ ދިމާއަށް ހިނގަމުން ދިޔަ ޔީޝާއަށް ފަސްއެނބުރިފައި ވަލާ ދިމާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ރޭގައި އޭނާއަށް ހުވަފެނުން ފެނުނު މަންޒަރު ސިކުނޑީގައި ސިފަވިއެވެ. ހުވަފެނުގައި އަޒާން އޭނާގެ ނަމުން ގޮވަމުން ވަނީވެސް ބޯގަސްތަކު ތެރެއަށެވެ. އެހިޔާލުތަކުން ދުރުވުމަށް ޔީޝާ ބޯހޫރާލާފައި އަފާމެންގެ ވާހަކައިގައި ބައިވެރިވިއެވެ. ނަމަވެސް އޭރުވެސް އޭނާގެ ހިތަށް ގޮތްނޭނގޭ ގޮތަކަށް އުނދަގޫވަމުން ދިޔައެވެ. ހީވަނީ ކޮންމެވެސް ބޮޑުކަމެއް ވާން އުޅެނީހެނެވެ.

“ޔީޝާ..؟” ކަކުލަށްވުރެ މައްޗަށް ހުރި ވިނަތަށް ދުރުކުރުމުން އަޒާން ހިނގަމުން ދިޔައެވެ. ގަސްތަކު ތެރެއަށް ވަނުމަށްފަހު އަޒާންއަކަށް ޔީޝާއެއް ނުފެނުނެވެ. އޭނާގެ ނަމުން ގޮވިނަމަވެސް ޔީޝާގެ ޖަވާބެއް ނުލިބެއެވެ. އެހެން ނަމަވެސް އަޒާން އެނބުރި މަގަށް ނުކުންނާކަށް ނޫޅެއެވެ.

“ޔިޝާ ދެން އަހަރެންނަށް ފެނިލަބަލަ.. އަހަންނަށް ދައުވަތުދީފަ މިހާރު ކީއްވެ ތިފިލަނީ.. ޔީޝާ ފިއްލަ ފިއްލަ ކުޅެނީތަ” އަޒާން އަނެއްކާވެސް ގޮވާލިއެވެ.

ޔީޝާގެ ޖަވާބެއް ލިބޭތޯ އަޒާން އޭނާ ހުރިތަނުގައި ހުއްޓުނެވެ. އަދި ވަށައިގެން ބަލާލިއެވެ. އޭރު އޭނާއަށް މާބޮޑަށްވެސް ގަސްތަކު ތެރެއަށް ވަދެވިއްޖެއެވެ. މިހާރު އައި މަގުވެސް ފެންނާކަށް ނެތެވެ. ވަށައިގެން ވަނީ ގަސްބޯ ޖަންގައްޔެވެ. ވަޔާ ގަސްތައް ހެލޭ އަޑާއި ފަނި ފަކުސަ ގޮވާލާ އަޑު ނޫނީ އެތަނަކުން ނީވެއެވެ.

“ޔީޝް ކޮބާތަ؟” އަޒާން މައިނޭވާލަމުން ދެއުކުޅުގައި އަތް ވިއްދާލިއެވެ. އޭރު އޭނާ ހުރީ ހިނގާ ހިނގާ ވަރުބަލިވެފައެވެ. އަނެއްކާވެސް ޔީޝާއަށް ގޮވާލަން އަނގަ ހުޅުވާލިތަނާ ގަސްތަކު ތެރެއިން މީހެއްގެ ހިޔަނި އޭނާއަށް ފެނުނެވެ. އެއީ ޔީޝާކަން އަޒާންއަށް އެނގުނެވެ. އަދި ލަސްނުކޮށް އެދިމާއަށް ހިނގާގަތެވެ.

“ޔީޝް.. އަހަރެންނާ ތިފިލަނީ ކީއްވެތަ؟” ގަހެއްގެ ނިވަލަށް ވާގޮތަށް ހުރި ޔިޝާއާ ދިމާއަށް ބަލާލަމުން އަޒާން ބުނެލިއެވެ. އަޒާން އެހެން ބުނުމުން ގަސް ބިއްދަށުގައި ހުރި ޔީޝާ ނިވަލުން ނުކުތެވެ. ކަޅުކުލައިގެ ދިގު ހެދުމެއްގައި ހުރި ޔީޝާ ފެނުމުން އަޒާންއަށް ހިންދިރުވާލެވުނެވެ. ދެން އިތުރަށް އެންމެ ސިކުންތަކުވެސް އޭނާގެ ނަފްސު ކޮންޓުރޯލު ނުކުރެވޭނެއޭ އަޒާން ހިތަށް އެރިއެވެ. ހިތަށް ޝައިތާނާ ވެރިވެފައި ވާލެ ބޮޑުކަމުން ޔީޝާ ލައިގެން ހުރި ހެދުންވެސް ބަދަލުވެފައިވާކަމެއް އަޒާންއަކަށް ފާހަގައެއް ނުކުރެވުނެވެ. އޭނާގެ ސިކުނޑީގައި މިހާރު ވަނީ އެންމެ ކަމެކެވެ. އެދެމެދުގައި ދެމިފައިވާ ފަރުދާ ކަހާލުމަށްފަހު އެ ދެހަށިގަނޑު އެކަކު އަނެކަކަށް ކަޝްފުކޮއްލުމެވެ.

“އަޒާން….” ޔީޝާގެ ދުލުން އޭނާގެ ނަން އެހާ މަސްތީކޮށް އިވުމުން އަޒާންގެ ހަމަ ބުއްދި ފިލާދާގޮތްވިއެވެ. އަވަހަށް އަތް ދަމާލާފައި ޔީޝާގެ އުނަގަނޑުގައި އަޅުވާލިއެވެ. ޖެހިފިތިފައިވާ އެދެހަށިގަނޑުގެ ހަމައެކަނި  ހުރަހަކީ އެދެމީހުން ލައިގެން ހުރި އަންނައުނެވެ. ވަގުތު ބޭކާރު ކުރުމެއް ނެތި އަޒާން ޔިޝާގެ ހެދުމުގެ ކަރުވަޅުގައި ހިފާ އިރާލިއެވެ. ސިކުންތެއްވެސް ނުވެ ޔީޝާގެ ހަށިގަނޑު ނިވާކުރެވިފައިވާ ހުރިހާ ފޭރާމެއް ބިންމައްޗަށް ގުޅައަކަށް ވެއްޓުނެވެ. އަޒާންގެ ކުރިމަތީ އެހެން ހުރުން އެއީ ޔީޝާއަށް މައްސަލައެއް ނުވާފަދައެވެ. ހަނދުވަރުގެ އަލީގައި ޔީޝާގެ ކަސްފުވެފައިވާ ވަނާތަކަށް ނަޒަރެއް ހިންގާލަމުން އަޒާން އޭނާގެ ޓީސާޓު ބޭލިއެވެ. އަދި ޔީޝާގެ އަތްތިލަ ގެނެސް އޭނާގެ މޭގައި ޖައްސާ ތިރިއަށް ދަތުރު ކުރުވަން ފެށިއެވެ. އޭރުވެސް ޔީޝާގެ މޫނުމަތީ ވަނީ މަސްތީ ހިނިތުންވުމެކެވެ. މިރޭ ޔިޝާއަށް އޭނާ ބޭނުން ގޮތެއް ހަދަންދެން މަޑުން އޮންނާނެކަން އަޒާންއަށް ޔަގީނެވެ. މިއީ ޔީޝާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

“އަހަރެން ޔީޝާ ބޭނުންވާރު އިނގޭދޯ.. އަހަންނަށް ޔަގީން މިރޭ ޔީޝްވެސް އަހަރެން ބޭނުންވާކަން..” އަޒާން އެހެން ބުނެފައި އޭނާގެ ސޯޓުގެ ގޮށް ނައްޓާލިއެވެ. އަދި ފަރިތަކަމާއެކު އޭނާގެ ހަށިގަނޑުގައިވާ ހަމައެކަނި ފޭރާން ހަށިގަނޑާ ވަކިކޮށްލިއެވެ

“އަހަންނަކަށް ދެނެއް ކެތެއް ނުވާނެ” އަޒާން އެހެން ބުނެފައި ޔީޝާގެ ކޮނޑުގައި އަޅާ ކޮއްޕާލިއެވެ. އަޒާން ކޮއްޕާލުމުން ޔީޝާ ވެއްޓުނީ ބިންމައްޗަށެވެ. އަޒާންއަށް މާނަވީ ނަޒަރެއް ދިނުމަށްފަހު އަޒާންއާ ދިމާއަށް އިނގިލި ދިއްކޮއްލުމަށްފަހު އަންނާށޭ ބުނާފަދައިން އިޝާރާތް ކޮށްލިއެވެ.

ޔީޝާގެ އިޝާރާތަށް އަޒާން ފުންމާގެންފައި ޔީޝާގެ ގައިމައްޗައް ޖެއްސިގަތެވެ. އަދި ހަމަ ބުއްދި ނެތް މީހެއް ފަދައިން ޔީޝާގެ ހާމައަށް އޮތް ހަށިގަނޑުގައި ބޮސްދޭން ފެށިއެވެ. އޭރު ޔީޝާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރެއް އަޒާންއަކަށް ނުފެނެއެވެ. ޔީޝާގެ އަތްތިލަ އަޒާންގެ މެދުހަށީގައި އަޅުވާލިއެވެ. އަދި އޭނާގެ ދިގު ނިޔަފަތިތަށް އަޒާންގެ ހަންގަނޑުގައި ރޮނގުއަޅަމުން ދިޔައެވެ. އޭނާގެ ބުރަކަށިން ދިލަނަގަމުން ދިޔަނަމަވެސް އަޒާން އެއަކަށް ފަރުވާލެއް ނެތެވެ. އެއީ ޔީޝާ އޭނާއަށް ބޭނުވެފައިވާ މިންވަރު ހާމަކުރާ ގޮތްކަމަށް އަޒާން ހީކުރިއެވެ.

އަޒާންގެ އަތްތިލަ ޔީޝާގެ ހަށިގަނޑުގެ އެންމެ ނާޒުކު ހިސާބަށް ދަތުރު ކުރަންވާއިރަށް ޔީޝާ އޭނާ ހުއްޓުވިއެވެ. އަޒާން ޔީޝާގެ އަތް ފޮޅުވާލަމުން އޭނާގެ ތުންފަތަށް ބޮސްދިނެވެ. ނަމަވެސް ދެވަނަ ސިކުންތު އަޒާން ސިހިގެން ދިޔައީ އެމީހުން ތިބި ދިމާލުގައި ހުރި ގަސް ވަރަށް ބޮޑަށް ތެޅިގަތް އަޑަށެވެ. އެއަޑާއެކު ގަސްތަކު މަތިން ވާލުތަކެއް އުދުއްސާގަތް އަޑުވެސް އިވުނެވެ. އަޒާން ރަނގަޅަށްވެސް ސިހިއްޖެއެވެ. ވަށައިގެން ބަލާލަމުން އަޒާން ޔީޝާގެ ގައިމަތިން ތެދުވިއެވެ.

“ކޮން އަޑެއް؟” އަޒާން މަތި ބަލަން ހުރެފައި އެހެން އެހީ ޔީޝާއަށް ނިސްބަތް ކޮށްފައެވެ. ނަމަވެސް ޔީޝާގެ ފަރާތުން ޖަވާބެއް ނައުމުން އަޒާން ޔީޝާއާ ދިމާއަށް ބަލާލިއެވެ. އެހެން ނަމަވެސް އަޒާންއަށް ލިބުނީ ހައިރާން ކަމެކެވެ. އެތަނަކު ޔީޝާއެއް ނެތެވެ. އޭނާއަށް ނޭނގި ޔީޝާ އެވަނީ ކޮންތާކަށް ބާއޭ އަޒާން ހިތަށް އެރިއެވެ.

“ޔީޝާ…؟” އަޒާން ހުރިތާ ހުރެފައި ގޮވާލިއެވެ. އިތުރަށް ބިއްދަށަށް ދާކަށް އަޒާންއަކަށް ނުކެރުނެވެ. އަޒާން އެހެން ހުއްޓާ އަންހެން ކުއްޖަކު ރޯއަޑު އިވެން ފެށިއެވެ. އެއަޑު އިވުނީ އެތާ ހުރި ކަށިކެޔޮ ފީންޏެއްގެ ބިއްދަށުންނެވެ.

“ކާކު؟ ޔީޝާތަ؟” އެދިމާއަށް ހިނގައި ގަންނަމުން އަޒާން އަހާލިއެވެ. ޔީޝާގެ ޖަވާބެއް ނުލިބުމުން އެއަޑާ ދިމާއަށް އަޒާން ދާން ބޭނުންވިއެވެ. އަޑާ ކައިރިވި ވަރަކަށް ބައެއްފަހަރު ހޭއަޑު އިވޭހެންވެސް ހީވެއެވެ. ބައެއް ފަހަރު ގިސްލާ އަޑުއިވިފައި ދެން އިވެނީ އަޑުގެ ނެތްތަނަށް ހޭންފަށާ އަޑެވެ. އެއަޑު އިވުމުން އަޒާންގެ ގައިން ހީބިހި ނަގައި ގަތެވެ. ކަށިކެޔޮ ފީނީގެ އަނެއް ފަރާތަށް ދެވުނު އިރު އެއަޑު ވަރަށް ބާރުވެއްޖެއެވެ. އަޒާން ރީތިކޮށް ގަސްތަކު ތެރެ ބަލާލިއިރު ބިންމަތީގައި ކަކޫމަތީ ބޮއަޅައިގެން އިން އަންހެން ކުއްޖެއް ފެނުނެވެ. ބަރަހަނާކޮށް ހުރި އެ އަންހެންކުއްޖާެ ބައްޓަން ފެނިފައި އެއީ ޔީޝާކަން އަޒާންއަށް ދެނެ ގަނެވުނެވެ. ޔީޝާއޭ ގޮވަމުން އަޒާން އެއަންހެން ކުއްޖާއާ ކައިރިވިއެވެ. އަޒާން އޭރު ހުރީ ޔީޝާ ގޮވައިގެން އަވަހަށް އެތަނުން ނުކުންނަން ބޭނުންވެފައެވެ. ހުސްގަޔާ ހުރުމުން ކަށިކެޔޮ ފަތްތަށް ޖެހި ގައިގެ އެތަން މިތަން މަށައިގެން ގޮސް ދިލަވެސް ނަގަން ފަށައިފިއެވެ.

“ޔީޝް ހިނގާ މިތަނުން ދާން” ޔީޝާގެ ކޮނޑުގައި ހިފާލުމަށްފަހު ތިރިވެލަމުން އަޒާން ބުނެލިއެވެ. އަޒާން އެހެން ބުނުމުންވެސް ޔީޝާ އެތަނުން ތެދުވަންނާކަށް ނޫޅުނެވެ. އެންމެ ފަހުން އަޒާން ހިތްހަމަ ނުޖެހިފައި ޔީޝާގެ އަތުގައި ހިފާ ގަދަކަމުން ކޮޅަށް ނެގިއެވެ. ޔީޝާގެ އަތުގައި ހިފާ ދަމަމުން އަޒާން ކަށިކެޔޮ ފީނިތަކު ތެރެއިން ނުކުންނަން ހިނގާގަތެވެ. ނަމަވެސް ކުއްލިއަކަށް އަޒާންގެ ދެފައި ހީވީ ބިންމަތީ ތަތްލިހެނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅައެއް ނުލެވުނެވެ. އަޒާން ކުޑަކޮށް ބިރުގަނެފައި ފަސްއެނބުރި ޔީޝާއާ ދިމާއަށް ބަލާލިއެވެ ނަމަވެސް އޭނާގެ ކުރިމަތީގައި ހުރި މީހާ ފެނިފައި އަޒާން ސިހުނެވެ. އެތާހުރީ ޔީޝާއެއް ނޫނެވެ. އަންހެނެއްވެސް ނޫނެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ އޭނާގެ އަމިއްލަ ސޫރައެވެ. އޭނާގެ އަމިއްލަ ހަށިގަނޑާ މޫނެވެ. ތަފާތަކީ ހަމައެކަަނި އެމީހާގެ ކަޅުވެފައިވާ ދެލޮލާ ތުންފަތެވެ. އަޒާން ބިރުގަތް ވަރުން އެމީހާގެ އަތުގައި ހިފައިގެން ހުރި އަތް ފޮޅުވާލާފައި ފަހަތަށް ޖެހިލެވުނެވެ. އެވަގުތު އެތާ ކައިރި ހުރި ގަހެއްގެ ފަލަ މުލެއްގައި އަޅައިގަނެފައި އަޒާން އިދިފުށަށް ވެއްޓުނެވެ.

“ތިއީ ކާކު؟  ކޮބާ ޔީޝާ؟ ތިއީ ކާކުހޭ؟” އަޒާން ބިރުން ހަޅޭލަވަން ފެށިއެވެ.

“މިއީ އަހަންނޭނުން.. ޔީޝާއެއްނު މިއީ.. ކީއްވެ ތި ދުރަށް ދަނީ.. އާދޭ އަހަރެން ކައިރިއަށް” އެ މީހާގެ އަނގައިން ނުކުތީ ޔިޝާގެ އަޑެވެ.

“ތިއީ ޔިޝާއެއްނޫން.. ކޮބާ ޔީޝާ.. ތިއީ ކާކުހޭ.. ހެޔޮނުވާނެ އަހަރެން މަރާނުލާ” އަޒާން އަށް ރޮވެން ފެށުނެވެ.

“ޔީޝާ ހޯދަން ކަލޭތީ ކާކު.. ޔީޝާއަކީ ހަމައެކަނި އަހަރެންގެ މިލްކެއް.. އަހަރެމެން ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނަން..” ދެން އެމީހާގެ އަނގައިން ނުކުތީ ބަރު ފިރިހެނެއްގެ އަޑެވެ. އެމީހާ އެހެން ބުނެފައި އަޒާންއާ ދިމާއަށް ހިނގާގަތެވެ. އަޒާންއަށް ބިރުން ފަހަތަށް ޖެހެވެން ފެށިއެވެ.

“ކޮންތާކަށް ތިދަނީ.؟ ކަލެއަކަށް އެއްވެސް ތާކަށް ނުދެވޭނެ.. މިރޭ އަހަރެންގެ ކިބައިން ސަލާމަތެއް ނުވެވޭނެ” އެމީހާ ބުނެލިއެވެ. އެއަށްފަހު އަޒާންއާ ދިމާއަށް އަތް ދިއްކޮއްލިއެވެ. އެމީހާގެ ދިގު އިނގިލިތަށް އަޒާންގެ ކަރުގެ މައިހޮޅިއާ ހިސާބުގައި ހިފުމުން ވަގުތުން އަޒާންގެ ނޭވާ ތާށިވާ ގޮތްވިއެވެ.

“އަހަރެން މިއީ ޒަބޫރިޝް.. އަހަރެން މިއީ އަހަރެން ބޭނުންވާ ކަމެއް ބޭނުންވާގޮތަކަށް ކުރާ މީހެއް.. ކަލެއަށް ތިހީވީ ރަނގަޅަށް އަހަރެން މިއީ އިންސާނެއްނޫން.. އަދި މިރޭ އަހަރެން މިއުޅެނީ ކަލޭގެ ދުވަސް ދުއްވާލަން. އަހަރެންގެ ހައްގަކަށް އަރާގަންނަ ކޮންމެ އިންސާނަކަށް އޮތް އަދަބަކީ އަހަރެންގެ އަތުން ލިބޭ ވޭނީ މަރު.. އަހަރެން ހައްގަކަށް އަރާގަންނަން ހިތަށް އަރުވާލިއަސް ކޮންމެވެސް ދުވަހަކުން އަހަރެން އޭގެ ބަދަލު ހިފާނަން.. މިރޭ މިއީ ކަލޭގެ ރޭ” ޒަބޫރިޝް އެހެން ބުނެފައި އަޒާންގެ ކަރުން އަތް ދޫކޮށްލިއެވެ.

ގައިން ވަރުދޫވެފައިވާ އަޒާން ބިންމައްޗަށް ވެއްޓުނެވެ. އަދި ކަރުގައި ހިފަހައްޓައިގެން ހުރެ ކެއްސަން ފެށިއެވެ. ހޮޑުލެވެންދެން އަޒާން ކެއްސިއެވެ. ހޮޑާ އެކުވެގެން އޭނާގެ ހަށިގަނޑުން ބޭރުވި ލޭތަށް ފެނިފައި އަޒާން އަނބުރާގަންނަ ގޮތްވިއެވެ. އަނެއްކާ ބޮޑަށް އޯކަށް ދެމެވެން ފެށިއެވެ.

އަޒާން އޯކަށް ދެމެނިކޮށް ޒަބޫރިޝް އައިސް އަޒާންގެ ދިގު އިސްތަށިގަނޑު ތެރެއަށް އަތް އަމުނާލުމަށްފަހު ލައްކެއް ޖެއްސިއެވެ. އަދި އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމާފައި ދުރަށް ގެންދަން ފެށިއެވެ. ބިންމަތީގައި ހުރިގާތަކާ މޫތަކުގައި ގޭނިފައި އަޒާންގެ ގައިގެ އެތަން މިތަން ކަފަކަފައިގެން ގޮސް މަގުގައި ލެއިން ފެވެމުން ދިޔައެވެ. މިހާރު އޭނާގެ ގައިގައި އަޅަމުން ދިޔަ ވޭނުން ކިރިޔާ ހޭ ހުރިކަމެވެ.

އެއްވެސް ރަހުުމެއް ނެތި ޒަބުރިޝް އަޒާން ދަމަމުން ދަމަމުންގޮސް ގަހެއްގެ ދަށަށް ހޫރާލިއެވެ. އަދި އެތާހުރި ބޮޑު ނިކަގަހަށް ފުންމައިގެން އެރިއެވެ. ގަހުގެ ފަލަ ގޮފިގަނޑުގައި ޒަބޫރިޝް އިށީންއިރު އޭނާގެ ސިފަ ހުރީ އޭނާގެ އަސްލު ސިފައަށް ބަދަލުވެފައެވެ. އަނދިރީގެ ތެރެއިން އޭނާގެ ސިފަ އަދި އިތުރަށް ބިރުވެރިއެވެ.

ބޮލަށް އެނބުރުން އަރާފައިވާ އަޒާން ކުޑަކޮށް ލޯހުޅުވާލިއެވެ. ކުޑަކޮށް ހުލުވާލެވުނު އެސްފިޔަ ދޭތެރެއިން އޭނާގެ ބޮލާ ދިމާލު މަތީގައި އެލިގެން އޮތް ޒަބޫރިޝް ފެނިފައި އަޒާން އަޑުގެ ނެތްތަނަށް ހަޅޭ ލަވައިގަތެވެ. އަދި ތެދުވެ އެތަނުން ދުރަށް ދިޔުމަށް ދުއްވައިގަތެވެ. ނަމަވެސް އަޒާންއަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. އަޒާންގެ ކަރުގައި އައިސް އޮޅުނީ މޫގަނޑެކެވެ. އެއީ ކޮންތާކުން ކިހިނެއް އައި މުލެއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އަޒާން އެކަމާމެދު ވިސްނާލާނެ ފުރުސަތެއްވެސް ނުދީ މޫގަނޑުގެ ދެކޮޅުގައި ހިފައިގެން ހުރި ޒަބޫރިޝް އަޒާންގެ ކަަރަށް ވާން ކޮށްލިއެވެ. އަމިއްލަ ސަލާމަތަށް އަޒާން އޭނާގެ ކަރުގައި އޮޅާލެވިފައިވާ މޫގަނޑުގައި ހިފާ ނައްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަހްލޫގަށްވުރެ އޭނާ ގަދަވެވޭނީ ކިހިނެއް ހެއްޔެވެ. އިރުކޮޅަކު ގަދަ ދެއްކުމަށްފަހު އަޒާން ވަރުބަލިވާން ފެށިއެވެ. އޭނާގެ ހަށިގަނޑަކު އަމިއްލަ ނަފްސު ސަލާމަތްކުރާނެ ހިތްވަރެއް ނެތެވެ. އަޒާންގެ ކަރަށް ވާންވަމުން އައިސް އޭޏާގެ ހަށިގަނޑުވެސް ބިމުން މައްޗަށް ހިއއްލެން ފެށިއެވެ. އަޒާންއަށް ތެޅިަގނެވުނެވެ. އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އަޒާން ބިރުގަނެއްޖެއެވެ. މަރު ވަރަށް ކައިރި ވެއްޖެކަން އޭނާއަށް އިހްސާސްވާން ފަށައިފިއެވެ. ކަލަކު ވޮޑިގެން ޥާކަންވެސް ހަނދާންވީ ދެނެވެ. ނަމަވެސް ދެން ކުރެވޭނެ ފައިދާއެއް އެބަ އޮތްހެއްޔެވެ. އޭނާގެ މަރުއައިސް ދޮރުގައި ޓަކިދޭން ފަށައިފިއެވެ.

އަޒާންގެ ނޭވާ ކުރުވާން ފެށިއެވެ. ދެލޯ ބޮޑުވެ ދޫވެސް ބޭރުވާން ފަށައިފިއެވެ. ދެލޮލަށް ލޭކުލަ އަރާ މުޅި މޫނުމަތިވެސް ރަތްވެއްޖެއެވެ. އަމިއްލަ ނިކަމެތިކަމާއެވެ. އަމިއްލަ ސަލާމަތަށް އެދި ގުޑާވެސް ނުލެވިފައި އޮތްވާ އަޒާންގެ އެންމެ ފަހުނޭވާއާ އެކު އޭނާގެ ފުރާނަވެސް ހަށިގަނޑާ ވަކިވެއްޖެއެވެ. ހަށިގަނޑުގެ ވިންދުތަށް މަޑުޖެހި ހަށިގަނޑު ދެމުނެވެ. ބިމަށްވުރެ 10 ވަރަކަށް ފޫޓު މަތީގައި އެލި އެލި އޮތް އަޒާންގެ ފުރާނަ ނެތް މަސްގަނޑަށް ބަލަހައްޓައިގެން ހުރެފައި ޒަބޫރިޝް ގަހުން ފުންމާލިއެވެ. އަދި އަނދިރީގެ ތެރެއަށް ވަދެ ލޯމަތިން ޣައިބުވިއެވެ.

(ނުނިމޭ)

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!