މަރު ޔަޤީން ވީމާ
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ގިނަ ބަޔަކަށް އެ ވަގުތު އެއީ ހެނދުނުގެ ވަގުތު ކަމުގައި ވިޔަސް އާރިކްއަށް އެއީ ދަންވަރެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އާރިކްފަދަ މަސްތުވާތަކެތީގެ ދުނިޔޭގައި އުޅޭމީހުންގެ ހާލަކީ އެއީއެވެ. ދިރިއުޅުން ހުންނާނީ ބުޅާފަދަ ޖަނަވާރުންގެ އުސޫލާ އެއްގޮތަށެވެ. ރޭގަނޑު ހޭލާ އުޅެފައި ނިދާނީ ހެނދުނުވުމުންނެވެ. އާރިކްގެ އުޅުންވެސް ހުރީ މިފަދައިންނެވެ.
މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން އާރިކް ދެލޯ ހުޅުވާލިއިރު މެންދުރު 2 ޖަހާ ބޮޑުވެއްޖެއެވެ. ލޮޑުކަން ހަށިގަނޑަށް ވެރިވެފައިވުމުން އިރުކޮޅަކު އޮވެފައި ތެދުވެ ފާހަނައަށް ވަނީ ތާޒާ ވެލުމުގެ ނިޔަތުގައެވެ. ފެންވަރައިން ނުކުތް އާރިކްއަށް ކައިރީއިން މޭޒުގައި ހިފައްޓާލެވުނީ ވެއްޓެން އުޅޭހެން ހީވެގެންނެވެ. ލޯމައްޗަށް ފުސްވެފައި މުޅި ދުނިޔެ އެނބުރޭހެން ހީވެއެވެ. އާރިކްގެ ބޮލުގައި ރިއްސަމުން ދިޔައީ އިންތިހާއަށެވެ. “ދޮންތާ…” ބޭއިޚްތިޔާރުގައި އާރިކްއަށް ގޮވާލެވުނެވެ. ކޮޓަރީ ދޮރުހޮޅުވާލަމުން އަލްވާ، ކޮޓަރިއަށް ވައިން ވަގުތުވީ، އާރިކް ހޭނެތިގެން ވެެއްޓުނު ވަގުތަށެވެ. އެއާއެކު އަލްވާގެ އަނގައިން ފިސް ހަޅޭކެއް ނުކުތެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އާރިކް ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ދެވުމާއެކު އާރިކް ވެއްދީ އަވަސް ފަރުވާދޭ ބަޔަށެވެ. އެތަނަށް އާރިކް ވެއްދީއްސުރެ އަލްވާގެ ހިތުގެ ތެޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަލްވާގެ އުމުރުން ފަނަރަ އަހަރުގައި މައިންބަފައިން ވަނީ މި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އެއިރު އާރިކްގެ އުމުރުން އެންމެ ހަ އަހަރެވެ. އެ ހާދިސާއަށް ފަހު އަލްވާ އެކަނި މާއެކަނިން އާރިކް ބެލިއެވެ. މައިންބަފައިން ދުނިިޔޭގައި ހުރި އިރު ކިޔެވުނު ވަރަކަށް ކިޔެވިއެވެ. އެއަށްފަހު ދެން ފެށީ ގޭގެއަށް މަސައްކަތްކޮށްދޭށެވެ. ހުރި ހަމައެކަނި ކޮއްކޮއަށް ކިޔަވައިދޭންނެވެ. އެހާލުގައި އަލްވާ، އާރިކްއަށް ކިޔަވައިދޭން މަސައްކަތްކުރިއެވެ. އަލްވާގެ ބުރަ މަސައްކަތުން އާރިކް ދިހައެކާ ހަމައަށް ކިޔެވިއެވެ. އެހެންނަމަވެސް ދިހައެއް ނިމުމާއެކު ޖެހުނު ނުބައި ރައްޓެހިން ތަކެކާއެކު އާރިކްވެސް މުޅިން ހަލާކުވިއެވެ. ވަޒީފާކައަށް ގޮސް އަލްވާއަށް އެހީވުމުގެ ބަދަލު މުޅި ރަށުގައި މީހުންނާ ފޮށެމުން ދުވަން ފެށީއެވެ. އެއަށްފަހު ދެންފެށީ މަސްތުވާތަކެތި ބޭނުންކުރާށެވެ. އަލްވާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުންނެވެ.
ޚިޔާލުތަކުން އަލްވާއަށް ބޭރު ވެވުނީ ޑޮކްޓަރު ގޮވާލުމުންނެވެ. “ވަކިން ވާހަކަ ދައްކާލަން ބޭނުން… ދުރުވޭ…” ޑޮކްޓަރުގެ ބަހާއެކު އަލްވާ ހިނގައިގަތެވެ. ޑޮކްޓަރުގެ ކެބިންއަށް ވަދެ އިށީންދުމާއެކު އަލްވާއަށް އާރިކްގެ ހާލަތު ކިޔައިދޭން ފެށިއެވެ. އެއާއެކު އަލްވާ ދިޔައީ ފެންކަޅިވަމުންނެވެ. “ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަކަސް އާރިކްގެ ފުރާނަ ސަލާމަތް ވުމަކީ ނާދިރު ކަމެއް…” ޑޮކްޓަރުގެ މި ޖުމުލައާއެކު އަލްވާގެ ބަޑި ފަޅައިންދިޔައެވެ. ނުރޯން ކުރި ހުރިހާ ހިތްވަރެއް ފެނަށް ދިޔައެވެ. ކަރުނަތައް ފޮހެމުން ޑޮކްޓަރުގެ ކޮޓަރިން އަލްވާ ނުކުތެވެ. އަދި ލަސް ހިނގުމެއްގައި އާރިކް ބާއްވާފައި އޮތް ތަނާ ދިމާލަށް ދިޔައެވެ.
އަލްވާ ފެނުމާއެކު ބަލި ވައްތަރަކަށް އާރިކް ހީލިއެވެ. “ދޮންތާ… ރޮއެފަ ދޯ ތިހުރީ… ބޮޑު ޑްރާމާ ކުއީން ގަނޑު… ބަލަ އަހަރެންނަކަށް ނުވެއޭ އެއްވެސް ގޮތެއް… އެވާނީ ޑީހައިޑްރޭޓް ވީ ކަމަށްށޭ…” އާރިކް ބުނެލިއެވެ. އެއާއެކު އަލްވާއަށް މަޖުބޫރުވީ އާރިކްއަށް އޭނާގެ ހާލަތު ކިޔައިދޭށެވެ. “އާރިކް… އާރިކްއަށް ހުރީ ކެންސަރު ޖެހިފައި… އެ… އެންމެ ފަހު… ސްޓޭޖްގައި…” އަލްވާ ބުނެލިއެވެ. އެއާއެކު ކުޑަ އިރުކޮޅެއްގެ ތެރޭގައި އާރިކްގެ ދެލޯ ކަރުނައިން ތެމިއްޖެއެވެ. “އާރިކް… ހިއްވަރު އެލުވާ ނުލާ… ދޮންތަ އަބަދުވެސް ހުންނާނީ އާރިކްއާ އެކުގައި… ޑޮކްޓަރުން ބުނީ އާރިކްއަށް ދުނިޔޭގައި އުޅެން ލިބޭނީ 4 ވަރަކަށް މަސް ކަމަށް… އާރިކް ތި އުޅުން ދޫކޮށް އިސްލާހުވެ، ނަމާދުކޮށް ދުޢާ ކޮށްފިއްޔާ، ތި ބަލިން ސަލާމަތް ނުވެވުނަސް މަރަށް ލުޔެއް ހޯދައި ދެވޭނެ… ދޮންތަވެސް އާރިކްއަށް އެހީވާނެން… އަދި އިސްލާހުވާކަށް ލަހެއް ނުވޭ…” އަލްވާގެ ވާހަކަ ނިމުމާއެކު އާރިކް ރޮމުން އަލްވާގެ ގައިގާ ބައްދައިގަތެވެ.
އޭގެ ދެ ދުވަސްފަހުން އާރިކް ހޮސްޕިޓަލުން ދޫކޮށްލިއެވެ. ގެޔަށް ދިޔުމުގެ ބަދަލު އަލްވާގެ އަތަށް އެއްޗެހިތަށް ދީފައި އާރިކް ދިޔައީ ކައިރި މިސްކިތަކަށެވެ. ނަސީބު ކަންދިމާކުރި ގޮތުން އެ ވަގުތު ވީ އަސުރު ނަމާދަށް ބަނގި ގޮވި ވަގުތަށެވެ. ނަމާދުގައި ކިޔަން ޖެހޭ އެއްޗެހި ނޭންގޭތީ މިސްކިތަށް ވަންނަން ފަސްޖެހިފައި އާރިކް ހުއްޓެވެ. އެމަންޒަރުފެނި މިސްކިތު އިމާމް އައިސް އާރިކްގެ އަތުގައި ހިފައިން މިސްކިތަށް ވަނެވެ. ނަމާދުގައި ކިޔަންޖެހޭ އެއްޗެހި ނޭންގުނެއްކަމަކު އާރިކްއަށް ދިޔައީ ގިސްލާ ރޮވެމުންނެވެ. ނަމާދުކޮށް ނިމިގެން އިމާމާއެކު އާރިކް ގުރުއާން ވެސް ކިޔެވިއެވެ. އެއާއެކު ހިތަށް ލިބުނު ހަމަ ޖެހުމަކީ ދުލަކުން ގަލަމަކުން ބަޔާން ކުރެވޭނެފަދަ އިހުސާހެއް ނޫނެވެ. މީގެ ކުރިން ހިތް ހަމަ ޖެހުން ހޯދަން މަސްތުވާތަކެތީގެ ދުނިޔެއަށް ދިޔަޔަސް، މިއަދު އާރިކްއަށް ހަގީގީ ހިތްހަމަޖެހުމަކީ ކޮބައިކަން އިނގިއްޖެއެވެ.
ދުވަސްތަކެެއް ފަހެވެ. މިހާރު އާރިކްއަކީ ޤަވައިދުން ނަމާދުތައްކޮށް ހަދާ ރަނގަޅު ޒުވާނެކެވެ. އެ ހޭދަވި ދުވަސްތަކުގެ ތެރޭގައި އާރިކްވަނީ ޤުރުއާންވެސް ހިތުދަސްކުރަން ފަށާފައެވެ. ދިރިއުޅުމަށް ކުޑަ ދުވަސްކޮޅެއް ލިބިފައި ވީ ނަމަވެސް އާރިކް އުންމީދު ކަނޑައެއް ނުލައެވެ. އެހެންނަމަވެސް އާރިކްގެ ފުރާނަ އޭގެ ވެރި އިލާހަށް ދަތުރުކުރީ، އަލްވާގެ ހިތް ރޮއްވާލާފައެވެ. އެހެނެއްކަމަކު އާރިކްގެ މަރަށް ލުޔެއް ހޯދައި ދެވުނީމައި އެކަމާ ހިތްހަމަވެސް ޖެހުނެވެ.
އެއްވެސް މީހަކު އެންމެ ފަހު ވަގުތު އިސްލާހުވާން ނުހުންނާށެވެ… އެންމެން އާރިކްހާ ނަސީބު ގަދަ ނުވެދާނެއެވެ… ވަގުތު ފާއިތު ވެދާނެއެވެ…
=ނިމުނީ=
8 Comments!
Comments are closed.



waaauuu vrh reethi masha allah
thankyouu alaika
Mi story vrh reethi MA!! 😘 Between Aarik and Alwa name vrh reethi.. And vrh ibraiy theri story eh mee… also Mihaaru ge mujuthamau aa vrh gulhey story eh!! Vrh dhera vaane dhw Alwa mainbafain neh dhuniyey ga vx ehaa Loabin balamun ai kokko eynaa aa vakive dhiyaeema… 😢 vrh sad Story eh… But happy Aarik ge marah luyeh libunyma ✨ Appreciate your hard work ✨ Keep going…. hope to read more stories from ya! Between haadha lahey Vaudhu veveymy story up kuraa leh? I am waiting for that Story..☺️
Lyy ❤️
Thankyouuu dear
vaudhey veveymee ge next ep mi week ga upload kolleveythw balaanen ingey
aslu chuttee eh kamaku vx vrh bxy v ma…sorry dear
lymm darl
Masha allah vvv salhi…
Eesh ge ehen story eh vvv avahah kiyaalan libeyne kamah unmeedhu kuran
Keep it up gurll
Tc
thankyouu savuu_17
tc
Mi vaahaka vvv reethi Masha Allah
Thankyouuu dear