ވަޢުދޭ ވެވޭމީ 12
- “މާމަގެ ޒާން… އާދެބަލަ މާމަ ކައިރިއަށް…” ރިހާނާ، ޒާންގެ ސަމާލުކަން ހޯދިއެވެ. އެއާއެކު ޒާން ދުވެފައި އައިސް ރިހާނާގެ އުނގަށް ވަނެވެ. “މާމަގެ ދޮންދޫނި މަތިން ވަރަށް މިސް ވާނެ އިނގޭ… މާމަ ކައިރިއަށް އަންނައްޗޭ އިނގޭ…” ޒާންގެ ބޮލުގައި ފިރުމަމުން ރިހާނާ ބުނެލިއެވެ. އެއާއެކު ޒާން ހީލަމުން ބޯ ޖަހާލިއެވެ.
- އެރޭ ދަންވަރެވެ. ނިދިފައި އޮތް ޒާންގެ ބޮލުގައި ލޯތްބާއެކު ބޮސް ދިނުމަށް ފަހު ނައިނާ ކޮޓަރިން ނުކުތެވެ. އެއިރު ސޯފާގައި ހައިޒަލް އިނެވެ. މަތިން އެއްވެސް އެއްޗެއްނުލާ އިން އިރު އެ ބައިމަތި ފުޅާ ހަށިގަނޑު އޮތީ ހާމައަށެވެ. އެމަންޒަރު ފެނުނު ނައިނާ ލަދުން އިސްޖެހިތަންފެނި ހައިޒަލް ހީލިއެވެ. “ނެއިން… އާދެބަލަ…” ނައިނާ ދުރުގައި ހުންނަން ފެށުމުން ހައިޒަލް ބުނެލިއެވެ. އެއާއެކު ނައިނާ ހައިޒަލްއާ ތަންކޮޅެއް ދުރު އިށީންދުނެވެ. “ދޭންންން…” ނައިނާ ދުރުުގައި އިށީންނުމުން ހައިޒަލް ބޮޑާ ހާކާލީ ޅަ ކުއްޖެއް ފަދައިންނެވެ. ނައިނާ ހައިޒަލްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބޮޑާ ނުހާކާށޭ ބުނެލިއެވެ.
- “ނެއިން… ވަރަށް މިސްވާނެ އިނގޭ… ދެން ނުވެސް ފެންނާނެ ކޮންމެ ދުވަހަކު… ނެއިންގެ ކެއްކުން ގަނޑު މަތިން އަދި މާ ބޮޑަށް މިސްވާނެ…” ހައިޒަލް ނައިނާގެ ދެލޮލަށް ފުންކޮށް ބަލަން އިނދެ ބުނެލިއެވެ. “ހައި… އަހަރެން މިދަނީ އުމުރަކަށް ނޫނެއްނު… އެހެން ގެޔަކަށް… އެހެންނޫނަސް ކޮންމެ ފްރައިޑޭ އަކު ހައި ކައިރިއަށް އަންނާނެމޭ… އަނެއްކާ ހައި އަށްވެސް އާދެވޭނެއްނު؟…” ނައިނާ ބުނެލިއެވެ. އެއާއެކު ހައިޒަލްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. “ކޮންމެވެސް ދުވަހަކުން އަދި ނެއިން ގެންނާނަން މިގެޔަށް… އުމުރަށް… އަހަރެންގެ ލޯބިވާ އަންހެނުންގެ ގޮތުގަ…” ހައިޒަލް ލޯތްބާއެކު ބުނެލިއެވެ.
- އެގޮތުގައި ވާހަކަ ދައްކަން ގިނައިރު ވަންދެން ނައިނާއާއި ހައިޒަލް ތިއްބެވެ. އެހެންނަމަވެސް މާ ލަސްވުމުން ނައިނާ ކޮޓަރިއަށް ވަނީ ނިދި އައިއްސިއޭ ކިޔާފައެވެ. ހައިޒަލްވެސް ކޮޓަރިއަށް ވަދެ ދޮރުޖެހީ ނައިނާއަށް ލޯބިން “ގުޑް ނައިޓް” އޭ ބުނެލަމުންނެވެ.
- ޖެހިގެން އައި ދުވަހެވެ. އަރާމުކޮށް ނިދާފައި އޮތް ނައިނާއަށް ހޭލެވުނީ އެލާމުގެ އަޑަށެވެ. ކަންނެތް ގޮތަކަށް ތެދުވެ އެލާމު ކަނޑާލީ ޒާން ހޭލަން ބޭނުން ނުވާތީއެވެ. ފާހަނައަށް ވަދެެ އަވަސް އަވަހަށް ތައްޔާރުވެލައިން ނުކުތީ ބައެއް އެއްޗެހި ތައްޔާރު ނުކޮށް ހުރިކަން ހަނދާންވެގެންނެވެ. އެހުރިހާ އެއްޗެއް ތައްޔާރުކޮށް ނިމުނު އިރު 9 ޖަހާ ބޮޑުވެއްޖެއެވެ. އެއާއެކު ނައިނާ އަވަސްވެގަތީ ޒާން ހޭލުއްވާށެވެ. ހަމަ އެވަގުތު ޓަކިޖަހާލަމުން ހައިޒަލް އައިސް ވަނެވެ. “ހައި… ޒާން ނަގާބަލަ… އަހަރެން މިދަނީ ބަދިގެޔަށް… އެހެންނޫނީ މަންމައަށް އުނދަގޫ ވާނެ…” އަވަސް އަވަހަށް ނައިނާ ވާހަކަދައްކަމުން ދިޔަތަން ފެނި ހައިޒަލްއަކަށް އޭނާގެ ހިނިގަނޑު މަތައެއް ނުކުރެވުނެވެ. “ކިހިނެއްވީ؟… ހައި ހޭ ވަރުގެ އެއްޗެއް ބުނެވިއްޖެތަ؟…” ދެބުމަ ގޮށް ޖަހާލަމުން ނައިނާ އެއްސެވެ. “ނޫނޭ… އަހަރެންގެ ނެއިން ތިހެން އަވަސްއަރުވާލައިން އުޅޭއިރު ލޯބިކަމުން…” ލާނެތްގޮތަކަށް ހައިޒަލް ބުނެލިއެވެ. އެއާއެކު ނައިނާ އެހެންދޯއޭ ބުނެ ހިނގައިގަތެވެ.
- ނައިނާ ބަދިގެއަށް ވައިން އިރު ރިހާނާ ހުރީ ރޮށިފިހެ ނިންމުމަށްފަހު މަސްހުނި މޮޑެންނެވެ. “މިހާރު ނިންމާލީ؟…” ހައިރާންވެފައި ނައިނާ އަހާލިއެވެ. “އާން… ދަރިފުޅު މިއަދު ދާތީވެ ތަންކޮޅެއް ކުރިން ނިންމާލީ…” ނައިނާއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރަމުން ރިހާނާ ބުނެލިއެވެ. ނައިނާ އިތުރު އެއްޗެކޭ ނުބުނެ މޭޒުމައްޗަށް ތަށިތައް ނަގަން ފެށިއެވެ. ހަމަ އެވަގުތެވެ. ގޭގެ ބެލް އަޅާލި އަޑަށް ނައިނާ ބަދިގެއިން ބޭރަށް ނުކުތެވެ.
- “ދޮންބޭ…” ހައިޒަލް ދޮރު ހުޅުވާލުމާއެކު ޒާން ގޮވާލީ ޒިޔާން ވައިންތަން ފެނިގެންނެވެ. ޒިޔާންގެ ފަހަތުން ރިޒާމްވެސް ވަނެވެ. “ސައި ބޯގެން ދާންވީ އެއްނު؟…” ރިޒާމްއާއި ޒިޔާންއާ މުޚާތަބުކޮށް ނައިނާ އަހާލިއެވެ. “ނޫނޭ ނައީ… މަންމަ ހެސްކިޔާފަ ގަދަޔަށް ސައި ހަދާ އެބައުޅޭ…” ހިނިގަނޑެއް ޖަހާލަމުން ޒިޔާން ބުނެލިއެވެ. ނައިނާ ހީލިއެވެ.
- “ޒާން… އާދެބަ ޒެލްބެ ކައިރިއަށް…” ދެއަތް ފުޅާކޮށްލަމުން ހައިޒަލްބުނެލީ ޒިޔާން ކައިރި ޒާން އިނިއްޔާ ނުދޭންވެގެންނެވެ. ޒިޔާންއަކީ ނައިނާގެ ކޮއްކޮކަން އިނގުނެއްކަމަކު ޒިޔާން ދެކެ ހައިޒަލް އަރާ ރުޅި ކުޑައެއް ނުވިއެވެ. “ޒިޔާން… އާދެބަ އެއްޗެހިތައް ނެރެން… ހައިޒަލް ޒާން ގޮވައިން އިނދޭ…” ނައިނާ ބުނެލިއެވެ. އެއާއެކު ހައިޒަލް މޫނުމައްޗަށް ޖައްސާލި ވައްތަރު ފެނި ނައިނާއަށްވެސް ހެވުނެވެ.
- “މަންމާ… ދާން މިދަނީ…” ނައިނާ ބާރަކަށް ގޮވާލިއެވެ. އެއާއެކު ރިހާނާ ބަދިގެއިން ބޭރަށް ބޯދިއްކޮށްލިއެވެ. އަދި އައިސް ނައިނާގެ ގައިގާ ބައްދާލިއެވެ. އެއަށްފަހު ޒާން އުރާލިއެވެ. “މާމަ ކައިރިއަށް އަންނައްޗޭ އިނގޭ… ބަސްއަހައިން އުޅެއްޗޭ އިނގޭ… މާމަ ވަރަށް މިސްވާނެ ދަރިފުޅުމަތިން…” ވާހަކަ ދައްކަ ދައްކަ ހުއްޓާ ރިހާނާ ފެންކަޅިވެގެން ދިޔައެވެ. އެއާއެކު ހައިޒަލް ހޭންފެށީ ‘މަންމަ ހާދަ އިމޯޝަނަލް’ އޭ ބުނަމުންނެވެ. އެއާއެކު ރިހާނާ ކަޅިއަޅާލިއެވެ.
- “ނެއިން… ވިލް މިސް ޔޫ ސޯ މަޗް… ކޮންމެ ހަފްތާއަކު އަންނައްޗޭ… ބަލައިން އުޅޭތި… ވަރަށް ލޯބިވޭ…” ނައިނާގެ ނިތަށް ބޮސްދެމުން ހައިޒަލް ބުނެލިއެވެ. އެއާއެކު ނައިނާގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. ރިޒާމްއާއި ރިހާނާ ހުއްޓާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ލޯބިވެއޭ ބުނަން ކެރޭނެއެކޭ ނައިނާ ހިއެއްނުކުރެއެވެ.
- “ހެހެހެ… ދެން އާދޭ ދާން ނައީ… މަންމަ މިހާރު އުޅޭނެ ލަސްވެގެން…” ނައިނާ ލަދުން ވިރެމުންދިޔަ މަންޒަރުފެނި ޒިޔާން އަވަސްއަވަހަށް ބުނެލިއެވެ. އެއާއެކު ނައިނާ ބޯ ޖަހާލަމުން ރިޒާމްމެން ފަހަތުން ނުކުތެވެ. ނައިނާގެ އަތުގައި ހިފައިގެން ގޭގެ ދޮރުން ޒާންއާއި ދެމައިން ނުކުތުމާއެކު ހައިޒަލްގެ މޫނުމަތިން ހިނިތުންވުން އެއްކޮށް ފިލައި ދިޔައެވެ.
- * * * * * * * *
- ރިޒާމްމެން ލަސްވެގެން މަގުމައްޗަށް ނުކުމެ ހުރި ޒިޔާނާގެ މޫނުމަތި އުޖާލާވީ މާ ދުރުން ފެނިލި ކަޅުކުލައިގެ ޕްރައިވެޓް ކާރު ފެނިފައެވެ. އެ ކާރު އައިސް ޒިޔާނާގެ ކުރިމައްޗަށް ހުއްޓުމާއެކު ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ފޭބީ އެދެލޯ ހޯދަމުންދިޔަ ސޫރައެވެ. “ދަރިފުޅާ…” ޒިޔާނާ، ނައިނާގެ ގައިގާ ބައްދާލިއެވެ. އަދި ނައިނާގެ އަތުގައި ހިފައިން ގޭތެރެއަށް ވަނީ، ޒާން މަތިންވެސް ހަނދާން ނައްތާލާފައެވެ. އެ މަންޒަރުފެނި ޒިޔާން، ޒާންގޮވައިން ގެޔަށް ވަނީ، ރިޒާމްކައިރި އެއްޗެހިތައް ވައްދައިދިނުމަށް ބުނަމުންނެވެ.
- “ދެން ނައި އައިމަ އަހަރެން މަތިން ހަނދާންވެސް ނައްތާލީ ދޯ…” ރާގަކަށް ޒިޔާން ބުނެލީ، އުނދޯލީގައި ޒިޔާނާއާއި ނައިނާ އިންތަން ފެނިގެންނެވެ. “ނޫނޭ… ތީ އަދިވެސް މަންމަގެ ބޭބީ ގަނޑު…” ޒިޔާންއަށް އަތް ދިއްކޮށްލަމުން ޒިޔާނާ ބުނެލީ ހެމުންނެވެ.
- އެންމެން ވާހަކަދައްކަން ތިއްބާ ބޭރުން ސަލާމް ގޮވާލިއަޑަށް ޒިޔާނާ ތެދުވިއެވެ. އޭރު ޒާން ގޮވައިން ރިޒާމް އެތެރެއަށް ވަދެއްޖެއެވެ. ސަލާމް ބަލައި ގަންނަމުން ދޮރު ކަައިރިއަށް ހުއްޓުނު ޒިޔާނާގެ ހަށިގަނޑު ތުރުތުރު ލައިގަތީ ކުރިމަތީ ހުރި ނާޒިހު ފެނިފައެވެ.
- =ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Woww vrh reethi mi bai vx masha allah
Thankyouu dear💗
Masha Allah mi part ves Vrh reethi
Haizel and Naina so cute 😘
Between who is Naazih 🤔 so curious
Curiously waiting for the next part when’s next??
Lyy
Thankyouu so much dear💗
Naazih akee Naina ge bappa… kuryge episode thakun ingeyne
IA term test nimmaafa next episode submit kollaanen
lymm💗
Masha Allah mi part vx vrh vrh reethi
They both so cuteee
When nexttt?
Thankyouuu alaika
IA term test nimmaalaafa