Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަޢުދޭ ވެވޭމީ 11

Eesh
Eesh Level 4100 Login10 Stories
November 23, 2025 3 Mins Read
10 Comments
  • މާލޭގެ ހަލަބޮލި މަގުތަކުން ނައިނާ ހިނގަމުން ދިޔައެވެ. ޒާންގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔަ ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން ހުރަސްކުރި މީހެއްގެ ސަބަބުންނެވެ. “މަންމީ…” ނައިނާ ހުއްޓުން އަރާފައި ހުރުމުން ޒާން ގޮވާލިއެވެ. އެހެނަސް ނައިނާ ހުރީ ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ގެއްލި ހުސްވެފައެވެ. “ބައްޕާ…” ނާޒިހު އައިސް ނައިނާގެ ކުރިމަތީ ހުއްޓުމުން ނައިނާއަށް ވައި އަޑުން ގޮވާލެވުނެވެ. ނާޒިހު މިނިވަންވީ ކޮން އިރަކު ހެއްޔެވެ؟ “ނައިނާ… މީހަކާވެސް އިނީތަ މަގޭ ވަލީ ނުހޯދާ؟….” ޒާންއަށް ބަލާލަމުން ނާޒިހު އަހާލިއެވެ. އެއާއެކު ނައިނާ ޒާންގެ ކުރިމައްޗަށް އެރިއެވެ. އަދި ނާޒިހުއަށް ޖަވާބުދޭން ތައްޔާރުވެލިއެވެ.
  • “މީހަކާ އިންނާކަށްނު ވަލީ ބޭނުންވާނީ… މި ދަރިފުޅަކީ ކަލޭގެ ދަރިޔެކޭ… މަ ކޮން ދުލަކުން އެ ދަރިފުޅު ކަައިރި ބުނާނީ އެކުއްޖާގެ ބައްޕައަކީ ކާފަ އޭ؟…” މަޑުމަޑުން ނައިނާ ބުނެލިއެވެ. ޒާންއަށް އަޑު އިވިދާނެތީ ސަމާލުވެއެވެ. ނައިނާގެ ޖުމުލަތައް އަޑުއިވިފައި ނާޒިހު ހުރީ ހުއްޓުން އަރާފައެވެ. ނާޒިހު ޖަވާބެއްވެސް ނުދީ ގިނައިރުވުމުގެ ސަބަބުން ނައިނާ، ޒާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “މަންމީ… އެ ކާކު؟…” ނައިނާގެ އަތަށް ދަމާލަމުން ޒާން އަހާލިއެވެ. ނައިނާ ބުނާނެ އެއްޗެއް ނޭންގުމުން ޒާންއަށް ހިނިތުންވެލީއެވެ.
  • “ނައީ…”ވައިލެޓްމާގޭ ދޮރުން ނައިނާ ބޯ ދިއްކޮށްލުމާއެކު ޒިޔާން އަޑުގެ ނެތްތަނަށް ގޮވާލިއެވެ. ޒިޔާންގެ އަޑަށް ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ ޒިޔާނާވެސް ބޯދިއްކޮށްލިއެވެ. “އަންހާ ދަރިފުޅާ… އަވަހަށް ވަދޭ…” އެވަގުތު ޒިޔާނާގެ ނަޒަރު ހުއްޓުނީ ނައިނާގެ އަތުގައި ހިފައިން ހުރި ކުޑަ ކުއްޖާއަށެވެ. އެކުއްޖާގެ މައުސޫމު މޫނުކޮޅުން ޒިޔާނާއަށް ސިފަވީ ނާޒިހުއެވެ. އެއީ ހަމަ ނާޒިހުގެ ލޮލެވެ. ނާޒިހުގެ އިންނަ ކަހަލަ މަޑު މުށި ކުލައިގެ ލޮލެކެވެ. “މަންމީ…” ޒިޔާނާ ކަޅިޖަހާނުލާ ބަލަން ހުރުމުން ޒާންއަށް ނައިނާގެ އަތަށް ދަމާލެވުނެވެ. އެއާއެކު ނައިނާ، ޒާންއާ އެއްވަރަށް ތިރިވެލިއެވެ. “ދަރިފުޅޫ… އިނގޭތަ… އެއީ ދަރިފުޅުގެ މާމާއޭ… ދެން މީ މަންމިގެ ކޮއްކޮއެއް… ދަރިފުޅުގެ ދޮންބެއެއް…” ޒިޔާނާއާއި ޒިޔާންއަށް އިށާރާތްކޮށް ނައިނާބުނެލިއެވެ. އަދި ޒާންގެ އަތުގައި ހިފައިގެން ގޮސް ޒިޔާންކައިރީ އުނދޯލީގައި ބޭންދިއެވެ. ޒިޔާނާގެ ފަހަތުން ނައިނާ ގެޔަށް ވަންނަން ދިޔައެވެ.
    “މަންމާ… އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މިގެޔަށް ބަދަލުވުމާމެދު… ހައިޒަލްގެ މަންމަވެސް އޯކޭ…” މަޑުމައިތިރި އަޑަކުން ނައިނާ ބުނެލިއެވެ. “އެހެންތަ… މާ ރަނގަޅަކަށްނު މިވީ… ބައްޕަކައިރި ބުނެގެން މާދަމާ އެއްޗެހިތައް ގެންނަން ވީއެއްނު؟…” ޒިޔާނާގެ އަޑުގައި އާދަޔާ ޚިލާފު އުފާވެރި ކަމެއް ވިޔެވެ. އެއާއެކު ނައިނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ ޒިޔާނާ، އެނާ އެގެޔަށް ބަދަލުވާން ބޭނުންވާ މިންވަރު އިނގުމުންނެވެ.
  • “މަންމީ… ބަލާ…” ބަދިގެއަށް ވަދެގެން އައި ޒާންގެ އަތުގައި ބައިވަރު ލޮލީޕޮޕް ތަކެއް ހުއްޓެވެ. އެކުޑަ ކުއްޖާގެ މޫނުމަތިން އުފާވެފައި ހުރި މިންވަރު އެއްވެސް ހުރަހެއްނެތި ފާޅުވާން ހުއްޓެވެ. ނައިނާ، ޒާންއާ އެއްވަރަށް ތިރިވެލަމުން ކާކުތޯ ދިނީ އެއްސެވެ. “ދޮންބެ…” އަންނާރު އޮށްތަކެއްފަދަ ކުދިކުދި ދަތްތައް ދައްކާލަމުން ޒާން ބުނެލިއެވެ. މިހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޒާން، ޒިޔާންއާ ގުޅުވާލާފިއެވެ. ޒާންގެ ވާހަކަތަކުން އެހިތުގައި ޒިޔާންއާ މެދު ލޯބި އުފެދިއްޖެކަން ޔަގީނެވެ.
  • ޒިޔާނާގެ އާއިލާއާ އެކު މުޅި ދުވަސް ހޭދަކުރުމަށްފަހު ނައިނާ އެގެއިން ނުކުތީ އިރު އޮއްސެން ވެފައި ހުއްޓައެވެ. އެގެއިން ނުކުތީއްސުރެ ޒާންގެ އަނގަ އެންމެ ހިނދުކޮޅަކަށްވެސް ނުހުއްޓެވެ. ދޮންބެއާ ކާފަގެ ވާހަކަ ހުއްޓާނުލާ އެކުއްޖާ ދައްކަމުން ދިޔައެވެ. ހަމަ ރަނގަޅަށްވެސް ޒާންގެ ހިތް މުޅި އެގެއަށް ޖެހިއްޖެއެވެ.
  • * * * * * * *
  • އެޕާރޓްމެންޓް ދޮރު ހުޅުވުނު އަޑަށް ސޯފާގައި ކަމެއް ނެތިފައި އޮތް ހައިޒަލް ފުންމައިގެން ތެދުވިއެވެ. ދޮރު ހުޅުވާލިތާ އިރުކޮޅެއްނުވެ ޒާންގެ ހުނުމުގެ އަޑުން މުޅިގެ ގުގުމާލިއެވެ. “ދަރިފުޅާ… ދޭ ފެންވަރަން… މަންމި ފެން ބޯލައިން އެބަ ދަން…” ޒާންގެ ބޮލުގައި ފިރުމާލަމުން ނައިނާ ބުނެލިއެވެ. އެއާއެކު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ހިނގައިގަތެވެ. ފުރުސަތަކަށް ބަލަބަލާއިން ހައިޒަލްއަށް ރަނުގެ ފުރުސަތެއް ލިބުނު ކަހަލައެވެ. ލަސްހަރަކާތަކާއެކު ފެންބޯން ހުރި ނައިނާގެ ފަހަތުން ހައިޒަލް ބައްދާލިއެވެ.  ފަހަތަށް އެނބުރިލުމަށް ފަހު ލުއި ހީލުމަކާއެކީ ނައިނާ ހައިޒަލްގެ ކޮލަށް ބޮސް ދިނެވެ. “އައި މިސް ޔޫ ޕްރިންސެސް…” ނައިނާގެ ކަނދުރާގައި މޫނު ފޮރުވާލަމުން ވައި އަޑުން ހައިޒަލް ބުނެލިއެވެ. “މިސް ޔޫ ޓޫ ހައި…” ލަދުވެތި ކަމާއެކު ނައިނާ ޖަވާބު ދިނެވެ. “އޯވ… ލަދުގަތީތަ؟.. ލަދުގަތީމަ އަހަރެންގެ ނެއިން މާ ލޯބި…” ނައިނާ އިތުރަށް ލަދުގެންނެވުމުގެ ބޭނުމުގައި ހައިޒަލް ބުނެލިއެވެ. އެއާއެކު ނައިނާ، ހައިޒަލްގެ ނަމަށް ދަމާލަމުން ގޮވާލިއެވެ. “ޒާން ފެންވަރުވާ ހަދަން މިދަނީ… އައިއްސަ ކާން ހަދާނެން އިނގޭ…” ކޮޓަރިއާ ދިމާލަށް މިސްރާބު ޖަހަމުން ނައިނާ ބުނެލިއެވެ.
  • ޒާން ފެންވެރުވުމަށްފަހު ނައިނާވެސް ފެންވަރާ ތާޒާވެލިއެވެ. އަޅިފެހި ކުލައެއްގެ އަތް ކުރު މަތި ކޮޅަކާއި ކަޅު ޓައިޓެއްގައި ނައިނާގެ ރީތިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެ ފަން ދިގު އިސްތަށި ގަނޑު ހިއްކަމުން އެނދުމަތީ ޖައްސާލި ވަގުތު ޓަކި ޖަހާލުމަށްފަހު ރިހާނާ ވަނެވެ. އެއަޑަށް ފޮތުގައި ކުރަހަން އިން ޒާންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. “މާމާ…” ރިހާނާއަށް ގޮވާލުމަށްފަހު އަނެއްކާވެސް ކުރަމުން ދިޔަ މަސައްކަތަށް ޒާން ރުޖޫއަވިއެވެ.
  • “ކިހިނެއްހަދަން ނައިނާ ތި ވިސްނަނީ؟… މިބުނީ ޒިޔާނާ ކައިރިއަށް ދަނީހޭ ނޫނީ މިގޭގަ މަޑު ކުރަނީ ހޭ؟…” ނައިނާއަށް ބަލާލަމުން ރިހާނާ މަޑުމައިތިރި ކަމާއެކު އެހިއެވެ.
  • “އެގެޔަށް ބަދަލުވާނީ… ޒާން މިހާރު މަންމަ މެންނާ ގާތްވެސް ވެއްޖެ… ހާއްސަކޮށް ޒިޔާންއާ…” ޒާންއަށް ބަލަން އިނދެ ނައިނާ އިއްވާލިއެވެ. “އަނެއްކާ އަހަރެންނާއި ހައިޒަލް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރު މިގޮތަށް އެއްގެޔަކު އުޅުމަކީ އަހަރެންނަށް އެހާ ކަމުދާ ކަމެއްނޫން… އެކަމަކު ދޭތެރެ ދޭތެރެއިން މިގެޔަށް އަންނާނެން އިނގޭ… މަންމަވެސް ހައިޒަލްވެސް ބޭނުން އިރަކު ޒާންއާ ބައްދަލު ކުރެވޭނެ…” ނައިނާ ވާހަކަ ދައްކާ ނިމުމާއެކު ރިހާނާ، ނައިނާގެ ގައިގާ ބައްދާލިއެވެ.
  • “މާމަގެ ޒާން… އާދެބަލަ މާމަ ކައިރިއަށް…” ރިހާނާ، ޒާންގެ ސަމާލުކަން ހޯދިއެވެ. އެއާއެކު ޒާން ދުވެފައި އައިސް ރިހާނާގެ އުނގަށް ވަނެވެ. “މާމަގެ ދޮންދޫނި މަތިން ވަރަށް މިސް ވާނެ އިނގޭ… މާމަ ކައިރިއަށް އަންނައްޗޭ އިނގޭ…” ޒާންގެ ބޮލުގައި ފިރުމަމުން ރިހާނާ ބުނެލިއެވެ. އެއާއެކު ޒާން ހީލަމުން ބޯ ޖަހާލިއެވެ.
  • =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

މިހިތައް ލޯބިދޭށޭ – 04 ބައި

Next

ހިތް އެދޭހާ ކަމެއް.. (3 ވަނަބައި)

Next
November 23, 2025

ހިތް އެދޭހާ ކަމެއް.. (3 ވަނަބައި)

Previews
November 23, 2025

މިހިތައް ލޯބިދޭށޭ – 04 ބައި

10 Comments!

  1. Nai_73 says:
    November 23, 2025 at 1:58 pm

    Masha Allah mi part ves Vrh reethi umeedhu kuran dhen huri part thah Avahah kiyaalan libeyne kamah
    Lyyy❤️

    1. Eesh Eesh says:
      November 23, 2025 at 3:29 pm

      Thankyouu💗
      IA mi week thereyga kiyaalan libeyne
      Lym??

  2. Nigga says:
    November 23, 2025 at 7:10 pm

    Maasha allah keep it up eesh🥹💗

    1. Eesh Eesh says:
      November 23, 2025 at 8:07 pm

      Thankyouu💗

  3. herr🥀 says:
    November 30, 2025 at 6:44 pm

    Masha allah when next??? can’t waittt

    1. Eesh Eesh says:
      November 30, 2025 at 11:22 pm

      insha’Allah soon💗

  4. riny💙 says:
    November 30, 2025 at 6:46 pm

    OMG naazih is back.. anekkaa keehkuran baa? when nexttt?

    1. Eesh Eesh says:
      November 30, 2025 at 11:23 pm

      hehehe let’s see dhw naazih e aee keehkuran thw. insha’Allah next ep soon💗

  5. Aiman says:
    December 31, 2025 at 12:59 pm

    Masha Allah what’s next!!!!

    1. Eesh Eesh says:
      December 31, 2025 at 8:23 pm

      Submit koffa innaanee mhr ekm adhi upload nuvegen miulheny

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 12←


All Right Reserved!