**************************** ކޮލެޖްއަށް ދާން ނުކުތް ޔަނާ އަތުކުރީގައި އަޅައިފައިއޮތް ގަޑިއަށް ބަލައިލަމުން ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ކޮލެޖް ހުންނަނީ ގެޔާއި ފުދޭވަރަކަށް ކައިރިޔަށް ވުމުން އޭނަ ގެއިން ނުކުތީ އެކަންޏެވެ. ހަލުވިކަމާއިއެކު އަޅަމުން ދިޔަ ފިޔަވަޅުތައް ދުވުމަކަށް ބަދަލުވީ މާ ބޮޑަށްވެސް ވަގުތުކުޑަތަން ވުމުންނެވެ. ތެޅެމުންފޮޅެމުން ކަހަލަ ގޮތަކަށް ދުވެފައި އައިސް ކޮލެޖްތެރެއަށް ވަން އިރު މުޅި ތަން އޮތީ ހިމޭންވެފައެވެ.ހީވާ ގޮތުން ހުރިހާ ކުދިން ކިލާސް ތަކަށް ވަނީއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލުމަށްފަހު ޔަނާ ދުއްވައިގަތީ ކުލާހަށް ވަނުމަށްށެވެ. ނަމަވެސް އެވަގުތު އައިނައިތަނެއް ނޭނގި ކުރިމަތީގައި ހުރި މީހާގެ ގައިގައި ޖެހި އޭނަ ވެއްޓެން ދިޔައެވެ. ބިންމަތީގައި ޔަނާގެ ތުނި ހަށިގަނޑު ޖެހުމުގެކުރިން އެމީހަކު ޔަނާގެ އަތުގައި ހިފަހައްޓައިލިއެވެ. ވެއްޓިދާނެ ކަމުގެ ބިރާއެކީ ދެލޯތަގުޅިކޮށްގެން އޮތް ޔަނާ ދެލޯ ހުޅުވައިލީ އޭނަ ނުވެއްޓޭކަން ޔަގީންވުމުންނެވެ. އެވަގުތު ކުރިމަތިންފެނިގެން ދިޔަ ސޫރައާއި އެކީ އޭނަ ލާން އުޅުނު ނޭވާވެސް ހުއްޓުން ފަދައެވެ. ހާދަ ހިތްގައިމެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކްރީމް ކުލައިގެ ފަޓުލޫނެއްގައި ލައިގެން ހުރި މި ޒުވާނާ ހާދަ ސްމާޓޭ ޔަނާގެ ހިތަށްއެރިއެވެ. ޒަމާނީ ރީތި ސްޓައިލް އަކަށް އިސްތަށިގަނޑު ހިތްލައިލައިފައިވީއިރު ގަމީހުގެ އަތުކުރި އުޅަނބޯޓާއި ހަމަޔަށް އޮޅައިލައިފައި އޮތުމުން އޭނަގެ ސްމާޓްކަން އިންތިހާއެވެ. އެޒުވާނާގެ އަތުގެ ތެރޭގައި ހަތްޔަރުވެފައިއޮތް ޔަނާގެ މަޑުއަތްތިލަ ފިނި ވެގެން ގޮސް ހީވަނީ ވިރިގެން ހިނގައިދާނެ ހެންނެވެ. ފަރުވައިކުޑަގޮތަކަށް އެޒުވާނާ އޭނަގެ އަތްނައްޓައިލުމުން އެކަމަށް ނުވިސްނާ ހުރި ޔަނާ ގޮސް ޖެހުނީ ބިންމަތީގައެވެ. ގަބޫލު ނުކުރެވޭފަދަ ގޮތަކަށް އޭނައަށް އެޒުވާނާއަށް ބަލައިލެވުނުއިރު މޫނުމަތިން އެއްވެސް އަސަރެއް ދެއްކުމެއްނެތި ދެޖީބަށް އަތްޖަހައިލައިގެން ހުރެ އޭޒުވާނާ ހިނގައިގަންފިއެވެ. އުނަގަޑަށް އަރައިގެން ދިޔަ ދިލަ ތަދާއިއެކު ކަރުނަތައް ޔަނާގެ ބޮޑު ދެލޮލުގައި ފުރިބާރުވެގެންދިޔައެވެ. އޭއާއިއެކު އޭނަ ތުންފަތުގައި ދަތް އަޅައިލީ ކަރުނަތައް ހިފަހައްޓައިލުމުގެ މަގުސަދުގައެވެ.އެއަށްފަހު ކޮޅަށްތެދުވެ ދަބަސް ކޮނޑުގައި އަޅުވައިލަމުން ހިނގައިގަތީ ވޮޝްރޫމަ އާއި ދިމާލަށްށެވެ. *********************************** “ކީއްވެތަ އިއްޔެ އެހާ އަވަހަށް ދިޔައީ..؟” ކިލާހުން ލިބުނު ހުސްވަގުތުކޮޅުގައި އިވްރާ އަވަސް އަވަހަށް ކިޔާރާއިން ކުރެ އަހައިލިއެވެ. “އިޓަސް އަ ލޯންގް ސްޓޯރީ..ކިޔާދޭނަން އިނގޭ!” ލިޔަން އިން ފޮތް ލައްޕައިލަމުން ކިޔާރާ އެހެން ބުނެލުމާއިއެކު އިވްރާ ހަނދާންވީ ޔޫހާންމަތިންނެވެ. […]
ސޯފައިގެ ކައިރީގައި ޒުކާއާއި ދިމާލަށް ގުދުވެގެން އެއޮތީ ޒާއިޝްނޫން އިތުރު މީހެއްނޫނެވެ.ފަރުވާކުޑަ ނަޒަރެއް އިވްރާއަށް ދިނުމަށްފަހު ޒާއިޝް ޒުކާ ގޮވައިގެން އޭނަގެެކޮޓަރިއަށް މިސްރާބްޖެހީ ތުއްތު ޒުކާ ހެއްވައިލަމުންނެވެ.އިވްރާގެ ހިތުގައި ހީވީ މީހަކު ހިފާ ޗިސްކޮށްލިހެންނެވެ.އިހުތިޔާރަކާއި ނުލާ އެދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.ޒާއިޝް އަކީ މީހެއްގެ ހައްގަކަށް ވެފައި އޭނަގެ ދަރިޔަކު ހުރެދާނެ ކަމަކަށް އޭނަ އެއްގޮތަކަށްވެސް އުއްމީދެއްނުކުރެއެވެ. ޖެހި ބުދެއްހެން ޒާއިޝް ދިޔަދިމާލަށް ވޭނުނުން ފުރިގެންވީ ނަޒަރަކުން އޭނައަށް ބަލަހައްޓައިގެން އިނދެވުނީއެވެ.އެވަގުތު ކިޔާރާ ކޮޓަރިންނުކުމެ ބާރަށް އިވްރާއަށް ގޮވައިލުމުން އަވަސްއަވަހަށް އޭނަ ކަރުނަތައް ފޮހެލުމަށް ފަހު ކުޑަކޮށް ހަމަޖެހިލަމުން އެދިމާލަށް ހިނގައިގަތެވެ.”ކޮބާ ޒޫކީ..”ހުސްއަތާ އިވްރާއަންނަތަންފެނި ކިޔާރާ އަހައިލިއެވެ. “މީ..މި.”އިވްރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.”ދޮންބެ ގެންދިޔައީތަ؟”ކިޔާރާ އޭނައަށް ހީވިގޮތް ބުނެލިއެވެ.އެއާއިއެކު ކުޑަކޮށް ސިހިފައި އޭނަ ކިޔާރާއަށް ބަލައިލީ ޒާއިޝްއަކީ ކިޔާރާގެ ބޭބެކަން އެނގުނީމައެވެ. ހިންދިރުވައިލަމުން އިވްރާ ކިޔާރާގެ ސުވާލަށް ބޯޖަހައިލިއެވެ.އިވްރާއާއިއެކު ކިޔާރާ އިވްރާމެންގެ ގެއަށް ދާންނުކުތްއިރު ގަޑިން 30 8 ވަނީއެވެ. އެއޮށްހުރިހައި އިރު އެގޭގައި އިވްރާ މަޑު ކުރިއިރުވެސް އެންމެ ފަހަރަކުވެސް ޒާއިޝް ފެނިނުލައެވެ.ރަފީގާ އިވްރާގެ ބުރަކަށީގައި ފިރުމަމުން ގިނައިން އެގެއަށް އައުމަށް ބުންޏެވެ. އިވްރާމެންގެ ގެއަށް ދެކުދިންވެސްދިޔައީ ހިނގައިލައިގެންނެވެ.ގޭގެ ބެލްއާއިއެކު ދޮރުމަތިން ފުރަތަމަ މަރުހަބާކީ ހުދާއެވެ.”އަހަން މީ ކޮން ކުއްޖެ؟”އިވްރާގެ ފަހަތުގައި ހުރި ކިޔާރާ ފެނި ހުދާ އަހައިލިއެވެ.”އެއީ އަޅުގަނޑުގެ ރައްޓެއްސެއް..”އެތެރެއަށް ވަންނަމުން އިވްރާ އެހެން ބުނެލުމުން ކިޔާރާއާއި ހުދާއާއި ދެމެދު ހިނިތުންވުމެއް ހަދިޔާ ކުރެވިގެންދިޔައެވެ.އިރުކޮޅަކު ސިޓިންރޫމަގައި ހުދާއާއި ވާހަކަ ދައްކައިލަން އިނުމަށްފަހު އިވްރާ އާއި ކިޔާރާ ކޮޓަރިތެރެއަށްވަނެވެ. އޭރު އެނދުގައި ދެފައި ވަށްކޮށްގެން ފޯނާއި ކުޅެން ޔަނާއިނެވެ.އިވްރާ އާއި ކިޔާރާ ފެނުމާއިއެކު ބައްތިރީސް ދަތްފެންންވަރަށް ޔަނާ ހިނިތުންވެލިއެވެ. ޔަނާގެ އެހުންނަ އަނގަގަދަ މިޖާޒުގެ ސަބަބުން ޔަނާއާއި ކިޔާރާ ވަރަށް އަވަހަށް ރައްޓެހިވިއެވެ. އިރުކޮޅުކޮޅާ ޔަނާ ބުނެލާ މަޖާ ބަސްތަކުން ކިޔާރާއާއި އިވްރާ ހުންނަނީ ހީ ހީ ހަލާކުވާ ވަރުވެފައެވެ.އިވްރާ އެތަނުން ތެދުވެގެން ދިޔައީ ފެންވަރާލުމަށްށެވެ.އޭރުވެސް ކޮންމެވެސް އޮލަވާހަކައެއްގައި ކިޔާރާއާއި ޔަނާ ތިއްބެވެ. […]
****************************** ކޮލެޖްގެ މައި ދޮރާށީން އިވްރާވަދެގެން ދިޔައިީ ނުތަނަވަސްވެފައިވާ ހިތަކާއިއެކުގައެވެ. އޮފީހުން ކެނޑުމަށްފަހުމިވީ ދެހަފްތާތެރޭ ޒާއިޝްފެންނަމުން ނުދާތީ އެޅަހިތްވަނީ މާޔޫސްވެފައެވެ.އެހެން ނަމަވެސް އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކުރަމުން ވީހާވެސް އެކަން ނުދައްކަވޭތޯ އޭނަ ދިޔައީ މަސައްކަތް ކުރަމުންނެވެ.އެކި އެކި ހިޔާލުތަކުގައި ހުރެ އިވްރާ އޭނާގެ ކުލާސް ތެރެއަށްވަނެވެ. މުޅިންވެސް އައު މޫނުތަކެކެވެ.ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ ބީރައްޓެހި ކަމެވެ.ކުޑަކޮށް ހިނިތުންވެލައިގެން ހުރެ ދެވަނަބަރީގައި އިން ޝީޓްގައި އިވްރާ ހަމަޖެހިލިއެވެ.އެވަގުތު އޭނައާއި ޖެހިގެން އިން އަންހެންކުއަޖާ އިސް އުފުލާބަލައިލިއެވެ. އެއާއިއެކު ދެމީހުންނަށް އެކީހެން ހެވިގެން ދިޔައީ ކުޑަ ހައިރާންކަމަކާއިވެސްއެކީގައެވެ. “ހައި ކިޔާރާ..”އިސްވެ ސަލާމަށް އަތްދިއްކޮށްލަމުން ކިޔާރާ ތައާރަފްވެލިއެވެ. “އިވްރާ”ފުޅާ ހިނިތުންވުމަކާއިއެކު އިވްރާ އެހެން ބުނެލުމާއިއެކު ކުޑަ ހިނދުކޮޅަކަށް ކިޔާރާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އެހެން ނަމަވެސް އަވަސް އަވަހަށް ދެފަރާތަށް ބޯހަލުވައިލަމުން އޭނާވެސް ރައްދުގައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ގަޑިއެއްކޮށް ވޭތުވެގެން ދިޔަ އިރު ގާތް ރަހުމަތްތެރިކަމެއް އިވްރާއާއި ކިޔާރާގެ ދެމެދު އުފެދިގެން ދިޔައެވެ.ކުލާސް ނިމުމާއި އެކީހެން ކިޔާރާ ގެއަށް ދާން ހިނގައިގަތީ އިވްރާ ކުޑަކަމަކު ކުލާހުގައި މަޑުކުރުމުންނެވެ. އެއްއަތުން ދަބަހުގެ ވާގަޑުގައި ހިފަހައްޓައި ލައިގެން އަނެއްއަތުން ފޮތެއް ހިފައިގެން ކޮލެޖްގެ މައި ގޭޓުން ނުކުތް ކިޔާރާގެ ހިނގުމަށް މަޑުޖެހުމެއް އައީ ކޮލެޖްގެ ދޮރުމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގެ މަތީގައި އިން ޒުވާނާފެނިފައެވެ.މަޑު އަޅި ކުލައިގެ ގަމީހަކާއި ކަޅު ކުލައުގެ ފަޓުލޫނެއް ގައި މޮޑެލްގޮތަކަށް އިން އެޒުވާނާފެނި ކިޔާރާގެ ހިތުގެ ވިންދުއަވަސްވެގެންދިޔައެވެ. ވަރަށްނުވާކަމަށް ހެދިލަމުން ދެބުމަގޮށްޖަހައި ގެން ހުރެ ކިޔާރާ ކުރިޔަށް ހިނގައިގަތެވެ. ވަށްކަޅިން ކިޔާރާ އެޒުވާނާއަށް ބަލައިލުމާއިއެކު އެޒުވާނާ ލޮލުގައި އަޅައިފައި އޮތް ކަޅުރޭބަން އަވިއައިނު ކުޑަކޮށްހިއްލައިލަމުން ކިޔާރާއަށް ހީލިއެވެ.އެއާއިއެކު އަތުގައި އޮތް ފޮތަށް ބާރުކޮށްލަމުން ކިޔާރާ އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ.މައުނަވީ ހިނިތުންވމަކާއިއެކު ކިޔާރާ ދިޔަދިމާލަށް ބަލަހައްޓައިގެން އިން ޔޫހާންު ހަޅޭލަވައިގަތީ އިވްރާއައިސް ބާރަކަށް […]
******************************* ޔޫހާންގެ ފަހަތުން އައި އިވްރާ އޭނާގެ ގައިގައި ކޮށްޓައިލުމުން އޭނަ ހިނގައިގަތީ ސައިކަލާއި ދިމާލަށްށެވެ.”މިޔޯ..މީ ކިހިނެއް ވީ ކަމެއް..؟”ޔޫހާން ފެނުމާއިއެކު ހެން އޭނާގެ ޓީޝާޓަށް އިޝާރާތް ކުރަމުން އިވްރާ އަހައިލިއެވެ.ހިނިގަނޑެއް ޖަހައިލަމުން ޔޫހާން ސައިކަލު ސްޓާޓް ކޮށްލިއެވެ. ހައިރާންވެ ހުރެ އިވްރާ ފަހަތު ޝީޓުގައި ހަމަޖެހިލަމުން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ގެޔަށްދިޔަ މަގުމަތީގައި ކުރު ގޮތަކަށް ޔޫހާން ކަންތަށްވީގޮތް ކިޔައިދިނެވެ.އޭރު ފަހަތުގައި އިން އިވްރާ ކެޑި ނޭޅި ހެމުންދިޔައެވެ.”ޕިސްޕިސް ދޮންބެ ނުވާނެ އެއްނުން އެހެން ހަދާކަށް..ހަހަހަ އެނގޭތަ ކުރިން ދުވަހު އިވީއަތުން ފެންފުޅިއެއްވެސް ވެރިއްޖޭއޭ އެކުއްޖާގަޔަށް..”ސައިކަލުން ފައިބަމުން އިވްރާ އެހެން ބުނެލީ ހެމުންނެވެ. ސައިކަލު މަތީއިން ޔޫހާންއަށް އެވާހަކަ އަޑުއިވުމުން ބޭއިޙުތިޔާރުގައި އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އަދި ކުރިޔަށް ހިނގަމުންދިޔަ އިވްރާގެ ފަސްފަހަތުން އޭނާޥޭސް ހިނގައިގަތީ އެއް އަތް އޭނާގެ ފަން އިސްތަށިގަނޑުގެ ތެރެއަށް މަހައިލައިގެން ހުރެއެވެ. ****************************** ރޭގަނޑުގެ ހަލަބޮލިވަގުތުގައި މަޖީދީމަގުގައި މީހުން ހޭލަމޭލަވަމުންދާލެއް މަދެއްނޫނެވެ.ކާރޫ ބާރޫ ބޮޑު މަގުގައި އުޅަނދުތައް ތޮއް ޖެހިފައި އޮތީ މަގުގެ އެއްފަރާތުގައި ހުރި ޓްރެފިކް ލައިޓްއުން ރަތްކުލަ ދައްކަމުންދިޔައީތީއެވެ. ވެހިކަލްތކުގެ ބަރުގޮނުއަޑާއި މަގުމަތީގައި ތޮއްޖެހިފައިތިބި ގިނަ ބައެއެއްގެ އަޑުން މުޅި ފަޒާވަނީ ގުގުމާލާފައެވެ.ފެހިސިގްނަލް އާއިއެކު ވެހިކަލްތައް ބޫންލާފައި އެއްޗެއްގެ މަަންޒިލަށް ވާސިލްވުމަށް އަވަސްވެގަތެވެ.ކަޅުކުލައިގެ ޕޮރައިވެޓް ކާރެއްގައި އިންޒާއިޝް ބާރު ސްޕީޑުގައި ކާރު ދުއަވަމުންދިޔައީ އެއްވެސް އެއްޗަކަށް ސަމާލުކަން ނުދީއެވެ.އޭރު އެރީތި ދެލޯ ކަރުނުންފުރި ބާރުވަމުން ދިޔައިރު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ފުސްވަމުންދިޔައެވެ. އެއްއަތުން ލޮލުންފޭބި ކަރުން ފޮހެލަމުން ހިނިތުންވާން އޭނަ މަސައްކަތް ކުރިއެވެ. ދުއްވަމުންދިޔަ ސްޕީޑް ދައްކުރުމެއްނެތި ޖެހިގެން ހުރި ގޯޅިއަށް އަޅައިލީ ކެތްތެރިކަން ކުޑަވެހުރެއެވެ.އެވަގުތު ކުރިމަތިން ދުވަމުން އައި އަންހެންކުއްޖެއްގެ ގައިގައި ކާރުޖެހި އެކުއްޖާ ބާރަށް ވިއްސައިގެން ގޮސް ޖެހުނީ ޕާކްކޮށްފައި އޮތް ޕިކޕެއްގެ ބުޑަށްށެވެ. ފަޅި ސުކުންތުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ވެނިމުނުއިރު ޒާއިޝްއަށް އިނދެވުނީ ހުންގާނު ގައި ހިފަހަށްޓައިގެން އިންގޮތަށް ގަބު އަރައިފައެވެ. […]
ނުހާ އިޝާރާތްކުރި ދިމާލަށް އިވްރާ ބަލައިލުމާއިއެކު އޭނަ ބޭރުކޮށްލަން އުޅުނުނޭވާވެސް ކަރުގައި ތާށިވިފަދައެވެ. ކައިރީގައިތިބި އެންމެން ފުސްވެ އޭނާގެ ލޮލިގެ ފޯކަސް ހަމައެކަނި ސްޓޭޖް މަތީގައިހުރި ޒާއިޝްއަށް ހުއްޓެންނެގީ މަދު ސުކުންތުކޮޅެކެވެ.ވަށައިގެންވި އަޑުތަށްކެޑި ހުރީހާ މަންޒަރެއް ސްލޯ މޯޝަންގައި ފެންނަންފެށިއިރު ކަންފަތް ވެސް ބަންވެފައިވާފަދައެވެ. ިޖޯޑުކޮށްލެވިފައިވާ އިވްރާގެ މަޑު ދެއަތް ތިލަ ފިނިވަމުންގޮސް ގަޑުފެންކޮޅަކަށް ވެގެންދިޔައިރު މޭހަށިގަނޑު ފަޅާފައި ނިކުންނަންއުޅޭ ހެންހީވީ ހިތުގެ ތެޅުން ބާރުވެފައިވީ މިންވަރުންނެވެ.ކުޑަކޮށް ދެލޯބޮޑުކޮށްގެން އިނދެ ކުރިމަތީން ފެންންމުންދިޔަ ޒުވާނާއަށް ކަޅިޖަހައިނުލާ އިވްރާއަށް ބެލެމުންދިޔައެވެ. ކަޅުކުލައިގެ ޝޫޓެއްގައި ފެންނަންހުރި އެފުރިހަމަ އިންސާނާއަކީ އޭނާގެ އުމުރުން މިވީ 20 އަހަރުދުވަހުގެ ތެރޭގައިވެސް އޭނާގެ ހުވަފެނަކުންވެސް ނުދެކޭފަދަ ހިތްގައިމު ޒުވާނެކެވެ.އިވްރާ އަށް ހޭވެރިކަންވީ ކައިރީގައި އިން ނުހާ ބާރަކަށް ވިކައިލުމުންނެވެ.ކުޑައާހަކާއިއެކު އިވްރާ ނުހާއާއި ދިމާލަށް ބަލައިލިއިރު ދީވާނާ އެއްފަދައިން ޒާއިޝްއަށް ބަލަހައްޓައިގެން އޭނަ އިންތަންފެނި ފުންނޭވާއެއް ދޫކޮށްލެވުނެވެ.އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވަމުން އިވްރާ ފޯންއަށް ނަޒަރު ހުއްޓައިލީ ނިޔާން މަތިން ހަނދާންކޮށްލަމުންނެވެ. ޒާއިޝް ސްޓޭޖްމަތިން ފައިބަންދެން އިވްރާ އެއިން ގޮތަށް އިސްޖަހައިލައިގެން އިނެވެ. “އެބައަންނަން ވޯޝް ރޫމްއަށް ގޮސްލައިފަ.” ނުހާގެ އަތުގައި ކޮށްޓައިލުމަށްފަހު އިވްރާ ހަރުހިނގުމެއްގައި ހިނގައިގަތެވެ.ބާރުހިނގުމެއްގައި ދިޔައިވްރާގެ ގައިގައި މީހެއް އަޅައިގަތުމުން ފައިކަހާލައި އޭނާ ވެއްޓެންދިޔައެވެ.އެހެންނަމަވެސް ބާރުގަދަ ދެއަތަކުންއޭނާގެ ހިމަ އުނަގަނޑުގައި އަތްވަށައިލާ އެމީހަކެއްގެ ގަޔާދިމާލަށް ދަމާލައިފިއެވެ. ބާރު ސްޕީޑުގައި ގޮސް އިވްރގެ މޫނު އެމީހެއްގެ މޭގައިޖެހުނުއިރު އޭނާ ޖަހައިފައި ހުރި ޓޮމީބަހާމާ ސެންޓުގެ ވަސް އިވްރާގެ ނޭފަތުގައި ހިފައިލިއެވެ.ދެލޯމަރައި ތަގުޅިކޮށްގެން ހުރި އިވްރާ މަޑުމަޑުން އޭނާގެ އެސްފިޔަތަށް އުފުލައިލާ އެމީހަކާއި ހަތަރުކަޅިހަމަ ކުރި ގަޑިއަކީޖެހުން ވައިރޯޅިއަކާއިއެކު އޭނާގެ ޝޯލް އަނގަމަތީގައި އެޅުނު ވަގުތެވެ. އޭރު އިވަރާގެ ހިތް އޮބިނޯވެ ތެޅި ފޮޅެމުންދިޔައެވެ.ފުން ކަނޑެއްފަދަ ޒާއިޝްގެ ތޫނު ދެލޯ އިވްރާގެ ގަދަ އަޅިކުލައިގެ ލޮލާއި ބައްދަލުވެގެން ދިޔައިރު އިވްރާގެ މުޅި ހަށިގަޑުން ހީބިހި ނަގައިގެން ދިޔައެވެ. […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އޮއްސެމުން ދިޔަ އިރުގެ ރަންދޯދިތައް އަތިރިމަތީގެ ދޮން ފަސްގަނޑުގައި ފެވެމުންދިޔައިރު ސާފު ބިއްލޫރި ކޮޅެއްފަދަ ލޮނުގަނޑުގައި ފެވިފައިވި އޮރެންޖްއާއި ރަތްކުލައިގެ އަސަރު އުނޑުމަތީގައި ހަރަކާތްތެރިވަމުން ވަމުންދިޔަ ވިލާތަކަށްވެސްކުރެއެވެ. މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ޖެހިލިމަޑު ވައިރޯޅިއެއް އިވްރާ އަޅައިގެން ހުރި ގަދަ އަޅިކުލައިގެ ޝޯލް އާއި ސަމާސާކޮށްލުމުން އިވްރާ އޭނާގެ ކަނާތު ކޮނޑުގެ އަރިމަރިން ވައްޓައިލެވިފައިވި ޝޯލްގެ ބައިގައި ހިފަހައްޓައިލިއެވެ.ރާޅުޖަހާ ފަށުގައި ޔަނާ އެކި ގޮތްގޮތަށް އިރުއޮއްސެމުން ދިޔަ މަންޒަރު ފޯނުގައި ރައްކައިކުރަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިވްރާ ހިނިތުންވެލައި އޭނާގެ ކަޅުކަންގަދަ ދެލޯމަރައިލިއެވެ.”ކުޑާ… ހިނގާދަމާ”ޔަނާއައިސް ޖޯލީގައި އިން އިވްރާގެ ފައިގައި ކޮށްޓައިލިއެވެ.އަތުގައި އޮތް ފެންފުޅިން ކޯވަރެއްދަމާލަމުން އެނބުރުނު ގަނޑީގައި މީހެއްގެ ގައިގައި އަޅައިގަނެ ފެންފުޅިން ބޮޑުބައެއް އެމީޙެއްގެ ގަޔަށް އެޅިގެންދިޔައެވެ. “އޯ..މައި ގޯޑް..އައޭމް ސޯ ސޮރީ”ހާސްވެފައި ހުރި އިވްރާ ކުރިމަތީގައި ހުރި އަންހެންކުއްޖާ އަށްބަލައިލަމުން ބުނެލިއެވެ.”ނޯ..ހެހެ..އިޓްސް އޯކޭ..” ހިތްހެޔޮ ހިނިތުންވުމަކާއިއެކު އެކުއްޖާ ބުނެލީގައިގައި ހުރި ފެންފޮދު ފޮޅައިލަމުންނެވެ. “ހިއާރ..”އެވަގުތު ޔަނާ އަތްދަބަހުން ދެތިން ޓިޝޫ ނަގައި އެކުއްޖާއަށް ދިއްކޮށްލިއެވެ. **************************** “އަހަ..މިއޮއް އައީނުން..ކިޔާ ކިހިނެއް ހަދާފަ ތިހުރީ..؟”ސޯފައިގައި ލެޕްޓޮޕް ހިފައިގެން އިން ޒާއިޝް ގޭތެރެއަށް ވަދެގެން އައި ކިޔާރާއަށް ބުނެލިއެވެ.”އެއީ ދެންމެ ކުއްޖަކު އަތުން ފެންފޮދެއް އެޅުނީ..” ކިޔާރާ ޒާއިޝްއަށް ރައްދުދިނެވެ. “މަންމަ ތަނަކަށް ދާން އުޅޭތީ..ކިޔާ ހޯދަން އުޅެނިކޮށްތިއައީ…”ޒާއިޝް ޓައިޕް ކުރަން އިނދެ ބުނެލިއެވެ.”އެހެންތަ..ކޮބާ ޒޫކީ.؟” ދެކޮޅުބަލައިލަމުން ކިޔާރާ އެއްސެވެ. “މަންމަ ކޮޓަރީގަ”ޒާއިޝް ޖަވާބު ދިނުމާއިއެކު ކިޔާރާ ސިޑިން އަރައިގެން ދުއްވައިގަތެވެ. *************************** “އާދެ..ޝުކުރިއްޔާ” ކިންފަތުގައި ފޯން ޖަހައިގެން ހުރެ އިވްރާ ބުނެލިއެވެ.އެވަގުތު ކައިރީގައި ހުރި ޔަނާ އަތުގެ އިޝާރާތުން ކިހިނެއްވީހޭ އަހައިލީ ކެތްތެރިކަން ކުޑަގޮތަކަށްށެވެ.”ޖޮބް ލިބުނީ..” ފޯން ކަނޑައިލަމުން އިވްރާ ބުނެލީ އޭނާގެ ކުދި ދަތްތައް ދައްކައިލަމުންނެވެ.އެއާ އިއެކު ޔަނާ ތޫލިއަޑަކުން ލަޅޭލަވައިގަންނަމުން އިވްރާގެ ގައިގައި ހިފައިގަތެވެ.”ކިހިނެއް ވެގެން މިއުޅެނީ..؟”އެވަގުތު އެކޮޓަރި ދޮރުމަތިން ހުރަސްކުރި ޔޫހާން ކޮޓަރިތެރެއަށް ދެމިގަތެވެ. “ކުޑާއަށް ޖޮބްލިބުނީ..”ޖަވާބުދޭން އިވްރާ އަނގަހުޅުވައިނުލެވެނީސް ޔަނާ ހަޅޭލަވައިގަތެވެ. “ވާއޫޫޫޫޫޫއޫއޫ..ދެޓްސް ގުްރޭޓް ކޮންގްރެޓްސް […]
ހުދާއި މަޑު ކްރީމް ކުލައިން ފަރުމާ ކުރެވިފައިވާ ތަނަވަސް ބޮޑުު ކޮޓަރީގެ ކިންގްސައިޒް އެނދުގައި އޮތް ނިޔާންގެ ތުންފަތްމަތީގައި ވީ ފުން ހިނިތުންވުމެކެވެ. ފޯނަކަންފަތުގައި ޖަހައިލައިގެން އެކޮޅުން ދައްކަމުން ދިޔަވާހަކައަށް ކަނުލާއަޑު އަހަމުން ދިޔައިރު އެ މޫނުމަތީގައިވި ހަމަޖެހުން ހެކި ދައްކަނީ ފޯނުގެ އަނެއްފަރާތާއި އޮތްގާތް ގުޅުމެވެ.އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު އެތެރެއަށް ވަން ނަވާއަށް ނިޔާންގެ ނަޒަރު ހުއްޓުނެވެ.”ދޮންބޭ..މަންމަ ބުނީ ކާން..”ނަވާގެ ޖުމްލަ މެދުކެނޑުނީ ނިޔާންގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފެނިފައެވެ.”އިވީ ތަ؟”ފޯނައަށް އިށާރާތް ކުރަމުން ނަވާއަހައިލީ ލާނެތް ގޮތަކަށްށެވެ. އެއާއިއެކު ނިޔާން ބޯޖަހައިލަމުން ފޯން ސްޕީކަރ އަށްލިޔެވެ.”އިވީ ހަބަރެއްވެސް ނުވެވޭ އެއްނުން ކަމަނާއަކަށް މާލެ އެރުނީމަ..” ފުރަތަމަވެސް ނަވާކޮށްލީ ޝަކުވާއެވެ.”ސާބަހޭ ނަވްް..އަދި މިއުޅެނީމާލެ އައިފަހުން ފައިން ދޮންވެލި ނުހިކި…އެހާ އަވަހަށް ނަވް މަތިން ހަނދާން ނައްތައިލާނެތަ..”ޗުސް ތަޅައިލަމުން އިވްރާބުނެލިއެވެ.”ނޫން..ދިޔަފަހުން ނުވެސް ގުޅާލާވިއްޔަ..އެކަމް ބަރާބަރަށް މާފޮޅުވާ ވިއްޔަ ދެކުދިން..”ހިނިގަޑެއް ޖަހައިލަމުން ނަވާ އިވްރާއާއި ނިޔާންއަށް ދިމާކޮށްލިއެވެ.އެއާއިއެކު އެނދުގައި އޮތްނިޔާން ތެދުވެ ނަވާއަތުން ފޯންއަތުލަމުން މަޑުމަޑުން ނަވާގެ ނިތްކުރީގައި ޖަހައިލިއެވެ.”އޯކޭ އިވީ ގޯޓަގޯ ޓޭކް ކެއަރ ޕްރިންސެސް ..މިރޭ ގުޅާނަން..”ނިޔާން އެހެން ބުނެލަމުން ފޯން ކަނޑައިލީ އިވްރާ ވެސްއެކަމާ އެއްބަސްވުމުންނެވެ. *************************** ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ.ބެލްކަނީގައި ހުރި އިވްރާގެ ނަޒަރު ހުއްޓިފައިވީ ކާރުބާރު ބޮޑުވެފައިވި މާލޭގެ މަގުމަށްޗަށްށެވެ. ރަށުގެ ހިތްފަސޭހަ މާހައުލާއި އަމާން މަގުމަތި ހިނދާން ވުމުން މާލެއާއި ރަށުގެ ފަރަގާއި މެދު އޭނައަށް ވިސްނައިލެވުނެވެ. އެހެންހުއަޓާ އިވްރާ ސިއްސައިގެން ދިޔައީ ފަހަތުން އައި ޔޫހާންބާރަކަށް އޭނާގެ ކަންފަތް ދޮށުގައި ހަޅޭލަވައިގަތުމުންނެވެ.”ދޮންބޭ”ތުންދަމައިލަމުން އިވްރާ ޔޫހާން އަށް ގޮވައިލީ އަކުރުތަކަށް ދަމައިލަމުންނެވެ.އޭރު ޔޫހާން ގުދަށްއޮވެ ބިދި ބިދިފައި ހެނީއެވެ.އިރުކޮޅަކަު އެހެން އޮވުމަށްފަހު ޔޫހާން ހަށިގަނޑު ސީދާ ކޮށްލިއިރުވެސް އޭނައަށް ހެވެމުންދިޔައެވެ. “ހިނގާ ދާން އިވީ ބަލާ މިއައީ” ހިނިގަނޑު މަތަކުރަމުން ޔޫހާން އެއް ޖީބަށް އަތްޖަހައިލިއެވެ. އޮފީހުގެ ބޮޑު އިމާރާރުގެ ކުރިމަށްޗަށް ސައިކަލު ހުއްޓައިލުމުން ހައިރާންކަމާއި އެކު އިވްރާ ބަލައިލިއެވެ.ހުސް ކަޅުކުލައިގެ […]
އައުދުވަހަކަށް ދުނިޔެ ދޮންކުރަމުން އިރު ފެނުން ތޮޅެލީ އެކިމީހުންނަށް އެކިކުލަތައް ދައްކައިދެމުން ނެވެ.ނޫކުލައިގެ ސާފު އުޑުގައި ތުނިކަފަކޮޅުތަކެއް ހެން އެއްވެސް މިސްރާބެއްނެތި ވިލާތައް ދައުރު ވަމުންދިޔައިރު ޖެހިލާ މަޑުވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ލިއްބައިދެއެވެ.ބެލްކަނީގައި ކޮފީތައްޓެއް ހިފައިގެން ހުރި ޒާއިޝް ފަހު ކޯވަރު ދަމައިލަމުން ކޮޓރިތެރެއަށް ވަދެގެން ދިޔައެވެ.އަޅިކުލައިގެ އަތް ދިގުގަމީހަކާއި ކަޅުގައިގެ ފަޓުލޫނެއްގައި ހުރި އިރު ހެނދުނުގެ މިގަޑީގައި އޭނާ ފެންނަލެއ ނުހަނު ތާޒާ އެވެ.އަލަމާރީން ކަޅުކުލައިގެ ޓައީ އެއްނަގައި ކަރުގައި އަޅައިލަމުން އެނދުމަތީގައި ދެލޯ ބޮޑުކޮށްގެން އޮތް ޒުކާއަށް އޭނަބަލައިލީ ލޯބިންފުރިގެންވީ ނަޒަރަކުންނެވެ. އެ ލޯބިފުއްގަނޑު އަތަށް ނަގައިލުމަށްފަހު އެވަށް ކޮލުގައި ޒާއިޝް ބޮސްދިނެވެ.ޒާއިޝް ޒުކާގެ ކުޑަ ކުޑަ އަތްތިލާ އޭނާގެ އަތަށް ލުމާއިއެކު ޒުކާ ޒާއިޝްގެ އަތުގައި އޭނާގެ ތުއްތު ދެއަތުން ހިފާލަމުން ދިމާކުރީ އަނގައާއި ދިމާލަށްށެވެ. މަޑު ހުނުމަކާއިއެކު ޒާއިޝް އޭނާގެ އަތް ނައްޓައިލަމުން ޒުކާގެ ނިއްކުރީގައި ބޮސްދިނެވެ. އެވަގުތު އެތާއައިސް ހުއްޓުނު ރަފީގާ އަށް މި މަންޒަރު ފެނުމުން އިހުތިޔާރުން ބޭރުގައި އޭނަ އަށް ހިނިތުންވެލެވުނެވެ. އެތަކެއް ދުވަސްތަކަކަށް ފަހު އެދަރިފުޅުގެ މޫނުމަތިން ފެނުން ހިނިތުންވުމުގެ ސަބަބުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އޭނާގެ ހިތަށްވެރިވިއެވެ.”މަންމާ”ޒާއިޝް އެހެން ބުނެލަމުން ދޮރުކައިރިއަށް ހިނގައިގަތީ ޒުކާގޮވައިގެންނެވެ.”ދަރިފުޅު ސައިބޯން ނުނިކުންނާތީ”ހިނިތުންވެލަމުން ޒާއިޝްއަށް ރަފީގާބުނެލިއެވެ.”މިދަނީ..ކޮބާ ކިޔާ”ޒާއިޝް އަހައިލިއެވެ. “ކޮޓަރީގައި”އަލަމާރިން ޒުކާގެ ހެނދުން ކޮޅެއް ނަގަމުން ރަފީގާ ޒާއިޝްއާއި ދިމާލަށް ހިނގައިގަތެވެ. އަދި އަތުގައި އޮތް ހެނދުންކޮޅު ޒާއިޝް އަތަށް ދެމުން އޭނަ އެކޮޓަރިން ނުކުތީ ޒުކާގެ ކޮލުގައި ފިރުމައިލުމަށްފަހުއެވެ.އެއް އަތުން ޒުކާގެ ހެނދުން ކޮޅުހިފައިގެން އަނެއްއަތުން ޒުކާ އުރައިލައިގެން ޒާއިޝް ގޮސް ކޮޓަރިއެއްގެ ދޮރުމަތީ ހުއްޓެލިއެވެ. ދެފަހަރަކު ޓަކި ޖަހައިލުމުން ކޮޓަރީގެ ދޮރުހުޅުވައިލީ އިސްކޮޅުން ކުރު އަންހެން ކުއްޖެކެވެ. ގަދަ ނޫކުލައިގެ ކުރުތާއަކާއި އައިސް ބުލޫކުލައިގެ ޖީންސް އޭނާގެ އޮމާން ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ.ކަޅުކުލައިގެ ކުޑަ ވަށްބުރުގަލެއްގެ ތެރެއިން ފެންނަނީ ނުހަނު އުޖާލާކޮށްށެވެ . “ދޮންބޭ” ހިނިތުންވެލަމުން ކިޔާރާ ޒާއިޝްއަށް ގޮވައިލަމުން އޭނާގެ އުރުގައި އޮތް ޒުކާނަގައި އެ ކޮލުން ބޮޑުދޮނެއް ނެގިއެވެ.”އަން..މިއޮތީ ބޭބީގެ ޑްރެސްކޮޅު..ކިޔާ ސައިބޮއެފިންތަ؟” ޒާއިޝް އަހައިލިއެވެ .”ފަހުންބޯނީ މިވަގުތު ބޭނުމީ ތުއްތި ޖަންބުގަނޑު މޮޑެލަން” ޒުކާ އޭނާގެ މެއާލައި ފިއްތައިލަމުން ކިޔާރާ ބުނެލިއެވެ. އެވަގުތު ތުއްތު ޒުކާ ދެލޯބޮޑުކޮށްލަމުން ކިޔާރާ އަށް ބަލައިލިއެވެ.އެއާއިއެކު ޒާއިޝްއާއި ކިޔާރާ […]
ޖުމައްޔާގެ ކޯލް ނިމުމުން ޒާއިޝް އޭނާގެ ގޮނޑީގައި ހަށިގަނޑު ދަމައިލިއެވެ.އިރުކޮޅަކު އެހެން ވިސްނަންއިނދެލުމަށް ފަހު އޭނާ ގޮނޑިން ތެދުވެ ޖުމައްޔާގެ ކެބިންއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.ޓަކި ޖަހައިލުމާއިއެކު އެތެރެއިން ވަންނަން ހުއަދަދިނުމާއިއެކު ޒާއިޝް އެތެރެއަށް ވަނެވެ. އޭރު ޖުމައްޔާއިނީ އޭނާގެ އިތުގައި އޮތް ފައިލަށް ނަޒަރުހުއްޓައިލައިގެންނެވެ . ޖުމައްޔާ ރުންކުރު ގޮތަކަށް އިށީންނާށޭ ބުނުމުން ޒާއިޝް ގޮސް ކެބިންގެ އެއްފަރާތުގައި ހުރި އަޅި ކުލައިގެ ސޯފައިގައި އިށީންދެލިއެވެ.”ޒާއިޝްގެ ސެކެޓްރީ އެއް ހޯދައިފިންތަ؟”އަތުގައި އޮތް ފައިލު ލައްޕައި ލަމުން ގޮޑިންތެދުވެ ސޯފާއާއި ދިމާލަށް ހިނގައި ގަންނަމުން ޖުމައްޔާ ވާހަކަދެއްކީ އަމުރުވެރި ގޮތަކަށްށެވެ.”އަދި ނުހޯދަން”މަޑުމައިތިރިކަމާއިއެކު ޒާއިޝް ބުނެލުމާއިއެކު ޖުމައްޔާ ކަޅި މައްޗަށް ހިންގައިލިއެވެ.”މި އަންނަ ހަފްތާ އަހަރެން މި ދަނީ އޮސްޓްރޭލިއާ އަށް ދާން ..ދެންއާދެވޭނީ 6 މަސްފަހުން..މިފަހަރު އަހަރީ ޖަލްސާގެ ހުރިހާ ކަމެއް ޒާއިޝްއަށް ހަވާލް..ހުރިހާކަމެއްވެސް ހުންނަންވާނީ އަހަރެން ބޭނުންވާގޮތަށް ޕާފެކްޓް ކޮށް..”ހިތްހަމަނުޖެހިފައި ހުރެ ޖުމައްޔާއިއްވައިލި އެވެ se puede encontrar aquí.”އެއާއިއެކު ޒާއިޝް ބޯޖަހައިލީ ޖުމައްޔާގެ ބަހަށް ބޯނުލަނބައިފިނަމަ ވާނެގޮތޮ އޭނައަށް ރަނގަޅަށް އެނގޭތީއެވެ.”ލީވް”އެހެން ބުނެލުމާއި އެކު އަވަސްހިނގުމެއްގައި ޒާއިޝް ކެބިންއިން ނުކުތެވެ.ދޮރުކައިރީ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހަރު ހިނގުމެއްގައި ޒާއިޝް އޮފީހުން ނުކުންނަން ހިނގައިގަތެވެ.ބޭރަށް ނުކުތްއިރު އުޑުމަތީ ބަނަކުރުމުގެ ބުރަ މަސައްކަތުގައި ވިލާތައް އަވަދިނެތި އުޅެމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ބޯކޮށް ވާރޭ ވެހެން ފަށައިފައިނެހެންނެވެ.އެއްފަރާތުގައި ހުރި ޕާކިން ޒޯން ގައި އޮތް އޭނާގެ ކާރަށް އެރުމަށް ޒާއިޝް ހިނގައި ގަތްއިރު ހިމަފޮދުވާރޭ ވެހެން ފަށައިފިއެވެ.ކާރަށް އަރައި ހަމަޖެހިލަމުން އޭނާ ފުންނޭވާ އެއް ދޫކޮށްލި އެވެ.އަދި ޝީޓުގައި ހަމަޖެހިލަމުން ލޯމަރައިލީ އެތެރެހަށީގައި އުފެދެމުން ދިޔަ ތޫފާނަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ. އޭރު ޒާއިޝްގެ ލޮލުގެ ހިމަކޮޅުން ފޭދުނު ކިރުނަތިކި ކަންފަތުގެ ފޫޅާއި ދިމާއިން ހިނދިގެންދިޔައެވެ.އިރުކޮޅަކު އެހެން އޮވެލުމަށްފަހު ހަށިގަނޑު ސީދާ ކޮށްލައި ޒާއިޝް ކުޑަދޮރުން ބޭރުބަލައިލިއެވެ. އޭރު ވެހެމުން ދިޔަ ހިމަފޮދުވާރޭ ބޯކެރިގަނޑަކަށް ބަދަލުވެ ގުގުރަން ވެސްފެށީ އަންނަންއުޅޭ ތޫފާނުގެ އަލާމާތްތައް ދައްކައިދެމުންނެވެ.ހަޔާތަކީވެސް މިކަހަލަ އެއްޗެކެވެ. އޭނާގެ ހަޔާތްވެސް ހިމަފޮދުވާރޭއިން ތޫފާނަކަށް ބަދަލުވީ އޭނަ ހިިވެސްނުކުރާހާ ގޮތަކަށްށެވެ. އޭނާގެ މަޖުބޫރީ ހާލަތު ހިތަށް ވެރިވާ ކޮންމެ […]