*******************************
ޔޫހާންގެ ފަހަތުން އައި އިވްރާ އޭނާގެ
ގައިގައި ކޮށްޓައިލުމުން އޭނަ ހިނގައިގަތީ
ސައިކަލާއި ދިމާލަށްށެވެ.”މިޔޯ..މީ ކިހިނެއް
ވީ ކަމެއް..؟”ޔޫހާން ފެނުމާއިއެކު ހެން
އޭނާގެ ޓީޝާޓަށް އިޝާރާތް ކުރަމުން
އިވްރާ އަހައިލިއެވެ.ހިނިގަނޑެއް ޖަހައިލަމުން
ޔޫހާން ސައިކަލު ސްޓާޓް ކޮށްލިއެވެ. ހައިރާންވެ
ހުރެ އިވްރާ ފަހަތު ޝީޓުގައި ހަމަޖެހިލަމުން
އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.
ގެޔަށްދިޔަ މަގުމަތީގައި ކުރު ގޮތަކަށް
ޔޫހާން ކަންތަށްވީގޮތް ކިޔައިދިނެވެ.އޭރު
ފަހަތުގައި އިން އިވްރާ ކެޑި ނޭޅި
ހެމުންދިޔައެވެ.”ޕިސްޕިސް ދޮންބެ ނުވާނެ
އެއްނުން އެހެން ހަދާކަށް..ހަހަހަ އެނގޭތަ
ކުރިން ދުވަހު އިވީއަތުން ފެންފުޅިއެއްވެސް
ވެރިއްޖޭއޭ އެކުއްޖާގަޔަށް..”ސައިކަލުން
ފައިބަމުން އިވްރާ އެހެން ބުނެލީ ހެމުންނެވެ.
ސައިކަލު މަތީއިން ޔޫހާންއަށް އެވާހަކަ
އަޑުއިވުމުން ބޭއިޙުތިޔާރުގައި އޭނާގެ
ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ.
އަދި ކުރިޔަށް ހިނގަމުންދިޔަ އިވްރާގެ
ފަސްފަހަތުން އޭނާޥޭސް ހިނގައިގަތީ އެއް
އަތް އޭނާގެ ފަން އިސްތަށިގަނޑުގެ ތެރެއަށް
މަހައިލައިގެން ހުރެއެވެ.
******************************
ރޭގަނޑުގެ ހަލަބޮލިވަގުތުގައި މަޖީދީމަގުގައި
މީހުން ހޭލަމޭލަވަމުންދާލެއް މަދެއްނޫނެވެ.ކާރޫ
ބާރޫ ބޮޑު މަގުގައި އުޅަނދުތައް ތޮއް ޖެހިފައި
އޮތީ މަގުގެ އެއްފަރާތުގައި ހުރި ޓްރެފިކް
ލައިޓްއުން ރަތްކުލަ ދައްކަމުންދިޔައީތީއެވެ.
ވެހިކަލްތކުގެ ބަރުގޮނުއަޑާއި މަގުމަތީގައި
ތޮއްޖެހިފައިތިބި ގިނަ ބައެއެއްގެ އަޑުން މުޅި
ފަޒާވަނީ ގުގުމާލާފައެވެ.ފެހިސިގްނަލް އާއިއެކު
ވެހިކަލްތައް ބޫންލާފައި އެއްޗެއްގެ މަަންޒިލަށް
ވާސިލްވުމަށް އަވަސްވެގަތެވެ.ކަޅުކުލައިގެ ޕޮރައިވެޓް
ކާރެއްގައި އިންޒާއިޝް ބާރު ސްޕީޑުގައި ކާރު
ދުއަވަމުންދިޔައީ އެއްވެސް އެއްޗަކަށް
ސަމާލުކަން ނުދީއެވެ.އޭރު އެރީތި ދެލޯ
ކަރުނުންފުރި ބާރުވަމުން ދިޔައިރު ކުރިމަތިން
ފެންނަމުން ދިޔަ މަންޒަރުތައް ފުސްވަމުންދިޔައެވެ.
އެއްއަތުން ލޮލުންފޭބި ކަރުން ފޮހެލަމުން
ހިނިތުންވާން އޭނަ މަސައްކަތް ކުރިއެވެ.
ދުއްވަމުންދިޔަ ސްޕީޑް ދައްކުރުމެއްނެތި
ޖެހިގެން ހުރި ގޯޅިއަށް އަޅައިލީ ކެތްތެރިކަން
ކުޑަވެހުރެއެވެ.އެވަގުތު ކުރިމަތިން ދުވަމުން
އައި އަންހެންކުއްޖެއްގެ ގައިގައި ކާރުޖެހި
އެކުއްޖާ ބާރަށް ވިއްސައިގެން ގޮސް ޖެހުނީ
ޕާކްކޮށްފައި އޮތް ޕިކޕެއްގެ ބުޑަށްށެވެ.
ފަޅި ސުކުންތުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް
ވެނިމުނުއިރު ޒާއިޝްއަށް އިނދެވުނީ ހުންގާނު
ގައި ހިފަހަށްޓައިގެން އިންގޮތަށް ގަބު
އަރައިފައެވެ.
ހޭވެރިކަންވީ މީހެއްފަދައިން އަވަސް އަވަހަށް
ކާރުން ފޭބުމަށްފަހު އޭނާ ދުއްވައިގަތީ
ވެއްޓިފައި އޮތް އަންހެންކުއަޖާއާއި ދިމާލަށްށެވެ.
އޭރު އެކުއަޖާ ކައިރީ އެއްވެފައިތިބި މީހުން
ތަކުގެތެރެއިން ފުރޭނެމުންގޮސް ވެއްޓިފައި
އޮތްކުއަޖާ ނަގައި ތެދުކޮށްލިއެވެ.
“ނޫން..”އެނދުންފުންމައި ކުއްލިޔަކަށް
ޒާއިޝްއަށް ތެދުވެވުނު އިރު މުޅިމީހާ ހުރީ
ދާހިއްލާ ފޯވެފައެވެ.ޒާއިޝްގެ ދެލޯބޮޑުވެފައި
ވީއިރު ހުއްޓުމެއްނެތި އޭނާއަށް މައިނޭވާ
ލެވެމުން ދިޔައެވެ.އެނދާއި ޖެހިގެން ހުރި
ކުޑަ ޓޭބަލް މަތީގައި ހުރި ޖަގުން ފެންފޮދެއް
އެޅުމަށް ފަހު އެއނޭވާއިން ޒާއިޝް ފެންތަށި
ދަމައިލިއެވެ.ކަކުލުގައި އުޅަނބޯށި ވިއްދައިލުމަށް
ފަހު ޒާއިޝް އޭނާގެ ދެއަތުން މޫނު ފޮރުވައިލިއެވެ.
ދިގު އިނގިލިތަކުގެ ދޭތެރެއިން ހޫނު ކަރުނަތައް
ފައިބަމުން ދިޔައިރު އޭނާގެ ވޭނީ މަޑު
ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ހިފައިލިއެވެ
މޫނުމަތިން އަތްނަގައިލުމަށް ފަހު ދެއަތުން
ބޮލުގައި ހިފަހައްޓައިލިއިރުވެސް ކެނޑިނޭޅި
އެދެލޮލުން ކަރުނަފައިބަމުން ދިޔައެވެ.
އެނދުން ތެދުވުމަށްފަހު ގޮށްމުށުގެ ދެތިން
އެތިފަހަރު ފާރަށް ވީއަލައިލަމުން ފާރުގައި
ނިތްކުރި ޖައްްސައިލީ ގޮތްހުސްވެފައިވާ މީހަކު
ފަދައިންނެވެ.
*******************************
“އިވީ..”ފޯނުގެ އަނެއް ފަރާތުގައި ހުރި ނިޔާން
އިވްރާއަށް ގޮވައިލީ މީ 3ވަނަ ފަހަރެވެ.
“ހައް..ކީކޭ؟”ސިއްސައިގެން ދިޔަ އިވްރާ
އަހައިލީ ނުތަނަވަސްކަމާއިއެކުއެވެ.”އިވީ
ވާހަކަ ނުދައްކާތީ މިރޭ..އެހެންނުނީ ގުޅާ
ގޮތަށް އަނގަހުއްޓައިނުލާ ވާހަަކަ ދައްކާ
ކުއްޖެ މިރޭ މާމަޑުން އިންނާތީ..ކިހިނެއް
ވީ އިވީ..ޑިޑް ސަމްތިންގް ހެޕެންޑް..؟”
ނިޔާންގެ އަޑުންއެކަނި ވެސް އޭނަ އިވްރާ
އާއިމެދު ކަންބޮޑުވެފައިވާވަރު ހާމަވެގެން
ދިޔައެވެ.އިވްރާ އޭނަގެ ތުންފަތުގައި ބާރަކަށް
ދަތް އަޅައިލީ އަންނަން އުޅުނު ކަރުންތައް
ހިފަހައްޓައިލުމަށްށެވެ.ހަގީގަތަކީ މިރޭ ޒާއިޝް
ފެނުނީއްސުރެ އެސޫރަ އެހިތުން ފިލައިގެން
ނުދާކަމެވެ.އެނޫން ކަމަކާއިމެދު އޭނައަށް
ވިސްނެމުން ނުދާކަމެވެ.”ނުއް ނޫން..ކަމެއް
ނުވޭ..ކުޑަކޮށް ޓައެޑް އެހެންވެ ކަންނޭނގެ..”
އިވްރާގެ އަޑުއައީ ކުރެހިގެންނެވެ.”އެހެންތަ
އެހެންވިއްޔާ އަވަހަށް ރެސްޓް ކޮށްލާ
ގުޑްނައިޓް ލަވް..”ނިޔާން ފޯން ކަނޑައިލީ
އޭނަ ލޯބިވާކަނވެސް އިވްރާގެ ގާތުގައި
ބުނެލަމުންނެވެ.
ފޯންކަންފަތުން ނައްޓައިލި އިވްރާގެ ބަޑި
ފަޅައިގެން ދިޔައެވެ.ޒާއިޝްއާއިމެދު
ވިސްނަންބޭނުން ނުވިޔަސް އެކަމެއް
އޭނައަށް ވަނީކީނޫންވިއްޔާއެވެ. އެ ޒުވާނާ
ފެނުނީއްސުރެ ލޯކުރިމަތީން އެސޫރަ
ފޮހެވިގެން ނުދެއެވެ.ބެލަކަންޔަށް ޖެހެމުން
މަޑުވައިރޯޅިއާއިއެކު އިވްރާގެ ދެތުންފަތް
ފޫދުއްވައިލާ މަޑުއާހެއް ނުކުމެގެންދިޔައެވެ.
*********************************
“އިވީ ބަލީތަ..”ކެބިން ތެރޭގައި ހަރަކާތްތެިވަމުން
ދިޔަ އިވްރާއަށް ބަލަހައްޓައިގެން އިނދެ
ކަޔާން އަހައިލިއެވެ.އިވްރާ ދެފަރާތަށް
ބޯހޫރުވައިލަމުން ކޮފީތަށި ޒާއިޝްއަށް ދިއްކޮށް
ލިއެވެ.އޮފީހުގައި މަސައްކަތްކުރާތާ ދެހަފްތާ
ވެގެންދިޔައިރު އޭނައާއި ކަޔާންއާ ދެމެދު
އެކުވެރިކަމެއްވެސް ވަނީ އުފެދިފައެވެ.
ކަޔާނައާއި ކުޑަ ވަގުތުކޮޅަކު ވާހަކަ
ދައްކައިލުމަށް އިނުމަށްފަހު އިވްރާ އޭނަގެ
ކެބިންއަށް ދާން ހިނގައިގަތީ ފައިލެއްވެސް
ހިފައިގެންނެވެ. އޭރު ކެބިންގެ ދޮރު
ހުޅުވައިލިވަގުތަކީ ބޭރުންއައިމީހަކު އެދޮރު
އެތެރެއިން ކޮށްޕައިލިވަގުތެވެ.އޭއާއިއެކު
އެމީހެއްގެ ގައިގައި ޖެހި އިވްރާގެ އަތުގައި
އޮތްފައިލް ބިންމަށްޗަށް ވެއްޓުނުއިރު އޭގައި
ހުރި ކަރުދާސްތަށް ޓައިލްސް މައަޗަށް
ފެތުރިގެންދިޔައެވެ.ބެލެންސް ނުކުރެވި
ވެއްޓެމުންދިޔް އިވްރާގެ އަތުގައި ހިފައި
ޒާއިޝް އޭނައާއިގާތަށް ދަމައިލިއެވެ.
އޭރު އޭނާގެ އެއްއަތް އިވްރާގެ އުނަގަނޑުގައި
ވަށައިލެވިފައިވީއިރު އަނެއް އަތްވަނީ
އިވްރާގެ ނާޒުކު އަތްތިލައާއި ގުޅިލާމެހިފައެވެ.
ދިމާކުރިމަތިންފެނުނު ޒާއިޝްގެ މޫނުން
އިވްރާ ލާންއުޅުނުނޭވާ ވެސް ހުއްޓުނު
ފަދައެވެ.ހިތުގެ ތެޅުން ދެގުންއަށްވެގެން ދިޔައިރު
ޒާއިޝްގެ އަތުގެ ތެރޭގައި އޮތް އޭނާގެއަތް
ގަޑުފެންކޮޅެއްހާ ފިނިވެގެން ދިޔައެވެ.
ޒާއިޝްގެ ހާލަކީތޯއެވެ.ކުރިމަތިންފެންންމުން
ދިޔަ ގުދުރަތުގެ ފުރިހަމަ މިސާލަށް ކަޅި
ޖަހައިނުލާ އޭނައަށް ބަލަހައްޓައިގެން
ހުރެވުނެވެ.އޭނަބަލަ ބަލައި ހުއްޓައި އެ
އަޅިކުލައިގެ ބޮޑުދެލޯ ކަރުނުންފުރި ބާރު
ވަމުން ދިޔަތަންފެނި އޭނައަށް އިވްރާގެ
އަތަށް ފިތައިލެވުނެވެ.ތުރު ތުރު އަޅަމުން
ދިޔަ އެމަޑު ފިޔާތޮށިކުލައިގެ ތުންފަތް ފޫދުއް
ވައިލައި ނުކުތް ބަހަކުން ޒާއިޝްގެ ދެލޯ
ބޮޑުވެގެން ދިޔައެވެ.”ފައި..”އިވްރާގެ އަޑުނުކުތީ
ކުރެހިގެންނެވެ.އެއާއިއެކު ޒާއިޝް ތިރިއަށް
ބަލައިލިއެވެ.އޭރު އިވްރާގެ ފައިމަށްޗަށް
އެރިފައި އޭނައަށް ހުރެވުނުއިރު މުޅިމީހާގެ
ބަރުދަން އިވްރާއަށް އިހުސާސް ކުރެވޭނެ
ކަން ގައިމެވެ.ައަވަސް އަވަހަަށް ދުރަށްޖެހިލި
ޒާއިޝް ވަނީ ނުތަނަވަސްވެފައެވެ.އެނާޒުކު
ވަގުތުކޮޅުގައިވެސް އޭނަގއެ ދުލުގައި
ތަޅެއްއެޅުވިފައިވާފަދައެވެ. ދެލޯބޮޑުކޮށްގެން
އޭނައަށް ކުރެވުނުހައިވެސްކަމަކީ އިވްރާގެ
ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރުމެވެ.
ކުޑަކޮށް ތިރިވެލަމުން އިވްރާ އޭނަގެ
ފައިގައި ފިރުމައިލިއެވެ.އަދި އަވަސް އަވަހަށް
ޓައިލްސް މަތީގައި އޮތްކަރުދާސް
ތައްނަގައި ފައިލަށް އެޅުމަށް އަވަސްވެގަތެވެ.
ޒާއިޝްކުޑާކޮށް ގުދުވެލާ އޭނައަށް އެހީވެދޭން
އުޅުމުން އިވްރާ އެކަން މަނާކުރުމަށްފަހު އޭނަ
އަމިއްލައަށް އެކމާއިގެން ކުރިޔަށްދިޔައީ
އަމިއްލަ ހިތުގެ މަށްޗަށް ބާރުފޯރުވޭނެ ކަމުގެ
އެއްވެސް ޔަގީންކަމެއް ނެތީމައެވެ.
ފައިލަށް ގަނޑުތައް އަޅައިލުމަށްފަހު އިވްރާ
ދާން ހިނގައިގަތީ ކުޑަކޮށް ކޮރަމުންނެވެ.
އެވަގުތު ޒާއިޝްއަށް ބޭއިހުތިޔާރުގައި
އިވްރާއާއި ދިމާލަށް އަތް ދިއްކޮށްލެވުނެވެ.
ނަމަވެސް އިވްރާ އޭނަ ފަސްދީފައި އެހުރި
ގޮތަށް ހިނގައިގަތީ ފައިގައި އަޅަމުން ދިޔަ
ވޭނަށް އެއްވެސް ފަރުވާލެއްނެތިއެވެ.
“އޭ މޭން ކިހިނެއްވެފަ ތިހުރީ..؟” އެވަގުތު
ކެބިންއުން ނުކުތް ކަޔާން ޒާއިޝްގެ
ކޮނޑުގައި ޖަހައިލަމުން ބުނެލިއެވެ.
އެއާއިއެކު ޒާއިޝް ދެފަރާތަށް ބޯހޫރުވައިލީ
ކަމެއް ނުވެޔޭ ބުނާފަދައަކުންނެވެ.
*******************************
އިވްރާ އޭނަގެ ކެބިންއަށް ވަންގޮތަށް ގޮނޑީގައި
އިށީނދެ ގުދުވެލުމަށްފަހު ލައިގެން ހުރި
ކަޅުކުލައިގެ އިސްޓާކީން ބޭލިއެވެ.އޭރު އެ
ދޮން ފައި އެކީހެން އޮތީ ރަތްވެ ދުޅަވެފައެވެ.
ފައިގައި އަތްއަޅައިގެން އިނދެ އޭނައަށް
މަޑު އާހެއް ބޭރުކޮށްލެވުނެވެ.އަވަގުތަކީ
ބްރޭކަށް ދިޔުމަށްޓަކައި ޔޫހާން އިވްރާ ބަލައި
އެ ކެބިންއަށްއައިސް ވަން ވަގުތެވެ.
“އިވީ ކިހިނެއްވީ..”ހާސްވެފައިހުރެ
ޔޫހާން އެއްސެވެ. އިވްރާއަށް ބުނާނެ
އެއްޗެއް ނޭނގުނެވެ.”މީ ފައި ފިތުނީ..”
ވިސްނާލަން އިނދެލުމަށްފަހު އިވްރާ ބުނެލިއެވެ.
*****************************
ދުވަސްތައް ހަލުވި ކަމާއިއެކު ވޭތުވަމުން
ދިޔައެވެ.އޮފީހުން ކޮންމެ ދުވަހަކު އިވްރާއަށް
ޒާއިޝް ފެންންމުން ދިޔަނަމަވެސް ނުފެންނަ
ކަމަށް ހަދައިގެން އޭނަ އުޅެމުން ދިޔައިީ ހިތް
މަތީގައި ގާގަނޑެއް ބާއްވައިގެންނެވެ.އެކަމުގެ
ސަބަބުން އޭނަގެ ހިތަށް ކުރަމުންދާ އަސަރު
މާ ބޮޑެވެ. ނިޔާންއަށް ވެސް އިވްރާއަށް
އައި މިކުއްލި ބަދަލު ދަނީ ފާހަގަކުރެވެމުންނެވެ.
އަބަދުވެސް ސަކަ މިޖާޒެއް ގެންގުޅެމުން
އައި އިވްރާ މިހާރު އަބަދުހެން ހިޔާރު
ކުރަނީ ހަމަހިމޭންކަމެވެ.މިކަމާ އޭނާގެ
ހިތް ކިތަންވެ ކަންބޮޑުވިޔަސް އޭނަ
ހިތްހަމަ ޖައްސައިލައިގެން ހުންނަނީ
އޮފީހުގައި އިވްރާ ބިޒީ ވާތީ ވާގޮތެއް
ކަމަށް ނިންމައިގެންނެވެ.”ކޮބާ ރެޖިސްޓޮރޭޝަން
ފޯމް ލައިފިންތަ؟”ހަވީރުގެ ސައިގަނޑީގައި
ގޭގެ އެނަމެން ސަޔަށް އިންސާފް
ކުރަމުން ދިޔަ ވަގުތު ޔޫހާން އިވްރާއިން
ކުރެ އަހައިލިއެވެ.ކުރިމަތީގައި އިން އިވްރާ
ސިހިފައި އިނދެ ކީކޭހޭ އަހއިލެވުނެވެ.
އެއާއިއެކު ޔޫހާން އޭނަ ދެންމެ
ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.
އެވަހާކަށް އަށް އިވްރާ ބޯޖަހައިލިއެވެ.
“އިވީގެ ކިޔެވުން ދެން ފެށޭނީ
ކިހާތާުކު؟”ސައިޖޯޑު ތުބުގައި ޖަހައިލަމުން
ހާލިދް އެއްސެވެ.”މިއަންނަ ހަފްތާ”
ހިނިތުންވެލަމުން މަޑުމައިތިރިކަމާއިއެކު
އިވްރާ ބުނެލިއެވެ.
-“ނުނިމޭ”-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




wooowww vvv salhi mi part vs maasha allah.. vv inthizaar kohli fahun mi part kiyaalan mi libunii.. whn nxt dear? curiously waiting for the nxt part
Hehe naash ge comment fenuneema varah ufaavejje … u r truly supportive … jazaakillah khairan great to hear that u liked this episode and varah bodah sorry madukuran jehuneema actually kudakoh busyy dhuvaskolheh mi dhiyaee… next part will be uploaded soon dear eid Mubarak ???
Maa shaa allah varah reethi mi part vesss??
Salaam readers.. so here is the 11th part of the story… sorry for making u guys wait …. but hopefully next part will be uploaded soon.. feel free to comment.. eid Mubarak ?? stay safe oll ❤
Miy part ves varaaah reethi and varah bodah thankx mikahala cute vaahaka eh genesdheytheeve ?
It’s ok sisoo…eii evaru kameh noonehnu…. This part is also awesome……. Waiting fr nxt…. LYSM sis….. Nd Stay safe
Hehehe jazaakillah khairan kylie
Great to hear that u liked this part ? ly 2 sis ❤