Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..12

Cherrychoppers Level 3100 Login10 Stories100 Comments
May 27, 2020 One Min Read
11 Comments

******************************
ކޮލެޖްގެ މައި ދޮރާށީން އިވްރާވަދެގެން
ދިޔައިީ ނުތަނަވަސްވެފައިވާ ހިތަކާއިއެކުގައެވެ.
އޮފީހުން ކެނޑުމަށްފަހުމިވީ ދެހަފްތާތެރޭ
ޒާއިޝްފެންނަމުން ނުދާތީ އެޅަހިތްވަނީ
މާޔޫސްވެފައެވެ.އެހެން ނަމަވެސް އަމިއްލަ
އިހުސާސްތައް ކޮންޓްރޯލްކުރަމުން ވީހާވެސް
އެކަން ނުދައްކަވޭތޯ އޭނަ ދިޔައީ މަސައްކަތް
ކުރަމުންނެވެ.އެކި އެކި ހިޔާލުތަކުގައި ހުރެ
އިވްރާ އޭނާގެ ކުލާސް ތެރެއަށްވަނެވެ.
މުޅިންވެސް އައު މޫނުތަކެކެވެ.ކޮންމެ
މީހެއްގެ މޫނުމަތީގައިވެސް ވަނީ ބީރައްޓެހި
ކަމެވެ.ކުޑަކޮށް ހިނިތުންވެލައިގެން ހުރެ
ދެވަނަބަރީގައި އިން ޝީޓްގައި އިވްރާ
ހަމަޖެހިލިއެވެ.އެވަގުތު އޭނައާއި ޖެހިގެން
އިން އަންހެންކުއަޖާ އިސް އުފުލާބަލައިލިއެވެ.
އެއާއިއެކު ދެމީހުންނަށް އެކީހެން ހެވިގެން
ދިޔައީ ކުޑަ ހައިރާންކަމަކާއިވެސްއެކީގައެވެ.
“ހައި ކިޔާރާ..”އިސްވެ ސަލާމަށް
އަތްދިއްކޮށްލަމުން ކިޔާރާ ތައާރަފްވެލިއެވެ.
“އިވްރާ”ފުޅާ ހިނިތުންވުމަކާއިއެކު އިވްރާ
އެހެން ބުނެލުމާއިއެކު ކުޑަ ހިނދުކޮޅަކަށް
ކިޔާރާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ.
އެހެން ނަމަވެސް އަވަސް އަވަހަށް ދެފަރާތަށް
ބޯހަލުވައިލަމުން އޭނާވެސް ރައްދުގައި
ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

ގަޑިއެއްކޮށް ވޭތުވެގެން ދިޔަ އިރު ގާތް
ރަހުމަތްތެރިކަމެއް އިވްރާއާއި ކިޔާރާގެ
ދެމެދު އުފެދިގެން ދިޔައެވެ.ކުލާސް ނިމުމާއި
އެކީހެން ކިޔާރާ ގެއަށް ދާން ހިނގައިގަތީ
އިވްރާ ކުޑަކަމަކު ކުލާހުގައި މަޑުކުރުމުންނެވެ.
އެއްއަތުން ދަބަހުގެ ވާގަޑުގައި ހިފަހައްޓައި
ލައިގެން އަނެއްއަތުން ފޮތެއް ހިފައިގެން
ކޮލެޖްގެ މައި ގޭޓުން ނުކުތް ކިޔާރާގެ
ހިނގުމަށް މަޑުޖެހުމެއް އައީ ކޮލެޖްގެ
ދޮރުމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގެ
މަތީގައި އިން ޒުވާނާފެނިފައެވެ.މަޑު އަޅި
ކުލައިގެ ގަމީހަކާއި ކަޅު ކުލައުގެ ފަޓުލޫނެއް
ގައި މޮޑެލްގޮތަކަށް އިން އެޒުވާނާފެނި
ކިޔާރާގެ ހިތުގެ ވިންދުއަވަސްވެގެންދިޔައެވެ.
ވަރަށްނުވާކަމަށް ހެދިލަމުން ދެބުމަގޮށްޖަހައި
ގެން ހުރެ ކިޔާރާ ކުރިޔަށް ހިނގައިގަތެވެ.
ވަށްކަޅިން ކިޔާރާ އެޒުވާނާއަށް ބަލައިލުމާއިއެކު
އެޒުވާނާ ލޮލުގައި އަޅައިފައި އޮތް ކަޅުރޭބަން
އަވިއައިނު ކުޑަކޮށްހިއްލައިލަމުން ކިޔާރާއަށް
ހީލިއެވެ.އެއާއިއެކު އަތުގައި އޮތް ފޮތަށް
ބާރުކޮށްލަމުން ކިޔާރާ އޭނާގެ ފިޔަވަޅުތައް
އަވަސްކޮށްލިއެވެ.މައުނަވީ ހިނިތުންވމަކާއިއެކު
ކިޔާރާ ދިޔަދިމާލަށް ބަލަހައްޓައިގެން އިން
ޔޫހާންު ހަޅޭލަވައިގަތީ އިވްރާއައިސް ބާރަކަށް
އޭނާގެ ކަންފަތްބުޑުގައި ހަޅޭލަވައިގަތުމުންނެވެ.
ޔޫހާންއަށް ވީގޮތްފެނި އިވްރާ ބަނޑުގައި
އަތްއަޅައިގެން އޮވެ ހޭންފެށިއެވެ.”ޔޫ ލިލް..”
އިވްރާގެ ނިތްކުރީގައި ކުޑަކޮށް ޖަހައިލަމުން
ޔޫހާން ބުންޏެވެ.”ދޮންބެ އިޝްކުގައި ޖެހިފައި
އިންވަރުން އިވީ އައިއިރުވެސް ނޭނގުނު
ވިއްޔަ..”އިވްރާގެ ޖުމްލައާއިއެކު ޔޫހާންގެ
އަނގަބަންދުވިއެވެ.އަވަސް އަވަހަށް އޭނަ
ސައިކަލް ސްޓާޓްކޮށްލިއެެވެ.”ހޫމް..ހޫމް..
ދެން އިވީކައިރީބުނެބަލާ ކީއްވެޔޯ މާ
ވަރަކަށް ކިޔާ އާއިދިމާލަށް ތިބެލީ..؟”
ސައިކަލްް އަށްއަރަމުން އިވްރާގެ ސުވާލު
ޔޫހާންއަށް އަމާޒުކޮށްލިއެވެ.”ކިޔާ”ވައި
އަޑަކުން މަޑުމަޑުން ޔޫހާންއަށް
ކިޔައިލެވުނެވެ.”އިވީ ނުބުނަން ދޮންބެ
ތީ އިވީގެ ކަޒިންއެކޭ…އެއްދުވަހަކުން
ވާނެ އަދި ކިޔާ ގެއަށްގެންނަން..ދޮންބެ
ފެނުނީމަ އޭނައަށްވާ ވަރުވެސް ބަލައިލަން
ވާނެ ނުން..”ލާނެއްގޮތަކަށް އިވްރާ
އެހެން ބުނެލުމާއިއެކު ޔޫހާން ރަކިވިއެވެ.
********************************
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައިރު
އިވްރާ އާއި ކިޔާރާގެ ރަހުމަތްތެރިކަން ދިޔައީ
ދުވަހެއް ދުވަހެއް ވަރުގަދަވަމުންނެވެ.
“އިވީ ހިނގާބަ މީރޭ ކިޔާމެންގެޔަށް ޑިނާއަކަށް…
ޕްލީސް މަންމަ ކައިރީވެސްބުނީމޭ އިވީ މިރޭ
ގެންނާނަމޭ…އަދި ފެމިލީ އިންޓްރޮވެސް
ނުކޮށްދެމެންނުން..ޕްލޯސް ޑޯންޓް ސޭ ނޯ..”
ބްރޭކްގަޑީގައި ކެންޓީނުގައި އިނދެ ކިޔާރާ
އިވްރާއިން ކުރެ އަހައިލިއެވެ.ފުރަތަމަ އިވްރާ
އެކަމަށް އުޒުރުވެރިވިނަމަވެސް ކިޔާރާ
ކުރުނުކޮށް ކިޔަން ފެށުމުން އޭނައެކަމަށް
އެއްބަސްވީ ހަމައެދުވަހު އޭނައާއިއެކީ
ކިޔާރާ އިވްރާމެން ގެއަށްދާން އެއްބަސް
ކުރުވަމުންނެވެ.މ.މާވިލް ގޭގެ ބޮޑުގޭޓުން
ކާރު ވަނުމާއިއެކު އިވްރާ އެގޯތިތެރެއަށް
ބަލައިލީ ހައިރާންކަމާއިއެކުއެވެ.އެންމެ
ޒަމާނީ ފެންވަރަށް ހަދައިފައިވާ މިގޭ
ގަނޑުވަރެއްފަދައެވެ.ގޯތި ތެރޭގައި އެކި
ކުލަކުލައިގެ މާގަސްތައް އިންދިފައިވީއިރު
އެއްފަރާތުގައި ހުރި ފެންއަރުވާވަޑާމުން
މަންޒަރު އިތުރަށް ފުރިހަމަކުރުމައެވެ.
ރޭގަނޑުގެ މިހިތަގައިމުވަގުތުގައި މިގާޑެން
ގެ އެކިހިސާބުތަކުގައި ފަޑު އަލިކމެއް
ފެތުރިފައިވަނީ ގެއަށް ވަދެގެން ދާން
އޮތް ފެންޑާގެ ދެއަރިމަތީ ހަރުކޮށްފައިވާ
ލައިޓްތަކުންނެވެ.ގޭތެރެއަށް ވަދެގެންދިޔައިރު
ބަލައިލާ ކޮންމެ ހިސާބަކުން ވެސް
ފެނިގެންދަނީ މުއްސަނދިކަމާއި ސާދާ
ކަމެވެ.ހައިބަތު ބޮޑު ސިޓިންރޫމަގެ މެދުގައި
ބަހައްޓައިލެވިފައިވި ގަދަމުށިކުލައިގެ ސޯފާގައި
އިން އަންހެންމީހާ އިވްރާފެނުމާއިއެކު ހިތް
ހެޔޮހިނިތުންވުމެއް ހަދިޔާކޮށްލަމުން ތެދުވެލިއެވެ.
އިވްރާވެސް ހިނިތުންވެލަމުން އެއަންހެންމީހާ
އުރައިގެން އިން ތުއްތު ކުއަޖާގެ ކޮލުގައި މަޑު
މަޑުން ހިފައިލިއެވެ.ނޭނގޭ ގާތްކަމެއް
އެތުއްތު ކުއްޖާގެ ކިބައިން އޭނައަށް އިހުސާސް
ވީ ކީއްވެ ކަމެއް ނޭނގެއެވެ.”މަންމާ..މީ އިވީ
އަޅުގަނޑުގެ ބެސްޓީ..ދެންއިވީ މިހުރީ ކިޔާގެ
ލޯބިލޯބި މަންމަ..”ރަފީގާގެ ކޮނޑަށް އަތް
ވައްޓައިލަމުން ކިޔާރާ އެހެން ބުނެލުމާއިއެކު
ރަފީގާއާއި ކިޔާރާ ސަލާމް ކޮށްލިއެވެ.
“ދެންމިހުރީ މިގޭގެ އެންމެ ކުޑަ ފެމިލީ
މެމްބަރ ތުތީގެ ކުޑަ ކުޑަ ޒުކާ..ދޮންބެގެ
ހުރި ހަމައެކަނި ޑޯޓާރ..”ކުޑަކުޑަ ޒުކާ
ކިޔާރާ އެއަތަށް ނަގައިލަމުން އެކޮލަށް
އޭނަ ދޮނެއްދިނެވެ.”އިވީ ހިނގާ ކާންދަމާ”
ރަފީގާ އެހެން ބުނެލަމުން އިވްރާގެ
އަތުގައިހިފާ ޑައިނިންގް ރޫމައަށް
ގެންދިޔައެވެ.ކެޔުމަށް އިންސާފް ކުރެވެމުން
ދިޔަގަޑީ އިވްރާއާއި ރަފީގާ އެކި އެކި
ވާހަކަތައް ހިއްސާކުރަމުންދިޔައެވެ.
ޝައުގުވެރިކަމާއިއެކު އިވްރާ ރަފީގާގެ
ވާހަކަތަކަށް އަޑުއަހަން އިނއިރު ކިޔާރާ
އިނީ ތުއްތު ޒުކާއާއިއެކީ އެކިގޮތްގޮތަށް
ނަފްސީ ނެނގުމައިގެންނެވެ.

ރަފީގާގެ ވާހަކަތަކުން އޭނައަކީވެސް ރާއްޖެ
ތެރޭގައި އުޅެބޮޑުވި މީހެއްކަން އެނގިގެން
ދިޔައެވެ.އަދި އޭނަ ކިޔާރާގެ ބައްޕައާއި
ދިމާވީ މާލެއަށް ކިޔަވަން އައިސް އުޅުމުގެ
ތެރޭގައިކަން ވެސް ހާމަވިއެވެ.ކިޔާރާގެ ބައްޕަ
ހާމިދުގެ ހަނދާންތައް އާވުމާއިއެކު ރާފީގާގެ
މޫނުމަތިން ހިތާމަވެރިކަން ފެނިލިއެވެ.
ބައެއްގެ ތޫނު ވަކިތަކުގެ ޝިކާރައަކަށްވެ
މީގެ ދެއަހަރުކުރިން ހާމިދު މިދުނިޔެ
ދޫކުރިއިރު އަދިއަދަށްދާންދެންވެސް
އެފަޅުކަން ފޫބެއްދުމަށް އެއާއިލާއިންވަނީ
ނުކުޅެދިފައެވެ.ކައިނިންމައިގެން ތަށިތައް
ނެނގުމުގައި އިވްރާ ރަފީގާއާއި އެހީތެރިވެދިނެވެ،
އިވްރާގެ ރަނގަޅު އާދަތަކުން ރަފީގާގެ ހިތުގައި
އިވްރާއަށް ދަރިއެއްގެ މަގާމުދެވިގެންދިޔައެވެ.
ކަޅިޖަހައިނުލާ އިވްރާގެ ހީވާގީ ހަރަކާތްތަކަށް
އޭނައަށް ބެލެމުންދިޔައެވެ.ކިޔާރާ ފެންވަރަން
ދިޔުމާއިއެކު އިވްރާ ޒުކާ އުރައިލައިގެން
ސޯފާގައި އިށީނަދެލިއެވެ.ތުއްތު ޒުކާއާއި
އެކި އެކި ސަކަރާތްޖަހަމުން ދިޔައިރު އިވްރާ
އަށް ތަފާތު އިހުސާސްތަކެއް ކުރެވެމުންދިޔައެވެ.
އެމައުސޫމު މޫނާއި އެލޯބި ހިނިތުންވުމުން
އޭނަ ވަރަށް ލޯބިވާމީހެއްގެހަނދާންތައްއާވެގެން
ދިޔައެވެ.”ބައްޕިގެ ޕްރިންސެސް..”ދާދިކައިރިން
އިވުނު ފިރިހެންވަންތަ އަޑުން އިވްރާއަށް
ފަސްއެނބުރި ބަލައިލެވުނެވެ.އެއާއިއެކު
ފެނުނު ސޫރައަކުން އިވްރާގެ ދެލޯބޮޑުވެ
އޭނަގެ އަނގަވެސް ހުޅުވިގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

މިދެލޯ ފުހެލަ ދޭށޭ ލޯބިން 9

Next

ކުރުވާހަކަ: ކަރަންޓީން

Next
May 27, 2020

ކުރުވާހަކަ: ކަރަންޓީން

Previews
May 26, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 9

11 Comments!

  1. Cherrychoppers says:
    May 28, 2020 at 4:51 am

    Salaam everyone.. mi othyy vaahakaige 12th Part up vefa .. ummeedhu kuran mi partvx kamudhaanekamah… much loves and feel free to comment ?❤❤

  2. Ufaashaa ? says:
    May 28, 2020 at 5:02 am

    Awwnn.. varaah reethi ingeyy sissies I laaved it and varah kiyaahithun huhtaa thi up kohdhinee thanks when next.. can’t wait anymore ❤??

  3. Kylie says:
    May 28, 2020 at 12:47 pm

    Vvvv reethi igey mi part vx..???….story ge emme reethi part thah adhi mi feshuny dhw???….kylie ah heevany eii ivraa ge dhahtha ge baby hn..???.. Mi storyge hurihaa hageegai thah igey part varah reethi vaane???… Soo curious to read nxt part.????… Ly nd be safe

    1. Cherrychoppers says:
      May 28, 2020 at 8:45 pm

      Jazaakillah khairan kylie.. hehe let’s see dhw.. ?? will try my best to deliver that specific episode with full of emotions.. next part will be uploaded soon my dear ly 2 sis .. tvgc ??

  4. Reesham says:
    May 29, 2020 at 5:24 am

    Maa shaa allah thisss isss sooo cute?♥️

  5. CHAM CHOP says:
    May 29, 2020 at 5:31 am

    Masha Allah varah reethi….❤❤?
    Keep it up ?❤❤

    1. Cherrychoppers says:
      May 29, 2020 at 12:10 pm

      Jazaakillah khairan cham chop ??

  6. Xoyaa says:
    May 29, 2020 at 5:40 am

    Maasha Allah varah reethi ❤
    Keep it up ?❤

    1. Cherrychoppers says:
      May 29, 2020 at 12:11 pm

      Jazaakillah khairan ❤❤ xoyaa

  7. Seedhibe says:
    May 29, 2020 at 5:46 am

    Masha allah varah molhu kudhin thakeh. Keep it up ladies♥️. Can’t wait for the next episode ?

    1. Cherrychoppers says:
      May 29, 2020 at 12:13 pm

      Hehe jazaakillah khairan seedhibe ❤ next part varah avahah insha Allah ?

Comments are closed.

Next Episodeހިތް ކަލާޔަށް އެދޭތީ..13←


All Right Reserved!