Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..14

Cherrychoppers Level 3100 Login10 Stories100 Comments
June 1, 2020 One Min Read
13 Comments

****************************
ކޮލެޖްއަށް ދާން ނުކުތް ޔަނާ އަތުކުރީގައި
އަޅައިފައިއޮތް ގަޑިއަށް ބަލައިލަމުން ފިޔަވަޅުތައް
އަވަސްކޮށްލިއެވެ. ކޮލެޖް ހުންނަނީ ގެޔާއި
ފުދޭވަރަކަށް ކައިރިޔަށް ވުމުން އޭނަ ގެއިން
ނުކުތީ އެކަންޏެވެ. ހަލުވިކަމާއިއެކު އަޅަމުން
ދިޔަ ފިޔަވަޅުތައް ދުވުމަކަށް ބަދަލުވީ މާ
ބޮޑަށްވެސް ވަގުތުކުޑަތަން ވުމުންނެވެ.
ތެޅެމުންފޮޅެމުން ކަހަލަ ގޮތަކަށް ދުވެފައި
އައިސް ކޮލެޖްތެރެއަށް ވަން އިރު މުޅި
ތަން އޮތީ ހިމޭންވެފައެވެ.ހީވާ ގޮތުން ހުރިހާ
ކުދިން ކިލާސް ތަކަށް ވަނީއެވެ. ދެފަޔަށް
ލެވުނުހާ ބާރެއްލުމަށްފަހު ޔަނާ ދުއްވައިގަތީ
ކުލާހަށް ވަނުމަށްށެވެ. ނަމަވެސް އެވަގުތު
އައިނައިތަނެއް ނޭނގި ކުރިމަތީގައި ހުރި
މީހާގެ ގައިގައި ޖެހި އޭނަ ވެއްޓެން
ދިޔައެވެ. ބިންމަތީގައި ޔަނާގެ ތުނި ހަށިގަނޑު
ޖެހުމުގެކުރިން އެމީހަކު ޔަނާގެ އަތުގައި
ހިފަހައްޓައިލިއެވެ. ވެއްޓިދާނެ ކަމުގެ ބިރާއެކީ
ދެލޯތަގުޅިކޮށްގެން އޮތް ޔަނާ ދެލޯ ހުޅުވައިލީ
އޭނަ ނުވެއްޓޭކަން ޔަގީންވުމުންނެވެ. އެވަގުތު
ކުރިމަތިންފެނިގެން ދިޔަ ސޫރައާއި އެކީ
އޭނަ ލާން އުޅުނު ނޭވާވެސް ހުއްޓުން
ފަދައެވެ. ހާދަ ހިތްގައިމެވެ. ހުދުކުލައިގެ
އަތްދިގު ގަމީހަކާއި ކްރީމް ކުލައިގެ ފަޓުލޫނެއްގައި
ލައިގެން ހުރި މި ޒުވާނާ ހާދަ ސްމާޓޭ
ޔަނާގެ ހިތަށްއެރިއެވެ. ޒަމާނީ ރީތި ސްޓައިލް
އަކަށް އިސްތަށިގަނޑު ހިތްލައިލައިފައިވީއިރު
ގަމީހުގެ އަތުކުރި އުޅަނބޯޓާއި ހަމަޔަށް
އޮޅައިލައިފައި އޮތުމުން އޭނަގެ ސްމާޓްކަން
އިންތިހާއެވެ. އެޒުވާނާގެ އަތުގެ ތެރޭގައި
ހަތްޔަރުވެފައިއޮތް ޔަނާގެ މަޑުއަތްތިލަ ފިނި
ވެގެން ގޮސް ހީވަނީ ވިރިގެން ހިނގައިދާނެ
ހެންނެވެ. ފަރުވައިކުޑަގޮތަކަށް އެޒުވާނާ
އޭނަގެ އަތްނައްޓައިލުމުން އެކަމަށް ނުވިސްނާ
ހުރި ޔަނާ ގޮސް ޖެހުނީ ބިންމަތީގައެވެ.
ގަބޫލު ނުކުރެވޭފަދަ ގޮތަކަށް އޭނައަށް
އެޒުވާނާއަށް ބަލައިލެވުނުއިރު މޫނުމަތިން
އެއްވެސް އަސަރެއް ދެއްކުމެއްނެތި ދެޖީބަށް
އަތްޖަހައިލައިގެން ހުރެ އޭޒުވާނާ ހިނގައިގަންފިއެވެ.
އުނަގަޑަށް އަރައިގެން ދިޔަ ދިލަ ތަދާއިއެކު
ކަރުނަތައް ޔަނާގެ ބޮޑު ދެލޮލުގައި
ފުރިބާރުވެގެންދިޔައެވެ. އޭއާއިއެކު އޭނަ ތުންފަތުގައި
ދަތް އަޅައިލީ ކަރުނަތައް ހިފަހައްޓައިލުމުގެ
މަގުސަދުގައެވެ.އެއަށްފަހު ކޮޅަށްތެދުވެ
ދަބަސް ކޮނޑުގައި އަޅުވައިލަމުން
ހިނގައިގަތީ ވޮޝްރޫމަ އާއި ދިމާލަށްށެވެ.
***********************************
“ކީއްވެތަ އިއްޔެ އެހާ އަވަހަށް ދިޔައީ..؟”
ކިލާހުން ލިބުނު ހުސްވަގުތުކޮޅުގައި އިވްރާ
އަވަސް އަވަހަށް ކިޔާރާއިން ކުރެ އަހައިލިއެވެ.
“އިޓަސް އަ ލޯންގް ސްޓޯރީ..ކިޔާދޭނަން އިނގޭ!”
ލިޔަން އިން ފޮތް ލައްޕައިލަމުން ކިޔާރާ އެހެން
ބުނެލުމާއިއެކު އިވްރާ ހަނދާންވީ ޔޫހާންމަތިންނެވެ.
އެއާއިއެކު އޭނަގެ ގާތަށްއައީ ލާނެތް ހިންޏެކެވެ.
“އަމް..އޯކޭ…ދޮންތަ ބުނީ މިއަދު މެންދުރުކާން
ކިޔާ އައްނަންވާނެޔޯ..އިއްޔެގާވެސް އެއްޗެއް
ނުކާ ދިޔައީމަ ދޮންތަ ހުރީ ވަރަށް ދެރަވެފަ!”
ދަބަހަށް ފޮތްތައް އަޅަމުން އިވްރާ ބުނެލިއެވެ.
އެއާއިއެކު ކުޑަކޮށް ވިސްނާލާން އިނުމަށްފަހު
ކިޔާރާ އެއްބަސްވީ ސިކުނޑި ތެރޭގައި މޮޅު
ހިޔާލެއް ރާވައިލަމުންނެވެ.
*************************************
“މިޔޮށްއައީނުން އަވަހަށް އާދޭ ދެކުދިންކާން”
ދޮރުމަރީއައިސް ހުއްޓުނު ކިޔާރާއާއި އިވްރާ
ފެނި ހުދާ ބުންޏެވެ.ކާކޮޓަރިއަށް ވަން އިރު
އެތާގައި ޔޫހާން އިނުމުން ކިޔާރާ އޭނައަށް
ލޯއަޅައިލުމަށްފަހު ގޮސް ގޮނޑީގައި އިށީންނެވެ.
“އޯހް..އަދި ދޮންބެ އިންޓްރޮ ނުކޮށްދީދޯ
މިއުޅެނީ….ކިޔާ މިހުރީ އިވީގެ ދޮންބެ ޔޫހާން..
ދޮންތަގެ އެންމެ ބޮޑު ސަން.”އިވްރާ އެހެން
ބުނެލުމާއިއެކު ފެންބޯންއިން ކިޔާރާ ކޮށި
އަރައިގަތެވެ. އެހެންނަމަވެސް މޭގައި ފިރުމައިލަމުން
ކުޑަކޮށް އޭނަ ހަމަޖެހިލިއެވެ. ކައިރީގައި
އިން އިވްރާ އަށް ހިނިގަނޑު ހިފަހަށްޓައި
ލެވުނީ ކިރިޔާއެވެ.”އެން ޔާ..ދޮންބޭ މީ
ކިޔާ..އަޅަގަނޑުގެ ކްލޯސް ފްރެންޑެއް..”
“ފިޔާ..” ކިރިޔާ ކިރިޔާ ކިޔާރާއަށް އަޑުއިވޭ
ވަރަށް ޔޫހާން ކިޔައިލިއެވެ. އެއާއިއެކު
އިސްއޮބައިލައިގެން އިން ކިޔާރާ އަނެއްކާވެސް
ޔޫހާން އަށް ދެލޯއަޅައިލިއެވެ.”ކޮބާ ދެން
ހުރިހާ ކުދިން ކާން ފަށަމާ..ކިޔާ އަވަހަށް
ފަށާ..”ހުދާ ކިޔާރާއަށް ތައްޓެއް ދިއްކޮށްލަމުން
ބުނެލިއެވެ. “ނޫނޭ ދައްތާ ކޮފީއެއް އޯކޭ
ވާނޭ..” ހިނިތުންވެލަމުން ކިޔާރާ އެހެން
ބުނެލީ ޔޫހާންއަށް ކަޅިއެއް އެއްލަމުންނެވެ.
“މިގަނޑީގަ.؟..ކޮފީ..؟”އެންމެ އަނގަގަދަ
ޔަނާ އަކަށް ނުހުރެވުނެވެ.”ޔެސް ކޮފީ
ބޯހިއްވާ މީހުންނަށް ނޯންނާނެނުން ވަކި
ގަނޑިއެއް..އެހެން ނޫނަސް މިގޭ ކޮފީ
ވަރަށް މީރުވާނެހެން ހީވަނީ..”ދަތްކުޑީ
ވިކައިލަމުން ކިޔާރާ ނޫން ގޮތަކަށް އެއްލިބަސް
ގޮސް ޔޫހާންަށް އަމާޒުވުމާއިއެކު އޭނަ ކޮށިއަރައި
ގަތެވެ. ގޮށްމުށުން ޔޫހާން އޭނާގެ މޭގައި
މަޑުމަޑުން ތަޅައިލަމުން ފެން ތަށި ތުބުގައި
ޖެއްސީ ކިޔާރާއަށް ބަލައިލަމުންނެވެ.
އެވަގުތު ސިއްރުސިއްރުން ކިޔާރާ އެއްލޯ
މަރައިލިތަންފެނި ޔޫހާން އަނގައިގައި ހުރި
ފެންތައް ކުރިމަތީގައި އިންޔަނާގެ މޫނަށް
ބުރައިގެން ދިޔައެވެ. އެއާއިއެކު ބަނޑަށް
އިނދެ ކިޔާރާ އަޑުނުލައްވާ ހޭންފެށިއެވެ.
ޔޫހާންގެ އެއަމަލާއިއެކު އިވްރާ ބާރާށް ހޭން
ފެށިއިރު ޔަނާ މޫނު ފޮހެންފެށީ ޔޫހާންއަށް
ފަތިވަރެއްގޮވައިލަމުންނެވެ.އެކި އެކި ސަކަރާތާއި
އެކު ހަތަރު ކުދިން ކައި ނިންމާލުމަށްފަހު
ޔޫހާން ކާގެއިން ނުކުތީ އަތުގެ އިޝާރާތުން
އިވްރާއަށް އައުމަށްބުނެލަމުންނެވެ. މޫނުމަތި
ހަމައަކަށް އަޅުވައިލުމަށްފަހު ޔަނާ އަވަސްވެގަތީ
ކޮލެޖްއަށް ދިޔުމަށްށެވެ.މިއަދު ކަންތައްތައް
ވަމުން ދިޔަ ގޮތުން އޭނަގެ މޫޑު ހުރީ
ހަރާބުވެފައެވެ. “ކިޔާ އާދެބަލަ” ސޯފައިގައި
ހުދާއާއިއެކީ އިން ކިޔާރާދިޔައީ އިވްރާ
ގޮވައިލުމުންނެވެ. އޭރު ކޮޓަރީގެ ބެލްކަނީގައި
ވަރަށް ހެވިފައި އިވްރާއިނެވެ.

“ހޫމް..ދެން ބުނެބަ ކީއްވެތަ އިއްޔެ ދިޔައީ؟”
އިވްރާއެހެން ބުނެލުމާއިއެކު ކިޔާރާ އިވްރާ
އަށް ފުރަގަސްދެމުން ރެއިލިންގްގައި
އަތް އަޅުވައިލިއެވެ.އަދި އަލިފުންފެށިގެން
ޔާއަށް އިއްޔެ ކަންތައްވެގެންދިޔަ ގޮތް
ކިޔައިދިނެވެ.”އަސްލު ކިޔާ ވަރަށް ރުޅި
އައި އިނގޭ..ކިޔާގެ ގައިގައި އެގޮތަށްފުރަތަމަ
ބީހޭނެމީހަކަށް ވާން އަސްލުބޭބުންވީ ކިޔާގެ
ފިރިމީހާއަށް…ހިލޭ ފިރިހެނެއްނޫން..ދެން
އަޅެ އިވީ  ބުނެބަލަ ކިޔާ ހަދަންވީ ގޮތެއް..”
ތުންކޮޅު އޫކޮށްލަމުން ކިޔާރާ ބުނެލިއެވެ.
“ލެޓްސް ގެޓް މެރިޑް..؟” އިވިގެން ދިޔައީ
ޔޫހާންގެ ފިރިހެންވަންތައަޑެވެ.”ވާޓްޓްޓްޓް..”
ދެލޯބޮޑުކޮށްގެން ހުރި ފަހަތްބަލައިލި ކިޔާރާ
ހުރީ ގަބޫލުކުރަން ދަތިވެފައެވެ.”ކިޔާގެ ފަސްޓް
ކިސްއަކީ ކިޔާގެ ހަސްބެންޑް އަށް ވާން
އެދެންޔާ މަށާ މެރީ ކުރަންވީނުން…ޕްރޮބްލަމް
ސޯލްވްޑް..”ދެޖީބަށް އަތްޖަހައިލައިގެން ހުރެ
ދެކޮނޑުއަރުވައިލަމުން ޔޫހާން ބުނެލިއެވެ.
އޭރު އެތާގައި އިވްރާގެ ހިލަމެއްވެސްނުވެއެވެ.
“ހައު ކޭން ޔޫ ސޭ ދެޓް ސޯ އީޒިލީ؟..
އާރގްގްގްގް…”ދެއަތް މުއްކަވައިލަމުން
ކިޔާރާ ބުނެލިއެވެ.”ބިކޯސް އައި ލަވް ޔޫ..
އައި ލަވް ޔޫ ސޯ މަޗް ކިޔާ..އަހަރެން
ބޭނުންވަނީ ކިޔާ އަހަރެންގެ ހައްގަކަށް
ހަދަން..” މިފަހަރު ޔޫހާން ގެ މޫނު މަތީގައި
ވީ ސީރިއެސްކަމެވެ.އެއަޑުން ވެސް ކިޔާރާ
އަށްޓަކައި އެހިތުގައި އޮތް ތެދުވެރި ލޯބި
ސާފުވާހާވެއެވެ.”ލުކް މިސްޓަރ..އަހަރެމެންމީ
އަދި ދެތިންފަހަރު ދިމާވެލާފަ ތިބި ދެމީހުން
އެވަރަކުން ކިޔާގެ މުޅި ލައިފް ޔޫހާންގެ
އަތަކަށްށެ ދޫކޮށެއްނުލެވޭނެ ދޯ..ހައު ކޭން
ޔޫ..އާރގް..އައި ހޭޓް ޔޫ..!”ކިޔާރާ
މަސައްކަތް ކުރީ ޔޫހާން އަށް
ވިސްނައިދެވޭތޯއެވެ. ކިޔާރާގެ މޫނުމައްޗަށް
އަރައި ފައިބަމުންދިޔަ ދިޔަ ކުލަވަރުފެނި
ޔޫހާން ހުރީ ހީލަ ހީލައެވެ.”އޫމްމްމް..ލެޓް
މީ ސީ..”ދަތްދޮޅީގައި އިނގިލީން ޖަހައިލަމުން
ޔޫހާން ބުންޏެވެ.އަދި ކުއްލިޔަކަށް ކިޔާރާގެ
އުނަގަނޑުގައި ހިފައި އޭނައާއި ރެއިލިންގް
އާއި ދޭތެރޭ އެހަށިގަނޑު ފިއްތައިލިއެވެ.
ދެލޯބޮޑުކޮށްގެން ޔޫހާންއަށް ބަލައިލި
ކިޔާރާގެ ހަރަކާތްތަކަށް ހުއްޓުމެއްއައީ
ޔޫހާންގެ ތޫނު ލޮލާއި ހަތަރު ކަޅި
ހަމަވުމުންނެވެ. އެރީތި ލޮލުގެ ތެރެއަށް
ގެބިގެން ދާން އެހިތް ތެޅިފޮޅެމުންދިޔައެވެ.
މަޑުމަޑުން ޔޫހާން އޭނާގެ މޫނު ކިޔާރާގެ
މޫނާއި ކައިރި ކޮށލިއެވެ. އޭރުކިޔާރާގެ
ބަސްނާހާ ހިތް ތެޅެމުން ދިޔައީ އެޔެއް
މިޔެއް ބަލައިފައެއްނޫނެވެ. ބޭއިހުތިޔާރުގައި
ކިޔާރާގެ ދެލޯ މެރިގެން ދިޔައިރު އެ
ދޮން ކޯތާފަތަށް ވެސް މަޑު ރަތްކަމެއް
ވެރިވެފައިވެއެވެ.”ސީ ޔޫ ޑޯންޓް ހޭޓް
މީ..”ކިޔާރާގެ ނޭފަތަށް ފުއްޓަތްކެއް
އަރުވައިލަމުން ޔޫހާން ދުރަށްޖެހިލިއެވެ.
ސިހިފައި ކިޔާރާއަށް ލޯހުޅުވައިލެވުނުއިރު
ޔޫހާން ބަލަން ހުރުމުން ލަދުވެތިކަން
އިހުސާސް ކުރެވުނެވެ.އަވަސް އަވަހަށް
އެތަނުން ހިނގައިގަންނަން އުޅެނިކޮށް އޭނައަށް
ހުއްޓެވުނީ ޔޫހާން އެއަތުގައި ހިފައިލުމުންނެވެ.
“މިރޭ 30 8 ރަސްފަންނުގައި..އަހަރެން
އިންތިޒާރު ކުރާނަން..”ޔޫހާންއާއި ފަސްދީފައި
ހުރި ކިޔާރާއަށް ފަހަތަށް ބަލައިލެވުނީ
ޔޫހާން އެހެން ބުނެލުމުންނެވެ.އެވަގުތު
ކިޔާރާގެ މަޑު އަތްތިލަ އުފުލައިލަމުން އެއަތުގައި
ޔޫހާން ބޮސްދިނެވެ.އަވަސް އަވަހަށް
އަތް ދަމައިގަންނަމުން ކިޔާރާ ކޮޓަރިން
ނުކުންނަން ހިނގައިގަތެވެ. ކިޔާރާ ކޮޓަރިން
ނުކުތްއިރު ދޮރުމަތީގައި ލާނެއް ގޮތަކަށް
ހެވިފައި އިވްރާ ހުއްޓެވެ.”އިވީ ނޮޓް ނައު”
ދެފަރާތަށް ބޯހޫރުވައިލަމުން ކިޔާރާ އެހެން
ބުނެލީ އިވްރާ އެއްޗެކޭ ބުނަން އުޅުންހެން
ހީވީމައެވެ.އިވްރާ އޯކޭޔޭ ބުނެލުމާއިއެކު
ކިޔާރާ އަވަސް އަވަހަށް އެގެއިން ނުކުންނަން
ހިނގައިގަތެވެ.އެވަގުތު އެކޮޓާރިން ނުކުތް
ޔޫހާން އާއި އިވްރާ ޓަޗެއް ޖަހައިލީ އެމީހުންގެ
ޕްލޭން ކާމިޔާބުވުމުންނެވެ.

-“ނުނިމޭ”-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…5

Next

އަންޖަލް (2)

Next
June 1, 2020

އަންޖަލް (2)

Previews
June 1, 2020

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…5

13 Comments!

  1. Haneyn says:
    June 1, 2020 at 4:32 am

    Maa shaa allah..amazinggg???

  2. autti_quin._ says:
    June 1, 2020 at 5:57 am

    Wowww..
    Mi part vx vrh vrh vrhh reethi
    Curiously waiting for the nxt part
    Be safe…❤️

  3. Kylie says:
    June 1, 2020 at 11:10 am

    Me first thr… V reethi mi part vx…. Waiting fr nxt… Ly

    1. Cherrychoppers says:
      June 2, 2020 at 9:19 pm

      Yesss kylie hehe alhamdhullillah thank you so much dear ?

  4. Aasha says:
    June 1, 2020 at 10:58 pm

    Wow varah reethi mi parrrrtttt?

    1. Cherrychoppers says:
      June 8, 2020 at 4:43 pm

      Thanks ??

  5. Ifooo says:
    June 3, 2020 at 11:50 am

    Omg this story became myy favv ??. Whn next part

    1. Cherrychoppers says:
      June 12, 2020 at 12:53 am

      Jazaakillah khairan ifoo that means a lot ? insha allah varah avahah kiyaalan libeyne.

  6. yoom says:
    June 3, 2020 at 1:26 pm

    Vrh rythi.. When is next part??

    1. Cherrychoppers says:
      June 12, 2020 at 12:53 am

      Jazaakillah khairan yoom ? insha Allah varah avahah

  7. Unknown says:
    June 11, 2020 at 9:56 pm

    Maasha Allah ♥️? vrh salhi mi story curiously waiting for the next part ??

    1. Cherrychoppers says:
      June 12, 2020 at 12:54 am

      Jazaakillah khairan unknown ? ??

  8. ? ? queen ? ? says:
    June 13, 2020 at 8:28 am

    Where is next part
    By the way story varah reethi

Comments are closed.

Next Episodeހިތް ކަލާޔަށް އެދޭތީ..15←


All Right Reserved!