Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..13

Cherrychoppers Level 3100 Login10 Stories100 Comments
May 30, 2020 One Min Read
6 Comments

ސޯފައިގެ ކައިރީގައި ޒުކާއާއި ދިމާލަށް
ގުދުވެގެން އެއޮތީ ޒާއިޝްނޫން އިތުރު
މީހެއްނޫނެވެ.ފަރުވާކުޑަ ނަޒަރެއް އިވްރާއަށް
ދިނުމަށްފަހު ޒާއިޝް ޒުކާ ގޮވައިގެން
އޭނަގެެކޮޓަރިއަށް މިސްރާބްޖެހީ ތުއްތު ޒުކާ
ހެއްވައިލަމުންނެވެ.އިވްރާގެ ހިތުގައި ހީވީ
މީހަކު ހިފާ ޗިސްކޮށްލިހެންނެވެ.އިހުތިޔާރަކާއި
ނުލާ އެދެލޮލުން ހޯސްލާފައި ކަރުނަތައް
ފައިބައިގަތެވެ.ޒާއިޝް އަކީ މީހެއްގެ ހައްގަކަށް
ވެފައި އޭނަގެ ދަރިޔަކު ހުރެދާނެ ކަމަކަށް
އޭނަ އެއްގޮތަކަށްވެސް އުއްމީދެއްނުކުރެއެވެ.
ޖެހި ބުދެއްހެން ޒާއިޝް ދިޔަދިމާލަށް
ވޭނުނުން ފުރިގެންވީ ނަޒަރަކުން އޭނައަށް
ބަލަހައްޓައިގެން އިނދެވުނީއެވެ.އެވަގުތު ކިޔާރާ
ކޮޓަރިންނުކުމެ ބާރަށް އިވްރާއަށް ގޮވައިލުމުން
އަވަސްއަވަހަށް އޭނަ ކަރުނަތައް ފޮހެލުމަށް
ފަހު ކުޑަކޮށް ހަމަޖެހިލަމުން އެދިމާލަށް
ހިނގައިގަތެވެ.”ކޮބާ ޒޫކީ..”ހުސްއަތާ
އިވްރާއަންނަތަންފެނި ކިޔާރާ އަހައިލިއެވެ.
“މީ..މި.”އިވްރާއަށް ބުނާނެ އެއްޗެއް
ނޭނގުނެވެ.”ދޮންބެ ގެންދިޔައީތަ؟”ކިޔާރާ
އޭނައަށް ހީވިގޮތް ބުނެލިއެވެ.އެއާއިއެކު
ކުޑަކޮށް ސިހިފައި އޭނަ ކިޔާރާއަށް ބަލައިލީ
ޒާއިޝްއަކީ ކިޔާރާގެ ބޭބެކަން އެނގުނީމައެވެ.
ހިންދިރުވައިލަމުން އިވްރާ ކިޔާރާގެ ސުވާލަށް
ބޯޖަހައިލިއެވެ.އިވްރާއާއިއެކު ކިޔާރާ އިވްރާމެންގެ
ގެއަށް ދާންނުކުތްއިރު ގަޑިން 30 8 ވަނީއެވެ.
އެއޮށްހުރިހައި އިރު އެގޭގައި އިވްރާ މަޑު
ކުރިއިރުވެސް އެންމެ ފަހަރަކުވެސް ޒާއިޝް
ފެނިނުލައެވެ.ރަފީގާ އިވްރާގެ ބުރަކަށީގައި ފިރުމަމުން
ގިނައިން އެގެއަށް އައުމަށް ބުންޏެވެ.
އިވްރާމެންގެ ގެއަށް ދެކުދިންވެސްދިޔައީ
ހިނގައިލައިގެންނެވެ.ގޭގެ ބެލްއާއިއެކު ދޮރުމަތިން
ފުރަތަމަ މަރުހަބާކީ ހުދާއެވެ.”އަހަން މީ ކޮން
ކުއްޖެ؟”އިވްރާގެ ފަހަތުގައި ހުރި ކިޔާރާ
ފެނި ހުދާ އަހައިލިއެވެ.”އެއީ އަޅުގަނޑުގެ
ރައްޓެއްސެއް..”އެތެރެއަށް ވަންނަމުން
އިވްރާ އެހެން ބުނެލުމުން ކިޔާރާއާއި
ހުދާއާއި ދެމެދު ހިނިތުންވުމެއް ހަދިޔާ
ކުރެވިގެންދިޔައެވެ.އިރުކޮޅަކު ސިޓިންރޫމަގައި
ހުދާއާއި ވާހަކަ ދައްކައިލަން އިނުމަށްފަހު
އިވްރާ އާއި ކިޔާރާ ކޮޓަރިތެރެއަށްވަނެވެ.

އޭރު އެނދުގައި ދެފައި ވަށްކޮށްގެން ފޯނާއި
ކުޅެން ޔަނާއިނެވެ.އިވްރާ އާއި ކިޔާރާ ފެނުމާއިއެކު
ބައްތިރީސް ދަތްފެންންވަރަށް ޔަނާ ހިނިތުންވެލިއެވެ.
ޔަނާގެ އެހުންނަ އަނގަގަދަ މިޖާޒުގެ ސަބަބުން
ޔަނާއާއި ކިޔާރާ ވަރަށް އަވަހަށް ރައްޓެހިވިއެވެ.
އިރުކޮޅުކޮޅާ ޔަނާ ބުނެލާ މަޖާ ބަސްތަކުން
ކިޔާރާއާއި އިވްރާ ހުންނަނީ ހީ ހީ ހަލާކުވާ
ވަރުވެފައެވެ.އިވްރާ އެތަނުން ތެދުވެގެން
ދިޔައީ ފެންވަރާލުމަށްށެވެ.އޭރުވެސް ކޮންމެވެސް
އޮލަވާހަކައެއްގައި ކިޔާރާއާއި ޔަނާ ތިއްބެވެ.
“ބަދިގޭގަ ހުންނާނެ މަންމަ އަޅެދޭބަ މަގޭ
މަންމަ ސިއްސުވާލާފަ އެހެން ބުނަން..
މަންމަ ވަރަށް ކޫލް ވާނެޔޭ އަނެއްކާ މިހާރު
ކިޔާއާއި ވެސް މަންމަ ފްރެންޑްއެއްނުން..”
ކިޔާރާ ފެންބޮވައިގެން އުޅުމުން ޔަނާ
ބުނެލިއެވެ.މަޑު ހުނުމަކާއިއެކު ނިކުތް
ކިޔާރާ ބަދިގެ ދޮރުމަތިން މުޑިއެރީ
ޔޫހާންއާއިއެވެ.ދެބުމަ ގޮށްޖަހައިލަމުން ކިޔާރާ
ޔޫހާންއަށް ބަލައިލީ ޔޫހާން އަތުގައި ހުރި
ކޮފީތަށިން އެއްބައި އޭނާގެ ހުދުކުލައިގެ
ކުރުތާއަށް އެޅުމުންނެވެ.ކިޔާރާގެ ރަތްވެފައިވި
މޫނުފެނި ޔޫހާން ބާރަކަށް ހޭން ފެށިއެވެ.
“އޭމް ސޯ ސޮރީ”އެރޭ ކިޔާރާބުނި ރާގަށް
ދަމާލަމުން ޔޫހާން ބުނެލީކުޑަ ކުއްޖެއްހެން
ތުންފިއްތައިލަމުންނެވެ.އެއާއިއެކު އެއީ ޔޫހާން
ގަސްތުގައި ކުރި ކަމެއްކަން ކިޔާރާއަށް
އެނގުނެވެ.އައި ރުޅިން އޭނައަށް ދަތްތަކަށް
ވެެސް ވާންކޮށްލެވުނެވެ.”ބެލި ގޮތަކުން އެޅުނީ
ހިތު ކޫރު…އަލި މޫނޭ ސިފަވާ ހޫރު..ބަލި ކޮށްލީ
ހިތް ގަދަ މަހި ނޫރު ހައިރާންވޭ..”މޭގައި
އަތް އަޅައިލަމުން ޔޫހާން ލަވަ ކިޔަންފެށީ
ކިޔާރާ އިތުރަށް ރުޅިއަރުވައިލުމުގެ ނިޔަތުގައެވެ.
އެކަމަކު ކުއްލިޔަކަށް އޭނަ ހުއްޓުންއެރީ
ކޮފީތަށި އޭނަގެ މޫނަށް އަރައިގެން ދިޔުމުންނެވެ.
ޔޫހާން ނުވިސްނާ ހުއްޓާ ކުއްލިޔަކަށް ކޮފީތަށި
އަތުލައި ކިޔާރާ އޭނަގެ މޫނުމަށްޗަށް ޖަހައިލީއެވެ.
އައިރުޅިން ޔޫހާންއަށް ކިޔާރާގެ އަތުގެ މުލަށް
ދަނޑީގައި ހިފައި އޭނަގެ ގަޔާއި ދިމާލަށް ލުއްކެއް
ޖަހައިލެވުނެވެ.ޔޫހާންގެ ތަނަވަސް މޭމަތީގައި
އޭނަގެ މޫނު އައިސް ޖެހުންލެއް ބާރުކަމުން
ކިޔާރާގެ ނޭފަތަށްވެސް ތަދުވިއެވެ.އިސްއުފުލާ
ބަލައިލިއިރު ޔޫހާންގެ ރުޅިވެރި ނަޒަރު އޭނަގެ
ދެލޮލަށް ހުއްޓިފައިވިތަންފެނި ކިޔާރާއަށް
ހިންދިރުވައިލެވުނެވެ. އޭރު ޔޫހާންގެ ކަތުރު
ކަށިގަނޑަށް ބާރުވެފައިވީއިރުު އެފިރިހެންވަންތަ
ކަން އިތުރުވެފައިވާ ފަދައެވެ. ޔޫހާން ކިޔާރާގެ
އަތުގައިހިފާ ގެންގޮސް އޭނަގެ ކޮޓަރިއަށް
ގެންދިޔައެވެ. އެއަށްފަހު މަޑުމަޑުން ކިޔާރާއާއި
ދިމާލަށް ފިޔަވަޅުއަޅަން ފެށިއެވެ.

ޔޫހާން އަޅަމުންގެންދިޔަ ކޮންމެ ފިޔަވަޅަކަށް
ކިޔާރާ ފަހަތަށް ޖެހެމުން ދިޔައިރު ކިޔާރާ
ގޮސް އަލަމާރިއާއި ޖެހި ފިތިއްޖެއެވެ.އޭރު
ޔޫހާން ދިޔައިީ އެދެމެދުގައި އޮތް ދުރުމިން
ކުޑަކުރަމުންނެވެ. ޔޫހާންގެ މޫނު އޭނަގެ
ހޫނު ނޭވާ އިހުސާސްކުރެވޭހާ ކައިރިވެގެން
ދިޔުމާއިއެކު ކިޔާރާ ދެލޯމަރައި ތަގުޅިކޮށްލިއެވެ.
ކުއްލިޔަކަށް ޔޫހާން ކޮށްލިކަމަކުން ކިޔާރާގެ
ހޭބުއްދި ފިލައިގެން ދިޔަފަދައެވެ. ދެއަތުން
ޔޫހާންގެ މޭމަތޫގައި ތަޅާއިގަތީ އެ ބާރުގަދަ
ދެއަތުގެ ތެރެއިނަ މިންޖުވާން ބޭކާރު
މަސައްކަތްތްކެއް ކުރަމުންނެވެ. އެހެންނަމަވެސް
ބަދަލުގައި ޔޫހާން ކިޔާރާގެ ހިމަ އުނަގަނޑުގައި
ހިފައި އޭނައާއި ކައިރިކޮށްލިއެވެ. ކުއްލިޔަކަށް
ކިޔާރާ ޔޫހާންގެ މޭގައި އަތްއަޅައި ބާރަކަށް
ކޮށްޕައިލުމަށްފަހު އަތްދަމައި ބާރު އެތިފަހަރެއް
ޔޫހާންގެ ކަންކަށި މައްޗަށް އަރުވައިލައިފިއެވެ.

މިކަހަލަ ކަމަކަށް ތައްޔާރުނުވެ ހުރި ޔޫހާންއަށް
ބަލައިލެވުނީ ހައިރާންވެހުރެއެވެ.”ޕާރވެޓް”ދަތް
ކުޑިވިކައިގެން ހުރެ ކިޔާރާ އެކޮޓަރިން ނުކުންނަން
ހިނގައިގަތެވެ.ޔޫހާން ހިންދެމިލަމުން ކޮލުގައި
ފިރުމައިލިއިރު އެތުންފަތް މަތީގައިވީ ލާނެއް
ހިނިތުންވުމެކެވެ.”ލޯބީގެ އެތިފަހަރެއް..”
ހިނިގަނޑެއްޖަހައިލަމުން ޔޫހާން ބުނެލިއެވެ.
“އާހް..”މޭގައި ފިރުމައިލަމުން ޔޫހާން އެނދަށް
ވެއްޓިގަތީ ދީވާނާއެއްފަދައިންނެވެ. ޔޫހާންގެ
ކޮޓަރިން ނުކުތް ކިޔާރާގެ ހިތްހީވަނީ މޭކަށި
ގަނޑުފަޅައި ނުކުމެދާނެ ހެންނެވެ. މޭމަތީގައި
އަތްއަޅާއިލަމުން އޭނައަށް ފުންކޮށް ދެތިން
ފަހަރު ނޭވާވެސް ލެވިއްޖެއެވެ. ބާރު ހިނގުމެއްގައި
ގޮސް އިވްރާމެންގެ ކޮޓަރިއަށްވަން އިރު
އިވްރާ އަދިވެސް އުޅުނީ ފާހާނާގައެވެ.”ފެން ބޯން
ދިޔަމީހެއް ހެނދުމަށް ކޮފީވެސް ބޯންދީފަތަ ތިއައީ؟”
ކިޔާރާ ފެނުމާއިއެކު ޔަނާ ބުނެލިއެވެ. “ނޫން ހެހެ
އިވީ ނުކުތީމަ ބުނެލަދީ އިނގޭ ކިޔާ ގެއަށް
ގޮށްސިޔޭ…” މިހެން ބުނެލުމަށްފަހު ޔަނާ އަށް
އެއްޗެކޭ ނުބުނެވެނީސް ކިޔާރާ ނުކުންނަން
ހިނގައިގަތެވެ. އޭރު ނަސީބަކުން ސިޓިންރޫމްގައި
ވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
އަވަސް އަވަހަށް އެގެއިން ނުކުންނަން ދިޔަ
ކިޔާރާ އެންމެ ފަހަރަކުވެސް ފަހަތް ބަލައިނުލްއެވެ.

ގެއަށް އައިސް ވަން ކިޔާރާ ފަސޭހަކަމާއިއެކު
އޭނާގެ ކޮޓަރިއަށް ދެމިގަނެވުނީ ބޭރުގައި އެއްވެސް
މީހަކު ފެންނަން ނެތުމުންނެވެ. ކޮޓަރީގެ ދޮރުގައި
ބުރަކަށި ޖައްސައިލައިގެން އޭނަ ހުރީ މޭމަތީގައި
އަތް އަޅާއިލައިގެންނެވެ.އެއްށަފަހު ލޯގަނޑާއިވީ
ފަރާތަށް އެނބުރިލަމުން އަމިއްލަ ނަފްސަށް
ބަލައިލިއެވެ.”މައި ފަސްޓް ކިސް” ތުންފަތުގައި
އަތްއަޅާއިގެން ހުރެ ކިޔާރާ ބުނެލިއެވެ.
ގަބޫލުނުކުރެވިފައިހުރެ އޭނަ ލޯގަނޑޫން އަމިއްލަ
މޫނަށް ބަލައިލިއެވެ. ދޮންމޫނު ލަދުން ރަތް
ވެފައިވީއިރު ތުންފަތުގައިވެސް ވީ މަޑު ރަތް
ކަމެކެވެ.

ދަންވަރުގެ ހަމަހިމޭންވަގުތެވެ. އުޑުމަތީގައި
ތަރުތީބެއްނެތި އުކާލެވިފައިވާ މިނާ ފުއްތަކެއް
ފަދައިން ތަރި ތައްވިދާ ބަބުޅާމުންދިޔައީ މިނިވަން
ކަމާއިއެކުގައެވެ.ޖެހިލާ މަޑުފިނިވައިރޯޅިން
ގަސްތައްހެލިލާއަޑު އިވިގެން ދަނީ ހިމޭން
މިޔުޒިކެއްފަދައިންނެވެ.ބެލްކަނީގައި ހުރި
ހުދުވަކަރުލީ ގޮނޑީގައި އިށީންދެގެން އިން
ޔޫހާން ގިޓާގެ ނާރުތަކާއި ކުޅެލިއެވެ.
“ބޭބީ..އައި ވޯނަ ނޯ..ވަޓް ޔޫ ތިންކްވެން
ޔޫ އާރ އެލޯން..އިސް އިޓް މީ ޔާ..އަރ
ޔޫ ތިންކިންގް އޮފްމީ..ވީ ހޭވް ބީން ފްރެންޑްސް
ނައު ފޯ އަ ވައިލް..ވަނާ ނޯ ވެން ޔޫ ސްމައިލް
އިސް އިޓް މީ ޔާ..އަރ ޔޫ ތިންކިންގް އޮފް
މީ ޔާ އޯ..ގާރލް ވަޓްވުޑް ޔޫ ޑޫ..ވުޑް ޔޫ
ވަނާ ސްޓޭ..އިފް އައި ވަރ ޓު ސްޓޭ..
އައި ވޮނާ ބީ ލާސްޓް ޔާ..ބޭބީ ލެޓްމީ ބީ
ޔުރ ލާސްޓް ފަސްޓް ކިސް..އައި ވޮނާ
ބީ ފަސްޓް ޔާ..ވަނާ ބީދަ ފަސްޓް ޓު
ޓޭކް އިޓް އޯލް ދަ ވޭ ލައިކް ދިސް
އެންޑް އިފް ޔޫ އޮންލީ ނިޔު..އައި ވާނަ ބީ
ލާސްޓް ޔާ ބޭބީ..ލެޓްމީ ބީ ޔުރ ލާސްޓް
ލާސްޓް ފަސްޓް ކިސް..” ޔޫހާން އޭނާގެ
ފިރިހެންވަންތަ އަޑުން އެހިތުގައިވި އިބާރާތް
ކޮޅުތައް ލަވައެއްގެ ސިފައިގައި ކިޔައިލިއެވެ.
“ކިޔާރާ” ހުސްގަޔާ ހުރެ ސޯޓުގެ ޖީބަށް
އަތްޖަހައިލަމުން ޔޫހާން ކިޔާރާގެ ނަން
ކިޔަިލިއެވެ.އޭރު އޭނަގެ ދެލޯމެރި ތުންފަތުގައި
ވެސްވީ ފުން ހިނިތުންވުމެކެވެ.

-“ނުނިމޭ”-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

އެކުއްޖާ 16

Next

ހެޔޮ ރަޙުމަތް 1

Next
May 30, 2020

ހެޔޮ ރަޙުމަތް 1

Previews
May 30, 2020

އެކުއްޖާ 16

6 Comments!

  1. Cherrychoppers says:
    May 30, 2020 at 7:11 pm

    Salaam everyone.. mi othyy vaahakaige next partt.. mi partvx kamudhaanekamah heekurann.. thank you so much for the support and love.. much loves everyone ?? stay safe oll ?

  2. Kylie says:
    May 30, 2020 at 11:36 pm

    Maasha allah vvvvvv reethi mi part vxx…… Waiting fr nxt part…. Ly nd be Safe dear

    1. Cherrychoppers says:
      May 31, 2020 at 12:46 am

      Jazaakahllah khairan kylie☺️..in shaa allah tomorrow next part will ve uploaded

  3. Aasha says:
    May 31, 2020 at 12:39 am

    Alheyy wooowwww maa shaaa allah?♥️ curiously waiting for the next part?

  4. Kairaa says:
    May 31, 2020 at 12:43 am

    Wooww maashaa Allah this is sooo cute?♥️ can’t wait for the next episode

  5. Manha says:
    May 31, 2020 at 2:31 pm

    Wowowowow vrh vxxxx ryyytthii mi partt ? maashaa Allah ❤️

Comments are closed.

Next Episodeހިތް ކަލާޔަށް އެދޭތީ..14←


All Right Reserved!