Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..7

Cherrychoppers Level 3100 Login10 Stories100 Comments
May 10, 2020 One Min Read
5 Comments

އައުދުވަހަކަށް ދުނިޔެ ދޮންކުރަމުން އިރު ފެނުން

ތޮޅެލީ އެކިމީހުންނަށް އެކިކުލަތައް ދައްކައިދެމުން

ނެވެ.ނޫކުލައިގެ ސާފު އުޑުގައި ތުނިކަފަކޮޅުތަކެއް

ހެން އެއްވެސް މިސްރާބެއްނެތި ވިލާތައް ދައުރު

ވަމުންދިޔައިރު ޖެހިލާ މަޑުވައިރޯޅިތަކުން ހިތްތަކަށް

ފިނިކަން ލިއްބައިދެއެވެ.ބެލްކަނީގައި ކޮފީތައްޓެއް

ހިފައިގެން ހުރި ޒާއިޝް ފަހު ކޯވަރު ދަމައިލަމުން

ކޮޓރިތެރެއަށް ވަދެގެން ދިޔައެވެ.އަޅިކުލައިގެ އަތް

ދިގުގަމީހަކާއި ކަޅުގައިގެ ފަޓުލޫނެއްގައި ހުރި އިރު

ހެނދުނުގެ މިގަޑީގައި އޭނާ ފެންނަލެއ ނުހަނު ތާޒާ

އެވެ.އަލަމާރީން ކަޅުކުލައިގެ ޓައީ އެއްނަގައި ކަރުގައި

އަޅައިލަމުން އެނދުމަތީގައި ދެލޯ ބޮޑުކޮށްގެން އޮތް

ޒުކާއަށް އޭނަބަލައިލީ ލޯބިންފުރިގެންވީ ނަޒަރަކުންނެވެ.

އެ ލޯބިފުއްގަނޑު އަތަށް ނަގައިލުމަށްފަހު އެވަށް

ކޮލުގައި ޒާއިޝް ބޮސްދިނެވެ.ޒާއިޝް ޒުކާގެ

ކުޑަ ކުޑަ އަތްތިލާ އޭނާގެ އަތަށް ލުމާއިއެކު

ޒުކާ ޒާއިޝްގެ އަތުގައި އޭނާގެ ތުއްތު ދެއަތުން

ހިފާލަމުން ދިމާކުރީ އަނގައާއި ދިމާލަށްށެވެ.

މަޑު ހުނުމަކާއިއެކު ޒާއިޝް އޭނާގެ އަތް

ނައްޓައިލަމުން ޒުކާގެ ނިއްކުރީގައި ބޮސްދިނެވެ.

އެވަގުތު އެތާއައިސް ހުއްޓުނު ރަފީގާ އަށް މި

މަންޒަރު ފެނުމުން އިހުތިޔާރުން ބޭރުގައި އޭނަ

އަށް ހިނިތުންވެލެވުނެވެ. އެތަކެއް ދުވަސްތަކަކަށް

ފަހު އެދަރިފުޅުގެ މޫނުމަތިން ފެނުން ހިނިތުންވުމުގެ

ސަބަބުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އޭނާގެ

ހިތަށްވެރިވިއެވެ.”މަންމާ”ޒާއިޝް އެހެން ބުނެލަމުން

ދޮރުކައިރިއަށް ހިނގައިގަތީ ޒުކާގޮވައިގެންނެވެ.”ދަރިފުޅު

ސައިބޯން ނުނިކުންނާތީ”ހިނިތުންވެލަމުން ޒާއިޝްއަށް

ރަފީގާބުނެލިއެވެ.”މިދަނީ..ކޮބާ ކިޔާ”ޒާއިޝް އަހައިލިއެވެ.

“ކޮޓަރީގައި”އަލަމާރިން ޒުކާގެ ހެނދުން ކޮޅެއް

ނަގަމުން ރަފީގާ ޒާއިޝްއާއި ދިމާލަށް ހިނގައިގަތެވެ.

އަދި އަތުގައި އޮތް ހެނދުންކޮޅު ޒާއިޝް އަތަށް

ދެމުން އޭނަ އެކޮޓަރިން ނުކުތީ ޒުކާގެ ކޮލުގައި

ފިރުމައިލުމަށްފަހުއެވެ.އެއް އަތުން ޒުކާގެ ހެނދުން

ކޮޅުހިފައިގެން އަނެއްއަތުން ޒުކާ އުރައިލައިގެން

ޒާއިޝް ގޮސް ކޮޓަރިއެއްގެ ދޮރުމަތީ ހުއްޓެލިއެވެ.

ދެފަހަރަކު ޓަކި ޖަހައިލުމުން ކޮޓަރީގެ ދޮރުހުޅުވައިލީ

އިސްކޮޅުން ކުރު އަންހެން ކުއްޖެކެވެ. ގަދަ

ނޫކުލައިގެ ކުރުތާއަކާއި އައިސް ބުލޫކުލައިގެ

ޖީންސް އޭނާގެ އޮމާން ދޮން ހަންގަނޑާއި

ނުހަނު ގުޅެއެވެ.ކަޅުކުލައިގެ ކުޑަ ވަށްބުރުގަލެއްގެ

ތެރެއިން ފެންނަނީ ނުހަނު އުޖާލާކޮށްށެވެ #.

“ދޮންބޭ” ހިނިތުންވެލަމުން ކިޔާރާ ޒާއިޝްއަށް

ގޮވައިލަމުން އޭނާގެ އުރުގައި އޮތް ޒުކާނަގައި

އެ ކޮލުން ބޮޑުދޮނެއް ނެގިއެވެ.”އަން..މިއޮތީ

ބޭބީގެ ޑްރެސްކޮޅު..ކިޔާ ސައިބޮއެފިންތަ؟”

ޒާއިޝް އަހައިލިއެވެ publicerad här.”ފަހުންބޯނީ މިވަގުތު

ބޭނުމީ ތުއްތި ޖަންބުގަނޑު މޮޑެލަން” ޒުކާ

އޭނާގެ މެއާލައި ފިއްތައިލަމުން ކިޔާރާ ބުނެލިއެވެ.

އެވަގުތު ތުއްތު ޒުކާ ދެލޯބޮޑުކޮށްލަމުން ކިޔާރާ

އަށް ބަލައިލިއެވެ.އެއާއިއެކު ޒާއިޝްއާއި ކިޔާރާ

އާ ދެމީހުންނަށްވެސް ހެވުނެވެ.”އޯކޭ..ބާއި”

އަތުކުރީގައި އޮތްގަނޑިއަށް ބަލައިލަމުން ޒާއިޝް

އެހެން ބުނެލީ ކިޔާރާގެ ކުޑަ ނޭފަތަށް ފުއްޓަ

ތްކެއް އަރުވައިލަމުންނެވެ.އަދި ގުދުވެލަމުން ޒުކާގެ

ނިތްކުރިއަށް ބޮސްދިނުމަށްފަހު އޭނާ ހިނގައިގަތީ

ކާގެއާއި ދިމާލަށްށެވެ.ޒާއިޝް ދިޔުމުން ކިޔާރާ ޒުކާ

ގޮވައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

އެންމެ ފުރަތަމަވެސް ރީތިކޮށް ޒުކާ ފެންވަރުވައި

ލުމަށްފަހު ރީތިކޮށްލިއެވެ.އެއަށްފަހު އެނދުގައި

އޮށޯވެލަމުން ޒުކާ އޭނާގެ ބަނޑުމަތީގައި ބައިން

ދާލިއެވެ.”އޯ މައި ލިލް ބޭބް..ތުތީގެ ފުރާނަ..ހާދަ

ވަރަކަށްށޭ ތިބަލަނީ” ކަޅި ޖަހަިނުލާ ކިޔާރާއާއި

ދިމާލަށް ބަލަމުން ގެންދިޔަ ޒުކާގެ ބަނޑުގައި

ކޮއްޓައިލަމުން އޭނަ ހިނިތުންވެލިއެވެ.ޒުކާ ހޭން

ފެށުމުން އޭނަ އަނެއްކާވެސް ޒުކާގެ ބަނޑުގައި

ކޮއްޓަންފެށިއެވެ.އެއާއިއެކު މުޅި ކޮޓަރި ތެރޭގައި

ގުގުމައިގެން ދިޔައީ ޒުކާގެ ތުއްތު ހުނުމުގެ އަޑެވެ.

“އާހް..”ފުންނޭވާއެއް ލަމުން ކިޔާރާ އެނދުގައި

ޒުކާ ބާއްވައިލިއެވެ.އަދި އެ އަތަށް ކުޅޭ

އެއްޗެއް ލައްވައިލަމުން ފުންނަޒަރަކުން އެ

ކުއްޖާއަށް ބަލައިލިއެވެ.”ޒޫކީ..ވަޓް ޔޫ ތިންކް؟

ތުއްތިގެ ޕްރިންސް ތުއްތިއަށް ފެންނާނީ ކޮން

އިރަކުން…އަޅޭމީހުން ބުނޭ ލޯބިވެވުނީމައި އޭނާ

ފެންނައިރަށް އަތްފައި ފިނިވާނެއޭ..ތުރުތުރު އަޅާނެ

އޭ އަހައަހަ..އަބަދުވެސް އެސޫރަ ދެކޭހިތްވާނެއޭ..

އެކަމު މިވީ 20 އަހަރުދުވަހުތެރޭ ދުވަހަކުވެސް

ތުތީއަށް އެކަހަލަ ކަމެއނުވޭ..”ކުޑަ ކުޑަ

ޒުކާއަށް ކިޔާރާ ވާހަކަ ދެއްކީ ހުވަފެނީ

ގޮތަކަށްށެވެ.ތަނެއް ދޮރެއް ވަކިނުވާހާލު

ޒުކާ އަވަދިނެތި އުޅެމުންދިޔައީ އަތުގައި

އޮތް ކުޅޭއެތި އަނގައަށްލުމުގައެވެ.”ޓެލް

މީ ބޭބީ..ވަރަށް އަވަހަށް މީޓްވާނެ ދޯ

ތުއްތިގެ ޕްރިންސްއާ..؟”ހިނިތުންވެލަމުން

ކިޔާރާ ޒުކާއާއި ވީ ފަރާތާ އެނބުރިލުމުން

ޒުކާ ލޯބި ހިނިތުންވުމެއް އޭނައަށް ހަދިޔާ

ކޮށްލިއެވެ.”މައި ޕަމްޕްކިންން..”ޒުކާނަގައި

ލަމުން ކިޔާރާ ބައްތިރީސް ދަތް ފެންނަވަރަށް

ހީގަނތެވެ.

*****************************

“ގުޑް މޯރނިންގް މޮމް”ކައި ކޮޓަރި އަށް

ވަދެގެން އައި ޔޫހާން ހުދާއަށް ބުނެލިއެވެ.

“ގުޑް މޯރނިންގް ކިވީ”ރޮށިފަތުރަން ހުރި

އިވްރާގެ ކޮލުގައި ހިކިފުއްކޮޅެއް ހައިކައިލަމުން

ޔޫހާން ހީގަތެވެ.”ދޮންބޭ..”އިވްރާ ތުން ހަދައިލަމުން

އަކުރުތަކަށް ދަމާލަމުން ޔޫހާންއަށް ގޮވައިލިއެވެ.

ޔޫހާން ހިނިގަނޑެއް ޖަހައިލަމުން ސިންކު ކައިރިއަށް

ޖެހިލާ އަތްދޮވެލިއެވެ.”ހުމްމް..ފެށުނިއްޔޭ ދޯ ކުޅިގަނޑު”

ތަށިތައަޓަށް ފެންއަޅަން ހުރި ހުދާ ޗުސް

ތަޅައިލަމުން ޔޫހާންގެ ކޮނޑުގައި ޖަހައިލިއެވެ.

“ޖެއްސުން ނުކުރާވަރެއް ނޫން..ރޭގައި ބޮލަށް

މަސާޖް ކޮށްދޭނަމޭ ކިޔާފަ މި ދެ އަންހެނުން

އަޅުގަނޑު ބޮލުގައި ހޭކީ ރަތް ކުލަ”އަނގައަށް

ރޮށިކޮޅެއް ލަމުން ޔޫހާން ބުނެލިއެވެ.އެއާއިއެކު

ރޮށިފިހެން ހުރި އިވްރާގެ މަސައްކަތައް މަޑު

ޖެހުމެއް އައި އިރު ޔޫހާން އާއި ދާދި ގާތުގައި

އިން ޔަނާ ކޮށިއަރައިގަތެވެ.ދެ އަންހެން

ކުދިންގެ ނަޒަރު ބައްދަލުވުމާއިއެކު ދެމީހުން

ވެސް ހިނިގަނޑު ކޮންޓުރޯލް ކޮށްލިއެވެ.

“އެހެން ހަދަން ރަނގަޅޭ..އެކުދިން ފަކީރަށް

ޔޫހާން ޖެއްސުން ކުރާވަރޯ..!”ޔޫހާން އާއި

ދިމާލަށް އެހެން ބުނެލަމުން ހުދާ އުނދުން

ކައިރިއަށް ޖެހިލީ އިވްރާ އަށް ލުއި ކޮށް

ދިނުމަށްށެވެ.”ޔަމްމްމް..ކުޑާ މީރޭ އެނގޭ”

ސިންކް ކައިރިއަށް ޖެހިލަމުން ޔަނާ އިވްރާގެ

ކެއްކުމަށް ތައުރީފު ކޮށްލިއެވެ.”ކުޑާ ގޮތަށް

ޔަނާވެސް މިހާރު ވެއްޖެޔޭ ކައްކަން ދަސްކުރަން

…މިހާރު 19 އަހަރު ވަނީ ވިއްޔާ”ހުދާ އަބަދު

ވެސް ކުރާ ޝަކުވާ ކޮށްލިއެވެ #.”ހަމަޖެހިބަލަ ހުދާ

..އެމަންޖެ މަސައްކަތް ކުރާ ވަރުވީމަ ކުރާނެޔޭ ދޯ”

އަބަދުވެސް ޔަނާ ދިފާއު ކުރާ ހާލިދު ޔަނާ

އަށް ދޯ ދިނެވެ.ފުންނޭވާ އެއްލަމުން ހުދާ

ދެފަރާތަށް ބޯ ހޫރުވައިލީ އަދިވެސް ހާލިދުގެ

ވިސްނުމަށް ބަދަލެއް ނާންނާތީއެވެ #.”ހިނގާ

ދަމާ ޔާން”ގޮދިން ތެދުވެލި ޔޫހާން

ޔަނާއާއި ދިމާލަށް އެހެން ބުނެލީ ކަބަނޑު

މަތީގައި އޮތް އޭނާގެ ސައިކަލު ތަޅުދަނޑިފަތި

ނަގަމުންނެވެ.މަސައްކަތުން އަވަދިވެގެން

އިވްރާ ކޮޓރި އަށްދިޔައީ ފެންވަރައި ތާޒާ

ވެލުމަށްށެވެ.ފުންވަރައިލުމަށްފަހު އިވްރާ

އިސްތަށިގަނޑުން ފެން ހިއްކަމުން ބެލްކަނީގެ

ދޮރުހުޅުވައިލުމާއި އެކު އެ ކަޅުކަންގަދަ

އިސްތަށިގަނޑު ވަޔާއި ވިހުރެން ފެށިއެވެ.

ދެލޯމަރައިލަމުން އޭނާ ހިނިތުންވެލީ ހިތަށް

ލިބުނު ހަމަޖެހުމުގެ ބޮޑުކަމުންނެވެ.”އިވީ އާދޭ

ސައި ބޯން” އެވަގުތު ދޮރު ހުޅުވައިލައިފައި

ކޮޓަރި އަށް ވައިން ހުދާގެ އަޑު އިވި،ސިހިފައި

އިވްރާ ފަހަތް ބަލައިލިއެވެ.އަދި ހިނިތުން

ވެލުމަށްފަހު މިދަނީއޭ ބުނެލަމުން ކޮޓަރި

ތެރެއަށް ވަނެވެ.

*******************************

އޮފީހުން ހުސް ވަގުތު ކޮޅެއް ލިބުމުން ޒާއިޝް

ގޮނޑީގައި ހަށިގަނޑު ދަމައިލަމުން ބޮލަށް

އަތްމަހައިލިއެވެ.އެހެން އޮތް އިރު އޭނާ

ސިއްސައިގެން ދިޔައީ މޭޒު މަތީގައި އޮތް

ފޯން ރިންގްވާން ފެށުމުންނެވެ.ހިނިތުންވެލަމުން

އޭނަ އެ ފޯންކޯލަށް ޖަވާބުދެމުން ކެބިން އުން

ނުކުތުމަށް ހިނގައިގަތެވެ.އެއް ޖީބަށް އަތް

ޖަހައިލައިގެން ފިރިހެންވަންތަ ހިނގުމެއްގައި

ޒާއިޝް ދިޔައިރު ގިން އަންހެން މުވައްޒަފުންގެ

ނަޒަރުތައް އަމާޒުވަމުން ދިޔަ ނަމަވެސް

އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި

އޮފީލުގެ މައި ގޭޓުއޭނަ ކަޑައްތު ކޮށްލިއެވެ.

ޕާކު ކޮށްފައި އޮތް ސައިކަލަށް އަރައިލަމުން

އަތުގައި އޮތް ފޯން އޭނަ ޖީބަށް ކޮއްޕާލިއެވެ.

މަޑު ދުއްވުމެއްގައި ގޮސް ޒާއިޝް ސައިކަލު

ޕާކު ކޮށްލީ ކީގޯސް ކެފޭގެ ކުރިމަށްޗަށްށެވެ mi blog.

އެއަށްފަހު ފޯންނަގައި އަނެއްކާވެސް ނަންބަރަކަށް

ޑައިލްކޮށްލިއެވެ #/.ފޯނުގައި ހުރެގެން އޭނާ ކެފޭއަށް

ވަތްގޮތަށް ދެކޮޅުހޯދަން ފެށި ގޮތުންއޭނަ އެހޯދަނީ

ފޯނުގެ އަނެއްފަރާތުން ވަހާކަ ދައްކަމުން ދިޔަ

މީހާހެން ހީވެއެވެ.ޒާއިޝްގެ ހަރަކާތްތަކަށް

ހުއްޓުމެއް އައީ ތަންކޮޅެއް ދުރުގައި ހުރި

މޭޒެއްގެ ދޮށުގައި އިން ޒުވާނަކު އޭނާއަށް

ހަނާއަޅާތަން ފެނުމުންނެވެ.ރީތި ހިނިތުންވުމެއް

ތުންފަތަށްވެރިކުރުވަމުން އޭނަ އެދިމާލަށް ހިނގައިގަތީ

ފޯން ކަންފަތުން ނައްޓުވައިލަމުންނެވެ.”ކަޔާން #..”

އެޒުވާނާ އާއި ކުރިމަށްޗަށް ހުރި ގޮނޑީގައި

އިށީންނަމުން ޒާއިޝް ގޮވައިލިއެވެ.ހުދު ކުލައިގެ

ގަމީހަކާއި ގަދަ މުށިކުލައިގެ ކޯޓުފަޓުލޫނުގައި

ކަޔާން ފެންނަލެއް ނުހަނު ހިތްގައިމެވެ.

ތުނި ކޮށްފަޅަން ފަށައިފައިވާ ތުނބުޅިއާއި

ކަޅުކަން ގަދަ އިސްތަށިގަނޑުގެ އިތުރުން

މުށި ކުލައިގެދެލޯ ފެނި އަންހެންކުދިންގެ

ހިތްތައް މޮޔަވާނެ ކަން ކަށާވަރެވެ.”ހޭއި

މޭން ލޯންގް ޓައިމް ނޯ ސީ ރައިޓް؟”

ހިނިތުން ވެލަމުން ކަޔާން ޒާއިޝްއަށް

ސަލާމް ކޮށްލަމުން ބުނެލިއެވެ.ޒާއިޝްވެސް

ހިނިތުންވެލަމުން އެންމެ ގާތް އެކުވެރިޔާގެ

ބަހަށް އެއްބަސްވިއެވެ.އެތައް އިރަކުދެމީހުން

ވާހަކަ ދައަކައިލިން ތިބުމަށްފަހު އޮފީހަށް

ދާން ނުކުތީވެސް އެކުއެކީގައެވެ.އޮފީހަށް

ވަދެގެން އައި ޒާއިޝްފެނި އޭނާގެ ވަގުތީ

އެސިސްޓެންޓް ބާރު ހިނގުމެއްގައި އޭނާ

އާއި އަރައި ހަމަ ކުރިއެވެ.”ސަރ އިނޓަވިއު

އަށް މާދަމާ ކުދިން އަންނާނެ އެންމެ

ރަނގަޅު ތޯ؟!”ޒާއިޝްގެ އަތަށް ފައިލެއް

ދިއްކޮށްލަމުން މީރާ ބުނެލިއެވެ.”ޔެސް..

ތެންކްސް މީރާ..”ޒާއިޝް ފައިލް ހިފައިގެން

ކެބިން އަށް ވަންނަމުން މީރާއަށް ބުނެލިއެވެ.

******************************

“އިވީ މާދަމާ އިންޓަވިއު އޮންނާނެ..ކިރިޔާ ފޯމް

މިލެވުނީ ބީރެޑީ އެނގޭ”ގޭތެރެއަށް ވަދެގެން އައި

ޔޫހާން އަތުގައި އޮތް ފައިލް ސޯފައިގައި

ޓީވީ ބަލަންއޮތް އިވްރާގެ އަތަށް ލައިދެމުން

ބުނެލިއެވެ.އަދި ޖެހިގެން ހުރި ސޯފާ

އަށް ވެއްޓިގަންނަމުން ކަރުގައި އޮތް

ޓައީ ދޫކޮށްލިއެވެ.”އިވީގެ ޖޮބަށް ދަރިފުޅުގެ

އޮފީހަށްތަ؟”އެވަގުތު ފެންތައްޓެއް ހިފައިގެން

އައި ހުދާ ސުވާލުކޮށްލިއެވެ.”ލައްބާ..އިވީ

ކޮންމެ ކޮންމެ ތާކަށް ފޮނުވާކަށް ނުވާނެއެއް

ނުން..އަދި ކިރިޔާ ވިއްޔަ މާލެ އެއައީ..

އެހެންވެ ތަންކޮޅެއް ކޮމްފޯޓަބަލް ވާނެ އެއް

ނުން އަޅުގަނޑާ އެއް އޮފީހެއްގަވީމަ..”

ފެންތަށި ތުނބުގައި ޖައްސައިލަމުން ޔޫހާން

ވާހަކަ ދެއްކިއެވެ.”އާން ވަރަށް ރަނގަޅު

..ދަރިފުޅުވާނެ އިވީއަށް ރަނގަޅަށް ބަލަން..”

ޔޫހާންގެ ވާހަކައާއި އެއބަސްވަމުން ހުދާ

ބުނެލިއެވެ.”އަޅުގަނޑުވެސް ބޭނުން ދާން

މަންމާ..” ހުދާގެ ކޮނޑުގައި ބޯއަޅައިލަމުން

އާދައިގެ މަތިން ޔަނާ ޝަކުވާ ކޮށްލީ

ކުޑަކުއްޖެއް ފަދައިންނެވެ.”ސާބަހޭ ޔޫނުސޫ

ތިއިހަށް ކިޔެވޭތޯ ބަލާބަލަ..ކުޑާވެސް ޖޮބަށް

އެދަނީ ކިޔަވަން ނުފެށޭތީ، އަބަދު ގޭގައި

ހުންނަން ފޫހިވާތީއޭ..ޕިސްޕިސް މީހާ ގޮސް

ބޮޑުވާއިރުވެސް މިތާ އިންނަނީ ހަމަ އެކުޑަ

ކުޑަ ސިކުނޑިދޯ tienda..”ޔަނާގެ ބޮލުގައި ޖަހައި

ލަމުން ޔޫހާން ބުނެލިއެވެ.”ހަހް..ވަރަށް

ފޫހިވޭ..”ތުންހަދައިލަމުން ޔަނާބުނި ޖުމްލަ

ހަމަ އެރާގުގައި ޔޫހާން ތަކުރާރުކޮށްލިއެވެ um diese jungs herumblättern.

-“ނުނިމޭ”-

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ޝަހަރު 1ވަނަބައި

Next

އަބަދުވެސް މި ހިތުގާ ވެޔޭ (13)

Next
May 10, 2020

އަބަދުވެސް މި ހިތުގާ ވެޔޭ (13)

Previews
May 10, 2020

ޝަހަރު 1ވަނަބައި

5 Comments!

  1. Cherrychoppers says:
    May 10, 2020 at 2:19 pm

    salaam readers here is the 7tth part of “hih kalaayah edheythi” hope everyone will like this part too..thank you all for the support and love..saty safe guyz

  2. Reesham says:
    May 10, 2020 at 2:21 pm

    Maa shaa allah varah reethi mi part vess..❤️

    1. Cherrychoppers says:
      May 13, 2020 at 8:51 pm

      Jazaakallah Khairan…❤️

  3. Kylie says:
    May 10, 2020 at 3:56 pm

    Me first thr…. vvvvv salhi mi part vx…… Waiting fr nxt

    1. Cherrychoppers says:
      May 13, 2020 at 8:52 pm

      Jazaakallah Khairan…ahah❤️

Comments are closed.


All Right Reserved!