ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އޮއްސެމުން
ދިޔަ އިރުގެ ރަންދޯދިތައް އަތިރިމަތީގެ ދޮން
ފަސްގަނޑުގައި ފެވެމުންދިޔައިރު ސާފު ބިއްލޫރި
ކޮޅެއްފަދަ ލޮނުގަނޑުގައި ފެވިފައިވި އޮރެންޖްއާއި
ރަތްކުލައިގެ އަސަރު އުނޑުމަތީގައި ހަރަކާތްތެރިވަމުން
ވަމުންދިޔަ ވިލާތަކަށްވެސްކުރެއެވެ. މާހައުލަށް އިތުރު
ފުރިހަމަކަމެއް ގެނެސްދެމުން ޖެހިލިމަޑު ވައިރޯޅިއެއް
އިވްރާ އަޅައިގެން ހުރި ގަދަ އަޅިކުލައިގެ ޝޯލް
އާއި ސަމާސާކޮށްލުމުން އިވްރާ އޭނާގެ ކަނާތު
ކޮނޑުގެ އަރިމަރިން ވައްޓައިލެވިފައިވި ޝޯލްގެ
ބައިގައި ހިފަހައްޓައިލިއެވެ.ރާޅުޖަހާ ފަށުގައި
ޔަނާ އެކި ގޮތްގޮތަށް އިރުއޮއްސެމުން ދިޔަ
މަންޒަރު ފޯނުގައި ރައްކައިކުރަމުން ދިޔައެވެ.
ފުންނޭވާއެއް ދޫކޮށްލަމުން އިވްރާ ހިނިތުންވެލައި
އޭނާގެ ކަޅުކަންގަދަ ދެލޯމަރައިލިއެވެ.”ކުޑާ…
ހިނގާދަމާ”ޔަނާއައިސް ޖޯލީގައި އިން އިވްރާގެ
ފައިގައި ކޮށްޓައިލިއެވެ.އަތުގައި އޮތް ފެންފުޅިން
ކޯވަރެއްދަމާލަމުން އެނބުރުނު ގަނޑީގައި
މީހެއްގެ ގައިގައި އަޅައިގަނެ ފެންފުޅިން
ބޮޑުބައެއް އެމީޙެއްގެ ގަޔަށް އެޅިގެންދިޔައެވެ.
“އޯ..މައި ގޯޑް..އައޭމް ސޯ ސޮރީ”ހާސްވެފައި
ހުރި އިވްރާ ކުރިމަތީގައި ހުރި އަންހެންކުއްޖާ
އަށްބަލައިލަމުން ބުނެލިއެވެ.”ނޯ..ހެހެ..އިޓްސް
އޯކޭ..” ހިތްހެޔޮ ހިނިތުންވުމަކާއިއެކު އެކުއްޖާ
ބުނެލީގައިގައި ހުރި ފެންފޮދު ފޮޅައިލަމުންނެވެ.
“ހިއާރ..”އެވަގުތު ޔަނާ އަތްދަބަހުން ދެތިން
ޓިޝޫ ނަގައި އެކުއްޖާއަށް ދިއްކޮށްލިއެވެ.
****************************
“އަހަ..މިއޮއް އައީނުން..ކިޔާ ކިހިނެއް ހަދާފަ
ތިހުރީ..؟”ސޯފައިގައި ލެޕްޓޮޕް ހިފައިގެން
އިން ޒާއިޝް ގޭތެރެއަށް ވަދެގެން އައި
ކިޔާރާއަށް ބުނެލިއެވެ.”އެއީ ދެންމެ
ކުއްޖަކު އަތުން ފެންފޮދެއް އެޅުނީ..”
ކިޔާރާ ޒާއިޝްއަށް ރައްދުދިނެވެ. “މަންމަ
ތަނަކަށް ދާން އުޅޭތީ..ކިޔާ ހޯދަން
އުޅެނިކޮށްތިއައީ…”ޒާއިޝް ޓައިޕް ކުރަން
އިނދެ ބުނެލިއެވެ.”އެހެންތަ..ކޮބާ ޒޫކީ.؟”
ދެކޮޅުބަލައިލަމުން ކިޔާރާ އެއްސެވެ.
“މަންމަ ކޮޓަރީގަ”ޒާއިޝް ޖަވާބު ދިނުމާއިއެކު
ކިޔާރާ ސިޑިން އަރައިގެން ދުއްވައިގަތެވެ.
***************************
“އާދެ..ޝުކުރިއްޔާ” ކިންފަތުގައި ފޯން ޖަހައިގެން
ހުރެ އިވްރާ ބުނެލިއެވެ.އެވަގުތު ކައިރީގައި ހުރި
ޔަނާ އަތުގެ އިޝާރާތުން ކިހިނެއްވީހޭ އަހައިލީ
ކެތްތެރިކަން ކުޑަގޮތަކަށްށެވެ.”ޖޮބް ލިބުނީ..”
ފޯން ކަނޑައިލަމުން އިވްރާ ބުނެލީ އޭނާގެ
ކުދި ދަތްތައް ދައްކައިލަމުންނެވެ.އެއާ
އިއެކު ޔަނާ ތޫލިއަޑަކުން ލަޅޭލަވައިގަންނަމުން
އިވްރާގެ ގައިގައި ހިފައިގަތެވެ.”ކިހިނެއް ވެގެން
މިއުޅެނީ..؟”އެވަގުތު އެކޮޓަރި ދޮރުމަތިން
ހުރަސްކުރި ޔޫހާން ކޮޓަރިތެރެއަށް ދެމިގަތެވެ.
“ކުޑާއަށް ޖޮބްލިބުނީ..”ޖަވާބުދޭން އިވްރާ
އަނގަހުޅުވައިނުލެވެނީސް ޔަނާ ހަޅޭލަވައިގަތެވެ.
“ވާއޫޫޫޫޫޫއޫއޫ..ދެޓްސް ގުްރޭޓް ކޮންގްރެޓްސް
ސޮސްކޮޅޫ.” ކުޑަކޮށް އިވްރާގެ ގައިގައި
ބައްދައިލަމުން ޔޫހާން ބުނެލިއެވެ.
********************************
“އޯކޭ މޭން…ކޮންމެހެންވެސް އަހަރީ ޖަލްސާ
އަށް އަންނަން ވާނެ..އެހެންނޫނީ ޔު ނޯ މައި
މޮމް..ޝީވިލް ކިލް މީ..އަހައަހަ..”މޭޒުމަތީގައި
ހުރި ކޮފީތަށީގެ މަތީގައި އަތް ހާކައިލާ
ހާކައިލާ އިން ޒާއިޝް ފޯނުން ވާހަކަ
ދައްކަމުންދިޔައީ ކަޔާން އާއެވެ.”ހަހަހަ ބޮމްބް
ބްލާސްޓެއް ދޯ މަ ހިތަށް އަރާ 24 ގަޑި
އިރު ނައްޓާފަ އެހުންނަނީ ކީއްވެބާއޭ..ޒާޝް
ވާގަދަ..”އެކޮޅުން ކަޔާންބުނެލިއެވެ.”ނޭނގެ
ދޯ އެހެން ވިޔަސް މަ ވަރަށް ރެސްޕެކްޓު
ކުރަން މަންމަ އަށް..އާފްޓަރ އޯލް އެއީ
އަހަރެންގެ މަންމަވިއްޔާ..”ހިތި ހިނިތުންވުމަކާއި
އެކު ޒާއިޝް އެހެން ބުނެލުމާއިއެކު އެކޮޅުން
ކަޔާން ފުންނޭވާ އެއް ދޫކޮށްލިއެވެ.”އޭ ދެން
ބާއްވަނީއޭ ވަރަށް ހޮޓު ސެކަޓްރީ އެއް
ނަގައިގެން މިއުޅެނީ..ކުޑަ ކޮށް ބިޒީވެދާނެ..”
ލާނެތް ގޮތަކަށް ކަޔާން ބުނެލީ މާހައުލުގައިވީ
ނައްތާލަމުންނެވެ.”ޕިސް ޕިސް ސާބަސް
ކަޔާ..”ދެފަރަާތަށް ބޯހަލުވައިލަމުން ޒާއިޝް
އެހެން ބުނެލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ.
އެވަގުތު އޭނާގެ ކެބިންގައި ޓަކި ޖަހައިުމުން
ޒާއިޝްވަނުމަށް ހުއްދަދިނެވެ.”ޔެސް ޔަލާ”
ނިތް އަރުވައިލަމުން ޒާއިޝް އަހައިލިއެވެ.
އެއާއިއެކު އަތުގައި އޮތް ފައިލް ޔަލާ
ޒާއިޝް އަށް ދިއްކޮށްލިއެވެ.އަދި ކުޑަކޮށް
ފަހަތަށް ޖެހިލަމުން ލައިގެން ހުރި ސްކާޓް
އަށްދަމާލާ އޭނާގެ އިސްތަށިގްނޑުވެސް
ރީތިކޮށްލިއެވެ.އެއްށްފަހު ޝައުގުވެރިކަމާއިއެކު
ފައިލަށް ބަލަމުން ގެންދިޔަ ޒާއިޝް އަށް
ކަޅިޖަހައިނުލާ ބަލަމުން ގެންދިޔައެވެ.
ހުދު ކުލައިގެ އަތްދިގުގަމީހަކާއި ކަޅު
ފަޓުލޫނެއްގައި ޒާއިޝް ފެންނަލެއް ނުހަނު
ހިތްގައިމެވެ.ގަމީހުގެ އަތުކުރި އުޅަބޯށްޓާއި
ހަމައަށް އޮޅައިލައިފައި ވީ އިރު އަޅަިގެން
އިން ކަޅުޓައީ އެ ފިރިހެންވަންތަ ހަށިގަޑާއި
ނުހަނު ގުޅެއެވެ.ކަޅު ކަން ގަދަ ފަން
އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް
ކޮށްލައިފައިވީ އިރު ފަޅަން ފަށައިފައިވި
ތުނބުޅިއާއި ކުލަ އަލި ހަންގަނޑުވެސް
އަންހެން ކުދިންގެ ހިތްތަކަށް ގުޑުމެއް
ގެންނާނެ ކަންގައިމެވެ.ބޭއިޙްތިޔާރުގައި
ޔަލާއަށް އޭނަގެ މެއާއި ދިމާލިގައި ފިރުމައިލެވުނެވެ.
އެހެންހުއްޓާ ކުއްލިއަކަށް ޒާއިޝްގެ ތޫނު
ނަޒަރު އޭނައަށް އަމާޒުވުމާއިއެކު ޔަލާ
ދިޔައީ ސިހިގެންނެވެ.”ހައް..”ޒާއިޝް ބުނި
އެއްޗެއް ސާފު ނުވުމުން ޔަލާއަށް
ބުނެވުނެވެ.”ޔޫކޭން ލީވް ނައު..”
ދެވަނަ ފަހަރަށް އެބަސް ތަކުރާރުކޮށްލަމުން
ޒާއިޝް ދޮރާއިދިމާލަށް އިޝާރާތް ކޮށްލިއެވެ.
ކުޑަކޮށް ރަކިވެ ހުރެ ޔަލާ ކެބިންއުން
ނުކުތުމާއިއެކު ޒާއިޝް ދެފަރާތަށް
ބޯހޫރުވައިލިއެވެ.
***************************
ލޯގަނޑު ކުރިމަތީގައި ހުރި އިވްރާ
ފަހުފަހަރަށް ދެފަރާތަށް ހެލިލިއެވެ.
ކަޅު ކުލައިގެ ތަނބިކައްޓާއިހަމައަށް އަރާ
ދިގު މެކްސީއެއްގައި ހަމައެކުލައިގެ ޝޯލް
އެއް އަޅައިގެން ހުރި އިވްރާގެ ރީތިކަން
މިރޭ އެތަށްގުނައަކަށް އިތުރުވެފައިވާފަދައެވެ.
ހެދުމުގެ މޭމަށްޗާއި ދިމާލުން ރީތިގޮތަކަށް
ކަޅުކުލައިގެ ކުދި އެސް ތަކަކުން ޖަރީ
ކުރެވިފައިވުމުން އޭނާފެންންލެއް ނުހަނު ސާދާ
އެވެ.”ރީއްޗޭ ރީއްޗޭ..”ެުނދުމަތީގައި ދެފައި ވަށް
ކޮށްގެން އިންޔަނާ ބުނެލިއެވެ. އެއާއިއކު
މަޑު ހުނުމަކާއިއެކު އިވްރާ އެނދުމަތީގައި
އިށިންދެ ފަޔަށް އިސްޓާކީން މަހައިލިއެވެ.
“ކޮބާ ނިމުނީތަ..” ކޮޓަރިތެރެއަށް ވަދެގެން
އައި ޔޫހާން އެއްސެވެ.”މާޝާ ﷲ”ހޫމް
އެއް އަޅުވައިލަމުން އެނދުން ތެދުވި
އިވްރާއަށް އެވަގުތުއައިސްވަން ހުދާ ބުނެލިއެވެ.
“ކީއްވެތަ ދޮންބެއަށް ނުދެވެނީ..؟” ޔަނާ
އޭނާގެ ހިތުގައި އޮތްސުވާލު ކޮށްލިއެވެ.
“ދޫންޔާ..އިންވައިޓް ކޮށްފައޮތީ ހަމައެކަނި
ޑިޕާޓްމެންޓް ތަކުގެ ހެޑުންނަށްޝާއި
އެމީހުންގެ ޕީއޭ އިންނަށް އެކަނިން..”
ޔަނާގެ ކޮލުގައި ހިފައިލަމުން ޔޫހާން
ހިނިތުންވެލިއެވެ.
**************************
“މާޝާ ﷲ މަންމަގެ ދަރިފުޅޫ ހާދަ ރީއްޗޭ
މިރޭ.”ކޮޓަރިން ނުކުމެގެން އައި ކިޔާރާގެ
ބޮލުގައި ފިރުމައިލަމުން ރަފީގާ ބުނެލިއެވެ.
މަޑުއަޅިކުލައިގެ މެކްސީއާއި ހަމަ އެކުލައިގެ
ޝޯލްގައި ކިޔާރާފެންނީ ހިތްގައިމު ގޮތަކަށް
ށެވެ.ހިނިތުންވެލަމުން ކިޔާރާ ގެއިން ނުކުތީ
ޒާއިޝްއާއިވެސް އެކީއެވެ.
********************************
“ދޮންބޭ ބަލައި އައިސް ގުޅައިލަށްޗޭ..!”
ސްއިކަލުން ފައިބަމުން އިވްރާ ބުނެލިއެވެ.
އޯކޭ އޭ ބުނެލަމުން ޔޫހާން ސައިކަލް
ދުއްވައިލީ އިވްރާ އެތެރެއަށް ވަންނަން
ހިނގައިގަތުމުންނެވެ.އެވަގުތު އެތަނަށް
ހުއްޓައިލި ކަޅުކުލައިގެ ކާރަކުން ކަޔާން
ފޭބިތަން ފެނުމާއިއެކު ފުރިހަމަ ހިނިތުންވުމެއް
ދެމުން އިވްރާ އެދިމާލަށް ހިނގައިގަތެވެ.
“ހޭއި ވަރަށް ގިން އިރުވެއްޖެތަ އައިސް؟”
އެއްޖީބަކުން އަތް ޖަހައިލަމުން ކަޔާން
އެއްމިޔަކުން ހިނިތުންވެލިއެވެ.”ނޫން ސަރ..
ހަމަ ދެންމެ މިއައީ.”އިވްރާ ބުނެލިއެވެ.
އަދި ދެމީހުން އެކީ އެތެރެއަށް ވަންނަން
ހިނގައިގަތެވެ. މާވިލްސް ކޮމްޕެނީގެ އަހަރީ
ޖަލްސާއަށް އެއޮފީހުގެ މައި އިމާރާތް
ފަރުމައިކުރެވިފައިވަނީ ނުހަނު ރީއްޗަށްށެވެ.
އެކިކުލަ ކުލައިގެ ކުލަބޮކިތަކާއި މާމެލާމެލިން
ޒީނަތްތެރިކުރެވިފައިވާ ހޯލްތެރޭގައި ދިވެހި
ރާއްގޭގެ ބޮޑެތި ވިޔަފާރިވެރިންނާއި އޮފީހުގެ
ބައެއް މުވައްޒަފުން ހަރަކާތްތެރިވްމުންދިޔައެވެ.
އެމީހުންނެކޭ އެއްފަދައިން މީޑިއާއިންވެސް
ވަނީ ނުހަނު ފުރިހަމައަށް ތައްޔާރުވެލައިފައެވެ.
އޮފީހުގެ ބައެއް ސެކެޓްރީޏްނާއިއެކު އިވްރާ
ވެސް މޭޒެއްގެ ދޮށިގައި އިށީންދެލިއެވެ.
“އޯމައި ގޯޑް..ބަލާބަ އެހުރީ މާވިލްސް
ކޮމްޕެނީގެ ސީއީއޯ އަޅޭ ހީއިސް ސޯ
ހޮޓް..”ވާހަކައިގެ ތެރެއިން އިވްރާއާއި
ޖެހިގެން އިން ނުހާ ތުއި ގޮތަކަށް
އެހެން ބުނެލުމާއިއެކު މޭޒު ދޮށުގައި
ތިބި އެންމެން އެދިމާލަށް ބަލައިލައިފިއެވެ.
އިވްރާވެސް ފޯންނުން ނަޒަރު ވަކި ކޮށްލީ
ނުހާ އޭނާގެ އަތުގައި ކޮށްޓައިލުމުންނެވެ.
-“ނުނިމޭ”-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




Alhayy vaahaka varah vex reethi ? maashaa Allah ❤️ nd comment nukurias vaahaka kiyan ingeyy baraabarah ? kehtheri kamaa ekiyy next part ah inthizaarukuran ?
Hehe varah ufaavejje vaahaka kiyaakan inguneema and so happy to see your first comment… jazaakillah khairan ?
Mihaaru feney. Mibai kiyaalaifin. Ekm adhi vaanuvaa eh neynge. Still waiting for the next part.??
Alhamdhullillah… varah ufaavejje… jazaakillah khairan aashko
Salaam everyone… here is the 9th part of the storyy… mi baivx hurihaa kiyuntherinnah kamudhaane kamah unmeedhu kuran… thank you so much for the support and love…. next part will be uploaded tomorrow.. stay safe guys… much loves ❤
V reethi.?????… Waiting fr nxt
Jazaakillah khairan kylie so glad to see your comment ?❤ insha allah varah avahah next part up kureveyne
Maasha Allah v vvv nice mi stry kuriah dhaa goih.. Just superb.. Keep going dear.. Curiously waiting for the nxt part… ????
That means a lot naash jazaakillah khairan ??❤ next part will be uploaded soon ?
Koba alhu ge credit?
Oh sis ??? adhi nethehnu nudhevifa eh hehe yes credit libeyne ingeh.. glad to see your comment… ?? miss vey varah and lysm dhoonyaa ???
Vrh vrh reethi ❤️❤️❤️❤️❤️❤️❤️❤️❤️
Jazaakillah khairan sis ?