ލޮތްބެއް މަ ނޭދެން ޔާރު ނޫން – 04
އައިނާ މައިރީންއާއި ދިމާލަށް ކަޅި އަޅައިލިއެވެ. މައިރީންމެން ސައިކަލު ދުއްވައިލުމުން، އައިނާ ފޯނު ހުޅުވައިލާ އަވަސް ރައިޑަށް ވަނެވެ. “އަހަރެންގެ ބޮސް ކައިލްއަކީ.. އަހަރެން މިއީ އަހަރެންގެ މަތީ މީހުންގެ ބުނާ އަޑު އަހާ މީހެއް.. ސައިކަލު ފަހަތަށް އަރާ..” މޫނު މަތިން އެއްވެސް އިހްސާސެއް ދެއްކުމަކާ ނުލައި އާދައިގެ ގޮތަކަށް ރުކައިން ބުންޏެވެ.
***ޕާޓް 4***
ރުކައިންގެ އަޅައިލުން ކުޑަކަން ފެނި އައިނާގެ ހިތަށް ތަދުވިއެވެ. ކޮންމެ ނަމެއް ކިޔުނު ނަމަވެސް އޭނަގެ ހިތް އެއީ ރާކިން ކަމުގައި ބުނަމުން ދިޔައެވެ. އެހެންނަމަވެސް އެކަން އެހެންވާކަށް ވެސް ނެތެވެ. ރާކިން އޮތީ ބިމު އަޑީގައި ވަޅުލެވިފައެވެ. އޭނަގެ ފުރާނަ ވަނީ ދެމި އޮތް ޢާލަމަށް ދަތުރުކޮށްފައެވެ. އެހެންކަމުން މިއީ ރާކިންއަށް ވާނެ އެއްވެސް ގޮތެއް ނެތެވެ. ތަގުދީރު އޭނައަށް ކުރަނީ ކޮން ފަދަ ސަމާސާއެއްބާއޭ އައިނާގެ ހިތަށް އެރިއެވެ. “އަހަރެން ފިރެހެނުންގެ ސައިކަލު ފަހަތަކަށް ނާރަން.. އަވަސް ރައިޑްއަކަށް ޖަހާލަނީ މި.. ރާކި.. އަމް ރުކަ..އިން އޯކޭ ދިޔަޔަސް..” ރުކައިންގެ ނަން އައިނާގެ ދުލުން ބޭރުވީ ކަނޑަކަނޑައިގެން ގޮސްގެންނެވެ. އިސްޖަހައިގެން ހުރެ ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން އައިނާ ފޯނާއި ކުޅެމުން ދިޔައެވެ.
އައިނާގެ ބަސްތައް އިވުމުން ހިތްހަމަނުޖެހިފައި ހުރެ ރުކައިން އައިނާއާއި ދިމާލަށް ބަލައިލިއެވެ.. “އަހަރެން ނާހަމެއްނުން ތި ހުރިހާ އެއްޗެއް.. އަހަރެން މި ބުނީ ސައިކަލަށް އަރާށޭ!” އޭނަގެ ފިރެހެންވަންތަ ކަޅުކަންގަދަ ދެބުމަ ގޮށްޖަހައިލަމުން ރުކައިން ބުނެލިއެވެ. އެފަދައިން އަމުރު ކުރުމުން އައިނާގެ ގާތަށް ރުޅިއައެވެ. “އެކްސްކިޔުޒް ޔޫ؟ ތީ ކާކު އަހަރެންނަށް އަމުރުކުރަން؟ ފާޑެއްގެ ނޫކުލައިގެ ގަމީހެއް ލައިގެން ދެބުމަ ގޮށްޖަހާލީމަ ހީވަނީތަ އަހަރެން ބިރުން ސައިކަލަށް އަރާނޭ؟ ހީކުރީތަ ތި މީހުން ގެންގުޅޭ ޕަޕެޓުންނަށް އަމުތު ކުރާހެން މަށަށް އަމުރު ކުރެވޭނޭ؟ އެހެން ހީކުރާނަމަ ތިކުރެވުނީ ވަރަށް ބޮޑު ކުށްހީއެއް.. ހުއް އަމިއްލައަށް އަމިއްލަ މީހާ ފެނިފަ ހުރި މީހެއް ދޯ ތީ..” ދަތްކުނޑިވިކައިލަމުން އައިނާ އެތިވަރު ގޮވައިގަތެވެ.
އައިނާ އެފަދައިން ވާހަކަ ދެއްކުމުން ރުކައިންއަށް ލިބުނީ ފާޑެއްގެ ސިހުމެކެވެ. އައިނާ ދާން އުޅުމުން ކަޅި އަނބުރައިލުމަށްފަހު ރުކައިން ސައިކަލު ދުއްވައިލަމުން އައިނާގެ ކުރިމައްޗަށް އެރިއެވެ. އެފަދައިން އޭނަގެ ‘އީގޯ’އަށް ފައިން އެރީމަ ރުކައިންއަކަށް މަޑަކުން ނުހުރެވުނެވެ. އައިނާ ފައިން ޖަހައި ސައިކަލާއިއެކު ރުކައިން ވައްޓައިލިއެވެ. ރުކައިންއަށް ބިންމަތީގައި ސައިކަލު ނަގަން ނޫޅެ އިނދެވުނީ އޭނައަށް ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ. އިހަށް ދުވަހު އޭނަގެ ގާތުގު ރުއި ކުއްޖާ މިއަދު އެދިޔައީ އޭނަގެ ސައިކަލުގައި ފައިން ޖަހައި ވައްޓާލާފައެވެ. އެއީ ކޮންކަހަލަ ކުއްޖެއްބާއޭ އޭނަގެ ހިތަށް އެރިއެވެ. “ސިކުނޑީގަ މައްސަލަ ހުންނަ މަންޖެއެއް ކަންނޭނގެ.. މަށަށް އަދި އަލަށް މި ދިމާވީ އެހާ ގައްޑާވެގެން އުޅޭ އަންހެންކުއްޖަކާ.. އީދާރ ޝީޒް ވެރީ ސްޓުޕިޑް އޯރ ރިއަލީ ބްރޭވް.. އޯރ މޭބީ ބޯތް..” އަމިއްލަ ނަފްސާއި ވާހަކަ ރުކައިން ވާހަކަ ދައްކަން ފެށިއެވެ.
އެވަގުތު އެހެންލާފައި ދިޔަ އަންހެން ގްރޫޕަކަށް ރުކައިން ފެނުމުން އައިސް ތުއިވާން ފެށިއެވެ. ރުކައިންގެ ސައިކަލާއި ކައިރިވެ ސައިކަލު ނަގައި ރުކައިންގެ ހަށިގަނޑުގައި އަތް ކާތްތަން ފެށިއެވެ. ކިތަންމެ ފޫހިވި ނަމަވެސް، އައިނާއާއި ހުރެ ހަލާކުވި ‘އީގޯ’ އެކުދިންގެ ސަބަބުން ފަސޭހަވެގެން ދިޔައެވެ. ތުންފަތް ރޮނގަކަށް ދަމައިލައިގެން ހުރެ އެއްޗެކޭ ބުނުމެއް ނެތި އަވަހަށް ސައިކަލަށް އަރައި ދުއްވައިލިއެވެ.
އައިނާއަށް ޓެކްސީގައި ކޮކާ.އެމްވީއަށް އާދެވުނު އިރު ގަޑިޖެހެން އިނީ އެންމެ މިނެޓެކެވެ. އޭނަ ދުވެފައި ގޮސް އިނގިލީގެ ނިޝާން ޖަހައި މެޝިނުގައި އިނގިލި ޖައްސައިލިއެވެ. އަދި ކުރިން ދުވަހު ތައްޔާރުކޮށްފައިވި ރިޕޯޓު ހިފައިގެން ޔަޝާލްގެ ކެބިންގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ވަނެވެ. އައިނާ ސިހިގެން ދިޔައީ ކުއްލިއަކަށް ޔަޝާލް އޭނަގެ ގޮޑިއަށް ޖެހިގަތުމުންނެވެ. އޭނު އަލިޝްކާ އޭނަގެ މޭޒު ކައިރީ ފުރަގަސްދީގެން ހުއްޓެވެ. ޔަޝާލްގެ ގަމީހުގައި ހުރި ރޫތަށް ފެނި އައިނާގެ ގާތަށް ހިނިއައެވެ. “އެހެމް އެހެމް ދެމަފިރިންނަށް ވިޔަސް މިއީ އޮފީސް އެނގޭ.. ދެމީހުން ހަނީމޫން ހަދަން ބްރޭކް ނަގައިގެން ކޮންމެސްތާކަށް ދާން ވެއްޖެއެއްނުން..” ލާނެތް ހިންޏެއް އައިސްފައި ހުރެ އައިނާ ބުންޏެވެ.
ޔަޝާލްގެ މޫނު ވަގުތުން ރަތްވެގެން ދިޔައެވެ. އެހެންނަމަވެސް އޭނަ ހިނިގަނޑެއް ޖަހައިލިއެވެ. “އައިނާ ވެސް ކައިވެނި ކުރީމަ އެނގޭނީ.. އަދި މަހެއް ވެސް ނުވެގެން މިއުޅެނީ އަހަރުންގެ ކައިވެންޏަށް ދެން ކިހިނެތް އަހަރެން މަޑުން ހުންނާނީ އަހަރެންނާއެކީ އެއްތާކު އަހަރެންގެ ލޯބި ވައިފް މަސައްކަތް ކުރަންޏާ..” ލަދުން ހުރި އަލިޝްކާގެ އަތަށް ދަމައިލަމުން ޔަޝާލްގެ ގާތަށް ގެންނަމުން ލާނެތް ރާގަކަށް ޔަޝާލް ބުންޏެވެ. “ޝަޓް އަޕް ޝާލްލްލްލް..” ޔަޝާލްގެ ކޮނޑުގައި ޖަހަމުން އަލިޝްކާ ބުނެލިއެވެ. އަލިޝްކާގެ މޫނު ރަތް ބޮއްކެއް ފަދައިން ދިއްލިފައިވެއެވެ. އައިނާއަށް ދެމަފިރިންގެ ކޯޅުން ފެނިފަ ހެވޭ ގޮތްވިއެވެ.
“މިއޮތީ އެ ކޭސްގެ ޑީޓެއިލް ރިޕޯޓްއެއް.. އެޑިޓްކޮށްލާފަ ޕަބްލިޝް ކުރަންވީމަ އަހަރެންނަށް ދީ..” އައިނާ ޕެންޑްރައިވް މޭޒުމަތީ ބާއްވަމުން ބުންޏެވެ. “އޯކޭ ވައިފީ އަވަހަށް ދޭ އައިނާ ބުނި ކަންތައް ކުރަން..” އަލިޝްކާގެ އަތަށް ދަމައިލުމަށްފަހު ކޮލުގައި ތުންފަތް ޖައްސައިލަމުން ޔަޝާލް ބުނެލިއެވެ. އައިނާ ހުއްޓާ އެފަދަ ކަމެއް ކުރުމުން އަލިޝްކާ އިތުރަށް ލަދުގަތެވެ. “ކޮންޓިނިޔު ޔުއާރ ހަނީމޫން ހިޔާރ.. އަހަރެން ދެން މިތަނަށް އުނދަގޫ ކުރާކަށް ނާންނާނަން.. ވަރަށް ސަލާމް..” އައިނާ އެހެން ބުނުމަށްފަހު ދޮރު ލައްޕާލިއެވެ.
އޭރު އަލިޝްކާ އިނީ ޔަޝާލްއާއި ދިމާލަށް ކަޅި އަޅައިގަނެގެންނެވެ. “އަހަރެން ކީތްތަކުރީ ތިހާ ރުޅިއައިސްފަ އިނދެގެން އަހަންނަށް ތި ބަލަނީ..” އެއްވެސް ކަމެއް ނުހިނގާ ފަދައިން މައުސޫމު ގޮތަކަށް ޔަޝާލް އަހައިލިއެވެ. “ވަރަށް ފޫހިވޭ.. ދެން އައިގެ ހިތަށް ކީކޭތަ އަރާނީ އެހެން ހެދީމަ.. އޭރު ވެސް ޝާލް ކައިރީ ބުނިން ދޯ ގެއަށް ގޮސްފަ މަޑު ކުރާށޭ.. އެކަމް ވެސް ޝާލް.. އާރްގްގްގް އައިމް ސޯ ސޯ އިމްބެރޭސްޑްޑްޑް..” މޫނުމަތީ އަތް އަޅަމުން ހިމަ އަޑަކުން އަލިޝްކާ ބުންޏެވެ. އަލިޝްކާގެ ލޯބި ހަރަކާތްތަކަށް ބަލަން ހިނިއައިސްފައި ޔަޝާލްއަށް އިނދެވުނެވެ.
މާކިން އޭޑީކޭއަށް ދިޔައިރު އޭނަގެ އިންތިޒާރުގައި އެތާގެ މުވައްޒަފެއް ހުއްޓެވެ. “ހާއި ޔޫ މަސްޓް ބީ މާކިން.. އަހަރެން މީ ޔުލާން ސައިކްރޭޓްސްޓެއް.. ހިނގާ ދޯ އަހަރެންނާ އެއްކޮށް ކުޑަކޮށް މިތާ ކަން ހިނގާ ނުހިނގާ ގޮތް ބަލައިލަން؟” ޔުލާން ހިނިތުންވުމަކާއިއެކު ވާހަކަ ދެއްކިއެވެ. މާކިން ހީލަމުން ބޯޖަހައިލިއެވެ. ޔުލާން އެކި ތަންތަން ދައްކަމުން އެތަނާއި ބެހޭ މައުލޫމާތު ދެމުން ދިޔައެވެ. ޔުލާން މާ ވަރަކަށް މާކިންގެ ބޮލަށް ބަލާކަން މާކިންއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެއީ މާ ބޮޑު ކަމަކަށް ހަދައިނުލާ ޔުލާންގެ ވާހަކައިގައި މާކިން ބައިވެރިވަމުން ދިޔައެވެ.
ކެފެޓީރިއާއަށް ވަދެވުމާއިއެކު މާކިންއާއި ޒީނާ ބައްދަލުވިއެވެ. “ޒީނީ ވެސް މިއަދުތަ އަންނަން ކިޔާފަ އޮތީ؟؟ އަހަރެން ކައިރީ ބުނި ނަމައެއްނުން ގެނެސް ދެވޭނީ ވެސް..” ޒީނާގެ ކޮނޑަށް އަތްވައްޓައިލަމުން މާކިން ބުނެލިއެވެ. “މިއަދު އަނެއްހެން މިތަން ބަލައިލަން މިއައީ.. ނޭނގެ މާކް އަންނަ ކަމެއް.. އަމްމް..” ޒީނާ އެހެން ބުނެލާފައި މާކިންގެ އިސްތަށިގަނޑަށް އަވަސް ނަޒަރެއް ދިނެވެ. “އަމްމް ވަޓް؟؟؟” ޒީނާއަށް ވީ ގޮތުން މާކިން އެއްބުމަ އަރުވައިލިއެވެ. “މާކް އިސްތަށިގަނޑުގަ ޕިންކް ކުލަ ޖެއްސީތަ؟؟؟ ވިދާ ވެސްމެ އެބަ ފާޑަކަށް..” ޒީނާގެ ބަސްތަކާއިއެކު މާކިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔުލާން ކޮންތާކު ފާހަނަ ހުރީ؟؟” އަވަސް އަވަހަށް މާކިން އަހައިލިއެވެ.
ޔުލާން ހިނިގަނޑު ފިއްތައިލަމުން ކަނާތް ފަރާތަށް އިޝާރާތްކޮށްލިއެވެ. މާކިން ބާރަށް ހިނގާފައި ގޮސް ފާހަނައަށްވަނެވެ. އޭރު ޒީނާ އޭނަގެ ފަހަތުން އެއްޗެކޭ ކިޔަމުން އަންނަ އަޑުއިވެއެވެ. އެ އަޑު އެހުމެއް ނެތި މާކިން ފާހަނައަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އޭނަގެ އިސްތަށިގަނޑު ފިޔާތޮށިކުލައިން ވިދަމުން ދިޔަ ގޮތް ފެނި މާކިންއަށް އޭނަގެ ތުންފަތުގައި ދައިގަނެވުނެވެ. އެތާ ތިބި އެންމެން ވެސް އޭނައަށް ފާޑަކަށް ބެލީ މިހެންވެ ކަން ޔަގީންވިއެވެ. އެއީ ހުސް މައިރީންމެންގެ ކަންތައްކަން އޭނައަށް އެނގުނެވެ. “އަހަރެން އެމީހުންގެ ވީޑިއއޯ ގްރޫޕަށްލީމަ މަށަށް ކޮށްލިވަރު މިއީ.. އެހެންތާކަށް އަނެއްކާ ޖޮބަށް ވަންނަން އިންޓަވިއުއަށް ދާން ވީ..” އަމިއްލަ ނަފްސަށް އިވޭ ވަރަށް މާކިން ބުންޏެވެ. އޭނަ ގުދަށް އޮވެ އެ ގްލިޓާތަށް ފިލާތޯ އިސްތަށިގަނޑު ދޮންނަން ފެށިއެވެ. ކުއްލިއަކަށް މާކިން ސިއްސައިގެން ދިޔައީ މީހަކު އޭނަގެ ކޮނޑުގައި ހިފައި ނެގުމަށްފަހު އެމީހާގެ އަތުގެ ދެތިން ހަމަލާ މާކިންގެ ކޯތާފަތަށް އިހްސާސްވުމުންނެވެ. “ޔޫ ޕަވާޓް.. ކަލޭ އަންހެނުންގެ ފާހަނައަށް ވަދެގެން ހުރެ ކީއްތިކުރަނީ؟؟” އެ އަންހެންކުއްޖާ ރުޅިއައިސް ރަތްވެ ހުރެ އަހައިލިއެވެ.
“އަންހެނުންގެ ފާހަނައޭ؟؟” މާކިންއަށް ބަލައިލެވުނީ ދޮރާއި ދިމާލަށްށެވެ. ޒީނާ އޭނައަށް މަލާމާތް ކުރަން އުޅެނީއޭ ހިތާ ޒީނާ އައުމުގެ ކުރިން އޭނައަށް އެ ދޮރު ލައްޕާ ތަޅުލެވުނީއެވެ. “ހަމަ ނޭނގިގެންތަ ތި-” އެ އަންހެންކުއްޖާގެ ކަރުގައި ނޭވާ ތާށިވީ މާކިން ދެލޯ ބޮޑުކޮށްލާފައި އޭނައަށް ބަލައިލުމުންނެވެ. ތެމިފައިވި ކަޅުކަން ގަދަ އިސްތަށިގަނޑު މާކިންގެ މޫނުގައި ތަތްލަވާފައިވީ އިރު ނުހަނު ފިރެހެންވަންތައެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި އެކުލައިގެ ފަޓުުލޫނެއްލައިގެން ހުރުމުން ވަކިން ރީތިހެން ހީވެއެވެ. އެތައް އަހަރަކު ބޭރު ގައުމެއްގައި އުޅުމުން މާކިންގެ ހަންގަނޑުވަނީ ވަރަށް ބޮޑަށް އަލިވެފައެވެ. އެހެންކަމުން އޭނަ ހީވަނީ ބޭރު މީހެއްހެންނެވެ. “ސޮރީ. އަހަރެންނަށް ބަލާ ނުލާ ވަދެވުނީ.. އަދި އަލަށް މިތަނަށް އައީ..” މާކިން އިސްޖަހައިލަމުން ބުނެލިއެވެ.
އޭރު ވެސް އެ އަންހެންކުއްޖާ ހުރީ މާކިންގެ ރީތި ކަމަށް ގެއްލިފައެވެ. “މްމް ނަމްބާރ ދީފިއްޔާ ސޮރީ ގަބޫލު ކުރާނަން.. އަހަރެންނަށް ކިޔަނީ މިރެލް..” މިރެލް ހީލަމުން ބުންްޏެވެ. މާކިންގެ މޫނަށް ފޫހިކަމުގެ ކުލަވަރު އަރައިގެން ދިޔައެވެ. އެހެންނަމަވެސް އިތުރު މައްސަލައެއް އުފެއްދުމެއް ނެތި އެތަނުން ނިކުންނަން ބޭނުންވާތީ އޭނަގެ ފޯނު ނަންބަރ މިރެލްއަށް ދިނެވެ. “މާކިން..” ނަން ބުނެލުމަށްފަހު މާކިން އަވަހަށް ފާހަނައިން ނިކުތެވެ. އޭރު ޒީނާ ހުރީ ދުލު ކުރީގަ ދަތް އަޅައިގެންނެވެ. “މިއަދު މަށަށް މުޅިން ވެސް ލަނޑު މި ލިބެނީ..” އިސްތަށިކޮޅުގެ ތެރެއަށް އަތް މަހައިލަމުން މާކިން ބުންޏެވެ. ޔުލާން ހިނިއައިސްފައި ހުރެ މާކިންގެ އަތަށް ތުވާއްޔެއްދިނެވެ.
މާކިންއާއި ޒީނާ އޭޑީކޭ ކައިރީގައި ހުރި ކެފޭއަކަށް ބަނޑުހައިވުމުން ސައިބޯންވަނެވެ. އެމީހުން މޭޒެއް ކައިރީ އިށީނދުނުތާ އިރުކޮޅެއް ނުވަނީސް ގްރޫޕްގަނޑެއް އައިސް އެތަނާ ހަމަކުރިއެވެ. “އޭ މީ އަހަރުން އިންނަ ތަން.. ހަމަ މިހާރު ތެދުވޭ..” އެކަކު މާކިންގެ ގޮޑިއަށް ދަމައިލަމުން ބުންޏެވެ. “މިތަނަކުން ނުފެނެ ކަލެމެންގެ ނަން ޖަހާފަ ހުރި ތަނެއް..” ޒީނާ ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. “މާކް ހާދަ ލޯބި ބިޓެއް ގޮވައިގެން މިތާ؟” އެމީހުންގެ ފަހަތުގައި ހުރި އައިދަންއަށް މާކިން ފެނުމުން ލާނެތް ގޮތަކަށް އަހައިލިއެވެ. މާކިން އެއްބުމަ އަރުވައިލަމުން ކާކުކަން ހަނދާން ކުރަމުން އައިދަންއަށް ބަލައިލިއެވެ. “މަ މަތިން ހަނދާން ވެސް ނެތް ދޯ؟ މީ އައިދަން.. އަހަރުން ކޭމްޕެއްގަ ބައްދަލުވިއެއްނުން..” މާކިންގެ ހަނދާން އައުކޮށްލުމަށްޓަކައި އައިދަން ބުނެލިއެވެ. “އާނ ހަނދާންވެއްޖެ.. އިދީ ހާދަ ތަފާތޭ މިހާރު..” މާކިން ފާޑަކަށް ބުނެލިއެވެ.
“ކަލެމެން ކޮންމެސް އެހެންތާކަށް ދާން އުޅޭ..” އައިދަން އޭނަ ކައިރީގަ ތިބި މީހުން ފައްސައިލަމުން ޒީނާ ކައިރީގައި އިށީނެވެ. “އަދިވެސް އެހާ ބިޓިން އޭ ދޯ ކައެ..” ދިމާކޮށްލާ ރާގަކަށް އައިދަން ބުންޏެވެ. މާކިން ހިނިއައިސްފައި ބޯހޫރުވައިލިއެވެ. “މިއީ ޒީނާ.. ޒީނީ މިއީ ކުރީގެ ފްރެންޑެއް އައިދަން..” މާކިން ދެމީހުން ތައާރަފުކޮށްދިނެވެ. އައިދަންގެ ނަޒަރު ހުއްޓިފައިވަނީ ޒީނާގެ ނަލަ ހަނދެއްފަދަ މޫނަށްށެވެ. ޒީނާ އިނީ އައިދަން އެހާ ވަރަށް އޭނައަށް ބަލާތީވެ އުނދަގޫވެފައެވެ. “ސިންގަލްތަ؟” އައިދަން އަހައިލިއެވެ. ޒީނާ އެއްޗެކޭ ނުބުނެ ބޯޖަހައިލިއެވެ. “އަހަރެން ވެސް ސިންގަލް..” ފުޅާ ހިނިތުންވުމަކާއިއެކު އައިދަން ބުނެލިއެވެ. “ޔޫ ނޯ ވަޓް ދެޓް މީންސް؟ ނޯ ވަން ވޯންޓްސް އަސް..” ޒީނާ ވެސް ފުޅާ ހިނިތުންވުމަކާއިއެކު ޖެއްސުންކުރާ ގޮތަކަށް ބުނެލިއެވެ. މާކިން ވަގުތުން ކޮށިއެރިއެވެ. އޭނައަށް ހިނިގަނޑު ހިފައްޓައިލަން އުނދަގޫވިއެވެ. އައިދަންގެ މޫނު ފެނި މާކިންއަށް އަނެއްކާ ވެސް ބާރަށް ހޭން ފެށުނީއެވެ. ޒީނާގެ ޖުމުލައިން އައިދަން އިނީ އަނގަ ޗޭކޮށްލައިގެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Masha Allah vrh reethi mi prt vx💙💙
Alishka n Yashaal marry kury tha???? They r so so so cuteee ☺️💙
Aina rukain cyke in vattaalafa tha hama e dhiyaee.. Gabool vx nukureveyy..
Mark is so cooked for good..
Curiously waiting for the nxt prt
When next prt???
Take Care.. Luv ya 💙💙💙
Thankyouu soo muchh.. I’m happy u liked ittt..
hehe yess they are marriedd.. yeshh they are very cutee hehe..
haha yess aina esoru cyc vahttaalaafa e dhiyaee..
hehe yeshh
Next part insha allah thursday ga..
Love you moree darll💜🦋
Vrh reethi mi part ves
Alishka and yashaal marry kureetha? Soooo cute alishka abadhu shy
vaathee
Maakin getting embarrassed all day😂😂 Ehen vaanee Mai menna behenya
I thought Maakin and Zeena dating Kamah?
Whn nxt??????
Thankyouu soo muchh.. I’m happy u liked ittt..
hehe yess they are marriedd.. hehe laanei husband eh libuneema shy vaane ehnun dhenn..
hehe yeshh maakin is getting embaressed the whole day..
hehe nooo they are not dating..
Next part insha allah thursday ga..💜🦋
Vrhhh salhi kon iraku next parttt
Thankyouu soo muchh.. I’m happy u liked ittt..
Next part insha allah thursday ga..💜🦋
heyyyyy maashhh
Masha allah mi part vs vrh reethi
Alishka r yashaal marry kohgnn😳😳haadha cuteee eyyyyy….
Assuvs eii raakin eh nuntha?????? Vrhh heeveyey
Aina tha rukain vahtaalee???gabool kuran vs dhathi ekm mai r ehkoh ulhey myhakah ekahala kankan kuran engeyne dhwww
Mirel r maakin,,zee r aidhan
Eii s2 ga ulhunu aidhan dhwww?? Vrh hyvey maakin r ehkoh egeyeh gos ulhenikoh layaasha r dhimqqvqqnyhn
Soooo cuuuriousss….when next????? Lyyyyy🫶🏻
Heyyy aanaa..
Thankyou soo muchhh.. I’m happy U liked itt..
Hehe yess they are married..
Let’s see dhww..
Hehe yess Hama Aina rukain vattaaly e.. haha yeahhh mai dhaskohdhiny kamah vaany..
Yes s2 ga ulhun aidhan eii.. let’s see dhww vaagoii.. next part Insha Allah Thursday ga.. love you moree darll💜🦋
Just wonderful like usual.
Curiously waiting for next 😊😊
Thankyou soo muchh darll.. happy U liked it..
Insha allah Thursday 💜🦋
masha allah vrh reethi mi part vx
oo yashaal and alishka is married mhr
whats going on between rukain and aina😭rukain has to be raakin (i rlly hope)😭
curiously waiting for the next part as always
lots of love 💐❤️
Thankyou so much darll.. I’m happy U liked itt..
Yeshh yashaal and alishka married.. let’s see dhw vaagoii.. next part Insha Allah soon..
Love you more darll💜🦋