ލޮތްބެއް މަ ނޭދެން ޔާރު ނޫން – 05
“ޔޫ ނޯ ވަޓް ދެޓް މީންސް؟ ނޯ ވަން ވޯންޓްސް އަސް..” ޒީނާ ވެސް ފުޅާ ހިނިތުންވުމަކާއިއެކު ޖެއްސުންކުރާ ގޮތަކަށް ބުނެލިއެވެ. މާކިން ވަގުތުން ކޮށިއެރިއެވެ. އޭނައަށް ހިނިގަނޑު ހިފައްޓައިލަން އުނދަގޫވިއެވެ. އައިދަންގެ މޫނު ފެނި މާކިންއަށް އަނެއްކާ ވެސް ބާރަށް ހޭން ފެށުނީއެވެ. ޒީނާގެ ޖުމުލައިން އައިދަން އިނީ އަނގަ ޗޭކޮށްލައިގެންނެވެ.
***ޕާޓް 5***
ސްޓޭޝަންގައި ކައިލް ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހީވަނީ މީހަކަށް އިންތިޒާރު ކުރަނީ ހެންނެވެ. ކައިލްއާއި އަރާ ހަމަވުމުން ރުކައިން ކަޅިއަޅައިލިއެވެ. ކައިލް އެއްމިޔަކަނުން ހީލަމުން އެއް ބުމަ އަރުވައިލިއެވެ. “ސޯ ކިހިނެތް އެކަންތައް ދިޔައީ.. އައިނާ ކަލޭ ސައިކަލު ފަހަތަށް އެރިތަ؟” ކައިލް ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރެ އަހައިލިއެވެ. “އެ އަންހެނާ މަގޭ ފަހަތަށް ނޭރިތާ ދިޔައީ މަގޭ ސައިކަލާއެކު މަ ވައްޓާލާފަ..” މޫނު ކުނިކޮށްލައިގެން ހުރެ ރުކައިން ބުންޏެވެ. ރުކައިންގެ ވާހަކައިން ކައިލްއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ގަދަކަމުން ހިނިގަނޑު ބަނޑަށް ހިންދައިލަމުން ދެތިން ނޭވާ ފަޒާގެ ތެރެއަށް ކައިލް ދޫކޮށްލިއެވެ. “ހަމަ އައިނާތަ އެހެން ހެދީ؟ މަށަށް ގަބޫލުކުރެވުނީސް މައިރީން އެހެން ހެދީއޭ ބުނި ނަމަ.. އެކަމް އައިނާ.. ހެހެހެ ބެސްޓީ ކައިރިން ދަސްކުރީ ކަމަށް ވާނީ.. ކަލޭގެ ނަސީބު ދެން އޭނަ ކަލޭގެ ދެފައި ދޭތެރޭ ނުޖެހިކަން..” ކައިލް ބުނެލިއެވެ.
ރުކައިން ދެލޯ ބޮޑުކޮށްލަމުން ސުވާލުގެ ނަޒަރަކުން ކައިލްއާއި ދިމާލަށް ބަލައިލިއެވެ. ކައިލް ހެމުން ބޯޖަހައިލިއެވެ. “މަ ވާ ނަސީބު ގަދަ.. ދެން އެ ދައިތަގަނޑާ ވައި ވެސް ނޭޅޭނަން.. ބައިޕޯލާ ހުރި މަންޖެއެއްހެން ހީވަނީ.. އެއްފަހަރު މަ ފެނިގެން ރޮއެފަ ދެން ރުޅިއައިސްގެން މަ ވައްޓާލާފަ.. ސަލާމް ތި ކަމަށް..” އަމާން ދޭ ފަދައަކުން އަތް މައްޗަށް ނަގައިލަމުން ރުކައިން ބުންޏެވެ. ކައިލް ހިނިގަނޑަކުން ފުއްދައިލިއެވެ. “އޭ ތިޔެއް ނޫނޭ.. ސީސައިޑް ރެސްޓޯރެންޓްގެ ފުޑްގެ ވަރަށް ގިނަ ކޮމްޕްލެއިންސް ލިބޭ އެބަ.. ޓުއަރިސްޓުންނާއި ދިވެހިންގެ ފަރާތުން ވެސް.. އެމީހުން ކައްކާ އެއްޗެހީގަ ތަފާތު ރަހައެއްދޭ ކަމަށް ބުނަނީ.. އެހަށް ދުވަހަކު ލިބުނު ކޮމްޕްލެއިންގަ އިންސާނެއްގެ ނިޔަފައްޗެއް ކާއެއްޗެހީގެ ތެރޭގަ ހުރި ވާހަކަ..” ރުކައިން ސީރިއަސް ކަމާއެކު ވާހަކަ ދެއްކިއެވެ.
ކައިލްގެ މޫނަށް ފަކުރުގަތްކަމުގެ ކުލަވަރު އަރައިގެން ދިޔައެވެ. “ދެން އެތަން ބަލަން ނުފޮނުވާތަ؟” ކައިލް އަހައިލިއެވެ. “ފޮނުވި.. އެތާ ޝެފުން ބުނީ ވެއިޓަރެއްގެ ފޭކް ނެއިލްއެއް ބިނދުނިއްޔޭ.. ދެން މާފަށް އެދުނީމަ ޖޫރިމަނާކުރީ އަހަރުން.. އެކަމް އަނެއްކާ އޭގެ އެހެން ކޮމްޕްލެއިންއެއް އެބައިން ލިބިފަ މިއަދު ހެނދުނުގެ ވަގުތެއްގަ.. އަހަރުން ސުޕަވައިޒާރ ބުނަނީ އެތަނަށް ދާން ލަންޗަށް ނޯމަލް ކްލޯތްސްގަ..” ރުކައިން ބުންޏެވެ. ކައިލް އޭނަގެ ދަތްދޮޅީގައި އަތް ހާކައިލަމުން ބޯޖަހައިލިއެވެ. “ހޫމް އޭރުން ކަމެއް އެނގިދާނެ.. އަހަރުންނަށްތަ އެ ކޭސް ދިނީ؟” ކައިލް އެއްސެވެ. ކައިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރުކައިން ބޯޖަހައިލިއެވެ. ބޯމައްޗަށް ނަގަން ތައްޔާރުކޮށްފައިވާ ތޫފާނުގެ ވިލާގަނޑުގެ ހިލަމެއް ނުވާ ހިނދު ޒުވާނުން ތިބީ އެއީ ވަރަށް އާދައިގެ ކަމަކަށް ހަދައިގެންނެވެ.
ކޮމްޕިޔުޓަރުގައި އިނގިލިތަށް ހަރަކާތް ކުރަމުން ގެންދިޔަ އައިނާގެ މޫނުގައިވާ ކުލަވަރު ދޭހަކުރަން އުނދަގުލެވެ. އައިނާގެ ނިޔާވެފައިވާ ބައްޕަގެ ކޮމްޕެނީގެ ނަން ޝިޔާން ވަނީ “ޝޭޑީޒް”އަށް ބަދަލުކޮށްފައެވެ. މި ވޭތުވެ ދިޔަ އަހަރުތަކު ތެރެއިން ޝޭޑީޒް ކޮމްޕެނީ އެތައް ފަހަރަކު އަރިއަޅައިލައި، އެކި ކަހަލަ ކުށްތަކުގައި އެ ކޮމްޕެނީގެ މީހުން ހައްޔަރުކޮށްފައިވެއެވެ. އެހެނަސް ކޮންމެ ވެސް ސަބަބަކާއި ހުރެ ހެކި ނެތިގެން އެތަށް ފަހަރަކު އެމީހުން ދޫކޮށްލާފައިވެއެވެ. އައިނާ ދިޔައީ އެ ހުރިހާ ކަމެއް ބަލަމުންނެވެ. ބައްޕަ މަރުވުމުން މަންމަ އެހާ ހާލުން ނަގައި ކޮޅަށް ޖެހި ކޮމްޕެނީ އެހެން ފަރާތަކަށް ރުހުމުން ދިން ސަބަބު އަދިވެސް އައިނާއަށްވަނީ ވަންހަނާވެފައެވެ.
ކޮކާ އެމްވީއަށް ވަތް ފަހުން އައިނާ ދިޔައީ އެ ކޮމްޕެނީއާއި ދެކޮޅަށް ނޫސްތައް ނެރެމުންނެވެ. އެއިން ކޮންމެ ފަހަރަކު އެ ނޫސްތައް އަރަނީ އުޑު ފަޅާފަ މައްޗަށް ކަމެއް ނުވަތަ ދަނީ ބިން ފަޅާފަ އަޑިއަށް ކަމެއް ނޭނގެއެވެ. ޔަޝާލްއާއި ސުވާލު ކުރުމުން ޔަޝާލްގެ ޖަވާބަކަށްވަނީ އޭނަ އެ ރިޕޯޓުތައް ނުދެކޭ ކަމަށްށެވެ. އެތަށް ފަހަރު މޮޅެތި އައިޓީ ޓެކްނީޝަނުން ގެނެޔަސް އެމީހުންގެ ޖަވާބަކަށް ވެސް ވަނީ ސިސްޓަމްގަ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށްށެވެ. އޭގެ ސަބަބުން އައިނާއަށް ޔަގީން ކުރެވުނީ އޭނަ މަސައްކަތް ކުރަމުންދާ ނޫހުގައި ޝިޔާންގެ ލޮލެއް އުޅޭ ކަމަށްށެވެ. ޝިޔާންއަށް އައިނާގެ ވާހަކަ ގެންގޮސްދޭ ޖާސޫސެއް އުޅޭކަން ޔަގީނާއި ގާތް ކުރެވެއެވެ. އެހެންނަމަވެސް އިނގިލި ދިއްކޮށްފައި އެއީ ކާކުކަން ބުނާކަށް އައިނާ ނުކުޅެދެއެވެ.
އައިނާއަށް ދެން ވިސްނެން ފެށީ ރާކިންއާއި މެދުއެވެ. މިއަދު ހެނދުނު ހިނގި ހާދިސާ ލޮލަށް ސިފަވުމުން މޫނު ކުނިކޮށްލިއެވެ. “ރާކިން އޭނައަކަށް ނުވާނެ.. ރާކިން އެހާ ފޮންޏެއް ނުވާނެ.. ހީ އިޒް ޖަސްޓް ގޯން.. އައި ހޭވް ޓު ގެޓް އޯވާ ހިމް.. ބަޓް ހައު.. އޭނަގެ ސިފައިގަ ބޮޑު ފުރޭތައެއް އައިސްގެން އުޅެންޏާ އޭނަ މަތިން ހަނދާން ނައްތާލާނީ ވެސް ކިހިނެތްތަ..” އައިނާ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ކުދި ކިޔައިލިއެވެ.
ލަޔާޝާ ބަދިގެތެރޭގައި ހަރަކާތްތެރިވަމުން ދިޔައިރު އޭނަ ހުރީ އިސްޖަހައިލައިގެންނެވެ. ލާރާ ދިޔައީ އިރުއިރުކޮޅަކާ ލަޔާޝާގެ ހިތުގައި ޖެއްސުމަށް ކޮންމެ ވެސް އެއްޗެކޭ ކިޔަމުންނެވެ. މާޔަލް ވެސް އިނދެފައި ލާރާއާ ބައިވެރިވެލައެވެ. މަޔާންއަށް އެ މަންޒަރު ފެނުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. “ލާލާ ޕްލީޒް އިރުއިރުކޮޅާ ތިކަހަލަ އެއްޗެހި އޭނައާ ދިމާލަށް ނުކިޔަބަލަ.. އޭނަ ވެސް ދެރަވާނެއެއްނުން..” މަޔާން ލާރާއަށް ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ. “މަޔާން މިހާރު އޭނަ ދިފާއު ކުރަންވެސް ފެށީތަ؟” ދެ ބުމަ ގޮށްޖަހައިލަމުން ލާރާ ސުވާލު ކުރިއެވެ. އޭނަ މަޔާންއާއި ދިމާލަށް ބަލަން ހުރި ގޮތުން ހީވަނީ އޭނަގެ ދެލޮލުން ފިއްސާލަފާނެ ހެންނެވެ.
މަޔާން ފުންނޭވާއެއް ދޫކޮށްލިއެވެ. ލާރާއަށް ވަގުތު ދީގެން އޭނައަށް އުޅެވިއްޖެއެވެ. ލާރާ ބުނިހާ ގޮތެއް ހެދިގެން އުޅެވިއްޖެއެވެ. ލާރާއަށް ލޯބިން ވިސްނާދެވޭތޯ ބެލިއްޖެއެވެ. އެހެންނަމަވެސް އެހެން ހަދައިގެން ވީ ކަމެއް ނެތެވެ. މަޔާންއަކީ ލާރާގެ ފިރިމީހާއެވެ. ފިރމީހާއަށްވީތީ މަޔާންއަށް ކުރަން ޖެހޭ އިހްތިރާމެއް ވެސް ލާރާއެއް ނުކުރެއެވެ. “ޔާލު ދޭ ކޮޓަރިއަށް..” މަޔާން އަޑަށް ހަރުކަށިކަން ގެންނަމުން ބުންޏެވެ. މާޔަލް ނުދާންހުރެފައި ވެސް މަޔާންގެ އަޑުގައިވި ހަރުކަށިކަން އިހްސާސްވުމުން ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. “ލާރާ އަހަރެން ވަރަށް ކެތްކޮށްފިން.. ލާރާ ބަދަލުވޭތޯ ވަގުތު ވެސް ދީފިން.. އެކަމަކު ދެން އަހަރެން މަޑުންނެއް ނުހުންނާނަން.. އަހަރެން މި ބުނަނީ އަހަރެން ނޯންނާނެޔޭ އެއްވެސް ހަލާލު ނޫން ގުޅުމެއް ލާރާއާއި އިނދެގެން ހުރެ ހިންގާފައެއް.. އަހަންނަކަށް ނޭނގެ އެކަން ލާރާއަށް ގަބޫލުނުކުރެވިގެން ތިއުޅޭ ސަބަބެއް..” ހިތްހަމަނުޖެހިފައި ހުރި މަޔާންގެ އަޑު ބާރުވަމުން ދިޔައެވެ.
މަޔާންގެ ވާހަކަތަކުން ލާރާގެ ރުޅި ދެގުނަވިއެވެ. “މަޔާން ތި އެއްޗެހި ކިޔަނީ މަޔާންގެ ދަރިންގެ މަންމައާއި ދިމާލަށްށޭ މި އަންހެނާއާއި ހުރެ..” ލަޔާޝާއާއި ދިމާލަށް އިނގިލި ދިއްކޮށްފައި ލާރާ ދަތްކުނޑިވިކައިލަމުން ބުންޏެވެ. “އަހަރެން ލާރާއާއި ދިމާލަށް މި އެއްޗެހި ކިޔަނީ ލަޔާޝާއާ ހުރެއެއްނޫން.. ލާރާގެ އަމަލުތަކުގެ ސަބަބުން.. އެއްފަހަރު ވެސް އަހަރެން ދެކެ ތިހާ ރުޅިއައިސްގެން އުޅޭ ސަބަބެއް ބުނެދީބަލަ ލާރާ.. އަހަ.. އަހަރެން މިހާރު ވިސްނާ ވިސްނާ ބޯހަލާކުވެއްޖެ.. ކުރިން އަހަރެމެން އުޅުނީ ކިހާ ލޯބިން.. އެކަމަކު މިހާރު؟..” މަޔާންގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. މަޔާންގެ ދެލޮލުގައި ހުރި ކަރުނަތައް ފެނި ލާރާގެ ހިތަށް އަސަރު ކުރިއެވެ.
ލާރާ އިސްޖަހައިލީ މަޔާންގެ މޫނަށް ބަލަން ކެތްނުވުމުންނެވެ. ލާރާ އޭނަގެ ފޯނު ނަގައި ދައްކައިލީ ނުދަންނަ ނަންބަރުން އޭނައަށް ފޮނުވާފައި ހުރި ފޮޓޯތަކެވެ. އެ ފޮޓޯތައް ފެނި މަޔާންގެ ދެލޯ ބޮޑުވިއެވެ. އޭނައަކީ ލާރާކަމުގައިވީ ނަމަވެސް އެފަދަ އެއްޗެއް ފެނުމުން ގަބޫލުކުރެވޭނެއެވެ. “އަހަރެން ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ ލަޔާޝާއާއެކީ ތިފަދަ ގޮތަކަށް އުޅެފައެއް ނޯންނާނެ.. އަހަރެން އެކުއްޖާ ދެކެނީ މައި ފަދައިން އަހަރެންގެ ކޮއްކޮއެއްގެ ގޮތުގަ.. އޭއައި ތޯ ބަލައިލަން އަހަރެންނަށް ތި ފޮޓޯ ފޮނުވާލަދެވިދާނެތަ؟..” މަޔާން އަހައިލިއެވެ. މަޔާންގެ އަޑުގައިވި ޔަގީންކަން އިހްސާސްވުމުން ލާރާ މަޑުމަޑުން ބޯޖަހައިލިއެވެ. ފުރަތަމަ ފަހަރަށް އެ ފޮޓޯތަކާއި މެދު އޭނަގެ ހިތުގައި ޝައްކު އުފެދުނެވެ.
މެންދުރުގެ ދިލަ އަލިން ދުނިޔެ ހީވަނީ ފިއްސާލަފާނެ ހެންނެވެ. ޕޭމެންޓުން އާވީ އަރާ ފަދަ އިހްސާސެއް ކުރެވެމުން ދިޔައެވެ. ކައިލް ގެޔަށް ވަނީ ޔުނީފޯރމް ބަދަލުކުރާށެވެ. މުޅި ގޭތެރެ ވަނީ ދޮރު ފޮތިތަށް ދަމާ އަނދިރިކޮށްލާފައެވެ. ސިޓިންގރޫމް ހުރަސްކޮށް ކޮޓަރިއަށް ދާން އުޅުނު ކައިލްގެ ލޮލުގައި މައިރީން ސޯފާގައި ބާލީހެއްގައި ބައްދައިލާގެންއިން ތަން އަޅައިގަތުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. “ޓައިނީ؟ މި ގަޑީ ޖޮބްގައެއްނުން ހުންނަން ޖެހޭނީ..” ކައިލް ބުންޏެވެ. “ބަނޑަށް ތަދުވާތީ ހާފް ޑޭ ނެގީ..” މައިރީން މަޑު މޮޅި ގޮތަކަށް ބުނެލިއެވެ. “އެ ކިހިނެތްވީ؟ ނުބައި އެއްޗެއް ކެވުނީ؟” ކައިލް އަހައިލިއެވެ. މައިރީން ބޯ ހޫރުވައިލިއެވެ. އޭނަ ދިޔައީ ބާލީހުގެ ކަނަކާ ކުޅެމުންނެވެ. ތުންފަތުގައި ދައިގަނެގެން އިން އިރު އޭނަގެ ކޯތާފަތަށް މަޑު ޖަންބުކުލައެއް ފޭދިފައިވިއެވެ.
ކައިލް ސޯފާގައި އިށީންނަމުން މައިރީންގެ ނިތްކުރިމަތީ އަތް ބާއްވައިލިއެވެ. ކައިލްގެ އަމަލުން މައިރީންގެ ދެލޯ ކައިލްގެ ދެލޮލާއި ހަތަރުކަޅި ހަމަވެގެން ދިޔައެވެ. “ހުމެއް ނެތް.. ޓައިނީ އަހަރެން ކައިރީ ވެގެން އުޅޭ ގޮތެއް ބުނީމައެއްނުން ހަދަންވާ ގޮތެއް އަހަންނަށް އެނގޭނީ..” ކައިލްގެ އަޑުގައިވީ މަޑު މައިތިރިކަމެވެ. “މައި ބޭނުން މިނީ ކޭކެއް… އައިމް ކްރޭވިން އަ މިނީ އައިސިން ކޭކް.” ތުންކޮޅު އޫކޮށްލަމުން ކުޑަކުއްޖެއް ފަދައިން މައިރީން ބުނެލިއެވެ. ކައިލް އެއްބުމަ އަރުވައިލިއެވެ. “ކުއްލިއަކަށް ކޭކު ކާހިތްވީ؟” ހައިރާންވެފައި ކައިލް އަހައިލިއެވެ. “ކައިލް ނުގަންދޭނަންދޯ.. މައިއަށް އެނގޭ މައި އެހެން އަންހެންކުދިން ހާ ރީއްޗެއް ނޫންކަން.. މައިގެ މޫނުގަ އެކްނީ ސްކާސް ހުންނާތީ މައި ހާދަ ފޫހިވޭ.. އައި ހޭޓް މައި ފޭސް.. އަނެއްކާ މި ދުވަސްކޮޅު ބިހިތައް ވެސް ނަގަން ފަށާފި.. މީހުން ވެސް އެވާހަކަ ދައްކަނީ…” ނޭފަތް ދަމައިލަމުން މައިރީން ބުންޏެވެ.
ކުއްލިއަކަށް މައިރީން އެކަހަލަ އެއްޗެހި ކިޔާ ރޯން ފެށުމުން ކައިލްއަށް ވެގެން އުޅޭ ގޮތް އެނގުނެވެ. “އަޅޭ ކޮންއިރަކުތަ އަހަރެން ބުނީ ނުގަންދޭނަމޭ.. މީހުން ކިޔާ އެއްޗަކަށް އަޅައިލާގެން ކިހިނެތް އުޅޭނީ؟ އެހެން ކިޔާ މީހުން އުޅެނީ ޓައިނީ އުޅޭ ކަހަލަ މޮޅު ޖޮބެއްގަތަ؟ ނޫނީ ޓައިނީއާ އެއް ވަރަށް ލާރި ލިބޭ މީހުންތަ އެހެން ކިޔަނީ؟ އަހަރެންނަށް ޔަގީން އެހެން ކިޔާ މީހުންނަކީ ސިފަ ނޭނގޭ ވަރަށް މޫނުމަތީ ފާޑު ފާޑުގެ ފައުންޑޭޝަންތަކާ އެހެން އެއްޗެހި ހާކާ މީހުންކަން.. އަހަރެންނަށް ޓައިނީ ކަމުދަނީ ވެސް ޓައިނީ ތީ އެކަހަލަ މީހުން ކަހަލަ ފޭކް ކުއްޖަކަށް ނުވާތީ.. ހުއްޓާލާފަ ސްމްއިލްއެއް ދީ އެހެން ނޫނީ ކޭކެއް ނުގަންދޭނަން..” މައިރީންގެ މޫނުގައި ހިފައިލަމުން ކައިލް ބުންޏެވެ. ކައިލްގެ ވާހަކަތަކުން މައިރީންގެ ހިތަށް ހަމަޖެހުމެއް ވެރިވިއެވެ. ކައިލް އޭނަގެ ކަރުނަތައް ފޮހެލަ ދިނުމުން މައިރީން ލުއި ގޮތަކަށް ހީލިއެވެ. “މްމްމްމް ގުޑް ގާލް..” މައިރީންގެ ކޯތާފަތުގައި ތުންފަތް ޖައްސައިލަމުން ކައިލް ބުނެލިއެވެ.
ސައިކަލުގައި “ޝުގާރ ބައިޓްސް”އަށް ދިޔުމަށް ކައިލް މިސްރާބު ޖެހިއެވެ. އިއާރ ޕޮޑްގެއެހީގައި ރުކައިންއަށް ގުޅައިލިއެވެ. “އޭހ.. ތަންކޮޅެއް ލަސްވާނެ އެނގޭ މަ.. ގޭގަ ކުޑަ ކަމެއް ދިމާވެގެން..” ކައިލް ބުނެލިއެވެ. ރުކައިން އާއެކޭ ބުނުމުން ކައިލް ފޯނު ކަނޑައިލިއެވެ. ކަޕްކޭކްކޮޅަކާއި މިނީ އައިސިން ކޭކެއް ގަނެގެން ކައިލް ގެއަށް އައިސްވަނެވެ. މައިރީން ހުރީ ދޮރުހުޅުވިއިރު ދޮރުގެ ކުރިމަތީގައެވެ.
އެންމެ ފުރަތަމަ ވެސް މައިރީންގެ ލޮލުގައި އަޅައިގަތީ ކައިލްގެ އަތުގައި ހުރި ކަޕްކޭކްތަކެވެ. އޭނަ ލޮލުގައި މިނީ ކޭކް އަޅައިނުގަތުމުން ކުޑަކުއްޖެއް ފަދައިން މުށިތައް މަތީގައި ފައިތަޅަން ފެށިއެވެ. “މިނީ ކޭކް ގަންނާށޭއެއްނުން ބުނީ..” ތުން ފިއްތާލައިގެން ހުރެ މައިރީން ބުންޏެވެ. މައިރީންގެ އެ އަމަލުން ކައިލްގެ ގާތަށް ހިނިއައެވެ. ކަޕްކޭކްތައް ބަހައްޓާފައި ގޮސް ސައިކަލުގެ މަޑި ދަށުގައިވި މިނީ ކޭކް ހިފައިގެންއައެވެ. އެއާއެކު މައިރީންގެ މޫނު އަލިވެގެން ދިޔައީ ހަނދުގެ ކުރިމައްޗަށް އަރާފައިވި ބަނަ ވިލާގަނޑެއް ކެހިގެން ދިޔަ ފަދައަކުންނެވެ.
“ތެންކިޔޫ ތެންކިޔޫ..” މައިރީން އަވަސް އަވަހަށް ބުނެލިއެވެ. ކައިލް ހުރީ މައިރީން އުޅެމުން ދިޔަ ގޮތުން ހީލަހީލައެވެ. “ދެން މީގެ ފަހުން އަހަރެން ގޮވާނީ މިނީއޭ ކިޔާފަ.. މިނީ ކޭކްއާ ހެދި މޮޔަވެފައެއްނުން ތިހުންނަނީ..” ކައިލް ދެފަރާތަށް ބޯހޫރުވައިލަމުން ހިނިއައިސްފައި ބުންޏެވެ. މައިރީން ކަޅި އަނބުރައިލިއެވެ.
ކައިލް ސީސައިޑް ރެސްޓޯރެންޓަށް ދިޔައިރު ރުކައިން ހުރީ އެތާ ކުރިމަތީގައެވެ. ކައިލްއާއި ދެމީހުން އެތަނަށް ވަތްއިރު އެތާ ގިނައިން އުޅެމުން ދިޔައީ ޓުއަރިސްޓުންނެވެ. ހުސް މޭޒެއް ފެނުމުން ދެމީހުން އެތާ ހުރި ގޮޑީގައި އިށީނެވެ. އޯޑަރު ބަލައި ވެއިޓްރެސް އައުމުން ކައިލް ފްރައިޑް ރައިސްއަކަށް އޯޑަރު ޖެހިއެވެ. ރުކައިން ސޮސެޖް ބަތްގަނޑަކަށް އޯޑަރު ޖެހިއެވެ. “ސޯ ފާރ ނަތިން ސަސް ދޯ..” ރުކައިން ބުންޏެވެ. ކައިލް ބޯޖަހައިލިއެވެ. ކާއެއްޗެހި އައުމުން ދެމީހުން ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ކާއެއްޗެހީގެ ވަހުން ބަޑުފުރޭހާވެއެވެ. ދެމީހުން ކައިކައި ތިއްބައި ރުކައިން ކުއްލިއަކަށް ތަށި ދުރުކޮށްލާފައި އަނގަމަތީ އަތް އެޅިއެވެ. އޭނައަށް އޯކާ ދެމެން ފެށުމުން ދުވެފައިގޮސް އަވަސް އަވަހަށް ފާހަނައަށް ވަނެވެ. ކައިލް ކޮޅަށް ތެދުވީ ރުކައިން އެފަދައިން ދިޔުމުންނެވެ. ރުކައިންގެ ތަށި ފެނުމުން ކައިލްގެ މޫނު ހުދުވެގެން ދިޔައެވެ.
(ނުނިމޭ)
ހުރިހާ ކުދިންނަށް ސަޕްރައިޒް ކަމުދާނެކަމަށް އުންމީދުކުރަން💜🦋
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Heyyyyy maaashhhh
BODU BODU SURPRISE EH THI DHINY
MAASH GE VHK THAH MISS VAA VRN DEPRESSION AH VEHTIHJ
IA SCHOOL IN AISSA CNMT KOHLAANAN
THANKUUU SSSOOOOMUCHHHH
LYYY VRHH BODUUUKOHH 🫶🏻
Awww hehe thanks aana I’m happy liked it.. 💜🦋
V suprise vehjje.
Aawwwn mai and kail. So cute.
Rukain ah keehvee.
Kail moonu white v keehve.
So curious.
Can’t wait for next ep.
Lysm💚💚💚
Hehe hope U like the suprise..
Yeshhh they are really cutee..
Let’s see dhw v goi.
Insha Allah next part December 13ga..
Love you more darlll💜🦋
Alhey you are back
Loves of love from me
Hehehe not back back.. it’s just a lil suprise cause I missed y’all.. Insha Allah I’ll be back at 13th December after my exams.. love you more darll.. 💜🦋
Mi part vx varah Reethi Masha Allah.
Very surprised Your finally back yayyy 😊. Mised your story so badly. 😅
Aina dhw Rukain ah hedhi goiyy, 😂
I’m feeling so bad for Mayaan 🥺💔
Finally, Laara Mayaan ge vaahaka adu ahaifi.
E eee Layaasha plan koggen kurin kameh noon baa ?? 🧐🤔
Mai and Kail Sooo loabi 🥰
Koacheh baa Rukain ge thashin E fenuny??
Curiously waiting for the next part.
Appreciate your hard work 💗
Lysm Maash 💜
I love the surprise Soooo much💜
Keil and Mai vrh cute dhw!!!
Whn nxt???
Masha Allah 💜🪻
Very very beautiful story 💖…Butt where’s Dhunya and Yaadhin ??..My diagnostic exam starting next week… When’s your exam starting?Good luck 😉
Bye
Tc
Thank you so much darlll.. dhunya and yaadhin annaane dhen in part ga Insha Allah.. ohhh ehen dhww.. good luck on Ur exams.. my exams starts at 3rd December heheh.. thanks darl.. byee.. take care 💜🦋
Woww vara reethiiiii mi part vess
And yess suprise vehjjeh vara bodah
Mai and kail haaadhaaa lobii ey they are literally i ge fav couple
Koncheh baa ehfenuni raakain thashi therein
Veryyy curious for next part
Thankyou soo much darlll.. I’m happy U liked it.. yeshhh they are really cutee.. same darll.. my fav couple is Kail and mai too heheh.. it’s rukain hehe.. let’s see dhw fenun ehcheh.. next part Insha Allah 13th December 💜🦋
Masha allah mi part vs vrh vrhhh reeethii🤍
Adhi cmnt kohlevey varu mivyy..vrh busy koh miulheny mock exam ah ready vaanvgn😭😭😭
Mai r kailll laawbiiii kan…mihaaru hiyeh nuvey kail libeyne heneh…😫
Naseebeh nu mayaan r laaara talk kurii kan…lara vs rangalhu dhww 0.1% trust kuri nama…
Anehkq koahcheh thashi thereyga othyy???myhehge atheh?????nuny eyah vure………..sooo curiousss..koba dhunya mn
Curiously waiting
Wn nexttt????
Thankuuu sssmm.. Muuu lyyyysssmmm🫶🏻🫶🏻🫶🏻
Gud luck on your examsss…
Thankyou soo muchh darlll.. hehe yes maash ah vx adhikiriyaa comment ah reply kuran time libunee.. I’m also very busy with job and exams hehe.. heheh yeshhh Kail is all maige.. laara ah vaa goi balama dhww.. let’s see thashiga oii ehcheh.. dhunya men annaane vrh avahah adhi.. next part Insha Allah 13 December ga.. Ur welcome darll.. thankyou for the lovely comment.. love you more and good luck to U too..💜🦋
When’s next episode
Insha allah 13 December ga…💜🦋