ވެފައި ހުރި ވަރު ބައްޔެއްގެ ބޮޑު ކަމުން އަރްޝާދް ގޮސް ސޯފައިގައި ޖައްސާލިއެވެ. ޓީވީން ދައްކަނީ ކޯއްޗެއްތޯ ބަލާލުމުގެ ނިޔަތުގައި ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީން ދައްކަމުން ދިޔައީ އިއްޔެގެ މެޗުގެ އުސްއަލިތަކެވެ. އަރްޝާދަށް ޓީވީ ހުޅުވާލެވުނީ އާރާޝް ވެއްޓުނުތަން ދެއްކިި ގަޑިއަށެވެ. އޮފީހުގެ މަސައްކަތް ހުންނަ ގޮތުން އަރްޝާދަކަށް މެޗެއް ނުބެލުނެވެ. ފަހުން މެޗަށްވީ ގޮތް ބަލަން އޭނަ ހަނދާނެއް ނެތެވެ. އެހެންކަމުން އަރްޝާދަކަށް އާރާޝްއަށް އަނިޔާވިކަމެއް ނޭންގެއެވެ. ޓީވީ ނިއްވާލުމަށްފަހު އަރްޝާދް ސޯފާއިން ތެދުވެ […]
އިޝްމާ އިންތިޒާރު ކުރަމުން ދިޔައީ އަކްމަލްގެ މެސެޖެއް އަންނާނެއިރަކަށެވެ. އޭނާގެ ސިކުނޑި ބުނަމުން ދިޔައީ އަކްމަލްއާ ވާހަކަނުދެއްކުމަށެވެ. ނަމަވެސް ހިތްގޮވަމުންދިޔައީ އަކްމަލްއާ ވާހަކަ ދައްކާށެވެ. އެކުވެރިއެއްގެ ގޮތަށް ވާހަކަ ދެއްކިއަސް އެއިީ މައްސަލައެއް ނޫންކަމަށް ހިތްބުނަމުން ދިޔައެވެ. އަކްމަލްގެ މެސެޖެށް ފޯނަށް ލިބުމާއެކު އިޝްމާ އަވަހަށް ފޯނު ނަގައި ރިޕްލައި ކުރިއެވެ. އިޝްމާ ފަށުވި އިބާރާތުން އަކްމަލްގެ ކުޅުމަށް ތައުރީފް ކުރިއެވެ. އަކްމަލްވެސް ފަށުވި އިބާރާތްތަކުން އިޝްމާއަށް ޝުކުރު އަދާކުރިއެވެ. ******************** މުޅި އޭކިއު ސްކޫލްގައި ދެކެވެމުންދިޔައީ […]
ރާސްތާ މި ވާހަކާގެ ކުރިއަށް ހުރި ބައިތައް ދެން ގެނެސްދެވޭނީ މިމަސް ނިމުމުނަކަން ހިތާމާއާ އެކީ ދަންނަވެމެވެ. މިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަދި ތިޔަ ހުރިހާ ކިޔުންތެރިންވެސް މިވާހަކައަށް ދެއްވާ ތަރުހީބަށް ޝުކުރު ދަންނާވާލަމެވެ. އަދިވެސް އެއްފަހަރު މި ވާހަކަ ލަހުން ގެނެސްދެވޭނެ ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. -ކިޔާރާ-
އާރާޝްގެ އަނގަމަތި ބެންޑޭޖްކޮށްފައިހުރި އިރު ވެސް އޭނާގެ ރީތިކަން ފަނޑެއްނުވެއެވެ. ފަން އިސްތާށިގަނޑު ނިއްކުރިމައްޗަށް ވެއްޓިފައި އޮތްއިރު ވަރަށް ހިތްގައިމެވެ. ޖޯޒީ މަތިން ދިވެހިދިދަ ކޮނޑުގައި އައްސާފައި އޮތް އިރު “ސުޕަމޭން” ވައްތަރު ޖަހައެވެ. “އައްސަލާމުލައިކުމް މިވަގުތު އަޅުގަނޑު ގާތު ހުއްޓިލައިގެން މިހުރީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން އާރާޝް. އާރާޝް ވަރަށް ބޮޑަށް މަރުހަބާ. ގައުމީޓީމަށް ކުޅެދިން ދެވަނަ މެޗު ހެޓްރިކްއަކާ އެކު ތި ނިންމާލީ. ކޮންކަހަލަ އިހްސާސެއް މި ވަގުތު ކުރެވެނީ؟” “މިވަގުތު […]
އިސްރާ ރޯންފެށުމާއެކު ދެންތިބި ތިން ކުދިން އެކި ވާހަކަ ދައްކާގެން އިސްރާ ހަމަޖެއްސޭތޯ އުޅުނެވެ. ނަސީބަކުން ދިހަ ވަރަކަށް މިނެޓް ތެރޭ އިސްރާ ހަމައަކަށް އެޅުނެވެ. “ތޭންކްސް ގާއިޒް ތީ ހަމަ އެންމެ ބެސްޓް ތިން މީހުން. ވަރަށް އުފާވޭ ތިކަހަލަ ލޯބި ލޯބި ރަށްޓިހިން މަށަށް ލިބުނީމަ.” އިސްރާ ތިން ކުދިން ގައިގަ އެކީ ބައްދާލިއެވެ. އިސްރާ އެކުދިންނަށް ބޭނުންވާ ކޮންމެ ފަހަރަކު އެކުދިން ދެގޮތެއްނުވެ އިސްރާއާ އެއްކޮށް ތިބެއެވެ. ކުރީގެ ލޯބިވެރިޔާ އޭނާ ދޫކޮށްފަ […]
އާދާގެ މަތިން މިއަދުވެސް ނަވްޔާއާ އިސްރާ ބެންޗުގަ މަޑުކޮށްގެން ތިބީ މާނީއާ އިޝްމާ އަންނަންދެނެވެ. އިސްރާ ކޮންމެސް ކަމަކާ ވިސްނާހެން ނަވްޔާއަށް ހީވިއެވެ. އެއީ އެހެންނާ ހުއްޓާނުލާ އަނގަތަޅާ ކުއްޖާ މިއަދު އަނގައިން އެންމެ ބަހެއްވެސް ނުބުނެެއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ އިނީ މާނީމެން އަންނަންދެނެވެ. ސްކޫލްގޭޓުން އެތެރެއަށް ވަދެގެން އައި އިޝްމާއާ މާނީ ނަވްޔާގެ ލޮލުގައި އަޅާގަތުމުން އިސްރާ ގައިގަ ކޮށްޓާލިއެވެ. ޚިޔާލަށް ގެއްލިފައި އިން އިސްރާ ނަވްޔާ ކޮށްޓާލުމުން ގޭޓާ ދިމާއަށް ބަލާލިއެވެ. އޭރު […]
ކޮމެންޓޭޓަރު އަހުސަމްގެ ނަން ކިޔާލުމާއެކު ބޭއިޚްތިޔާރުގައި އޭނާއަަށް ހިނިތުންވެވުނެވެ. އޭނާގެ އުމުރުން ސޯޅައަހަރުވީއިރުވެސް ފުޓްބޯޅަ މެޗެއް ފުރިހަމައަށް ބަލާނުލައެވެ. ނަމަވެސް އަހުސަމް ކުޅެންފެށުމާއެކު ފުޓްބޯޅަ އޭނާގެ ހަޔާތުގެ އެއްބަޔަށް ވެއްޖެއެވެ. ” އިސްރާ ތި ބެލުން ނޫންކަމެއް ނުކުރޭ މިހާރަކު މޮޅުވިިނަމަވެސް އެންމެ ރަނގަޅޭ ރިކޯރޑްކޮށްގެން ބަލަން. މަގުމަތީގަ ލާޗާރު ބިޗާރަށް އުޅޭ ކުދިން ކުޅޭ އެއްޗެއް ބަލަން ވަގުތު ބޭކާރު ކުރާނީ ކީއްކުރަން. ދެން ދޭ ފޮތް ކިޔަން އަންނަ މަހުގަ ޓެސްޓްވެސް ފެށެއެއްނު.” އިސްރާ […]
އިޝްމާ އަފްރީންއަށް ބަލާލިއެވެ. އެހެންނާ އަަބަދުވެސް އުޖާލާވެފަ ހުންނަ އަފްރީންގެ މޫނު ވަނީ މިލާފައެވެ. އަފްރީންގެ ހިތާމަވެރި މޫނު ފެނުމާއެކު އިޝްމާގެ ހިތުގަ ޖެހުނެވެ. އޭނާގެ ބައްޕަވެސް ހުރީ ވަކި އުފަލުގަ ނޫންކަން އިނގުމުން އިތުރަށް ދެރަވިއެވެ. “ދޮންތާ ކިހިނެއްވެފަ ތިހުރީ؟” އިޝްމާ ސިހުނީ ނުހަނުގާތުން މާނީގެ އަޑު އިވުމުންނެވެ. “ކަމެއްނުވެ. ކޮން އިރަކު ނުންނުއައީ؟” މާނީ އެތަނަށް އައިކޮންއިރަކުކަން ނޭންގުމުން އިޝްމާ ސުވާލުކުރިއެވެ. “ހަމަ ދެންމެ ދޯ ނުންުނު އެއައީ!” އިޝްމާ ކުރި ސުވާލަށް […]
ދުވަހަކީ ސްކޫލް ދުވަހެއް ކަމުން މަގުމަތީގައި ސްކޫލް ދަރިވަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ދިހަ ބުރީގެ ބޮޑުގޭގެ ދޮރުމަތީ އިޝްމާ ހުއްޓިލައިގެން ހުރީ މާނީ އަންނަން ދެނެވެ. ގަޑިން ހަ ގަޑި ތިރީސް ހަތެއްވީ އިރު މައިލޯ ޕެކެޓެއް ބޮމުން މާނީ ގެއިން ނުކުތެވެ. އިޝްމާއެކޭވެސް އެއްފަދައިން މާނީ ހުރީ ގަދަ އޮރެންޖް ކުލައިގެ ބުރުގާއަކާ އެކު މަޑު އޮރެންޖްކުލައިގެ އަތްދިގު ގަމީހާއެކު ކަކުލާ ހަމައަންނަ ސްކާރޓަކާ ކަޅުހަރުވާޅެއް ލައިގެންނެވެ. ހަލުވި ހިނގުމެއްގައި […]