“ޔޫ ލިޓްލް….” ކަޔާން ދެ އަތް މުއްކަވައިލަމުން އެހެން ބުނެލިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައިގެން ދާ ކަހަލައެވެ. މި މަންޒަރު ސިޓީން ރޫމްގެ ކުޑަދޮރުން ބަލަމުން ދިޔަ ރުކައިންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކަޔާން ލަސްނުކޮށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލިއެވެ. އޭނާ ލީ ކަޅު ކުލައިގެ ހުޑީއަކާއި ކަޅު ރިޕްޑް ޖިންސެކެވެ. އަދި މާސްކުން ރަނގަޅަށް މޫނު ފޮރުވައިލަމުން ބޭރަށް ނިކުމެލިއެވެ. ދެން އޭނާ މިސްރާބުޖެހީ ވަލާއި ދިމާއަށެވެ. ރުކައިންވެސް ކަޔާންގެ […]
“ދޮންބޭ.. އަހަރެންނަކަށްވެސް ނޭނގެ.. އެކަމަކު ބުނަން. އައި ތިންކް ދިސް އިޒް ނޮޓް ދަ ޓައިމް ޓު ޓެލް ހާރ. އޭނާ އަމިއްލައަށް އެކަން ހޯދާނެ. އައި ޖަސްޓް ނޯ އިޓް. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ޔަލްދައްތަ ބުނި ގޮތަށް އޭނާ ރައްކާތެރިކުރުން.” ލީހާ އިސްހިއްލައިލުމަށްފަހު ރުކައިންގެ ކޮނޑު މަތީގައި އަތް ބާއްވައިލަމުން ބުންޏެވެ. ރުކައިންވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލައި ލީހާގެ އަތުގައި ހިފަހައްޓައިލިއެވެ. ….. ***** ރުކައިންއަށް ޚިޔާލުތަކުން ބޭރުވެވުނީ ވެއިޓަރު އައީމައެވެ. […]
އިޒްއާން އިޒްހާ އާއި ދިމާއަށް ބަލައިލިއިރު އެ ދެލޮލުން ފެންނަނީ ލޯތްބާއި ކުލުނެވެ. އެ ދެލޮލުން ވާހަކަތަކެއް ކިޔައިދޭ ފަދައެވެ. “އިޒޫ. އަހަރެންނަށް އިނގޭ ކުރީގަ އަހަރެން އިޒޫ އިގްނޯރ ކުރާތީ ވަރަށް ދެރަވާކަން. އަދި އަހަރެން އަމިއްލައަށްވެސް ޤަބޫލުކުރަން އަހަރެން އިޒޫ އާއި މެދު ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން. ކޮންމެ ކަމެއް ކުރަންވެސް އަމުރުކޮށް… މިއީ އަހަރެން ފަހުން ވަރަށް ރިގްރެޓް ކުރި ކަމެއް. އަހަރެން ކުޑަ އިރުއްސުރެ އިޒޫ ދެކެނީ ލިޓްލް ސިސްޓާރއެއް […]
“ދުރުވެބަލަ ކަޔާން! އަހަރެން ގަޑި ޖެހެނިއްޔޭ!” އިޒްހާއަށް ރުޅިއާދެވުނެވެ. “އަރާ!” އިޒްހާ ކަޔާންއަށް ބަލައިލީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ. “ލަސްވެގެނެއްނު ތި އުޅެނީ؟ ދެންވެސް އަރާބަލަ އަވަސްކުރަން ބޭނުމިއްޔާ.” ކަޔާން އެހާ ސީރިއަސްކޮށް އެހެން ބުނުމާއިއެކު އިޒްހާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ***** އިޒްހާ ހިމޭންކަމާއިއެކު ގޮސް ކަޔާންގެ ސައިކަލުގެ ފަހަތަށް އެރީ އަރަން ނާރަން ހުރެފައެވެ. ކަޔާން ގާތަށް އައީ ލާނެތް ހިންޏެކެވެ. “ވަޓް؟” އިޒްހާ ދެބުމަ ކައިރިކޮށްލިއެވެ. “ހާދަ ލަދުންނޭ ދޯ ތި އުޅެނީ.. […]
“ނޯ. ކީތްވެ އަހަރެން އިޒޫ ސްޓޯކްކުރާނީ؟ އަހަރެން ހިތްހަމަ ޖައްސައިލަން ބީޗަށް އައިތަނާ ފެނުނީ އިޒޫ މިތާ އިށީނދެއިން ތަން. އެހެންވެ އިޒޫ އެކަނި އިނީމަ މިތަނަށް އައީ.” ރުކައިން ‘އިޒޫ’ އޭ ކިޔައިގެން ވާހަކަދެއްކުމުން އިޒްހާއަށް ހެވުނެވެ. “އެހެން؟ ސޯ.. ރުކައިން އަހަންނަށް އިޒޫ ކިޔަންޏާ އަހަރެން ދެން ރުކައިންއަށް ގޮވާނީ ރުކް އޭ ކިޔާފަ. އެންމެ ރަނގަޅުތަ…؟” އިޒްހާ ބުނެލިއެވެ. “އިޒޫ ބޭނުންގޮތެއް. އެން ކީތްވެ އަހަރެން މިތަނަށް އައި އިރު އެހާ މޫޑީވެފަ […]
އިޒްހާއަށް ޖެހެވެން ފެށީ ފަހަތަށެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ފެނުނީ ޖިޔާންގެ ކޮލަށް ބާރުގަދަ އަތަކުން އައި ހޫނު ހަމަލާއެއް އެރިތަނެވެ. އެއީ ކާކުކަން ފެނުމާއިއެކު އިޒްހާއަށް ޤަބޫލުކުރަން ދަތިވިއެވެ. ***** އެތާ ހުރީ އިޒްއާން ނޫން ދެވަަނަ މީހެއް ނޫނެވެ! “ބަލަ! ކަލޭ ތީ ކާކުތަ މި ދޭތެރެއަށް ވަންނާކަށް؟” ޖިޔާން ރުޅިއައިސްފައި ބުނެލިއެވެ. “އަހަރެން؟ އަހަރެން މީ އިޒްހާގެ ދޮންބެ. ތީ އަހަރެން އަހަން ޖެހޭ ސުވާލެއް. އަހަރެންގެ ކޮއްކޮ އާއި […]
ހެނދުނު އަށެއް ޖަހައިފިއެވެ. މަޑު ނޫކުލައިގެ ދެބުރިއަށް ނަގައިފައިހުރި ގެއެއްގެ ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި އިން 23 އަހަރުގެ އިޒްހާ އިނީ އިނގިރޭސި ބޯ ވާހަކަ ފޮތެއް ކިޔާށެވެ. ފެންނަ ފެނުމަށް ވަރަށްވެސް ރީއްޗެވެ. ދިގު ބޯ އެސްފިޔަތަކެއްގެ ދަށުގައިވާ މަޑު، މުށިކުލައިގެ ދެލޮލާއި އުނަގަނޑާއި ހިސާބަށް އަރާ ފަން، ގަދަ މުށިކުލައިގެ، ބޯ އިސްތަށިގަނޑަކީ ގިނަ މީހުންގެ ސަމާލުކަން އެންމެ ފަސޭހައިން ދަމައިގަންނަ ކަންކަމެވެ. ލިބިފައިފާ ކުރު އިސްކޮޅުންނާއި ބައްޓަން ރީތި ތުނި ދޮން ހަށިގަނޑުން […]
ހަވީރުގެ ހިތްގައިމު ވަގުތު ނިމި އިރުއޮއްސެން ދިޔަ ވަގުތެވެ. އުޑު މަތީގައި ރަތާއި އޮރެންޖް ކުލައިގެ ވިލާތައް ރަސްކަންކުރަމުން ދާ މި ވަގުތުކޮޅު ވަރަށްވެސް ހިތްގައިމެވެ. ހަވީރު ފިންޏަށް އަތިރިމައްޗަށް ނިކުމެ އުޅުނު މީހުން މަދުވާން ފަށައިފިއެވެ. ގަހެއްގައި ލެނގިލައިގެން ހުރި ލަމްއާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ލަމްއާއަކީ ނަވާރަ އަހަރު ފުރިފައިވާ ޒުވާން އަންހެން ކުއްޖެކެވެ. އޭނާއަކީ އިސްކޫލުގައި އުޅުނުއިރު ލިބިފައިވާ ރީތިކަމަށް މަޝްހޫރު އަދި ކިޔެވުމަށްވެސް ހަމަ އެހާމެ މޮޅު ކުއްޖެކެވެ. […]