Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިނިތުންވެލާށޭ ކަލާ 6

Ave Level 210 Stories
January 25, 2022 4 Mins Read
1 Comment

“ދޮންބޭ.. އަހަރެންނަކަށްވެސް ނޭނގެ.. އެކަމަކު ބުނަން. އައި ތިންކް ދިސް އިޒް ނޮޓް ދަ ޓައިމް ޓު ޓެލް ހާރ. އޭނާ އަމިއްލައަށް އެކަން ހޯދާނެ. އައި ޖަސްޓް ނޯ އިޓް. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ޔަލްދައްތަ ބުނި ގޮތަށް އޭނާ ރައްކާތެރިކުރުން.” ލީހާ އިސްހިއްލައިލުމަށްފަހު ރުކައިންގެ ކޮނޑު މަތީގައި އަތް ބާއްވައިލަމުން ބުންޏެވެ.

ރުކައިންވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލައި ލީހާގެ އަތުގައި ހިފަހައްޓައިލިއެވެ.

…..

*****

ރުކައިންއަށް ޚިޔާލުތަކުން ބޭރުވެވުނީ ވެއިޓަރު އައީމައެވެ. ދެމީހުންވެސް ބޭނުންވާ އެއްޗަކަށް އޯޑަރު ދިނުމުން ވެއިޓަރު ދިޔައެވެ. ދެން އެ ދެމެދަށް ވެރިވީ މަރުފަދަ ހިމޭންކަމެވެ.

“އިޒޫ! ދެން މިތަނަށް އާދެވުނީމަ އަހަންނާ ވާހަކަވެސް ނުދައްކާނަންތަ؟” ވެއިޓަރު އޯޑަރު ނަގައިގެން ދިޔަތާ ހަތް މިނެޓުގެ ހިމޭންކަމަށްފަހު އެންމެ ފުރަތަމަވެސް ވާހަކަ ދެއްކީ ރުކައިންއެވެ.

“އަހްމް.. ސޮރީ.. ކަމަކާއި ދޭތެރޭ ވިސްނައިލީ.” އިޒްހާ ކަޔާންމެންގެ މޭޒާއި ދިމާއަށް ވައްކަޅިން ބަލައިލަމުން ބުނެލިއެވެ.

އެއިރު އެ ދެމީހުން ކޮންމެވެސް ކަމަކާއި ދޭތެރޭ ހޭތަން ފެނެއެވެ. ނަމަވެސް އިޒްހާ އެތަނަށް އައިކަން އިނގޭހެން ހިޔެއް ނުވެއެވެ.

“ކޮންކަމަކާ؟” ރުކައިން އިޒްހާ ބަލައިލި ދިމާއަށް ބަލައިލަމުން އެއްސެވެ.

“މީ.. ރުކް.. އައި ތިންކް.. އަހަރެންނަށް މިހާރު ރުކްއަށް ޓްރަސްޓްކުރެވެން ފަށައިފި. އެއީ ރުކް ވާހަކަ ދައްކާ ގޮތުންނާއި އަބަދުވެސް ހިނިތުންވުމަކާއިއެކު އަހަރެންނާއި ބައްދަލުކުރާއިރު ތި މޫނަކުން އަހަރެންނަށް އެއްވެސް ވަރަކަށް ރުޅިވެރިކަމުގެ ކުލަވަރެއް ނުފެނޭ.” އިޒްހާ އިސްޖަހައިލައި އޭނާގެ އިނގިލިތަކާއި ކުޅެލަމުން ބުންޏެވެ.

“ޔޫ މީން.. އަހަރެންނަށް އިޒޫ އެންމެ ފުރަތަމަ ބައްދަލުވު ރޭ މޫޑް އޮފްވެފަ ހުރީ ކީތްވެކަން ކިޔައިދެވޭނެއޭތަ؟” ރުކައިން އުފާވިނަމަވެސް ދެލޯ ބޮޑުކޮށްލަމުން އެއްސެވެ.

“އާނ! އަހަރެން އުންމީދުކުރަން އެހެން އެއްވެސް މީހަކާ މިވާހަކަ ހިއްސާ ނުކުރާނެކަމަށް.” އިޒްހާ ރުކައިންގެ އެ ކަޅުކަން ގަދަ ދެލޮލަށް ބަލައިލިއެވެ.

“ޔޫ ސީ..” އިޒްހާ ވާހަކަ ފެށިއެވެ.

_____

“އިޒްހާ! ކީތް ތި ކުރަނީ؟” ތޭރަ އަހަރުގެ އިޒްހާ ސޯފާގައި އިންދައި ސިހުނީ ޒައިނާގެ ރުޅިވެރި އަޑުން އޭނާ އާއި ދިމާއަށް ހަޅޭއްލަވައިގަތުމުންނެވެ.

“މި.. މަ.. މާދަން އެކައުންޓްސްއިން ޓެސްޓު އޮންނާތީ ފިލާވަޅު..” “ނުޖެހޭނެ ދަސްކުރާކަށް. ކިތައް ފަހަރުތަ ބުނާނީ ކަލޭ މި ގޭގަ ބައިންދައިފައި ތި ހުންނަނީ ސުކޫލު ފިލާވަޅުތައް ދަސްކޮށް އާންއަށްވުރެ މޮޅަށް މާކްސް ހޯދާކަށް ނޫނޭ.” އިޒްހާގެ ވާހަކަ ނުނިމެނީސް ޒައިނާ އަނެއްކާވެސް ހަޅޭލަވައިގަތެވެ.

އިޒްހާއަކަށް އެހިސާބަކުން ކެތެއް ނުކުރެވުނެވެ. ލޮލު ތެރެއަށް ގިނަވެފައިވާ ކަރުނަތައް ބަންޑުންވިއިރު އެ ފަކީރު އިނީ ބިރުން ތުރުތުރު އަޅައެވެ. އެއިރު ސޯޅަ އަހަރުގެ އިޒްއާން އޭނާގެ ކޮޓަރިން ޓިއުޝަނަށް ދިއުމަށް ފޮތްތައް ހިފައިގެން ނިކުންނަނީއެވެ. އޭނާވެސް އިޒްހާއަށް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބަލައިލުމަށްފަހު އަޅައިލުމެއްވެސް ނެތި ލައިގެންހުރި ޖިންސުގެ ދެޖީބަށް އަތް ޖަހައިލައިގެން ދިޔައީއެވެ. އިޒްއާންގެ މި ޢަމަލުގެ ސަބަބުން އިޒްހާގެ ހިތުގައި ޖެހުނުލެއް އަދި އިހުނަށްވުރެ ބޮޑުވިއެވެ.

“އަދި ރޮއެއްނު އެބަ މާ ނޭނގޭކަމަށް ހަދައިގެން. ކަލޭ ކާކަށް ދައްކަންތަ ތި އެވަރަށް ކަރުނަތައް ބައިލަނީ؟ ކަލޭގެ މަންމައެއް ނެތޭ މިތާކު ކަލޭ ރޯތަން ބަލައި ހުއްޓުވާކަށް..” ޒައިނާ އެހެން ބުނުމާއިއެކު އިސްޖަހައިގެންހުރެ ރޮމުން ދިޔަ އިޒްހާ ދެލޯ ބޮޑުކޮށްލަމުން ޒައިނާ އާއި ދިމާއަށް ބަލައިލެވުނެވެ.

“ކި.. ކީތްކުރަން މަ..ށާ ދިމާއަށް ބަލާކަށްތަ؟ ހަމަ މިހާރު ފޮތް ބާއްވައިފަ ދޭ އެއްޗެހިތައް ދޮންނަން.” ޒައިނާ ބުނެވުނު އެތި ފޮރުވޭތޯ މަސައްކަތްކުރަމުން ހަރުކަށިކަމާއިއެކު އެހެން ބުނުމަށްފަހު ދިޔައީއެވެ.

އިޒްހާގެ ހިތަށް އެކިއެކި ވަހުމްތައް ވަންނަން ފެށިއެވެ. އޭނާގެ މަންމައަކީ އެހެން މީހަކު ބާއެވެ؟ އެހެންނެއް ނުވާނެއެވެ. މަންމައެއް ހުރި ނަމަ ބައްޕަ އެކަން ފޮރުވައިގެން ނޫޅުނީހެވެ. އެ ވާހަކަތައް ހިތުން ފުހެލައި ފަސްއަޅައިލަމުން އޭނާ ތެދުވެ ދިޔައީ ޒައިނާ ބުނި ފަދައިން އެއްޗެހިތައް ދޮވުމަށެވެ.

އެ ދުވަހުގެ ފަހުން އިޒްހާ ފޮތް ކިޔަނީ ކޮންމެ ރެއަކުވެސް ޒައިނާ ނިދާހާއިރު ކޮށްފައެވެ. ކޮންމެ ރެއްކު އެހެން ހެދުމުގެ ނަތީޖާއަކަށްވީ ލިބެންޖެހޭ ނިދި ހަމައަށް ނުލިބި ހަށިގަނޑުވެސް ހިކިވާން ފެށުމެވެ. ނަމަވެސް މިކަމުން ކިޔެވުމަށް އެއްވެސް ބުރޫކަމެއް އެރިޔަ ނުދީ ކިޔަވައި ރާއްޖޭގެ ޓޮޕް ޓެންއަށް އެރިއެވެ. ޒައިނާ ރުޅިއައި ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

އިޒްހާއަށް ނަވާރަ އަހަރު ވެއްޖެއެވެ. އެއްދުވަހަކު އިޒްހާ ބަދިގެތެރޭގައި ކައްކަން އުޅުނު ތަނާހެން ސިހުނީ އިޒްއާން އައިސް ވަނުމުންނެވެ. އޭނާގެ މޫނުން ނުތަނަވަސްކަން ފެންނަން ހުރިއެވެ.

“އިޒްހާ. މަންމަ މިއަދު މެންދުރު އިންޑިޔާއަށް ފުރާނެ އަތުގައި ރިއްސާތީވެ. ބައްޕަވެސް ދާނެ. އެހެންވެ ބައްޕަ ބުނެގެން އެ ވާހަކަ ބުނަން މި އައީ.” އިޒްއާން އިސްޖަހައިލަމުން މަޑުމައިތިރިކަމާއިއެކު އެހެން ބުނުމަށްފަހު ދިޔައީއެވެ.

އިޒްހާ ދެލޯ ބޮޑުވެފައި ހުރިއިރު ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގުނެވެ. އޭނާ ތުންޕފަތުގައި ދަތް އަޅައިލަމުން ކައްކައިފައި ހުރި އެއްޗެހިތައް ބަހައްޓައިލުމަށްފަހު ގޮސް ކޮޓަރިއަށް ވަނީ ރީތިވެލުމަށެވެ. އޭނާ ނިކުތްއިރު ޒައިނާ އާއި އިއްބާން ފުރަން ތައްޔާރުވެގެން ތިއްބެވެ.

“ދަރިފުޅާ، އިޒޫ، ދަނީ.. ހިތްހެޔޮކުރާތި. އާން.. ދަރިފުޅުވެސް ހިތްހެޔޮކުރާތި.” އިއްބާން އެހެން ބުނަމުން ގެއިން ނިކުތެވެ.

ޒައިނާވެސް އިޒްހާ އާއި ދިމާއަށް ލޯ އަޅައިލުމަށްފަހު އިޒްއާންއަށް ހިނިތުންވެލަމުން އިއްބާންގެ ފަހަތުން ނިކުތެވެ. އެ މީހުން ދިއުމާއިއެކު ހަމަޖެހުފައިހުރެ އިޒްއާން ކައިރީގައި ކެއުމަށް ކާގެއަށް ވަންނާށޭ ބުނެ ކޮޓަރިއަށް ވަނީއެވެ.

_____

އިޒްހާ މި ވާހަކަތައް ކިޔައިދިން އިރު ރުކައިންގެ ދެލޯ ހުރީ ބޮޑުވާނެ ވަރަކަށް ދެލޯ ބޮޑުވެފައެވެ. އިޒްހާ މިހާރު އިސްޖަހައިގެން ހުރިއިރު އެ ދެލޯ ފުރިފައިވަނީ ހޫނު ކަރުނައިންނެވެ. އެ ހިތްފަތި ދުވަސްތައް މަތިން ހަނދާންވުމުން އޭނާއަށް ރޮވުނީއެވެ.

“ސޯ.. އަމްމްމް.. އިޒޫ.. އަދިވެސް ޝައްކުކުރަންތަ އިޒޫގެ މަންމައަކީ އެހެން މީހެއް ކަމަށް؟” މިހާރު އޯޑަރުތައް ގެނަސްފައި ހުރުމުން ކާން ފަށަމުން ރުކައިން އެއްސެވެ.

“ހަހް؟ ނޫން.. އަދި ނުކުރަން.. ކިހިނެތްވީ؟ އަހަރެންގެ މަންމައަކީ އެހެން މީހެއްތަ އަނެއްކާ؟” ޓިޝޫއަކުން ދެލޯ ފުހެލަމުން ސަމާސާ ގޮތަކަށް އިޒްހާ އެއްސެވެ.

“އެ؟ ނު.. ނޫން.. ހަހަހަ..” ރުކައިން ގަދަކަމުން ހިނިގަނޑެއް ޖަހައިލަމުން އެހެން ބުނީ އަޅައިގަނެވެމުންނެވެ.

އިޒްހާވެސް ހީގަނެފައި އަނެއްކާވެސް ކާން ފެށުމުގެ ކުރިން ކަޔާންމެންގެ މޭޒުދޮށަށް ބަލައިލިއިރު ކަޔާން ހުރީ ހަމަ ސީދާ އިޒްހާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ކަޔާންގެ އެ ތޫނު ކަޅު ދެލިކޮޅެއްފަދަ ކަޅި އާއި އިޒްހާގެ ކަޅި ހަމަވުމާއިއެކު އޭނާގެ ދެކޯ އެއްކޮށް ރަތްވެގެން ދިޔައެވެ. މި މަންޒަރު ފެނުމާއިއެކު ކަޔާން ލާނެތް ގޮތަކަށް ހީލިއެވެ. މި މަންޒަރު ބަލަންއިން ޝިއުނީ އިނީ ރުޅިއައިސްގެން ގޮސް ހަލާކުވާވަރުވެފައެވެ. ރުކައިންއަށް މި މަންޒަރު ފެނުނު ނަމަވެސް މޫނު މަތިން އެއްވެސް އަސަރެއް ނުދެއްކޭތޯ ބަލަމުން އަނެއް ފަރާތައް މޫނުނއަނބުރައިލިއެވެ.

އިޒްހާއަށް ގެއަށް ދެވުނުއިރު ނުވަ ގަޑި ބައިވަނީއެވެ. ގެއަށް އާދެވުމާއިއެކު ތަންކޮޅެއް ދުރުގައި ހުރި ރުކައިންއަށް ހަނާ އަޅައިލަމުން އިޒްހާ އެތެރެއަށްވަނެވެ. ރުކައިންވެސް ހަނާ އަޅައިލަމުން އިޒްހާ ގެއަށް ވަތްކަން ޔަގީންކޮށްފައި ދެކޮޅު ބަލައިލަމުން ކުއްލިއަކަށް ވައިގެ ތެރެއަށް އަރައިގެންގޮސް ގެއްލުނެވެ. އިޒްހާ އެތެރެއަށް ވަތްއިރު ހިނިތުންވެފައި ފޯނާއި ދިމާއަށް ބަލަހައްޓައިގެން އިން އިޒްއާން ފެނުމާއިއެކު ހައިރާންވިއެވެ. ބަލަނީ ކޮން އެއްޗެއްތޯ ޔަގީންކޮށްލުމަށް އިޒްއާންއަށް ނޭނގޭނެހެން އިނގިލީގެ ކުރި ޖައްސައިގެން ގޮސް ބޯ ދިގުކޮށްލިއެވެ.

“އޯ މައު ގޯޑް ދޮންބޭ!!!” އިޒްހާއަށް ދެލޯ ބޮޑުކޮށްލަމުން ހަޅޭލަވައިގަނެވުނެވެ.

އިޒްއާން ސިއްސައިގެންގޮސް ފޯނު އެއްލައިލެވުނުއިރު އެތެރޭގައި ނިދައިފައި އޮތް ޒާކިންވެސް ނިކުތީ ތެޅެމުން ފޮޅެމުންނެވެ. އެއިރު އިޒްއާން ދެލޯ ބޮޑުކޮށްލައިގެން ތަޅައިގެން ގޮސްފައި ނަމަވެސް ދިއްލިފައިވާ ސްކްރީންއަށް ބަލަހައްޓައިގެން ހުރިއިރު އިޒްހާ ބަނޑުގައި ހިފަހައްޓައިގެން ބިނދިބިނދިފައި ހެނީއެވެ. ޒާކިންއަށްވެސް ވާގޮތް ފަހުމްވީ އެ ހިސާބުންނެވެ.

“ސުބުޙާނައްﷲ. ތިވަރަށް ދެން އެ ކުއްޖާގެ ޖާދޫގައި ޖެހިފައި އިންނާކަށް ނުވާނެއެއްނު. އެ ކުއްޖާ އާއި ދިމާއަށް ބަލަހައްޓައިގެން ހުންނައިރު އިޒޫ ގެއަށް އައިއިރުވެސް ނޭނގުނެއްނު. ކީކޭ ދެން ބުނާނީ؟” ޒާކިންވެސް ހެމުން ބޯ ދެފަރާތައް ހަލުވައިލަމުން ބުނެލިއެވެ.

“އާނ! އަދި އެވެސް އަހަރެންގެ ބެސްޓް ފްރެންޑްގެ ދޮންތަ އާ! ދެން އެކަމަކު ތާކު އަންހެން ކުއްޖަކު ފެންނައިރަށް ބަލާކަށް ނުވާނެއެއްނު.” އިޒްހާވެސް ހެމުން ބުންޏެވެ.

ދެމީހުންގެ ދިމާކުރުންތަކުން ސަލާމަތްވުމަށް އިޒްއާން ތެޅިފައި އޮތް ފޯނުނަގައި ހިފައިގެން ގޮސް ކޮޓަރިއަށްވަނެވެ. އިޒްހާ އާއި ޒާކިން އެކަކު އަނެކަކަށް ބަލައިލުމަށްފަހު އަނެއްކާވެސް ފެށީ ހޭށެވެ. ކަޔާން ގެއަށް ވަދެގެން އައީ ހަމަ އެވަގުތުގައެވެ. އެއިރުވެސް އެ ދެމީހުންގެ ހުނުން ހަމައަކަށް ނޭޅެއެވެ.

“ހާދަ ވަރަކަށް ކަލޭމެން ދެމީހުން ތި ހެނީ؟ ހީގެން އެއްވަނަ ލިބޭ މީހަކަށް އެވޯރޑެއް ލިބެނީތަ؟” ކަޔާންއަށް ބުނެވުނެވެ.

“ހަހަހަ.. ނޫން.” ޒާކިން ވީ ގޮތް އޮޅުން ފިލުވައި ދިނުމާއިއެކު ކަޔާންގެ ތުންފަތަށްވެސް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

“ކީކޭ ދެން ބުނާނީ؟ އަހަރެމެން އަދި ބިޓެއް ނުހޯދައި އުޅެނިކޮށްވިއްޔާ އާންވެސް އެ ބިޓު ނެގީ؟” ކަޔާން އެހެން ބުނެލީ އިޒްހާއަށް ނަޒަރެއް ދެމުންނެވެ.

އިޒްހާވެސް ކަޔާންއަށް ބަލައިލީ އަހަރެންނާއި ދިމާއަށް ތި ބަލަނީ ކީތްވެހޭ އަހާފަދަ ގޮތަކަށެވެ. ޒާކިން ދެކޮނޑު އަރުވައިލައިފައި ނިދަން ދަނީކަމަށް ބުނެ ކޮޓަރިއަށް ވަނެވެ. އިޒްހާވެސް އިތުރަށް އެއްޗެކޭ ބުނުމެއް ނެތި އޭނާގެ ކޮޓަރި އާއި ދިމާއަށް މިސްރާބުޖެހިއެވެ.

“އަސްލު އާން އެކަންޏެއް ނޫނޭ ބިޓު ނެގީކީ. އިޒްހާވެސް ބިޓު ނަގައިގެނެއްނު މިރޭ ކާން ދިޔައީ؟ ނޫންތަ؟” އިޒްހާއަށް ހުރި ތަނުގައި ހުއްޓެވުނީ ކަޔާން އެހެން ބުނުމުންނެވެ.

“އަހަރެންގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނެ ކަންނެ އަމިއްލަ ނަފްސާއި ދޭތެރޭ ވިސްނާލިޔަސް. ކަޔާންއެއް ނޫންތަ ޝިއުނީ އާއިއެކު މިރޭ ރެސްޓޯރެންޓުގައި އިނީކީ؟ ކިހިނެތްވީ؟ އަހަރެން އެ ފިރިހެން ކުއްޖާ އާއިއެކީ އިނީމަ ޖޭވީ ދޯ؟” އިޒްހާ އެ ހުރިގޮތަށް ހުރެގެން ކަޔާންއަށް މަލާތްމާތްކޮށްލުމަށްފަހު ކޮޓަރިއަށްވަނެވެ.

“ޔޫ ލިޓްލް….” ކަޔާން ދެ އަތް މުއްކަވައިލަމުން އެހެން ބުނެލިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައިގެން ދާ ކަހަލައެވެ.

މި މަންޒަރު ސިޓީން ރޫމްގެ ކުޑަދޮރުން ބަލަމުން ދިޔަ ރުކައިންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކަޔާން ލަސްނުކޮށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލިއެވެ. އޭނާ ލީ ކަޅު ކުލައިގެ ހުޑީއަކާއި ކަޅު ރިޕްޑް ޖިންސެކެވެ. އަދި މާސްކުން ރަނގަޅަށް މޫނު ފޮރުވައިލަމުން ބޭރަށް ނިކުމެލިއެވެ. ދެން އޭނާ މިސްރާބުޖެހީ ވަލާއި ދިމާއަށެވެ. ރުކައިންވެސް ކަޔާންގެ ފަހަތުން ނުފެންނަ ގޮތަށް ފާރަލަމުން ދިޔައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ave

Level 210 Stories

Follow me on insta: averix05

Other Articles

Previous

ލޯބި ވެވުމުން 1

Next

އައިކާ 4

Next
January 25, 2022

އައިކާ 4

Previews
January 25, 2022

ލޯބި ވެވުމުން 1

One Comment

  1. GUITAR LOVER says:
    January 25, 2022 at 10:54 pm

    nice ❤️❤️❤️

Comments are closed.

Next Episodeހިނިތުންވެލާށޭ ކަލާ 7←


All Right Reserved!