އިޒްއާން އިޒްހާ އާއި ދިމާއަށް ބަލައިލިއިރު އެ ދެލޮލުން ފެންނަނީ ލޯތްބާއި ކުލުނެވެ. އެ ދެލޮލުން ވާހަކަތަކެއް ކިޔައިދޭ ފަދައެވެ.
“އިޒޫ. އަހަރެންނަށް އިނގޭ ކުރީގަ އަހަރެން އިޒޫ އިގްނޯރ ކުރާތީ ވަރަށް ދެރަވާކަން. އަދި އަހަރެން އަމިއްލައަށްވެސް ޤަބޫލުކުރަން އަހަރެން އިޒޫ އާއި މެދު ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން. ކޮންމެ ކަމެއް ކުރަންވެސް އަމުރުކޮށް… މިއީ އަހަރެން ފަހުން ވަރަށް ރިގްރެޓް ކުރި ކަމެއް. އަހަރެން ކުޑަ އިރުއްސުރެ އިޒޫ ދެކެނީ ލިޓްލް ސިސްޓާރއެއް ގޮތަށް. އެކަމު މަންމަ ކަންތައް ކުރާ ގޮތް ފެނިފަ އިޒޫއަށް ރީތިކޮށް ވާހަކަ ދައްކަން ނުކެރުނީ.. އަދި އެއީވެސް މަންމަ ނުރުހިދާނެތީ. މަންމަ އިޒޫއަށް ކުރި ކަންތަކާއި މެދުވެސް އަހަރެން ލަދުވެތިވަން.. އޮން ބިހާފް އޮފް މީ އެން މައި މޯމް.. އައިމް ރިއަލީ ސޮރީ އިޒޫ. ދޮންބެއަށް މާފުކުރޭ.. ދެން ދުވަހަކުވެސް ދޮންބެ އިޒޫ އިގްނޯރއެއް ނުކުރާނަން. ކޭން ޔޫ ގިވް މީ އެ ޗާންސް ޓު މޭކް ތިންގްސް ރައިޓް؟” އިޒްއާންގެ ދިގު ސްޕީޗް ނިންމައިލިއިރު އޭނާއަށް އިނީ އިޒްހާއަށް ދެލޯ ހަމަކުރަންވެސް ނުކެރިފައެވެ.
*****
“ދޮންބޭ، އިޓްސް އޯކޭ… އެން ޔެސް.. އަހަރެން ދޮންބެއަށް މާފުކޮށްފިން އަދި އައިލް ގިވް ޔޫ އެ ޗާންސް.” އިޒްއާންއަށް އިސް ހިއްލައިލެވުނީ އިޒްހާ މަޑުމައިތިރިކަމާއިއެކު އެހެން ބުނުމުންނެވެ.
އިޒްހާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ވިދަވިދާ ހުރިއިރު ތުންފަތަށް ވެރިވެފައިވަނީ ފަނޑު ހިނިތުންވުމެވެ. އިޒްއާންގެ ހިތް އޭނާގެ މައްޗަށް ހެޔޮކަން އެނގުމާއިއެކު އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. އިޒްއާންގެ ތުންފަތަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވީ އިޒްހާގެ އެ ހިނިތުންވުން ފެނުމުންނެވެ. ނަމަވެސް ދެމީހުންނަށް ނޭނގުނުކަމަކީ މި އުފާވެރިކަން ކުޑަކުޑަ ދުވަސްކޮޅެއް ތެރޭގައި ބަދަލުވާނޭކެމެވެ.
އަނެއް ދުވަހެވެ. ހެނދުނު އަށެއް ޖަހައިފިއެވެ. އިޒްހާ އަދިވެސް އެނދުން ނުތެދުވަން އޮތީ މިއަދަކީ ހުކުރުދުވަސްކަމުގައި ވުމުންނެވެ. ނަމަވެސް ހެނދުނު ސައި ހަދަން ޖެހޭކަމަށް ހަނދާންވުމުން ތެދުވެ ފާހަނައަށް ވަނީ ކަންނެތްކަމާއިއެކުއެވެ. ރީތިވެލައިގެން ކޮޓަރިން ނިކުތްއިރު ޒާކިން ސިޓިން ރޫމް ސޯފާގައި ފޯނާއި ކުޅެންއިނެވެ. ޒާކިންއަށް އިޒްހާ ފެނުމާއިއެކު ހީލިއެވެ. ބަދަލުގައި އިޒްހާވެސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
“ކިން އެކަނިތަ މިއަދު ހޭލީ؟” އިޒްހާ އަހައިލިއެވެ.
“ނޫން. އާން އާ ޔާންވެސް އެބައުޅޭ ހޭލައިގެން. އާން ފާހަނާގަ ކަންނެ. ޔާންވެސް ފްރައިޑޭ ވީމަ ނުތެދުވަން އުޅެއުޅެފަ އަހަރެން ބަޑިއެއް ޖަހައިލީމަ ތެދުވީ.” ޒާކިން އެހެން ބުނުމާއިއެކު އިޒްހާއަށް ހެވުނެވެ.
“ޕިސް ޕިސް.. ބަލާބަލަ! އަހަރެން ނުހުންނަ އިރު ތިވަރަށް އަހަރެންނޭ ކިޔައިގެން ގޮސިޕް ކުރާވަރު.” ދެމީހުންނަށްވެސް އިޒްއާންމެންގެ ކޮޓަރިއަށް ބަލައިލެވުނީ ކަޔާން ވާހަކަދެއްކި އަޑަށެވެ.
ކަޔާން ދެބުމަ ކައިރިކޮށްލައިގެން ދޮރު ކައިރިއަށް ރީތިވެގެން ނިކުމެ ހުރިއިރު އިޒްއާންވެސް އެއިރު ހެމުން ހެމުން ނިކުންނަނީއެވެ. ޒާކިންވެސް ހޭން ފެށީ އެހިސާބުންނެވެ.
“ދެން ނުހީބަލަ ދޯ! ވަރުގަދަ ކަމެއް.” ކަޔާން އަނގައަށް ގޮތެއް ހަދައިލަމުން ބޭރަށް ނިކުތެވެ.
“ދޮންބެމެން އެހަށް މަޑުކޮށްލައްޗެ. އަހަރެން މި ދަނީ ސައި ހަދަން.” ކަޔާން ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ޒާކިން އާއި އިޒްއާންއަށް ވަކިވަކިން ބަލައިލަމުން ބުނެލިއެވެ.
ދެމީހުންވެސް ބޯ ޖަހައިލުމާއިއެކު އިޒްހާ ބަދިގެއަށްވަނެވެ. ތިރީސް މިނެޓު ތެރޭގައި ރޮއްޓާއި މަސްހުނި ހެދައި ތަށިތައް އަތުރުމަށްފަހު އެ މީހުންނަށް ކާން ގޮވިއެވެ. ދެން އިޒްއާން ކައިރީ ރައިލީމެން ގެއަށްށޭ ބުނެ އެގެއަށް ދާން މިސްރާބުޖެހިއެވެ. އެހިސާބަށްގޮސް ރައިލީމެން ގެއަށް ވަތްއިރު ރަހޫލް ބަދިގެ ތެރޭގައި އުޅުނެވެ.
“ދޮންތާ؟” އިޒްހާ ބަދިގެއަށް ވަންނަމުން ގޮވައިލިއެވެ.
“އިޒޫ! ހާދަ ހެނދުނަކާ ތި އައީ؟” ރަހޫލް ހީލަމުން އެއްސެވެ.
“އާނ! ރައިގެ ހާލު ބަލައިލަން މިއައީ. ކޮބާ މަންމަ؟” އިޒްހާ ރަހޫލްގެ ފަހަތުން ކާގެއަށް ހިގައިގަތެވެ.
“މަންމަ ގޮއްސި މާލެ، މާމަ ބަލިވެގެން އުޅޭތީ. ރައި… ކޮންމެވެސް ވަރަކަށް ރަނގަޅު. އެކަމު ވަރަށް މަސައްކަތް ކުރޭ ޖިޔާން މަތިން ހަނދާން ނައްތައިލަން.” ރަހޫލް ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
“އޮހް. އަދިވެސް ނުހޭލާ؟” އިޒްހާ އަހައިލިއެވެ.
“އާނ. ނުހޭލާ. ރޭގަ އަދި އަށެއް ޖެހީރު ހޭލާ އުޅެއުޅެފަ ވަރަށް ދަންވި ފަހުން ނިދީވެސް.” ރަހޫލް ބުނެލިއެވެ.
އިޒްހާ ބޯ ޖަހައިލަމުން ގޮސް ރައިލީގެ ކޮޓަރިއަށް މަޑުމަޑުންވަނެވެ. އެއިރު ރައިލީ ބެޑް ޝީޓް އަޅައިލައިގެން ނިދައިފައި އޮތްއިރު ހިކިފައިހުރި ކަރުނަތައް ފާހަގަވާން ހުއްޓެވެ. އިޒްހާ ގޮސް ރައިލީގެ އެނދުގެ ބޯލާ ކޮޅު ކައިރިއަށްގޮސް ހުއްޓުނެވެ. އަދި މަޑުމަޑުން ރައިލީގެ ބޮލުގައި ފިރުމައިލިއެވެ.
“އައިމް ސޮރީ ރައި.. އިޓްސް އޯލް މައި ފޯލްޓް!” އިޒްހާގެ އަނގައިން ނިކުތް މި ބަސްކޮޅާއިއެކު އޭނާ އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ.
ރޭގަނޑު ގަޑިއެވެ. ގަޑިން އަށެއް ޖެހިއިރު އިޒްހާ ހުރީ ރީތިވާށެވެ. އިޒްއާން ކޮޓަރި ތެރެއަށް ޓަކި ޖަހައިފައިވަނީ ހަމަ އެ ވަގުތުކޮޅުގައެވެ.
“އިޒޫ؟ ކޮންތާކަށް މިއޮތް ރޭގަނޑު؟” އިޒްއާން އެހެން އެހުމާއިއެކު އިޒްހާ ހިނިތުންވެލިއެވެ.
“މި ދަނީ ފްރެންޑަކާއިއެކު ރެސްޓޯރެންޓަކަށް.” އިޒްހާ ބުނެލިއެވެ.
“އޮހް. އެހެން؟ ލައިދެން ދާންވީތަ؟” އިޒްހާ ކޮޓަރިން ނިކުތުމާއިއެކު އިޒްހާގެ ފަހަތުން ނިކުންނަމުން އިޒްއާން އެއްސެވެ.
“ނޯ. އިޓްސް ފައިން. އައި ކޭން މެނޭޖް.” އިޒްހާ އެހެން ބުނަމުން ބޭރަށް ނިކުތެވެ.
“ހަނދާންކޮށް ނުވަގަޑި ބައިވުމުގެ ކުރިން ގެއަށް އަންނާތި!” އިޒްއާން ގޮވައިލި އަޑު އިވުނެވެ.
އިޒްހާ އާއެކޭ ބުނަމުން ހިގައިގަންނަން އުޅުނު ތަނުން މީހަކު ޖޯލިފަތީގައި އިން ތަން ފެނުމުން ބަލައިލިއެވެ. އެތާ އިނީ ރުކައިންއެވެ.
“ރުކް؟ މިތާ ކީތްކުރަނީ؟ އައި ތޮޓް ރެސްޓޯރެންޓްގަ ކަމަށް މީޓްވަނީ..” އިޒްހާއަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާންކަމެކެވެ.
“އަހަރެން މި އައީ އިޒޫ ބަލައެއްނު.” ރުކައިން އެހެން ބުނަމުން ތެދުވެ ހިގައިގަތެވެ.
އިޒްހާވެސް ހީލަމުން ރުކައިންގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް އެއްވަރުކޮށްލިއެވެ. އެ ދެމީހުންގޮސް ރެސްޓޯރެންޓަށް ވަތްއިރު އެންމެ ފުރަތަމަވެސް އިޒްހާގެ ލޮލުގައި އަޅައިގަތީ ދެމީހުންނަށް އިށީނދެވޭވަރުގެ މޭޒެއްގެ ދޮށުގައި އިށީނދެއިން ކަޔާން އާއި ޝިއުނީއެވެ. އިޒްހާ ހައިރާންވި ނަމަވެސް އިސްޖަހައިލަމުން ރުކައިންގެ ފަރާތުންގޮސް މޭޒެއްގެ ދޮށުގައި އިށީނެވެ.
…..
އިޒްހާ ދިއުމާއިއެކު އިޒްއާން ފޫހިވެގެން ބޭރަށް ނިކުތީ ޒާކިން ނޫޅޭތީ އާއިވެސް އެކުގައެވެ. އެއިރު އަށްގަޑި ފަނަރައެވެ. އޭނާ ނިކުމެގެން މިސްރާބުޖެހީ އަތިރި މައްޗާއި ދިމާއަށެވެ. އެ ހިސާބަށް ދިޔައިރު އެއްވެސް މީހަކު ފެންނާކަށްނެތެވެ. އެހެންކަމުން އޭނާގޮސް އެތާހުރި ދެ އުނދޯލި ތެރެއިން އެއް އުނދޯލީގައި އިށީނެވެ. ކުރިމަތީގައި ހުރި އުނދޯއްޔަށް ބަލައިލެވުނީދެނެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ހުޅިއަކަށް ޖަހައިލައިގެން އެއިނީ އެ ހިތުގެ ރަނީއެވެ. ފުރަތަމަ ފެނުނު ދުވަހުއްސުރެ ފަށައިގެން ފުރަތަމަ ނަޒަރުން ލޯބިވެވުނު ހަމައެކަނި އަންހެން ކުއްޖާއެވެ. ރަހޫލްއެވެ. ރަހޫލް އިނީ ފޯނުން ކޮންމެވެސް ކަމެއް ކުރާށެވެ.
“ހަހް؟ ސަރ؟” ރަހޫލްއަށް ކުރިމަތި ބަލައިލެވުނު ތަނާ އޭނާއާއި ދިމާއަށް އެސްފިޔަވެސް ޖަހައިލުމެއްނެތި ބަލަންއިން އިޒްއާން ފެނުމުން އޭނާގެ ދެކޮލަށް ރަތްކުލަ ފާއްދައިލިއެވެ.
“ސާރ؟ މިތާ ކީތްކުރަނީ؟” އިޒްއާން ސިހުނީ ރަހޫލް ތަންކޮޅެއް ބާރަށް އެހެން ބުނުމުންނެވެ.
“އަމް.. މި ހަމަ ފޫހިވެގެން މިތަނަށް ޖައްސައިލީ. ހައު އާރ ޔޫ؟ ކީއްވެ މިއަދު ނައީ އޮފީހަށް؟” އިޒްއާން ތަންކޮޅެއް ރީއްޗަށް ވާހަކަ ދެއްކުމުން ރަހޫލްއަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާންކަމެކެވެ.
“އަ.. އަޅުގަނޑު ރަނގަޅު. އަޅުގަނޑުގެ ކޮއްކޮ ބަލިކަމުން އޮފީހަށް ނާދެވުނީ. މާދަމާ ދެވޭތޯ ބަލާނަން. އެން.. ސާރގެ ހާލު ކިހިނެތް؟” ރަހޫލް އެހެން ބުނީ އިސްޖަހައިލަމުންނެވެ.
“އެހެން.. ރަހޫލްގެ ކޮއްކޮއަށް އަވަސް ޝިފާއަކަށް އެދެން. އަހަރެންގެ ހާލުވެސް ރަނގަޅު. އަހަންނާ ދިމާއަށް އޮފީހުން ބޭރުގައި އާންއޭ ކިޔައިފައި ގޮވިޔަސް އެއްވެސް މައްސަލެއް ނެތް. ކޭން ވީ ބީ ފްރެންޑްސް؟” އިޒްއާން ހިނިތުންވެލަމުން އެއްސެވެ.
“ހަހަހަ. ޝުއަރ ސާރ.. އައި މީން އާން.” ރަހޫލް ހީލަމުން އެހެން ބުނެލިއިރު އެ ތުންފަތަށް ވެރިވިފައިވާ ހިނިތުންވުމުން އިޒްއާންއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
“އަހަރެންނަށް ހީވޭ އަދި އޮފީސް ނޫން އެހެން ތާކުން ރަހޫ ފެނުނުހެން. ކޮންތަނެއްތަ އެއީ… އާނ! އިޒޫއާ އެއްކޮށް. ރަހޫއާ އިޒޫއާ އޮންނަނީ ކޮން ގުޅުމެއް؟” އިޒްއާން އަހައިލިއެވެ.
“އިޒޫ؟ އެއީ އަހަރެންގެ ކޮއްކޮ ރައިލީގެ ބެސްޓްފްރެންޑް. ދެން ކުޑައިރުއްސުރެ މިގެއަށް އަންނާތީ އަހަރެންނަށްވެސް ކިޔަނީ ދޮންތަ. އެހެންވެ އަހަރެންވެސް އިޒޫ ދެކެނީ ރައި ގޮތަށް ހަމަ ލިޓްލް ސިސްޓާރއެއްހެން.” ރަހޫލް ބުނެލިއެވެ.
“ދަނީ އިނގޭ ސަ.. އާން. ރައި އެބަ ގުޅާ.” ރިންގުވާން ފެށި ފޯނަށް ބަލައިލަމުން ރަހޫލް އެހެން ބުނެ އުނދޯލިން ތެދުވެ ދުރަށް ހިނގައުގަތެވެ.
“ޕްރިޓީ ސޫން.. އައިލް މޭކް ޝުއަރ އިޒޫ އިޒް ޔުއަރ ލިޓްލް ސިސް އެން ޔޫ އާރ މައި ވައިފް.” ރަހޫލް ދިޔަ ދިމާއަށް ބަލަން ހުރެގެން އިޒްއާން އެހެން ބުނެލިއިރު އެ އަޑުގައިވަނީ ޔަޤީންކަމެވެ.
…..
“ލީހާ ބުނެބަލަ ކިހިނެތް އެކަން ކުރާނީ އަހަރެން؟” ރުކައިން އެނދުގައު އިށީނދެއިން އިރު ލީހާވެސް ރުކައިން ކައިރީގައި އިށީނދެއިނެވެ.
“އޭނާ ކިހާ ދެރަވާނެ ހުރިހާ ކަމެއްގެ ހަޤީޤަތް އިނގޭ ދުވަހަކުން؟ ނޭނގެއެއްނު އޭނާ އަހަރެންނާއި އޮތް ގުޅުންވެސް ނުކަނޑައިލާނެކަމެއް. ލީ..” ރުކައިން ލީހާއަށް ބަލައިލިއިރު އޭނާއިނީ އިސްޖަހައިލައިގެންނެވެ.
“ދޮންބޭ.. އަހަރެންނަކަށްވެސް ނޭނގެ.. އެކަމަކު ބުނަން. އައި ތިންކް ދިސް އިޒް ނޮޓް ދަ ޓައިމް ޓު ޓެލް ހާރ. އޭނާ އަމިއްލައަށް އެކަން ހޯދާނެ. އައި ޖަސްޓް ނޯ އިޓް. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ޔަލްދައްތަ ބުނި ގޮތަށް އޭނާ ރައްކާތެރިކުރުން.” ލީހާ އިސްހިއްލައިލުމަށްފަހު ރުކައިންގެ ކޮނޑު މަތީގައި އަތް ބާއްވައިލަމުން ބުންޏެވެ.
ރުކައިންވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލައި ލީހާގެ އަތުގައި ހިފަހައްޓައިލިއެވެ.
…..
– ނުނިމޭ –
451 Comment
Comments are closed.
Hûdhãkkø
January 20, 2022 at 5:33 pmWow mi part VX vrh reethi
next part vrh avahah kiyaalan libeyne kamah unmeedhu kuran
Can’t wait
Waiting for the next part