Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިނިތުންވެލާށޭ ކަލާ 7

Ave Level 210 Stories
February 2, 2022 4 Mins Read
1 Comment

“ޔޫ ލިޓްލް….” ކަޔާން ދެ އަތް މުއްކަވައިލަމުން އެހެން ބުނެލިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައިގެން ދާ ކަހަލައެވެ.

މި މަންޒަރު ސިޓީން ރޫމްގެ ކުޑަދޮރުން ބަލަމުން ދިޔަ ރުކައިންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކަޔާން ލަސްނުކޮށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލިއެވެ. އޭނާ ލީ ކަޅު ކުލައިގެ ހުޑީއަކާއި ކަޅު ރިޕްޑް ޖިންސެކެވެ. އަދި މާސްކުން ރަނގަޅަށް މޫނު ފޮރުވައިލަމުން ބޭރަށް ނިކުމެލިއެވެ. ދެން އޭނާ މިސްރާބުޖެހީ ވަލާއި ދިމާއަށެވެ. ރުކައިންވެސް ކަޔާންގެ ފަހަތުން ނުފެންނަ ގޮތަށް ފާރަލަމުން ދިޔައެވެ.

*****

ކަޔާން ދިޔައީ ވަލު ކައިރީގައި ފޮރުވިފައި އޮތް ފަޅު ގެގަނޑަކާއި ދިމާއަށެވެ. އެ ގެގަނޑު ތެރެއަށް ވަތްއިރު ދެ ޒުވާނުން ހަމަ ކަޔާން ހުރި ގޮތަށް ތިބީ މާސްކު އަޅައިގެންނެވެ. ޝައްކެއްނެތެވެ! އެތާ ތިބީ ޝިއުނީ އާއި ޖިޔާންއެވެ. ދެ މީހުންވެސް ތިބީ އެތާގައި ހުރި މޭޒުގެ މަތީގައި އިިށީނދެގެންނެވެ.

“ޔާން، ކިހިނެތް ގޭތެރޭގެ ކަންތައްތައް؟” ޖިޔާން ތެދުވެގެން އައިސް ކަޔާންގެ ކުރިމަތީގައި ހުއްޓުނެވެ.

“ގޯސް. ވަރަށް ގޯސް. އިޒްހާ އާއި އިޒްއާން މިހާރު މާ ބޮޑަށް ގުޅުން ބަދަހިވެފައި. އަނެއްކޮޅުން ޒާކިންވެސް އިޒްހާއަށް ވަނީ އިތުބާރުކުރަން ފަށައިފަ. އަދި ރައިލީއަށް ޖިޔާން ކައިރީގައި އެއިރު ހުރީ އިޒްހާކަމެއް ނޭނގޭ.” ކަޔާން އެހެން ބުނެފައި އިސްތަށިގަނޑުގައި ހިފައިލަމުން ދެލޯ މަރައިލިއެވެ.

“ކާމް ޑައުން ޔާން.. އަނެއްކާ އަހަރެމެން މިފަހަރު އެހެން ޕްލޭންއެއް ރާވާނީ. ދެން ވީ ކޭން ޓޭކް ރިވެންޖް.” ޝިއުނީ ތެދުވެގެން އައިސް ކަޔާންގެ ކޮނޑު މަތީގައި އަތް ބާއްވައިލަމުން އެހެން ބުނެލީ ކަޔާން ހަމައަކަށް އަޅުވައިލުމުގެ ނިޔަތުގައެވެ.

“ޔެސް! އައި ވޯންޓް ރިވެންޖް. ޔަލާ އަހަރެންގެ މަންމައަށް ހެދި ގޮތަކީ ދުވަހަކުވެސް އަހަރެންގެ ހިތުން ފުހެވިގެންދާނޭ ކަމެއް ނޫން. އޭނާ ކުރީ އެއަށްވުރެ ވިޔާނުދާ ނުލަފާކަމެއް.” ކަޔާން ޝިއުނީގެ އަތް ފޮޅުވައިލަމުން އެއްކަލަ މޭޒު ކައިރިއަށް ގޮސް މޭޒުގައި ދެއަތް ވިއްދައިލިއިރު އެ ދެބުމަވަނީ ގޮއްޖެހިފައެވެ.

_____

ފަންސަވީސް އަހަރުގެ ކަޔާން ގެއަށް އައިސްވަނީ މަޑުމަޑުންނެވެ. އޭނާގެ މޫނުމަތި އުޖާލާވެފައި ހުރިއިރު އޭނާގެ ހިތުގައިވަނީ އޭނާގެ މަންމަ، ކަންޒާއަށް ‘ސަޕްރައިޒް’ އެއް ދިނުމަށެވެ. ފަސް އަހަރު ޔޫ.ކޭގައި ކިޔަވަން ހުރެފައި ކިޔަވައި ނިމެގެންވެސް އަދި ނުނިމެޔޭ ކިޔައިގެން އެތަނުގައި ހުރެހުރެފައި ކަންޒާ ކައިރީގައި ނުބުނެ އައުމުންވާނެ އުފާ އޭނާގެ ހިތަށްވެސް ނުގެނެވެއެވެ. އޭނާ ގޭތެރެއަށް އައިއިރު މީހަކު ނުފެނުމުން އޭނާ މިސްރާބުޖެހީ ކަންޒާގެ ކޮޓަރި އާއި ދިމާއަށެވެ. އެއިރު ދޮރުހުރީ ހިންމިއަކަށް ހުޅުވިފައެވެ. ފިރިހެނަކުވެސް އެތެރެއިން ވާހަކަ ދައްކާ އަޑު އިވުމުން އޭނާއަށް އޭނާގެ ބައްޕަ، ނިހާދުވެސް އައިސް އުޅޭކަން އެނގުނެވެ. ނަމަވެސް އެ ހިސާބަށް ދެވުނުއިރު ކަންޒާ އާއި ނިހާދު އާއި ދެމެދު ދެކެވެމުން ދިޔަ ވާހަކައިގެ ސަބަބުން ފާރު ކައިރީގައި ނުފެންނަގޮތަށް މަޑުކޮށްލެވުނެވެ.

“ކީކޭ ނިހާދު؟ ޔަލޫ މަރުވިއްޔޭ؟ ކޮންއިރަކު؟” ކަންޒާ އެހެން ބުނީ ރޮވެން ކައިރިވެފައިހުރި އަޑަކުންނެވެ.

“ކަންޒާ.. އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން ކުރިން ކަންޒާ ކައިރީގައި މި ވާހަކަ ނުބުނެވުނީތީ. ޔަލާ މަރުވީ އުމުރުން އެކާވީސް އަހަރުގައި. އެއީ މީގެ ވިހި އަހަރު ކުރިން ކާރު އެކްސިޑެންޓެއްގައި. އެއިރު އޭނާގެ ދަރިއަށް ދެ އަހަރު ފުރުނީ އަދި ކިރިޔާ.” ނިހާދު އެހެން ބުނަމުން އިސްޖަހައިލިއެވެ.

“ވަޓް؟ ނިހާދު؟ ކީއްވެ ނުބުނީ؟” ކަންޒާއަށްގޮސް ނިހާދު ލައިގެންހުރި ޓީޝާޓުގައި ހިފެހެއްޓުނުއިރު ހޫނު ކަރުނަ ތިކިތަކުން އޭނާގެ ކޯތާފަތް ތެއްމަމުން ދިޔައެވެ.

“އެއީ.. ކަންޒާގެ ލައިފް ހަލާކުވީ ޔަލާގެ ސަބަބުންކަމަށް ވާތީ. އޭނާގެ ވިޔާނުދާކަމުން ވާތީ. އަހަރެންނަކަށް ކެތެއް ނުވާނެ އެފަދަ ކެހިވެރިޔަކާއި ހެދި ކަންޒާ ރޯތަން ބަލާކަށް.” ނިހާދު މަޑުމައިތެރިކަމާއިއެކު އެހެން ބުނި ނަމަވެސް އެ އަޑުގައިވި ނުރުހުންތެރިކަން ފޮރުވިގެންނެއް ނުދިޔައެވެ.

“ނިހާދު. އޯކޭ. އެންމެ ރަނގަޅު. ޔަލޫ އަހަރެންގެ ހުރިހާ ރުފިޔާތަކެއް އޭނާގެ ކޮއްކޮ ޔަނާ އާއެކު ފޭރިގަތް. އަހަރެންގެ މަންމަ އާއި ބައްޕަ މާރޑާރކުރި. އަހަރެންގެ ކުރީގެ ލޯބިވެރިޔާ އަތުލައިގަތް. އެކަމު ނިހާދު.. އެއީވެސް އިންސާނެއް. އޭނާގެ ވެސް ތި ބުނަނީ ދަރިއެއް ހުންނަކަމަށް. އޭނާއަށް ކިޔަނީ އިޒްހާ. ނޫންތަ؟ ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ.” ކަންޒާ އެހެން ބުނެލީ ނިހާދަށް ވިސްނައިދެން ބޭނުންވާ ކަހަލަ ގޮތަކަށެވެ.

“އެކަމަކުވެސް…” ނިހާދުގެ މުއްކެވިގެން ދިޔަ އަތުގައި ކަންޒާ ދެ އަތުން ހިފަހައްޓައިލަމުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

މި އިވިގެން ދިޔަ ހައިރާންކުރުވަނި ހިތްދަތި ވާހަކަތައް އަޑު އަހާކަށް ދެން ކަޔާންއަކަށް ކެތެއް ނުވިއެވެ. އަނެއް ފަރާތަށް މޫނު އަނބުރައިލަމުންގޮސް ގެއިން ނިކުމެ ގެސްޓް ހައުސްއަކަށް ދާން ހިނގައިގަތެވެ. އޭނާގެ ހިތުގައިވަނީ ނަފްރަތެވެ. ހަމައެކަނި ޔަލާއަކަށް ނޫނެވެ. އިޒްހާއަށް ވެސްމެއެވެ. ކީތްވެކަން ނޭނގުނު ނަމަވެސް އޭނާ ހިތުގައި ޢަޒުމެއް ކަޑައެޅިއެވެ. އޭނާ މަންމައަށްޓަކައި އިޒްހާގެ ކިބައިން ބަދަލުހިފާނެއެވެ. އޭނާގެ މަންމަގެ މުދާތަކުގެ އުފަލުގައި އުޅެމުންދާ ހަޔާތް ބަރުބާދުކޮށްލާނެއެވެ. ނަމަވެސް އޭނާއަށް ނުވިސްނުނު ކަމަކީ މި ބަދަލު ހިފުމުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެ އޭނާގެ އަމިއްލަ ދިރިއުޅުން އަނދަވަޅަކަށް ވެއްޓިގެން ދާނޭކަމެވެ.

_____

“އޭތް! ކަލޭ ކޮންކަމަކާތަ މާ މޫޑު ގޯސްވެފަ ތި އިންނަނީ؟” މެންދުރު އޮފީހުން އައިއްސުރެ ބަސްމަދުވެފައި އިޒްއާން ސޯފާގައި އިނުމުން ކަޔާންވެސް އައިސް އިޒްއާން ކައިރީގައި އިށީނެވެ.

“ކަމެއްނުވެ.” އިޒްއާން އޭނާ އޮފީހުން އަންނަމުން ގަތް އައު ފޯނު ހުޅުވައިލަމުން ބުނެލިއެވެ.

“ދޮގު ނުހަދާ! ކަމެއް ނުވަންޏަކާ ތިހައި ބަސްމަދެއް ނުވާނެ. ކޮންމެވެސް ކަމެއް ވެއްޖެ. ކިހިނެތްވީ؟” ކަޔާން އިޒްއާން އަތުގައި އޮތް ފޯނު އަތުލަމުން ބުނެލިއެވެ.

އިޒްއާން އިސްޖަހައިލިއިރު އެ މޫނުން ފެންނަމުން ދިޔައީ މާޔޫސްކަމެވެ.

“ކިންމެން ރޭގަ ބުނެފަ ކަންނޭނގެ ދޯ އޮންނާނީ އަހަރެން އަންހެން ކުއްޖަކާއި ދިމާއަށް ފޯނުން ބަލަންށޭ ރޭގައިނީ؟ އާނ! އެ ތެދެއް. އިނގޭތަ އެއީ ކާކުކަން؟” އިޒްއާން ކަޔާންއަށް އަމާޒުކޮށްލި ސުވާލާއިއެކު އޭނާ ބޯ ހޫރުވައިލިއެވެ.

“އެއީ އަހަރެންނަށް ފުރަތަމަ ނަޒަރުން ލޯބިވެވުނު ކުއްޖާ. މީގެ ދެ އަހަރު ކުރިން އޮފީހަށް ވަތް އެ ކުއްޖާ އަހަރެންގެ ހިތް އަތުލީ ނޭނގި ހުއްޓާ.” އިޒްއާން އެހެން ބުނެލިއިރު އޭނާގެ ތުންފަތުގައިވަނީ ފަނޑު ހިނިތުންވުމެކެވެ.

“އޭނާ އާއި ވަރަށް ކޮންޓެކްޓް ކުރެވޭތޯ ބެލިން. ފޯނު ނަންބަރުވެސް އޮފީހުން ހޯދިން. އެކަމުވެސް އަހަރެންގެ ފިނޑިކަމުން އެއްޗެކޭ ބުނެލާކަށް ނުކެރުނު. އެހެން ދެ އަހަރު ފާއިތުވެގެންގޮސް މިއަދު ލިބުނު ހަބަރުން އަހަރެން ވަރަށް ދެރަވި. އޭނާ އޮފީހުން ކެނޑުނީ. ކީތްވެކަމެއް ނޭނގޭ. އަނެއްހެން ގިނައިން ފެންނަނީވެސް އޮފީހުން އެކަނި. އަނެއްކޮޅުން އޮފީސް ކުއްޖެއްގެ ފަރާތުން އޭނާގެ މާމަ ނިޔާވެގެން މާލެ ދާން އުޅޭ އަޑު އިވުނު.” އިޒްއާން އެހެން ބުނެލިއިރު އޭނާގެ ހިނިތުންވުންވަނީ ފަނޑުވެގެން ގޮސް އިސްޖެހިފައެވެ.

“ޔާން، އައި ޓްރޫލީ ލަވް ހާރ. އައި ޑޮން ނޯ އިފް ޝީ ފީލްސް ދަ ސޭމް ފޯރ މީ. އަހަރެން އަޑުއެހިން އަދި އޭނާގެ މަންމަ މާލޭ މީހަކާއި ކައިވެނި އެރޭންޖްކުރި ވާހަކަވެސް.” އިޒްއާން އެހެން ބުނިއިރު އެ އަޑުގައިވަނީ ވޭނެވެ.

ކަޔާން އިޒްއާންގެ ކޮނޑުގައި ހިފަހައްޓައިލީ ހިތްވަރުކުރާށޭ ބުނަމުންނެވެ. އިޒްއާން ހިސްހިއްލައިލައި ކަޔާންއަށް ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އޭނާއަށް ވަންނަ ދޮރު ކުރިމަތީގައިހުރި އިޒްހާ ފެނުނީދެނެވެ. ވަގުތުން ކޮޅަށް ތެދުވެވުނީ އެހެންވެއެވެ. ކަޔާންއަށްވެސް އިޒްހާ ފެނިފައި ކޮޅަށް ތެދުވެވުނެވެ.

“ވަޓް؟ ކިހިނެތްވީ ތި ކޮޅަށް ތެދުވީ؟ ޕްރެސިޑެންޓް ފެނުނީތަ؟” އިޒްހާގެ ސަކަ މިޒާޖު ފެނިފައި އިޒްއާންއަށް އޭނާ ދެއްކި ވާހަކަތައް އަޑު ނީވުނުކަން ޔަޤީންވުމާއިއެކު ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“ނޫނޭ.. ސަންތިމަރިޔަނބު ފެނުނީ.” ކަޔާން ހަރަމް ބަނެލަމުން ލާނެތްކަމާއިއެކު ބުންޏެވެ.

“އައްޗި. އާރ ޔޫ ކޯލިން މީ ދެޓް މިސްޓާރ؟” އިޒްހާ ތުން ދަމައިލި ގޮތުން އޭނާގެ މައްސޫމުކަން ފާޅުވެގެން ދިޔައެވެ.

“އޮފް ކޯސް. ހޫ އެލްސް؟” ކަޔާން އެއްބުމަ މައްޗައް ހިއްލައިލުމާއިއެކު އިޒްއާން ހިނިގަނޑެއް ޖަހައިލިއެވެ.

“ވޮހް. ތި ދެމީހުންގެ ކެމިސްޓްރީ ހަމަ ބަރާބަރަށް އެބަ ދިމާވޭ. އަހަރެންގެ ކޮއްކޮ ސެޓުކޮށްލަދޭންވީތަ ޔާން؟” އިޒްއާން އަކުރުތަކަށް ދަމައިލަމުން އެންމެ ފަހު ބަސް ބުނުމަށްފަހު އަނެއްކާވެސް ހޭން ފެށިއެވެ.

“ދޮންބޭ!” “އާން!” އިޒްހާއަށާއި ކަޔާންއަށް އެހެން ބުނެލެވުނީ އެއްފަހަރާއެވެ.

ކަޔާން އަނގަޔަށް ގޮތެއް ހަދައިލަމުން ކޮޓަރިއަށް ވަނުމާއިއެކު އިޒްހާވެސް ދެކޯ ރަތްވެފައިހުރެ އެކަން ނުދެއްކޭތޯ ބަލަމުން ކޮޓަރިއަށްވަނެވެ. ކޮޓަރިއަށް ވަދެ ދޮރު ޖަހަމުން އޭނާ ދޮރުގައި ލެނގިލިއެވެ. ދެކޮލުގައި ދެއަތް އަޅައިލަމުން ދެންމެ ވީ ކަންތަކާއި މެދު ވިސްނައިލެވުނުއިރު އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް ބޯ އަނބުރައިލުމަށްފަހު ގޮސް އިށީނީ އެނދުގައެވެ. އޭނާއަށް ވިސްނެމުން ދިޔައީ އިޒްއާން ދެއްކި ވާހަކަތަކާއި މެދުގައެވެ. އޭނާ ގެއަށް އައިސް ވަތްއިރު އިޒްއާންގެ އަނގައިން ރަހޫލްގެ ނަން ނިކުތީއްސުރެ އޭނާ ހުރީ އަޑު އަހާށެވެ. ނަމަވެސް އަޑުއިވުނުކަން އަންގަން ބޭނުންނުވީ އިޒްއާންއަށް އިޒްހާ ފެނުމުން ކޮޅަށް ތެދުވި ގޮތް ފެނިފައެވެ. އިޒްހާ އެނދުމަތީގައި އޮތް ފޯނު ނަގަމުން ރައިލީގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

“ހަލޯ.. އިޒޫ؟ ކިހިނެތް؟” އެންމެ ފުރަތަމަވެސް އެކޮޅުން ވާހަކަ ދެއްކީ ރައިލީއެވެ.

“އަހަރެން ހަމަ ރަނގަޅު. ރައި ކިހިނެތް؟ މިހާރު ރަނގަޅުތަ؟ މަންމަ ކިހިނެތް؟” އިޒްހާ އަހައިލިއެވެ.

“އަހަރެން ރަނގަޅު. މަންމަވެސް. އެން ޑޯން ވަރީ.. އައިމް އޯވާރ ވިތް ޖިޔާ. އަހަރެން ނޫޅެން އެކަހަލަ ބޭވަފާތެރިއެއްގެ ހަނދާނުގައި ދުވަސްތައް ދުއްވައިލާކަށް.” ރައިލީ އެހެން ބުނެފައި ހިނިގަނޑެއް ޖަހައިލިއެވެ.

“ހަހަހަ… ރައި ބުނެބަލަ.. ރައިއަށް ޖިޔާ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނިއްޖެޔާ ކިހިނެތް ހަދާނީ؟ އޭނާގެ ދުވަސް ދުއްވައިލާނީ؟” އިޒްހާ ގޮސް ހުއްޓުނީ ކޮޓަރި ކުޑަދޮރު ކައިރީގައެވެ.

“އާނ! ޔަގީނެއްނު. ޖިޔާ އާއި ދިމާއަށް ބަލައިލާކަށް އެ ދެލޯވެސް ސަލާމަތަކުން ނުބަހައްޓާނަން.” ރައިލީ އެހެން ބުނުމާއިއެކު އިޒްހާ ހީބިހި ނަގައިގަތެވެ.

“ހޫނ.. ހޫނ.. ދެން ހެވޭ، ކޮބާތަ ދޮންތަ؟” އިޒްހާ ވާހަކަ ބަދަލުކޮށްލުމުގެ މަގުސަދުގައި ބުންޏެވެ.

“ދޮންތަ… އެބައިން މިތާ.. ދޭންވީތަ ފޯނު؟” ރަހޫލް ވާހަކަ އެހުމާއިއެކު ރައިލީގެ އަޑުގައިވީ ކަންބޮޑުވުމެވެ.

“އާނ. ދީބަ…” އިޒްހާ ހީލަމުން ބުންޏެވެ.

“ހަ.. ހަލޯ.. އިޒޫ؟” ރަހޫލްގެ ކުރަކިވެފައިވާ އަޑު އިވުމާއިއެކު އިޒްހާގެ ހިނިތުންވުން މުޅިން ފިލައި ދިޔައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ave

Level 210 Stories

Follow me on insta: averix05

Other Articles

Previous

ލޮތްބަށްޓަކައި..3

Next

އިޚްސާސް

Next
February 2, 2022

އިޚްސާސް

Previews
January 31, 2022

ލޮތްބަށްޓަކައި..3

One Comment

  1. GUITAR LOVER says:
    February 2, 2022 at 2:40 pm

    wwoww

Comments are closed.

Next Episodeހިނިތުންވެލާށޭ ކަލާ 8←


All Right Reserved!