އަޔާން ޒޯޔާއަށް ފޮނުވާފައި އިން މެސެޖް ޒޯޔާއަށް ކިޔުނީ ކިތަށް ފަހަރު ކަމެއްވެސް ޒޯޔާއަށް ނޭގެއެވެ. އެ މެސެޖް ގައި ލިޔެފައި އޮތް ބަސްކޮޅު ބަދަލު ވުމަށް އެދެވުނީ އެތަށް ފަހަރަކުއެވެ. ނަމަވެސް އެއީ ނުވާނޭ ކަމެއް ކަން ޒޯޔާއަށް އަށްވެސް އެނގެއެވެ. އެކަން ޒޯޔާގެ ބަސްނާހާ ހިތަށް ވިސްނައި ދޭނީ ކިހިނަކުން ހެއްޔެވެ؟ ދެލޮލުން ހުސްވުމެއް ނެތި އަންނަމުން ދިޔަ ކަރުނަތަށް ޒޯޔާގެ އަތްތިލައިގެ ނުފުށުން ފޮހެލުމަށް ފަހު ތުރުތުރު އަޅަމުން ދިޔަ އަތުން ފޯނުނަގައި އަޔާންގެ […]
” ޒޯޔާ އަކީ އަޔާން ތިހީކުރާ ހާ ރަނގަޅު ކުއްޖެއް ނޫން … އޭނަ …” އަޖުމަލް އަށް އެހިސާބަށް ބުނެވުނު ތަނާ އަޔާން ރުޅިއައިސް އަޖުމަލް ގެ ގަމީހުގެ ގިރުވާނުގައި ހިފާ އިންތަނުން ނެގިއެވެ. އޭރު އަޔާން ގެ މޫނުމަތިން ރުޅިއައިސް ހުރި ވަރު ފެންނަމުން ދިޔައެވެ. އެވަގުތު އެ ރެސްޓޯރެންޓުގައި ތިބި ގިނަބައެއްގެ ލޯ އެމީހުންނަށް އަމާޒް ވެގެން ދިޔައެވެ. އަޔާން ކަންތައް ކުރި ގޮތުން ދިހަމް ވެސް ހުރީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. […]
ރީނާ މެންގޭ އަސްކަނި ދޮށަށް ވަދެވުމުން ރިނާ ފަޔާޒް އަތުން ދޫކޮށްލިއެވެ. އޭރު އެދެމީހުން ވެސް ވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. މާވަރަކަށް ދުވުމުން ނެވާ ހަމައަކަށް އަޅުވަން އިރުކޮޅެއް ނެގިއެވެ. އެވަގުތު އިވުނު ބާރު ގުގުރީގެ އަޑާއި އެކު ވިދާލުމުން ރީނާ ބިރުން ފަޔާޒް ގައިގައި ބާރަށް ބައްދައިލިއެވެ. ރީނާ އެހާ ބާރަށް ބައްދައިލައިގެން ހުރުމުން ފަޔާޒްގެ ހިތް ނެގިނެގި ފައި ޖެހޭކަމުގެ އިހުސާސް ފަޔާޒް އަށް ކުރެވުމުން ދިޔައެވެ. ފަޔާޒް ވެސް ރީނާ ގައިގައި […]
ޒޯޔާ އިނީ ހަރަކާތެއް ގެންނަށްވެސް ނޭގިފައެވެ. އަޔާން ކުއްލިއަކަށް ޒޯޔާގެ ފިޔާތޮށިކުލައިގެ މަޑުތުންފަތުގައި މަޑުމަޑުން ބޮސް ދިނެވެ. ކުޑަ ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އެ ލޯބިވެތި ވަގުތު ކޮޅާ ދުރުވީ ޒޯޔާއެވެ. ޒޯޔާ އަޔާންގެ ގަޔާއި ދުރުވެލިއެވެ. އޭރު ޒޯޔާ ދިޔައީ އޭނާގެ ނޭވާ ހަަމައަކަށް އަޅުވަމުން ނެވެ. ޒޯޔާގެ ރަތްވެފައިވާ ތުނި ތުންފަތްފެނި އަޔާން މޮޔަވާވަރު ވިއެވެ. “ޔުޔަރ ލި ޕުސް… ސޯ ޓޭސްޓީ … ” އަޔާން އެއްލޯމަރާލަމުން ޒޯޔާ ލަދުގަންނަވާލުމަށް ޓަކައި ބުނެލިއެވެ. […]
އަޔާން އެލަވައިގެ ކޮންމެ ކަޑިއެއްގައި ބުނަމުން ދިޔަ ލަފުޒުތައް ނިސްބަތްކުރަމުން ދިޔައީ ޒޯޔާއަށް ށެވެ. ޒޯޔާގެ އެ ރީތި ސިފައަށްށެވެ. އަޔާންގެ ހިތުގައި ޒޯޔާއަށްޓަކައި އުފެދިފައިވާ އިހުސާސް ތަކަށްށެވެ. ޒޯޔާ ހުރީ އަޔާންގެ އެ މޫނަށް ބަލަހައްޓައިގެންނެވެ. އެލަވައިގައި އެކިޔާ ކޮންމެ އިބާރާތެއް ނިސްބަތްވަނީ އޭނާއަށްކަން ޒޯޔާއަށް އިނގެއެވެ. އަޔާން ލަވަކިޔައި ނިއްމާލުމުން އަތްތިލަބަޑީގެ އަޑުގަދަވެގެން ދިޔައެވެ. އަޔާން ގިޓާހިފައިން އިސްޓޭޖުން ފޭބިއެވެ. ޒޯޔާގެ މޫނުމައްޗަށް ވަނީ ރީތި ހިނިތުންވުމެއް ވެރިވެފައެވެ. ޝޯނިމުމުން ހަތަރުމީހުން ގެއަށްދާން ހިގައިގަތެވެ. […]
އަޔާން ޒޯޔާއާއި އިތުރަށް ގާތްވެލިއެވެ. ޒޯޔާހުރީ އަޔާންއާއި އަލުމާރިއާއި ދޭތެރޭ ތާށިވެފައެވެ. އަޔާން ޒޯޔާގެ ކަންފަތާއި ކައިރި އަށް މޫނު ތިރިކޮށްލިއެވެ. އަޔާންގެ ހޫނުނޭވާ ޒޯޔާގެ ކަންފަތަށް އެޅެމުން ދިޔައެވެ. ” ޢީދު މުބާރިކު.. ޒޯ ” އަޔާން ވަރަށް ލޯބިން ޒޯޔާގެ ކަންފަތްދޮށުގައި ބުނެލިއެވެ. އަޔާންގެ ޖާދުވީ އަސަރުގަދަ އަޑު ޒޯޔާގެ ކަންފަތުގައި ޖެހުމާއި އެކު ޒޯޔާއަށް ތެޅިގަނެވުނެވެ. އަދި މަރާފައިވާ ދެލޯ ހުޅުވައިލެވުނެވެ. އޭރެ ޒޯޔާގެ ކޯތާފަތަށް މަޑު ފިޔާތޮށިކުލައެއް އަރާފައިވެއެވެ. އަޔާން ޒޯޔާގެ […]
އެ ލޯންޗުން ފޭބި ދެފިރިހެން ކުދިން ފެނިފައި ޒޯޔާއާއި ރީނާއަށް އާޝޯހުވެފައި ބަލަހައްޓައިގެން ތިބެވުނީއެވެ. އެ ދެފިރިހެން ކުދިންގެ ކޮޑުގައިވެސް ބޮޑު ދަބަހެއް އަޅުވާފައިވާއިރު ލޮލުގައި މޮޅު އަވިއައިނެއް އަަޅައިފައި ވެއެވެ. އެތަނުން އިސްތަށިގަނޑު ދިގުކޮށްފައި ހުރި ފިރިހެން ކުއްޖާއަތުގައި ގިޓާލާ ދަބަހެއް ވެސް އޮތެވެ. ޒޯޔާމެން އެލޯންޗާއި ކައިރިއަށް އައިސް މަޑުކޮށްލައިގެން ތިއްބެވެ. ފަޔާޒްއާއި އަޔާން ލޯންޗުންފައިބައި އެތާތިބި ދެއަންހެން ކުދިންނަށް ބަލައިލިއެވެ. އަޔާން ޒޯޔާ އާއި ދިމާލަށް އޭނާގެ ކަނާއަތް ދިއްކޮށްލިއެވެ. ” ހެލޯ… […]
ލޯންޗު ކަނޑިންމައިން ނިކުތުމުން ޒޯޔާމެން ގެއަށްދާން ހިގައިގަތެވެ. އެވަގުތު އިވުނު ބާރުގަދަ އަޑުފަށްގަޑުން ޒޯޔާމެންނަށް ސިއްސައިގެން ގޮސް އަޑުއައި ދިމާލަށް ބަލައި ލެވުނެވެ. ފެނުނު މައްޒަރުން ޒޯޔާގެ ފައިން ވާގިދޫވެގެން ހުރިތަނަށް ތިރިވެވުނެވެ. ރީނާއާއި ފާޒިޔާއަށް ވެސް ވީ ޒޯޔާއަށް ވީވަރެވެ. އެދެމީހުންނަށް ވެސް ޒޯޔާ އާއި އެއްހަމައެއްގައި އިށީދެވުނެވެ. ޒޯޔާ ރޮއެގަނެފަ ފާޒިޔާ ގައިގައި ބައްދައިގަތެވެ. އަދި އެއްއަތުން ޒުލޭޙާމެން ދިޔަ ލޯންޗާއި ދިމާލަށް އިޝާރަށް ކުރަމުން ދިޔައެވެ. އެލޯންޗުގައި ވަނީ ހުޅުހިފާފައެވެ. އެވަގުތު އެތާހުރި […]
“ދަރިފުޅާ ބައްޕައާދެ މާދަމާ ރަށަށް .. އެކަމަކު .. ބައްޕަ ވަރަށް ބަލިކޮށް އުޅޭތީ އަންނަ ގޮތަށް އޭގެ އެއްދުވަހު މާލެ ދާން ފުރަންޖެހޭ ކަމަށް ބައްޕަ ބުނި … ” ކައިގެން ސޯފާގައި އަށެއްގެ ޙަބަރު ބަލަން އިށިއްނަމުން ޒުލޭޙާ ވާހަކަ ދެއްކިއެވެ. ޒޯޔާ އިނީ ބައްޕަ އަށް ވީ ކިއްކަމެއް ނޭގި ހާސް ވެފައެވެ. “ބައްޕަ ރަނގަޅުތަ … ބައްޕަ ވަރަށް ބޮޑަށް ތަ ބަލީ ..” ޒޯޔާ ޒުލޭޙާ ގާތު އަހައިލިއެވެ. “ނޭގެ […]