“އަޔާން … އަޔާން …” މުންބައިގެ ބޮޑު ފައިވްސްޓާ ހޮޓެލް އެއްގައި އެއްވެފައިވާ މީހުން އެއްއަޑަކުން ގޮވަމުން ދިޔައެވެ. ރީތިކޮން ފޮތި ދަމާފައިވާ ބޮޑު އިސްޓޭޖް މަތީ ހުރި ޒުވާނާގެ ކަރުގައި ނޫކުލައިގެ މޮޅު ގިޓައެއް އަޅުވައިލާފައި އޮތެވެ. އެތަން ފަރުމާކުރެވިފައި ވަނީ ނޫކުލައާއި ހުދުކުލައިގެ ލައިޓް ތަކާއި ބޮޑެތި ލޭސް ފޮތިތަކުން ނެވެ. އެ ލައިޓްތަން އެ ޒުވާނާގެ މޫނައް އެޅިފައި ވާއިރު ވަރަށް ހިތްގައިމެވެ. ހުދުކުލައިގެ އަލި އެޒުވާނާގެ ނޫކުލައިގެ ކަޅިއަށް އެޅިފައިވުމުން އެ […]
“ޒޯޔާ…ދަރިފުޅާ ޒޯޔާ … ” ޒުލޭޙާ އޭނާގެ ދަރިފުޅަށް ފަތިސްނަމާދަށް ގޮވިއެވެ. ޒޯޔާ އަވަހަށް ތެދުވެގެން ގޮސް ފެންވަރައިގެން ނިކުމެ ނަމާދު ކޮށްލިއެވެ. ނަމާދު ކޮށް ނިމުމުން މުޞޮށްލަ މޭޒުމަތީ ބާއްވައިފައި މަންމަ ކައިރިއަށް ބަދިގެއަށް ދިއައެވެ. ޒުލޭޙާ އާއި އެކު ރޮށި ފިހެގެން ސައި ބޯން އިށީނެވެ. ޒޯޔާއަކީ ޒުލޭޙާއަށް ށާއި ފާރޫޤް އަށް ލިބިފައި ހުރި ހަމައެކަނި ދަރިއެވެ. އެ ދެމީހުން ވެސް ޒޯޔާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ޒޯޔާއަށް ކުޑަކުޑަ […]