“ދަރިފުޅާ ބައްޕައާދެ މާދަމާ ރަށަށް .. އެކަމަކު .. ބައްޕަ ވަރަށް ބަލިކޮށް އުޅޭތީ އަންނަ ގޮތަށް އޭގެ އެއްދުވަހު މާލެ ދާން ފުރަންޖެހޭ ކަމަށް ބައްޕަ ބުނި … ” ކައިގެން ސޯފާގައި އަށެއްގެ ޙަބަރު ބަލަން އިށިއްނަމުން ޒުލޭޙާ ވާހަކަ ދެއްކިއެވެ. ޒޯޔާ އިނީ ބައްޕަ އަށް ވީ ކިއްކަމެއް ނޭގި ހާސް ވެފައެވެ. “ބައްޕަ ރަނގަޅުތަ … ބައްޕަ ވަރަށް ބޮޑަށް ތަ ބަލީ ..” ޒޯޔާ ޒުލޭޙާ ގާތު އަހައިލިއެވެ. “ނޭގެ ދަރިފުޅާ … މަންމައަކަށް ވެސް … އިރާދަކުރެއް ވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ” ޒޯޔާ ދެރަވެފައި އިނުން ޒުލޭޙާ އެހެން ބުނިބކަމުގައި ވީނަމަ ވެސް އޭނާ ވެސް ހުރީ ވެގެން އުޅޭ ގޮތެއް ނޭގޭތީ ބިރުގެން ފައެވެ.
އަޔާން އުޅުނީ މާލެ ދިޔުމަށް ޓަކައި ދަބަހަށް އެއްޗެހި އަޅަންށެވެ. އަޔާން ގެ ކޮޓަރި އަކީ ވަރަށް ތަރުތީބު ކޮޓަރިއެކެވެ.
އަޔާން ގެ ކޮޓަރީގެ ހުރިހާ ފަރުނީޗަރެއް ވަނީ ހުދާއި ނޫކުލައިންނެވެ. ކޮޓަރިން ވަންނަތާ ދޮރުކައިރީ ޖެހިގެން ހުރި ހަރުގަނޑު ގައި ވަނީ އެކި ވައްތަރުގެ ގިޓައެެވެ. ދޮރުންވަންނަތާ ކަނައަތު ބިތުގައި ކިންގު ސައިޒުގެ އެނދެއް ހުއްޓެވެ. އެނދުގެ ދެފަރާތުގައި ދެ ސައިޑް ކަބަޑު ހުރިއިރު ދެ ކަބަޑު މަތީ ގައިވެސް ލެންޕެއް ހުއްޓެވެ. ދޮރާވީ ފަރާތުގެ ކަބަޑުމަތީ ދެ ފުޓޯ ލޯގަނޑު ހުއްޓެވެ. އެއް ފުރޭމް ގައި ވަނީ އަޔާނީ އާއި ޒާހިދު ގެ ފުޓޮއެކެވެ . ދެން އިނީ އަޔާން އާއި ފަޔާޒުގެ ފުޓޮއެކެވެ. އެދުގެ ބޯލާ ކޮޅު ފާރުގައި އަޔާން ގެ ވަރަށް ބޮޑު ފުޓޯ ގަނޑެއް ހަރުކޮށްފައި އިނެވެ. އެނެއް ފަރާތު ބިތް ވަނީ ބިއްލޫރިއްނެވެ. އެބިއްލޫރި ގަނޑު އެނެއްފަރާތުގައި ވަނީ ކުޑަ ޕޫލެކެވެ. އެޕޫލުގެ ވަށައިގެންވާ ފާރުކައިރީ މާގަސް ޕޮޓުތަކުގި ހައްދާފައި ހުއްޓެވެ. ކުޑަ ފެންދޭކުރައެއް އިސްކުރެން ދޮށުގައި ބަހައްޓާފައި ހުއްޓެވެ. އެތަން އެއްކޮން ހިޔާނުކޮށް ހުއްނާތީ ހަނދުގެ އަލި އެޅިފައި ހުރިއިރު އެމަންޒަރު ވަރަށް ރީއްޗެވެ. ކޮޓަރިން އެތަނަށް ނިކުމެވޭ ގޮތަށް ކަހާލެވޭ ބިއްލޫރި ދޮރެއް ހުރެއެވެ. ލޯގަނޑު ކައިރީ ސޯފާއަކާއި ކުޑަ މޭޒެއް ހުއްޓެވެ. އެތާގައި ހުރި ދޮރުފަތި ގަނޑު ވެސް ވަނީ ނޫ ކުލާއާއި ހުދުކުލައިން ނެވެ. ދޮރުން ވަންނަ ތާ ކުރި މަތީ ހުރި ބިތުގައި ސީޑިީ އަރާ ފުރާފައި ހުރި ކަބަޑެއް ވާއިރު ބޮޑު ލޯގަޑެއް ހުއްޓެެވެ. އެ ލޯގަނޑު ކައިރީ ހަތަރު ވައްގަނޑުލީ ކަބަނޑެއް ހުއްޓެވެ. ފުރަތަމަ ވައްގަނޑުތަކުގައި ހުރި ފިތަކަށް އޮތް ބައިލުމުން ކޮންމެ ވައްގަނޑު އަމިއްލައަށް ހުޅުވިގެން ދެއެވެ. ފުރަތަމަަ ބައިގައި ހުރީ އެކި ބުރޭންޑު ތަކުގެ އިސްތަށިގަނޑުގައިލާ ޖެލްއައީ މޫނުގައި ހާކާ ކުރިމް ތަކެވެ. ދެވަނަބައިގައި 30 ހައްވުރެ މަދުނުވާ ވަރަށް އެކިވައްތަރުން ފިރިހެން ސެންޓާއި ބޮޑީސްޕުރޭ ފުޅި ހުއްޓެވެ. ތިން ވަނަ ބައިގައި ފުނަލާއި ގައިގަލާ ލޯޝަނާއި އަދި ވެސް ފިރިހެން ކުދިން ރީތިވަން ބޭނުން ކުރާ އެކި ކަހަލަ އެއްޗެހި ހުއްޓެވެ. ހަތަރުވަނަބައި ގައި އެކި ބުރޭޑް ތަކުގެ ގަޑި އާއި އަތުގައި އަޅާ ފަދަ ތަކެތި ހުއްޓެވެ. އެކަބަޑާއި ޖެހިގެން އިނީ ފާހާނަ ދޮރެވެ. ފާހާނަ ތެރެ ވެސް ހީވަނީ ބޮޑު ކޮޓަރިއެއް ހެންނެވެ. ފާހާނަ ތައްޓާއި މޫނު ދޮންނަ ތަށި ބައްޓާފައި ހުރިތަނާ ތަން ކޮޅެއް ދުރުގައި ވައް ބިލްގާއެއް އިންއިރު ފެންވަރާ މާގަޑު އިންނަތަން ވަށައިގެން ތުނި ރަބަރުގަނޑެއް ހަރު ކޮށްފައި ވެއެވެ. ފާހާނަ ތެރެވެސްވަދެ އަދި ކުޑަ ކޮޓަރި އަކަށް ވަދެވޭ ގޮތަށް ހުއްޓެވެ. އެތާ ގައި އެކި ކަހަލަ ގަމީސް ތަކާއި ޓީޝާޓު ތަށް ދެފަރާތު ގައި އަޅުވާފައި ހުރިއިރު މެދުގައި ހުރި ބިއްލޫރި ކަބަޑުތަކުގައި ޓައީ އާއި ކަރުގައި އަޅުވާ ސްކާފު އާއި އެކި ކަހަލަ ބޫޓު ވެސް ހުއްޓެވެ. އެތަން ހީވަނީ ކުޑަވަރެއްގެ ފިހާރައެއް ހެންނެވެ.
އަޔާން އެހާގިނަދުވަހު އިންޑިއާގައި ނުހުރެއެވެ. މާލޭގައި އަޔާނީގެ ނަމުގައި ބޮޑުގެއެއް ހުންނައިރު އަޔާން އާއި ފަޔާޒް އަބަދުވެސް މާލެގޮސް ހުއްނަނީ އެތަނުގައެވެ. އަޔާންގެ ސްޑިއޯއާއި ބައްޕަގެ ބޮޑު ދެ އޮފީސް ވެސް މާލޭގައި ހުރެއެވެ. އެ ދެތަން ބަލަނީ އަޔާން އާއި ފަޔާޒް އެވެ. އަޔާންގެ ފުލައިޓް އިނީ ހެދުނު ހަތެެއް ޖަހާ އިރުއެވެ. އަޔާން އެއްޗެހި އަޅާ ނިމުމުން އަވަހަށް ނިދީއެވެ.
ޒޯޔާ ފަތިހު ފަތިސް ނަމާދު ކޮށްލައިގެން އަވަހަށް ރޮށިފިހެ ރިހަކަށްކަން ޒުލޭޙާއަށް އެހީ ތެރި ވަމުން ދިޔައެވެ. ސައިކައްކާ ނިމުން ތަނާ ގޭގެ ދޮރުގައި މީހަކު ޓަކި ޖެހާ އަޑު އިވުމުން ޒޯޔާ ގޮސް ދޮރުހުޅުވައިލިއެވެ.
ދޮރުމަތީ ދަބަހެއް ކޮޑުގައި އަޅުވައިގެން ހުރި ފިރިހެނެއް ހުއްޓެވެ. ޒޯޔާ ބައްޕާ އޭ ކިޔާ ފާރޫގް ބޮލުގައި އޮޅުލައިގަތެވެ.” މަގޭ.. ދަރިފުޅު އަދިވެސް ބޮޑެއް ނުވޭ ދޯ .. ” ޒޯޔާ ގައިގައި ބައްދާލަމުން ފާރޫގު ބުނެލިއެވެ. ފާރޫގް ދަަބަސް ހިފައިގެން އައިސް ސޯފާގައި އިށީނުމުން ޒޯޔާ އޭނާގެ ބައްޕަ އަށް ރަނގަޅަށް ބަލައިލިއެވެ. މިހާރު ބައްޕަ ކުރިއަށް ވުރެ ހިކިއްޖެކަން ޒޯޔާ އަށް އިގުނެވެ. ޒޯޔާ ދެރަވިއެވެ. ޒުލޭޙާ ސައިބޯން ގޮވުމުން ޒޯޔާ އާއި ފާރޫގް ސައި ބޯން ދިޔައެވެ.
މެންދުރުވެގެން އައި އިރު ނޫރާގެ މައްމަ ފާޒިޔާވެސް ޒުލޭޙާ އަށް އެހީތެރި ވެދެން އައިސް އުޅުނެވެ. އެއްޗެހި ދޮވެ ގެންދަންހޭ ހުރިހާ އެއްްޗެއް ހަމައަށް އަޅަމުން ދިޔައެވެ. ޒޯޔާ އާއި ރީނާ ބުރޭކަށް އައިއިރު ގޭތެރޭގައި ޒުލޭޙާ އާއި ފާޒިޔާ ވަރަށް ބުރަކޮށް ލައިގެން އުޅޭތީ ކާގެއަށް ވަދެ ދެމީހުން ކައިގެން ބޭރުގައި ހުރި އުދޯލީގައި ތިއްބުމަށްފަހު އޮފީހަށް ދާން ނިކުތެވެ.
އޭގެ އެނެއް ދުވަހު ޒޯޔާ ނިދައިގެން ހޭލީއްސުރެ ހިތް ބިރުގެންފައި ހުރި ހެން ޒޯޔާށް ހީވަމުން ދިޔައެވެ. ބައެއްފަހަރު ހާސް ވާހެންވެސް ހީވެއެވެ. ހިތްބުނާކަހަލަ އެވެ. ކޮނމެވެސް ކަމެއް ވާން އަބަ އުޅެއެވެ.
ޒޯޔާ ބަދިގެއަށް ވަންއިރު ޒުލޭޙާ ހުރީ ހުރިހާ ކަމެއް ކޮށް ނިއްމާފައެވެ. ރީނާ އާއި ފާޒިޔާ ވެސް އައިސް ވަނީ ވަގުތު އެވެ. ރީނާ އައުމުން ޒޯޔާ ގާތު އޭނާ އަށް ވަމުން ދާގޮތް ކިޔައިދިނެވެ. “ތީ ވާނީ ޒޯ.. މަންްމަމެން މިއަދު ފުރާތީ .. ޒޯ .. ދެރަވާތީ ވާގޮތެއް ކަމަށް ” ރީނާ ބުނެލިއެވެ. ޒޯޔާ ވެސް އެކަން ގަބޫލު ކުރިއެވެ. ހަގީގަތުގައި ވެސް ޒޯޔާ ހުރީ މަންމަމެން ދާތީ ދެރަވެފަ އެވެ.
ހެދުނު ސައި ބޮއިގެން އެންމެން 9 ޖަހަން ވާއިރަށް ބަދަރަށް ދިޔައެވެ. އޭރު އެމީހުން ދާން މާލޭން އައިސް ގެން އުޅޭ ލޯންޗު އޮތީ އައިހެވެ. އިންޖީނުގެ މައްސަލަ އެއް އުޅޭތީ އިރުކޮޅަކަށް ފުރުންލަސް ވިއެވެ. ” ދަރިފުޅާ … ބައްޕަމެން ނިމުންހާ އަވަހަށް މި ކޮޅަށް އައްނާނަށް … ތީ ބައްޕަ ގެ ހިތްވަރު ގަދަ ކުއްޖެއް ނު ދޯ ” ޒޯޔާ ބޮލުގައި ބައްދާލަމުން ފާރޫގް ބުނެލިއެވެ. ޒޯޔާ ކިތަންމެ ހިއްވަރު ކުރަމުން ދިޔަނަމެސް ދެ ލޮލުގައި ކަރުނަ ވަނީ ގިނަވެފައެވެ. ލޯންޗު މީހުން ގޮވުމުން ރީނާ އާއި ފާޒިޔާ ބޮލުގައި ބައްދާލާފައި ޒޯޔާ ކައިރިއަށް އައިސް ވަރަށް ބާރަށް ޒޯޔާ ގައިގައ ބައްދައްދާލަމުން ޒޯޔާގެ މޫނަށް ބޮސް ދިނެވެ. ” ފާޒިޔާ މަގޭ ފުރާނަފަދަ ދަރިފުޅު ރަނގަޅަށް ބަލައި ދޭތި” ފާޒިޔާއާއި ދިމާލަށް ބަލައި ލަމުން ޒުލޭޙާ ބުނެލިއެވެ. އަދި ލޯޗައް އަރަން ހިގައި ގަތެވެ.
ލޯންޗުގައި ތިބީ ޒުލޭޚާއާއި ފާރޫގް އާއި އެ ލޯންޗުގައި އުޅޭ ދެ މީހުންނެވެ. ޒުލޭޙާ ފަހުފަހަރަށް ޒޯޔާ އާއި ދިމާލަށް ބަލައިލިއެވެ. ޒޯޔާ ރޮވިފައި ހުރިތަން ފެނުމުން ޒުލޭޙާ އަށް ރޮވެން ފެށިއެވެ. ފާރޫގް ޒުލޭޙާ ގައި ގައި ހިފަހައްޓާއިލިއެވެ.
ލޯންޗު ކަނޑިންމައިން ނިކުތުމުން ޒޯޔާމެން ގެއަށް ދާން ހިގައި ގަތެވެ. އެވަގުތު އިވުނު ބާރުގަދަ އަޑުފަށްގަޑުން ޒޯޔާމެންނަށް ސިއްސައިގެން ގޮސް އަޑުއައި ދިމާލަށް ބަލައިލިއެވެ. ފެނުނު މަންޒަރުން ކޮޅަށް ހުންނާނެ ވަރު ނެތުމުން ޒޯޔާ އަށް ހުރިތަނަށް ތިރި ވެވުނެވެ. އިއޮތް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.




Alhe kihinei baa e v???? ?? when is next part?? ???Varah reethi story??❤ Maasha Allah ?
Sharu tomorrow… Isha allah … Nd thanks????
Yageen eythi govee dhw… this part is very nice… when next part…. waiting
Thank you inaa … Higaa ba dhow vaagotheh balailan
Finally thank you ash dear
T ???
i think accident eh v hen..!! btw stry v nice..<3
I also think the same
Thank u hina … Let see what happens
Ash masha allah vvvvv varah ves reethi mibai ves… Eager to know what happens next
Thank you T
❤️❤️welcome dear ash
Eyna ge parents maru vee dhw?? feel sad for zo
Story great engey bt adhi kuda koh improve kuran jehey kanthah eba huri like ibaaraiy kurun..
Hope negative koh nunagaane kamah? waiting for next ep??
Thanks nonni …. Negative koh ash nunagan … Thigothah comment kuri ma nu dhow ithurah ragalhu kure vey ni☺☺☺
hey mi vaahakaige coverga ayaan nan jahaafa in firihen kujjaa ge real life name akee kobaa ? who is he ?
Ash akah ves neyge .. Ash ves Pinterest in hodhi pic eh
Vrh Vrh reethi.. Hama jehilaigen vrh reethi koh liyelaafa aneh part up kohlaa..Ingey Ashly Loabiii
Thank you luloo loabi…. Yeah mi adhu up kohdhey nah ?
HEY VAAHAKA VARAH NICE… LAUNCH GOVY HEN HEEVANI
Masha allah ❤..vrh vrh vrh reethi mi part vx..ly??????
Wow haadha reethi story .
.I love
Varah reethi igey..ashh