Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 5

Aishasha Level 210 Stories100 Login
April 10, 2017 5 Mins Read
12 Comments

“ކާކު ތި ހޯދަނީ؟” އަރީނަށް ފާހަގަ ކުރެވިގެން އަހައިލިއެވެ.

“ނޯ ވަން!” އަނާނީ އަވަސް އަވަހަށް ޖަވާބުދިނެވެ. އަދި އަރީންއާ ކޮންމެވެސް ވާހަކައެއް ދައްކަން ފެށީ މަޢުލޫ ބަދަލުކޮށްލުމުގެ ގޮތުންނެވެ.

އޭރު އަނާނީއަށް ފެނުނު މީހަކީ ޒުހާއެވެ. ޒުހާ ހުރެއްޖެނަމަ ޔާނިއު ހުންނާނެކަމަށް އޭނާއަށް ހީކުރެވުނީއެވެ. އެހެނަސް، ކަންވީކީ އެހެނެއް ނޫނެވެ. ޔާނިއުއެއް ފެންނަގޮތެއް ނުވިއެވެ. އަނާނީ ކުޑަކޮށް މާޔޫސްވިއެވެ. ނަމަވެސް ޔާނިއު އޭނާގެ ފްރެންޑު ރިކުއެސްޓު އެކްސެޕްޓު ކޮށްފައިވާކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދީ، ގެއަށް ގޮސް ފޭސްބުކުން ޔާނިއުއަށް މެސެޖު ކުރާނީއޭ ނިންމައިގެން ހިތަށް ކުޑަ ތަސައްލީއެއް ގެނައެވެ.

އަނާނީ ފަހުން ތެދުވެގެން ގޮސް ރީޝާއާ ގުޅުނެވެ. އޭރުވެސް ރީޝާ ހުރީ ޕާޓީގެ ފޯރިއަށް ގޮސް ގެއްލިފައެވެ. ދޭތެރެއަކުން އަނާނީއާވެސް އަނގައިން ބުނެލިޔަސް، އަނާނީ ހުރީ ފޫހިވެފައެވެ. އަނާނީގެ މޫނުގެ ކުލަވަރު ދުރުން ބަލަން ހުރި މީހަކީ އަރީނެވެ. މިކަން އަނާނީއަށް ފާހަގަނުވީ، އަރީނަށް މާބޮޑު ސަމާލުކަމެއް ކުރިންވެސް ދެވިފައި ނުވާތީއެވެ. އޭނާ އަރީންއާ މީގެ އިރުކޮޅެއް ކުރިން ވާހަކަ ދެއްކީ ފޮނި މީހަކަށް ނުވާށެވެ. އޭނާއާ ކޮންމެ މީހަކު އެގޮތަށް އައިސް ވާހަކަ ދެއްކިޔަސް، ރައްދުގައި އޭނާ ވާހަކަ ދައްކާނެއެވެ. އެއީ އެމީހުންނަށް އޭނާއަކީ ބޮޑާ މީހެއް ނޫންކަން ދައްކާށެވެ.

އިރުކޮޅެއްފަހުން އަނާނީގެ ފޯނަށް ލިއުދައްތަ ގުޅައިފައި ގެއަށް އައުމަށް ބުންޏެވެ. މިވާހަކަ އަނާނީ ރީޝާ ކައިރީ ބުނުމުން، ރީޝާ އަދި ގެއަށް ދާ ޚިޔާލެއް ނެތްކަމެއް ބުނެލިއެވެ. ނަމަވެސް އަނާނީއަށް ގެއަށް ދެވޭނެ ގޮތް ހަމަޖައްސައިދެވިދާނެ ކަމަށް ބުނެ، އޭނާ ގޮވީ އަރީނަށެވެ. އަދި، އަރީންގެ ސައިކަލުގައި އަނާނީ ގެއަށް ލައިދޭން އެދުނެވެ. އަނާނީ ފުރަތަމަ އިންކާރުކުރިޔަސް، އެކަނި ގެއަށް ދާން ޖެހޭނެތީ އެގޮތަށް އެއްބަސްވިއެވެ. އެވަގުތު އަރީންގެ ހިތަށް ކުރެވެމުން ދިޔަ އިހުސާސްތަށް އިތުރު އެހެން މީހަކަށް ނޭނގޭނެއެވެ.

އަރީންއާ އެއްކޮށް ގެއަށް ދިޔަ މަގުމަތީގައިވެސް އަނާނީ އިނީ ވަރަށް މަޑުންނެވެ. ނަމަވެސް އަރީން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަނާނީ މިވާހަކަތަކަށް މާބޮޑަށް ސަމާލުކަން ދީގެން ނީނަސް، ބައެއްފަހަރު ރައްދުގައި ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އަނާނީ އެހާ މަޑުން އިންނަނީ ކީއްވެތޯވެސް އަރީން ވަރަށް ގިނަ ފަހަރަށް ސުވާލުކުރިއެވެ. ނަމަވެސް އަނާނީ ހިނިގަނޑަކުން ނިންމައިލަނީއެވެ.

ގޭ ދޮރުމައްޗަށް ސައިކަލު ހުއްޓުމުން އަނާނީ ފޭބިއެވެ. މި މަންޒަރު އިއްތިފާގުން ފެނުނީ، މަތިން ބެލްކަނިން ބަލަން ހުރި ލޫކަސްއަށެވެ. ލޫކަސްގެ މޫނުމައްޗަށް ވެރިވި ލާނެތް ހިނިތުންވުމާއެކު، އޭނާ ތުމުންފެމެލީ އަނާނީއަށް ޖެއްސުމަށެވެ. ބޭއިޚްތިޔާރުގައި މި އަޑަށް އަނާނީއަށް މަތި ބަލައިވެސް ލެވުންމެއެވެ. އަދި ފެނުނު މަންޒަރަކުން، ހިނދުކޮޅެއް ކުރިން އަރީނަށް ދީގެން ހުރި ހިނިތުންވުން ކުއްލިއަކަށް ފިލައިގޮސް، އެ މޫނުމަތި ބަނަވިއެވެ. މިކަން އަރީނަށް ފާހަގަކުރެވިގެން، އޭނާވެސް މަތި ބަލައިލިއެވެ. ހުސްގަޔާ ސިނގިރޭޓެއް ރޯކޮށްގެން ހުރި ލޫކަސް އަރީނަށްވެސް ފެނުނެވެ. އަދި ކޮންމެވެސް ގޯހެއް އެބައުޅޭކަން ދެނެގަންނަން ވަގުތުކޮޅެއްވެސް ނުނެގިއެވެ. އެހެނަސް، އޭނާ އަނާނީކުރެން އެވާހަކައެއް ނާހައެވެ. ހިނިތުންވެލައިފައި، “ގުޑްނައިޓް” އަދި “ޓޭކް ކެއާ” އޭ ބުނެލައިފައި ދިޔައީއެވެ.

އަނާނީ ގެއަށް ވަދެވުމުން، ބާރުބާރަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ހަމައެއާއެކު، އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ފެށީ ކީއްވެކަމެއް ނޭނގެއެވެ. ހުރިތަނަށް ތިރިވެ، ރޮވެން ފެށުމުން އަނާނީއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އޭނާއަކީ މިހާ ފިނޑި ކުއްޖެއް ނޫނެވެ. ނަމަވެސް، ސިކުނޑީގައި ފުނި ޖެހިފައި ހުރި އެތައް ޚިޔާލުތަލަކުން ސިކުނޑި އިތުރަށް ހާސްކުރުވައި، ބޮލުގައި ރިއްސަން ފެށިއެވެ. މަންމައާއި، އުފަން ރަށް މަތިން ހަނދާން ވަނީއެވެ. ޓެސްޓުތައް ބޯމަތިވެފައި ވީ އިރުވެސް، ރަނގަޅަށް އެއިން ޓެސްޓަކަށް ކިޔެވިފައެއް ނެތެވެ. ލޫކަސްގެ ދުއްތުރާއެވެ. ޔާނިއުއާ މެދު ކުރެވޭ އިހުސާސެވެ. މި ހުރިހާ ކަމަކާ ކުރިމަތިލާނެ ގޮތެއް އެ ނިކަމެތި ކުއްޖާއަކަށް ނުވިސްނުނެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ހިތްވަރު ނެރެން އެބަޖެހެއެވެ. އެހެންނޫނީ ދިރުއުޅުމުގައި ކުރިއެރުމެއް ނެތެވެ. ހުވަފެންތައް ކާމިޔާބު ކުރެވޭނީ، ދިމާވާ ހުރިހާ ގޮންޖެހުތަކަކާ ކުރިމަތި ލައިގެނެވެ. ރީޝާމެން ކަހަލަ އުފާވެރި ކުއްޖަކަށް ވާން އަނާނީވެސް ބޭނުމެވެ. މިއޮއްހާދުވަހު އޭނާ މަސައްކަތް ކުރަމުން އައީ ވެސް އެކުދިން ފަދައިން އުޅުމަށެވެ. ސަކަރާތް ޖަހައި، އަބަދުވެސް އުފަލުގައި ހުންނާށެވެ. އެއްވެސް ކަމެއްގައި ރޯކަށް އަނާނީ ބޭނުމެއްނޫނެވެ. ނަމަވެސް، ލޫކަސް އެއް އައި ފަހުން އެ އުފާވެރިކަމަށް ހިޔަނި އެޅެން ފަށައިފިހެން ހީވަނީއެވެ. ކުރިއަށް އޮތްތާ، އަނާނީގެ ދިރިއުޅުމުގެ އައްސޭރިއަށް ބިންދާލަން އުޅޭ ބޮޑު ރާޅު އެކުއްޖާއަށް އަންދާޒާ ކުރެވޭ ކަހަލައެވެ.

ރޮއެރޮއެފައި އަނާނީ އައިސް އެނދުގައި އޮށޯވެލީ ނިދޭތޯއެވެ. މި ފިކުރުތަކުން ކުޑައިރުކޮޅަކަށް ނަމަވެސް މިންޖުވާން އޮތް ގޮތަކީ ނިދުމެވެ. އޭރު، ލައިގެން ހުރި އެއްޗެހި ބަދަލު ކުރާކަށްވެސް އަނާނީ ޚިޔާލެއް ނުކުރިއެވެ. އެހެން އޮވެފައި އެސްފިޔަތަކަށް ބުރަ ވެގެން، ނިދި ނިދި އޮއްވާ ކުއްލިއަކަށް ފޯނު ވައިބްރޭޓު ވިއެވެ. އަނާނީއަށް ލޯ ހުޅުވައިލެވުނެވެ. އަދި ފޯނު ނަގައި ބަލައިލި އިރު، ނުދަންނަ ނަންބަރަކުން މެސެޖެއް އައިސް އޮތެވެ. “ހެއި އިޓްސް މީ އަރީން. ރީޝް އަތުން ނަންބަރ ހޯދީ އިފް ޔޫ އާ ވޮންޑަރިންގ. އާ ޔޫ އޯކޭ؟” އޭގައި އޮތީ މިހެންނެވެ. އަނާނީ ބޭނުންވީ އަޅައިނުލައި ނިދާށެވެ. ނަމަވެސް އެހެން ހަދަން ނުވާނެކަމަށް ހިތް ބުނުމުން، އަރީނަށް ރިޕްލައި ކޮށްލިއެވެ. “ޔެސް ވަޓް ހެޕެންޑް؟”

އަރީންގެ ދެވަނަ މެސެޖު އައީ އަނާނީ މެސެޖު ކުރިތާ މިނިޓެއް ވެސް ނުވަނީހެވެ. ހީވާ ގޮތުން އޭނާ އޮތީވެސް އަނާނީގެ ރިޕްލައި އެއްގެ އިންތިޒާރުގައެވެ. “މިރޭ ވަރަށް ދެރަވެފަ ހުރިހެން ހީވާތީ.. އިޒް އެނީތިންގ ބޮދަރިންގ ޔޫ؟ އެއްކަލަ ގަޑީ ބެލްކަނީގަ ހުރެގެން ވިސްލް ކުރީ ކާކު؟” އަރީންގެ މެސެޖުން، އޭނާ އަނާނީއާ މެދު ވިސްނާވަރު ހާމަވިއެވެ. ނަމަވެސް އެއްވެސް ކަމެއް ކިޔައިދޭކަށް އަނާނީ ބޭނުމެއް ނުވެއެވެ. އެހެންނޫނަސް އަރީނަކީ އަދި މިރޭ އަލަށް ދިމާވި މީހެކެވެ. އޭނާ ރީޝާއަށް ކިޔައިނުދިން އެއްޗެއް ވަކި އަރީނަށް ކިޔައިދޭނެ ހެއްޔެވެ. އެހެންކަމުން، އެއްވެސް ކަމެއް ނުވާކަމަށް ބުނެ ކުރު މެސެޖެއް ކޮށްލީ، އިތުރަށް އެ ވާހަކަ ދައްކަން ޝައުގުވެރިކަން ނެތްކަން ހާމަކުރާށެވެ. އޭގެ ފަހުން އަރީންގެ ހަބަރެއް ނުވިއެވެ. އަރީނަށް ނިދުނީ ކަންނޭނގެއެވެ.

ނަމަވެސް އޭރު އަނާނީގެ ލޮލުން ނިދީގެ އަސަރު އެއްކޮށް ވަނީ ފިލައިފައެވެ. އެއީ ފޯނުގެ ސްކްރީނަށް ބެލުމުން ވީ ކަމެއް ކަމަށް އޭނާ ނިންމިއެވެ. އަދި އިތުރަށް ނިދޭތޯ މަސައްކަތް ކުރާކަށްވެސް ގަސްދެއް ނުކުރިއެވެ. އެވަގުތު އޭނާ ބޭނުންވީ ޔާނިއުގެ ހަބަރެއް ބަލައިލާށެވެ. ފޭސްބުކު މެސެންޖާއަށް ވަދެ، އެގަޑީގައި އޮންލައިން ވެގެން ތިބި މީހުންގެ ލިސްޓު ބަލައިލި އިރު، އެންމެ ތިރީގައި އިން ޔާންގެ ނަން ފެނުމުން، އެ ހިތަށް ވެރިވީ ބަޔާންކުރަންވެސް ދަތި އުފާވެރިކަމެކެވެ. އަދި އިރުކޮޅެއް ވަންދެން ދެޚިޔާލެއްގައި އޮވެފައި، ޔާނިއުއަށް މެސެޖު ކޮށްލިއިރު އަތްވެސް ވަނީ ފިނިވެ ތުރުތުރު އަޅަން ފަށައިފައެވެ.

ޔާނިއުގެ ފަރާތުން ރިޕްލައި އެއް އައީ އެތައް އިރެއް ވީ ފަހުންނެވެ. އެވަގުތު އަނާނީއަށް އުފަލުން ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. އަދި އަވަސް އަވަހަށް ދެވަނަ މެސެޖު ލިޔަން ފެށިއެވެ. ލިޔާނެ އިތުރު އެއްޗެއް ބޮލަށް ނައުމުން އަނާނީ ލިޔުނީ “ތީ ޔާނިއު ތަ؟” މިހެންނެވެ. އޭތި ފޮނުވައިލައިފައި އަމިއްލަ ބޮލުގައި ޖަހައިލެވުނީ އެ ސުވާލު ކިހާ މޮޔަހޭ ހިތަށް އަރައިފައެވެ.

“”””””””””””””””””””””””””””””””
ޔާން: އާން. ތީ ކާކުބާ؟
އަނާނީ: އަނާނީ
ޔާން: ނުދަންނަން.
އަނާނީ: ކުރިން ދުވަހު އަމީނީ މަގުން ފެނުނެއްނު. ޔާނިއުގެ ސައިކުން މަގޭ ގައިގަ ޖެހެން އުޅުނެއްނު
ޔާން: ނެތް ހަނދާނެއް.
އަނާނީ: އޯކޭ.. ބަޓް ކެން ވީ ބީ ފްރެންޑްސް؟
ޔާން: ހެހެހެ ޝުއާ.
އަނާނީ: ތޭންކްސް. ކީއްކޮށްލަނީ؟
ޔާން: ކުޑަ ކަމެއްގަ މިއުޅެނީ. ބިޒީ. ޓޯކް ޓު ޔޫ ލޭޓަރ
އަނާނީ: އޯކޭ..
“””””””””””””””””””””””””””””””””

ޔާނިއު އޮފްލައިން ވިތަން ބަލަން އޮވެފައި އަނާނީއަށް މޫނުމަތީ އަތް އަޅައިލެވުނެވެ. ޔާނިއު މިއީ ރީތިކަމާ އެއްވަރަށް ފޮނިވެސް މީހެއްތާއެވެ. މެސެޖު ނުކުރެވުން ނަމައޭ ހިތަށް އެރިއެވެ. އަނާނީ ހަނދާން ހުރިކަމަކަށްވެސް އޭނާ ނުވިއެއް ނޫންހެވެ. އަދި ފެނުން ފަހުން މިވީ އެންމެ ތިން ހަތަރު ދުވަހެވެ. އޭނާއަށް ހަމަ އެހާ އަންހެން ކުދިންނާ ދިމާވެފައި ހުރީހެއްޔެވެ. އާނއެކެވެ. އެހެންވެދާނެއެވެ. ޔާނިއު ފަދަ ރީތި ފިރިހެނަކާ އެތައް އަންހެން ކުދިންނާ ގުޅުން އޮންނާނެއެވެ. އޭނާއަށް މަރުދޭ ކުދިން މަދެއް ނުވާނެއެވެ. އަނާނީ މިއީ އަދި އޭގެތެރެއިން އެންމެ ކުއްޖެކެވެ. މިގޮތަށް އަދި ކިތަންމެ އަންހެން ކުދިންނެއް އޭނާއަށް މެސެޖު ކުރާނެތާއެވެ. ނަމަވެސް ޔާނިއު ކުޑަމިނުން އަނާނީގެ ޕްރޮފައިލު ފޮޓޯ ބަލައިލި ނަމަ ވެސް ފަހަރެއްގައި ހަނދާންވީހެވެ. އެކަން ކުރަން އޭނާ ބޭނުން ނުވީ އަނާނީއަށް އެއްވެސް ޝައުގުވެރިކަމެއް ނެތީމައެވެ. ކޮންމެގޮތެއް ވިޔަސް، ޔާނިއު އަނާނީގެ މެސެޖު ތަކަށް ރިޕްލައި ކުރިކަމަށްޓަކައި ޝުކުރުކޮށްލައިގެން އޮތުން ނޫންގޮތެއް އަދި ނެތެވެ. މިހާ ފަސޭހައިން އުއްމީދު ކަނޑައިލާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާއަކީ ޔާނިއުއާ ބަލައިފައި ވަކި ހުތުރު ކުއްޖެއް ނޫނެވެ. ޔާނިއު އަދި އޭނާ ކައިރިއަށް އަންނާނެއެވެ. އޭރު އޭނާގެ ބޮލުތެރޭ ހުރި ހުރިހާ ހާސްކަމަކާއި ފިކުރެއް މިހާރު ފިލައިގޮސްފިއެވެ. މިވަގުތު އެ ސިކުނޑީގައި ވަނީ އެންމެ ކަމެކެވެ.

ޖެހިގެން އައި ދުވަހު، ޔާނިއު އޮންލައިންގައި ހުރި ވަގުތަކާ އަނާނީއާ ދިމާވާގޮތެއް ނުވިއެވެ. މިކަމާހުރެ، ގޭގެ މަސައްކަތްތައް ކުރެވުނީވެސް ވަރަށް ފަރުވާކުޑަކޮށް، އަވަސްއަރުވައިލައިފައެވެ. ލިއުދައްތަގެ ރުޅިވެރި ބަސްތަކާ އެދުވަހު ކުރިމަތިލާން ޖެހުނީވެސް އެހެންވެއެވެ. މިކަންތައް ހިނގިއިރު ލޫކަސް ދުރުގައި ހުރެގެން އަނާނީގެ ކޮންމެ ހަރަކާތަކަށް ފާރަލައި، މަލާމަތުގެ ގޮތަކަށް ހެމުންދިޔަކަން އަނާނީއަށް އެނގެއެވެ. ނަމަވެސް، ލިއުދައްތަ ހަޅޭއްލަވައިގަންނަ ކޮންމެފަހަރަކު، ފައިސަލްބެ އައިސް ހުއްޓުވަން މަސައްކަތް ކުރެއެވެ. އަދި އަނާނީއަށް ހިތްވަރުގެ ބަސް ބުނަމުން ދިޔައެވެ. މިކަމަށް ފައިސަލްބެއަށް ހިތުން ޝުކުރުއަދާކޮށްލެވުނެވެ. ފައިސަލްއާ ލޫކަސް އެއްބަނޑު އެއްބަފާކަމުން ގުޅިފައި ތިއްބަސް، ދެމީހުންގެ އުޅުން ހާދަ ތަފާތޭ އަނާނީގެ ހިތަށް އެރިއެވެ. އެކަކަކީ ހިތްހެޔޮ، މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އަނެކަކަކީ ފުރޭތައެކޭ ބުންޏަސް ރަނގަޅުވާނެއެވެ. އެހައި ވެސް ލޫކަސްގެ އުނދަގޫ ބޮޑެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. އަނާނީ އޮތީ ފޯނުން ފޭސްބުކަށް ވަދެއެވެ. ޔާނިއު އޮންލައިންގައި ނެތުމުން، އެކަމުގެ ހިތާމައިގައި އޮވެ، އޭނާގެ ފޮޓޯތަކަށް ބަލާށެވެ. އޭރުންވެސް ހިތަށް ހަމަޖެހުމެއް ލިބޭތީއެވެ. މިހެން އޮއްވައި، ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހަން ފެށިއެވެ. އަނާނީ ހީކުރީ އަޒްކާ ކަމަށެވެ. ބައެއް ރޭރޭ ހޭލެވުމުން، އަޒްކާ ރޮމުން އައިސް އަނާނީގެ ދޮރުގައި އެގޮތަށް ތަޅާނެއެވެ. ދެން ޖެހޭނީ އަޒްކާ އަލުން ނިންދަވަންދާށެވެ.

އަނާނީ ގޮސް ދޮރުހުޅުވައިލައިފިއެވެ. ސިޓިންގ ރޫމުގައި ދިއްލައިފައި ހުރި ފަނޑުއަލީގެ ސަބަބުން ތަނަށް ވެރިވެފައި އޮތް އަނދިރި ކަމުގެ ތެރެއިން، ކުރިމަތީގައި ހުރި މީހާގެ މޫނު ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ހަމަ އެ ސިކުންތުގައި، އަވަހަށް ދޮރު ލައްޕަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން، އަނގަހުޅުވައިލެވުނީ ހަޅޭއްލަވައިގަންނާށެވެ. ނަމަވެސް ލޫކަސް މާ ހުށިޔާރެވެ. އޭނާ އަނާނީގެ އަނގަމަތީ ބާރަށް އަތްއަޅައިގެން ހުރެ، އެކޮޓަރި ތެރެއަށް ދެމިގަތެވެ.

(ނުނިމޭ)

Share Article

Follow Me Written By

Aishasha

Level 210 Stories100 Login

Other Articles

Previous

ދިރުމެއް ވިއޭ 2

Next

މިހިތުގެ ފަސާނާ 34

Next
April 10, 2017

މިހިތުގެ ފަސާނާ 34

Previews
April 10, 2017

ދިރުމެއް ވިއޭ 2

12 Comments!

  1. mnnm says:
    April 10, 2017 at 2:29 pm

    v salhi.. haadha kurey.. konirakun next part up kohdheynee.. avahah kohdhehcg
    hey b miah vureh dhigu kohlaane kamah hykuran????

  2. lara says:
    April 10, 2017 at 2:30 pm

    SALHI

  3. RiMu says:
    April 10, 2017 at 2:35 pm

    Konirakun Nxt part up vaanee.. Waiting

  4. Maree says:
    April 10, 2017 at 2:49 pm

    vv reethi

  5. haw shia shaba shi r says:
    April 10, 2017 at 2:52 pm

    Mashaa Allah,v v furihama ,when nest part,up soon

  6. Pink fairy says:
    April 10, 2017 at 3:28 pm

    Vaahaka hadi eh noon
    Interest gelleny baraabarah up nukoh adhi kuraa iru ves ehaa kurukoh kuraathy
    V v v fuuuuhi vey

  7. Kiara says:
    April 10, 2017 at 3:39 pm

    Lukas mi alhe kn kahala meeheh tha..?
    Meehehge gotheh neyngeyne..
    Faharehga lukas vs ragalhu vedhaane thaa dhw..?

    Salhi vaahaka kuriyah dhaa goih..keep it up..??

  8. Lee says:
    April 10, 2017 at 4:18 pm

    V reethi

  9. Lee says:
    April 10, 2017 at 4:19 pm

    Nice story

  10. shafu says:
    April 10, 2017 at 10:50 pm

    vvvv reethi……. waiting for next part…

  11. ssss? says:
    April 11, 2017 at 2:30 pm

    Wow Aishasha… Varah rythi mi part?… When is next part…. Next part thankolheh avahah up kohladheythi… Dhen vaane goiy balan miinii keiy madhuvefa… Plx plx avahah up kohladheythi

  12. ssss? says:
    April 18, 2017 at 1:20 pm

    Plx next part varah Avahah up kohdhiibala…. Plx plx plx

Comments are closed.


All Right Reserved!