ދެންވާނީ ކިހިނެއް ހެއްޔެވެ؟ ޒައިން އަހަރެންނާ ދިމާލަށް ބަލާލިއެވެ. އަނެއްފަހަރު ދުއާ ދިމާލަށް ބަލާލިއެވެ. ޒައިން ހަޔާ ނުހުއްޓުވީ ކީއްވެބާއެވެ؟ “ތިދައްކާ ވާހަކައިގެ ދެކޮޅު ވެސް ބަލަން ޖެހޭނެ ދޯ.. އަހަރެން މި ކަން ނިންމަން ބޭނުންވަނީ މަޑުމައިތިރި ކަމާއެކު. ރުޅިވެރިކަމާއެކު އެއް ނޫން.. އަހަރެންނަށް ހަޔާއަށްވުރެ ބޮޑަށް އަނިލް މާ ރަނގަޅަށް އެނގޭ. އެން ދެން ހުރީ ދުއާ… އެއީ އަހަރެންގެ ކޮއްކޮ. އަހަރެން ކޮއްކޮ އަހަރެންނަށް އަދި އެއަށްވުރެ ބޮޑަށް އެނގޭނެ. އައި […]
އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ. މެންދުރު ނަމާދު ބަންގި ގޮވަން މާ ގިނައިރު ނެތީމައެވެ. ފެންވަރައިގެން ނަމާދަށް ދިއުމަށެވެ. އަހަރެން ނަމާދުކޮށް ނިމިގެން ގެއަށް އައީމެވެ. އޭރު ހަޔާ އާއި ދުއާ ކޭކް ތައްޔާރު ކުރަން އުޅެއެވެ. އަހަރެން އެމީހުން ކައިރިއަށް ބަދިގެއަށް ދިއައީމެވެ. “އޯ އަނިލް… އަނެއްކަ ކޭކް އަޅަން ވެސް އެނގޭތަ… އައި މީން ޔޫ ނޯ ހައު ޓު ޑްރޯ.. ހައު ޓު ޑީލް ވިތް ބިޒްނަސް އެންޑް… ލައިކް ޔޫ މަސްޓް ހައު […]
“ހޫމ… އަހަރެން ދެރަވަނިކޮށް.. އަހަރެން ދެރަ ވެގެން ކޮޓަރިއަށް ގޮސް ވަނެ އިރުކޮޅެއް ވީމަ މަންމަ ފެނޭ…” އަހަރެން ބުނެލީމެވެ. “އެކަމް ދައްތަ ނިޔާވެއްޖެ އެއްނު…” ޒައިން ބުނެލިއެވެ. “ހިލޫސިނޭޝަން” ދުއާ ބުނެލިއެވެ. * “އެއީ ކޯންޗެއް؟” ޒައިން އިނީ ހައިރާން ވެފައެވެ. “އެއީ ބައްޔެއް.. ބަޓް އިފް ޔޫ ޓްރައި ޓޫ ހީލް ޔޫ ކޭން. އެއްވެސް މެޑިސިން އަކާ ނުލާ ވެސް ތިކަމުން އަރައިގަނެވިދާނެ. އަނިލްގެ ލައިފްސްޓައިލްއަށް ކުޑަ ބަދަލެއް ގެންނަން ޖެހެނީ…” ދުއާ […]
ދަރިފުޅާ…. ދަރިފުޅާ…” އަހަރެން ދިޔައީ ސިއްސާގެންނެވެ. “މަންމާ…” އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. “މަންމަގެ ދަރިފުޅު ނުރޯނެ. މަންމަގެ ދަރިފުޅު ވަރަށް ހިތްވަރު ގަދަވާނެ.” ކުރިމަތީ ފެންނަން އެހުރީ އަހަރެންގެ މަންމައެވެ. މަންމަ އަހަރެންނަށް ނަސޭހަތްދެމުން ދިޔައީ ވަރަށް ލޯބިންނެވެ. އަހަރެންނަށް މަންމަ ބުނި އެއްޗަކާ މެދު ވިސްނާލެވުނެވެ. މަންމަ ބުނާފަދަ ހިތްވަރުގަދަ މީހަކަށް އަހަރެން ވާން ޖެހޭނެއެވެ. މަންމަ ފަޚުރުވެރިވާފަދަ ދަރިއަކަށް އަހަރެން ވާން ޖެހޭނެއެވެ. ފޯނު ރިންގުވާން ފެށުމުން ހުރިހާ ޚިޔާލްތަކެއް އެއްކިބާ ކޮށްލުމަށްފަހު […]
ދިހަވަރަކަށް މިނެޓްފަހުން ދުއާ ގޮވައިގެން ޒައިން ގެއަށް އައެވެ. ދުއާ ގޭގެ ދޮރު ހޮޅުވާލުމާއެކު އަހަރެން ލައިޓްތައް ޖެއްސީމެވެ. “ޔޫ؟…..” އެއީ ދުއާއެވެ.ކަޅުކުަލއިގެ އަބާޔާ އަކާއެކު ހަމަ ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެންނެވެ. އެ ކަޅުކުލައިގެ ޝޯލްގައި ދުއާ ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. އެއްވެސް ވަރަކަށް މޭކަޕްގެ ބާވަތެއް ބޭނުންކޮށްފައި ނެތް އެ މޫނުން ފެންނަން ހުރީ ސާދާ ކަމެވެ. ދުއާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ މޫނުމަތިން އުފާވެރި ކަމެއް ފެންނާކަށް ނެތެވެ. […]
ދެން މި ޖަލެއް ކަހަލަ ގެއެއްގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.؟ ހުރިހާ ހިޔާލުތަކެއް އެއްކިބާ ކޮށްލާން މަޖުބޫރު ވީ ފޯނު ރިނޮގުވާނ ފެށުމުންނެވެ. ގުޅަނީ ޒައިންއެވެ. އަހަރެން އަވަސް އަވަހަށް ފޯނަށް ޖަވާބް ދިނީމެވެ. “ހަލޯ ބޮރޯ… އަހަރެން ބަލާ އާދެބަލަ. އަހަރެންގެ ބޭބެ ގެޔަކު ނެތް…! ” ޒައިން އެހެން ބުނުމުން އަހަރެން އާއެކޭ ބުނެ ސައިކަލު ތަޅުދަނޑި ހިފައިގެން ބޭރަށް ދާން ނިކުތީމެވެ. އޭރު ގޭގައި ދިރޭ ފަންޏެއްގެ ހިލަމެއް ވެސް ނެތެވެ. […]
ހިތުގައި ހިނގާ އިހްސާސްތައް އަހަރެން ހިއްސާ ކުރަނީ ކެންވަސް އާއެވެ. ފިއްސެއްގެ ޒަރިޔާއިންނެވެ. އަހަރެން ފިއްސާއެކު ކެންވަސްތަކުގައި އެކި ކުލަތައް ޖެއްސުމުގައި ހޭދަ ކުރެވޭ ކޮންމެ ސިކުންތަކީވެސް އަހަރެންނަށް ވަރަށް އުފާވެރި ވަގުތު ކޮޅެކެވެ. އަހަރެންގެ ހަޔާތުގެ ކަޅާ ހުދުގެ ރާސްތާ ތަކުގައި ކުލަ ޖައްސުވައިދޭ އެ ވަގުތު ޖައްސައިދޭކަހަލައެވެ. ދުނިޔޭގެ ހަލަބޮލި މާހައުލާ އަހަރެން މުޅިން ދުރުކޮށްލާ އަހަރެންގެ ހަށިގަނޑު “ރިލެކްސް” ކޮށްލާދެއެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އަހަރެން ދިޔައީ ކުރަހަމުންނެވެ. ބޭރުގައި […]