ބުނުމުން އައްޗީޑިއޭ ކިޔައި ދުރަށް ޖެހިލައި ކުރަތްޕައް އިޝާރަތް ކޮށްލީމެވެ. “އެ ދެކެ ބިރުން ތި އުޅެނީ. ހައްހައް.” ނުލަފާ ވައްތަރަކަށް ހެމުން ސާރިމް ބުނެލިއެވެ. “ދޮންބެ ކަމަކީ އަބަދު ރީން އާއި ދިމާކުރުން ދޯ.” ކުނި ކަހަން ހުރި ޝަނާޔާ ހިނިގަނޑު ޖަހާލުމުން އައެވެ. “ނުބެހޭނެތަ.؟ އެ ކުރަފި ދެކެ ބިރުންނޭ އެއުޅެނީ. އެ ކުރަފި ދެކެ ބިރު ގަންނަންޏާ ކިހިނެއް ދުނިޔެއާއި ކުރިމަތިލާނީ.” ސާރިމް ހިނިގަނޑު ހުއްޓާކަށް ނޫޅެއެވެ. ޝަނާޔާ އެހެން ބުނުމުން އެއްޗެކޭ […]
ވަޓް ދަ..” އޭނާ އައިނު ނަގައި ގަމީހަށް ބަލައިލަމުން ބުނެލިއެވެ. އަހަރެންނަށް އިތުރަށް ގެންނާނެ ހަރަކާތެއް ނޭނގި ބަލަން ހުރުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ. “އަދިވެސް ބަލަން ހުރީތަ. މިތަން ސާފުކޮށްބަލަ.” މުށިތަކަށް އިޝާރަތް ކޮށްލަމުން އެ ޒުވާނާ ބުނެލިއެވެ. އަހަރެންނަށް އަމުރު ކުރަން އެއީ ކާކުހެއްޔެވ؟ އަހަރެން މީ މިތާގެ މަސައްކަތު މީހެއްނޫނެވެ. ޓްރޭ ހިފައިގެން އަނބުރާ ޓީ ރޫމަށް ދިޔައީމެވެ. ޓްރޭ ބެހެއްޓުމަށްފަހު އަނބުރާ އަހަރެންގެ ކެބިންއަށް ދިޔައީމެވެ. އޭރު ހާނިޔާގެ މޭޒުގެ […]
ހުއްޓުމެއްނެތި ރޮމުންދިޔަ މަންމަގެ މޫނަށް ބަލަހައްޓައިގެން އަހަރެން އިނީ ދެންވާނީ ކިހިނެއް ކަމެއް ނޭނގޭހާލުއެވެ. ގިސްލުމުގެ އަޑުފިޔަވައި އަހަރެންގެ ކަންފަތާ ހަމަޔަށް އެހެން އަޑެއް ނާދެއެވެ. މަންމަ ރޯތަން ފެނުމުން އަހަރެންހެ ދެ ކޮއްކޮވެސް އަޑުން އަޑު ނަގާ ރޯ މަންޒަރު ފެނި އަހަރެންނަށް ކެތްކުރާން ދައްޗެވެ. ވާނީވެސް އެހެނެއް ނޫންހެއްޔެވެ؟ މިއަދު ވަކިވެގެން އެ ދިޔައީ އަހަރެމެންގެ ލޯބިވާ ބައްޕައެވެ. އަހަރުމެންގެ ފުރާނައެވެ. އުފަލާ އަރާމުގައި ދިރިއުޅެވުމުގެ އަސްލެވެ. އަހަރެންގެ ހިތަށް ކިތަންމެ އަސަރެއް ކުރި […]
“ދެން މީގެގފަހުން އަހަރެންނާއި އެހާ ރީތިކޮށް ވާހަކަ ދައްކާ ރަނގަޅަށް ކަންތައް ކޮށްދީގެން ނުވާނެ.” ދުއާ ކޮށްލީ އަމުރެކެވެ. އަހަރެން ދެލޯ އެވަގުތު މަރާލީމެވެ. އިތުރަށް ދުއާގެ ޝަކުވާތައް އަހާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެ އާދޭހުގެ އަޑު އަހަރެންނަށް އަހަން ކެތްވާނެހެއްޔެވެ؟ “ހޫމް އޯކޭ…” އަހަރެންނަށް ބުނެވުނީ އެހެން އެކަންޏެވެ. އެތަނަށް ވަނެގެން އައި ޒައިންގެ ސަބަބުން އަހަރުމެން ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭނ ކަމެކެވެ. ޒައިން އައީ ކާއެއްޗެހި ހިފައިގެންނެވެ. “ރަނގަޅު ގަޑިޔަކު […]
“ސޯ ޔޫ ޑޫ…!” އަހަރެން ޖަވާބުގައި އެއްޗެއް ނުބުނެ ދެ ތިން މިނެޓް އިނުމުން ބުނެލިއެވެ. އެއީ އަހަރެންގެ ހިތުގައި އޮތް ގޮތެވެ. އަހަރެންނަށް ދުއާ ކަމުދެއެވެ. އަހަރެންނަށް އެހެން ބުނުމުން ޒައިން އާއި ދިމާލަށް ބަލައިލެވުނެވެ. އެއްބަސް ވާކަށް ނުކެރުނެވެ. ނަމަވެސް ހިތްވަރުކޮށްފައި ބޯ ޖަހާލީމެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. މިއީ މުޅިއަކުން ދޮގު ވާހަކަ ތަކެއް ނޫނެވެ. “އެހެންމަ ވަރަށް ކެރިގެން ކުރިމަތިލާން ޖެހޭނީ… […]
“އަސްލު ހައިޝަމް ބްލެކްމެއިލް ކުރީމަ ދޯ މިކަން ކުރީ…!” ދުއާ ބުނެލި އެއްޗަކުން އަހަރެންގެ ދެލޯ ބޮޑު ކޮށްލެވުނެވެ. އަހަރެން ހުރީ އެ ސުވާލަށް ތައްޔާރުވެގެންނެއް ނޫނެވެ. ދޭނ ޖަވާބެއް ނޭނގުނުތާ ގެންނާނެ ހަރަކާތެއް ވެސް ނޭނގުނެވެ. “އަނިލް ދޮގު ނުހަދައްޗެ.! އަހަރެން ބޭނުން އަސްލު އިނގެން…! އެކްޗުއަލީ އަހަރެންނަަސް އިވުނު އެރޭ އަނިލް އާއި ދޮންބެ ދެއްކި ވާހަކަ. އެހެންވެ އަސްލު އާއެކޭ ވެސް ބުނީ….!” ދުއާ ފެށި ވާހަކައިން އަހަރެން އިނީ ބުނާނެ […]
“އަނިލް… އަނިލް….. ދުއާ….. ދުއާ… ބަލާދިޔަ…އިރު ދުއާއެ….އް ސެލޫ…..ން އަކު ނެތް….” ޒައިން ހާސްވެފައި ހުރެ އެހެން ބުނުމުން އަހަރެންނަށް ލިބުނީ ކުޑަ ޝޮކެކެވެ. “ދެން ދުއާ ދާނީ ކޮންތާކަށް…!” އަހަރެން ހައިރާންވެފައި ހުރެ ސުވާލު ކޮށްލީމެވެ. ދެވަނަ ސިކުންތުގައި ހަނދާންވީ ހައިޝަމްގެ މަތިންނެވެ. އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ވިސްނާލެވުނެވެ. ތަޤުދީރު މި ކުޅެނީ ކޮން ކަހަލަ ކުޅި ގަނޑެއް ހެއްޔެވެ. “ހައިޝަމް؟؟” އަހަރެންނަށް ބުނެލެވުނެވެ. “ދޮންބޭ ހައިޝަމް އަނެއްކާ ކަމެއް ކުރީތަ.؟” ޝިޔާގެ މޫނު […]
“ހައި ދުއާ… ކިހިނެއްތަ ހާލު؟” އެ އުފާވެރި ވަގުތުކޮޅޫ ބަދަލުވެގެން ދިޔައީ ފެނުނު މޫނަކާއި ހެދިއެވެ. ހަމަ އެކަނި އަހަންނަށެވެ. ދުއާއަކަށް ނޫނެވެ. “އޯ ހައިޝަމް… އަހަރެން ރަނގަޅު ހައިޝަމް ކިހިނެއް…” ދުއާ ރައްދުގައި ބުނެލިއެވެ. އަހަރެން ކައިރިއަށް ރުޅި އަންނާން ފެށިއެވެ. މަތި އޮމާން ކޮށްގެން ވާހަކަ ދައްކާކަށް އޭނައަކަށް ނުޖެހޭނެއެވެ. އެއީ އޭނައަށް ލިބިގެންވާ ހައްޤެއް ނޫނެވެ. “އަހަރެން ވެސް ރަނގަޅު.ކޮބާ ޒައިން، ވަރަށް ގުޅާފިން އޭނައަށް.” ހައިޝަމް ބުނެލިއެވެ. އޭނާއަށް ޒައިން ހޯދާކަށް […]
“ވާނެތަ؟” އަނެއްކާވެސް ޒައިން އަަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. “ވިސްނާނަން. އެކަމް ވީ ގޮތެއް ބުނެބަލަ.” އަހަރެން ޒައިންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. “އަޑުއަހާލަ.” ޒައިން ފޯނު ނަގައި އޯޑިއޯއެއް ޕްލޭ ކޮށްލަމުން ބުނެލިއެވެ. “އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮށްލީ. އެކަމުގެ ބަދަލުގަ އަހަރެން ހަމަ ސީދާ ކަލޭގެ އަމަލުތައް ތަކުރާރު ކުރާނަން …” އެއީ ވަރަށް ކުރު ނަމަވެސް ވަރަށް ބޮޑު އިންޒާރެކެވެ. ދެވަނަ ފަހަރަށް އަހަރެން އެ އޯޑިއޯ ޕްލޭ ކޮށްލަން ބުނީމެވެ. […]