“ދުއާ ނޫން އިތުރު މީހަކާ ނުގުޅޭނަން.” އަނިލް އޭނާގެ ގޮތްދޫނުކުރުމުގެ ސިފައަށް އަލުން އައެވެ. “ކިތަންމެ ގަބޫލް ކުރަން ދައްޗަސް ދުއާ ވަނީ މިހާރު މާޒީގައި. ހުރިހާ ވެސް އުންމީދަކީ އާދިން އެއްނު.” ޒައިންގެ މަޑުމައިތިރި ރާގުގައި ބުނެލިއެވެ. * “އަހަރެންނަށް ދުވަހަކުވެސް އަހަރެންގެ މަންމަ އެއް ނުފެނޭ. އެހެން ކުދިން މަންމައާއެކު އުޅޭތަން ފެނުނީމަވަރަށް ދެރަވޭ.” ގިސްޖެހެމުން ތުއްތު އާދިންގެ ހިތުގެ ޝަކުވާ އިއްވާލިއެވެ. އެވަގުތު އަޑު އަހަން އިން ސާރާގެ ލޮލުން ކަރުނަ ނިރާލިއެވެ. […]
“ފަހުން ބުނާނަން.” އެހެން ބުނުމަށްފަހު އޭނާ ވަނީ ފާހަނާއަށެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތެވެ. މިއަދު ހިތަށް ލިބިފައިވަނީ ހަމަ ޖެހުމެވެ. **** “އަނބި ގަބޫލްކޮށްފިން.” ސާރިމްގެ އެ ޖުމުލަ އާއެކު އޭނާގެ މޫނަށް ބަލައިލެވުނެވެ. އެ އަޑުން އެ ޖުމުލަ އިވުނީ އަލަކަށް ނޫނެވެ. ނަމަވެސް ދެ އާއިލާގެ ރުހުމުގައި އަލަށެވެ. ވާންވީ އުފާކަމެއް ނޭނގެނީ ސާރިމް ހިތުގައި އޮތް އެއްޗެއް ނޭނގޭތީއެވެ. އަހަރުމެން ކައިވެނި ކުރެވިގެން ދިޔައީ ދަރުބާރުގޭގައެވެ. ސަމީރައްތަ ދުލުން ބުނިވަރަށްވުރެން ފުރިހަމަ ނުވިކަމުގައިވިނަމަވެސް […]
“ކޯންޗެއް ފުރިހަމަ އީ؟” އަހަރެން ނޭނގޭ ކަމަށް ހަދައި އަހާލީމެވެ. “ކަލޭގެ މޮޅު ވާހަކަތަކެއްނު.” އޭނާގެ ފަރާތުން ލިބުނީ އެދެވުނު ކަހަލަ ޖަވާބެއް ނޫނެވެ. “މޮޅު ވާހަކަތަކެއްނު” މަޑު މަޑުން އޭނާ އެ ބުނި ރާގުގައި އެ ޖުމުލަ ތަކުރާރު ކޮށްލީމެވެ. “ކީކޭ؟” އަޑަށް ބާރުލާފައި ސާރިމް އަހާލިއެވެ. “އެއްޗެކޭ ނޫން.” އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަނެ ސޯފާގައި ޖައްސާލީ ނިދިއައިސް ހުރުމުންނެވެ. މިރޭ ހުރިހާ ވާހަކަތަކެއް އިނގުމުން ހިތަށް ކޮންމވެސްވަރެއްގެ ހަމަޖެހުމެއް ލިބުނީމައެވެ. * އެހެން […]
ވިސްނެނީ ދެން ހަދާނީ ކިހިނެއް ކަމެވެ. ވައުދެއް ވެވިއްޖާ ވައުދު ފުއްދާދޭން ޖެހޭނެއެވެ. ކޮންމެ ގޮތެއްވިއަސް ސާރިމް ސަލާމތަ ކޮށްދޭނަމެވެ. އެ ދުވަހަށް ހާއްސަ ކުރެވިފައި އޮތް ރަތް ކުލައިގެ ހެދުން އަލަމާރިއަށް ލައި ފޮރުވީމވެ. ކަޅު ކުލައިގެ ކުރުތާއަކާއެކު ހަމަ އެކުލައިގެ ޖިންސެއް ނަގައި ގަޔަށް މަހާލީމެވެ. ލޯގަނޑު ކުރިމަތީ ހުއްޓިލައި އަމިއްލަ ސޫރައަށް ބަލައިލީމެވެ. އަހަރެންގެ މޫނުގައި މޭކަޕްގެ އަސަރު ހުރުމުން މޭކަޕް ރިމޫވާގެ އެހީގައި މޫނު އެކީ ފޮހެލީމެވެ. ރޫޅިފައި ހުރި އިސްތަށިގަނޑު […]
އެ ދުވަސްވެސް ނިމިގެން ދިޔައީ އެކަހަކަ ގޮތަކަށެވެ. ކައި ކޮންނެގަޑިއަކު ޝާޔަލްގެ ނަމުގެ އަޑު ނީވި އެއ ނުދެއެވެ. ކޮންމގޮތެއްވިޔަސް ޝާޔަލް އަށް އަހަރެންގެ ހިތުގައި ނަފުރަތު އުފެދޭން ފަށައިފިއެވެ. ސާރިމް އަހަރެންނާ ކައިވެނި ކޮށްގެން އުޅޭހާ ދުވަހަކު އެހެން އަންހެން ކުއްޖެއް ކައިރީ ފެންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އަހަރެން މީ އޭނާގެ ވަގުތީ އަތްބެއް ކަންނޭނގެއެވެ. ސަމީރައްތަމެން ނުގަބޫލުގައި މިކަން ކުރާކަށް ބޭނުނެއް ނޫނެވެ. އަނެއްކޮޅުން ސާރިމް އަހަރެންނާއި ކައިވެނި ކުރީ ނާފިއުގެ ކިބައިން […]
“ސަމްރީން” އެއްޗެކޭ ނުބުނުމުން ޝަނާޔާ ތަކުރާރު ކޮށްލިއެވެ. އަހަރެން އެދިމާ ބަލއިލާ ހޫމް އަޅުވާލީމެވެ. “ބަލާބަލަ މިއޮތީ ހުން އައިސް…” އަހަރެން ކައިރިއަށް އައިސް ނިތްކުރީގައި އަތްޖައްސާލަމުން ބުނެލިއެވެ. “ދޮންބޭ..! ދޮންބޭ..! ސަމްރީން ހުން އައިހޭ އޮތީ..!” ސާރިމް އެހެން ބުނުމުން އައީ ދުވަމުން ކަހަލަ ގޮތަކަށެވެ. “ހޭއި، ޑޯންޓް ޓެލް މީ ޔޫ ބޯތް އަރ ޑޭޓިން.” ސާރިމް ހުއްޓުވަމުން ޝަނާޔާ ބުނެލިއެވެ. “އިޒިންޓް އިޓް ޓޫ އޮބްވިއަސް. ޝީ އިޒްންޓް މައި ޓައިޕް އީވެން” […]
ކޮޓަރީ އިރުކޮޅާކު އެހެން އޮވެލުމަށްފަހު ރޜގަނޑުގެ ކެއުމަށް އިންސާފު ކުރަން ބޭރަށް ނިކުތީމެވެ. މިރޭމީ ބޮޑުރެއެއްކަން އެނގިހުރެއެވެ. މަންމަގެ އިތުބާރު އަހަރެންނަށް ގެއްލޭނަކަން އިނގުހުރެެއެވެ. ނަމަވެސް ސާރިމްއަކީ ގޯސްމީހެއް ނޫނެވެ. މަންމަމެން ކުރިމަތީ ނާފިއުއަށްވުރެން އެތައްހާސް ގުނަ ރަނގަޅުވާނެޔޭ އަހަރެންގެ ހިތް ބުނެއެވެ. ސާރިމް އަކީ އަހަރެންގެ ފިރިމީހާކަން އެނގުމުން މަންމަ ވާނީ އުފާ ކަންނޭނގެއެވެ. އަހަރެން ދިޔައިރު ކާނ ހުރީ ތައްޔާރުވެފައެވެ. ޔައިލް އާއި އަޔާންއާއި މޭޒު ކައިރީ ތިއްބެވެ. މަންމަވެސް ތަށި ހިފައިގެން އައިސް […]
“އެކަމް ކީއްވެ.؟ އިންނަން އެހާ ގާތްވއފަ އޮއްވާ އެކަހަކަ ކަމެއް ކުރާކަށް ނުވާނު.” މަންމަ އެހެން ބުނުމުން މަންމައާއި ދިމާލަށް ބަލއިލެވުނެވެ. މަންމާއެވެ. މަންމައަަށް މިވާހަކަ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ނާފިއު ދިނީ ދޯކާއެވެ. އަހަރެންގެ މަދުވީ ކޯންޗެއްހެއްޔެވެ. އަހަރެންނަށް ސާރިމް ދިނީ މާ ބޮޑު ދޯކާއެކެވެ. މަންމާއެވެ. އަހަރެންމީ މީހެއްގެ އަތްބަކީމެވެ. އެވެސް އެ ސާރިމްގެއެވެ. އަހަންނަކަށް ނާފިއު އަކާއި ނީނދެވޭނއެވެ. މިއީ މިވަގުތު އަހަރެންގެ ދުލުން ބޭނުން ކުރަން ބޭނުން ބަސްތަކެވެ. ނަމަވެސް ދޫ […]
ނާފިއުހެން އޭނާއަކީވެސް ދެފުއްދެގޮތް މީހެއްކަންނޭނގެއެވެ. އެ އޮފީސް ދަތުރު ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެ ނޫން ގޮތެއް ނެތެވެ. އެ ދަތުރު ދާނީ އޮފީސް ދަތުރަކަށް ވީމައެވެ. ވަޒީފާއިން އަމުރަށް ތަބާ ނުވެގެން ވަކި ކޮށްފާނެތީއެވެ. ސާރިމްއަށް އިތުބާރު ކުރެވޭތީއެއް ނޫނެވެ. * އެދުވަހު އޮފީސް ނިންމާލުމަށްފަހު ގެޔަށް ގޮސް އުޅުނީ ދަބަހަށް އެއްޗެހި އަޅާށެވެ. ދަނީ ދެދުވަހަށެވެ. އެހެން ކަމުން މާ ގިނަ އެއްޗެހި ގެންދާކަށް ނުޖެހެއެވެ. އޮފީހަށް ދާން ލާ ދެ ހެދުން […]