Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 7

ailessh Level 1
June 18, 2023 6 Mins Read
7 Comments

ދެންވާނީ ކިހިނެއް ހެއްޔެވެ؟ ޒައިން އަހަރެންނާ ދިމާލަށް ބަލާލިއެވެ. އަނެއްފަހަރު ދުއާ ދިމާލަށް ބަލާލިއެވެ. ޒައިން ހަޔާ ނުހުއްޓުވީ ކީއްވެބާއެވެ؟

 

“ތިދައްކާ ވާހަކައިގެ ދެކޮޅު ވެސް ބަލަން ޖެހޭނެ ދޯ.. އަހަރެން މި ކަން ނިންމަން ބޭނުންވަނީ މަޑުމައިތިރި ކަމާއެކު. ރުޅިވެރިކަމާއެކު އެއް ނޫން.. އަހަރެންނަށް ހަޔާއަށްވުރެ ބޮޑަށް އަނިލް މާ ރަނގަޅަށް އެނގޭ. އެން ދެން ހުރީ ދުއާ… އެއީ އަހަރެންގެ ކޮއްކޮ. އަހަރެން ކޮއްކޮ އަހަރެންނަށް އަދި އެއަށްވުރެ ބޮޑަށް އެނގޭނެ. އައި ކެން ޕްރައުޑްލީ ސޭ ދެޓް ދޭ އާންޓ ލައިކް ދަ އޭ ޔޫ އަރ ތިންކިން. ދެއަރ މަސްޓް ބީ ސަމް ރީޒަން….”

ޒައިން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ. ރުޅީގެ ބަދަލުގައި އިސްކުރީ މަޑުމައިތިރި ކަމެވެ.

 

“ދެން ޒައިން ތި ބުނަނީ އަހަރެން މި ހަދަނީ ހުސް ދޮގޭތަ؟.”

ހަޔާ އަޑަށް ބާރުލާފައި ބުނެލިއެވެ.

“އަހަރެން އެހެނެއް ނުބުނަން. އަހަރެން ބުނީ ކޮންމެސް ސަބަބުތަކެއް ހުންނާނެ އެއްނުހޭ…”

ޒައިން ބުނެލިއެވެ.

“މިރޭ އަސްލު އޮތް ގުޑް ނިވްސް އަކީ އަހަރެމެން ދެމީހުން ކައިވެނި ކުރާ ވާހަކަ އެއް ނޫން.. ބްރޭކަޕް ވާ ވާހަކަ. މި ކަހަލަ އާއިލާ އަކާއި އަހަރެންނަކަށް ނުގުޅޭނެ. ދެންވެސް ޒައިން އަހަރެން ބޭނުންވެއްޖާ އަނިލް މި ގެއިން ނެރެން ޖެހޭނީ… ގުޑްބާއީ…”

ހަޔާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. މީހެއްގެ ހަގީގަތް އެތައް ދުވަހެއް ވަންދެން އުޅުނަސް ނޭނގޭނެކަން މިއަދު ހަޔާ ހާމަކޮށްދީފިއެވެ. ހަޔާ އެއްވެސް ވަރަކަށް ފަސް އެނބުރި ބަލާ ނުލާ ގެއިން ނިކުމެގެން ދިޔައީއެވެ.

 

“ޒައިން. އަހަރެން މިގެއިން ނިކުންނާނަން. ހަޔާ އާއި ޒައިން އަލުން ގުޅޭ…” އަހަރެން އިސްޖހަާލުމަށްފަހު ބުނެލީމެވެ. ޒައިންގެ މޫނުމަތިން އުފާވެރި ކަމުގެ އަސަރެއް ނެތެވެ. އެހެންމެ، ހިތާމައިގެ އަސަރެއް ވެސް ނެތެވެ.

 

“އަނިލް މިގެއިން ނިކުންނާކަށް ނުޖެހޭނެ. ނިކުންނަން ޖެހޭ މީހާ އެ ނިކުތީ.. އެކަމް ސްޓިލް އައި ނީޑް އޭން އެކްސްޕްލެނޭޝަން އޯކޭ..؟”

ޒައިން އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

 

“ދެމީހުން އަހަރެންގެ ކޮޓަރިއަށް އާދޭ…” ޒައިން ހިނގައިގަންނަމުން ބުނެލިއެވެ.

އަހަރެންނަށް ބަލާލެވުނީ ދުއާގެ މޫނަށެވެ. އޭނާގެ މޫނުމަތީ ފެންނަން ހުރީ ހިތާމައެވެ. ދުވަހަކުވެސް އުފަލެއް ނުލިބޭ މީހެކޭ ބުނެވޭވަރުވެއެވެ.

“ސޮރީ… އަހަރެންނާ ހެދި ދޯ މި ހުރިހާ ކަމެއްވީ..” އަހަރެން ދުއާ އާއި ދިމާލަށް ބަލަންހުރެ ބުނެލީމެވެ.

“އަސްލު އަނިލްގެ މައްސަލައެއް ނޫނެއްނު އެއީ..” ދުއާ ބުނެލިއެވެ.

“ދެން ކީއްވެ ތި ރޮނީ…” އަހަރެން ބުނެލީމެވެ.

“ނުރޮމޭ…” ދުއާ ބުނެލިއެވެ.

“އޯ ރިއަލީ… ދުއާ ތިހެން ރޮންޏާ އަހަރެންނަށް ގަބޫލް ކުރެވޭނީ… ނޫނީ ސިފަ ކުރެވޭނީ ކުށްވެރިއަކީ އަހަރެންގެ ގޮތުގައޭ..”

އަހަރެން ބުނެލީމެވެ.

“އަހަރެންގެ ބޮލުގަ މިވަރު ބޮޑު އިލްޒާމެއް ދުވަހަކުވެސް ނާޅުވަޔޭ… މިވީހާ ދުވަހު މި އުޅުނީ ކިޔެވުމުގަ. އަހަރެން…” އަހަރެން ދުއާ ހުއްޓުވީމެވެ.

 

“އަހަންނަށް އެނގެޔޭ އެކަން… އަހަރެންނާ ހެދިއެއްނު އެ އިލްޒާމް އެޅުނީ…” އަހަރެން އަނެއްކާވެސް ބުނެލީމެވެ.

“ޑޭމިޓް… އަނިލް އެއް ނޫނޭ… އަނިލްއެއް ނޫނޭ….” ދުއާ ފެށީ ރޯށެވެ. ދުއާ ހުރިތަނަށް ތިރިވަމުން ދިޔައެވެ. އަހަރެންނަށް ދެވުނީ ކިރިޔާއެވެ. ދުއާ ވެއްޓުނީ އެވެ. އޭނަގެ ގައިގާ ހޭވެރި ކަމެއް ނެތެވެ.

 

“ދުއާ… ދުއާ…” އަހަރެން ދުއާގެ މޫނުގައި ޖަހާލަމުން ބުނެލީމެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. ޖީބުގައި އޮތް ފޯނު ނަގައި ޒައިން އަށް ގުޅީމެވެ. އިތުރު ގޮތެއް ނެތީމައެވެ. ނަމަވެސް ޒައިން ފޯނެއް ނުނެނގިއެވެ. އަހަރެންނަށް ދުއާ ދޫކޮށްލާފައި ދެވޭކަށް ނެތެވެ. އަނެއްކާވެސް ޒައިންއަށް ގުޅީމެވެ.

ފޯނު ނެގިއެވެ.

“ޒައިން ދުއާ… ވަރަށް އަވަހަށް އާދެބަލަ.” އަހަރެން ބުނީމެވެ.

ޒައިން ދުވަމުން ކަހަލަ ގޮތަކަށް އެތަނަށް އައެވެ. އަދި ކައިރީގައި ހުރި ފެންފުޅިއެއް ނަގައި ދުއާގެ މޫނުގައި އުނގުޅާލިއެވެ.

“އަ..ނި…ލް. އަ…ނި…ލް” ދުއާ މަޑުން މަޑުން ގޮވަމުން ދިޔައެވެ. އަހަރެންނަށް ހައިރާންވެފައި އިނެ ޒައިންއާ ދިމާލަށް ބަލާލެވުނެވެ. އަހަރެން އިނީ ބިރުންނެވެ. ޒައިން ދުލުން ދެން ބޭރުވާނެ ކޮން ބަހެއް ކަމެއް ނޭނގޭ ތީއެވެ.

“އަހަރެން ޑަކްޓަރަކަށް އެބަ ގުޅަން.” ޒައިން އެހެންބުނުމަށްފަހު ފަސް އެނބުރި ދިޔައީއެވެ. ޒައިންގެ އެ ދުރު ކޮަށްލުން އަހަރެންނަށް ވެގެންދިޔައީ ގަބޫލް ކުރަން ދަތި ކަމަކަށެވެ.

އިރުކޮޅެއްފަހުން ޒައިން ގޭތެރެއަށް އައެވެ.

“އަނިލް ލެޓްމީ ޓޭކް ހަރ ޓު ރޫމް.” ޒައިން އެހެން ބުނުމަށްފަހު ދުއާ ނަގައި އަތްދަނޑި މައްޗަށްލުމަށްފަހު ދުއާގެ ކޮޓަރިއަށް ގެންދިޔައެވެ. އިރު ކޮޅެއް ފަހުން ޑރ.ސަރާ ގެޔަށް އައިސްވަނެވެ.

އަހަރެން ތެދުވެ ސޯފާގައި ހަމަޖެހިލައިގެން އިށީނީމެވެ. ދެންވާނީ ކިހިނެއް ކަމެއް ނޭނގޭ ހާލުއެވެ. ޔަގީން ވަނީ އެއް ކަމެކެވެ. ކޮންމެ ދަތިކަމަށްކަށް ފަހު އުފަލެއް ލިބޭނެ ކަމެވެ. ތެދު އެއީ ވަރަށް ބާރުގަދަ އެއްޗެއްކަމެވެ.

 

ފަނަރަ ވަރަކަށް މިނޭޓްފަހުން ދުއާ ބެލުމަށްފަހު ޑރ.ސަރާ އާއި ޒައިން އެ ކޮޓަރިން ނިކުތެވެ. އަހަރެންނާ ދިމާލަށް ޒައިން ބަލާލުމަށްފަހު އެތެރެއަށް އައުމަށް އިޝާރަތް ކޮަށްލިއެވެ. އޭރު ޑރ.ސަރާ ގެއިން ނިކުމެގެން ހިނގައްޖެވެ.

 

“ޑަކްޓަރު ކީކޭ ބުނީ…” އަހަރެން ސުވާލުކޮށްލީމެވެ.

 

“ޝީ އިޒް ޓޭކިން އަ ލޮޓް އޮފް ސްޓްރެސް އޯ… ދެން އަހަރެންނަކަށް ނޭނގެ. ހަޔާވެސް ވާނެ އޭނަގެ ހަޔާތް ހުރިވަރު ދުއާ ކުރިމަތީ ދައްކަން…” ޒައިން ވާހަކަ ދެއްކީ މަޑު މަޑުންނެވެ.

“ޒައިން އޭނަދެކެ ލޯތްބެއް ނުވޭތަ.؟” އަހަރެން އަނެކާވެސް ކޮށްލީ ސުވާލެކެވެ.

“ހަގީގަތް އެނގުނީމަ ލޯބި ނަފުރަތަށް ބަދަލުވާން ސިކުންތެއްވެސް ނުނަގާނެ. ދެން އަނިލްމެން އާވީމަ ނޭނގޭނެ.” ޒައިން ފެށީ ހޭށެވެ. ސަކަރާތް ޖަހަން ދެން މީ ކޮން ވަގުތެއް ހެއްޔެވެ.؟ ނަމަވެސް އަހަރެން ބައިވެރިވީމެވެ.

 

“ސާބަހޭ… އެއްކަލަ މީހާ ފެށީދޯ…” އަހަރެން ބުނީމެވެ.

“އަސްލު ކިއެއްތަވީ…” ޒައިން ހިނިތުންވެލަމުން އަހާލިއެވެ.

“އަސްލުވީ ގޮަތަކީ ޒައިންއަށް ދޭން ދުއާ ބޭނުންވީ ޕެއިންޓިން އެއް. ދެން ސައިބޯގެން އޭނަ ތަންކޮޅެއް ކުރިން ދިޔާ ކުރަހާށޭ ކިޔާފަ. ހަޔާއަށްވެސް ގުޅާފަ ދިޔައީ… ދެން އަހަރެން ސައިބޯ ނިމިގެން ދިޔައީ ދުއާ ކޮޓަރިއަށް ބަލައިލަން.. ދެން އޭރު ދުއާ އިނީ ކުރަހަން… ދެން ދުއާ ކުރަހާ އެއްޗެއް ސިފައެއް ނުވި ދެން އަހަރެބް ހިތަށް އެރީ ގޮސް ކުރާހަލަ ދޭނީއޭ… ސޯ… ދެޓްސް ހައު އިޓް ހެޕެންޑް. ދެން އަނެ ފޮޓޯގަ ވީ ގޮތަކީ… ދުއާ ބުންޏެއްނު ހިލޫސިނޭޝަން އެއް އިޓް އޮކާރޑް. ދެން އަހަރެން ބިރުގަނީ.. ދުއާ އެއީ ބައްޔެކޭ ބުނީމަ. އަހަރެން ނަށް އަހަރެންގެ މަންމަ ފެނުން ދެން އެ ބަލީގެ މަތިން ހަނދާންވީ… ދެން” އަހަރެން އެ ހިސާބަށް ބުނެ ހުއްޓާލީމެވެ.

“ދެން؟” ޒައިން އަހަރެންގެ މޫނަށް ބަލާލިއެވެ.
“ލައިކް ޔޫ ނޯ.. އައި ވޯޒް ވޮރިޑް ދެން ނޭނގެ… އަހަރެން ކައިރިއަށް އައީ ރުޅި ކަމެއް ނޫނީ އެހެން އެއްޗެއް ކަމެއް.. އަހަރެންނަށް ހަޅޭލަވައިގަނެވުނީ.. އެން ދެން ދުއާ އައީ… އެޓް ދެޓް މޮމެންޓް އައި ވޯޒްނޓް އިން ކޮންޓްރޯލް. އަހަރެން ހުރީ ވަރަށް ބިރުން..” އަހަރެން އިސް ޖަހައިލީމެވެ.
“އޯ މޭން… ހާދަ ލަދެއް ތި ގަންނަނީ… ދެން އޭނަ ގައިގަ ބައްދާލީމަ ބިރު ފިލި؟” ޒައިން ކޮންމެފަދަ ސުވާލެއްވެސް ކޮށްފާނެއެވެ. އަހަރެން އޭނައާއި ދިމާ ބަލާލީމެވެ. އޭނާވެސް މޫނަށް ވައްތަރެއް ޖައްސާލިއެވެ.

“ހުއް..” އަހަރެން ފެށީ ހޭށެވެ. އަމިއްލައަށް ކުރެވުނީ ކިހާ މޮޔަކަމެއްކަން އެ ގަޑީ އިހްސާސް ވިއެވެ.

“ހަޔާ. ނޯ.” ސިއްސައިގެން ދިޔައީ ދުއާ ކުއްލިއަކަށް ހަޅޭ ލަވައިގަތުމުންނެވެ.
“ދުއާ އާރ ޔޫ އޯކޭ…؟” ޒައިން ދުއާގެ ކައިރިއަށް ދަމުން ބުނެލިއެވެ.
ދެވަނަ ސިކުންތުގައި ދުއާ ފެށި ރޯށެވެ.
“ދޮންބޭ އަނިލްގެ ކުށެއް ނެތޭ…” ދުއާ ބުނެލިއެވެ.
“ދޮންބެއަށް އިނގެޔޭ އެކަން…” ދުއާގެ ބޮލުގައި ފިރިމާލަމުން ޒައިން ބުނެލިއެވެ.
“ކޮބާތަ އަނިލް…” ދުއާ ސުވާލު ކޮށްލިއެވެ.
“އެހެރީނު… އަނިލް އާދެބަލަ.” ޒައިން އަހަރެންނަށް ގޮވުމުން އަހަރެން އެތަނަށް ދިޔައީމެވެ.
“ދޮންބޭ… ސޮރީ. މި ސަޕްރައިޒް ޕާޓީ މިރޭ ނުބޭއްވުނު ނަމަ އެއްކަމެއް ވެސް ގޯސް ނުވީސް.. ދޮންބެ އާއި ހަޔާ ދުރުވެސް ނުވީސް..” ދުއާ އަނެއްކާވެސް ފެށީ ރޯށެވެ.
“ދުއާ ނިކަން ވިސްނާލަބަލަ. މިރޭ މި ޕާޓީ ނުބޭއްވި ނަމަ ދޮންބެ މުޅި އުމުރު ދުވަހަށް ކުރަން އުޅުނު ގޯސް ކަމެއް ނުހުއްޓުވުނީހެއްނު.” ޒައިން ވިސްނީ އެންމެ ޕޮޒިޓިވް ކޮންނެވެ.
“ދުއާ.. ކޮންމެ ކަމެއްވެސް ވަނީ ރަނގަޅަކަށް… އަވަހަށް ރެސްޓް ކޮށްލާ…” ޒައިން އަނެއްކާވެސް ބުނެލިއެވެ.

“އަނިލް ދޭބަލަ ކޭކް ބަލާ… ދޮންބެ މިރޭވި ކަންތައް މައިންޑް ނުކުރަންޏާ ޖެހޭނެ ކޭކް ފަޅަން..” ދުއާ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. ޒައިން ވެސް ދުއާގެ ގައިގާ ބައްދާލަމުން “އޮފް ކޯޒް” އޭ ބުނެލިއެވެ.އަހަރެންވެސް ކޭކް ބަލާ ދިޔައީމެވެ.
ކޭކާއި ވަޅި ހިފައިގެން އައިސް ކޮޓަރިއަށް ވަނީމެވެ.
“އެގެއިން. ހެޕީ ޓްވެންޓީ ސިކްސްތް ބާތްޑޭ ދޮންބޭ…” ދުއާ ޒައިންއަތަށް ވަޅި ދެމުން ބުނެލިއެވެ. އަހަރެންވެސް އެ އުފާވެރި ވަގުތުގައި ހިނިތުންވެލީމެވެ.

“އަނިލް ހާދަ ދުރަކުއޭ ތި ހުންނަނީ… އާދެބަލަ ނިކަން…” ޒައިން ކޭކް ފެޅުމަށްފަހު އެތިކޮޅެއް ދުއާއަށް ލަވާލަމުން ބުނެލިއެވެ.
އަހަރެން އެތަނަށް ދިއުމުން އަހަރެންނަށްވެސް އެތިކޮޅެއް ލަވާލިއެވެ.
“ސޯ ކޭކް ވެސް ފެޅިއްޖެ. ދުއާ ދެން ރެސްޓް ކޮށްލާ… އަހަރެން މި ދަނީ ފްރެޝްވެލަން. އަނިލް މިތާ މަޑު ކުރައްޗެ އަހަރެން އަންނަންދެން..” ޒައިން އެހެން ބުނުމަށްފަހު ކޭކާއި ވަޅި ހިފައިގެން ބޭރަށް ނިކުތެވެ. އަހަރެންވެސް ދުއާގެ ކޮޓަރީ އިން ސޯފާއެއްގައި ގޮސް ޖައްސާލީމެވެ. އޭރު ދުއާ ނިދާ ބޮކި ޖެއްސުމަށްފަހު ނިދަން އޮށޯތެވެ.

އަހަރެން ފޯނު ނަގައި އެފްބީއަށްވަނެ އެފްބީ ހާވަން ފެށީމެވެ. އެންމެ ފަހުން އެފްބީއަށް ވަނެވުނު ދުވަހެއްވެސް ނޭނގެއެވެ. 30 ވަރަކަށް މިނެޓް ވީއިރުވެސް ޒައިންއެއް ނާދެއެވެ. އެވާނީ އޭނާ ނިދީކަމަށެވެ. އަހަރެންވެސް ދުއާ ނިދިތޯ ބަލައިލަން އެތާ ކައިރިއަށް ދިއައީމެވެ. އޭރު ދުއާއަށް އޮތީ ރަނގަޅަށްވެސް ނިދިފައެވެ.އަހަރެން ދުއާގެ ކޮޓަރި އޭސީގެ ފިނި މަޑުކޮށްލީމެވެ. އަދި ދުއާގެ ގައިގާ ރަޖާގަނޑު ރަނގަޅަށް އަޅާލުމަށްފަހުން އަހަރެން ބޭރަށް ނިކުންނަން ހިނގައިގަތީމެވެ. އަވަހަށް ނިދުމަށެވެ. އޮފީހަށް ދާން ޖެހޭނެތީއެވެ.

ނަމަވެސް ހުއްޓެން މަޖުބޫރުވީ ދުއާ އަހަރެންގެ އަތުގައި ހިފެހެއްޓުމުންނެވެ.

“އަނިލް.. މަޑު…ކޮށްބަލަ…” ދުއާ މަޑު މަޑުން ތެދުވެ އިށީންނަމުން ބުނެލިއެވެ.
“ތެންކް ޔޫ…” ދެލޯ އުނގުޅާލަމުން އަނެއްކާވެސް ދުއާ ބުނެލިއެވެ.
“އެއީ؟” ސަބަބެއް އޮންނަން ޖެހޭނެއްނުހެއްޔެވެ؟

“ދޮންބެއަށް ކިޔާދިނީމަ…” ދުއާ ބުނެލިއެވެ.
“ހޫމް ދެން އެ ޝުކުރު އަދާކުރަން ޖެހޭވަރު ކަމެއްތަ…؟ ގުޑް ނައިޓް” އަހަރެން އެހެން ބުނެ ހިނގައިގަތީ ދިއުމަށެވެ.
“ދަނީތަ؟” ދުއާ ސުވާލު ކޮށްލިއެވެ.
“ނުދާންވީތަ؟” އަހަރެން ސުވާލު ކޮށްލީމެވެ.
“އެކްޗުއަލީ އަހަރެން މި ދޮންބެ ނަމަ އަނިލްއަކަށް މާފެއް ނުކުރާނަން… ދޮންބެ ބުނީ އޭނަ އަންނަންދެން މިތާ މަޑުކުރާށޭއެއްނު…” ދުއާ ބުނެލިއެވެ.
“އޯވް… ދެން ދުއާ ކައިރީ އަރާ ނިދަންވީތަ؟” އަހަރެން ވާހަކަ ދެއްކީ ޖެއްސުމަށެވެ.
“ކެރެންޏާ އަރާ އޮށޯވެބަލަ… އޭރުން ޔަގީން ދޮންބެ އައިސް ދެން ގެއިން ނެރެލާނެ.” ދުއާ ރައްދު ދިނީ ޖެއްސުމަށެވެ.

“ހޭ ޓެލް މީ އަ ސްޓޯރީ… ލައިކް ހޭވް ޔޫ އެވަރ މެޓް އަ ގާލް… ޔޫ ނޯ… ވަޓް އައި މީން ” ދުއާ ބުނެލިއެވެ.
” ނޭނގެ.” އަހަރެން ދުއާ ދެއްކި ވާހަކައިގެ އަސްލު މާނަ އެނގުނު ނަމަވެސް ނޭނގޭކަމަށް ހެދީމެވެ.
“އޯ… އެއްކަލަ މީހާ… ކޮންމެވެސް ދުވަހަކުން މީހަކާ ވެސް އިންނަން ޖެހޭނެއެއްނު. ލައިކް ވިތްއައުޓް މެރީޔިން ޔޫ ކާންޓް ކޮމްޕްލީޓް ޔުއަރ ހާފް އޮފް ދީން..” ދުއާ ފެށީ ދީނީ ލެކްޗަރެކެވެ.

“އަނހާ… ދުއާ ކިޔާދިނީމަ އަހަރެން ކިޔައިދޭނަން.” އަހަރެން ވަރަށް ވެލާފައި ބުނީމެވެ.
“ޔަގީން؟” ދުއާ އެހެން ބުނުމުން އަހަރެން ބޯ ޖަހައިލީމެވެ.
“ޔޫ ނޯ… އައި ޔޫސްޑް ޓު ނޯ ހިމް ލައިކް ވެން އައި ސެވެން އޯ އެއިޓް. ނައު އައިމް ޓްވެންޓީ ތްރީ… ” ދުއާ ބުނެލިއެވެ.
“ހާދަ ޔަންގް ލަވް ސްޓޯރީއެއް..” އަހަރެން ބުނީމެވެ.
“އޯ ބްރޯ ލިސެން، ޖަސްޓް ލިސެން.. އޭރަކު ހިޔެއް ނުކުރަމޭ އޭނަ އަހަރެންނަށް ކަމުދާނެ ކަމަކަށް.. އަދި އަހަރެން ހީކުރީ އެއީ ވަރަށް ކީކޭ ބުނާނީ… އެބައުޅޭ މިބައުޅޭ ކުއްޖެއް ކަމަށް… ބަޓް ޔޫ ނޯ.. އެއީ އަހަރެންގެ މޮޔަކަމުން ވިސްނުނި ގޮތެކޭ…” ދުއާ ބުނެލިއެވެ.

“ހާން.. ވާހަކަ ހަދަނީ ދޯ… މަށަށް އިނގެޔޭ… އެހެންމަ ނުކިޔާދޭނަން..” އަހަރެން ބެލީ އެކަމުން މިންޖުވެވޭތޯއެވެ.
“އެއްކަލަ އަނިލް… ޓެލް މީ ވަން ތިން އިޒް ދެއަރ ސަމްވަން އޯ ނޮޓް.” އަހަރެން އޭނަ އާއި ދިމާލަށް ބަލައިލީމެވެ.
“ދެއަރ އިޒް ސަމްވަން ރައިޓް.” ދުއާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ. އަހަރެން ޖަވާބު ދޭކަށް ބޭނުމެއް ނޫނެވެ. ދުއާ އާއި ދިމާ ބަލާލަމުން އެއް ލޯ މަރާލުމަށްފަހު ދިޔައީއެވެ. އޭނަ ހިތަށް އަރާނެ އެއްޗަކަށް ވިސްނުމެއް ނެތިއެވެ.

އަހަރެން ބޭރަށް ނިކުތްއިރު ބޭރުގައި ޒައިން ހުއްޓެވެ.
“އޯ މޭން… ވަރަށް ފައްކާ ޗެޓެއް އަޑު އިވިއްޖެ..” އޭނާ ހޭން ފަށަމުން ބުނެލިއެވެ.
“ކޮން؟” އަހަރެން ސުވާލުކޮށްލީމެވެ.
“ދަނީތަ.؟

ނުދާންވީތަ؟

އެކްޗުއަލީ އަހަރެން މި ދޮންބެ ނަމަ އަނިލްއަކަށް މާފެއް ނުކުރާނަން… ދޮންބެ ބުނީ އޭނަ އަންނަންދެން މިތާ މަޑުކުރާށޭއެއްނު…

އޯވް… ދެން ދުއާ ކައިރީ އަރާ ނިދަންވީތަ؟”
ޒައިން އެ ވާހަކަ ދެކެވުނު ރާގަށް އަކުރުން އަކުރަށް އެ ހުރިހާ އެއްޗެއް ތަކުރާރު ކުރަމުން ދިޔައެވެ.
“ޑޭމިޓް… އާރ ޔޫ އެކްޓިން ލައިކް ނަތިން ހެޕެންޑް” އެއީ އެހެންޏާ ޒައިން އުޅުނު ގޮތެއް ނޫނެވެ. ދުވަހަކުވެސް އެހާ މަޖާވެގެންނެއް ނޫޅޭއެވެ. އަދި އަމުދުން މިފަދަ ދަންގަޑިޔަކުއެވެ.

“އެކްޗުއަލީ އައި ނީޑް ޓު ޓޯކް ޓު ޔޫ…” ޒައިން ވަރަށް ސީރިއަސްވެލަމުން ބުނެލިއެވެ.
“ހިނގާބަލަ.” އަހަރެން އެހެން ބުނަމުން ޒައިން އާއެކު ކޮޓަރިއަށް ދާން ހިނގައިގަތީމެވެ.
“ހަޔާ ބޭބެ ގުޅި. ހައިޝަމް.” ޒައިން އެހެން ބުނެ އިސްޖަހާލިއެވެ.
“އަހަރެންނާ ދިމާލަށް ވަރަށް އެއްޗެހި ކީ…” ޒައިން އަނެއްކާވެސް ބުނެލިއެވެ.
“ކީކޭ ކީ؟” އަހަރެން ސުވާލު ކޮށްލީމެވެ.

“އަހަރެން ކަމަކަށް އެދެފިއްޔާ އިންކާރު ކުރާނަންތަ؟” ޒައިން އަހަންނާ ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
“އަހަރެންނަށް ކޮށްދެވޭ ވަރު ކަމެއް ވެއްޖާ ކުރާނަން..” އަހަރެން ޖަވާބު ދިނީމެވެ.

“އަނިލް އަކީ ކާކުކަން އަހަންނަށް އެނގިހުރެ، އަނިލް އަކީ ވަރަށް ރަނގަޅު މީހެއްކަން އެނގިހުރެ އަހަރެން، ބޭނުން ވަނީ އަނިލް އަހަރެންގެ ކޮއްކޮ ދުއާ އާއި އަނިލް  ކައިވެނި ކުރަން. ވާނެތަ.؟ ސަބަބު އަހަރެން އަނިލް ޖަވާބު ދިނީމަ ބުނެދޭނަން… އަނިލްގެ ޖަވާބަކަށް އިންތިޒާރު ކުރާނަން.” ޒައިންގެ ބަސްތައް އަހަރެންނަށް އަޑު ނީވުނު ނަމައޭ ހިތަށްއެރިއެވެ. އަހަރެން ދުއާ އާއި ކައިވެނި ކުރަންވީ ކީއްވެހެއްޔެވެ؟ އަހަރެން ކަހަލަ މީހަކާ އޭނަ ގުޅުމުން އެތައް މަލާމާތެއް ރައްދުވާނެއެވެ. ޒައިން، ޒައިންއަށް އެނގިހުރެ އޭނާގެ ލޯބިވާ ކޮއްކޮ ބޮޑު މައްސަލަ ގަނޑަކަށް ވައްޓާލަންވީ ކީއްވެހެއްޔެވެ.؟

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ތެމި ވާރޭގައި ވީމޭ (އިއުލާން)

Next

ވަކިވީ ލޯބިން 1

Next
June 18, 2023

ވަކިވީ ލޯބިން 1

Previews
June 17, 2023

ތެމި ވާރޭގައި ވީމޭ (އިއުލާން)

7 Comments!

  1. ailessh says:
    June 18, 2023 at 12:56 pm

    Hello guys, What do you think the reason is? Feel free to comment 🤍

  2. Anonymous says:
    June 18, 2023 at 2:32 pm

    Haisham konmes ehchekey kiyain kanneyngs mihaaru eulhenhy

    1. ailessh says:
      June 18, 2023 at 6:37 pm

      👀

  3. Anonymous says:
    June 18, 2023 at 5:23 pm

    when next part?

    1. ailessh says:
      June 18, 2023 at 6:39 pm

      Enmme lasvegen friday 🤍

  4. leesh says:
    June 18, 2023 at 7:53 pm

    Zain ah varh visney aslu konme kameh ga
    ves positive thinking and hayaa ah vure dhuvasvee
    friend and kokko important.
    vrh reethi mi bai ves

    anehka dhuaa preg veetha?
    may be haisham kee ehchakun kamah ves.
    dhuaa and anil marry kohfihyaaa anil konmehen
    egein dhaakah nujeheyne.

    1. ailessh says:
      June 18, 2023 at 10:42 pm

      Aww thank u, letss see dhw 🤍

Comments are closed.

Next Episodeކުލަ 8←


All Right Reserved!