Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 6

ailessh Level 1
June 17, 2023 4 Mins Read
4 Comments

އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ. މެންދުރު ނަމާދު ބަންގި ގޮވަން މާ ގިނައިރު ނެތީމައެވެ. ފެންވަރައިގެން ނަމާދަށް ދިއުމަށެވެ.

އަހަރެން ނަމާދުކޮށް ނިމިގެން ގެއަށް އައީމެވެ. އޭރު ހަޔާ އާއި ދުއާ ކޭކް ތައްޔާރު ކުރަން އުޅެއެވެ. އަހަރެން އެމީހުން ކައިރިއަށް ބަދިގެއަށް ދިއައީމެވެ.

“އޯ އަނިލް… އަނެއްކަ ކޭކް އަޅަން ވެސް އެނގޭތަ… އައި މީން ޔޫ ނޯ ހައު ޓު ޑްރޯ.. ހައު ޓު ޑީލް ވިތް ބިޒްނަސް އެންޑް… ލައިކް ޔޫ މަސްޓް ހައު ޓު ބޭކް ޓޫ… ރައިޓް ހަޔާ…”

ދުއާ ހަޔާއަށް ދޯ ދެމުން ބުނެލިއެވެ.

“އަނިލް އެން ޒައިން ނޯ ހައު ޓު ކޫކް އެވްރީތީން… އެ ދެމީހުންގެ އަނބިން ވަރަށް ނަސީބުގަދަ ވާނެ..”

ހަޔާ ބުނެލިއެވެ.

“އަމިއްލައަށް އަމިއްލަ ނަފުސަށް ދޯ ތި ލަކީ އޭ ބުނަނީ…”

ހަޔާ އާ ދިމާ ބަލާލަމުން އަހަރެން ބުނެލީމެވެ.

“އަހަރެން ނުބުނަމެއްނު އަހަރެން އަންލަކީ އެކޭ… އަހަރެން ބުނަން މި އުޅެނީ އަނިލް ކޮން އިރަކުންހޭ ނިންމަނީ…”

ހަޔާ ބުނެލިއެވެ. އަހަރެން މާ ބޮޑު ފަރުވާއެއް ނެތެވެ. ނަމަވެސް އަހަރެން އެ ސުވާލަށް އެދެވޭ ޖަވާބެއް ދިނީމެވެ.

“ކަމުދާ ކުއްޖެއް ފެނުނީމަ.”

އަހަރެން ރައްދުގައި ބުނެލީމެވެ.

“އޯ… އަނިލްގެ ޓައިޕް އަކީ ކޮބާތަ؟” މާ މަޖާވެފައި ހުރި ދުއާ އަހާލިއެވެ. އަހަރެން ހީލާފައި ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނެ އަހަރެން ފޯނު ނަގައި ޒައިންއަށް ގުޅީމެވެ. އޮފީހުގެ މުހިންމު ކަމެއްގެ ވާހަކަ ދައްކާލުމަށެވެ.

ދިހަ މިނެޓަށް ދެމިގެން ދިޔަ ފޯނު ކޯލް ނިންމާލުމަށްފަހު ފުން ނޭވާއެް ދޫކޮށްލީމެވެ.

“އަނިލް…” އަހަރެންނަށް ފެނުނީ މަންމައެވެ. އަނެއްކާވެސް މަންމައެވެ. އަހަރެން އެހެން ފަރާތަކަށް މޫނު އަނބުރާލީމެވެ.

“އަނިލް… ދަރިފުޅާ… މަންމައޭ މީ…”

އަނެއްކާވެސް ފެނުނީ މަންމައެވެ. ދެވަނަ ސިކުންތުގައި އަހަރެން ހަނދާންވީ ދުއާ ކިޔާދިން ވާހަކަތަކެވެ.

 

“އެއީ ބައްޔެއް.. ބަޓް އިފް ޔޫ ޓްރައި ޓޫ ހީލް ޔޫ ކޭން. އެއްވެސް މެޑިސިން އަކާ ނުލާ ވެސް ތިކަމުން އަރައިގަނެވިދާނެ. އަނިލްގެ ލައިފްސްޓައިލްއަށް ކުޑަ ބަދަލެއް ގެންނަން ޖެހެނީ…”

އަހަރެން ތުރުތުރުލާން ފެށިއެވެ. ބިރުގަނެވުނީ ސަބަބެއް ނެތިއެއް ނޫނެވެ.

އަނެއްކާވެސް އަހަރެންނަށް މަންމަ ފެނުނެވެ. އަހަރެންގެ އަމިއްލަ ނަފުސު ކޮންތްރޯލް ކުރުން އަހަރެންނަށްވީ ދަތި ކަމަކަށެވެ. ބޮލުގެ ތެރޭގައި އެތައް ޚިޔާލެއް އެއްފަހަރާ ދައުރު ވަނީއެވެ. އެކި ކަންކަމާމެދު ވިސްނެނީއެވެ.

އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވި ބާރަށް ހަޅޭ ލަވައިގަނެވުނެވެ.

މީހާ ދާހިއްލާ ފޯވެއްޖެވެ. ތެމި ފޯވެއްޖެވެ.

 

“އަނިލް” ދުވަމުން ކަހަލަ ގޮތަށް ދުއާ އައެވެ. އަހަރެންނަށް ގޮވާލިއެވެ.

“ދުއާ” އަހަރެންނަށް ދުއާގެ ގައިގާ އޮޅުލައިގަނެވުނެވެ. ބޭއިޚްތިޔާރުގައެވެ. ކޮންމެހެން ބޭނުން ވެގެންނެއް ނޫނެވެ. ދެމީހުންގެ މެދަށް ވެރިވީ ހަމަ ހިމޭން ވަގުތު ކޮޅެކެވެ.

 

އިރުކޮޅެްްފަހުން އަހަރެންނަށް ކުރެވުނީ ކީއްކަން ރޭކާލިއެވެ.

“ސޮރީ.. އައި ޑިޑްނ…” ދުއާ އަހަރެން ހުއްޓުވިއެވެ.

“އަސްލު ކިހިނެއްވީ…” އަހަރެން ހީކުރީ ދުއާ އަހަރެން ދެކެ ރުޅި އަންނާނެ ކަމަށެވެ. ނަމަވެސް އޭނާ އިޚްތިޔާރު ކުރީ މަޑުމައިތިރި ކަމެވެ.

“އަހަރެންގެ މަންމަ…” އަހަރެން ބުނީމެވެ.

 

“އޯ… މާ ބޮޑަށްދޯ އެކަމާ ތިވިސްނަނީ… ކާމް ޑައުން އެއް ކަމެއްވެސް ނުވާނެ ” ދުއާ އަހަރެންނަށް ހިތްވަރު ދިނެވެ. އަހަރެންގެ ގައިގާ އެއްޗެކޭ ބުނާނެ ހިތްވަރެއް ނެތެވެ. އެއަށްވުރ ވެސް ބޮޑަށް އަހަރެން ހުރީ ލަދުންނެވެ. އަހަރެންނަށް އިޚްތިޔާރުން ބޭރުގައި ކުރެވުނު ކަމަކާ ހެދިއެވެ.

 

“އަނިލްގެ މޫޑް ރަނގަޅު ކޮށްލަބަލަ. މީ ދޮންބެގެ ބާތްޑޭ އެއްނު. އަނިލް ތިގޮތަށް ހުރިތަން ދޮންބެއަށް ފެނިއްޖާ ދޮންބެ ކިހާ ކަންބޮޑު ވާނެ.” ދުއާ އަނެއްކާވެސް އަހަރެންނަށް ވިސްނައިދެވޭތޯ ބެލިއެވެ.

“ސޮރީ.. އޭޒް ލޯންގ އޭޒް ޔޫ ޑޯންޓް ފޮގިވްމީ އައި ކާންޓް ފިކްސް މައި މޫޑް. އައި ނެވަރ މީންޓް ޓު ޑޫ ދެޓް..” އަހަރެން އަނެއްކާވެސް ބުނީމެވެ.

 

“އިޓްސް އޯކޭ އޭ… އައި ކޭން އަންޑަސްޓޭންޑް…” ދުއާބުނެލިއެވެ. ދުއާ އެ ބުނަނީ ތެދު ހެއްޔެވެ؟ ދޮގުތަކެއް ހަދައި އަހަރެންގެ ލޮލުގައި އަނދުން އަޅުވަނީއެއް ނޫންބާއެވެ؟ އަހަރެން ހައިރާންވިއެވެ.

“އަނިލް މޫނު ދޮވެގެން ބޭރަށް އާދޭ… އަހަރެން ވެސް މި ދަނީ.” ދުއާ އެހެން ބުނެ ކޮޓަރިން ބޭރަށް ނިކުމެގެން ދިއައެވެ.

 

ފާހަނާއަށްވަނެ އަހަރެންގެ މޫނު ދޮވެލީމެވެ. އަމިއްލަ ސޫރަ ލޯގަނޑުން ބަލައިލީމެވެ. އަަހަރެން މީ ހާދަ ގޮތެއް ނެތް މީހެކެވެ. އަންހެން ކުއްޖަކަށް އަހަރެންނަށް އެ ހެދުނީ ކީއްވެބާއެވެ.؟ އަހަރެން މީ ދުވަހަކުވެސް އަންހެން ކުއްޖަކާ ގާތްވި މީހެއް ނޫނެވެ. ގާތްވާން ބޭނުންވި މީހެއްވެސް ނޫނެވެ. އަންހެނުން ދެކެ ޚުދު އަހަރެން ވެސް ފޫހިވެއެވެ. ނަމަވެސް އަހަރެން އެ މީހުންނަށް ކުރަންޖެހޭ އިހްތިރާމް މަތިން ހަނދާނެއް ނުނެތޭނެއެވެ.

 

މޫނު ދޮވެލުމެއްފަހު އަހަރެން ބަދިގެއަށް ދިޔައީމެވެ.

“އަނިލް ކާން ވީނު.” ވާހަކަ ދެއްކީ ހަޔާއެވެ. އަހަރެން ގަޑި ބަލައިލީމެވެ. ދެ ގަޑި ބައިވަނީއެވެ. އަހަރެންވެސް ބޯ ޖަހާލުމަށްފަހު އިށީނީމެވެ. އޭރު ދުއާ ފެންނާކަށް ނެތެވެ.

“ކޮބާ ދުއާ؟.” އަހަރެން ސުވާލު ކޮށްލީމެވެ.

“ދާ ކޮންމެތަނަކު އަނދިރި ހިޔަންޏެއް ގޯސްކޮށް ވިސްނަންޏާ ނުފެންނާނެދޯ..” ހަޔާ ބުނި އެއްޗެއްގެ މާނަ އަހަރެންނަކަށް އެއްވެސް ވަރަކަށް ނޭނގުނެވެ.

“ކީކޭ ތިބުނީ؟” އަހަރެން ސުވާލު ކޮށްލީމެވެ.

“އެއްޗެކޭ ނޫން.. ދުއާ ކޮޓަރީގަ.” ހަޔާ ޖަވާބު ދިނެވެ.

 

“ދާ ކޮންމެތަނަކުން އަނދިރި ހިޔަންޏެއް ގޯސްކޮށް ވިސްނަންޏާ ނުފެންނާނެދޯ” އަހަރެންނަށް އަނެއްކާވެސް ވިސްނާލެވުނެވެ.

*

ރޭގަނޑުގެ ވަގުތެވެ. އަހަރެން އިނީ ކޮޓަރީގައެވެ. އެއްވެސް ވަރަކަށް ބޭރަށް ދާ ހިތް ނުވެފައެވެ.

“އަނިލް.” ދުއާ އައެވެ.

“އޭ ކަޑަ ނުހަދާ.. އާދެ ބޭރަށް..” އަނެއްކާވެސް ދުއާ ބުނެލިއެވެ. ދުއާ އާދޭސް ކުރަންފެށުމުން އަހަރެން ބޭރަށް ނިކުތީމެވެ. އޭރު ގޭތެރެ ޒީނަތްތެރި ކޮށްފައި ހުއްޓެވެ. އަހަރެން ޒައިންއަށް ގުޅާ ގެޔަށް އައުމަށް ބުނީމެވެ.

 

އިރުކޮޅެއްފަހުން ޒައިން ގެއަށްއައެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައެވެ. ފޫހި ވެފައެވެ. ހަޔާ އާއި ދުއާ ޒައިން ސަޕްރައިޒް ކުރިތަން ބަލާށެވެ.

 

“ހެޕީ ޓްވެންޓީ ސިކްސްތް ބާތްޑޭ…” އަހަރެން ޒައިން ކައިރިއަށް ގޮސް ބުނެލީމެވެ.

“އޯކޭ..ވަރަށް ރަނގަޅު ރެޔަކާ ދޯ މި ދިމާވީ.. އެހެންމަ އައި ހޭވް ގުޑް ނިވްސް.. ވީ އަރ ގެޓިން މެރިޑް.” ޒައިން ހަޔާއާއި ދިމާ ބަލާލަމުން ބުނެލިއެވެ.

“އޯ ރިއަލީ… ކޮންގްރެޖްލޭޝަން.” ދުއާ ޒައިންގެ ގައިގާ ބައްދަލާމުން ބުނެލިއެވެ.

“ސޯ ހަޔާ.. ވިލް ޔޫ މެރީ މީ..” ހަޔާއަށް އަނގޮށްޓިއެއް ދިއްކޮށްލަމުން ޒައިން ބުނެލިއެވެ.

“ޔޫ ހޭވް އޯލްރެޑި އެނައުންސްޑް އިޓް. ބަޓް ސްޓިލް ނޯ..” ހަޔާ ބުނެލިއެވެ.

“އޯ ސީރިއަސްލީ… ދެން ސަކަރާތް ނުޖަހަބަލަ.” ޒައިން ހަޔާ އާ ދިމާ ބަލާލަމުން ބުނެލިއެވެ.

“އަހަރެންތަ ސަކަރާތް ޖަހަނީ… ނޫނީ ޒައިންގެ އެކުވެރިޔާ، ސޮރީ ބެސްޓް ބަޑީ އަނިލްތަ؟” ހަޔާގެ މޫނުމަތިން ފެންނަންހުރީ ސީރިއަސް ކަމެވެ. އަހަރެން ކުރީ ކީއްހެއްވެ. އަހަރެންގެ މޫނުގައި އިނީ ސުވާލު މާކެކެވެ.

“ހަޔާ ކީކޭ ކިޔަން ތި އުޅެނީ…” ޒައިން ސުވާލުކޮށްލިއެވެ.

“އަހަރެން އެއްޗެކޭ ކިޔާކަށް ނޫޅެން. ގަބޫލް ނުކުރަންޏާ ޒައިންވެސް ބަލާ.” ހަޔާގެ ފޯނުން ފޮޓޯ ގަނޑެއް ދައްކަމުން ބުނެލިއެވެ.

އޭގައި އެއިނީ އަހަރެންނާ ދުއާ ކުރަހާށެވެ. އަނެއް ފޮޓޯ ގަނޑުގައި އަހަރެން ދުއާގެ ގައިގާ ބައްދާ ގަނެގެން ހުރި ފޮޓޯއެކެވެ.

އެއީ ހިނގި ކަމެކެވެ. ނަމަވެސް ހަޔާގެ ވިސްނުމާ މުޅިން ޚިލާފެވެ.

“ދޮންބޭ.. އެއީ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ…” ދުއާ ބުނެލިއެވެ.

“ޝަޓަޕް ދުއާ އައި ޑޯންޓް ނީޑް އެނީ ޖަސްޓިފިކޭޝަން.” ޒައިން ބުނެލިއެވެ.

 

“މީ އަދި އެންމެ ދުވަހަކުން ވީވަރު. ދެން ޒައިންއާ އިނެގެން މިގެޔަށް އައީމަ މީގަ ކިތައް މަންޒަރު ފެންނާނެބާ… ނޭނގެ ލަދުން ހަލާކު ވާވަރު ޚަބަރެއް އަޑު އަހަން ނުޖެހިއްޖާ… ހަމަ މައިންބަފައިން އުޅޭގޮތް ދަރިންނަށްވެސް ވާރުތަ ކުރާނޭ…” ހަޔާ އަނެއްކާވެސް ވާހަކަ ދައްކާން ފެށިއެވެ. ހަޔާގެ ވިހަގަދަ ބަސްތައް އަހަރެންނަށް އަޑުއިވުނީ ހޮނު ގުގުރިއެއްހެންނެވެ.

 

ދެންވާނީ ކިހިނެއް ހެއްޔެވެ؟ ޒައިން އަހަރެންނާ ދިމާލަށް ބަލާލިއެވެ. އަނެއްފަހަރު ދުއާ ދިމާލަށް ބަލާލިއެވެ. ޒައިން ހަޔާ ނުހުއްޓުވީ ކީއްވެބާއެވެ؟

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ލޯތްބަކުންދިން-27

Next

ތެމި ވާރޭގައި ވީމޭ (އިއުލާން)

Next
June 17, 2023

ތެމި ވާރޭގައި ވީމޭ (އިއުލާން)

Previews
June 15, 2023

ލޯތްބަކުންދިން-27

4 Comments!

  1. leesh says:
    June 17, 2023 at 12:18 pm

    I did’nt expect this from Hayaa.
    Zain think calmly and take a good decision.
    don’t rush and take a bad decision.
    I guess that its ok for zain actually
    zain should be happy since her sister
    will get a good husband if it happens.

    1. ailessh says:
      June 17, 2023 at 12:42 pm

      Letsss sseee 🤍

  2. Anonymous says:
    June 17, 2023 at 1:41 pm

    When next part

    1. ailessh says:
      June 17, 2023 at 2:51 pm

      I have already submitted it 🤍

Comments are closed.

Next Episodeކުލަ 7←


All Right Reserved!