”ފުއްޕާމޭގެ ކެންސަރ، ސްްޓޭޖް 2” މާމަގެ އެ ޖުމުލަ އަހަންނަނަށް އިވުނީ ހޮނު ގުގުރިއެއްހެންނެވެ. ”ކީއްވެ ކުރީން ނުބުނީ..” ހައިރާން ކަމާއެކު އަހަރެންނަށް އަހާލެވުނެވެ. ”މާމައަށް ވެސް އަނެއް ދުވަހަކު އިނގުނީ.. އެ ހިސާބުން ދަރިފުޅު ގެންނަން ބޭނުންވި، މާމަ ދުނިޔޭގެ ހުއްޓަ ދަރިފުޅު ކައިވެނި ކުރާތަން ބަލަން މާމަ ބޭނުން… މިޝްކާ އަށް ގުޅޭނެ ގޮތް ހޯދާ.. މާމަ ކައިވެނީގެ ހުރިހާ ކަމެއް ކޮށްދޭނަން” މާމަ ހިތުގައި ވާގޮތް ހާމަކޮށްލިއެވެ. ”މިޝްކާ ހޯދާނީ ކިހިނެއް؟ ދިން […]
” މިޝްކާ” ކަތި ނަޒަރަކުން ބަލާލި ނަމަވެސް އަޅާ ނުލާ ދިޔައީއެވެ. ހިތުގައި ރިއްސާލިއެވެ. އާއެކެވެ. އެއީ ހިތުގައި ބިންވަޅު ނެގުނު ސޫރައެވެ. ކިޔެވުމުގެ އިތުރަށް ހިތްއެދުނު ފުރަތަމަ ކަމެވެ. އަހަންނާ މިޝްކާގެ ގުޅުން ފެށުނީ ޔުނިވަރސިޓީން އަހަރެންގެ ކިޔެވުމުގެ ބިންގާ އަޅަންފެށި ހިސާބުންނެވެ. މިޝްކާގެ މޭޖަރ އަކީ ބަޔޯމެޑިކަލް އިންޖިނިއަރިން ކަމުގައިވި ނަމަވެސް ބައެއް މޮޑިއުލްތައް ކިޔަވަން ޖެހުނީ އެކީގައެވެ. ނޭނގޭ ބައެއް ބައިތައް އޮޅުން ފިލުވުމަށް ޓަކައި މިޝްކާ އަހަންނަށް މެސެޖު ކުރާން ފެށިއެވެ. […]
” ކޮންމެ ކަމަކީ ވެސް ކުރަން ބޭނުންވެއްޖެ ނަމަ ކުރެވޭނެ ކަމެއް” އަޑަށް ބާރުލައި އަހަރެން ބުނީމެވެ. ކުރިއަށްވުރެ ބާރަށް ހިތްތެޅެން ފަށައިފިއެވެ. މެހެފިލްގެ އެންމެންގެ މޫނަށް ނަޒަރު ހުއްޓާލީމެވެ. ވަކި ވަކިން ކޮންމެ މޫނަކަށް ބަލައިލީމެވެ. ”ވަގުތަކީ ހޯދީމަ ލިބޭ އެއްޗެއް، ކިތަންމެ ބޮޑު އަގަކަށް ވެސް ގަނެވޭނެ އެއްޗެއްނޫން..!” ހިތުގެ ތެޅުން ސިކުނޑިން ދޮގުކޮށް ކުރިއަށްދިޔައީމެވެ. ކޮންމެ ލަފުޒަކީ އަދު އަހަރެންގެ ހިތުގެ ފުން މިނުން އެތައް ދުވަހެއްގައި ފަސްދާނުލެވިފައވި ބަސްތަކެވެ. ތަގުރީރެއްގެ ސިފައިގައި […]
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައިރުވެސް އާދިންގެ އެ އުޅުމަކަށް ބަދަލެއް ނާދެއެވެ. އެ ގޮތްދޫނުކުރުމަކަށް ނިމުމެއްނާދެއެވެ. ދުލުން ބޭރުވާހާވެސް ލަފުޒަކީ ސާރާއެވެ. މިވީ މަދު ދުވަސްތަކުގެ ތެރޭގައި ސާރާއަށް އާދިންގެ ހިތުން ވަރަށް ހާއްސަ މަގާމެއް ކާމިޔާބު ކުރެވިއްޖެވެ. ………. ”ސާރާ ބުނި ވަރެއް ދޭނަން، އޭގެ އިތުރުން ގެޔަށް ގެންގޮސްދީ ލާދިނުމުގެ ހުރިހާ ހިދުމަތެއް އަހަރެން ދޭނަން. ޖަސްޓް އާދު ހެޕީ ކޮށްދީ.. އިތުރު ކަމެއް އަހަރެން ބޭނުމެއް ނޫން” އަނިލްއަށް […]
“ނީންނާނަން ކީއްކުރެވޭނީ..” އެހެން ބުނާނެ ހިތްވަރު ލިބުނީ ކޮންތާކުން ކަމެއް ވެސް ޚުދު ސާރާއަކަށްވެސް ނޭނގެއެވެ. އެ ފިރިހެނާގެ އަމަލުތައް ވަރަށް އަވަހެވެ. ސާރާގެ ދިމާލަށް ބަލަހައްޓައިގެން ނުހުރެ ސާރާގެ ގަޔަށް އަތް ފޯރު ކޮށްލިއެވެ. ސާރާ ވެސް އޭނާ ދުރުކުރަމަށް އެތަށް ގޮތަކުން އަތްގަދަ ކުރަމުން ދިޔައެވެ. ނަމަވެސް ނަތީޖާ ހިއްޗެވެ. ލާގެން ހުރި ހެނދުން އެކި ތަންތަނުން ވީދާލިއެވެ. ސާރާގެ ލޮލުން ކްރުނަ ހޯސްލާފައި އޮހިގްތެވެ. މިއީ އެއްވެސް ގޮތަކުން އިންސާފެއް ނޫނެވެ. ނުކުރާ […]
ސާނިދު ދިން ހަބަރުން ސާރާ މާ އުފާވިއެވެ. ** ފަތިހު ފަތިހާ ހޭލާ ސާރާ ބްދިގެއަށް ވަނީ އަދަކީ ހުކުރު ދުވަސް ކަމަށް ވުމުންނެވެ. ހަމަ އެޔާއެކު އެލީޝާ ގެޔަށް ގެންނާނެ ވާހަކަ ސާނިދު ބުނެފައިވާތީއެވެ. “ދަރިފުޅާ… ހާދަ ހެނދުނަކާ.” ސާރާ ފެނުމާއެކު ސަމްރީން ސާރާ އާއި ދިމާލަށް ބަލައިލީ ސުވާލު މާކެއްގެ ތެރޭގައި ހުރެއެވެ. މީގެ ކުރިން ސާރާ އަކީ އެހާ ހެނދުނާ ބަދިގެއަށް ވަންނަ ކުއްޖެއް ނޫނެވެ. “ހޫމް… ހާއްސަ ދުވަހެއް.” ސާރާގެ ޖަވާބު […]
“އަޅުގަނޑުގެ މަންމަ އެއް ދުވަހަކުވެސް ނުފެނޭ… އެހެން ކުދިންގެ މަންމަ ފެންނަނިކޮަށް ވަރަށް ދެރަވޭ…” އާދިބްގެ ތުއްތު ތުއްތު އެ އަޑުގައި ވީ ހިތާމައެވެ. އެ ޖުމުލަ އިވުނު ކޮންމެ މީހަކަށް އަސަރު ކުރާނެކަން ގައިމެވެ. ބުނެވުނީ ކިހާ ބޮޑު އެއްޗެއްކަން ސާރާއަށް ވިސްނުނީދެނެވެ. “ލާސްޓް ޓީޗަރސް ޑޭގަ ބުންޏެއްނު ޓީޗާސް އަކީ ސެކަންޑް ޕޭރެންޓސްއެއް ސޯ… މިސް އަކި އާދުގެ ސެކަންޑް މަމް އޭ..” ސާރާ ހީލަމުން އެހެން ބުނުމާއެކު އާދިންވެސް ހީލިއެވެ. ސާރާއާދިން އާ […]
“އޯކޭ ސާރާ ބޭނުން ގޮތެއް” ހައިމާ ސާރާ އާއި އެއްބަސްވެލިއެވެ. “ހަފްތާއެއް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. އާދިންއަށް ދިމާވާ ކަންކަން ސާރާއަށް އެތައް ގޮތަކުން އުދަނގޫކުރެއެވެ. މަޑުމަޑުން އިނުމާއި ކްލާސްކުދިން އާދިން އަށް ކުރާ މަލާމާތަކީ ސާރާއަށް އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންތަކެއް ނޫނެވެ. ** “އެ އާދު އެހާވަރަށް ކިޔަންޏާ ސާރާއަށް އިންވައިޓް ކޮށްބަލަ ދޯ. ހަޔާ” އަނިލްގެ ގޮތްދޫ ނުކުރުމުގެ އާދަ އަނބުރައި އައި ކަހަލައެވެ. އާއެކެވެ. އަދަކީ އާދިންގެ 7 ވަނަ […]
ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ހުދުކުލައާއި އަޅިކުލަ ކޮޓަރީގެ ހަތރެސްފާރުގައި ލެވިފައި ހުއްޓެވެ. ކަހާލެވިފައިވާ ދޮރުފޮތިގަނޑުން އިސްކޮޅާ އެއްވަރަށް ހުރި ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރުވަމުން ދިޔަ ސާރާގެ މޫނު އަވީގެ ދޯދިތަކުން ވަނީ ދިއްލާލައިފައެވެ. އެކި ގޮތްގޮތަށް ހުއްޓި މޫނަށް އެކިވައްތަރު ޖައްސަމުން ދިޔައިރު ހިނިތުންވެލާއިރު ކޮލަށް އެ އެޅޭ އަޑި ކޮޅުގެ ސަބަބުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. “އަދިވެސް ނުނިމޭތަ؟” ތައްޔާރުވަމުން ދިޔަ ސާރާ ލަސްވަމުންދާތީ ސަމްރީން ގޮވަމުން އައިސް ކޮޓަރިތެރެއަށް ވަނެވެ. މަޑު […]