ކުލަ 5
“ހޫމ… އަހަރެން ދެރަވަނިކޮށް.. އަހަރެން ދެރަ ވެގެން ކޮޓަރިއަށް ގޮސް ވަނެ އިރުކޮޅެއް ވީމަ މަންމަ ފެނޭ…”
އަހަރެން ބުނެލީމެވެ.
“އެކަމް ދައްތަ ނިޔާވެއްޖެ އެއްނު…” ޒައިން ބުނެލިއެވެ.
“ހިލޫސިނޭޝަން” ދުއާ ބުނެލިއެވެ.
*
“އެއީ ކޯންޗެއް؟” ޒައިން އިނީ ހައިރާން ވެފައެވެ.
“އެއީ ބައްޔެއް.. ބަޓް އިފް ޔޫ ޓްރައި ޓޫ ހީލް ޔޫ ކޭން. އެއްވެސް މެޑިސިން އަކާ ނުލާ ވެސް ތިކަމުން އަރައިގަނެވިދާނެ. އަނިލްގެ ލައިފްސްޓައިލްއަށް ކުޑަ ބަދަލެއް ގެންނަން ޖެހެނީ…”
ދުއާ ކިޔާދިނެވެ.
އަހަރެން އިނީ ހައިރާންވެފައެވެ. އަހަރެންނަށް އަހަރެންގެ މަންމަ ފެނުންވެސް ވީ ބައްޔަކަށެވެ.
“އެކްޗުއަލީ ވަޓް ހެޕެންޑ ޓުނައިޓު އިޒް މޭކިން މީ ވޮރިޑް. ލައިކް އައި ހިޓް ސަމްވަން ވިތް އަ ވާސް އެނ….” އެ ހިސާބަށް ބުނެވުނުތަނާ ދުއާ އަހަރެން ހުއްޓުވިއެވެ.
“އަނިލް އެއީ އަސްލު އަނިލްގެ ރަނގަޅު ކަމުން ކުރި ކަމެއް. އިޓް ވޯޒް އޯލް ޕްލޭންޑ. އަސްލު އަހަރެން ހީކުރީ އަނިލް އަކީ ގޯސް މީހެއްކަމަށް ބަޓް މިރޭ ހިނގި ކަންތަކުން އަހަރެންނަށް އެއީ ދޮގެއްކަން ސާބިތު ކޮށްދީފި.” ދުއާ ބުނަލިއެވެ.
“ވެއިޓް ދުއާ… ދެންމެ ދުއާ ބުނީމެއްނު އިޓް ވޯޒް ޕްލޭންޑ އޭ.. ހައު ޑިޑް ޔޫ ނޯ؟” ޒައިން ބުނެލިއެވެ. އަހަރެން ކުރަން އުޅުނު ސުވާލު ކުރީ ޒައިންއެވެ.
“ހާން.. މިރޭ ޝިޔާ އަހަރެން ކައިރިއަށް ފޮނުވީމެއްނު ޝީ ޓޯލްޑް މީ އެވްރީތިން. އެއީ އަނިލް ދޮންމަންމަގެ ރޭވުން. އަނިލް ދޮންމަންމަ ބުނެގެން ޝިޔާ ބާތްޑޭ ޕާޓީ އޭ ކިޔައިގެން ދޮގު ހެދީ.. ދޮންމަންމަ ބުނެގެން އެތާ އެ ފިރިހެން މީހަ ހުރީ އެ ގޭގަ ވެސް. އިން ފެކްޓް ޝީ ޕެއިޑް ފޯ އިޓް. ޝިޔާ ހުރީ ވަރަށް ލަދުން.. ޝިޔާ ބުނީ އެ މީހަ ބުނި ގޮތަކަށް ނޫނޯ ކަންތައް ކުރީ ލައިކް ޝިޔާ އަޅައިގެން ހުރި ޝޯލް ނަގާކަށްވެސް ނުބުނަމޯ… ދެން ޝިޔާ ބިރުން އަވަހަށް އަނިލް އަށް ގުޅީއޯ… އެންޑ ޝީ ސެއިޑް ޝީ ނެވަރ ތޯޓް އަނިލް ވިލް ސޭވް ހަރ އޭ… އަދި ބުނި އަނިލް ކައިރީ ބުނާށޭ ބިރު ނުގަންނާށޭ… އެއްވެސް ކަމެއް ނުވާނޭ.. އަނިލްއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެގެއިން ނިކުމެގެން ދިއުމޭ… އަނިލް ޑަޒަންޓް ޑިޒާވް އޯ އެ ގޭގަ އުޅެން.” ދުއާ ކިޔާދިނެވެ.
ދޮންމަންމަ ވީ ހަމަ ފިލްމުތަކުގައި ދައްކާފަދަ ދޮންމަންމައަކަށެވެ. އަހަރެން އުންމީދު ކުރި ފަދަ ދޮންމަންމައަކަށް ނޫނެވެ. އަހަރެންގެ ލޮލުން ކަރުނައައެވެ. ޒުވާން ފިރިހެނަކަށްވެ ހުރެ އަހަރެން ރޯން ލަދުގަނެއެވެ. ނަމަވެސް އިތުރު ގޮތެއް ނެތެވެ.
“އަނިލް އާރ ޔޫ އޯކޭ؟”
ޒައިން އަހަރެންނާ ސުވާލު ކޮށްލިއެވެ. އަހަރެންނަށް ބޯ ޖަހާލުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ.
“އަނިލް ދެން ރަނގަޅަށް ނިދާލާ… އަނިލްގެ އެއްވެސް ކުށެއް ނެތްކަން މިހާރު އެނގެއެއްނު… ދެން އަނިލް ލައިފް އެއްކޮން ޗޭންޖު ކޮށްލަބަލަ. އައި މީން ލައިފްސްޓައިލް… ޔޫ ކޭން ކޮންސިޑަރ އަސް އޭޒް ޔުއަރ ފެމިލީ މެންބާސް.” ދުއާ ބުނެލިއެވެ. އަހަރެންނަށް ދުއާގެ މޫނަށް ބަލާލެވުނެވެ. އެއީ މީގެ ދެދުވަހެއް ކުރިން އަހަރެންނަކީ ކުށްވެރިއެކޭ ގޮވި ދުއާ ހެއްޔެވެ. ؟
އަހަރެން ނިންމީ ދުއާ އެދުނު ގޮތަށް ނިދާލާށެވެ. އެހެންކަމުން ޒައިން ކައިރީ ނިދަން ބޭނުން ކަމަށް ބުނެލީމެވެ.
*
އަހަރެންނަށް ހޭލެވުނީ ފަތިހު ބަންގި ގޮވާ އަޑަށެވެ. އަވަހަށް ތައްޔާރު ވެލުމަށްފަހު މިސްކިތަށް ދިޔައީމެވެ. ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބޭތޯއެވެ. އަހަރެންނަށް ފަތިސް ނަމާދު ޖަމާއަތުގައި ކުރެވުނީ ކިރިޔާއެވެ. ނަމާދުން ފައިބެގެން އަހަރެން ގެއަށް ދިޔައީމެވެ. ގޭތެރެއަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއެކު އަހަރެންނަށް އިވިގެން ދިޔައީ ޤުރުއާން ކިޔަވާ އަޑެވެ. ތަޖުވީދުގެ މަގުން ފަޞާހަތްތެރިކަމާ ބަލާޣަތްތެރިކަމާއެކުއެވެ. އެއީ ދުއާގެ އަޑެވެ. ދުއާގެ އެ ސިފަ ވެގެން ދިޔައީ އަހަރެންނަށް ވަރަށް ކަމުދިޔަ ސިފައަކަށެވެ.
އަހަރެންވެސް އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. ޤުރުއާން ކިޔެވުމަށެވެ. ހިތަށް ހަމަޖެހުން ހޯދުމަށްޓަކައެވެ. އަހަރެން ކޮޓަރިއަށް ވަތްއިރު ޒައިން ނިދާފައި އޮތްތަން ފެނުނެވެ. އޭނާ ނިދާފައި އޮންނާނީ ނަމާދު ނުކޮށްކަން އަހަރެންނަށް ޔަޤީން ވިއެވެ.
“ޒައިން… ހޭވް ސަމް ހަޔާ އެންޑް ވޭކަޕް ޓު ޕްރޭ…” އަހަރެން ޒައިންއަށް ގޮވީމެވެ. އޭނާ ސިއްސައިގެން ގޮސް ހޭލިއެވެ.
“ކިހިނެއްވީތަ މޭން…” ޒައިން އިނީ ނިދީގައެވެ. އަހަރެންނަށްވީ އެކަން މަޖާ ކަމަކަށެވެ.
“އޯ ހެލޯ… މީ ފަތިސް ގަޑިއޭ…” އަހަރެން ބުނެލީމެވެ.
“އޯ ފަތިސްދޯ.. ތޭންކްސް އިނގޭ ގޮވާލީމަ..” ޒައިން އަހަރެންނަށް ޝުކުރު އަދާ ކުރިއެވެ. އަހަރެން ވެސް ހިނިތުންވެލީމެވެ.
އަހަރެން ޤުރްއާން ކިޔަވަން ފެށީމެވެ. އިރުކޮޅެއްފަހުން އަހަރެން ބޭރަށް ނިކުމީމެވެ. އެއްވެސް ވަރަކަށް އޮފީހަށް ދާހިތް ނުވުމުންނެވެ.
އޭރު ދުއާއަށްވެސް ބޭރަށް ނިކުމެވެނީއެވެ.
“އޭ އަނިލް… އިނގޭތަ މި ކޮން ދުވަހެއްކަން؟” ދުއާ އަހަރެން ފެނުމުން އައިސް ސުވާލެއް ކޮަށްލިއެވެ.
“އަންގާރަ؟” އަހަރެން ހައިރާން ވެފަ ހުރެ ބުނެލީމެވެ.
“ތިއެއް ނޫނޭ.. ތާރީހޭ…” ދުއާ ބުނެލިއެވެ.
“ޖޫން ސޯޅަ؟” އަހަރެންވެސް ހުރީ ހައިރާންވެފައެވެ. ދެވަނަ ސިކުންތުގައި އަހަރެންނަށް ވިސްނާލެވުނެވެ. މިއަދަކީ ޒައިންގެ އުފަންދުވަހެެވެ.
“އޯ.. އޯ… ޒައިންގެ…” އަހަރެން އެހެން ބުނަމުން އުޅުމުން ދުއާ ހުއްޓުވިއެވެ.
“ހޭ އައި ނީޑް ޔުއަރ ހެލްޕ… މިރޭ ސަޕްރައިޒް ޕާޓީއެއް ބާއްވާނީ..” ދުއާ އެހެން ބުނުމުން އަހަރެންވެސް އޭނާއާ އެއްބަސްވީމެވެ.
އޭރު ޒައިން އޮފީހަށްދާން ތައްޔާރުވެގެން ނިކުތެވެ.
“ދޮންބޭ ހިނގާ ކާން…” ދުއާ ބުނެލިއެވެ. ދުއާ ބަދިގެއަށްވަނެ ޒައިންއަށާއި އަހަރެންނަށް ކާން ހަދައިދިނެވެ.
އިރުކޮޅެއްފަހުން ޒައިން އޮފީހަށް ދިޔައެވެ.
“އަނިލް ހަޔާ އަަށް ގުޅާބަލަ.” ދުއާ އަހަރެން ކައިރީ ބުނުމުން ހަޔާ އަށް ގުޅީމެވެ. ފޯނު ނެގުމުން ގުޅި ދުއާ ބުނެގެން ކަމަށް ބުނީމެވެ. އަދި ފޯނު ދުއާ އަށް ދިނީމެވެ.
“ހަލޯ ހަޔާ.. ސޮރީ ފަހަރީ… މިރޭ ދޮންބެގެ އުފަންދުވަސް ފާހަގަ ކުރަން މިއުޅެނީ…އަންނަން ވާނެއްނު ” ދުއާ ބުނެލިއެވެ. އަހަރެންނަށް ދުއާ އަށް ވީގޮތުން ހިނިތުންވެލެވުނެެވެ. ދުއާ އާއި ދިމާ ބަލަން އަހަރެންނަށް ހުރެވުނެވެ.
“އޯކޭ.. އެހެންމަ އާދޭ ސައިބޯގެން… ވީ ވިލް ބީ ވެއިޓިން.. އޯކޭ ވަރަށް ސަލާމް” ދުއާއެހެން ބުނެ ފޯނު ކަނޑާލިއެވެ.
“އޭތް.. ކޮންތާކަށް ގެއްލިފަ…” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދުއާ އަހަރެންގެ ގައިގަ މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
“ހަޔާ ބުނީ އެ އަންނަނީއޯ.. ސޯ އައި ވޯންޓް ޓު މޭކް އަ ޕެއިންޓިން. ދޮންބެ ވަރަށް ލައިކް ވާނެ..ސޯ އައިމް ގޮއިން” އެހެން ކިޔާފައި ދުއާ ދިޔައެވެ.
އަހަރެންވެސް ސައިބޯ ނިންމާލުމަށްފަހު ދުއާ ކޮޓަރިއަށް ދިޔައީމެވެ. ދޮރު ހުރީ ހުޅުވާފައެވެ. އޭނަ ކޮޓަރިތެރޭ ކުރާ މަސައްކަތް ދޮރު ކައިރީ ހުއްޓުމުން ފެނެއެވެ.
އަހަރެން ދޮރު ކައިރީ ހުއްޓުލީމެވެ. އޭރު ދުއާ ކުރަހަން މަސައްކަތް ކުރަމުން ދިޔައެވެ. ދުއާގެ މޫނަށް ތަފާތު ވައްތަރު ޖައްސަމުން ކުރަހަން މަސައްކަތް ކުރަމުން ދިޔައެވެ. ދުއާ އުޅެގޮތް ފެނިފައި އަހަރެންނަށް ބަލާކަށް ނުހުރެވުނެވެ. އޭނާއާހެދި ކުރަހަން އެނގޭމީހުން ވެސް ލަދު ގަންނާނެއެވެ.
އަހަރެން އެ ކޮޓަރިތެރެއަށްވަނީމެވެ.
“ހާން އައީ ދޯ… ޑޯންޓް ބުލީމީ އޯކޭ..” ދުއާ އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ބުނެލިއެވެ. އަހަރެން ފެށީ ހޭށެވެ.
“މިހާރު ކިހިނެއްވީ… އަހަރެން ގަބޫލް ކުރަމޭ ކުރަހަން ނޭނގޭކަމަށް.. އެކަމް އަހަންނަށް އިނގޭ ކުލަ ޖައްސަން..” އެއްބުމަ ހިއްލާލަފައި ވަރަށް ފަޚުރުވެރި ވެލާފައި ބުންޏެވެ.
“އަހަރެންނަށް ދޭންވީނު ތި ކުރަހަން…” އަހަރެން ބުނެލީމެވެ.
“ހައްހަް.. އަނިލްތަ ތި އުޅެނީ ކުރަހަން… މަށަށް ހީވަނީ އެލްކޭޖީގަ އުޅޭ ކުއްޖެގެ ކުރުހުމާހެން އެއްވަރު ވާނީ…” ދުއާ އަހަރެންނަށް މަލާމަތް ކޮށްލަމުން ފަންސޫރު ދިއްކޮށްލިއެވެ.
“ތިޔެއް އެނގިދާނެއެއްނު.” އަހަރެން ބުނެލީމެވެ. ދުއާ އަހަރެންނަށް ކުރަހަންވީ އެތި ދައްކާލިއެވެ. އަހަރެން ފަސޭހަ ކަމާއެކު އެ ކުރަހާ ނިންމާލީމެވެ.
“އޯ… އައި ތޯޓް ބިޒްނަސް ޑީލްތައް ހަދަން އެކަނި ކަމަށް އަނިލް މޮޅުވާނީ.. ބަޓް ޔޫ ޕްރޫވުޑް މީ ރޯންގް…” ދުއާ ބުނެލިއެވެ.
“އެކަމް މީގަ މިހުރީ ޕެންސިލްއިން ޝޭޑް ކޮށްފައެއްނު.. ކިހިނެއް ކުލަ ޖައްސާނީ…” ދުއާ ބުނެލިއެވެ.
“ތި އެއްކަލަ ކުލަޖައްސަން އެނގޭ މީހާ… އެއްޗެގަ ކުލަ ޖައްސަން ބޭނުމިއްޔާ ޖެހޭނީ ޝޭޑްތައް ފޮހެފަ ކުލަ ޖައްސަން.. ނޫނީ ޝޭޑްތައް މަތީ ކުލަ ޖައްސަން ޕެންސިލް ޝޭޑްތައް މަތީ ކުލަ ޖައްސާފިއްޔާ ޕެންސިލް ޝޭޑް ފެންނަން ހުންނާނެ.” އަހަރެން ބުނެލީމެވެ. އަހަރެން އެ ހުރިހާ އެއްޗެއް ބުނީ ފުން މާނައެއްގައެވެ. ދުއާއަށް ނޭނގޭނެ ގޮތަށެވެ.
“ނޮޓް އޮންލީ ބިޒްނެސްމެން.. އާޓިސްޓެއް ވެސް ދޯ…” ދުއާ ބުނެލިއެވެ.
އަހަރެންވެސް ހީލުމަށްފަހު އެތަނުން ތެދުވެގެން ދާން ހިނގައިގަތީމެވެ. އޭރު ހަޔާ އެ ކޮޓަރި ކައިރީ ހުއްޓެވެ.
“އޯ.. ވާވް… ޔޫ ބޯތު ލުކްސް ގުޑް ޓުގެދަރ.” ފޯނުގައި އިން ފޮޓޯ ގަނޑެއް ނަގައި ދައްކާލަމުން ބުނެލިއެވެ.
“ފަހަރި އެއް ކަމަކު ތި ކަހަލަ ކަންކަން ކުރާކަށް ނުވާނެއްނު. ތި ޑިލިޓް ކޮށްލާ ” ދުއާ ބުނެލިއެވެ.
“ޑިލިޓް ކޮަށްލާނަމޭ ޒައިން އަށް ފޮނުވާފަ.” ހަޔާ ބުނެލިއެވެ. އަހަރެން އެމީހުން ދައްކާ ވަާހަކައަކަށް މާ ބޮޑު ފަރުވާލެއް ނެތެވެ. އަހަރެން ހިނގައިގަތީ އެތަނުން ދިއުމަށެވެ.
“އަނިލް ބުނެބަލަ ހަޔާ ކައިރީ އެ ޑިލިޓް ކުރަން.” ދުއާ ބުނެލިއެވެ.
“ނުބުނާނަން. އެއީ އަހަރެންނަށް އިނގޭ އަހަރެން އެ ގަޑީ ކީއްކަން ކުރީ… އަހަރެންނަށް އަހަރެންނެއް ނޯޅޭނެ.”
އެހެން ބުނުމަށްފަހު އަހަރެން ބޭރަށް ދިޔައީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.

Hello there, guys! All feedback is appreciated. How did you find it? ❤
very nice waiting for next episode
Thank you, Wednesday ❤
konirakun next part nehreny
On Wednesday ❤
Kohbaa aneh baai
Wednesday ❤
how many episode are there in total
I still dunno as i am writing, not more than 20.
Kohbaa next part miadhu mee Wednesday
kohbaa aneh part adhi vx upload eh nukurey
ailessh kohbaa tha next part?
Hello guyss. I apologise for being late. Also I have already submitted 6th part for review.
Where is next part can’t see
After admin teams approval, I think it will be submitted today 🤍
today is gonna to end. 5hr left.
but 6th part is not yet uploaded.
I agree thats not aileesh fault.
waiting for next part