ކުލަ 1
ހިތުގައި ހިނގާ އިހްސާސްތައް އަހަރެން ހިއްސާ ކުރަނީ ކެންވަސް އާއެވެ. ފިއްސެއްގެ ޒަރިޔާއިންނެވެ. އަހަރެން ފިއްސާއެކު ކެންވަސްތަކުގައި އެކި ކުލަތައް ޖެއްސުމުގައި ހޭދަ ކުރެވޭ ކޮންމެ ސިކުންތަކީވެސް އަހަރެންނަށް ވަރަށް އުފާވެރި ވަގުތު ކޮޅެކެވެ.
އަހަރެންގެ ހަޔާތުގެ ކަޅާ ހުދުގެ ރާސްތާ ތަކުގައި ކުލަ ޖައްސުވައިދޭ އެ ވަގުތު ޖައްސައިދޭކަހަލައެވެ. ދުނިޔޭގެ ހަލަބޮލި މާހައުލާ އަހަރެން މުޅިން ދުރުކޮށްލާ އަހަރެންގެ ހަށިގަނޑު “ރިލެކްސް” ކޮށްލާދެއެވެ.
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އަހަރެން ދިޔައީ ކުރަހަމުންނެވެ. ބޭރުގައި އިވެމުންދިޔަ އަޑުތައް އަހަރެންގެ ކަންފަތަށް އިވެމުން ދިޔައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ ކިރިޔާ އަޑެއް އިވުނު ނަމަވެސް އަހަރެންގެ ބޮލަށް އުދަނގޫވެއެވެ. އެއީ ކީއްވެ ކަމެއް ޚުދު އަހަންނަކަވެސް ނޭނގެއެވެ. ބައެއް ފަހަރު އަހަރެން އެމީހުން ކައިރީ ގޮސް ހުއްޓާލާށޭ ބުނަން ވެސް ބޭނުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟
އަހަރެންނަކީ އެމީހުން ކުރިމަތީ އެއްވެސް އަގެއް ހުރި މީހެއްނޫނެވެ. މި ދުނިޔެދުށް ބޭކާރު މީހެކެވެ. ދުނިޔޭގައި މައިންބަފައި ތިބެ އެމީހުންނަކީ އަހަރެންނަށް މަރުވެފައިވާ ބައެކެވެ. އެކަކުވެސް ދެވަނަ މީހަކާ މެދު ފިކުރެއް ނުކުރާނެއެވެ. ކޮންމެ މީހެއް ވެސް މަސްރޫފް ވާނީ އެމީހެއް އަމިއްލަ ކަންކަމާއެވެ. އެމީހުންގެ އަމިއްލަ ހަޔާތާއެވެ. އަމިއްލަ އުފާތަކާއެވެ.
ކުރަހާ ނިންމާލުމަށްފަހު އަހަރެންގެ ކޮޓަރިން ބޭރަށް ދިޔައީމެވެ. މެންދުރު ކެއުމަށްޓަކައެވެ. ކާއެއްޗެއް ނުހުންނާނެކަން އެނގޭ ހާލުއެވެ. އަހަރެންނަށް ރައްދުވާނެ ހުރިހާ ބަސްތަކެއް އަހަންނަށް އިނގޭ ހާލުއެވެ.
“އަނިލް…! ނިކުމެވިއްޖެ ދޯ؟ އޮފީހަށް ނުދާ ދުވަހެއްވެއްޖާ ކޮޓަރީ ދޯ އޮވެވޭ ކަމަށްވަނީ…!”
އިވުނީ ދޮންމަންމަގެ ނުރުހުމުގެ ބަސްތަކެވެ. އަހަރެން ދެކެ ދޮންމަންމަ ރުޅި އަންނަންވީ އެއްވެސް ސަބަބެއް އަހަރެންނަށް ނޭނގެއެވެ. އަހަރެންނަކީ ‘ބިޒްނަސްމެން’ އަކީމެވެ. އެއްވެސް މީހަކަށް ބަރޯސާ ނުވެ އުޅުމުގެ ފުރުސަތު އަހަރެންނަށް އެބައޮތެވެ. ކުރުގޮތަކަށް ބުނާނަމަ އަހަރެންނަކީ ފަގީރަކަށް ނުކިޔާނެއެވެ. ދެން ދޮންމަންމަ އަހަރެން ދެކެ ރުޅި އަންނަންވީ ކީއްވެހެއްޔެވެ. ފަހަރުގައި އަހަރެންނަކީ….. ނޫން ނޫން އެހެންނެއް ނުވާނެއެވެ.
އަހަރެން ދޮންމަންމަ އަށް ބަލާލައިފާ އެއްޗެކޭ ނުބުނެ ދިޔައީ ބަދިގެއަށެވެ. އަމިއްލައަށް ކަޅުސައިތައްޓެއް ހަދާ ބޯލާށެވެ. އަހަރެންނަށް ރެސްޓޯރެންޓް ފަދަ ތަންތަނުން ކެއުމުގެ ބާރު އެބައޮތެވެ. ނަމަވެސް އަހަރެންގެ ރައްޓެސެއް ކަމަށްވާ ޒައިން ފިޔަވާ އިތުރު އެހެން މީހަކާއެކު ބޭރަށް ދާހިތެއް ނުވެއެވެ. މި ދުވަސް ކޮޅު ޒައިން ރަށަކު ނޫޅެއެވެ.
ޒައިން އަކީ އަހަންނާ ސްކޫލް ދައުރުންސުރެ ދިމާވި އެންމެ ގާތް އެކުވެރިޔާއެވެ. ދެގޮތެއް ނުވެ އަހަރެންނާއެކު އަހަރެންނަށް ދިމާވި ދަތިތަކާއި އަހަރެންގެ އަތުގައި ހިފައި ކުރިމަތިލިއެވެ. ދެމީހުން އެކީގައެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅައި އަހަރެންނާ އެކު އަބަދުވެސް ހުރެއެވެ. މިއަދު އަހަރެން ދުނިޔޭގައި މިހުރީ ޒައިންއާ ހެދި އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ކަޅުސައިތަށި ބޯ ނިންމާލުމަށްފަހު އެނބުރި އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. އެވަގުތު ދޮންމަންމަ ފެންނަން ނެތުމުން ހިތާ ހިތުން ޝުކުރުވެރި ވެވުނެވެ.
އަހަރެން ކޮޓަރިއަށްވަނެ އެނދުމަތީ ޖައްސާލީމެވެ. އަހަރެންނަށް ވިސްނާލެވުނެވެ. އަދު އަހަންނަކީވެސް 25 އަހަރު ވެފައި ހުރި ޒުވާން ފިރިހެނަކީމެވެ. އަމިއްލައަށް ދިރިއުޅުމެއް އުޅެވޭނެ ވަރުގެ ޤާބިލްކަން އަހަރެންގެ ގައިގާ އެބަހުއްޓެވެ.
ދެން އަހަރެން މި ޖަލެއް ކަހަލަ ގެއެއްގައި އުޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ.؟
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.

Feshun kiyaalaafa hiyeh nuve vaahaka reeethi vedhaane henneh
Thank you, i really appreciate this comment ❤
Masha allah
Feshu vrh reethi
Really interested to read the upcoming parts <3
Than you so much ❤
vrh salhi …
thankolheh kuruvee episode. kiya kiya huhta hk nimihje.
but waiting for next part kon irakun 2 nukunnaanee.
Zain haadha rangalhey since Anil is alive because of
him.
Love u …. keep it up ur work
Thank you..! 💐
In sha Allah very soon.!
vrh salhi …
thankolheh kuruvee episode. kiya kiya huhta hk nimihje.
but waiting for next part kon irakun 2 nukunnaanee.
Love u Zain and anil. u are the best
Ahaha.. me Too… I love both of them ❤
Feshun varha reeti
I love this story 😀😻
When is next part
It’s already submitted, thank you..! ❤
Nice.i m also writing a story like this in the 1st person’s view.Be sure to check it out please.its ހިތް އެދޭގޮތް ބޭނުންވެއެވެ
I have already read that story, it’s amazing ❤
Thank you ❤
yeah I already read it queen waiting for 2 part