މާޒީ
“ދުއާ ނޫން އިތުރު މީހަކާ ނުގުޅޭނަން.” އަނިލް އޭނާގެ ގޮތްދޫނުކުރުމުގެ ސިފައަށް އަލުން އައެވެ.
“ކިތަންމެ ގަބޫލް ކުރަން ދައްޗަސް ދުއާ ވަނީ މިހާރު މާޒީގައި. ހުރިހާ ވެސް އުންމީދަކީ އާދިން އެއްނު.” ޒައިންގެ މަޑުމައިތިރި ރާގުގައި ބުނެލިއެވެ.
*
“އަހަރެންނަށް ދުވަހަކުވެސް އަހަރެންގެ މަންމަ އެއް ނުފެނޭ. އެހެން ކުދިން މަންމައާއެކު އުޅޭތަން ފެނުނީމަވަރަށް ދެރަވޭ.” ގިސްޖެހެމުން ތުއްތު އާދިންގެ ހިތުގެ ޝަކުވާ އިއްވާލިއެވެ. އެވަގުތު އަޑު އަހަން އިން ސާރާގެ ލޮލުން ކަރުނަ ނިރާލިއެވެ.
*
“އަނިލްވެސް ދެން އެހެން އަންހެން ކުއްޖަކާ ގުޅެން މަންމަމެނަށް ފެންނަނީ… އަބަދު ތިހެންނެއް ނުހުރެވޭނެ.” އަނިލްގެ ދޮންމަންމަގެ ޝަކުވާއަކީ އެއީއެވެ.
“ޝިޔާވެސް ކައިވެނި ކޮށްފި. އެ ސޮރުގެ ކަންކަން މަންމައަކަށްވެސް އަބަދަކު ނުބެލެހެއްޓެނެއްނު. ދެންހުރީ އައިޝާ އެ މަންޖެވެސް ފުރާވަރަށް އަޅާފަ އެހުރީ.” އެ ޝަކުވާތައް އިތުރު ކޮށްލިއެވެ.
*
“ސާރާ ގަބޫލް ނުކުރިއަސް އާދިން ވަރަށް ސީރިއަސް. ކްލާސް ތެރޭގަ ކޮންޓްރޯލްއެއްވެސް ނުކުރެވެ. އެހެންވަންޏާ އެހެން ކުދިންގެ ކިޔެވުން ވެސް ހަލާކު ވާނެއްނު.” ހައިމާ، ސާރާއާއި ދެކޮޅު ހެދިއެވެ.
*
“ދަރިފުޅު ކޮން އިރަކުން މީހަކާ އިންނަނީ މިހާރު އެއޮށް ސައުވީސް އަހަރުވީ…” އެއީ ސަމްރީން އަބަދުވެސް ސާރާއަށް އަޑުލާންޖެހޭ ސަބަބެވެ.
“ބައްޕަވެސް ގަބޫލް ކުރާ ގޮތުގައި ދަރިފުޅު މިހާރު ތިހުރީ އެ އުމުރުގައި. އެކަމް ބައްޕަމެން ފޯސް އެއް ނުކުރާނަން.” ސާރިމްވެސް ސަމްރީން އާއި އެއްބަސްވިއެވެ.
ނޯޓް.: މިއީ ‘ކުލަ’ އަދި ‘ތަގުދީރު’ގެ ޝަޚުސިއްޔަތްތަކުގެ މައްޗަށް އެކުލަވާލައި ލިޔާ ހިޔާލީ ވާހަކައެއް.
(ސީޒަން ދެއެއް ގޮތަކަށް.)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Heeve reethi vedhaane hen
Let’s c vaa gotheh
when nukunnaany?
keen hurihaa part eh ves kula and thagdheeru ge adhi comment nukuriyas vrh reethi