ކޮޓަރީ އިރުކޮޅާކު އެހެން އޮވެލުމަށްފަހު ރޜގަނޑުގެ ކެއުމަށް އިންސާފު ކުރަން ބޭރަށް ނިކުތީމެވެ. މިރޭމީ ބޮޑުރެއެއްކަން އެނގިހުރެއެވެ. މަންމަގެ އިތުބާރު އަހަރެންނަށް ގެއްލޭނަކަން އިނގުހުރެެއެވެ. ނަމަވެސް ސާރިމްއަކީ ގޯސްމީހެއް ނޫނެވެ. މަންމަމެން ކުރިމަތީ ނާފިއުއަށްވުރެން އެތައްހާސް ގުނަ ރަނގަޅުވާނެޔޭ އަހަރެންގެ ހިތް ބުނެއެވެ. ސާރިމް އަކީ އަހަރެންގެ ފިރިމީހާކަން އެނގުމުން މަންމަ ވާނީ އުފާ ކަންނޭނގެއެވެ.
އަހަރެން ދިޔައިރު ކާނ ހުރީ ތައްޔާރުވެފައެވެ. ޔައިލް އާއި އަޔާންއާއި މޭޒު ކައިރީ ތިއްބެވެ. މަންމަވެސް ތަށި ހިފައިގެން އައިސް އަހަރެން ކުރިމަތީ ބަހައްޓާލިއެވެ. ކެއުމުގެ ތެރެއިން އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޔައިލް އާއި އަޔާން އިނީމަ ކަންނޭނގެއެވެ. ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ޔައިލް އާއި އަޔާން ދިއުމުން މަންމަގެ ސުވާލުތައް އަމާޒުވާން ފެށިއެވެ.
“މި ގަޑީ ރަނގަޅު އުޒުރެއް ނުދެއްކިއްޖާ މަންމަ ނާފިއު އަށް ގުޅާފަ އަންނަ ހަފްތާގައި އިނުމުގެ ކަންކަން ހަމަޖައްސާނަން.” މަންމަ އެހެން ބުނީ އަހަރެންނާ ދިމާ ނުބަލައެވެ. އަހަރެން މީހެއްގެ އަތްބަކަށްވުން އުޒުރަކަށް ފުދޭނަކަން ކަށަވަރެވެ. ނަމަވެސް ބުނާނީ ކީކޭ ހެއްޔެވެ؟
“ކީއްވެ ހޭ ނާފިއު އާއި ރުޅިވީ…!” އަހަރެން އެއްޗެކޭ ނުބުނުމުން ސުވާލު ތަކުރާރު ކޮށްލިއެވެ.
“އަހަރެން…އަހަރެން…” އަހަރެން ހިތްބިރުގަންނަ ފެށިއެވެ.
“ހޫމް ކީއްވެޔޭ؟” މަންމަގެ އަޑުގައިވީ ރުޅިވެރިކަމެވެ.
“އަހަރެން މީ… އަނމް…. މީ…” އަހަރެންވެ ދޫ ހަރަކާތް ކުރަނީ އެހިސާބަށެވެ.
“އަހަރެން މީ… ހޫމް އަޑު އުވޭބަ އެ.” މަންމަ އަހަރެން ކުރިމަތީ އިން ގޮނޑީގައި އިށީނދެލިއެވެ.
“އަހަރެން މީ މީހެއްގެ އަތްބެއް.” ދެލޯ މަރާލުމަށްފަހު ހިތުގައި އަތް އަޅާލައި އެހެން ބުނީ ހުރިހާ ލަދެއްގައި ބެދި މަންމަގެ އިތުބާރު ގެއްލުނަސް ހެޔޮކަމަކަށެވެ.
“ކީކޭ؟ ކާކުގެ؟ ކިހިނެއް؟ ކީއްވެ؟ ކޮންތާކު؟” މަންމަގެ އެ ފަސް ކާފަށް ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ. އަހަރެންނަށް ރޮވުނީއެވެ.
“މި ކުރާ ސުވާލަށް ޖަވާބު ދޭށޭ… އަހަރެން ސުވާލު މިކުރަނީ ސަމްރީން ނޫރް އާއޭ. ކަލެއަށް ކަލޭ ބައްޕަގެ ނަން ފަހަތަށް ލުމުގެ ހައްގެއް ނޯންނާނެ.” އޭގައި އަހަރެންގެ އެއްވެސް ކުށެއް ނެތެވެ. އަހަރެންނަށް ރުޔުން ނޫން އިތުރު ކަމެއް ނެތެވެ.
“ބުނޭ ތީ ދޮގެކޭ… އަހަރެން ގަބޫލެއް ނުކުރާނަންއެ ކާކު ކަން ނުބުނަންޏަ….” މަންމަ ހުރީ ރުޅިއައިހެވެ. ސާރިމް އޭ ބުނުމުން ރުޅި މައިތިވެދާނެއެވެ.
“ސާ…ސާ…ރިމް” އަހަރެން ބުނީމެވެ.
“މީ ދޯ އޮފީހަށް ގޮސް ގަންނަ ގަނޑަކީ. ޕާކިސްތާނަށް ދިޔައީ ހަނީމޫންއަށް ދޯ…! ކަލޭ މަށް ބޭވަފާތެރިއެއްނު ތިވީ…! މަ ހީކުރީ ތީ މަށްށް ލިބުނު ޖަވާހިރެއް ކަމަށް ނަމަވެސް ކަލޭ ކުންޏަށްވެސް ނުފުދޭ… މިކަން ސާރިމްގެ އާއިލާއަށް އިނގޭތަ؟” މަންމަ ފަހުން ކުރި ސުވާލަށް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނީމެވެ.
“މަށަށް އޭރުވެސް ހީވިޔީ ޝަނާޔާގެ ގެޔަށް ގޮސް އުޅެނީ މިކަމުގައޭ..” މަންމަގެ ވިހަ ބަސްތަކާއި ކުރިމަތިލާހާ ހިތްގަދައެއް ނޫނެވެ.
“މަންމާ ހެޔެނުވާނެ.! ޝަނާޔާ މެނަށް މީގެން އެއްކަމެއްވެސް ނީނގޭނެ. އޭނާ މަޖުބޫރުން..”
“ޚަބަރުދާރު. ކަލޭ މީގެ ފަހުން މަށަށް މަންމަ ކިޔައިގެން ނުވާނެ. މަޖުބޫރަކުން ނުވާނެ ކަލޭ ބޭނުން ނަމަ ނޫނެކޭ ބުނެވޭނެ. މިއީ އިސްލާމް ދީން. ކަލޭގެ އާއިލާއެއް މިއަދުން ފެށިގެން ނޯންނާނެ. މިގެއިން ނުކުމެގެން ތިޔަ ސާރިމެއްގެ ގެޔަަށްދޭ.” އެ ވިހްގަދަ ބަސްތައް އަޑުއަހަން އަންހެން ދަރިއަކަށް ކެތްވާނެހެއްޔެވެ.
“ކަލެއަކަށް ނީނގޭނެ ކަލޭގެ ބައްޕަ ކަލޭއަށް ދެކުނު ހުވަފެންތަކެއް.. ނަސީބެއް ކަންނޭނގެ މި މަންޒަރު ދެކެން ދުނިޔޭގަ ނެތްކަން.” މަންމަގެ ރުޅިވެރިކަމާއި ކުރިމަތިލާން އަހަރެންނަށް މަޖުބޫރުވިއެވެ.
“ކީއްކުރަންހޭ؟ ކީއްވެހޭ މި އަހަނީ. ކަލޭއަށް ވާހަކަ ވެސް ނުދެއްކޭތަ.؟ ސާރިމް ގެ މީހުންނާވެސް ވަގަށް! އެންމެ ފަހުން މަށަށް ކަންނޭނގެ ޖެހޭނީ ބޭޒާރުވާން.” ބޭޒާރުވީ އަހަރެންނެވެ.
“ހޫމް.. ކަލޭ ތިއުޅެނީ ނުަލަފާ ކަމެއް ކޮށްގެންދޯ.!” މަންމަ އެކަމަށް ޝައްކު ކުރާނެޔޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ.
“ނޫން މަންމާ… ތިހެން ނުބުނޭ..” ރޮއެ ގަނެވުނީ ބާރަށެވެ.
“ކޮންމެހެން މަކުރިމަތީ އާޓް ޖައްސާނެ ކަމެއް ނެތް! ސާރިމް ކުރިމަތީ ތިޔަ ވައްތަރެއް ޖައްސާ..! މި ގުޅަނީ ސަމީރާއަށް..” މަންމަ ފޯނު ނަގަން އުޅުމުން އަހަރެން ހުއްޓުވީމެވެ.
“މަންމަ ބުނި ކަމެއް ކުރާނަން. ސަމީރައްތަ ކައިރީ ނުބުނާތި.” އަހަރެން މަންމަގެ ފައިބުޑަށް ވެއްޓި އާދޭސް ކުރީމެވެ.
“ހޫމް ނުބުނާނަން. އެކަމް ކަލޭ މަ ކުރިމަތިން ފެއްސިގެން ދާ މަތިން.” މަންމަ އެހެން ބުނުމުން އިތުރަށް ރޮވުނީއެވެ. އެއީ އަހަރެންގެ މަންމަ ކަމާމެދު ވެސް ޝައްކުވާން ފެށިއެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އަންހެން ކުއްޖަކަށްވުން ހެއްޔެވެ؟ ހިތްވަރު ނެތި މަޖުބޫރު ވުން ހެއްޔެވެ؟ އަހަރެންގެ ބައްޕަ ދުނުޔޭގައި ނެތުން ހެއްޔެވެ؟
“އަދިވެސް އިނީތަ؟ ދާށޭ.” ފައިން ޖަހާ އަހަރެން ކޮށްޕާލަމުން މަންމަ ބުނެލިއެވެ. އެވަގުތު ހާޓް އޓޭކެއް ނުޖެހުނީ ކިރިޔާއެވެ.
“އެކަމް މަންމާ ވަރަށް ދަންވެއްޖޭ. ވާރޭ ވެސް”
“މަންމަ ނުކިޔާށޭ… ކަލޭ ފިރިމީހާ ކައިރިއަށްދޭ. މިއޮތީ ފޯނު އިތުރު އެއްޗެއް ގެެންގޮސްގެންވެސް ނުވާނެ” މަންމަގެ ކިބަޅިފަރާތް ފެނި ދެރަވާން ފެށިއެވެ. ބޮލުގައި ރިއްސާ ހުން އައެވެ.
އަހަރެން ބޭރަށް ނުނިކުމެއް އިންނަން ފެށުމުން އަތުގައި ހިފައި ބޭރަށް ނެރެލިއެވެ. އެވަގުތުވެސް އެހެން ނުހެދުމަށް ބުނެ ރޮއެ އާދޭސް ކުރީމެވެ. އެ އާދޭސްތަކުގެ އަގެއް ނެތެވެ. އެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ.
ނިކަމެތިވިތާ ނިކަމެތިވެގެން ހިތްތިރިކޮށް ބޭރަށް ނިކުތީ ﷲ އެއްވެސް އަޅަކަށް ނުއުއްފުލޭ ވަރު ބުރައެއް ނުޖައްސަވާނޭ ބުނެ ހިތްހަމަ ޖައްސަމުންނެވެ.
ތުރު ތުރު ލަމުން ދިޔަ އަތުން ސާރިމްގެ ނަންބަރު ނަގައި ގުޅާލީމެވެ. ފުރަތަމަ ފަހަރު ފޯނެއް ނުނެގިއެވެ. ދެތިން ފަހަރު ގުޅުމުން ފޯނު ނެގިއެވެ.
“ސާރިމް…” އަހަރެންނަށް ރޮވުނެވެ.
“ކިހިނެއްވީ.؟” އެހެން އަހައިލީ މަޑު މަޑުންނެވެ. އިތުރަށް އެއްޗެކޭ ނުބުނެވި އަނެއްކާވެސް ރޮވުނީއެވެ.
“ކިހިނެއްހޭ ވީ..” މިފަހަރު އެ އަޑުގައިވީ ރުޅިވެރިކަމެވެ.
“ގެއި..ން ނެ…ރެލީ..” ތުރުތުރުލަމުންދިޔަ ހާލު ބުނެލީމެވެ. އިތުރަށް އެކޮޅުން އެއްޗެކޭ ނުބުނެ ފޯނު ކަނޑާލިއެވެ. ސާރިމް މުހައްމަދުގެ އަންހެނުންނަށް މިޖެހުނީ މަގުމަތިވާށެވެ. ލިފްޓުން ތިރިއަށް ފައިބެ ގްރައުންޑް ފްލޯގައި މަޑުކޮށްލީ އެއްވެސް ކަހަލަ އުންމީދެއް ނެތްގޮތަށެވެ. އަހަރެންގެ އަތުގައި ލާރިއެއް ނެތެވެ. އެކައުންޓުގައިހުރި މަދު ފައިސާ ކޮޅުން އަހަރެންނަކަށް ކޮޓަރިއެއްގެ ކުއްޔެއް ނުދެއްކޭނެއެވެ. މަޑު މަޑުން ތިރިީގައި އިށީނދެލީމެވެ.
މިއަދު ގެ ދޫކޮށް މިދަނީ އެތައް ހަނދާން ތަކެއް އެ ގޭގައި ބަހައްޓާފައެވެ. ބައްޕަގެ ހުރިހާ ކަމެއް ގުޅިފައިވި ގެ ދޫކޮަށެވެ. ކޮއްކޮމެންނާ ޖަހާ ސަކަރާތުގެ އަޑު ކަންފަތުގައި ގުގުމެމުން ދިޔަ ކަހަލައެވެ. ސްކޫލްގެ “ބެސްޓް އޯލް ރައުންޑް” ހޯދައި އެ ކާމިޔާބީ ފާހަގަ ކުރި ގެ ދޫކޮށްލުމަށްފަހު ދާންޖެހޭތީ ދެރަވެއެވެ.
ބައްޕަ ހުރި ނަމައެވެ. ބައްޕަ ހުރިނަމައެވެ. ބައްޕަ ހުރިނަމައެވެ. އެއް ޖުމުލައެއް ސިކުނޑިތެރޭ ހުއްޓުމެއްނެތި ގުގުމާލާފައި ހުއްޓެވެ. ދެލޮލުން އަންނަމުން ދިޔަ ކަރުނައަށް ނިމުމެއް ނެތެވެ. ހުއްޓުމެއް ނެތެވެ.
ހުރިހާ ޚިޔާލްތަކާއި ދުރުވީ ސާރިމް ގުޅުމުންނެވެ.
“ބޭރަށް އާދޭ..” އެހެން ބުނެ ފޯނު ކަނޑާލީ އަހަރެންގެ ޖަވާބަކަށް މަޑުނުކޮށެވެ.
ބޭރަށް ނިކުތްއިރު ސާރިމް މަގުމަތީ ހުއްޓެވެ. ގެ އިންނަނީ ހަނި ހަނޖ ގޯޅިއެއްގައި ކަމުން ކާރަކަށް އެތަނަކަށް ނުވެއްދޭނެއެވެ. ކާރުގައި ސާރިމް މަޑުކޮށްގެން އިން ހިސާބަށް ދެވުނު އިރު މީހާގެ ގައިގާ ފެނުގެ އަސަރު ހުއްޓެވެ. އައިއްސާ ހުރި ހުމުގައި ފިނިފެން ޖެހުމުން ދެންވާނީ ކިހިނެއްހެއްޔެވެ؟
ގުޑުގުޑުލާ ހާލު ސާރިމްހެ ކާރަށް އެރީމެވެ. އަހަރެން ސާރިމްގެ މޫނު ދެކޭކަށްވެސް ބޭނުމެއް ނޫނެވެ. ކިތަންމެ ބޭނުންނުވިނަމަވެސް އޭނާއަށް ބަރޯސާ ވުން ނޫން ގޮތެއް ނެތެވެ.
ސާރިމްއަށް އަހަރެންނަށް ވަމުންދިޔަ ގޮތް ނުފެންނަނީ ކަންނޭނގެއެވެ. އޭނަ އަކީ ކަނު މީހެއް ނޫނެވެ. އެހެންވެއްޖާ ފެންނަން ޖެހޭނެއެވެ.
ކާރުގޮސް މަޑުކޮށްލީ އެ ގެއަކަށް އަހަރެން ޝަނާޔާ ކައިރިއަށް ދާ ގޭ ކުރިމަތީއެވެ. ކާރު ޕާކު ކޮށްލުމަށްފަހު އަހަރެންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ލިފްޓަށް އެރުވިއެވެ. އޭރުވެސް ވީ ކީއްތޯ ނާހާލައެވެ. އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އަނެއްކާ މިރޭ ސަމީރައްތަގެ ވިހަގަދަ ބަސްތަކާއި ކުރިމަތިލާކަށް ނުޖެހޭނެބާއެވެ؟
ލިފްޓުން ދިހަވަނަ ފްލޯ އަށް އަަރައި އަޑުގަދަ ނުކުރުމަށް ބުންޏެވެ. ތަޅުދަނޑިން ގޭގެ ދޮރު ހުޅުވާލައި އަހަރެންގެ އަތުގައި ހިފައި ވެއްދީ އޭނާގެ ކޮޓަރިއަށެވެ. ގެޔަށް ވެރިވެފައިވި ހަމަ ހިމޭންކަން ފެނި ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ހެދުމެއް ނެތް؟” ސާރިމް އަހާލިއެވެ. ބޯޖަހައިލީމެވެ. އޭނާގެ އަލަމާރިން ގަމީހެއް ނަގއއި ދިއްކޮށްލިއެވެ. ތުވާއްޔެއް ދީ ފެންވަރަށް ވަނުމަށް އިޝާރަތް ކުރިއެވެ. އަހަރެން ފެންވަރަން ވަނުމުން ސާރިމް ބޭރަށް ދިޔަކަން އެނގެއެވެ.
ފެންވަރައި ތާޒާވެލީމެވެ. ސާރިމްދިން ގަމީސް އަހަރެން ލައި ބޭރަށް ނިކުތީމެވެ. ތިރިން އެކައްޗެއްވެސް ނުލަމެވެ.
ހަދާނެގޮތް ނޭނގޭތީ އިސްތަށިގަނޑުގައި ތުވާލު އޮޅާލުމަށްފަހު ސޯފާގައި އިށީނެލީމެވެ. އެވަގުތުވީ ސާރިމްވެސް ކޮޓަރިއަށް ވަގުތަށެވެ. ދެފައި އޮތީ އެއްކޮން ހާމަ އަށް ކަމުން ވަރަށް ލަދުގަތެވެ. ނަމަވެސް ސާރިމް އެކަމަށް އަޅާލި ހެންނެއް ހިޔެއްނުވެއެވެ.
“އަން މި ކާލަބަލަ.” ފޮތި ޖަހާފައިހުރި އޮރެންޖު ތަކަކާއި އާފަލުތަކެއް ދިއްކޮށްލަމުން ސާރިމް އަހާލިއެވެ. އެންމެ ހައިރާންވީ ވީ ގޮތެއް އޮޅުން ނުފިލުވުމަށެވެ.
“ސާރިމްް…” އެ ގެނާ ތަށި ދުރުކޮށަލުމަށްފަހު ސާރިމްގެ ގައިގާ ބައްދާގަނެވުނީ ރޮމުންނެވެ. މަޑު މަޑުން އޭނާގެ ދެއަތް ގެނާސް އަހަރެން ވަށާލިއެވެ.
“ސާރިމް… އަހަރެންގެ މަންމަވެސްް… އަހަރެންގެ ބައްޕަވެސް ނެތް…. ސާރިމް ކީއްވެތަ…؟” ބޭނުންވާވަރަށް އެ މޭ މަތީ އޮވެ ރޯލީމެވެ. މިހުރިހާ ކަމެއްވީ އޭނާގެ ސަބަބުން ކަން ހަނދާން ނެތުނު ކަހަލައެވެ. ހިތުގައިވި ހުރިހާ ޝަކުވާތަކެއް އޭނާ ކުރިމަތީ ބަންޑުންކޮށްލީމެވެ.
“ސަމްރީން ތިހުރީ ހުން އައިހޭ މި ކައިގެން ބޭސް ކާބަލަ.” އަހަރެން ދުރު ކޮށްލަމުން ރުޅިވެރިގޮތަކއށް ސާރިމް ބުނެލިއެވެ.
“ސޮރީ.” މަޑު މަޑުން އެހެން ބުނުމަށްފަހު ކާން ފެށީމެވެ. އަމިއްލަ އަށް ކުރެވުނު ކަމަކުން ލަދު ގަނެ އިނދެގެންނެވެ. އެ ކައި ނިންމާލުމަށްފަހު ބޭސް ކެއީމެވެ.
“ސަމްރީން އެނދުގައި ނިދާލާ އަހަރެން ސިޓިން ރޫމަށް މިދަނީ. މާދަން އެންމެން ހެލީމަ އަހަރެން ބުނާނަން ނާފިއު އާއި ނީނދީމައޭ ސަމްރީން ގެއިން ނެރެލީ. މިގެޭގަ އުޅެން ޖެހޭނީ ދެން.” އެއްބަސްވާން ބޭނުންނުވި ނަމަވެސް އެއްބަސްވީމެވެ.
“އަދިވެސް އިނީތަ ގޮސް އަރާ އޮށޯވެ ނިދާބަލަ.” އެނދު ދައްކަމުން ސާރިމް ބުނެލިއެވެ. އަހަރެން ސާރިމްގެ ކޮޓަރިއަށް މިވަނީ އަލަށެވެ. ޒަމާނާ އެއް ފެންވަރަށް ހެދިފައިހުރި އެ ކޮޓަރިފެންނަލެއް ކިތަންމެހާވެސް ފުރިހަމައެވެ. ހަތަރު ފާރުގައި އަޅިކުލަ ލެވިފައިވިއިރު ކިންގް ސައިޒްގެ ބެޑްރޫމްސެޓް އެ ކޮޓަރީގެ ޝާހީކަން އިތުރު ކޮށްދެއެވެ. ހަގީގަތުގައި އެ އަނދުގައި ބެޑްޝީޓް އަޅާފައި އޮތްލެއް ފުރިހަމަ ކަމުން އެތަނަށް ދާން ނުކެރުނީއެވެ.
“އޭތް…! ނިދަން ދާށޭ…” އަހަރެން އިންތާ އިނީއެވެ.
ސާރިމް އަހަރެން ނަގައި އޭނަގެ އަތްދަނޑި މަތީ ބާއްވާލިއެވެ. ހަމަޔަށް އޮތް ދެފައިގައި އޭނާގެ އަތްބީހުމުން ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ސާރިމް އަހަރެން ގެންގޮސް އެ އެނދުގައި ބާއްވާލިއެވެ. އެވަގުތު ދެ މީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ބިރުން ހުރިނަމަވެސް ހިތުގައި ކޮންމެވެސް އެއްޗެއް ވާކަން އެވަގުތު އިނގުނެވެ. އެ ދެލޮލުން ބުނެދޭ އެތައް ވާހަކަތަކެއް ހުއްޓެވެ. އޭނާ އަހަރެންގެ މޫނާ ގާތްވަމުން އައިއެވެ.
ނޫނެކެވެ. އެއީ ދުޝަމަނެކެވެ. އަހަރެން އެންމެ ނަފްރަތު ކުރާ މީހާއެވެ. އެހެންހިތަށް އަރައި މޫނު އަނެއްފަރާތަށް އަނބުރާލެވުނެވެ. އެވަގުތު އެއްވެސް ވާހަކައެއް ނުދެކުވުނަސް ބުނީ ކީކޭ ކަން އިނގޭނެއެވެ. ސާރިމް ވެސް އަވަސް ހަރަކާތަކާއެކު ބޭރަށް ނިކުމެގެން ދިޔައެވެ. އަހަރެން އަރައި އޮށޯވެ ނިދަން މަސައްކަތް ކުރިނަމަވެސް ނުނިދުނެވެ. އެނދުގައި އެތައް އިރެއް ވާދެން އެހެން އޮވެވުނެވެ.
ނިދުނީ ދެއެއް ޖެހިފަހުންނެވެ. އަނެއްކާވެސް ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނެވެ. ތެދުވެ ކުރިން ލައިގެން ހުރި ހެދުންލާ ނަމާދު ކޮށްލައިގެން ނިދަން އޮށޯތީމެވެ.
އަހަރެންނަށް ރަނގަޅަށް ނުނިދެނީސް ސާރިމް ކޮޓަރިއަށްވަނެ ވުޟޫ ކޮށްލައިގެން ނިކުތްތަން ފެނުނެވެ. މުސައްލަ ނަގައި އަޅާލުމަށްފަހު ސާރިމް ނަމާދު ކުރިއެވެ. ސާރިމް ކިތަންމެ ބޭރުން ރުންކުރުކޮށް ފެނުނުނަމަވެސް ދީނަށް ސަމާލުކަންދެއެވެ. ސާރިމް އާއެކު ހޭދަވީ ހައެއްކަ ގަޑިއިރުތެރެއިން ކޮންމެ ސިކުންތެއްވެސް އޭނާ އަކީ އަހަރެންނަށް ހީކުރެވޭހާ ނުބައި މިހެއް ނޫން ކަން އަންގައިދެއެވެ.
ެރަނގަޅުމީހެއްނަމަ އެގޮތަށް ކައިވެނި ކުރަނެހެއްޔެވެ.؟
ނަމާދުކޮށް ނިންމާލުމަށްފަހު އަނެއްކާވެސް ބޭރަށް ދިޔައެވެ. އަދިވެސް ހުމުގެ އަސަރު ހުރުމުން އަހަރެންނަށްވެސް ނިދިއްޖެއެވެ.
” ސަމްރީން” ހޭލެވުނި ޝަނާޔާގެ އަޑަށެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Vvv reethi Mi part vs.. Plxx aneh part avahah upload kohdheeba😩
Alheyy!! thank you so much @ailessh
Unmeedhu vx nukoh hutta mi libuny kiyaalan
As usual story is amazing andd really interesting!
waitinn for a new part <3
vrh reethi mi story ves
hurihaa episode eh kiyan comment nukuruyas
waiting for next part
It’s going for 2 days without any update!!🙁