Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަގުދީރު 11

ailessh Level 1
July 23, 2023 4 Mins Read
5 Comments

“ފަހުން ބުނާނަން.” އެހެން ބުނުމަށްފަހު އޭނާ ވަނީ ފާހަނާއަށެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތެވެ. މިއަދު ހިތަށް ލިބިފައިވަނީ ހަމަ ޖެހުމެވެ.

****

“އަނބި ގަބޫލްކޮށްފިން.” ސާރިމްގެ އެ ޖުމުލަ އާއެކު އޭނާގެ މޫނަށް ބަލައިލެވުނެވެ. އެ އަޑުން އެ ޖުމުލަ އިވުނީ އަލަކަށް ނޫނެވެ. ނަމަވެސް ދެ އާއިލާގެ ރުހުމުގައި އަލަށެވެ. ވާންވީ އުފާކަމެއް ނޭނގެނީ ސާރިމް ހިތުގައި އޮތް އެއްޗެއް ނޭނގޭތީއެވެ.

އަހަރުމެން ކައިވެނި ކުރެވިގެން ދިޔައީ ދަރުބާރުގޭގައެވެ. ސަމީރައްތަ ދުލުން ބުނިވަރަށްވުރެން ފުރިހަމަ ނުވިކަމުގައިވިނަމަވެސް އެއްވެސް ކަމެއް އުންޏެއް ނޫނެވެ. ހަގީގަތުގައި ފުރިހަމަ އަށްވުރެ ބޮޑަށް ވެސް ފުރިހަމައެވެ.

އެންމެންގެ މޫނުމަތީ ވީ ހިނިތުންވުމެކެވެ. އުޖާލާކަމެވެ. އުފާވެރިކަމެވެ. އަހަރެންގެ މަންމަގެ މޫނުން ފެނުނު ހިނިތުންވުމުގެ ސަބަބުން މީގެ ދެމަހެއްހާ ކުރިން ހިނގައިދިޔަ ކަންތައް ހަނދާން ނެތުނެވެ.

“ފަހަރިދެކެ ވަރަށް ލޯބިވޭ.” ކައިވެނި ކުރެވުނު ދެ ފަރާތަށް ހާއްސަ ކުރެވިފައި ހުރި ސްޓޭޖްމަައްޗަށް އަރައި ޝަނާޔާ އަހަރެންގެ ކަންފަތް ދަށުގައި ބުނެލިއެވެ.

ހަމަ އެވަގުތުވެސް ހާނިޔާވެސް އެތަނަށް އައެވެ. އަތްފައި ފިނިވެ ހިތްތެޅެން ފެށީ ހާނިޔާ ބުނާނީ ކީކޭ ކަމެއް ނޭނގޭތީއެވެ.

“ދެކުދިންވެސް ވަރަށް ލޯބި. ދައްތަގެ ފަރާތުން ވަރަށް ހެޔޮދުއާ. ވެއިޓިން ފޯ އަ ގުޑް ނިއުސް.” ހާނިޔާ ފަހުން ބުނި އެއްޗަކުން ދެލޯ ބޮޑު ކޮށްލެވުނެވެ. ސާރިމްއާއި ދިމާލަށް ބަލައިލި އިރު ލާނެތްފާޑަކަށް ހޭން ހުރުމުން އިތުރަށް ލަދުގަތެވެ.

ހުރިހާކަމެއް ނިމި ގެޔަށް އާދެވުނު އިރު ދަންވަރު ބާރަ ޖަހަނީއެވެ. ގެޔަށްވަނެ ސިޓިން ރޫމްގައި މަޑުކޮށްލީ ސަމީރައްތަމެން ބުނެގެންނެވެ.

“ދުވަހަކުވެސް ހިޔެއް ނުކުރަން ސާރިމްގެ އަތަބަކަށް ވާނީ ސަމްރީން އޭ. ދެމީހުން އެންމެ ފުރަތަމަވެސް ތަޅާ ފޮޅީވިއްޔަ. ފަހަރެއްގަ ސަމްރީން ހަނދާން ނުވެދާނެ ކުރިންވެސް ސާރިމް އާއެކު ސަމްރީން މިގެޔަށް އައިސް ތަޅާ ފޮޅާނެ.” ސަމީރައްތަ ފެށީ ދިމާކުރާށެވެ.

“މަންމާ.” ސާރިމް ނުގޮތަކަށް އެހެން ބުނީ ލަސްވާތީކަން ކަށަވަރެވެ.

“މިއީ އަހަރެންގެ ހުރި ހަމަ އެކަނި ޅީ ދަރިއަށް އޮތް ހާއްސަ ހަދިޔާއެއް.” ރަން ކެވެލި ކޮޅެއް އަހަރެންގެ އަތުގައި ސަމީރައްތަ އަޅުވައިދިނެވެ. އޭގައި އަރަބިން ސާރިމް އޭ ލިޔެފައި އިނެވެ.

“ވަރަށް ރީތި.” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން އެންމެ ކުރިން ހިތަށް އެރި އެއްޗެއް ބުނެލީމެވެ.

“ސާރިމް މިތާ މަޑު ކުރޭ. ޝަނާޔާ ދޭ ރީން ގޮވައިގެން.” ސަމީރައްތަ އެހެން ބުނީ އަމުރުވެރި ގޮތަކަށެވެ. އޭރު މުހައްމަދުބެވެސް ހޭނ އިނެވެ.

މަޑު މަޑުން ސާރިމްގެ ކޮޓަރިއަށް ޝަނާޔާ އާއެކު ގޮސްވަނީމެވެ.

“ވަން ލާސްޓް ސެލްފީ.” ލޯގަނޑު ކުރިމަތީ ހުއްޓިލައި ފޯނު ދިއްކޮށްލަމުން ޝަނާޔާ ބުނެލިއެވެ. އެއަށްފަހު އެންޖޯއީ އޭ ކިޔާ ޝަނާޔާ ބޭރަށް ދިޔައެވެ.

ކޮޓަރިތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލުމުގެ ފުރުސަތު ލިބުނީ ދެނެވެ. އެނދުމަތީގައި ރަތްފިނިފެންމަލުގެ ފިޔަތަށް ހުއްޓެވެ. މާބޮޑަށް ތައްޔާރު ކޮށްފައި ނެތީ ސާރިމްގެ ސަބަބުންނެވެ. ކައިވެނީގެ ފުރަތަމަ ރޭ ހިނގައްޖެވެ. ނަމަވެސް އަދުވެސް މީ އައު ފެށުމެކެވެ. ވެފައި ހުރިވަރުބަލީގެ ސަބަބުން ބޭނުންވީ އަވަސްވީ ގޮތަކަށް ފެންވަރާށެވެ. ޑްރެސިން ޓޭބަލް ކުރިމަތީ ހުރެ ބޮލުގައި މައްޗަށް ޖަހާފައި ހުޅި ރޫޅާލުމުން ބޮލަށް ކިރިޔާވެސް ލުއިކަން ލިބުނެވެ.

“ހައި.” ކޮޓަރިތެރެއަށް ސާރިމް އައިސް ވަނީ އެވަގުތެވެ.

“އެބަ އަންނަން ފެންވަރައިގެން.” އަހަރެން އެހެން ބުނުމަށްފަހު އަލަމާރިން ހެދުމެއް ނަގަން ދިޔައީމެވެ. އަލަމާރި ހުޅުވާލިއިރު އެއްވެސް ހެދުމެއްގެ އިތުރުން ސާރިމްގެ ގަމީހެއްވެސް ނެތެވެ. ނަމަވެސް ލޭސް ރަތް ކުލައިގެ ނައިޓީއެއް އިނެވެ.

“ވަޓްދަ…” އެހެން ބުނެވުނީ އެއީ ޝަނާޔާގެ ކަމެއް ކަން އިނގުމުންނެވެ.

“ގޮސް އެ ލައިގެން އާދޭ. ސަމްރީން އަހަރެންނަށް ފެންނަން ނުޖެހޭ ތަނެއް ނުފެންނާނެ އެ ލިޔަކަސް.” ސާރިމް އެހެން ބުނީ ހަރުކަށި ރާގަކަށެވެ. މިރޭ އެކަމާ ދެކޮޅު ނުހަދާނަމެވެ.

ފާހަނާއަށްވަނެ ފެންވަރައިގެން އައުމުން ސާރިމްވެސް ފާހަނާއަށްވަނެ ފެންވަރައިގެން އައެވެ.

“ސަމްރީން.” އޭނާ ގޮވީ އަހަރެން ސޯފާގައި އޮށޯތުމުން ކަން ޔަގީނެވެ.

އިތުރު އެއްޗެކޭ ނުބުނެ ސާރިމް އަހަރެން ގޮވައިގެން ގެންގޮސް އެނދުމަތީ ބޭއްވިއެވެ.

“ސަމްރީން. އަހަރެންނާ ދުވަހަކުވެސް ވަކިނުވާތި. ނޯ މެޓަރ ވަޓް. އަހަންނަށް އިނގޭ އަހަރެން ސަމްރީން އާއި މެރީ ކުރީ ރަނގަޅު ގޮތަކަށް ނޫންކަން އެކަމްއެވެސް…” އެހެން ކިޔާފައި އޭނާ ހުއްޓާލީއެވެ. ފޮރުވައިގެން އުޅުނު ސިއްރު މިއަދު އެނގޭނތާއެވެ.

“އެވެސް ސަމްރީން އަހަރެން ލޯމަތިން ގެއްލިދާނެތީ. ވަރަށް މަޖާ ދޯ އަސްލު. ސަމްރީން ނާފިއުއަށް އެދުވަހު ނޯ ބުނި ގޮތުން އަހަރެންވަރަށް އުފާވި. އިނގުނި ޝާޔަލްއާއި ވަރަށް ޑިފަރެންޓް ކަން. އެން އައި ޑޯންޓް ވަނަ ލޫޒް ޔޫ ލައިކް ދަވޭ އައި ލޮސްޓް ޝާޔަލް. އެގަޑީ އަހަރެން ސަމްރީން އާއި މެރީ ނުކުރި ނަމަ ނާފިއު އާއި ވެސް މެރީ ކޮށްފާނުން.” ކިހާ ކެތްތެރިހެއްޔެވެ؟ ދެމަސްދުވަސް ވާންދެން ހިފަހައްޓައުގެން އެހުރި ވާހަކަތައް ބަންޑުން ކޮށްލީ އަދުއެވެ.

“ދުވަހަކުވެސް ދުލެއް ނުކުރާނަން.” އަހަރެން ލޮލުން އައި ކަރުނަްިގެ ސަބަބުން އަހަރެންނަށް ސާރިމްދެކެ ލޯބިވެވުނު ކަން ހާމަވިއެވެ. ދެނެއް ޝައްކެއް ނުވާނެއެވެ.

“މޭ އައި.؟” ސާރިމް އަހަރެންގެ ހަށިގަނޑަށް ބަލައިލިއެވެ. ބޯ ޖަހައިލީ ހުއްދަ ދިނުމުގެ ގޮތުންނެވެ.

*

ހެނދުނު ހޭލެވުނީ އަށެއްވެސް ޖެހިފަހުންނެވެ. ނަސީބު ކަންދިމާ ކުރި ގޮތުން ހޭލެވުނީ އެއްގަޑިޔަކުއެވެ.

“މިސިސް ސާރިމް.” އަހަރެންގެ ނިތްކުރިއަށް ސާރިމް ބޮސްދިނެވެ. ތެދުވަން ބަލައިލި ވަގުތު އެކިތަންތަނުގައި ހުރި އަންނައުނުތައްފެނި ހިނިތުންވެލެވުނެވެ.

“އައި ލަވްޔޫ ގާލް.” އަހަރެންގެ ގައިގާ ބްލޭންކެޓެ އޮޅާލުމަށްފަހު ސާރިމް ބުނެލިއެވެ.އަދި ފާހަނާއަށް ދިއުމަށް އިޝާރަތް ކޮށްލިއެވެ. ދެވަނަ ސިކުންތުގައި ރޭ ލައިގެން ހުރި ގަމީސް ލުމަށްފަހު ބޭރަށް ނިކުތީ ހެދުންތައް ބަލައިކަން ގައިމެވެ.

އިރުކޮޅަކުން ކަޅުކުލައިގެ ހެދުމެއް ހިފައިގެން ސާރިމް އައިސް އަހަރެން އަތައް ފާހަނާގައި ހުއްޓަަ ދިނެވެ.

“ޔޫ ލުކްސް ޕްރިޓީ…” ފާހަނައިން ނިކުތުމާއެކު ބުނެލިއެވެ. ލަދުން ގަތް ނަމްވެސް ރީތިވާން ފެށީމެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން އަހަރެން އަލަމާރިތެރެ ހާވަން ފެށީމެވެ. އެވަގުތު އެތާ އިން ބެގްޕެކް ފެނި ހަމަ ޖެހެވުނެވެ. އަހަރެންނާއި ސާރިމް ކައިވެނި ކުރެވުނު ދުވަހު އިސްތަށިގަނޑު ނިވާކުރަން ސާރިމް ދިން ޝޯލް ރީތިގޮތަކަށް އޮޅައިލީމެވެ.

“މިއޯ” މަންޒަރު ބަލަން އިން ސާރިމް އަހާލިއެވެ.

“ޔޫ ނީޑް ޓު ބީ ސްޕެޝިއަލް ރައިޓް.” އަހަރެން އެހެން ބުނީ އޭނާ ރަކި ކޮށްލާށެވެ. ”

އޯހޯ… ލޯބިވެވުނީ ދޯ.” ސާރިމް ލާނެތް ފާޑަކަށް ބުނެލިއެވެ. އަހަރެން ވެސް ހިނިތުންވެލީމެވެ.

 

4 އަހަރު ފަސް.

“ސާރާ ދޫނީ. ކާލަބަލަ ނިކަން މާމަ އަތުން.” ސަމީރައްތަގެ އަތުގައި އިން ސާރާ ނުކާން ބޮޑާ ދައްކަމުން ދިޔަތަން ބަލަން އަހަރެން އިނީ ހެވިފައެވެ.

ފޯނުން ބައެއް މަންޒަރުތައް ރައްކާކުރަން އިން ސާރިމްވެސް އިރުކޮށްކޮޅާ ހިނިގަނޑެއް ޖަހާލައެވެ.

“ސާރާ ކާނީ ބައްޕިގެ އަތުންނޭ ދޯ.” ސަމީރައްތަގެ އަތުން ސަމުސަ އަތުލަމުން ސާރިމް އެހެން ބުނުމުން އަހަރެން ކައިރިއަށް ހިނިވެސް އައެވެ.

ސާރާއަށް ދެ އަހަރު ވެގެން ދިޔައިރު ސާރިމްގެ ފަރާތުން އަހަރެންނަށް ލޯތްބާއި އަޅާލުން ފިޔާވާ އެކައްޗެއްވެސް ނުލިބެއެވެ.

ޝަނާޔާވެސް ކައިވެނިކޮށްގެން އެހެން ގެޔަކަށް ބަދަލުވިއިރު ސަމީރައްތަ އާއި މުހައްމަދުބެއާ އެކު އުޅެނީ ސާރިމް އާއި އަހަރެންނެވެ.

ކުއްލިއަކަށް މޭނުބައިކޮށް ކުރަން ފެށުމުން ފާހަނާއާއި ދިމާލަށް ދުއްވަގަނެވުނެވެ.

“ޔޫ އޯކޭ.؟” ހޮޑުލައި ނިމުމުން ސާރިމް އަހާލިއެވެ.

“ހައި ކެން އައިބީ.؟ ޔޫ ޑިޑް ދިސް ޓުމީ!” އަހަރެން ޝަކުވާ ކޮށްލީމެވެ. އޭނާ ހުރީ ވާނުވާ ވެފައެވެ.

“އައިމް ޕްރެގް… ” އަހަރެން ބުނެލީމެވެ. އެކަން އަހަރެންނަށް ކުރިންވެސް އިނގެއެވެ. ނަމަވެސް ރަނގަޅުވަގުތަށް ބަލަ ބަލައި ހުރީ ބުނަން ނުކެރިފައެވެ.

އެ ދުވަހު ހީވީ ކުޑަވރެއްގެ އީދެއް އައި ހެންވެ.ެ އެންމެންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

އެއީ އަހަރެންނާއި ސާރިމްގެ ވާހަކައެވެ. ތަގުދީރުގައި އަހަރުމެން ދިމާވީ ދުޝަމަނުންގެ ގޮތުގައި ވިނަމަވެސް އަދު އަހަރެމެން ދެމީހުންނަށްވެސް އެކަކު އަނެކަކާއި ނުލައެއް ނޫޅެވޭނެއެވެ.

އެއީ ތަގުދީރެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ.

ނިމުނީ

 

 

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ވަކިވީ ލޯބިން – ފަހުބައި

Next

ވިންދޭ ތީ މަގޭ

Next
July 23, 2023

ވިންދޭ ތީ މަގޭ

Previews
July 22, 2023

ވަކިވީ ލޯބިން – ފަހުބައި

5 Comments!

  1. Ifoo says:
    July 23, 2023 at 6:28 pm

    Aww.. Maasha allah.. Vv reethi Mi vaahaka❤️😊

  2. ailessh says:
    July 23, 2023 at 7:52 pm

    Hi. Here is the last ep. Hopw u like this part too. Thank u fore ur endless support and love.

  3. varah loabi vaa reader eh says:
    July 24, 2023 at 9:06 am

    reethi vaahaka but aslu heekuri gothakah noon nimun aiee… ithuru vaahakaeh liyaane kamah umeedhu kuran

  4. 🌺NewSherr🌺 says:
    July 25, 2023 at 9:54 am

    Totally i dont like this story!
    Need an interesting story plot!!
    Story plot isn’t that much good as your previous story!?
    And hope your new story will be improved <33

    1. Ailessh says:
      July 25, 2023 at 3:58 pm

      Thank u, yeah will try my best to improve ♡

Comments are closed.



All Right Reserved!