ވިސްނެނީ ދެން ހަދާނީ ކިހިނެއް ކަމެވެ. ވައުދެއް ވެވިއްޖާ ވައުދު ފުއްދާދޭން ޖެހޭނެއެވެ. ކޮންމެ ގޮތެއްވިއަސް ސާރިމް ސަލާމތަ ކޮށްދޭނަމެވެ.
އެ ދުވަހަށް ހާއްސަ ކުރެވިފައި އޮތް ރަތް ކުލައިގެ ހެދުން އަލަމާރިއަށް ލައި ފޮރުވީމވެ. ކަޅު ކުލައިގެ ކުރުތާއަކާއެކު ހަމަ އެކުލައިގެ ޖިންސެއް ނަގައި ގަޔަށް މަހާލީމެވެ.
ލޯގަނޑު ކުރިމަތީ ހުއްޓިލައި އަމިއްލަ ސޫރައަށް ބަލައިލީމެވެ. އަހަރެންގެ މޫނުގައި މޭކަޕްގެ އަސަރު ހުރުމުން މޭކަޕް ރިމޫވާގެ އެހީގައި މޫނު އެކީ ފޮހެލީމެވެ.
ރޫޅިފައި ހުރި އިސްތަށިގަނޑު ނަގައި މައްޗަށް ހުޅިއެއް ޖަހާލީމެވެ.
މިއަދު އަހަރެންނަށް މި “ސްޓައިލް” އަކީ އެންމެ ފުރިހަމަ ‘ސްޓައިލެވެ.’
އެއްވެސް މީހަކު އެމީހެއްގެ ފިރިމީހާގެ ކައިވެނީގެ ދުވަހު އުފަލެއް ނުވާނެއެވެ.
އަދިވެސް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ސާރިމްގެ ފޯނު، ސާރިމް ދިން ކޯޑުން ހުޅުވާލައި ގެލެރީ ބަލައިލީމެވެ. އޭރު ޝާޔަލް އާއި ނާފިއުގެ ފޮޓޯތަކާއި ވީޑިއޯ ތަކުގެ އިތުރުން އެ ދެމީހުންގެ ދެމެދުގައި ދެކެވިފައި ހުރި ވާހަކަތައް ފެނުމުން ހިތަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
ގަޑި ކައިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. ދެންވާނީ ކިހިނެއް ކަމެއް ނޭނގޭ ހާލު ކޮޓަރިން ނިކުމެލީމެވެ. އޭރު ގަޑި ޖެހިއްޖެއެވެ.
އެއްވެސް މީހެއްގެ ނަޒަރު އަހަރެންނަށް އެވަގުތު އަމާޒުނުވިކަން ނަސީބެކެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ މިއަދުގެ “މެއިން ކެރެކްޓާ” އަކީ ސާރިމް އާއި ޝާޔަލްއެވެ.
ސާރިމް ޝާޔަލްގެ އަތުގައި އަނގޮޓި އަޅުވާލަން ދިމާކުރި ވަގުތު އަހަރެންނާ ދިމާ ބަލައިލިއެވެ.
“މިކަން މިހެންނެއް ނުވާނެ.!” އަހަރެން ތުރު ތުރު ލަމުން ދިޔަ ހާލު އެކަން ފޮރުވައިލީމެވެ. އެންމެންގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ.
ހިންދީ ޑްރާމާ ތަކުގައި އުޅޭ “ވިލެއިން”ގެ ރޯލްގެ ވެރިޔަކިޔަކީ އަހަރެންނެވެ. ސާރިމްގެ އަތް ތިރިކޮށްލިތަން ފެނި އަހަރެން ހިތް ނަށާލިއެވެ.
“ސަމްރީން..” ޝަނާޔާ އަހަރެންގެ ކޮނޑުގައި އޭނާގެ އަތްބާއްވާލިއެވެ.
“ދޫކޮށްލާ.” އަހަރެން ޝަނާޔާގެ އަތް ފޮޅުވާލީމެވެ. އޭރު ހާނިޔާވެސް އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ.
“ސަމްރީން ދަރިފުޅާ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ.” ސަމީރައްތަ އެތަނުގެ މަސްލަހަތު ސަލާމަތް ކުރަން ބޭނުން ވި ކަން ކަށަވަރެވެ.
“މި ކަހަލަ އަންހެން ކުދިން މީހުންގެ ދިރިއުޅުން ހަލާކު ކުރާނީ..” ޝާޔަލްގެ ބައްޕަގެ އެ ޖުމުލައިގެ ހައްގުވެރިފަރާތަކީ ޝާޔަލްއެވެ.
“ސަމްރީން ހަމަޖެހިބަލަ.” އަހަރެންގެ ހިތުގައި އަނދަމުން ދިޔަށް އަލިފާނުގެ ހުޅު ބޮޑުވި ކަހަލައެވެ.
“ހަމަޖެހެވޭބީ ކިހިނެއް. ދައްތަމެން ވެސް ހަމަޖެހޭނެ މި ބަލައިލީމަ.” އަހަރެން ޝާޔަލް އާއި ނާފިއުގެ ވީޑިއޯ ޕްލޭ ކޮށްލީމެވެ.
“ކީއްކުރަންތަ ސަމްރީން ގެނައީ..؟ އަހަރެންނާަެކު އަންނަން ބުނީމެއްނު.”
“ސަމްރީން އަކީ ޖަސްޓަ ސައިޑް ޗިކެއް، އޭނަ އާއި މެރީ ކުރިއަސް އަހަރެން މީ ޝާޔަލްގެ މީހެކޭ.. ޝާޔަލްވެސް ސާރިމް އާއި ކައިވެނި ކުރިއަސް ހަމަ އަހަރެން ކައިރިއަށް އަންނަންޖެހޭނެ.”
އަހަރެން އެ ވީޑިއޯ ސްޓޮޕްކޮަށްލީ އިތުރަށް އެ ދެމީހުން ބަދުނާމު ނުކުރުމަށެވެ.
“އަހަރެންނާއި ސާރިމްގެ ހަޔާތާއި ބެހެން ކަލެޭ ތީ ކާކު.؟” ޝާޔަލް އަހަރެން ކައިރިއަށް އަންނަމުން ޝަހާދު އިނގިލ ދިއްކޮށްލާ ބުނެލިއެވެ.
“ސަމްރީން ނޫރް އަލީ.”
“މިސިސް.ސާރިމް” ސާރިމް އެހެން ބުނުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ.
“ކީކޭ.” ޝާޔަލްގެ އަތް އަހަރެންގެ މޫނާ ދިމާލަށް ހުރާލިއެވެ. ދެލޯ މަރައިލެވުނީ އެ ހޫނު ހަމަލާގެ ތަދު މަޑުވޭތޯއެވެ. އިރުކޮޅެއްފަހުން ދެލޯ ހުޅުވަޅިއިރު ސާރިމް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ.
“އެއީ މަގޭ އަންހެނުން.” ސާރިމް ފާޅުކަން ބޮޑު ގޮޔެއްފައި އެހެން ބުނުމުން ހިތްހަމަ ނުޖެހެވުނެވެ.
“އެހެންމަ ބޭވަފާތެރިވީ ކާކު.؟” ޝާޔަލް އަހާލިއެވެ.
“އެއީ އަހަރެންގެ އަންހެނުން. އޭނަގެ ޒިންމާ އޭނ އަދާކުރީ އެ.! ޝާޔަލް އާއި ނާފިއު އާ އޮންނަ ގުޅުމަށްވުރެ މީ މާ މާތް ގުޅުމެއް.” އަހަރެންގެ ދިފާއުގައި ސާރިމް ވާހަކަ ދެއްކުމުން ހިތް ނަށާލިއެވެ.
“ޝާޔަލް.” ޝާޔަލްގެ ބައްޕަ ޝާޔަލްގެ މޫނުމަތީ ޖެހިއެވެ. އެއީ އޭނާއަށް ހައްގު ތަދެކެވެ.
“ލަދުގަނޭ ތީ މަގޭ ދަރި އެކޭ ބުނާތީ..” ޝާޔަލްގެ އަތުގައި ހިފައި އޭނަގެ ވައްޕަ ގޭގެ ދޮރުން ނިކުތެވެ. ފަހަތުން މަޑުމަޑުން އޭނާގެ މަންމަ ވެސް ނިކުމެގެން ދިޔައެވެ. ހިތްބިރުގަތީ ވާނީ ކިހިނެއްކަން ދެން ނޭނގޭތީއެވެ.
“ސާރިމް. ދޮގު ހެދުމަކީ ރަނގަޅު ކަމެއް ނޫން.” ސަމީރައްތަ އެހެން ބުނި ނަމަވެސް ސާރިމް ހެދީ ހައްގު ތެދެވެ.
“މަންމާ ދޮގެއް ނޫނޭ އެޔެއް. ސަމްރީން އެއީ ސާރިމްގެ އަންހެނުން.” ހާނިޔާގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނާކަށް ނެތެވެ.
“ކޮންއިރަކު؟ ކީއްކުރަން؟” އަހަރެންގެ މަންމަހެން ސަމީރައްތަވެސް ކުރީ އެއް ސުވާލުތަކެކެވެ.
“މަންމާ… މީ އަހަރެންނަށް ކަމުދިޔަ ކުއްޖަކީ. މަންމަ ބޭނުމެއް ނުވިއެއްނު އަހަރެންދެއްކި ވާހަކަ އަޑުއަހާކަށް.” ސާރިމް ބުނެލިއެވެ.
“އެއްފަހަރުވެސް އެއީ ސަމްރީން އޭ ބުނެލިނަމަ.” ސަމީރައްތަ އެހެން ބުނުމުން ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އަހަރެން އޭނަގެ ޅީ ދަރިއެއްގެ ގޮތުގައި ގަބޫލް ކުރާނެކަން ޔަގީންވިއެވެ.
“ކޮންއިރަކުހޭ؟” އަޑަށް ބާރުލައި މިފަހަރު ސުވާލު ކުރީ މުހައްމަދުބެއެވެ.
“ޕާކިސްތާނަށް ގޮސް. މީގަ ސަމްރީންގެ އެއްވެސް ކުށެއް ނެތް. މިކަން ކުރަން މަޖުބޫރު ކުރީ އަހަރެން. ބްލެކްމެއިލްވެސް ކުރިން.” ސާރިމް އޭނަ ކުރި ކުށް ފޫބެއްދޭތޯ މަސައްކަތް ކުރަން ފެށިއެވެ.
“ސަމްރީން އެޓްލީސްޓް އަހަރެން ކައިރީ ބުނަން ރަނގަޅު ދޯ.” ޝަނާޔާގެ ޝަކުވާތަކާއި ކުރިމަތިލާނ ޖެހުނީއެވެ. އަހަރެންގެ މަޖުބޫރީ ހާލަތު ޝަނާޔާއަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
“ވީކަމެއްވީ.! އަހަރުމެން އެންމެން ގަބޫލް ކުރަން ޖެހޭނެ ސަމްރީން އަކީ މިގޭގެ ޅީ ދަރިކަން.” ހާނިޔާ ވާހަކަ ދެއްކި ގޮތުން އޭނައާއި ދިމާ ބަލަން އިނުން ނޫން ކަމެއް ނުކުރެވުނެވެ.
“ހަގީގަތާއި ކުރިމަތިލާން ޖެހޭނެ. ޝާޔަލްގެ ހަގީގަތްވެސް މިހާރު އެނގިއްޖެއްނު. ” ޝަނާޔާ ބުނެލިއެވެ.
“މަންމަ މިއަދު ވަރަށް ދެރަވެއްޖެ.! މަޔަކަށް ވެ ހުރެ ދަރިއެއްގެ ހިތުގެ ހާލު އަޑު ނީވުނީތީ.! މި ކައިވެނި ރީތި ގޮތުގައި ރާއްޖޭގައި އަދި ކުރަން ފެނޭ.” ސަމީރައްތަގެ ވާހަކަ ތަކުން މިކަމަށް ރުހި ގަބޫލް ކަން އެނގުނެވެ.
“ބައްޕަ ބުނާނެ އެއްޗެއް ނެތް. އެކަމް އަހަރެން ކުރި ކުށް އަހަރެންގެ ދަރި ކުރީތީ ލަދުގަނެއްޖެ.” މުހައްމަދުބެ ކުރި ކުށަކީ ކޮބައިހެއްޔެވެ.؟
“ހާން ބައްޕަވެސް، ސަމީރާ އާއި ނުގަބޫލުން ބޭރަށް ގެންގޮސް މަޖުބޫރު ކޮށްގެން ކައިވެނި ކުރީ.” އަހަރެންގެ ސުވާލު މުހައްމަދުބެއަށް އިނގުނު ކަހަލައެވެ.
ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ ތަގުދީރެވެ. ތަގުދީރު އޭގެ ސިފައިގައި ވާރުތަ ކުރަނީހެއްޔެވެ؟
“ސަމްރީން މިކަމަށް ބުނަނި ކީކޭ.؟” ސަމީރައްތަ ނުބުނި ކަމުގައިވިނަމަވެސް އެ ސުވާލަކީ ރާއްޖޭގައި ކައިވެނި ކުރުމާ ގުޅިގެން ކުރި ސުވާލެކެވެ.
“އަހަރެންގެ މަންމަ. އަހަރެންނަށް ހިތްހެޔޮ ނުކުރާހާ ދުވަހަކު، މި.ކައިވެނި ރާއްޖެއަކު ނުކުރާނަން.” އަހަރެންނަށް ލިބިފައިވި ގޮތްދޫ ނުކުރުމުގެ ސިފަ ފާޅު ކޮށްލީމެވެ.
“އެކަމްވެސް ތީ އަހަރެންގެ އަންހެނުން” ސާރިމް ބުނެލިއެވެ.
“އަހަންނަށް އެނގޭ އެކަން.! މަންމަ ގެއިން ނެރެލި އަސްލު ސަބަބަކީވެސް އެއީ އޭ ދައްތާ..” ސަމީރައްތަ އިން ސޯފާ ކައިރިއަށް އަހަރެން ދިޔައީމެވެ.
“ހައްވަ އަށްވެސް މިކަން އިނގޭދޯ؟ ދެން ދައްތަ ނުކިޔަ މަންމަ ކިޔާ. ” ސަމީރައްތަ އަހަރެންގެ ބޮލުގައި މަޑު މަޑުން ފިރުމާލިއެވެ. ކުރިން މި ވާހަކަ ސަމީރައްތަ ކައިރީ ބުނެވުނު ނަމައޭ ހިތަށްއެރިއެވެ.
“ހޫމް. އެހެންވެ އަހަރެން ސަމްރީން މިގެއަށް ގެނައީ.” ސާރިމް ބުނެލިއެވެ.
“އަހަރެން މާދަން ހައްވަގެ ގެއަށް ދާނަން. ދަރިފުޅުމެން ދޭ ނިދަން. ދެން ސަމްރީން އުޅެންވާނީ ސާރިމްގެ ކޮޓަރީ.” މުހައްމަދުބެ ފަހުން ކުރި އަމުރަށް އެއްބަސް ވެވޭނީ ކިހިނެއް ހެއްޔެވެ.
“އަދިވެސް އިނީތަ.” ސާރިމް އަހަރެން ނަގައި އޭނަގެ އަތްދަނޑިމަެްޗަށް ލިއެވެ. ލަދުގަތްނަމަވެސް އެކަން ނުދައްކަވޭތޯ ބެލީމެވެ. އެކަން ކާމިޔާބު ނުވީ ޝަނާޔާއާހެދިއެވެ.
“ވާވް. ސޯ އިން ލަވް. އޮރިޖިނަލް އެނެމީސް ޓު ލަވަރސް” ލަވަރސް އަކަށް ނުވެއެވެ.
އިތުރަށް ރަެްދު ދިނުމުގެ ބަދަލުގައި ސާރިމް އަހަރެން ގޮަވައިގެން އޭނަ ކޮޓަރިއަށް ވަނެވެ.
“ދެޓްސް މައި ގަރލް” ކަންފަތް ދަށުގައި ވައި އަޑުނއ ބުނެލިއެވެ. އަހަރެން އަޅާ ނުލައި ގޮސް ސޯފާގައި ޖައްސާލީމެވެ. ސާރިމްވެސް އަހަރެންގެ ކްއިރީ އިން ސޯފާގެ ގޮނޑީގައި އިށީނެވެ.
“އޭތް.މަ ބުނީ މަންމަ ގަބޫލިއްޔާ ހަމަ މެރީ ކުރާނީތަ؟” ސާރިމް އަހާލިއެވެ.
“ތިމީހާއަކަށްނު އެނގޭނީ. ތިއެއްނު މަޖުބޫރު ކުރާ.މީހާ.” ވާހަކަ ދެއްކީ އޭނަޔާ ޖެއްސުމަަށެވެ.
“އައި ލައިކްއިޓް..” ސާރިމް މަޑު މަޑުން އެހެން ބުނި ނަމަވެސް ކަންފަތާ ހަމަޔަަށް އެ ޖުމުލަ ވާސިލްވިއެވެ.
“ކޯންޗެކޭ.” ނޭނގޭ ކަމަށް ހަދައި ސުވާލު ކޮށްލީމެވެ.
“ވަރްށް ފޫހިވެޔޭ.” ސާރިމް އެހެން ބުނީ ބާރަށެވެ.
“އޯ ރިއަލީ.” އަހަރެން އޭނަޔާއި ގާތްވެލީމެވެ.
“ނޯ.” އަހަރެންގެ އަތުގައި ހިފައި ސާރިމް އަހަރެން ފަހަތަށް ގެންގޮސް ބޭއްވިއެވެ. ހަތަރުކަޅި ސީދާވެ ހިތުގެ ހިނގުން އަވަސްވާންފެށިއެވެ. އޭނާގެ ނަޒަރު ހުރީ އަހަރެންގެ ތުންފަތަށެވެ. އެކަން މަނާ ކުރާކަށް ނެތީމެވެ.
“އާރ ޔޫ އިން ސެންސެސް ” އަހަރެން މަޑު މަޑުން ބުނެލީމެވެ.
“އޮބްވިއަސްލީ.މިސިސް ސާރިމް” އަހަރެންގެ މޫނުގައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލާ އެ ތުންފަތް އަހަރެންގެ ތުންފަތާއި ޖޯޑު ކޮށްލިއެވެ.
ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އެ ވަގުތު ކޮޅު ނިމުނީ ޝަނާޔާ އައިސް ދޮރު ހުލުވާލުމުންނެވެ.
“ނުފެނޭ. ޔޫ ގައިޒް ކެރީ އޮން.” އެކަހަލަ ކޮންމެ ވަގުތަކަށް ޝަނާޔާ ހުންނާނީ އަހަރެންނާއި ބެހެން ބަލަބަލައެވެ.
“ސޮރީ.” ސާރިމްގެ ފަރާތުން އެ ލަފުޒު އަޑު އިވުނު ފުރަތަމަ ފަހަރަކީ އެއީއެވެ. ބޭރަށް ނިކުތީ ޝަނާޔާ އައީ ކީއްކުރަންތޯ ބަލައިލުމަށެވެ.
“ޔޫ ގައިޒް ސުހާގްރާތްގަވެސް ކޮޓަރިތަޅު ނުލައި އުޅެނީ.” ޝަނާޔާ އަހަރެންދެކެ ރުޅި ނައުމުން އުފާވިއެވެ.
“ކީއްކުރަން އައީ.؟” އަހަރެން ސުވާލު ކޮށްލީމެވެ.
“ލޯބިވޤ ފަހަރި ދެކިލަން. ހިޔެއް ނުކުރަން އެހެން ފެންނާނެކަމަށް. ދޮންބެ ވެސް ދެން….” ޝަނާޔާ ބޯ ހޫރުވާލިއެވެ.
“އަސްލު ކީއްވެ ނުބުނީ.” ޝަނާޔާ ސުވާލުކުރިއެވެ.
“ބިރުން.” އަހަރެންގެ ޖަވާބު ކުރުނަމަވެސް އެއީ އެންމެ ފުރިހަމަ ޖަވާބެވެ.
“އޯ މައި ޑިއަރ ލަވްލީ ފްރެންޑް ސޮރީ… ދޮންބެދައްތަ ކީއްވެތަ ބިރުގަންނަވީ. އެހޭ ކިޔުޓް ފަހަރިއެއް ލިބުނީމަ އަހަރުންވާނީ އުފަލެއްނު. އެންޑް ދޮންބެގެ ޗޮއިސްއަކީ ތީކަން އެނގުނީމަ ވަރަށް އުފާވި. ހިޒް ޓޭސްޓް އިޒް ބެޓަރ ތޯ..” ޝަނާޔާ އެހެން ބުނުމުން ހިނިތުންވެލީމެވެ.
“މި ގަޑީ އަހަރެންގެ އަންހެނުން މިތަނަށް ނެރެގެން ކީއްތިކުރަނީ.” ސާރިމް ސިޓިން ރޫމްއަށްއައެވެ.
“ހޭ ބްރޯ. ދޮންބެގެ ވައިފްއަށްވުމުގެ ކުރިން އެއީ މަގޭ ބެސްޓީ އިނގޭ.” ޝަނާޔާ ބުނެލިއެވެ.
“އޯކޭ ދޮންބެދައްތާ. ޔޫ ކެންގޯ އެން ސެޓިސްފައި ހިމް. ރިމެމްބަރ ޓު ލޮކް ދި ޑޯރ. މަންމަ މެނަށް ފެނިއްޖާ ފަހަރި ލަދު ގަނެދާނެއެއްނު ދޮންބޭ.” ޝަނާޔާގެ ލާނެތްކަން ދައްކާލިއެވެ.
“ލަދު ގަންނަވީ ކީއްވެ؟ އެއީ އަހަރެންގެ އަންހެނުންނޭ..” ސާރިމް އެހެން ބުނުމަށްދަހު އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ގެންދިއައެވެ.
“އަހަރެން ބޭނުމެއް ނޫން ދެމީހުން އެނދުގައި ނިދާކަށް.” ސާރިމް އޭނާގެ ހިޔާލު ފާޅު ކޮށްލިއެވެ.
“އަހަރެންވެސް ބޭނުމީ ތި ގޮތް” އެއްބަސްވެލީމެވެ.
“މިރޭ ސަމްރީން ސޯފާގައި އަހަރެން އެނދުގަ ދެން މާދަން ޗޭންޖް ވާނީ. ” ސާރިމް އާއި އަނެއްކާވެސް އެއްބަސްވީމެވެ.
އެގޮތަށް އެއްބަސްވުމަށްފަހުން ކޮޓަރިން ނިކުމެވެން އިން ބެލްކަންޏަށް ނިކުމެލީމެވެ. އެތާހުރި ގޮނޑިއެއްގައި އިށީނދެލީމެވެ.
އަދި އަދަށް ދާންދެންވެސް ލޯތްބަކީ ކޮަބައިކަމެއް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް މިރޭ އެކަން އިނގިއްޖެވެ. ލޯތްބަކީ ކުރެވޭ ކުށްތަކަށް މާފު ކުރުމެވެ. ސަމީރައްތަ އަހަރެންދެކެ އެވަނީ ލޯތްބެވެ. ދެން ހުރީ ސާރިމްއެވެ. ކިތަންމެ ނޫން ކަމަށް ހެދިގެން އުޅުނުނަމަވެސް އޭނާގެ ހިތުގައި އަހަރެންނަށް މަގާމެއް ދީފައިވާކަން ޔަގީނެވެ.ކިތަންމެ ހަރުކަށި ނަމަވެސް ހަގީގަތަކީ އޭނާ އަހަންނަށް އަޅާލައިކަމެވެ. ފަހަރުގައި މީ ލޯތްބަށް ވުންވެސް އެކަަށީގެންވެއެވެ. އެހެނަސް ދުވަހަކުވެސް ސާރިމް އެކަމަށް އަދި އެއްބަހެއް ނުވެއެވެ. މިއީ އަހަންނަށް ކުރެވޭ ކުށްހީއެއް ބާއެވެ؟ ކޮންމެގޮތެއްވިއަސް ސާރިމް އަކީ އަހަރެންގެ ފިރިމީހާކަން ހިތުން ރުހުމުން ގަބޫލްކޮށްފީމެވެ. ކައިވެނި ކުރެވުނީ ކިހިނެއްކަމާމެދު ފަރުވަލެއް ނެތެވެ.
ދެން ހުރީ މަންމައެވެ. އެ ލޯތަބަކަށް އަހަރެން އަދު އެންމެ ފެންބޮވާގަނެފައިވި ލޯތްބެވެ. ސަމީރައްތަ ވާހަކަތަކުން މަންމަގެ ހިތްވެސް ބަދަލު ކޮށްލަފާނެއެވެ. އަހަރެންގެ ހިތް އެހެން ބުނިނަމަވެސް އެކައްޗެއް ވެސް ނޭނގޭނެއެވެ.
މިރޭ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއްލިބިއްޖެވެ. ދެ އާއިލާއަށްވެސް އަހަރުމެން ދެމީހުންގެ ގުޅުން އެނގިއްޖެވެ. އިތުރަކަށް ސިއްރެއް ނުވާނެއެވެ. އަދިވެސް ހިތުގައި އޮތީ މަންމައެވެ. މަންމަ އަހަރެންގެ ބޮލުގައި ފިރުމާލާ މާފުކޮށްފީމޭ ބުނާ އަޑު އިވޭ ދުވަހަކީ އަހަރެންނަށް މުޅި ދުނިޔެ އެކީ ލިބުން ކަހަލަ ކަމެކެވެ.
ބައްޕަގެ ހުވަފެން މަންމަގެ ދުލުން ބޭރުވާ ދެތިން ލަފުޒުން ފުރިހަމަ ވާނެއެވެ. އެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެހޭނެއެވެ. މަންމަގެ ނުރުހުމުގައި ސާރިމް އަކާއި ރާއްޖޭގައި ކައިވެއްޏެއް ނުކުރާނަމެވެ.
އެއީ އަހަރެންގެ އަމިއްލަ ނަފުސަށް ވާވައުދެކެވެ.
“ސަމްރީން. މިތާ؟” ސާރިމް އެތަނަށް އައެވެ.
“ކިހިނެއްވީ، ސާރިމްބޭ.” ބޭނުންވީ ހޭށެވެ.
“ސާރިމްބެއޭ؟” ހައިރާންވެފައި އިނެ އަހާލިއެވެ.
“ޔެހ އޮބވިއަސްލީ. ސާރިމްބެ.” އަހަރެން ޖެއްސުމަށް ބުނެލީމެވެ.
“އޯ ރިއަލީ. ޝަނާޔާ އެކަނި އަހަރެންގެ ކޮއްކޮ އަކީ.” ސާރިމްގެ އެ ހަރުކަށިގޮތް ކޮންމެ ވަގުތެއްގައިވެސް ދައްކަފާނެއެވެ.
“ދެން އަހަރެން މީ.؟” ބޭކާރު ސުވާލު ކުރަމުން ދިޔައީ އޭނާ ރުޅި އަރުވާލުމުގެ ނިޔަތުގާއެވެ.
“ސަމީރާ އާއި މުހައްމަދު ހުރި ހަމައެކަނި ޅީ ދަރި.” ސާރިމް އެހެން ބުނުމުން އަހަރެންގެ ހިނި ގަނޑު މައިތިރި އެއް ނުކުރެވުނެވެ.
“މޮޔަވީތަ؟” އާންމު ރާގުގައި އަހާލިއެވެ.
“މޮޔަނުވާނެތަ؟”
“ކީއްވެ މޮޔަވީ؟”
“ތިމީހާ ގަޅިކަމުން. އަސްލު ސްޓްރިކްޓް ކަމަށް ދެއްކެން އުޅުނަސް ސްޓިރިކްޓެއް ނޫން. ކާކުތަ.. އެއީ.. ހޫމް.. ޒަހީން. މަށަށް އޭނަ ފެނުނުނަމަ، މި ގޮލާއަށް އިންނަން ނުޖެހުނީސް.” އަހަރެންގެ މަގުސަދު ކާމިޔާބުވޭތޯ މަސައްކަތް ކުރީމެވެ.
“އޯ ޝާޔަލްގެ އައު ވަރޝަން އެއް މި އުޅެނީ.؟” އޭނާ ރުޅިއެއް ނާދެއެވެ.
“ވައްތަރުތަ؟” އަހަރެން ސުވާލުކޮށްލީމެވެ.
“އެއްވެސް ވައްތަރެއް ނޫން. އެއަށްވުރެ މާ ފުރިހަމަ.” ސާރިމް
ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

inthizaarukoh varubali vi fahu kiyaalan mi libunee…hama varah reethi….varah loabi saarim e ulhey goi….
Really sorry for that. Btw thank u 🥰
next part kiyaalan libeyni kondhuvahakun baa?
Liyelevunyma 🙃
Ya aalll. Hopw u all like this part too… next part Wednesday ge kurin kiyaalan libeyvaru kohdheynan 🥰
Next when ?
Submitted today. 🙃
Cant see the next part:(
Admin didn’t approve thats why. 🙃