“ކޯންޗެއް ފުރިހަމަ އީ؟” އަހަރެން ނޭނގޭ ކަމަށް ހަދައި އަހާލީމެވެ.
“ކަލޭގެ މޮޅު ވާހަކަތަކެއްނު.” އޭނާގެ ފަރާތުން ލިބުނީ އެދެވުނު ކަހަލަ ޖަވާބެއް ނޫނެވެ.
“މޮޅު ވާހަކަތަކެއްނު” މަޑު މަޑުން އޭނާ އެ ބުނި ރާގުގައި އެ ޖުމުލަ ތަކުރާރު ކޮށްލީމެވެ.
“ކީކޭ؟” އަޑަށް ބާރުލާފައި ސާރިމް އަހާލިއެވެ.
“އެއްޗެކޭ ނޫން.” އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަނެ ސޯފާގައި ޖައްސާލީ ނިދިއައިސް ހުރުމުންނެވެ. މިރޭ ހުރިހާ ވާހަކަތަކެއް އިނގުމުން ހިތަށް ކޮންމވެސްވަރެއްގެ ހަމަޖެހުމެއް ލިބުނީމައެވެ.
*
އެހެން ދުވަސްދުވަހެކޭ އެއްފަދައިން ފަތިހު ހޭލައި ނަމާދު ކޮށްލީމެވެ. ނަމާދުކޮށް ނިމުނު އިރު، ސާރިމް ނުހޭލާ އޮތުމުން ގޮވަން އޭނާ ކައިރިއަށް ދިޔައީމެވެ.
“ސާރިމް” އަހަރެން މަޑުން މަޑުން ގޮވާލީމެވެ.
“ދެން މަންމާ.” ސާރިމް އެހެން ބުނުމުން ކޮންމެވެސް ވަރަކަށް ހެވުނެވެ.
“މިހާރު ބުނެފައޭ އޮންނާނީ ފަތިސް ނަމާދުނުކޮށް ނުނިދާން.” އަހަރެން އަޑަށް ބާރުލާފައި ބުނީމެވެ.
“މަންމަވެސް ހުވާ މި……” އޭނާއަށް ބުނެވެން އުޅުނު އެތި ރޭކާލީ ކަންނޭނގެއެވެ.
“މަންމަ އާއި ވައްތަރު ދޯ.” އެއްބުމަ އަރުވާލަމުން އަހާލީމެވެ.
“އޯ.. ސަމްރީން” އޭނާ އެހެން ބުނީ ކަޑަވެފައި އިނެއެވެ.
“އެޔޮށް ފުރިހަމަކޮށް ކަންކަންކުރާ ސާރިމް، އަހަރެންނާ ދިމާލަށް މަންމައޯ.” އިތުރަށް ބޭނުންވީ ރުޅި އަރުވައިލާށެވެ.
“އަހަރެންގެ ދަރިންގެ މަންމަ އަކައްނު ވާނީ ކުރިއަށް އޮތްތާ، ސޯ ނޯ ވޮރީޒް” އޭނާ ފާހަނާއަށް ގޮސްވަނީ އަހަރެންގެ އަނގައިން އިތުރަށް އެއްޗެކޭ ނުބުނެވޭވަރު ކޮށްފައެވެ.
ސާރިމް ގޮސް ފާހަނައަށް ވަނުމުން، އަހަރެން ބަދިގެއާއި ދިމާލަށް ދިޔައީ ސަމީރައްތއަށް އެހީވާށެވެ. ސަމީރައް ފަތިހު ނަމާދަށްފަހު ބަދިގޭގެ މަސައްކަތް ފަށާނެއެވެ.
“އަނހާ ސަމްރީން.. ހޭލާތަ؟” އަހަރެން ފެނުމާއެކު ސަމީރައްތަ ސުވާލުކޮށްލިއެވެ.
“ހޫމް… ހޭލާ” އަހަރެން ސަމީރައްތަ ނަގާފައި ހުރި ފިޔާތައް ފިލުވަން ފަށަމުން ބުނެލީމެވެ.
“މަންމަ ކޮށްލަފާނަން. ސަމްރީން ދޭ ކޮޓަރިއަށް.” ސަމީރައްތަ އަހަރެންނަށް ބަދިގޭގެ މަސައްކަތް ކުރުން މަނާ ކުރިއަސް އަހަންނަށް އެކަން ކުރުން ދެކެނީ އަހަރެންގެ ޒިންމާއެއްގެ ގޮތުގައެވެ.
“ކުރިއާ މިހާރާ ވަރަށް ތަފާތުވާނެ. ކުރިން އަހަރެން ފެންނާނީ ޝަނާޔާގެ ރައްޓެއްސެއްގެ ގޮތުގައި. މިއަދު އަހަރެން މިތަނަށް މިއައީ އެހެން ގުޅުމެއް ވެސް އޮތީމަ. ދައްތަގެ ބަދަލުގަ މަންމަ ކިޔާތީ.” އަހަރެން މަޑު މަޑުން ބުނެލީމެވެ.
“އެކަމް ސަމްރީން..” ސަމީރައްތަ ހުއްޓުވީ އަހަރެންނެވެ.
“މަންމަގެ ގޭގަވެސް މިކަހަލަ ފުރުސަތެއް ނުލިބުން. ދެން މި މަންމަގެ ގެއިން ލިބޭނެކަމަށް އުންމީދުކުރަނީ.” އަހަރެންނަށް ކަންކަން ދަސްކޮށްދިން ކަމުގައިވިނަމަވެސް ގޭތެރޭގެ މަސައްކަތް ކުރާނީ އަހަރެންގެ މަންމައެވެ.
“މިހާރު އިނގިއްޖެ ސާރިމްއަށް ސަމްރީން ކަމުދިޔަ ގޮތް.” ސަމީރައްތަ އެހެން ބުނުމުން ގަންނަވީ ލަދުތޯ ނޫނީ ހަދިޔާ ކުރަންވީ ހިނިތުންވުމެއްތޯ ހިތުގައި ޝައްކު އުފެދުނެވެ. އެހެނީ އަހަރެންނަށް ސާރިމްގެ މިޖާޒު އަދިވެސް ދަހެއް ނުވެއެވެ.
ބަދިގޭގެ މަސައްކަތް ސަމީރައްތައާއެކު ކުރީ ވަރަށް މަޖަލުގައެވެ. އެކަނި ސަމީރައްތަ ބަދިގޭގައި އުޅުން ދުވަސް ދުވަހު އަތްގާތްކޮށްލަދޭން ދެވުނު ނަމައޭ އަދު ހިތަށްއަރައެވެ.
ބަދިގޭގެ މަސައްކަތް ނިންމާލުމަށްފަހު ކޮޓަރިއަށް ގޮސް ވަތްއިރު، އެންމެ ފުރަތަމަވެސް އަޅައިގަތީ އިސްތިރި ކުރަން ހުރި ސާރިމްއެވެ.
“ދައްކާ އަހަރެން ކޮށްދޭނަން. ” އޭނާ ކައިރިއަށް ޖެހިލަމުން ބުނެލީމެވެ.
“އިނގޭނެތަ ކުރަން؟” އޭނާ އަހަރެން އަތަށް އިސްތިރި ދިނެވެ.
“ޖަސްޓް ލުކް.” އަހަރެން އޭނަ ކުރިމަތީ ގަދަ ދައްކާލަމުން ބުނެލީމެވެ.
އިސްތިރިކޮށް ނިންމާ އޭނަ އަތަށް ގަމީސްދެމުން ކޮބާ ބުނީމެއްނުހޭ ބުނެލީމެވެ.
“އަސްލު ވަރަށް ބޮޑު ސުވާލެއް އެބޮތް. ކީއްވެތަ އަބަދު އޮފީހަށް ދާއިރު ހުދާއި ކަޅާ ދެން އަޅި ގަމީސް ލަނީ.” އަހަރެން ސޯފާގައި އިށީނދެލީމެވެ. އޭރު ސާރިމް ޑްރެސިން ޓޭބަލް ކުރިމަތީ ހުރެ ތަެއްޔާރުވަމުން ދިޔައެވެ.
“މައްސަލައެއްތަ؟ މަށަށް ކަމުދާ އެއްޗެކެއްނު މަ ލާނީ. އެޔާ ބެހޭކަށް ނުޖެހޭނެ އެކަކަށްވެސް.” ސާރިމް ބުނެލިއެވެ.
“މަށަށްވެސް ނުބެހެވޭނެ؟” އަހަރެން އަނެއްކާވެސް ބެލި ރުޅި އަރުވާލެވޭތޯއެވެ.
“އޯ ރިއަލީ…” ސާރިމް އަހަރެންގެ ކައިރިއަށްއައެވެ.
“ޔޫ ހޭވް ރައިޓްސް އޮން މީ ޑަޒަންޓް މީން ޔޫ ކޭން ޑޫ ދެޓް.” ޖެހިގެން އިން ސޯފާގައި އިށީނދެލިއެވެ.
“އޯ. އޯކޭ… އައިމް ގޮއިން…” އަހަރެން ބޭރަށް ދިޔައީ ސާރިމް ނިކުންނަން ވާއިރަށް ކާން ހެދުމަށެވެ. އޭރު، ސަމީރައްތަ ހުރިހާ ތަށިތަކެއް ސުފުރާ މައްޗަށް ނަގައި ކާން ތައްޔާރު ކޮށްފައިހުއްޓެވެ.
އިރުކޮޅެއްފަހުން އެންމެން ކެއުމަށް އިންސާފު ކުރުމަށް ބަދިގެއަށް އައެވެ.
“އެހެންވީމަ މިއަދު މި ގަޑީ ހިނގާ ހައްވަގެ ގެއަށް ދާން. މިއަދު މީ ހޮނިހިރު ދުވަހެއްނު.” މުހައްމަދުބެ ކާންފަށަމުން ބުނެލިއެވެ.
“ހާން އަހަރެންވެސް ތިހެން ހިތަށް އަރުވާގެން މިހުރީ. ސާރިމް ވެސް ޖެހޭނެ ދޯ ދާން.” ސަމީރައްތަ އެއްބައިވެލިއެވެ.
“އަހަރެން ކީއްކުރަން…” ސާރިމް އެކަމަށް އިންކާރު ކުރާނެހެން މާ ކުރިން ވެސް ހީވިއެވެ.
“ދޮންބޭ، ތިހެން މީހެއްގެ ދަރިއެއް ދޮންބެއެއް ކަމަކު ވަގަކަށް ނުނެގޭނެ. ނިކަން އެއްބަސްވޭ.” ޝަނާޔާ އެހެން ބުނިއިރު ހީވީ ވަރަށް ތަޖުރިބާ ހުރި މުސްކުޅިއެއް ހެންނެވެ.
“ޝަނާޔާ.. މަޑުން އިނދެބަލަ. ތިކަހަލަ މޮޔަވާހަކަތަކެއް މިކަހަލަ ބޮޑެތި ކަންކަމާ ނުގުޅުވޭނޭ.” ސަމީރައްތަ ޝަނާޔާ އެހެން ބުނުމުން އައީ ރުޅިއެވެ.
“ސާރިމް ދާން ޖެހޭނީ. އޮފީހަށް ވެސް ދެވޭނެ އެތަނުން އައިސް.” މުހައްމަދުބެގެ އެ އަމުރަށް ސާރިމް ދެބަހެއް ނުވެއެވެ.
ސައިބޯ ނިމިގެން ސަމީރައްތަ އާއި މުހައްމަދުބެގެ އިތުރުން ސާރިމް ދިޔައީ އަހަރެންގެ ގެޔަށެވެ. މަންމަ މިކަމަކަށް އެއްބަސް ވޭތޯއެވެ. ޝަނާޔާ ގޭގައި މަޑުކުރީ އަހަރެން އެކަނިވެދާނެތީއެވެ.
“އަސްލުވެސް ހިޔެއް ނުކުރަން ދޮންބެ ސަމްރީން އާއި މެރީ ކުރާނީ.” ވަގުތުގެ ބޭނުން ހިފައި ޝަނޢޔާ އޭނާގެ އާންމު ރާގުގައި ބުނެލިއެވެ.
“އަހަރެންވެސް.” ބުނެލީމެވެ.
“އޯ… ދޮންބެ ރަނގަޅުތަ ރީންއަށް.؟” ޝަނާޔާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނެތެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ. ދޮންބެއެއް ކަމަކު ގޯސްކޮން ކުރަންޏާ ބުނަންވާނެތާ.!” ޝަނާޔާ އެހެން ބުންޏަސް ގޯހޭ ބުނާވަރަކަށް ގޯހެއް ނޫނެވެ. ހަގީގަތުގައި އޭނައަކީ ހިތްހެޔޮ ރަނގަޅު މީހެކެވެ. ނަމަވެސް އޭނާގެ ރުންކުރު ގޮތްގަނޑު އޭނާގެ ޝަޚުސިއްޔަތު ހަރާބު ކޮށްލަނީއެވެ.
“ގޯހެއް ނޫނޭ. ޔޫ ނޯ ދޯ ދެން.” އަހަރެންގެ އެ ޖަވާބު ފުދޭނެ ކަމަށް އުންމީދު ކުރީމެވެ.
“ކޯންޗެއް ބުނެބެލަ.” ޝަނާޔާ ގަސްތުގައި ނޭނގޭ ކަމަށް ހެދީއެވެ.
“އެއްފަހަރު ވަރަށް ލޯބިން، އަނެއްފަހު ހަސަދައިގެ އަލިފާން، ވަރަށް މަދުން ނަމަވެސް އިމޯޝަނަލް ކޮށް. އަނެއްބައި ފަހަރު ހާޓްލެސް. އައި ޖަސްޓް ކާންޓް އަންޑަސްޓޭންޑް ހިމްދޯ. ދަވޭ ހީ ބްލެކްމެއިލްޑް އެންޑް މޭޑް މީ ހިޒް ވައިފް. އަންބިލީވެބަލް” އަހަރެންގެ ހިތުގައި ހުރި ޝަކުވާތައް ބަންޑުންކޮށްލީމެވެ.
“އޯހޯ… ދެޓް މީންސް ނޯ ރޮމޭންޓިކް މޮމެންޓްސް ” ރޭގައިވި ކަންތައް އެންމެ ރަނގަޅަށްވެސް ފެންނާނީ އޭނާއަށެވެ.
“އޮބވިއަސްލީ… އޭނަ އަށް ރޮމޭންޓިކް ވށން ގަޑިއެއް ނަގާދޭން ޖެހޭނީ.!” އަހަރެންވެސް ޖެއްސުމަށް ބުނެލީމެވެ.
“އޯ ނޯ. އައި ވިލް ޓީޗް ހިމް، ނޯ ވޮރީޒް.. އެ ވެދާނު އަދި މި ރިލޭޝަން އަށް…. އައި މީން ޔޫ ނޯ… ” ޝަނާޔާއަށް ބުނަން އުޅުނު އެއްޗެއް ނުބުނެވުނެވެ.
“ޔޫ މީން ރެޑީ ނުވަނީއޭ. އިންފެކްޓް މަ ދޯ ރެޑީ ނުވަނީ. މަވިއްޔަ ބިރެއް ފެންނަހެން އޭނަގެ މޫނުމަތީ ޖަހަނީ..” އަހަރެންނަށް ބައެއްފަހަރު ވާހަކަ ދައްކަމުން ގޮސް ބުނަން ނުވާވަރަށް ވަރު އެއްޗެހި ވެސް ބުނެވެއެވެ.
“އެހެންމެ ތީގަ ނެތެއްނު އޭނަގެ މައްސަލައެއް… ތިއެއް ނޫނޭ….” ޝަނާޔާއާއެކު އެއްގޮތަށް ވާހަކަ ދައްކަން ތިއްބާ ސަމީރައްތަމެން އައެވެ. ސިޓިން ރޫމް ސޯފާގައި އެމީހުން އައިސް އިށީނިމުން އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ވާނީވެސް އެހެންނެއް ނޫން ހެއްޔެވެ؟
ދައްކަން އެ އުޅޭ ވާހަކައެއް އަހަން އަހަރެން އިނީ ކެތްމަދުވެފައެވެ.
“ސަމްރީން.” ސަމީރައްތަގެ މޫނުމަތިން ބުނަން އުޅެނީ ކީކޭކަން ކިތަންމެ ހާވެސް ރަނގަޅަށް އިނގެއެވެ.
“ސަމްރީން… ސަމްރީންގެ މަންމަ.” އިތުރަށް އެ ޖުމުލަ ފުރިހަމަ ކުރާނެ ފުރުސަތެއް ސަމީރައްތައަކަށް ނުދެމެވެ.
“އޯކޭ އޭ. އަހަރެން މަންމަ ބޭނުން ގޮތް ހަދައިދޭނީ… އެއީ ކޮންމެ ގޮތެއް ވިއަސް ހެޔޮ. އަހަރެން މަންމަގެ ރުހުމާއެކު ނޫނީ އެއްކަމެއް ވެސް ނުކުރާނަން.” އަހަރެން ފަެްޗަކަށް އަމުނާލީ ފެންކަޅިވެ އިނދެއެވެ.
“އެހެންވެއްޖާ ސަމްރީން، ސާރިމް އާއި ކައިވެނި ކުރަން ތައްޔާރު ވޭ.” ފަހަތުން އިވުނީ ދެވަނަ ދެ އަޑެއް ނޫނެވެ. މަންމަގެ އަޑެވެ. ބޭ އިޚްތިޔާރުގައި ފަހަތުގައި ހުރި މަންމަގެ ގައިގާ ގޮސް އޮޅުލައިގަނެވުނެވެ. މަންމައާއި ވަކިން މިވީ މަހެއްހާ ދުވަސް ހީވީ މަންމަ ނުފެނި ދިހަ ވަރަކަށް އަހަރު ވިހެންނެވެ.
“މިއީ ރޯްނވީ ގަޑިއެއްނޫނޭ.! އުފަލޭ ކުރަންވީ.” އަހަރެންގެ ލޯ ފުހެލާދެމުން މަންމަ ބުނެލިއެވެ. މަންމަ އަހަރެންގެ ގައިގާ ހިފަހައްޓައިގެން ގެންގޮސް ސޯފައިގައި ބޭންދިއެވެ.
އޭރު އަހަރެންނަށް ފެނުނީ ހިނިތުންވެލައިގެން އިން ސާރިމްއެވެ.
“މަންމަ ރުޅި އައީ ސާރިމް ވީމައެއް ނޫން. އެއީ ސާރިމްގެ މަގާމުގައި ނާފިއު ހުރިނަމަވެސް އެވަގުތު ކަން ކުރާނެގޮތް. އުންމީދުކުރަން ދަރިފުޅު މަންމަ އަށް.”
“ހުއްޓާލާ މަންމާ… އެއީ މާޒީއެއްނު.!” އަހަރެން ދެކޭ ގޮތުގައި މަޔަކު ދަރިޔަކު ކައިރިން މާފަށް އެދުމަކީ ވަރަށް ހުތުރުކަމެކެވެ.
“އެހެންވީމަ ދެން ލަސްނުކޮށް ތާރީހެއް ކަނޑައަޅަންހިނގާ.!” މުހައްމަދު އިނީ ކެތްމަދުވެފައެވެ.
“ވީހާވެސް އަވަހެއް ދޯ ދެން ރަނގަޅުވާނީ. ސާރިމް ބުނާނީ ކީކޭ.” ސަމީރައްތަ ބުނެލިއެވެ.
“މަންމަމެނަށްފެންނަ ގޮތެއް،” އޭނާގެ ޖަވާބު ކުރެވެ.
“ސަމްރީން އޯ؟” ސަމީަރައްތަ އަހަރެންނާއި ސުވާލުކުރިއެވެ.
“އަހަރެންނަށްވެސް އޯކޭ ދައްތަމެންނަށް ރަނގަޅު ގޮތެއް”
“އަނެއްކާވެސް ދައްތަ އޯ. މަންމަ އައީމަ އަހަންނަށް މަންމަ ކިޔުން ތިހުއްޓާލީ.” އަހަރެންނަށް ދައްތައޭ ބުނެވުނީ އޮޅުމަކުންނެވެ. ނަމަވެސް އެހާ އަވަހަށް ޝަކުވާ ކޮށްލީއެވެ.
“އަންނަ ބުރާސްފަތި ރަނގަޅުވާނެދޯ.” މުހައްމަދުބެ ބުނެލިއެވެ. އެތާ ތިބި އެންމެން ދެބަސްވުމެއްނެތި އެކަމަށް އެއްބަސްވީއެވެ.
އެންމެން އެކީ އެތައް އިރަކު ވާހަކަ ދެކެވުނެވެ. ހިތަށް ބުނދޭން ނޭނގޭ ހަމަޖެހުމެއް މިއަދު ލިބިއްޖެއެވެ. ބައްޕަގެ ހުވަފެން ހަގީގަތަކަށް ވަނީއެވެ. ސަމީރައްތަ މެން ދެކެން ބޭނުންވި ދުވަސް އަހަރެން ޝާމިލް ކޮށްގެން ހަގީގަތަކަށްވަނީއެވެ.
ސާރިމް އިތުރަށް އެދުވަހު އޮފީހަކަށް ނުދެއެވެ. ކައިވެންޏަށް އޮތީ ހަފްތާއެއް ކަމުން އެކަމަށް ތައްޔާރުވާން ޗުއްޓީ ނެގީއެވެ. ސާރިމް އާއެކު އަހަރެން ކޮޓަރިއަށް ދިޔައީ އެންމެން ކޮޓަރިއަށް ވަނުމުންނެވެ. މަންމަ ވެސް އޭރު އަޔާންމެން ގޭގައި އެކަނި ތިބޭނެތީ ހިނގައްޖެވެ.
“ހައި. އެޓްލީސްޓް ޔޫ ނީޑް ޓު ތޭންކް މީ.” ކޮޓަރިއަށް ވަނުމާއެކު ސާރިމް ބުނެލިއެވެ.
“އޯ. ތޭންކސް” އަހަރެން އެއްވެސް އަސަރެއް ނެތްގޮތަށް ބުނެލީމެވެ.
” ތި އަދާކުރީ ޝުކުރު ކަމަކަށް ގަބޫލެއް ނުކުރާނަން.” ސާރިމް އޮފީހަށް ދާން ލައިގެން ހުރި ގަމީހުން ގޮށްތައް ނައްޓަމުން ބުނެލިއެވެ.
“ދެން ކިހިނެއްތަ ޝުކުރު އަދާކުރަންވީ..” އަހަރެން ވެސް އޭނައަށް ދުލެއް ނުކުރާނަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Vrh reethi n interesting… Thankolheh avahah next part up koh dhehcheyy…plxxx
Thank u, chutte there veema las vun vx ekashygn vey. 🤍
Hi guyss. V dhuvahah fahu up vejje dhw.! Hopw u all like this part tooo. Pkus Would like to hear more feedback 🙃🤍
Varah varah reethi mi story ves ☺️
Maasha allah.. Vv reethi Mi part vs.. Knirakun aneh part kiyaalan libeynee.. Avahah aneh part upload kohdhehcey
Thank u, hama lieyvunyma submit kollaanan 🤍
Aanmu kon gina liyuntherin chuttee v ma ginain liyany
Ekam mimyhun🤦
when is next part