ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. މީހުންގެ ވާހަކަތައް އަޑު އިވޭއިރުވެސް އޭނާގެ ހިތް ހީވަނީ މޭތެރެއިން ފަޅާފައި ނިކުންނަން އުޅޭ ހެންނެވެ. ކަރުނަތަށް ހިފަހައްޓައިލައިގެން ހުރެ، ނުރޯން ކިތަންމެ ވަރަކަށް މަސައްކަތްކުރަން އުޅުނު ނަމަވެސްމެއެވެ. ހިސާބަކަށް ދެވުމާއިއެކު އޭނާއަށް ފެނުނީ ކެފޭއެއްގެ ތެރޭގައި ވާހަކަ ދައްކައި ހެމުން ކާން ތިބި ދެ ޒުވާނުންނެވެ. އެތާއިން ފިރިހެން ކުއްޖާއަކީ ނުހައިކްކަން ވަކިކުރަން އޭނާއަށް މާކަ ގިނައިރުތަކެއް ނުވިއެވެ. ނުހައިކްގެ ކުރިމަތީގައި އިން ރީތި ހުސްކުރި އަންހެން […]
“މަ އެކަށް ހަލާކުކޮށްފި. ހާދަ ގަދަ އޭ.” ނުހައިކް ކުސްތަޅަން ފެށި އަޑަށް ޒީކް އެ ދިމާލަށް ބަލައިލިއެވެ. ޔާނިއުގެ ކޮނޑުގައި ހިފައިގެން ހުރި ނުހައިކް ހީވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައި ހުރި މާބަނޑު އަންހެނެއް ހެންނެވެ. ހޮޑު ލައިލައި އޭނާ ވަނީ އެކަށް ލޮޑުވެފައެވެ. މި މަންޒަރު ފެނިފައި ޒީކް ފެށީ ހޭށެވެ. “ފިރިހެނެކޯ، އެކަމަކު ކަނޑު މައްޗަށް އަރައިލާއިރަށް މި އޮންނަނީ ފުރާނަ ދާވަރުވެފަ. ދެން ވަރަށް މޮޅޭ. ކޮން ގަދައެކޭ […]
ހިނިތުންވުމުގައި ހުރެ އަލްޔާގެ ކޮޓަރިން ނިކުމެ، އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔަ ޒީކް ހުރީ ހިތް ހަމަ ޖެހިފައެވެ. ބޭރުން އައިސް ކަންތައްތައް މި ގޮތަށް އެހާ ފަސޭހައިން ހަމައަކަށް އެޅިދާނެކަމަށް އެއްވެސް ވަރަކަށް ހީނުކޮށް ހުއްޓައި އެކަން ވުމުންނެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ފަހަތުގައި އޭނާއަށް ލިބިދިޔަ އުފަލާއި ހިތްހަމަޖެހުމާއިއެކުގައިވެސް ކަންތައްތައް ބަދަލުވާނޭކަމަށް ހިތުގެ ކަނަކުން އޭނާއަށް އިންޒާރުދެމުން ދިޔައެވެ. އަނެއްކާވެސް ކުރިން ހިނގައި ދިޔަ ހާދިޘާ އަލުން ހިނގައި ނުވަތަ އެއަށްވުރެ ގޯސްކޮށް […]
“މި އޮތް ވާރޭ ގަ ޒިޒީ ދާނީ ތަ؟” ޓެރެސް އާއި ދިމާލަށް ނަޒަރު ހުއްޓައިލަމުން ނުހައިކް އަހައިލިއެވެ. “ދެން ނެތެއްނު އަހަރެން މާލޭ ގަ މަޑު ކުރާނެ ތަނެއް.” ޒީކް ދެކޮނޑު އަރުވައިލަމުން ބުންޏެވެ. ނުހައިކް އެހެން ބުނުމާއިއެކު އެ ތާ ހުރި ދެ ކޮޓަރިއާއި ދިމާލަށް ލޮލުން އިޝާރާތްކޮށްލިއެވެ. މިފަހަރުވެސް ނުހައިކްގެ އެ ބެލުމުގެ ދަށުގައިވި މާނަ ފަސޭހަ ކަމާއިއެކު ޒީކްއަށް ނަގައިގަނެވުނެވެ. ތުންފަތަށް ބާރުކޮށްލަމުން މިފަހަރުވެސް ޒީކް އޭނާގެ ހިތް އެދުނު ގޮތަށް […]
ސަލާމް.. ލިޔަމުން ކިޔުންތެރީންނާއި ހިސާބަށް ފޯރުކޮށްދެމުން ދިޔަ އަޅުގަނޑުގެ ވާހަކަ، ވިހަ ލޯބި ކުއްލިއަކަށް ހުއްޓައިލެވުނުކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން. ކަން ދިމާކުރި ގޮތުން މި އަހަރަކީ އަޅުގަނޑު އޯލެވެލް އެގްޒަމިނޭޝަން އޮތް އަހަރުކަމަށްވެފައި އެގްޒަމިނޭޝަން އެޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާތީ އަޅުގަނޑު މި މަހު އެކަމަށް ވަރަށް ބޮޑަށް މި ދަނީ ތައްޔާރުވަމުން. އެހެންކަމުން ވާހަކަ ފޯރުކޮށްދެވުމަށް ދަތިވެ، މެދުކަނޑައިލެވުނު. އަޅުގަނޑު މި ދ ތިން މަހަށް ވާހަކަ ގެނަސްދިނުން މެދުކަނޑައިލި ނަމަވެސް […]
“މި އޮތް ސީރިއަސް ކަންތައް އަތްމަތިވެފައި އޮތްވައި ތީ ހޭ ދައްކަން ޖެހޭ ވާހަކަ އަކީ؟” ޒީކް ލަވައިގަތީ ހަޅޭކެވެ. އެއާއިއެކު ދެން ދެ މީހުންގެ ދެމެދުގައި ވަށައިލީ ހިމޭންކަމެވެ. އެކަކު އަނެކަކުގެ ފުން ނޭވާތަކާއިއެކު ރުޅިވެރި ނަޒަރަކުން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. ޒީކް ގެ ކޮނޑުން އަތް ނައްޓުވައިލަމުން ނުހައިކް އެއްފަރާތުގައި އޮތް އޭނާގެ ދަބަސް ނެގުމަށްފަހު ފަސް އެނބުރި ޒީކްއަށް ބަލައިލިއެވެ. “މި ގަޑިއަކީ ޔާނިއު ޖިމަށް ދާ ގަޑި. އަހަރެން ބޭނުމެއް […]
“ސާބަސް މަލްއަށް. ޔާނިއު. ދެން އެކުވެރިއަކު ލިބުނަސް އެހެން އިނދެފަ ގޮސްފި. ތިމަންނަ ރައްޓެއްސަކު އެކޮޅުން ފެނިއްޖެ އޭ ކިޔައިފަ.” ޒީކް ބުނެލިއެވެ. “މަލްވެސް ބުނި މަލްއަށް ރީތި މީހަކު ފެނުނޭ ކިޔައިފަ. ކާކުތަ އެއީ؟” ދެންވެސް ވާހަކަ ދެއްކީ ޒީކްއެވެ. “ވަރަށް ރިޗް މީހެއް ހެން ހީވަނީ.” އުޝާން މަތިން ހަނދާންވުމާއިއެކު މަލްކާގެ ކޮލަށް ރަތް ކުލަ ފާއްދައިލިއެވެ. “އަޅެ، މަލްގެ ހިތް އަތުލި ތި މީހާގެ ނަން ބުނެބަލަ.” ލާނެތް ގޮތަކަށް ޒީކް ކިޔަން […]
“ކިހިނެތް އިނގެނީ އަހަރެން މީ ޖިންނިއެއް ނޫންކަން؟” ނުހައިކް ޒީކް އާއި ސަމާސާކޮށްލާ ހިތްވިއެވެ. “އަހަރެން ބިރެއް ނުގަނޭ. އެހެން ނޫނަސް އަހަރެންނަށް ޔަޤީން ނުހައިކް އުޅޭ ގޮތަކަށް ޖިންނީންނެއް ނޫޅޭނެކަން.” ހަރަމް ބަނެލަމުން ޒީކް ބުނެލިއެވެ. “ހައު ހޭވް ޔޫ ބީން، ޒިޒީ؟” ޒީކްގެ ވާހަކައަށް ސަމާލުކަން ދިނުމެއް ނެތި ނުހައިކް ސީރިއަސްވެލިއެވެ. އެއާއިއެކު ޒީކްއަށް ސިފަވީ ފުރާވަރުގައި އޭނާ އާއިއެކު އުޅުނު ނުހައިކްއެވެ. އޭނާއަށް ނުހައިކްދެކެ ލޯބިވެވުނީ ނުހައިކްގެ ހުންނަ މިފަދަ ކުދިކުދި ސިފަތަކާއި […]
“ޕިސް ޕިސް. ތިހާ ގިނައިރު އޮފީހުގަ އުޅެންޏާ ދޮންބެ މާ އަވަހަށް މުސްކުޅިވެދާނެ. އެ ނުވައެއް ޖެހީ ވިއްޔަ.” އުނަގަނޑުގައި ދެއަތް ވިއްދައިލަމުން ޖެއްސުންކުރުމުގެ ނިޔަތުގައި ޒީކް ބުނެލިއެވެ. “މިއަދު ވަރަށް ބޮޑު ކަމެއް ލައިގަނެގެންނޭ. އެހެން ނޫނަސް މުސްކުޅިވިޔަސް، މި ރީތިކަމެއް ޔަޤީނުންވެސް ނުގެއްލޭނެ. އެބަ އަންނަން ފްރެޝްވެލައިގެން.” އުޝާން އަވަސް އަރުވައިލައިފައި ދިޔައީއެވެ. ދެކޮނޑު އަރުވައިލަމުން އަނެއްކާވެސް އޭނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ނުދަންނަ ނަންބަރަކުން އައިސްފައިއިން މެސެޖެއްކަމުން އޭނާ އެ މެސެޖާއިމެދު ސުވާލު […]