“އުޝާން އެ މެސެޖުކުރީ. އަހަރެން އެބަ އަންނަން އެ މީހުން ގޮވައިގެން. ޒީ މަޑުކުރޭ. އަހަރެންގެ ފަހަތުން ނާންނާތި!” ހަރުކަށިކަމާއިއެކު އެހެން ބުނުމަށްފަހު ޒީކްއަށް އެއްޗެކޭ ބުނެވުމުގެ މާ ކުރިން ޔާނިއު ހިނގައިގަނެފިއެވެ. ޔާނިއު ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒީކްއަށް ހުރެވުނީ ހައިރާންވެފައެވެ. މިއިން ދުވަހަކު ޔާނިއު އޭނާއަކަށް މިހާ ހަރުކަށިކޮށެއް ވާހަކައެއް ނުދައްކައެވެ. ޔާނިއުގެ ރާގު ހުރިގޮތުން އޭނާއަށް އުނދަގޫވިއެވެ. ކުޑަކޮށް ދެރަވެ، ރުޅިވެސް އާދެވުނެވެ. ޔާނިއުގެ ފަހަތުން ދާން ބޭނުންވި ނަމަވެސް އައި ރުޅީގައި […]
އެންމެން ވެސް ބަލަމުން ދިޔައީ ޒީކްއަށެވެ. އެންމެންގެ އެ ބެލުންތަކުގެ ސަބަބުން ޒީކް ލަދުގަންނަ ގޮތްވިއެވެ. ބުނަންވީ ކީކޭކަމެއް ނޭނގުނެވެ. “އެ.. އަރގ.. ހަމަ އަހާލީ.” ދޫ އޮޅެމުން ކަހަލަ ގޮތަކަށް ޒީކްއަށް ބުނެވުނެވެ. އުޝާން ދެލޯ ހަނިކޮށްލައިގެން ބަލަން ހުރިގޮތުން ޒީކްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. މަލްކާ އާއި އަލްޔާ ހުނުން ހިފަހައްޓައިލައިގެން ހުއްޓެވެ. “އޯކޭ ދެން.” އެންމެ ފަހުން ބޯ ޖަހައިލަމުން އެހެން ބުނުމާއިއެކު ޒީކްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ދެންވެސް ވެރިވީ […]
އެތާ ހުރީ ނިޔަލް ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލައި ބޮޑު ނަރަކައަކަށް ހަދައިލި ނުލަފާ އިބިލީހެވެ. އޭނާގެ ކައިރީގައި ޕާޓޭ ވައްތަރު ޖަހާ ދެ މީހަކުވެސް ހުއްޓެވެ. ބަލާ ބެލުމަށް އެ އެންމެންވެސް ތިބީ ހަމަ ހެއަކު ނޫނެވެ. ދެން ވާން އުޅޭ ގޮތް އެނގުމާއިއެކު އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ހިފަހައްޓައިގެންހުރި ކަރުނަތައް ބަންޑުންވެ، ރޮވެން ފެށިއެވެ. “ޝްޝްޝް.. ނުރޮއެ، ކަނބުލޯ. އަހަރެން ބުނީމެއްނު؟ މަގޭ ގާތަކުން އަދި […]
ވާރޭގެ ސަބަބުން އިސްތަށިގަނޑު ތެމިފައިވުމުން ނުހައިކް ފެންނަމުން ދިޔައީ ނުހަނު ހުވަފެނީ ގޮތަކަށެވެ. ދެބުމަ ގޮއް ޖަހައިގެން ބަލަން ހުރި ގޮތުން ޒީކްއަށް އިސް ޖެހުނެވެ. “ދާ ކޮންމެ ތާކުން މި ހަންޑިއަކާ ދިމާވާނެ، ސަލާމަތެއް ނެތް.” ނުހައިކް ކުރިއަށް ހިނގައިގަންނަމުން ބުނި ވާހަކައިން ޒީކްގެ ހިތަށް ތަދުވެލިއެވެ. ތުންފަތުގައި ދަތް އަޅައިލަމުން އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އޭނާ ގޮސް ބޮޑު މަގަށް އެޅިއިރު ވާރޭ ވެހުމުގެ ސަބަބުން އެއްވެސް މީހަކު ބޭރަކު ނެތެވެ. އޭނާ އެހެން […]
“ދެން އަނެއްކާ މާފޮޅުވާނީކީ ނޫން ގޮސް.” އަލްޔާ ސަމާސާކޮށްލިއެވެ. މަލްކާ ހެމުން ބޯހޫރުވައިލީއެވެ. ޔާނިއު އެ އެންމެންނަށް ހަނާ އަޅައިލަމުން ޒީކްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޒީކް ސިހުނު ނަމަވެސް އެއްޗެކޭ ނުބުނެއެވެ. “ކޮންތާކަށް މި ދަނީ؟” އިރުކޮޅަކަށް ފަހު ޒީކް އަހައިލިއެވެ. “ކެތްތެރިވެބަލަ ޒީ.” ޔާނިއު ހީލިއެވެ. ތުން ދިގުކޮށްލަމުން ޒީކް ކަޅި އަބުރައިލިއެވެ. ޔާނިއު ގޮސް މަޑުކޮށްލީ ފިހާރައެއްގެ ކުރިމަތީގައެވެ. އަދިވެސް ޔާނިއު މި ކުރަން އުޅޭ ކަމެއް ޒީކްއަކަށް ނުވިސްނުނެވެ. ޔާނިއުމެން ދިއުމާއިއެކު […]
“މަންމާ…؟” ޒީކްއަށް ރޮވުނެވެ. “ކޮން މަންމާއެކޭ ކިޔާކަށްތަ އޭނ؟ މުޅި ރަށަށް ބަނދުނާމަ ވެގެން އެބަ ކެރެއެއްނު މުޅި ރަށުގަ ހިނގަން.” ޒޫނާ ލަވައިގަތީ ހަޅޭކެވެ. “މަންމާ، ކީކޭ ތި ކިޔަނީ؟ ކިހިނެތް ވީ؟” ޒީކްއަށް ގިސްލެވެން ފަށައިފިއެވެ. “ކަލޭގެ އުރިޔާން ފޮޓޯތައް މުޅި ރަށަށް ލީކް ވެގެން އެ އުޅެނީ. އަދިވެސް ނޭނގިގެން ތަ ތި އަހަނީ؟ މުޑުދާރުކަން. އަހަންނަށް މި ބަލާ ބޮޑުކުރެވުނީ ކޮން ފަދަ ދަރިއެއް؟ އަހަރެމެން މުޅި ދުނިޔެއަށް ބޭޒާރުވެއްޖެ. އަހަރެމެންގެ […]
“ޒިޒީ…” ނުހައިކް މަޑުމަޑުން ޒީކް އާއި ދިމާލަށް ފިޔަވަޅު އަޅައިލިއެވެ. “ނޫން ނުހައިކް. ކިހާ ދުވަހެއް ވަންދެން ތިކަން ކުރިއަށް ގެންދަން ހިތާ ތި އުޅުނީ؟” ދަތްކުނޑި ވިކަމުން ޒީކް އެހެން ބުނިއިރު އޭނާގެ އަޑުގައި ވީ ވޭނާއި ޝަކުވާއެވެ. “ނޫން، އަހަރެން ބޭނުމެއް ނޫން ނުހައިކްގެ އެއްވެސް ވާހަކައެއް އަޑު އަހާކަށް.” ދެފަރާތަށް ބޯހޫރައިލަމުން އެހެން ބުނެ، ޒީކް ދޮރުން ނިކުމެ ދިޔަ މަންޒަރު ބަލަން ނުހައިކް ހުރީ ގަނޑުވެފައެވެ. ޒީކްއަށް އެގޭ ދޮރާއްޓާއި ހަމައަށް […]
“މަލް، ހިޔެއް ނުވެ އަހަރެން މި ދައްކާ އެއްވެސް ވާހަކައެއް މަލް ޤަބޫލުކުރާނެ ހެނެއް. އަހަރެން އަސްލު މީ ވަރަށް ގޯސް ކުއްޖެއް.” އިސްޖަހައިލަމުން ޒީކް އެހެން ބުނެލީ މަޑުމަޑުންނެވެ. “ނޫން. އަހަރެން ޤަބޫލުކުރާނަމޭ. ސީރިޔަސްކޮށް. އަހަރެމެން ދިމާވެގެން މި ވީހާ ދުވަހަކު ޒީ ދޮގު ހަދައިފައި ވާ ތަނެއް އަހަރެންނަކަށް ނުފެނޭ. ޒީގެ ބެކް ސްޓޯރީ ފިޔަވާ. މިހާރު ތޮ ވާހަކަ ކޮންމެވެސް މީހަކަށް ޝެއާ ކުރަން ވެއްޖެއެއްނު؟ އެހެން ނޫނީ ޒީގެ ތި ބޮލަކަށްވެސް […]
“ނުހައިކް؟ ހާދަ އިރެކޭ ތި ނަގަނީ.” އުނަގަނޑުގައި އަތް ވިއްދައިލަމުން ލިޝާ އައިސް ނުހައިކްގެ ގާތުގައި ހުއްޓުނެވެ. އާއެކެވެ. އޭނާ ދޮގު ހެދީއެވެ. އޭނާ އަދިވެސް ހުރީ ބޭރުގައެވެ. ޔާނިއު އާއިއެކު ޒީކް ކުޑަ އިރުކޮޅެއް ކުރިން ބޭރުން ފެނުމާއިއެކު ނުހައިކް ޒީކްއަށް ގުޅީއެވެ. އޭނާގެ ހިތް ބިރުގަތީއެވެ. ކީތްވެ ކަމެއް ނޭނގުނެވެ. ނޫނެކެވެ. ކީތްވެ ކަން އެނގުނުކަމުގައި ވިޔަސް ނޭނގޭ ކަމަށް ހެދީއެވެ. ލިޝާގެ ގާތުގައި ރައްޓެއްސަކަށް ގުޅަން ޖެހޭ ކަމަށް ބުނެ ދުރަށް ގޮސް […]