އިށީނދެ ތިބި ދެ ޒުވާނުން ތިބީ އެ ދެކުދީންނަށް ފުރަގަސްދީގެން ކަމުން ޒީކްއަށް އެއިން މީހެއްގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އަލްޔާ ދިޔަގޮތަށް ގޮސް ހުދު ކުލައިގެ ޓީޝާޓެއް ލައިގެންއިން ޒުވާނާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. އެއާއިއެކު އޭނާ މޫނު އަނބުރައިލިއެވެ. އެ ޒުވާނާގެ މޫނު ފެނުމާއިއެކު ލިބުނު ހައިރާންކަމެއްގެ ސަބަބުން ޒީކްގެ އަތުގައި އޮތް ފޮތްބޮނޑި އަތުން ސޮހިގެން ވެއްޓުނެވެ. އެ ޒުވާނާ ޒީކްގެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި މަޑުމަޑުން ކޮޅަށް ތެދުވިއެވެ. […]
އެއާޕޯޓްގެ ހަލަބޮލި މާހައުލުން ނިކުމެ، ކާރެއްގެ އިންތިޒާރުގައި ފޮއްޓެއް ހިފައިގެން ހުރި ޒީކްގެ މޫނު މަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އޭނާގެ ދޮން ނިތްކުރީގައި ބަބުޅަމުން ދިޔަ ދާތައް އަތުގައި އޮތް ޓިޝޫކޮޅުން ފުހެލަމުން އަތުކުރީގައި އަޅައިފައިވާ ގަޑިއަށް އަވަސް ނަޒަރެއް ހިންގައިލިއެވެ. މެންދުރުން އަނބުރާ 3 ޖަހައިފައިވާ ތަން ފެނުމާއިއެކު އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ޖިންސް ޖީބުގައި އޮތް ފޯނު ނަގަން ޒީކް ހަރަކާތްކޮށްލި ވަގުތަކީ ކާރެއް ބަރުގޮނު އަޅައިލި ވަގުތެވެ. ސިހިފައި ބަލައިލި […]
ފުރާވަރުގެ ދުވަސްވަރު ލޯބީގެ އެތަކެއް ވަޢުދުތަކަކާއި ހުވާތަކެއްކޮށް ވަކިވި ނުހައިކް އާއި ޒީކް އަނެއްކާވެސް ދިރިއުޅުމުގެ މައިދާނުގައި ދިމާވެއެވެ. އެކަކު އަނެކަކަށްޓަކައި ހިތުގެ ކަނެއްގައި ފަސްއަޅައި ވަޅުލައިފައިވި ލޯބި އަނެއްކާވެސް މަޑުމަޑުން ފޮޅިގެންދެއެވެ. ނަމަވެސް އެކަކު އަނެކަށްޓަކައި ނަފުރަތުގެ ހުޅުގަނޑެއް ރޯވެފައިވުމާއިއެކު ދެމީހުންވެސްދަނީ ހިތުގެ އެ ބުނުމަށް އިންކާރުކުރަމުންނެވެ. ބޭރުފުށުން ލޯބި ދައްކަމުން ދާ ނަމަވެސްމެއެވެ. ނުކުރުމަށް ހިތް އެދި ގޮވާ އެތަށްކަމެއް ކުރަމުން ދާ ނުހައިކް އާއި ޒީކްގެ ހިތްތަކުގައި އެކަކު އަނެކަކަށްވަނީ ވިހަ ލޯތްބެކެވެ. […]