ނިދައިފައި އޮތް މާހީ އަށް ހޭލެވުނީ ބޭރުން މާއަޑުގަދަވެގެންނެވެ. އޭނާ ދެލޯ އުގުޅާލައިފައި އެނދުމަތީ އިށީންދެލިއެވެ. ބޭރުން އިވެމުންދަނި އަންހެން ވެރިންތަށް ހީސަކަރާތް ޖަހަމުން ދާއަޑެވެ. މާހީ އަށް ކުއްލިއަަކަށް ހަދާންވީ މިއީ އޭނާގެ ކައިވެނީގެ ދުވަސް ކަމެވެ. ވީއުފަލުން މާހީ ފުންމައިގެން ތެދުވެ ނަށާލިއެވެ. ހިނިތުންވެލައިގެން ހުރެ އަގައިން “ހޫމް” އަޑެއް ލައްވަމުން އޭނާ ވަނީ ފެންވަރަން ފާޙަނާ އަށެވެ. އަރަން އާއި މާހީގެ ކައިވެނި ތާރީޙް ކަޑައެޅީ ޒަހާން އާއި އެލީޝާގެ ކައިވެނިދުވަހަށް ފަހުގައެެވެ. […]
އުޑުމަތީ ކަޅުވިލާތަށް ގިނަ އަދަދަކަށް ހުރިއިރު އިރުގެ އަލިކަން ވަނީ ފަނޑުވެފައެވެ. މާހައުލުގައި ވާ ހަމަހިމޭންކަމުން ގަބުރަސްތާނު ތެރެއިން އިތުރު ނާމާން ކަމެއް ގެނެސް ދެއެވެ. އެ މުޅިތަނުން ވެސް އަހަރެންނަށް އިވެމުންދަނީ ބާރަށް ޖެހެމުންދާ އަހަރެންގެ ހިތުވިންދުގެ އަޑެވެ. މަހާނަތަކުގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެން އަހަރެން ހުރީމެވެ. ދިރިއުޅުމުގައި އަހަރެންނަށް ކުރެވިފައިވާ ކުށަށް އިންތިހާއަށް ހިތާމަ ކުރާ ޙާލު އަހަރެންގެ ކުރިމަތީގައި ހުރި މަހާނަ ދޮށަށް ތިރިވެލީމެވެ. އެމަހާނައިގައި ވަޅުލެވިފައިވަނީ އަހަރެންގެ މަންމައެވެ. ވެލިގަނޑުގައި އަތްޖައްސާލި ތަނާހެން […]
ގޭތެރެއަށް ވަދެގެން އައި ސެހްރިޝްގެ މޫނުމަތި ހީވަނީ މަރުމައްޔިތެއް ހެންނެވެ. ލަސްލަހުން ހިގައިފައި އައިރު އޭނާ އިނީ ވަރަށް ފުން ވިސްނުމަކަށް ގެއްލިފައެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމުން އާކިފް ގޮވާލިއެވެ. “އަހަ، ހާދަ އަވަހަކަށް ތިޔައައީ..” ސޯފާއިން ތެދުވެ އާކިފް ހިނިތުން ވެލިއެވެ. “އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ..” ސެހްރިޝްގެ އަޑު ނުކުތީ މަޑުންނެވެ. އާކިފް އޭނާގެ އަތުގައި ހިފައި ސޯފާގައި ބެއިންދިއެެވެ. “ކީކޭ..؟” އާކިފް ނިކަން ލޯބިން އަހާލިއެވެ. އޭރުވެސް އާކިފް […]
ޔަސްރާ ކޮޓަރިއަށް ވަދެ އެނބުރުނީރަށް މީހާ ހުއްޓުން އެރިއެވެ. މޫނުގައި ޖެހޭ ނުޖެހޭ ކައިރީ އެހުރީ ފިރިހެނެކެވެ. ޔަސްރާގެ ހިތް ބިރުވެރިކަމުން ފުރިގެން ދިޔައެވެ. މިއީ އޭނާގެ ނިމުމޭ ވެސް ހިތަތް އެރިއެވެ. އެމީހާގެ ތޫނުދެލޯ ވަނީ ޔަސްރާގެ ދެލޮލާ ސީދާ ވެފައެވެ. އެމީހާ ޔަސްރާ އާއި ކައިރިއަށް އަނެއްކާވެސް ފިޔަވަޅެއް އަޅާލިއެވެ. ޔަސްރާ އަށް ރޮއިގަނެވުނެވެ. އޭނާ ވެސް ފަހަތަށް ޖެހުނެވެ. *ޕާރްޓް-16* އެއީ ޝަޔާން އެވެ. އޭނާ ހުރީ ވިހަ ހިނިތުންވުމެއް ދީގެނެވެ. “ސިއްސައިގެންތަ ދިޔައީ..؟ […]
“އޯ މައި ގޯޑް.. އަނެއްކާ މަގޭ ދެލޮލަށް މިފެންނަނީ ރަގަނޅަށްތަ..؟” ކުއްލި އަކަށް ޖައިޝްގެ އަޑު އިވުމުން މާހީ ސިއްސައިގެން ދިޔައެވެ. އޭނާ އުޅުނީ އަރަން އާއި ދުރުވާށެވެ. ނަމަވެސް އަރަން ދުލެއް ނުކޮށްލައެވެ. “އާން.. ރަގަނޅަށް ތިފެންނަނީ.. މިއީ އަހަރެންގެ މީހެއް..” އަަރަން މާހީ އަށް ބަލާލި މާނަފުން ހިނިތުންވުމަކާއި އެކީގައެވެ. *ޕާރްޓް-40 (ފަހުބައި) ދުވަސްތަށް ފާއިތުވަމުން ދިޔައީ ހަލުވިކަން މަތީއެވެ. މާހީގެ ދިރިއުޅުމަށް ހީވީ ބަހާރު މޫސުން އައި ހެންނެވެ. އަރަން އެހާވެސް ރަގަނޅެވެ. […]
“ހެހެ.. ފަހުން ބުނާން..” ޔޫޝައު މޫދަށް ބަލާލަމުން މާނަ ފުން ހިނިތުންވުމެއް ވެލިއެވެ. އަހަރެންވެސް ހީލީމެވެ. ދެން އަަހަރެން ކުރިކަމަކީ ޔޫޝައު އަށް ޖެއްސުން ކުރުމެވެ. ލޯބިވާ ކުއްޖާއޭ ކިޔައި ޔޫޝައު ލަދުގަންނަވާލަމެވެ. އަހަރެންނަށް އެކަންވީ މަޖާކަމަކަށެވެ. އެކަމަކު.. *ޕާރްޓް-20(ފަހުބައި) އެކަމަކު އަހަރެންގެ ހިތުގައި ޝަކުވާން އުފެދޭން ފެށިއެވެ. ޔޫޝައު އަށް އެލޯބިވެވުނީ ކާކު ދެކެ ހެއްޔެވެ. އޭނާ އަށް އެހެން ކީހެއް ދެކެ ލޯބިވެވުނީ އަނެއްކާ ކީއްވެހެއްޔެވެ. އަހަރެންގެ ހިތް ނުތަނަވަސް ވެފައިވަނީ މިސުވާލުތަކުންނެވެ. އިރުކޮޅަކު […]
“މާހި ތީނީ ލިޔާ ގެނައީމަ ހިތްހަމަ ނުޖެހިފަ ދޯ..” އަރަން ގޮސް ކައުންޓަރުގައި އަތް އަޅުވާލައިފައި މާހީގެ މޫނު ފެންނަ ގޮތަށް ބޯ ގުދުކޮށްލިއެވެ. “ޕިސް..” މާހީ ދެކޮޅު ހެދިއެވެ. އޭނާގެ ކޯވަނީ ކުޑަކޮށް ރަތްވެފައެވެ. އަރަންއަށް މިމަންޒަރު ފެނި ހިނިތުންވުން ފުންވިއެވެ. *ޕާރްޓް-39* ސައިބޯން އިނީރުވެސް އަރަން އިނީ މަހީއަށް ބަލާށެވެ. އަރަން މާވަރަކަށް ބަލާތީވެ މާހީ އިނީ ލަދުންނެވެ. އޭނާ ހިތްހަމަ ނުޖެހުނީ ލިޔާ އަބަދު އަރަން އަށް ވާހަކަ ދައްކަދައްކާފައި އުޅޭތީއެވެ. ޖައިޝްވެސް […]
“އަހަ ރާޝިމްއާ ޔަސްރާ އައީތަ.. ދެން ތިހެން ނުތިބެ ހިގާ ކާންދާން.. ފިރާޝާވެސް އެކުދިން އައީމަ ތިތިބެނީ..” ޔޫސުފް އައިސް ޔަސްރާގެ ބޮލުގައި ފިރުމާލިއެވެ. “އަހަރެން މަޑުކުރީ ޔޫސުފް އަންނަން ދެކަށް..” ހަތަރު މީހުންވެސް އައިސް ބަދިގެޔަށް ވަނެވެ. *ޕާރްޓް-15* ކާން އިނީރުވެސް ޔަސްރާ އިނީ އެއްވެސް ވާހަކައެއް ނުދައްކައެެވެ. ރާޝިމް ކޮންމެވެސް ވަރަކަށް ބައްޕަ އާއި ވާހަަކަ ދެއްކިއެވެ. ދެކުދިންވެސް ކައިގެން ނުކުމެ ގެޔަށް ދާން ގޯތިތެރެއަށް ދާން ނުކުމެ ތިއްބެވެ. ފިރާޝާ ވެސް ޔޫސުފް […]
“އަހަރެންގެ ނަންބަރު ސޭވް ކޮށްފަ ބައިންދައްޗޭ.. ދެން އަވަހަށް ނިދާލާ..” ޔޫޝައު އެވެ. “އޯކޭ.. ހެހެ..”އަހަރެން ޔޫޝައުގެ ނަންބަރު ސޭވް ކޮށްފައި ނިދަން ލޯމަރާލިމެވެ. އުފާވެމެ ހުރެއެވެ. *ޕާރްޓް-19* އަނެއްދުވަހު ހެދުނު ހޭލައިގެން ނުކުތީރު 9 ޖަހައިފިއެެވެ. އަދައިގެ މަތިން މަންމަމެންނެއް ނޫޅެއެވެ. އަހަރެން ސައިބޮއިގެން ނުކުތީ ގޯތިތެރެއަށެެެވެ. އަނބުގަހުގައި އެލުވައިފައިން އޮދޯލީގައި އޮށޯވެލައިގެން އަހަރެން އޮތީ ފޯނު ބަލާށެވެ. ޑްރާމާއެއް ބަލަން އޮތީރު އަހަރެންނަށް އޮވެވުނީ ހިނިއައިސް ފައެވެ. ހެޑްސެޓް ޖައިހައިގެން އޮތީމައި އަހަރެންނަކަށް މީހަކު […]